ތަޤުދީރު – 2
ޔަލްވީއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޔުވާން ވަރަށް ބާރަށް ގެއިން ނުކުތެވެ. ޔުވާން ގެއިން ނުކުމެ ކާރަށް އަރައި ވަރަށް ބާރަށް ދުއްވާލިއެވެ. ޔުވާންގެ މިސްރާބުހުރީ މ.ޒިލައިޓަށެވެ. ޒިލައިޓް ކުރިމައްޗައް ކާރު މަޑުކޮށް އެތެރެއަށް ވަދެގެންދިޔައިރު ކުރިމަތީ ބޮޑު އއަކުރުން ‘އޭ އޭ ކޮމްޕެނީ’ (އަލްފަރ އާރކިޓެކްސް ކޮމްޕެނީ) ޖަހާފައިން ދޮރުން އެތެރެއަށް ވަދެ ލިފްޓުގެ 15 ވަނަ ފްލޮރއަށް ފިއްތާލިއެވެ. ލިފްޓުގެ ދޮރުހުޅުވުނީ ޓެރަހަށްށެވެ. “އަޒާން! ކިހިނެއްވީ؟ ބޮޑު ކަމެއްވީތަ؟ ހާދަ ހާސްވެފަ؟” ޔުވާން ހާސްވެހުރެ އެއްފައްޗަކަށް ސުވާލުތައްކޮއްލީ އުނުގައި ދެއަތް ވިދެގެން ދެކޮޅަށް ހިނގަން ހުރި އަޒާންއާއެވެ. ޔުވާން ހާސް ނުވާންވީ ސަބަބެއްވެސް ނެތެވެ. ގޭގައި ހުއްޓާ އަޒާން ގުޅާފައި ބޮޑުކަމެއް ވެއްޖޭ ބުނިގޮތުން ކޮންމެ މީހަކުވެސް ބިރުގަންނާނެއެވެ. “ޔޫވީ އަޅެ އަހަރެން ވީހާވެސް އަވަހަށް އައިސްދިނުމަށް އެދުނީމަވެސް ހާދަލަހެކޭ ތިވީ” ހާސްވެފަ ހުރިވަރުން އަޒާންއަށް ކުޑަކުއްޖެއްފަދައިން ޝަކުވާކޮށްލެވުނެވެ. “އަޒާނޫ! އަޅެ އެންމެ 15 މިނެޓޭވީ، އެދެން ލަސްތަ؟ އެހެން ނޫނަސް މާލޭގެ ޓްރެފިކަކީ އަޒާންއަށް ވެސް ނޭނގޭ އެއްޗެއްނޫނެއްނު! ދެންވެސް ތިވާހަކަ ގިނަނުކޮށް ވީކަމެއް ބުނެބަލަ!” ޔުވާން އެއްނޭވައިން އަމުނާލިއެވެ. ”ވެގެން އުޅޭ ގޮތަކީ ޔޫވީ ބުނީމެއްނު ޝޭޑްސް އޮފް ގްރީން ހަދާށޭ ދޯ؟ މިމީހުން ހުރީ އޮޅުވާލާފަ. ގްރީންގެ ބަދަލުގައި ހުރީ ހުސް ޕާޕަލް ކުލަ” ދެރަވެލާފައި އަޒާން ކިޔައިދިނެވެ. ”ހޫން އެއްކަލަ މިސްޓަރ ޕާފެކްޓް. އަޅެ އެއީތަ އެމަޖެންސީއަކީ؟ އެދެން އެވަރު ކަމެއްނޫނޭ. ވީކެން ރިޕްލޭސް ދަ ޑެކޯ” ޔުވާން އަށް ހެވުނީ އަޒާން އެހާ ކުޑަކަމެއް ބޮޑުކޮށްލީމައެވެ. ޔުވާން އާއި އަޒާން އަކީ ‘ބެސްޓް ފްރެންޑްސް’ އަށް ވުމުން އަޒާންގެ ގޮތް ޔުވާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހުރިހާ ކަމެއްވެސް ހުންނަން ޖެހެނީ އަޒާން ދެކޭގޮތުގައި ‘ޕާރފެކްޓް’ ކޮށެވެ. ކުޑަނަމަވެސް ‘ގްލިޗް’ އެއް އައިސިއްޔާ އަޒާން އަކަށް ކަމަކު ނުދެއެވެ. އެހެންކަމުން ޔުވާންގެ ކޮއްކޮމެންގެ ‘ވެލްކަމް ބެކް’ ‘ސަޕްރައިޒް” ޕާޓީ ރޭވުމަށް ޔުވާން ހަވާލުކުރީ އަޒާންއާއެވެ.
ޔަލްވީއާއި އާޔަތު ކައިނިމިގެން ތަށިތައް ދޮންނަން ތިބެ ދެއްކީ ކިޔަވަން ގޮސް އުޅުންއިރު ދިމާވި މަޖާކަންތަކުގެ ވާހަކައެވެ. ” ހަލޯ! ދޮންބޭ!” ޔަލްވީ ތަށިދޮންނަން ހުރުމުން އާޔަތު ފޯނުނަގައި ސްޕީކަރ އޮންކޮށްލިއެވެ. ”ޔައްލު! ދޮންބެ މިގުޅީ ވާހަކައެއް ބުނަންށޭ ދެކުދިން ކައިރީ. މާދަމާރޭ އެބައޮތް ދޮންބެގެ ވަރަށް ގާތް ކުއްޖެއްގެ ވެޑިންއެއް. އެންޑް ވީ އޯލްއާ އިންވައިޓެޑް. ދެކުދިން ދާންވާނެ ދޮންބެއާއެކު އިނގޭ” ޔުވާން ބޭނުންވީ ޕާރޓީ ‘ސަރޕްރައިޒްއެއް’ ގޮތުގައި ބޭއްވުމަށެވެ. އެހެންކަމުން އެކުވެރިއެއްގެ ކައިވެނި ޙަފްލާއެކޭ ބުނެ ދޮގުހަދަން ޖެހުނެވެ. ”އޯހް ވާއު! އަ ވެޑިން؟ އާފްޓަރ ސޯ ލޯންގް” ޔަލްވީ އާއި އާޔަތު އެއް އަޑަކުން އުފަލުން ހަޅޭއްލަވައިގަތެވެ. ”ޑޮންޓް ވޮރީ ދޮންބެ! ވީ ވިލް ބީ ރެޑީ މާދަމާރޭ” އާޔަތު އުފަލުން ގޮސް ދަތްކޮޅު އަތައް ނަގައިގެން ހުއްޓެވެ. ”އޯކޭ ދޮންބެ ޓްރާންސްފަރ ކުރާނަން ލާރި، ދެކުދިންދޭ ޝޮޕިންއަށް މިރޭ. އެންޑް ބައި ޕްރިޓީ އައުޓްފިޓްސް ފޮރ ބޯތް އޮފް ޔޫ” ޔުވާން ވަރަށް ލޯބިން ދެކޮއްކޮ ކައިރީ ބުނެލިއެވެ. ”ޔޭ!ތޭންކްސް ދޮން”. ޔަލްވީ ‘އެކްސައިޓެޑް’ ރާގަކަށް ބުނެލިއެވެ. ”ޝޮޕިން ނިންމާފަ ދޮންބެއަށް ގުޅާ އިނގޭ ވީވިލް ގޯ ފޮރއަ ޑިނަރ ޓްގެދަރ” ކޮއްކޮމެންނާ އެކީ ވަގުތު ހޭދަކޮށްލަން ބޭނުންވެގެން ޔުވާން ރޭގަނޑުގެ ކެއުމަށް ދާނެ ވާހަކަ ބުނެ ފޯނު ބޭއްވިއެވެ. ”އާޔޫ، ހިނގާބަ ޔައްލުއަށް އަންޕެކް ކޮށްދޭން ހެލްޕްވާން،އަދި މިރޭ ލާނެ ހެނދުމެއްވެސް ނަގަންޖެހޭ” ޔަލްވީ އަވަސްވެގަތީ ފޮށިތައް ހުސްކޮށް އަލަމާރިއަށް ތަރުތީބު ކޮށް އެޅުމަށްށެވެ. އާޔަތުވެސް ޔަލްވީއަށް އެހީވިއެވެ. ”ޔައްލު، ހާދަ ބައިވަރު ފޮށިތަކެކޭ މިހުރީ؟” އާޔަތު ދިޔައީ ޔަލްވީ ގެނައި ފޮށިތައް ހާވަމުންނެވެ. ‘އޯހް ޔެސް’ ތި ދެ ފޮށީގަ ތީ އެންމެނަށް ގެނައި ގިފްޓްތައް. ”ވެއިޓް، ލެޓް މީ ފައިންޑް ޔުއަރ ގިފްޓް” އަޅި ކުލައިގެ ފޮށި ހުޅުވައިލުމަށްފަހު ޔަލްވީ ނެގީ ‘ބެއިޖް’ ކުލައިގެ ބޮޑު ‘ގައުން’ އެކެވެ. އާޔަތު ޔަލްވީ އަތުން ހެދުން އަތުލައިގެން ހެޔޮވަރު ކޮށްލިއެވެ. ”ވާއު ހަމަ ޕަރފެކްޓްލީ ފިޓްސް. ޔައްލުގެ ޗޮއިސް އިޒް ދަ ބެސްޓް” ލޯގަނޑުން ފަރި ބަލަންހުރެ އާޔަތު ބުނެލިއެވެ. ”ތިހެނދުން ފެނުނީމަ ބޭނުމެއްނުވި ނުގަނެ އަންނާކަށް،ހަމަ ހިތަށް އެރީ އާޔޫ އާ އެންމެ ގުޅޭނީ މި ޑްރެސްއޭ. ޔަލްވީ އާޔަތުގެ ހެނދުން ރީތިކޮށްލަމުން ބުނެލިއެވެ. މަޑު މުށި ކުލައިގެ އޮފު ފޮތިން ފައިގެ ކޮޅައް ދާވަރައް ފަހާފައިވާ ހެދުމުގެ އަތް ލޭސް ފޮތިން ފަހާފައި ވާއިރު އަތުގެ ކުޑަހުޅާ ހަމައިން ރަބަރުލްވާފައި ވުމުން ހީވަނީ މަލެއް ފޮޅިފަ އިންނައިރު ހުޅުވިފައިންހެނެވެ. ހެދުމުގެ މޭމަތިންގަޔައް ކުޑަކޮއް ހިފާލާފައި ވާއިރު ބަންދާހަމައިން އޮތީ ދޫކޮށް ލެވިފައެވެ. ”ސޯ ދޮންބެ ފްރެންޑްގެ ވެޑިން ޕާޓީ އަށް އާޔޫ ލާނީ މިހެނދުން، ދެން މިރޭ ޝޮފިންއަށް ގޮއްސަ ގުޅޭ ފައިވާނެއް ހޯދާނީ” ހެނދުން ބާލާފައި ކޮނޑެއްގައި އަޅުވާލަމުން އާޔަތު ޔަލްވީގެ އެއްޗެހިތައް ފޮށިން ނަގައި އަލަމާރިއަށް އަޅަން އެހީވިއެވެ. އެއްޗެހި ތަރުތީބުކޮށް ނިންމުމަށްފަހު ފިހާރައަށް ދިއުމުގެ ކުރިން އަރާމްކޮށްލަން ޖައްސާލިއެވެ.
ގަޑިން 07:15 ވެލިހާއިރު ޔަލްވީ ތެދުވެ ފެންވަރާލައިގެން ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އާޔަތު ތައްޔާރުވާން ފެށިތޯ ބަލާލަން އާޔަތުގެ ކޮޓަރިއަށް ދިޔައިރު އާޔަތު ހުރީ ނަމާދުކުރަންށެވެ. އެހެންކަމުން ޔަލްވީ އަވަސްވެގަތީ 8 ޖެހުމުގެ ކުރިން ތައްޔާރުވެވޭތޯއެވެ. ހުދުކުލައިގެ ‘ޓާޓަލް ނެކް’ ސްވެޓާރއެއްލުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ފައިފުޅާ ޖަމްޕްސޫޓެއް ޔަލްވީ ލިއެވެ. ޔަލްވީގެ އުނަގަނޑާ ހަމައަށް އަންނަ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި އޮތެވެ. ތުންފަތުގައި މަޑުފިޔާތޮށި ކުލައިގެ ލިޕް ގްލޮސްއެއް ހާކާލައި މުޅިގަޔަށް ސެންޓުފުޅިން ޖަހާލިއެވެ. ޔަލްވީ ސިޓިންރޫމަށް ނުކުމެ ހުދު ކުލައިގެ ކުޑަ ކަށި ފައިވާނެއް ނަގައި ދޮރުކައިރީ ބަހައްޓާލަމުން އާޔަތުގެ ޙަބަރެއް ބަލައިލުމަށް ދިޔައިރު ތައްޔާރުވެގެން އާޔަތު ނުކުންނަނީއެވެ. ” އޯމައިގޯޑް އާޔޫ ޔޫ ލުކް ސްޓަނިންގް” ލެވެންޑަރ ސްވެޓްޝާޓަކާއި ހުދުކުލައިގެ ޕެންސިލް ސްކާރޓެއް ލައިގެން ހުރި އާޔަތު ފެނިފައި ޔަލްވީއަށް ތައުރީފްކޮށްނުލާ ނުހުރެވުނެވެ. ” ޔޫ ލުކް އަމޭޒިން ޓޫ” އާޔަތުވެސް ޔަލްވީއަށް ތައުރީފުކޮށްލިއެވެ. އާޔަތު ހުދުކުލައިގެ ‘ބެލެޓް ފްލެޓް’ އަކައް އަރަމުން ޔަލްވީއާއެކު ގެއިން ނުކުމެވުން އިރު 08:10 ވަނީއެވެ. މަޖީދީ މަގަށް ނުކުތްއިރު ފުދޭވަރަކަށް ގިނަމީހުން ކޮޅުތަކަށް ދާ މަންޒަރު ފެނެއެވެ. ޔަލްވީ އާއި އާޔަތު ވެސް އެކި ފިހާރަތަކަށް ވަންނަމުން ކަމުދާ އެއްޗެއް ފެނޭތޯ ބަލަމުން ދިޔައެވެ. ‘މެންގޯ’ އިން ދެމީހުން ވެސް ހިތްހަމަޖެހޭ ބައެއް އެއްޗެހި ލިބުމުން ‘މިނިސޯ’ އަށް ދިޔުމަށް ހިނގައި ގަތެވެ. އެކި ވާހަކަދައްކަމުން ދެމީހުން ސަމާސަކުރަމުން ދަނިކޮށް ޔަލްވީގޮސް މީހެއްގެގައިގަ ލައިގަތެވެ. ކުޑަކޮށް ސިއްސަގެން ދިޔުމުން ޔަލްވީގެ އަނގައިން ތޫނު ހަޅޭކެއް ވެސް ނުކުތެވެ. “”ވަރަށް ބޮޑަށް ސޮރީ!” ކުރިމަތީހުރި ޒުވާނާފެނި ޔަލްވީގެ ދެލޯ ބޮޑުވެގެން ދިޔަތަން އާޔަތުއަށް ރަނގަޅަށްވެސް ފެނުނެވެ. “ޔަލް؟” ކުރިމަތީހުރި ޒުވާނާއަށްވެސް ވީހަމަ ޔަލްވީއަށް ވީގޮތެވެ. ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު މާފަށްއެދެމުން ޔަލްވީ ހިނގައިގަތީ އެޒުވާނާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދިނުމަށްށެވެ. “އެއީ ކާކު؟” އާޔަތުއަށް ނުހުރެވިގެން ސުވާލުކޮށްލެވުނެވެ. “މީހެއްނޫންއެއީ، މުހިންމެއްނޫން އެވާހަކަ ދައްކަން” ޔަލްވީގެ މޫޑު ހުރީ އެއްކޮށްބަދަލުވެފައެވެ. ” ޕްލީޒް ޔައްލު އާޔޫއަށް ހައިޑް ނުކޮށްބަ ވީ އާ ބެސްޓީސްއެއްނު” އާޔަތުހުރީ ދޫކުރާ ގޮތަކަށްނޫނެވެ. ” ފަހުން ކިޔާދޭނަން، ބޭނުން ނޫން މިރޭގެ މޫޑު ގޯސްކުރާކަށް، ދޮންބެއާއެކު ޑިނާއަށްވެސް ދާންޖެހެއެއްނު” ޔަލްވީބޭނުންވީ ވާހަކަ އޮއްބާލާށެވެ. “އޯކޭ ޔައްލު ބޭނުން ގޮތެއް” އާޔަތައް ޖެހުނީ ގޮތްދޫ ކުރާށެވެ. ‘މިނިސޯ’ އިން ބައެއް ތަކެތި ގަނެގެން ނުކުމެ އާޔަތު ގުޅާލީ ޔުވާންއަށްށެވެ. ޔުވާންއެދުނީ ދެމީހުން ތިބިތާގައި މަޑުކޮށްލުމަށްށެވެ. 10 ވަރަކަށް މިނެޓްތެރޭ ޔުވާން ކާރުގައި އާޔަތުއާއި ޔަލްވީ ބަލާއައެވެ. ޔުވާން ކާރުމަޑުކޮށްލީ ބްރައިން ކުރިމައްޗައްށެވެ. ކާރު ޕާކު ކޮށްލުމަށްފަހު ޔުވާން އާޔަތުއާއި ޔަލްވީ ގޮވައިގެން ބްރައިންގެ ރޫފްޓޮޕަށްއެރިއެވެ. ބްރައިންގެ ރޫފްޓޮޕަކީ ހިތްފަސޭހަ ތަނަވަސް މާހައުލެކެވެ. ވަށައިގެން އުސްއިމާރަތްތައް އެއްފަރާތުން ފެންނަން އޮތްއިރު އަނެއްފަރާތުން މޫދު ފެންނަން އޮތެވެ. އެހާ ހަމަހިމޭން މާހައުލެއްގައި އާއިލާއާއެކު ކެއުމަށް އިންސާފުކޮށްލުމަކީ ކޮންމެ މީހެއްވެސް ތަޖުރިބާ ކޮށްލަން ބޭނުންވާނޭ ކަމެކެވެ. ޔުވާން އޯޑަރ ދިނުމަށް ވެއިޓަރއަށް ގޮވިއެވެ. ” އާޔޫ އާއި ޔައްލު ނަގާ އަވަހާކޮންމެސް އެއްޗެއް” ޔުވާން ބީފް ރައިސްއަކަށް އޯޑަރ ދެމުން ބުނެލިއެވެ. ” އައިވިލްޓޭކް ޗިކެން ފަޖިޓަސް ނަޗޯސް” ޔަލްވީ އޯޑަރ ދިނެވެ. “ފޮރ މީ އިޓްސް އެގް އޯ ރައިސް” އާޔަތުވެސް އޯޑަރ ދިނެވެ. ތިންމީހުންވެސް ބުއިމަކަށް ނެގީ ‘ލެމަން އައިސް ޓީ’ އެކެވެ. 15 ވަރަކަށް މިނެޓްތެރޭ ކާއެއްޗެހި ގެނައެވެ. ކާއެއްޗެހި ގެނައުމުން ތިންމީހުންވެސް ކެއުމަށް އިންސާފުކުރިއެވެ. “ހާދަ މީރޭ ދޯ މިތާގެ ކާއެއްޗެހި” ކައި ނިންމާލަމުން ޓިޝޫއެއްނަގަމުން އާޔަތު ކާއެއްޗެހީގެ މީރުވާހަކަ ދެއްކިއެވެ. ޔުވާންގެ ރައްޓެއްސަކު ގުޅާފައި އެއަރޕޯޓްއަށް ބަލާއައުމަށް އެދުމުން ބިލަށް ފައިސާދައްކައި ކޮއްކޮމެން ގެއަށް ލައއިދިނުމަށް އަވަހަށް ދިޔައެވެ. ވެފައިހުރި ވަރުބަލިކަމުން އާޔަތުއާ ޔަލްވީއަށްވެސް އެނދުގައި ޖައްސާލިއިރަށް ނިދުނީއެވެ.
އާދުވަހަކަށް އިރުއެރީ ޔަލްވީ ރޮށިފިހަން ހުއްޓައެވެ. އާޔަތުހުރީ މަސްހުނި މޮޑޭށެވެ. “އާޗާ ހާދަމުރާލި ދެކުދިންނޭ ދޯ؟ ރަނގަޅަށް އިރުނާރަނިސް ސައިހަދަނީ ވިއްޔަ” ޔުވާން އާފުރެމުން އައިސް މަސްހުނިކޮޅެއް އަނގައަށްލިއެވެ. “އައްޗީ ދޮންބޭ! ދަތްވެސް ނޫގުޅާ!” އާޔަތު އޯކާދެމިލިއެވެ. “އެއޯކޭ ވާނޭ އަނގައިގަ އެއްނު ހުރިހާއެއްޗެއް ހުންނާނީ، ދެންބުނެބަލަ މާހެނދުނާ ދެކުދިން ތެދުވެ ތިއުޅެނީއޯ؟” ހެމުން ޔުވާން ޔަލްވީގެ ކޮޑުގައި އަތް ބާއްވާލިއެވެ. “ރޭގަ ވަރުބަލިވެގެން މާއަވަހަށް ނިދުނީމަ ތަންކޮޅެއް އަވަހާ ހޭލެވުނީ ދޯ އާޔޫ” އާޔަތަށް ދޯ އެއްލަމުން ޔަލްވީ ހީލިއެވެ. “ސޯ ދެކުދިން ރެޑީ ދޯ މިރޭޕާޓީއަށް ދާން؟” ކޮޓަަަަރިއަށްވަންނަމުން ޔުވާން އަހާލިއެވެ. އާޔަތު ބޯޖަހާލީ އާނއެކޭ ބުނަމުންނެވެ. ޔުވާން ފެންވަރާލައިގެން ނުކުމެ ދެކޮއްކޮއާއެކު ސައިބޯން އިށީނެވެ. “ސޯ ލޯބީސް ކޮބާ މިއަދުގެ ޕްލޭންއަކީ؟” ތައްޓަށް މަސްހުނި އަޅަމުން ޔުވާން އަހާލިއެވެ. “އަނެއްހެން ނެތް ޕްލޭންއެއް، ހަމަ ގޭގަ ތިބޭނީ މިއަދު” އަނގަޔަށް ރޮށިގަނޑެއްލައިގެން ހަފަމުން އާޔަތުބުނެލިއެވެ. “އެހެންތަ؟ އޯކޭ ދެކުދިން ބަލައިގެން އުޅެއްޗޭ، ދޮންބެ ދަނީ އޮފީހަށްދާން ރެޑީވާން” ކައިނިންމާލަމުން ޔުވާން އޮފީހަށް ދާން ތައްޔާރުވާން ދިޔައެވެ. ކެއި ތަށިތައްނަގައި މޭޒުމަތި ސާފުކޮށް ނިންމާލުމަށްފަހު ޔަލްވީއާއި އާޔަތުވެސް ފެންވަރަން އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން އައިސް އާޔަތު އޮށޯތީ ނެޓްފްލިކްސް އިން ކޮރެއަން ސީރީސްއެއް ބަލާށެވެ. ޔަލްވީވެސް ވާހަކަ ފޮތެއް ހިފައިގެން އައިސް އާޔަތުގެ އެނދުގެ އެއްފަރާތެއްގައި އޮށޯތެވެ. ” އާޔޫ ކޮން ސީރީސްއެއް ތިބަލަނީ؟” ޔަލްވީ ފޮތްހުޅުވާލަމުން އަހާލިއެވެ. ” މީ އެންމެ ފަހުން ނުކުތް ސީރީސް ބިޒްނަސް ޕްރޮޕޯސަލް، ޔައްލު ބަލައިފިންތަ މި؟” އާޔަތު ޔަލްވީއަށް ބަލާލީ ސީރީސް ޕޯސް ކޮށްލާފައެވެ. “ޔެސް ބަލައިފިން ޓައިމޫ އަށް ކްރަޝްވެސް ވެގެން މިއުޅެނީ، ހީ އިޒް ސޯ ހެންސަމް” ސީރީސްގައި އުޅޭ ފިރިހެން ކެރެކްޓަރއަށް ޔަލްވީއާއި އާޔަތު ދިޔައީ ތައުރީފް ކުރަމުންނެވެ. ދެމީހުންގެ ދުވަސް ހޭދަވީ އެކަހަލަ ގޮތަކަށްށެވެ. ބަންގި ގޮވުމުން ނަމާދުކޮށްގެން އައިސް އަނެއްކާވެސް ވާހަކަ ކިޔުމާއި ސީރީސް ބެލުމުގައި މަސްއޫލުވެއެވެ.
އިޝާ ނަމާދަށް ބަންގި ގޮވުމުން ދެމީހުންގޮސް ނަމާދުކޮށްގެން ޕާޓީއަށް ދާން ތައްޔާރުވާންފެށިއެވެ. ޔަލްވީލީ ކްރީމްކުލައިގެ އަތް ކުރު ފައިތިލައާ ހަމައަށްދާ ވަރުގެ ދިގު މެކްސީއެކެވެ. އިސްތަށިގަނޑު ކުޑަކޮށް ސްޓައިލްކޮށްލަމުން ދައްޗެއްޖަހާލިއެވެ. މޫނުގައި ވަރަށް ނެޗްރަލް މޭކަޕެއްކޮށްލިއެވެ. ޔަލްވީ ކްރީމްކުލައިގެ ގްލިޓަރ ހީލްއަކަށް އަރަމުން ލޯގަނޑުން ފަރިބަލާލިއެވެ. “މާޝާالله! މަގޭ ޔައްލުކޮޅު ހީވަނީހަމަ ޕަރީއެއްހެން. ދޮންބެގެ ޕްރިންސެސް ހާދަލޯތްބޭ” ދޮރުހުޅުވާލާފައި ވަތް ޔުވާން އަންތަރީސް ކޮށްލީ ޔަލްވީގެ ފުރިހަމަކަން ފެނިފައެވެ. “ހާއި އަމް ރެޑީ!” ބެއިޖް ގައުންގައި އާޔަތު ފަރި ހިންގުމެއްގައި އަންނަމުން ބުނެލިއެވެ. “ވާއު ދޮންބެގެ ލޯބި ބަޓަރފްލައި މިޔޮއްއައީ، ލޯބިކަން” ޔުވާން އާޔަތުއަށް ތައުރީފުކޮށްލިއެވެ. “ދޮންބެވެސް ބަލަ ހެންސަމްކަން، ބަލާ ކޮންމެ އަންހެންކުއްޖެއް ހޭނެތިގެން ނުވެއްޓުނިއްޔާ ރަނގަޅު” އާޔަތު ޔުވާންގެ އަތުގައި ހިފާލަމުން ތުއިވެލިއެވެ. އާޔަތު ބުނީދޮގެއްވެސް ނޫނެވެ. ކަޅުކުލައިގެ ފަޓުލޫނަކާއި ކަޅުކުލައިގެ ގަމީހެއްގައި ހުރި ޔުވާންގެ ކަސްރަތީ ހަށިގަނޑާއި ތަނަވަސް މޭމަތި ފެނިފައި ޔުވާންއަށް ހިތްނުލެބޭނެ އަންހެން ކުއްޖެއް ނުހުންނާނެއެވެ. “އޯކޭ އޯކޭ ދެން ހިނގާ އަވާހާ ދަމާ، 08:30 ވަނީ އެޔޮއް” ޔުވާން ދެކޮއްކޮ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކާރުގޮސް މަޑުކޮށްލީ މ.ޒިލައިޓްއަށްށެވެ.ލިފްޓް ކުރިމަތީ މަޑުކޮށްލަމުން ޔުވާން ގުޅާލީ އަޒާންއަށްށެވެ. “ބްރޯ! ކޮބާ ކޮންތާކު؟ އަހަރުން މިތިބީ ތިރީގަ” ޔުވާން ލިފްޓަށް އަރައި 15 ވަނަ ފްލޮރއަށް ފިއްތާލިއެވެ. އަޒާން މިއަންނަނީ ކަމަށް ބުނުމުން ޔުވާން ފޯނުބޭއްވިއެވެ. ލިފްޓުގޮސް ހުއްޓުނީ 15 ވަނަ ފްލޮރގެ ޓެރަހަށްށެވެ.
“ލޯބްސް މިތާ މަޑުކޮށްލާ އިނގޭ ދޮންބެއެބައަންނަން” ޔުވާން ދިޔައީ އަޒާން ގުޅީމައެވެ. ޔަލްވީއާއި އާޔަތު މަޑުކޮށްލީ އެއްފަރާތެއްގައެވެ. ޔަލްވީ ފާހަނައަށް ދާން ޖެހިއްޖެ ކަމަށް ބުނެ ޓެރެސްގެ ފާހަނަ ބަރިއާ ދިމާއަށް ދިޔައެވެ. އާޔަތު ކައިރީހުރި މޭޒުމަތިން ފިނި ބުއިމެއް ނަގަން ހުއްޓާ ޔުވާން ގޮވާލިއަޑު އިވިގެން ބަލާލިއިރު ޔުވާން އަތުން އިޝާރަތްކޮށްލީ އެކޮޅަށް އައުމަށްށެވެ. އާޔަތު ހިނގައިގަތީ ލިފްޓް ކުރިމަތިން ހުރަސްކޮށްށެވެ. އެވަގުތަކީ ލިފްޓުގެ ދޮރުހުޅުވުނު ވަގުތެވެ. ލިފްޓުން ނުކުތްމީހާގެ ގައިގަ އާޔަތު ގޮސް ޖެހުނީ ވަރަށް ބާރަށްށެވެ. “ވަޓް ދަ….!” އަތުގައިހުރި ކޯކްތަށި އެޅުނީ އާޔަތުގެ ހެދުމަށެވެ. ކުދި ކިޔަމުން އިސްއުފުލާ ބަލާލި އާޔަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީ ހުއްޓިލައިގެން ހުރި ދުވަހަކުވެސް ދެކެފައިނުވާ މިއަޖައިބެއްފަދަ ޒުވާނާގެ ރީތިކަންފެނި އާޔަތަށް ކުޑަ ވަގުތުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނެވެ. ކަޅުކަންގަދަ ކަޅިއަކާއި ތޫނު ކަތުރު ކަށިގަނޑެކެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލެވިފައިވިއިރު ތުބުޅި ހުރީ ރީތި ވަރަކަށް ކޮށާ މެއިންޓެއިން ކޮއްލެވިފައެވެ. ކަޅުކުލައިގެ ސޫޓެއް ލާފައި ހުރި އިރު ބައިމަތި ފުޅާ މޭ މައްޗާއި ދިގު އިސްކޮޅުން ވެސް ހަށިގަނޑުގެ ބާރުގަދަކަން ބަލާ ކޮންމެ މީހަކައް ވެސް އަންދާޒާ ކޮއްލެވޭނެއެވެ.
ލިފްޓުން ނުކުތް އަޒާން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތީ ހުރި އަޖައިބެއްފަދަ ހޫރުޕަރީ ފެނި ކަޅިއެހެން ފަރާތަކައް އަނބުރާލުންވީ ދަތި ކަމަކަށެވެ. ދިގު އެސްފިޔަތަކާއި ޖާދުވި ކަޅިރަވައެކެވެ. މައުސޫމް މޫނަކާއި ބޮޑު ދެލޮލެވެ. ހަންގަނޑު އެންމެ ދޮންކުލައަށް ވުރެ ކުޑަ ތަންކޮޅެއް އަނދިރިއެވެ. ‘ވަރމް އަންޑަ ޓޯން’ އެއް ލިބިފައިވާއިރު ކަޅުކަންގަދަ އިސްތަށިގަނޑު އޮތީ ކޮނޑައް ވުރެ ތިންވަރަކައް އިންޗި ދިގުކޮށް ރީތިކޮއް ސްޓައިލް ކޮއްލެވިފައެވެ.
“އޯނޯ! އާޔޫ!” އާޔަތުއާއި އަޒާން އަށް ހޭވެރިކަންވީ ޔުވާންގެ އަޑަށެވެ. ހިނގައިދިޔަ ހުރިހާ މަންޒަރެއް ޔުވާން ބަލަންހުރިއިރު އަނެއްކޮޅުގައި ޔަލްވީ ހުއްޓެވެ. ޔުވާންގެ އަޑު ޖެހުމުން އާޔަތު މޫނު އަނބުރާލީ ބުމަ ގޮށްޖަހާލަމުންނެވެ. މާޒީގައި ހިނގައިދިޔަ ކަންތައްތަކުގެ
ސަބަބުން އާޔަތު ފިރިހެނުންނަށް ނަފްރަތު ކުރެއެވެ. ކުރިމަތީ ހުރި ޒުވާނާ ކިތަންމެ ރީތި ސިފައެއްގައި ހުރިއެއްކަމަކު އެހެން ފިރިހެނުންނެކޭ އެއްގޮތް ވާނެ ކަމަށް އާޔަތު ގަބޫލުކުރެއެވެ. އާޔަތު ދެކޭގޮތުގައި ފިރިހެނުންނަކީ ވަރަށް ގޯސް ބައެކެވެ.
”އާޔޫ! އަޒާން! ދެމީހުން އޯކޭތަ؟” ދެމީހުން ހިމޭނުން ތިބުމުން ޔުވާން ދެވަނަފަހަރަށް ވެސް އަހާލިއެވެ. ”ކިހިނެއް އޯކޭ ވާނީ؟ ހީ ރުއިންޑް މައި ޕްރިޝިއަސް ޑްރެސް!” އާޔަތުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ޔުވާން ބޮލުން ޔަލްވީއަށް އިޝާރާތެއް ދިނުމުން ޔަލްވީ އާޔަތު ގޮވައިގެން ފާހާނާ ބަރިއާ ދިމާއަށް ދިޔައެވެ. ”އާޔޫ، ދެން ރުޅިމަޑުކޮށްބަ. ކޯކްގެ ސްޓެއިން ވަރަށް އަވަހަށް ފިލާނޭ.” ޔަލްވީ ބެލީ އާޔަތު ހަމައަކަށް އެޅުވޭތޯއެވެ. ”އާޙް، ނަސީބެއް ކޯކް ސްޓެއިން ފިލައިފި،
ދަޓް ރާސްކަލް ރުއިންޑް މައި މޫޑް އެންޑް މައި ޑްރެސް،ހީ ޑިޑިންޓް އިވެން ސޭ ސޮރީ!” އަދިވެސް އާޔަތު ދިޔައީ އަޒާންއަށް ކުދި ކިޔަމުންނެވެ. އާޔަތު އާއި ޔަލްވީ ގޮސް ޔުވާން ކައިރީ މަޑުކޮށްލިއެވެ. ”ސޮރީ އާޔޫ، ދެންމެވި ކަންތަކާ! އަޒާން ގަސްތުގަ ކުރިކަމެއްނޫން އެއީ.” ޔުވާން އަޒާން ފަރާތުން މާފަށް އެދުނީ އަޒާންގެ ގޮތް އެނގޭތީވެއެވެ. ގަސްތުގަ ނުކުރާކަމަކަށް އަޒާން ދުވަހަކުވެސް މާފަކަށް ނޭދޭނެއެވެ. އަޒާންއަކީ ވަރަށް ގޮތުގައި ހުންނަ މީހެކެވެ. ”މިރޭގެ ޕާޓީއަކީ އަސްލު ދޮންބެ ތިދެކުދިންނަށް ޕްލޭންކުރި ސަޕްރައިޒް ޕާޓީއެއް، ކޮންގްރެޓްސް ފޮރ ޔުއަރ ސަކްސެސް،އަމް ސޯ ޕްރައުޑް އޮފް ޔޫ ޓޫ އެންޑް ވެލްކަމް ބެކް” ޔުވާންގެ ސަޕްރައިޒް އާޔަތު އާއި ޔަލްވީއަށް ވަރަށް ކަމުދިޔައެވެ. ”ހެއި ގާއިޒް، އައި ވޯންޓް ޔޫ ޓު މީޓް މައި ބެސްޓީ! މީޓް އަޒާން، މައި ބެސްޓް ފްރެންޑް” ޔުވާން އަޒާންގެ ކުޑަ ތަޢާރަފެއް ޔަލްވީއާއި އާޔަތަށް ދިނެވެ. ”ސޯ ދިސް އިޒް ދޮންބެގެ ވައިފް! ދަ ވަން ހޫ ކޯލްސް ދޮންބެ އެވްރީ ސިންގަލް ޓައިމް” ޔަލްވީ އަޒާންއާ ސަމާސާ ކޮށްލިއެވެ. އަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރީއެވެ. މިކަން އާޔަތަށްވީ ބޮޑު ކަމަކަށްށެވެ. ލޯ އަޅާލަމުން އަޒާން ދިމާއަށް މަޑުމަޑުން ކުދި ކިޔާލިއެވެ. ޕާޓީ ތެރޭގައި އާޔަތުއާއި ޔަލްވީ އެންމެ ސަޕްރައިޒްވީ އެކުގައި ކިޔަވަން އުޅުނު ބޭރު ރައްޓެހިންނާ ދިމާވުމުންނެވެ. އެމީހުންނަށް ޓިކެޓް ނަގައިދީ ރާއްޖެގެނެސް ހުންނާނެތަން ހަމަޖައްސައިދިނީ ޔުވާންއެވެ. ޕާޓީތެރޭ އެތައް ސަކަރާތެއް ޖެހުމަށްފަހު ޔަލްވީ އެއްފަރާތަކަށް ޖެހިލީ ޔަލްވީގެ ފޯނަށް މީހަކު ގުޅަންފެށުމުންނެވެ. ”ހެލޯ!” ޔަލްވީ އެއްކަންފަތުގައި އަތްއަޅާލަމުން އަނެއް ކަންފަތުގައި ފޯނުޖެހީ ޕާޓީ ތެރޭ އަޑުގަދަކަމުންނެވެ. ”ލައްބަ! މީ މަރިޔަމް ޔަލްވީ ޔާސިރު ކިހިނެއްތޯވީ” އެކޮޅުން ކުރި ސުވާލަށް ޖަވާބުދެމުން ޔަލްވީ އަހާލިއެވެ. ”ލައްބަ އޯކޭ! މާދަމާއިން ފެށިގެން އަޅުގަނޑު ޖޮއިން ކުރާނަން، ތެންކިއު” ފޯނު ބާއްވަމުން ޔަލްވީ ޝުކުރުއަދާކުރިއެވެ. ޔަލްވީއަށް ގުޅީ ‘އެލްޖޭ ފިޓްނެސް’ އިންނެވެ. ޔަލްވީއަކީ އަބަދުވެސް ހަށިގަނޑު ރީތިކުރުމަށް ވަރަށް ފަރުވާ ބަހައްޓާ މީހެކެވެ. ޖިމަށް ދިއުމަކީ ޔަލްވީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށްވުމުން ކޮލެޖްގަ އުޅުންއިރު ކޮލެޖްގެ ޖިމަށްވެސް ދެއެވެ. އެހެންކަމުން މާލެ އައިސް އެންމެ ފުރަތަމަވެސް ޔަލްވީ ބެލީ ޖިމަކުން ޖާގައެއް ލިބޭތޯއެވެ. ‘އެލްޖޭ ފިޓްނެސް’ އަކީ ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު އެއް ޖިމެވެ. އެހެންކަމުން ޔަލްވީ ބޭނުންވީ ޙިދުމަތް ރަނގަޅު ޖިމަކަށް ދާށެވެ. ދެންމެ ޖިމުން ގުޅާފައި ޔަލްވީއަށް ޖާގަ ލިބުނު ވާހަކަ ބުނުމުން ޔަލްވީ ހުރީ ވަރަށް އުފަލުންނެވެ. ޔުވާންއާއި އާޔަތަށް އެ އުފާވެރި ޙަބަރު ދިނުމަށް ޔަލްވީ ދުވެފަ ދިޔައެވެ. ޕާޓީ ނިންމާލުމަށްފަހު ހުރިހާ އެންމެންވެސް ގެއަށް ދިޔައީ ވަރުބަލި ކަންމަތީގައެވެ. އެއްޗެހި ބަދަލުކޮށް ފެންވަރާލައިގެން ޔަލްވީ ނިދަން އޮށޯތީ ހެނދުނު ޖިމަށް ދާން ޖެހޭތީއެވެ. އާޔަތު އޮށޯވެލީ ލެޕްޓޮޕް ހިފައިގެން ސީރީސް ބެލުމަށެވެ. އެންމެ ފަހުން ބެލި ހިސާބުން ޕްލޭ ކޮށްލަމުން ބުރަކަށި ދަމާލީ ވެފައިހުރި ވަރުބަލިކަމެއްގެ ބޮޑުކަމުންނެވެ. ޓައިމޫ އަދި ޝިންހަރީގެ ލޯބީގެ ބައްދަލުވުންތަކާއި ކުދިކުދި ޑޭޓްތައް ފެނިފައި އާޔަތުވެސް އެހެން އުޅެލަން ނުހަނު ބޭނުންވެއެވެ. އެކަމަކުވެސް ސީރީސްތަކުގައި ވާހެން އަސްލު ދިރިއުޅުމުގައި ވާނެކަމަށް އާޔަތަކަށް ޤަބޫލެއް ނުކުރެވެއެވެ. ރާއްޖޭގެ ފިރިހެނުންނަކީ އާޔަތު ޤަބޫލުކުރާ ގޮތުގައި އެއް އަންހެން ކުއްޖަކުން ނުފުދޭ ބައެކެވެ. ސީރީސް ބަލަން އޮވެ އާޔަތަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
ފޯނު އެލާމްވާ އަޑަށް ޔަލްވީ ތެދުވެ ލޯ އުނގުޅަން ފެށިއެވެ. ގަޑިން 7:45 ވީއެވެ. ޔަލްވީ ނިދިފިލުވާލުމަށް އެނދުން ތެދުވެގެންގޮސް ފެންވަރާލިއެވެ. ފެންވަރައިގެން ނުކުމެ ތުވާލިން ގައިހިއްކާލަމުން އަޅިކުލައިގެ ސްޕޯޓްސް ލެގިންއަކާއި ކަޅުކުލައިގެ ސޮޕޯޓްސް ކްރޮޕްޓޮޕެއް ލިއެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލަމުން ޔަލްވީގެ ޖިމް ދަބަސް ހިފައިގެން ސިޓިންރޫމަށް ނުކުމެ ފައިވާން ހަރުން އަޅި ކުލައިގެ ޓެނިހެއްނަގައި ދަބަހަށްލިއެވެ. ފްރިޖް ކައިރިއަށް ގޮސް ޖޫސް ޕެކެޓެއް ނަގައި ބޯލުމަށްފަހު ޔަލްވީގެ ޖިމް ފެންފުޅި ނަގައި ދަބަހަށް ލިއެވެ. ހުރިހާ އެއްޗެއް ހަމަތޯ ބަލަމުން ޔަލްވީ ގެއިން ނުކުތީ ހިނގާފައި ޖިމަށް ދިއުމަށެވެ. ޖިމް ހުންނަނީ ގެއާއި ކައިރީގައި ކަމަށްވުމުން ޔަލްވީ ދިޔައީ ހިނގާފައެވެ. ‘އެލްޖޭ ފިޓްނެސް’ ޖިމަށް ވަންނަމުން ޔަލްވީއަށް ވަށާ ބަލައިލެވުނެވެ. ތަނަވަސް ބޮޑު ޖިމެކެވެ. ބޮޑު ޝޮޕިން މޯލްއެއް ވަރުގެ މި ޖިމުގައި ކަޝްރަތުކުރަން ބޭނުންވާނެ ހުރިހާ ސާމާނެއް ނަންހުސްކޮށް ހުއްޓެވެ. ކައިރީ ހުރި ބެންޗެއްގައި އިށީންދެ ޓެނިހަށް އަރާލަމުން ޔަލްވީގޮސް ވަނީ ވީއައިޕީ ބަޔަށްށެވެ. ޔުވާން ޔަލްވީއަށް ވީއައިޕީ ބައިން ޖާގަ ހޯދައިދިނީ ޕާރސަނަލް ޓްރެއިނަރ އެއް ހަމަޖައްސާފައެވެ. ”މިސް ޔަލްވީ ރައިޓް؟” ޓްރެޑްމިލްގައި އެއްއަތް އަޅުވާލައިގެން ހުރި ހަށިގަނޑު ވަރުގަދަ ޒުވާނާ ޔަލްވީއާ ސުވާލުކޮށްލިއެވެ. ”ލަ…ލައްބަ!” ޔަލްވީ ޖަވާބުދިނީ ކުޑަކޮށް އަޅައިގަނެފައެވެ.
ކުރިމަތީހުރި ޒުވާނާ ފެނިފައި ޔަލްވީގެ ބަސް ހުއްޓުނުފަދައެވެ. ހަށިގަނޑަށް ބަލާލައިފައިވެސް ބޮޑީ ބިލްޑް ކުރާ މީހެއްކަން އެނގޭނެއެވެ. އަނދިރި ކުލައެއްގެ ހަނގަޑެއްގެ ވެރި މި ޒުވާނާ ލައިގެން ހުރި ކަޅު ސްޕޯޓްސް ޓީސާޓުން މޭމަތީގެ މަސްތައް ފާޅުވާން ހުއްޓެވެ. އަތުގެ ނާރުތައްވެސް އެހާ ބޮޑަށް ފެންނަން ހުރިއިރު ޔަލްވީ އެންމެ އަޅައިގަތީ މެއިންޓެއިން ކޮށްލެވިފައިވާ މަތިމަހާއި ތުނބުޅި ފެނިފައެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައި ހުއްޓެވެ. ”ހެލޯ މިސް ޔަލްވީ؟”ކަރުކެހިލަމުން އެ ޒުވާނާ ޔަލްވީއަށް ގޮވާލީ ޔަލްވީ ބަހެއް ނުބުނެ ހުރުމުންނެވެ. ”އަމް…… ލިއަމް ޖުނެއިދު، ޔަލްވީގެ ޕާރސަނަލް ޓްރެއިނަރ” ލިއަމް ޔަލްވީއަށް ކުޑަ ތައާރަފެއް ދިނެވެ. ”ހާއި އަމް…..މަރިޔަމް ޔަލްވީ ޔާސިރު” ޔަލްވީވެސް ތައާރަފުވެލިއެވެ. ”މިސް ޔަލްވީ ޔުއަރ 10މިނެޓްސް ލޭޓް، އައި ކާންޓް ވޭސްޓް މައި ޓައިމް، އެހެންކަންކަންވެސް ހުރޭ ކުރަންޖެހޭ، އައި ވޯންޓް ޔޫ ޓު ބީ އޮން ޓައިމް” ހަރުކަށި ރާގަކަށް ލިއަމް ޔަލްވީއަށް އިންޒާރެއް ފަދައިން ބުނެލިއެވެ. އެދެލޮލުގައި އާދަޔާ ޙިލާފު ކަމެއް ވާކަން ޔަލްވީއައް ފާހަގަވެގެން ތަންކޮޅެއް ގިނައިން ބެލުނެވެ. ”ހިނގާ ފަށަމާ؟” ޔަލްވީ އަނގައިން ނުބުނެ ހުރުމުން ލިއަމް ވާހަކަދެއްކިއެވެ. ލިއަމްގެ ހަރުކަށިކަން ޔަލްވީ އެހާ ގަޔާވާ ގޮތެއް ނުވިއެވެ. ޓްރެއިނިން ފެށިގެން ކުރިއަށް ދާންފެށިއެވެ. ކައިރީގައި އެހެން މީހުންވެސް އެމީހެއްގެ އިންސްޓްރަކްޓަރގެ އިރުޝާދުތަކާއި އެއްގޮތަށް ކަންތައްކުރަމުން ގެންދިޔައެވެ. ”އެކްސް ކިއުޒް މީ، އެބަ އަންނަން، ވަރަށް މުހިންމު ކޯލެއް” ލިއަމް ފޯނު ކަންފަތު ޖަހަމުން އެތަނުން ނުކުތީ ޔަލްވީއަށް އިރުޝާދު ދީފައެވެ.
”ހެލޯ ޕްރިޓީ ؟ ހާދަ ލޯބިއޭ، ރީތި ބައްޓަމެއް އިނގޭ” ދުރުގައި ހުރި ތަނޮކޮޅެއް ހަރުވަރުގެ އިންސްޓްރަކްޓަރ އެއް ޔަލްވީ ކައިރިއަށް އައީ ލިއަމް ދިޔަތަން ފެނުމުންނެވެ. ވަހުޝީ ފާޑަކަށް އެމީހާ ޔަލްވީއަށް ބަލަން ހުރުމުން ޔަލްވީގެ ރުޅި ގަދަވިއެވެ. ހިފައިގެން ހުރި ބަރު ބޭއްވުމަށްފަހު ވީއައިޕީ ރޫމުން ޔަލްވީ ނުކުމެގެންގޮސް ރިސެޕްޝަން ކައިރީ މަޑުކޮށްލިއެވެ. ‘ކޮބާ މިތާގެ މެނޭޖަރ؟” ރުޅި އައިސްގެން ޔަލްވީ ވަރަށް ބާރަށް ސުވާލުކޮށްލިއެވެ. ރިސެޕްޝަންގައި އިން ކުއްޖާ ޖެހިލުންވެ ހުރެ ޔަލްވީގެ ފުރަގަހުގައި ހުރި މީހާއަށް އިނގިލި ދިއްކޮށްލިއެވެ. ”މިހުރީ މިތާގެ މެނޭޖާ އަކީ”، ފަހަތުން އިވުނު އަޑުން ސިހިފައި ޔަލްވީ ފަހަތައް އެނބުރި ބަލާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.


ILOVE!!🫠
Thank you vnl 💗
wait is Liam the manager???!!! omg I can’t wait for the next ep
Haha….Maybee??? Lets see what happens
Mi part ves vrh Reethi MA!
Awwn Aayath and Azaan so cute 💗
I appreciate your hard work keep it up ✨
Curiously waiting for the next part When’s next?
Thank you shaba💗
I will be uploading new episodes on every Monday and Thursday
V reethi mi part MA
Omg mihaaru sheex ge azaan dhonbe ves mi story ah vahdhaafa eynii
Haadha cute ey aayath ar azaan
I rly CW4THENEXTP
TC
Hehehe…lets see what happens between ayath and azaan
Love it.