ތަޤުދީރު – 4
ރިސެޕްޝަން ގައި އިން ކުއްޖާ ކައިރިން ބައެއް މައުލޫމާތު ސާފުކޮއް ހެދުމަށްފަހު ޔަލްވީ ގެއަށް ދިއުމައް ނުކުނަން ދިޔައީ އާޔަތަށް މެސެޖު ކުރަމުންނެވެ. ފޯނައް ބަލަމުން ދިޔަ ޔަލްވީ ވެއްޓެން ދިޔައީ މީހެއް ގައިގަ އަޅާފައެވެ. އެމީހަކު ޔަލްވީގެ ބަނޑުގައި އަތް ނޭޅުވިނަމަ ޔަލްވީ ބަނޑުވަތައް ގޮސް ވެއްޓޭނެއެވެ. ވާނުވާ ރޭކާލުމުން އިސްއުފުލާ ބަލާލި ޔަލްވީއަށް ލިބުނީ ކުއްލި ސިހުމެކެވެ. ލިއަމްގެ ސޫރަ އެހާ ގާތުން ފެނުމުން ޔަލްވީއަށް ކުރީ ބުނެދޭން ނޭގޭ ކަހަލަ އިހުސާސެކެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފަ ހުރެވުނީއެވެ.
”އެހްމްމްމް….. ލޮލުން ބަލައިގެން ނޫންތަ ހިނގަނީ؟“ ޔަލްވީއަށް ހޭވެރިކަންވީ ލިއަމް ކަރުކެހިލުމުންނެވެ. ހަށިގަނޑު ސީދާ ކޮއްލަމުން ޔަލްވީ ލިއަމް އަށް ދެލޯ އަޅާލަމުން ދުރައް ހިނގައިގަތެވެ. ” ދެން ވަރަށް ހެއްވާ… މި އަންހެނުންނަށް ނޯންނާނެ ސަލާމަތް ކޮއްދިނީމަވެސް ރަނގަޅު އެއްގޮތެއްވެސް“ ޔަލްވީ ލޮލުގެ ކޮޅައް ގޮސް ގެއްލެންދެން ބަލަން ހުރުމައްފަހު ލިއަމް ދެފަރާތައް ބޯހޫރާލަމުން ޗޮކެއް ކަނޑާލިއެވެ.
……………..
ޔަލްވީ ހޮސްޕިޓަލުން ބޭރައް ނުކުތްއިރު އަޒާންގެ ސެކްރެޓަރީ ކާރު ކައިރީގައި މަޑުކޮއްލައިގެން ހުއްޓެވެ. ކާރު ތެރޭގައި އިންއިރުވެސް ޔަލްވީއަށް ވިސްނެމުންދިޔައީ މިއަދު އިންޓަރވިއުގައި ކަންތައް ހިނގި ގޮތާ މެދުގައެވެ.
ގެއަށް ގޮސް އެއްޗެހި ބަދަލު ކޮއްލައިގެން ޔަލްވީލީ މަޑު ނޫ ކުލައިގެ ފައިފުޅާ ޖިންސަކާއި އަޅި ކުލައިގެ އަތްދިގު ޓޮޕްކޮޅެކެވެ. އިންޓަރވިއު ނިންމާފައި ނުކުތްއިރު އާޔަރު މެސެޖު ކޮއްފައި އޮތް ފަދައިން ޔަލްވީވެސް ތައްޔާރު ވެލީ ދޮންތަ ގެ ގެއަށް ދިއުމަށެވެ. އިސްތަށިގަނޑު މައްޗައް ނަގައި ހުދު ކުލައިގެ ކްލިޕެއް ޖަހާލަމުން ޔަލްވީ ނުކުތީ އާޔަތު ކޮބާތޯއެވެ. އޭރު އާޔަތުވެސް ރީތިވެގެން ކޮޓަރިން ނުކުންނަނީއެވެ. ގަދަ ނޫ ކުލައިގެ ފައިފުޅާ ޖިންސަކާއި ކުކުޅު ބިސް ކުލައިގެ ސްވެޓް ޝާޓެއް ލައިގެން ހުރިއިރު އާޔަތު ނުލާހިކު ލޯބިއެވެ. ދެބެއިން މިސްރާބު ޖެހީ ގެއާ މާދުރުނޫން ހިސާބުގައި އޮތް ބަސް ހުއްޓިއަށެވެ. އާޔަތުއާއި ޔަލްވީ އަކީ ކުރިން ސުރެވެސް ނުލާހިކު ބަސް ދުއްވަން ފޯރި ހުންނަ ދެކުދިނައްވުމުން ޓެކްސީއެއްގައި ދާން ހިޔާލު ނުކުރީއެވެ.
ބަސްގޮސް މަޑުކުރީ ހުޅުމާލޭ ކެއަރ ޕޮއިޓް މެޑިކަލް ސެންޓަރ ކައިރީގައި ހުންނަ ބަސްހުއްޓިއަށެވެ. ބަސްހުއްޓި ކައިރީ މަޑުކޮއްލައިގެން ހުރި މެދުއުމުރުގެ އަންހެން މީހާގެ އުރުގައި 3 އަހަރުގެ ކުޑަކުއްޖެއް އިނެވެ. ” އިޒޫ!….“ ބަހުން ބޭރައް ފައި އެޅުމާއެކުހެން އާޔަތު އަދި ޔަލްވީ އެއްފަހަރާ ހަޅޭއްލަވައި ގަންނަމުން ދުވެގޮސް އެ އަންހެން މީހާގެ އުރުގައި އިން ކުއްޖާ އުރާލިއެވެ.
”ޕިސް ޕިސް… ދޮންތަ މަތިން ހަނދާނެއް ނެތްދޯ؟“ ހެމުން ފަރީދާ އެދެކުދިން ބޮލުގައި ލޯބިން ފިރުމާލިއެވެ. ” ދެން ނޫން…. ދޮންތަ މަތިން އެންމެ ބޮޑަށް މިސްވީ…. ތީ ހަމަ އެންމެ ލޯބި ދޮންތައެއްނު“ އާޔަތު އަޑައް ދަމާލާފައި ފަރީދާ ގައިގަ ބައްދާލިއެވެ. ”އެބުނާހެން ތީހަމަ އެންމެ ބެސްޓް ދޮންތަ“ ޔަލްވީވެސް ފަރީދާ ގައިގަ ބައްދާލިއެވެ. ” ހަހަހަހަ…. އެހެންތަ ދެން އެހެންވީރު ހިނގާ އަވަހާ ގެއައް ދާން، ދޮންތަ ހުންނާނެ ވަރަށް މީރު އެއްޗެހި ކައްކާފަ“ އެތައް ދުވަހެއް ފަހުން ކޮއްކޮމެނާ ބައްދަލުވުމުން ފަރީދާ ހުރީ ހުރިހާ ދަތެއް ފެންނަ ވަރަށް ހެވިފައެވެ.
ފަރީދާ ބޭބެމެންގެ ކުދިން ދެކެ ވަނީ އަމިއްލަ ދަރިންދެކެ ވާހާ ލޯތްބެވެ. އެއްބަނޑު އެއްބަފާ 5 ބެއިންގެ ތެރެއިން ފަރީދާއަކީ އެންމެ ދޮށީ އަންހެން މީހާއެވެ. ފަރީދާގެ ކުޑަޔައް ތިބެނީ އިތުރު 2 ފިރިހެނުންނާއި 2 އަންހެނުންނެވެ. އާއިލާގެ އެންމެން ވެސް އުޅެނީ ރަށުގައި ކަމަށް ވުމުން ފަރީދާ ވެސް ކޮންމެ ސްކޫލް ޗުއްޓީ އަކަށް ކުދިންކޮޅު ގޮވައިގެން ރަށައް ދެއެވެ. ފަރީދާގެ ދޮށީ ދަރި މަހީރް ގެ އޯލެވެލް ނިމި އޭލެވެލް ހެދުމަށް މާލެ ބަދަލުވީ ފިރިމީހާ މިއުވާން އާވެސް އެކީގައެވެ. ފަރީދާގެ ދެމަފިރިންގެ މަހީރް ގެ އިތުރުން 11 އަހަރުގެ މައުރާ އަދި 3 އަހަރުގެ އިޒްޔަން ހުރެއެވެ.
އާޔަތަކީ އެންމެ ދޮށީ ބޭބެ އަދީލްގެ ހުރި ހަމައެކަނި ދަރިއެވެ. ޔަލްވީއަކީ އެންމެ ހަގު ފިރިހެން މީހާގެ ދޮށީ ދަރިއެވެ. ޔަލްވީގެ އިތުރުން ޔާސިރުގެ ކުޑަ ފިރިހެން ކުއްޖެއް ވެސް ހުރެއެވެ. ފަރީދާ ގެ ކުޑަޔައް ހުންނަ އަންހެން ކޮއްކޮ ރާމިޒާ އަކީ ޔުވާން އަދި ރާޔާ ގެ މަންމަ އެވެ. އާއިލާގެ އެންމެ ހަގު އަންހެން މީހާ ޒިޔާދާ އުޅެނީ 3 ކުދިންނާ އެކު ފިރިމީހާގެ ރަށުގައެވެ. ފަރީދާއެކޭ އެއްގޮތައް ޒިޔާދާވެސް ކޮންމެ ސްކޫލް ބޮޑު ޗުއްޓީއަށް އާއިލާ ގާތައް ރަށައް ދެއެވެ. އެ އާއިލާ އަކީ ނުހަނު ގުޅޭ އެކަކު އަނެކަކާ ގުޅިގެން އުޅޭ އެކުވެރި އާއިލާ އެކެވެ.
…………….
”އޯ މައި …މައި ޓޫ ފޭވްރިޓް ކަޒިން ސިސްޓާރޒް އާރ ހިއަރ“ ސްކޫލްގެ އިތުރުގަޑި ތައް ނިންމާލާފައި ގެއަށް އައި މަހީރް ހީވީ ދެއީދު އެއްފަހަރާ އައިހެނެވެ. ދަބަސް ސޯފާ މައްޗައް ދޫކޮއްލަމުން ދުވެ ގޮސް އާޔަތު އަދި ޔަލްވީ ގައި ބައްދާލިއެވެ. ”މިންމި އަވަރ ޕްރިންސެސް ހާދަ ދުވަހެއް ފަހުންނޭ ދޯ މި ފެނުނީ“ އިޒްޔަން ބިންމަތީގައި ބަހައްޓާލަމުން ޔަލްވީވެސް މަހީރް އިތުރައް ގާތް ކޮއްލިއެވެ. ކުޑައިރުން ފެށިގެންވެސް މަހީރް އަކީ އާޔަތު އަދި ޔަލްވީއާވެސް ނުހަނު ގާތް ގުޅުމެއް އޮންނަ ކުއްޖެކެވެ.
”ދަރިފުޅު ދެން ދަބަސް ތަންތަނައް އުކާފަ ނުބަހައްޓާ ދޭބަލަ އެ ހިފައިގެން ގޮސް އެއްޗެހި ބަދަލު ކޮއްގެން ކާން އަންނަން“ އުނަގަނޑުގައި ދެއަތް ވިދެލަމުން ފަރީދާ ކުދި ކިޔާލީ މަހީރްގެ ގޮތް ރަނގަޅައް އެނގޭތީއެވެ. ކޮންމެ ދުވަހަކުވެސް ޔުނިފޯމް ބަދަލު ނުކޮއް އެތައް އިރެއް ވާދެކައް އޮންނާނެކަން ފަރީދާއަށް އެނގެއެވެ.
”އޯކެއި …..އޯކެއި މޯމް ދެން ރުޅި ނާދެބަ މިދަނީ އޭ“ ދެއަތް ހިއްލައި އަމާން ދެމުން މަހީރް ދުވެގޮސް ވަނީ ކޮޓަރިއަށެވެ. ” ހެހެހެހެހެ….. އަދިވެސް މިންމި އުޅެނީ އެހާ ޑްރެމެޓިކް ކޮއް ދޯ“ ހެމުން ހެމުން ޔަލްވީ ފަރީދާއަށް ދޯ ދިނެވެ. ” އާން ހަމަ މިއުވާންބެ ގެ ސަކަ މިޒާޖު ލިބިފަ އެހުރީ… އެހާ ބޮޑާވެސް ހާކާނެ…. ބައްޕަގެ އެންމެ ދޮށީ ކުއްޖާއޭ ކިޔާފަ އެހާ ތުއިވާނެ އަދި“ ފަރީދާވެސް ހުނުމުގައި ބައިވެރިވިއެވެ.
”ބައިދަވޭ ދޮންތާ ކޯޗެއްތަ ކެއްކީ؟ ހާދަ މީރު ވަހެކޭ…… ސޯ ހަންގްރީ“ ބަދިގެ ފަރާތައް ދިޔަ ފަރީދާގެ ފަހަތުން އާޔަތުވެސް ދިޔައެވެ.
”މްމްމްމް…..ފިހުނުމަސް، ތެލުލިމަހާއި ރިހާކުރުދިޔަ….ތެލުލިފަތް…. ވަޅޯމަސް… މަސްފެން….މަސްކުރޮޅި…. ބަނބުކެޔޮ ބަތް …. އޭންޑްޑްޑް… ލާމު ފޭމަސް ގޮޅަ ރިހަ …. މިހާރުވެސް ކުޅު ދިޔާވެއްޖެ“ ޔަލްވީ ފަހަރަކު ތައްޓެއްގެ މަތި ނަގަމުން ދިޔައެވެ. ” އެހެންވެ އޭ އަހަރެން ބުނަނީ ތީ ހަމަ އެންމެ ބެސްޓް އޭ“ ފަރީދާގެ ކޮނޑުގައި އެއް އަތް އަޅުވާލަމުން އާޔަތު އުފަލުން ހުރެ ކާ މޭޒުކައިރި އަށް ޖެހިލިއެވެ.
”އާން އެހާ ދުވަސް ކޮއްފަ ވިއްޔާ ދެކުދިން ބޭރުގަ އުޅެފަ ތިއައީ…. ޔުވާން ވެސް ބިޒީ އޭ ކިޔާފަ ދޮންތަމެންގެ ގެއަށް އާދެވޭވަރެއް ނުވޭ…. ބޭރުގަ އުޅޭއިރު ނުލިބޭ ދޯ މީރު އެއްޗެއް ކާލަންވެސް، ބަލާބަލަ ދެކުދިން ހިކި އަނަރޫފަވެގެން ދާވަރު“ ފަރީދާ ކަންބޮޑުވުން ފާޅުކުރިއެވެ. ” ކޮންތާކު ދޮންތައަށް ހީވާ ގޮތް ތީ ބަލާބަ ޔަލް ފަލަވާވަރު މިހާރު ރީތި ހެދުމެއް ވެސް ނުލެވޭ ފަލަކަމުން ގޮސް“ ޔަލްވީ ޝަކުވާ ކުރިއެވެ. ފަރީދާ އާއި އާޔަތު ގާތައް އައީ ހިންޏެވެ.
”ހާއި އަމް ބެކް…… ޔަމް ސްމެލްސް ސޯ ގުޑް“ ގޮނޑިއެއް ދަމާލާފައި އާޔަތު ކައިރީ މަހީރް އިށީނެވެ. އެންމެން ހަމަވުމާއެކު ހުރިހާއެންމެންވެސް ކެއުމަށް އިންސާފުކުރިއެވެ.
ކައި ނިންމައި ތަށިތައް ނެގުމުގައި އާޔަތު ފަރީދާއަށް އެހީވިއިރު ޔަލްވީ ދިޔައީ އިޒްޔަން ގޮވައިގެން ޓީވީ ބަލަން އިން މައުރާ ގާތަށެވެ. ” ދައްތިމެން ހުންނާނެ ކޮއްކޮމެނައް ހަދިޔާގެނެއްސަ، ހިނގާބަދޯ ބަލާލަން“ އެންމެ ހަމަ ވުމާއެކުހެން ޔަލްވީމެން ގެނައި ހަދިޔާތައް ބަހަން ފެށިއެވެ. ” އިޔޫ ބޭނުމީ ތޯއި ކާރ އެއް“ ކުޑަކުޑަ އިޒްޔަން ޔަލްވީގެ އަތައް ދަމާލަމުން މައުސޫމް ގޮތަކަށް ތުން ދިގުކޮއްލިއެވެ. ” އަވްވް އިޒޫ ދޫނިއަށް ގެނައީ ވެސް ޓޯއި ކާރ އެކޭ….. ބަލާބަ މިއޮތީއެއްނު“ ކޮތަޅުތައް ހާވާލަމުން އާޔަތު ގެނެސް ރިމޯޓް ކާރެއް އިޒްޔަން އަށް ދިއްކޮއްލިއެވެ. ” ޔޭ …. ތެންކޫ ދައްތީ“ އުފަލުން ހުރެ އިޒްޔަން އާޔަތުގައި ބައްދާލިއެވެ.
”ދޮންތަ މީތި މިއުވާންބެއަށް ދެއްޗޭ އޮފީހުން އައިމަ“ ކަޅުކުލައިގެ ކަރުދާސް ކޮތަޅެއް ދިއްކޮއްލަމުން އާޔަތު ފަރީދާ ގާތައް ޖެހިލިއެވެ. އެތައް އިރަކު ފަރީދާމެނާ އެކު ވަގުތު ހޭދަކުރުމައް ފަހު އާޔަތާއި ޔަލްވީ ގެއަށް ދިއުމައް ނުކުތީ އިޝާ ނަމާދުވެސް ކޮއްލައިގެނެވެ.
…………..
15 މިނެޓްގެ ދަތުރަކަށް ފަހު ޔަލްވީ އާއި އާޔަތައް ގެއަށް ދެވުން އިރު ޔުވާން އާއި އަޒާން ސިޓިންރޫމްގައި އުޅުނެވެ. އަޒާން ފެނުމާއެކުހެން އާޔަތު ކަޅި އަޅާލިއެވެ.
” ގާއިޒް ދޮންބެމެން މިއުޅެނީ ނޫޑްލްސް ކައްކަން ވެގެން ވިތް ސީފުޑް…… ކަމް ޖޮއިން އަސް“ ޔުވާން ދޭފަތެއް ހިފައިގެން ހުރެ އާޔަތު އަދި ޔަލްވީއަށް ގޮވިއެވެ.
” މި އަންނަނީ އެއްޗެހި ބަދަލު ކޮއްގެން“ ނޫޑްލްސް ޕެކެޓެއް ކަނޑަން ހުރި އަޒާންއަށް އަވަސް ނަޒަރެއް ދެމުން އާޔަތުގޮސް ކޮޓަރިއަށް ވަނެވެ.
އެއްޗެހި ބަދަލު ކޮއްލައިގެން ޔަލްވީ ނުކުތް އިރު އާޔަތު ހުރީ މޭޒު ކޮޅުގައި މިރުސް ކޮށާށެވެ. މޭޒުގެ އަނެއް ކޮޅުގައި އަޒާން އަދިވެސް ނޫޑުލްސް ޕެކެޓެއް ހިފައިގެން ހުއްޓެވެ.
”ޔައްލު އިންޓަރވިއު ކިހިނެއް ދިޔައީ؟“ ޔުވާން ޔަލްވީއަށް ބަލާލަމުން ސުވާލުކޮއްލިއެވެ.
” އާހް …. އިންޓަރވިއު ދޯ؟ އެންގޭތަ އިންޓަރވިއު ކުރަން ހުރީ ލިއަމް ޖުނޭދު….. އަޅެ މީނަ ހީވަނީ އަހަރެންގެ ފަހަތުން ނެއްޓެން ނޭގިގެން އުޅޭ މީހެއް ހެން…. ޖިމް އަށް ދިޔައިރު އެތާގަ ދެން ހޮސްޕިޓަލްއަށް ދިޔައިރު އެތާގަވެސް…. ވަރަށް ފޫހިވޭ ދެން ސްމައިލް ކޮއްލަން ވެސް އެނގޭ މީހެއް ނޫން…. މިސްޓަރ ގްރަމްޕީ ފެސް….. ހީވަނީ މީނަވަރުގެ މީހެއް…….“ ޔަލްވީ ހުއްޓާނުލާ އެއް ފައްޗަކަށް ކުރަމުން ދިޔަ ޝަކުވާތައް ހުއްޓުނީ ފްރިޖްގެ ދޮރު ބާރައް ލައްޕާފައި އެނބުރުނު ލިއަމް ފެނިފައެވެ. އޭރު ދެން ތިބި ތިން މީހުނަށް ހިނިގަނޑު ހިފަހައްޓާލައިގެން ކިރިޔާ ތިބެވެނީއެވެ. ލިއަމް އާ ޔަލްވީގެ ހަތަރު ކަޅި ބައްދަލުވިގޮތައް ދުރުބަލާލަން ދެމީހުން ކުރެ އެކަކުވެސް ނުކުޅެދުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Correction: Yalvee and yuvaan are cousins not siblings. I have written siblings in the first episode by mistake.
OMG OMG NO WAYYYYYY
I WONDER WHAT YALVEE IS THINKING RN
alsooo azaan and aayath dhww aayath is like…why is this dude here..
I think yalvee is in loveeeee
Anyway,v v v reethi MA
When next?
Lysm
Aayath and Yuvaan eii siblings dhw
Aayath akee e fam ge huri emme bodu firihen meehaage dhari
And yuaan akee e fam ge huri emme kuda meehaage dhari
Ahhh soo pretty, hama kiyaa hithhn indhaa e nimunee. Also haadh loabi family ekey ma sha allah
xx
Wooow v reethi MA
Liam liam liam vefa abadhuves yal hunnanee dhww
I think mi story nimey iru liam ar yal ge kudhin ves hunnanehen! Hehe!
Alhey v reethi than kolhakun thi ninmaalee
CW4THENEXTP
Tc
Heyyyy
When next part
Hey! Its up now