Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 20

Anaq Level 210 Stories
May 16, 2026 5 Mins Read
1 Comment

ޖަނާ ހެދުންތަށް ބަލަމުން ދިއަ ވަގުތުވެސް ޒާނާ އެއްވެސް އެއްޗެއްގައި އަތްވެސް ޖައްސައިނުލައި ހުއްޓެވެ. އަންހެން ކުދިން މޮޔަވާނެ ފަދަ ހުރިހާ އެއްޗެއް އެފިހާރައިގައި ހުރި އިރު އެ އަޖައިބެއްފަދަ އަންހެން ކުއްޖާ އެއިން އެއްވެސް އެއްޗަކަށް ޝައުގުވެރި ކަމެއް ނުދިނެވެ.

ކުއްލިއަކަށް ކަމެއް ހަނދައިން ވެގެން އަހަރެން އަވަސް އަވަހަށް ފޯނުނެގީމެވެ.

*****

 

” ހީލްތަށް ބައިގައި އޭނީނުން އެސްތަކެއް ޖެހި ހުދުކުލައިގެ ވިދާ ހީލްއެއް… އެއީ ޒާނާއަށް. އޭތި ހެޔޮވަރު ވާނެ ހަމަ ޒާނާއަށް…” އަހަރެން މެސެޖެއް ޖަނާއަށް ފޮނުވައިލީމެވެ. އަދި ފޯނު މޭޒު މަތީގައި ބާއްވަމުން އަނެއްކާވެސް ކެމެރާއަށް ބަލަން ފެށީމެވެ. އޭރު ޖަނާ ފޯނު ހިފައިގެން އެއްކައިރި އަކަށް ޖެހިލަނީއެވެ. ޒާނާވެސް އެންމެ ފަހުން ހެދުންތަށް ބަލަން ފެށިތަން ފެނުނެވެ. އިރުކޮޅަކު ހެދުންތަށް ބަލަ ބަލާފައި ޒާނާ ހުއްޓުން އެރިތަން ފެނުނެވެ. އަދި ވަރަށް މަޑުމަޑުން ހުދު ކުލައިގެ ކުރު ހެދުމެއް ނެގިތަން ފެނުނެވެ. ޒާނާއެކޭ އެއްފަދައިން އަހަރެންނަށްވެސް މަޑުޖެހިލެވުނީ ކުރީގެ ހަނދާން ތަކެއް އާވެގެން ދިއުމުންނެވެ. އެންމެ ފުރަތަމަ ޒާނާ ފެނުނު ދުވަހުވެސް ޒާނާ ލައިގެން ހުރީ ހަމަ އެކަހަލަ ހުދު ހެދުމެކެވެ. އަދި އަހަރެންނަށް ގިނައިން ޒާނާއަށް ހަދިޔާ އަކަށްވެސް ދެވިފައި ހުންނާނީ ހުދު ހެދުމެވެ. އަހަރެންނަށް އަބަދުވެސް ޒާނާ ހުދު ހެދުން ލީމައި ވަރަށް ރީއްޗެވެ.

ޒާނާއަށް އެހެދުން ވަރަށް ކަމުދިޔަކަން އޭނާގެ މޫނު މަތިން ހެކިދިނެވެ. ނަމަވެސް ހެދުމުގެ އަގުބަލައި ލަމުން ޒާނާ ދެލޯ ބޮޑުކޮށްލި ގޮތް ފެނުމުން އަހަރެންގެ ގާތަށް ހިނިވެސް އައެވެ. އަވަސް އަވަހަށް ހެދުން އިންތަނުގައި ބައިންދަން އުޅުނު ވަގުތު ޖަނާ އައިތަން ފެނުނެވެ.

“ޒާނާއަށް އެހެދުންވެސް… ޑޯންޓް ވޮރީ އެބައުޓް ދަ މަނީ…” އަހަރެން އަނެއްކައިވެސް ޖަނާއަށް މެސެޖެއް ކޮށްލީމެވެ. ޖަނާ ފޯނު ބަލައިލަމުން ޒާނާއާއި ކައިރިއަށް ޖެހިލަމުން ހީލް ދައްކައިލައި ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އަދި ޒާނާ ޗޭންޖިން ރޫމާއި ދިމާއަށް ފޮނުވައިލިތަން ފެނުނެވެ. އަހަރެން ޗޭންޖިން ރޫމުގެ ކުރިމަތީގައި ހުރި ކެމެރާ ބަލަން ފެށީމެވެ. އަދި ޒާނާ އެހެދުން ލައިގެން ނިކުންނާނެ ވަގުތަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަން ފެށީމެވެ. ޖަނާވެސް ޒާނާގެ އިންތިޒާރުގައި ސޯފާގައި އިށީނދެލައިގެން އިނީ ފޯނާއި ކުޅޭށެވެ. ދެތިން މިނެޓު ފަހުން ޗޭންޖިން ރޫމުގެ ދޮރު ހުޅުވުނު ތަން ފެނުނެވެ. ޒާނާ ނިކުތްތަން ފެނުމުން އަހަރެން ލައިލައި އިން ނޭވާވެސް ތާށިވިއެވެ. ހުދު ކުލައިގެ އެހެދުމުގައި ޒާނާ ފެންނަނީ ވަރަށް ހިތްގައިމު ކޮންނެވެ. މީހުންގެ ހިތް ދަމައިގަންނަހާ ރީތި ފަތްމިންޏެއް ފަދައިންނެވެ. ގަޔަށް ފިޓްކޮށް ހިފާލާފައި ހުރުމުން އެހަށިގަނޑުގެ ވަނާތަށް ހުރީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް ފެންނާށެވެ. ހެދުމުގެ ކަރު ފުދޭވަރަކަށް ބޮޑުކަމުން މޭމަތިން ބައެއް ކަޝްފުވެފައި ވުމުން އަހަރެންގެވެސް އަރުތެރެ ހިކުނެވެ. ގޮނޑީގެ އަތްގަނޑުގައި ދެއަތުން ހިފާލައި ރަނގަޅަށް އިށީނދެލަން މަޖުބޫރު ކުރުވިއެވެ. ކަރުގައި އޮތް ޓައީއަށް ދަމާލައި ދޫކޮށްލީ ނޭވާ ތާށިވާހެން ހީވެގެންނެވެ.

ޒާނާއަށް ވޭތުވެދިއަ އަހަރުތަކުގައި އައިސްފައި ހުރި ބަދަލުތަށް އެހެދުމުން ހުރީ ވަރަށް ރީއްޗަށް ފެންނާށެވެ. އެންމެ ކުރިންވެސް ކުޑަ ޗަބީކަމެއް ހުރެފައި ލޯބި ގޮތެއް ހުއްޓަސް މިހާރު ޒާނާ ފުރާ ފުރިހަމަވެ، އަންހެން ވަންތަކަން އިތުރުވެލާފައިވާ ބޮޑު އަންހެނެއްގެ ޗާލުކަން ފެންނަން ފަށައިފިއެވެ. ހިތަށް ވެރިވާން ފެށި ފާޑުފާޑުގެ ހިޔާލުތަކުގެ ސަބަބުން އަހަރެންގެ ފިރިހެންވަންތަ އިހުސާސްތަށް އެތަށް ދުވަހަކަށްފަހު  ހޭލަން ފެށިކަހަލައެވެ.

ހެދުން ކުރުވެ ޖިންސެއް ލައިފައި ހުއްޓަސް ޒާނާ ވަރަށް ލޯތްބެވެ. ވަރަށް ވަރަށް ރީއްޗެވެ. އެ ހީލްވެސް އެފަޔާއި ވަރަށް ގުޅެއެވެ. ނިއްމައްޗަށް ކޮށާލާފައިވާ އިސްތަށިތަށް އަތުން އެއްފަރާތް ކޮށްލަމުން ޒާނާ، ޖަނާގެ ކުރިމަތީގައި ހުރެ އެކި ގޮތް ގޮތަށް އެނބުރިލައި ހެދިއެވެ. ޖަނާވެސް ޒާނާގެ ވަރަށް ބައިވަރު ފޮޓޯ އެކި ގޮތްގޮތަށް ނެގިއެވެ. އަހަރެން ކަޅި ޖަހައި ނުލައި ޒާނާ ލައްވާ ބަނޑިބަނޑި ބަލަން އިނީމެވެ. ޒާނާގެ އުފާވެރިކަމާއި ލޯބިކަން ފެނުމުން ހިތް ފުރި އުތުރި އަރަމުން ދިއައިރު އެ އަންހެންވަންތަ މަސްތީ ހަށިގަނޑަށް ލައްވާލާ ބަނޑިތަކާއި އެވަނާތަށް ފެނުމުން ފުރެމުން ދިއައީ އަހަރެންގެ ހިތް އެކަންޏެއް ނޫނެވެ.  ޒާނާ ނޫން އެހެން އަންހެން ކުއްޖެއް ފެނިގެން އަހަރެންކަށް ދުވަހަކުވެސް މިހެނެއް ނުވެއެވެ. އެ އަންހެން ކުއްޖާ އަހަރެންނަށް ޖައްސާފައިވަނީ އަޖައިބެއް ފަދަ ސިހުރެކެވެ.

ޒާނާ އެއްޗެހި ބަދަލު ކޮށްގެން ނިކުތުމުން ޖަނާއާއި ދެމިހުން ކައުންޓަރާއި ކައިރިއަށް ޖެހިލީ ނެގި އެއްޗެއްސަށް ރުފިޔާ ދެއްކުމަށެވެ. ޒާނާ ނެގި ހުދު ހެދުމާއި ހީލްވެސް އެމީހުން ގެންގުޅު ވަށިގަނޑުގައި އޮތެވެ.

“ކިހާވަރެއް..؟” އަހަރެން ޖަނާއަށް މެސެޖު ކޮށްލީމެވެ.

” 650…” ޖަނާ ޖަވާބު ފޮނުވައިލިއެވެ.

“ހުރިހާ އެއްޗަކަށް ކިހާވަރެއް..؟” އަހަރެން އަނެއްކާވެސް އަހައިލީމެވެ.

“1500… ހުރިހާއެއްޗަކަށް ނުފޮނުވިޔަސް އޯކޭވާނެ… ބަޓް ތެންކިއު..” ޖަނާ ފޮނުވައިލިއެވެ. އަހަރެން ޖަނާއަށް އަދަދު އެއްކޮށް ޓްރާންސްފާރ ކޮށްލީމެވެ. އެއީ އަހަރެން ޒާނާއަށް ކޮށްދިން ކަމެކެވެ. ޒާނާއަށް ހަދިޔާއެއް ދެވުމުން އަހަރެން ވަރަށް އުފާވިއެވެ. މީގެން އެއްވެސް ކަމެއްގެ ހިލަމެއް ނުވެ ޒާނާ ކައުންޓާރ ކައިރީގައި ހުރި އަނގޮޓި ތަކެއް ބަލަން ވަރަށް ހަމަޖެހިލާފައި ހުއްޓެވެ.

އެއްޗެއްސަށް ފައިސާ ދައްކައި ނިއްމާފައި ޒާނާއާއި ޖަނާ ފިހާރައިން ނިކުންނަދެން އަހަރެން ބަލަން އިނީމެވެ. އެއަށްފަހު އަހަރެން ގޮނޑީގެ ފަހަތަށް ކަނދުރާ ދޫކޮށްލަމުން ގޮނޑީގައި ލެނގިލީމެވެ. އަހަރެންނަށް ޒާނާ މިފެނުނީ ހާދަ ދުވަހެއް ކޮށްފައެވެ. ދެކިލާ ހިތުން ކެތްމަދުވެފައި ހުއްޓައެވެ.

ޒާނާ ފެނުމުން އެލިބުނު ހިތް ހަމަޖެހުމުގައި އިންދައި އަހަރެންގެ ކެބިންއަށް ޓަކި ޖަހާލާފައި އާކިފް ވަދެގެން އައެވެ. ހީވާގޮތުން އޭނާ އެއައީ ކޮންމެވެސް ބޮޑުކަމެއް ވެގެން ހެން އޭނާގެ އަތުގައި އޮތް އައިޕެޑުން ހީވެއެވެ. އަހަރެން ބުމަ އަރުވައިލަމުން ކިހިނެއް ވީތޯ އަހައިލީމެވެ.

” މުހިންމު މައުލޫމާތެއް ލިބިގެން….” އާކިފްގެ އަތުގަ އޮތް އައިޕެޑު އަހަރެންނަށް ދެމުން ބުންޏެވެ. އަހަރެން އައިޕެޑް ގައި ހިފަމުން ބަލައިލީމެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ހަގީގަތުގައިވެސް އެއީ ވަރަށް މުހިންމު މައުލޫމާތަކަށް ވެގެންނެވެ.

“އަދިވެސް ހޯދަމުން މިދަނީ… ވަރަށް ހީނުކުރާ ވަރަށް ގިން ކަންކަން ފެނޭ އެބަ.” އާކިފް ބުނެލިއެވެ.

“ޔެސް ހޯދާ… ނުފުރޮޅާ އެންމެ ގަލެއްވެސް ނުބައިންދާތި…” އަހަރެން ބުނީމެވެ. ލިބުނު ކާމިޔާބީގެ ބޮޑުކަމުން އިށީނދެ އިނުމަށްވެސް ދަތިވެގެން އަހަރެން ކޮޅަށް ތެދުވީމެވެ. ރުހާމް ހަފަރާތުން ފިއްތާލާނެ ވަރަށް މިހާރުވެސް އަހަރެންނަށް ރުހާމްގެ ފަތިފުށުގެ މައުލޫމާތު ލިބިއްޖެއެވެ.

“ޔެސް ސާރ…” އާކިފް ބުންޏެވެ.

“އާކިފް… އަދި އެއްކަންތަށް… ހެކިވެސް ހޯދާތި..” އަހަރެން އިތުރު ކޮށްލީމެވެ.

” ނޯ ވޮރީސް ސާރ…” އާކިފް ބުންޏެވެ. އަހަރެން އައިޕެޑްގައި ހުރި މައުލޫމާތުތަށް ބަލަމުން ދިއައީމެވެ. ހުރިހާ އެއްޗެއް ވަކިވަކިން ރަނގަޅަށް ބެލީމެވެ.

“ސާރ…” އިރުކޮޅަކު މަޑުން އެއްޗެކޭ ނުބުނެ ހުރުމަށްފަހު އާކިފް ގޮވައިލިއެވެ.. ހީވާގޮތުން އޭނާ ވާހަކައެއް ބުނަން ބޭނުން ވެގެން އުޅެނީއެވެ. އަހަރެން ކިހިނެތް ވީހޭ އަހައިލާ ފަދަ ގޮތަކަށް ނިތް އަތުވައިލީމެވެ.

” ޖަލީލް ސާރ ދުރުވެއްޖެ….” އާކިފްގެ ޖުމްލައިން ހީވީ ތަނުގައި ބޮމެއް ގޮވިހެންނެވެ.

“ވަޓް… ކޮންއިރަކު… ބުނެވެސް ނުލާ…؟” އަހަރެންނަށް ލިބުނީ ޝޮކެކެވެ. ލިބުނު ހައިރާން ކަމުގައި އަހަރެންނަށް އަހައިލެވުނެވެ.

“ޔެސް… ގެއަށް ދުރުވެއްޖެ މިހާރު… ދެންމެ ހަމަ އަޅުގަނޑަށްވެސް އެނގުނީ… އަދި ބުނުއްވި ސާރ ކައިރީގައި ބުނެދޭށޭ ވަރަށް އަވަހަށް ގެއަށް އަންނާށޭ ވެސް… އައި ތިންކް ޝައުކަތު އަންކަލް ވެސް ވީ ޖަލީލް ސާރ ކައިރީގަ…” އާކިފްއަށް އެނގޭ ވަރަށް އަހަރެންނަސް އޮޅުން ފިލުވައި ދިނެވެ. އަހަރެން އައި ޕެޑް މޭޒުމަތީގައި ބާއްވަމުން ހަލުވި ފިޔަވަޅު ތަކެއްގައި ކެބިން އިން ނިކުތީމެވެ. އާކިފްވެސް އަހަރެންގެ ފަހަތުން އަވަސްއަވަހަށް އައެވެ.

ބައްޕަ ކުއްލި ގޮތަކަށް އެ ދުރުވީ ކީއްވެގެން ކަން އަހަރެންނަށް އެނގުނެވެ. ބައްޕަ ގުޅީމައި ފޯނު ނުނެގިއަސް އެގޮތަށް ކުއްލިއަކަށް އައިސްދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. ކުއްލިއަކަށް ބައްޕަ އައުމުން ކަމުގެ ސީރިއަސްކަން އަހަރެންނަށް ތަސައްވުރު ކުރެވުނެވެ. ބައްޕަ ގުޅުމުން ފޯނު ނުނަގައި އެއްވެސް ހަބަރެއް ނުވެ އުޅުނީމައި އެންމެ ފަހުން ލަނޑު މިލިބުނީވެސް އަހަރެންނަށެވެ. އަހަރެން އައީ ބައްޕައާއި ޒާނާގެ ވާހަކަ ދައްކާނެ ރަނގަޅު ދަނޑިވަޅަކަށް ބަލަމުންނެވެ. ނަމަވެސް ކަންވީ ގޮތުން އެވަގުތު މިއޮތީ ތައްޔާރުވެސް ނުވެ ހުއްޓައި އައިސް ޖެހިފައެވެ.

ހަލުވި ސްޕީޑްގައި އަހަރެންގެ ކާރު ދުއްވާފައި ގޮސް މައުރާމެހެފިލްގެ ކަޅު ބޮޑު ގޭޓު ތަކުން އެތެރެއަށް ވަނީމެވެ. ބައްޕަގެ ކާރު ކައިރީގައި އަހަރެންގެ ކާރުޕާކު ކޮށްލަމުން އަހަރެންނާއި އާކިފްވެސް ގެއަށް ވަންނަން ހިނގައިގަތީމެވެ. އޭރު ވިއްސާރަ ވުމުގެ ކުލަތަށް ދުނިޔެމަތުން ދައްކާލައިފިއެވެ. ވައި ގަދަ ވެލާފައި ކަޅު ވިލާތަކުން ހަތަރު އުދަރެސް ބައްދާލައިފިއެވެ. ހީވާގޮތުން އަންނަށް އޮތް ތޫފާނުގެ ގަދަކަން ދުނިޔެވެސް އަހަރެންނަށް ހާމަ ކޮށްދެމުން ދަނީއެވެ.

ގެއަށް ވަދެވެން އިންނަ މަގުގެ ދެފަރާތުގައި ހައްދާފައިވާ އެކިކަހަލަ އެކިވައްތަރުގެ މާ ގަސްތަކުން މުޅި މާހައުލު އެއްވަސް ވެފައި ވަނީ މާ މާލުގެ މީރު ވަހުންނެވެ. ހާއްސަކޮށް ރަތް ފިނިފެންމުގެ ވަހުންނެވެ. މާގަސްތަކުގެ މެދުން ހިނގެން އޮތް މަގުން ހިނގާފައި އަހަރެން ގޮސް ދޮރުގެ ބެލް އަޅައިލީމެވެ. ދޮރުހުޅުވީ ގޭގައި އުޅޭ އެންމެ ދުވަސްވީ ނޯކަރު ހާލިދު ބޭބެ އެވެ.

އަހަރެން ހަމަ ފެނުމާއިއެކު ބައްޕަ ލައިބްރަރީގައި އެބަ އިންނެވި ކަމަށް ބުންޏެވެ.

ގަދަ މުށިކުލައިގެ މާބުލް ތަޅުމުގައި ހަލުވި ފިޔަވަޅު ތަކެއްގައި ހިނގާލާފައި އަހަރެން ދިޔައީމެވެ. އަހަރެންނާއި އެއްވަރަށް އާކިފްވެސް އައެވެ. ލީވިން ރޫމުގައި ހުރި މަޑު މުށިކުލައިގެ އަގުބޮޑު ސޯފާތަކާއި ސޯފާތަކުގެ މަތީގައި އެލުވާފައިވާ އަލިގަދަ ޗާންދަލިއާއިން މުޅި ތަން ވަނީ ހުޅުދާން ވެފައެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މުށިކުލައިގެ އެކި ޝޭޑްތަކެވެ. ދެފަރާތުގައި ކޮޓަރިތަށްވީއިރު މެދުން ހިނގެން ފުޅާ މަގެއް އިނެވެ. އަހަރެން ގޮސް އެމަގުގެ އެންމެ ކޮޅުގައިވާ ލަކުޑީގެ އަތްކަން ކޮށް ފަރުމާ ކޮށްފައިވާ ބޮޑު ލަކުޑި ދޮރު ހުޅުވައިލީ ޓަކި ޖެހުމެއް އަދި ހުއްދަ ހޯދުމެއްވެސް ނެތިއެވެ. އަހަރެން ނޫން އެހެން ދަރިއަކަށް ބައްޕަ އިންނަވާ ތަނަކަށް އެފަދަ ގޮތަކަށް ހުއްދަ ނެތި ވަދެފައެއް މިވީހާ ތަނަކަށް ނެތެވެ.  އެއީ ބައްޕަގެ ހަރުކަށި އުސޫލު ތަކާއި ގަވައިދު ތަކުގެ ބޮޑު ކަމުންނެވެ. އެކަމަކު އެހުރިހާ އެއްޗެއް ފުނޑާލާ ދަރިއަކަށް އަހަރެން އަބަދުވެސް ވާނެއެވެ.

ކޮޓަރީގެ ތެރޭގައި ހިފާލާފައި ވަނީ އޭސީގެ އަރާމު ފިނި ކަމެވެ. ވަށައިގެން ހަތަރު ފާރުގައި ހަރުކޮށްފައިވާ ވަނީ އެކި ކަހަލަ ފޮތް ތަކުން ބަރު ވެފައިވާ ފޮތް ހަރު ތަކެވެ. ކަނާތްފަރާތުގައި ދިހަވަރަކަށް މީހުންގެ ޖާގައިގެ ކަޅު ބޮޑު ސޯފާސެޓެއް ހުއްޓެވެ. ތަނަށް ވެރިވެފައިވާ އަލިކަން ފަޑުކަމަށް ދައްކަނީ ތަނުގައި ލައިފައިވާ ގަދަ އަޅިކުލައިގެ ސަބަބުންނާއި ފޮތް ހަރު ތަކުގައިވާ ގަދަ މުށިކުލައިންނެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ މުއްސަނދި ކަމުގެ އިންތިހާއެވެ. ވަރަށްވެސް ބައްޕަ ވަންތަކަން އެ މާހައުލުން ފާޅުވެއެވެ. ހަމަ އެހެންމެ ބައްޕަގެ ހައިބަތު އެ ކޮޓަރީގެ ކޮންމެ ކަނަކުން އަންގައި ދެމުން ދިއައެވެ.

ލައިބުރަރީގެ މެދުގައި ހުރި ބޮޑު ކަޅު މޭޒުގެ ބިއްދަށުގައި ހުރި ކަޅު ލެދާރ ގޮނޑީގައި ބައްޕަ ދޮރާއި ފުރަގަސް ދީގެން އިނެވެ. އަހަރެން ވަނުމުންވެސް އެނބުރިވެސް ނުލައި އިނުމުން އެއިނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް ކަށަވަރުވިއެވެ. މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި، ބައްޕަގެ ފުރަގަހުގައި، ޝައުކަތު އަންކަލް ވަރަށް ކަންބޮޑުވެފައި އިނެވެ. އަދި އަހަރެން ފެނުމުން ބޯހޫރުވައިލާ ކޮނޑު އަރުވައިލީ ބައްޕަ އަންނަން އުޅޭކަން ޝައުކަތަށްވެސް ނޭނގޭކަން އަންގައިލިމުގެ ގޮތުންނެވެ. އަހަރެންގެ ފަހަތުން ވަތް އާކިފްވެސް ތަންކޮޅެއް ދުރުގައި ސޯފާތަކުގެ ކައިރީގައި މަޑުކޮށްލިއެވެ. ތަނަށް ވެރިވި ހަމަ ހިމޭންކަމުން އަންނަން އޮތް ރާޅުގެ ބޮޑުކަން އަހަރެންނަށް އަނދާޒަ ކުރެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

އިންސާފް (ފަންސަޔާޅީސްވަނަ ބައި)

Next

ބޭހަކަށްވެސް ފުދޭ ތާފަނާ ފެނު ‘ލުނބޯ’ ސައި

Next
May 16, 2026

ބޭހަކަށްވެސް ފުދޭ ތާފަނާ ފެނު ‘ލުނބޯ’ ސައި

Previews
May 16, 2026

އިންސާފް (ފަންސަޔާޅީސްވަނަ ބައި)

One Comment

  1. Lam says:
    May 25, 2026 at 10:57 pm

    Vrh reethi ❤️

Comments are closed.

Next Episodeގާތުގާ… 21←


All Right Reserved!