Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 8..

kamana Level 310 Stories500 Comments100 Comments
April 6, 2016 6 Mins Read
18 Comments

“ނޫން.. ހިނގާ ދާން… މިހެން އުޅެންޔާ އަބަދު އުޅެން ޖެހޭނީ ފިލައިގެން” ދެލޯ ފޮހެލުމައްފަހު އަތޫޝާ ކުރިއަށް ހިނގައިގަތެވެ.

“ކޮބާ… އޭ ޗުއިންގަމް އަވަސް ކޮއްބަލަ… މިމީހުންނާ ހެދި ކަމެއް ނުވާނެ.. އަވަސް” ޝަމްހާ އާއި ސަނާ ބަލާލީ ޝައިމަންގެ އަޑަށެވެ. ލޯންޗްއަށް އަރާ ހަމަޖެހިލި މަމްދޫހަށް ބަލާލެވުނީ ދުރުން އަންނަ އަންހެން ގްރޫޕްއަށެވެ. ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނީ މަޑު ހިނގުމެއްގައި އަންނަ އަތޫޝާ ފެނިއެވެ. “އަވަސް” ޝައިމަން ޝަމްހާ އެރުވުމަށް އަތް ދިއްކޮއްލަމުން ބުންޏެވެ. ސަނާ ލޯންޗަށް އެރުވުމަށް އެހީތެރިވެދިނީ މަމްދޫހުއެވެ. ލޯންޗަށް އަރަން އެންމެ ފަހުމީހާއަށް އަތޫޝާ ވުމުން ޝައިމަން އާއި މަމްދޫހަށް އަތް ދިއްކޮއްލެވުނީ އެކުއެކީގައެވެ. އެކަން އިހްސާސް ވުމުން މަމްދޫހު އާއި ޝައިމަން އެކަކު އަނެކަކަށް ބަލާލިއެވެ. އެކަމަކުވެސް އެކަކުވެސް އަތްތިރި ނުކޮށް އިނީ އަތޫޝާ ހަދާއެއްޗެއް ބެލުމަށެޗެ. ނޫނީ އެކަކު އަނެކަކު އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. އަތޫޝާއަށް ފަހަރަކު މީހެއްގެ އަތަށް ބަލާލެވުނެވެ. ހަދާނެ ގޮތެއް ނޭނގެ ގަނޑުވެފައި އިނދެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

“އޯހް ތޭންކް ޝާޝާ….. އަވަހަށް ހިނގާ… މަ ހީކުރީ މަނުލާ ކަމަށް ނައްޓާލާނީ” ދުވެފައި ކަހަލަ ގޮތަކަށް އައި ވިޝާލް ލޯންޗަށް އަރާ ލުއްކެއް ޖަހާލުމައްފަހު އަތޫޝާވެސް ލޯންޗަށް އަރުވާލިއެވެ. އަތޫޝާއަށް ބަލާލެވުނީ މަމްދޫހުގެ މޫނަށެވެ. އެމޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ. ދެން ބަލާލެވުނީ ޝައިމަންގެ މޫނަށެވެ. ޝައިމަން އަތޫޝާ ބަލާލުމުން ލޯހަނި ކޮއްލިއެވެ. މަޑު ހިނގުމެއްގައި އަތޫޝާގޮސް ހަމަޖެހިލީ ސަނާއާއި ޝަމްހާގެ ދެމެދަށެވެ.

“އޭ.. ކީއްވެ ނުބުނީ އެމީހުން އަންނަ ވާހަކަ… ” ލޯންޗު ނައްޓާލުމާއެކު މަމްދޫހު ޝައިމަންއާ ސުވާލުކުރިއެވެ. “ތިބުނީ….. ވިޝާލްތަ… އޭނަ އަށް މާބޮޑު ސަމާލުކަމެއް ނުދީ… އެއީ އިންވައިޓް ނުކުރަނީސް އައި މީހެއް…” ޝައިމަން އެހެން ބުނުމުން ވިޝާލް ޝައިމަންގެ ބުރަކަށި މަތީގައި ޖަހާލީ އަޑު ކިޔާވަރަށެވެ. “ސޮރީ ސޮރީ… އަސްލު މީ މަގޭ އެންމެ ގާތް މީހާ… ދެން ވަރަށް މޮޅުވާނެ އެކި ކަންތަކަށް.. ކުޑަ ގޮތަކަށް ބުނާނަމަ މަގޭ އެޑްވައިސާރ… ހިހިހި” ޝައިމަން އެހެން ބުނުމުން މަމްދޫހު ހީލިއެވެ. މަމްދޫހު ކުރި ސުވާލުގެ ޖަވާބު ނުލިބުނަސް އިތުރަށް ސުވާލު ކުރަން ނެހެދީ އަދި އެކަމަށް ވަގުތު ލިބޭނެތީއެވެ.

……….

“މިހާރު އެމީހުން ފުރާނެ ދޯ… ޝައިމަން ނެތަސް ޝަމްހާ ނެތީމަ ވަރަށް ފަޅު… ” ޒައިނަބު އައިސް އިށީނީ ބާރީއާއި ޖެހިގެން އިން ސޯފާގައެވެ. “ހަމަ ރަނގަޅަށް ތިބުނީ… ޝައިމަން ކިޔަވަން އެހާ ދުވަހު އެކޮޅުގަ މަޑުކުރީމަ ތިހެން ޒައިނަބުއަށް ތިހީވަނީ… އަހަރެން ދުއާ ކުރާނަށް މި ދަތުރުގައި އެމަންޖެއަށް އެ ހިތި ހަނދާންތަށް މަތިން ހަނދާން ނެތޭތޯ” ބާރީ އަތޫޝާއާއި މެދު ވިސްނާލިއެވެ. އެހެން ނަމަވެސް ބާރީއަށް ނޭނގޭ ކަމަކަކީ އެދަތުރަކީ އަތޫޝާއަށް އެތަކެއް އިމްތިހާން ތަކާ ކުރިމަތިލާން ޖެހޭ ދަތުރެއް ކަމެވެ. “ބާރީ… އާދިލް އެއީ ރަނގަޅު މީހެއްތަ… މިބުނީ މިފަހަރު މާ އަވަހަށް ހުރިހާ ކަމެއް ނިންމީމަ” އާދިލް އާއި ބާރީ ގުޅުނު ފަހުން ޒައިނަބު އަބަދުވެސް ހިތުގަ އޮންނަ ސުވާލު ކޮއްލިއެވެ. “އާދިލް އެއީ ރަނގަޅު މީހެއް… ބަލާބަލަ އެހެރަ ސަނާ… އަހަރެން ބުނާނީ ހަމަ އެމިޒާޖާ އެއުޅުމޭ ސަނާގެ އެހުންނަނީ…. އެކަމަކު ޝާޝާ ދޯ… ޒައިނަބު ނަމަނަމަ ޝައިމަން ކުރިމަތީގައި އަތޫޝާއާއި މަމްދޫހުގެ ވާހަކަ ނުދައްކާތި… އަހަރެންގެ ހިތް ބުނަނީ އެވާހަކަ ޝައިމަން އަށް އެނގިއްޖެއްޔާ ރަނގަޅެއް ނުވާނޭ” ފުން ވިސްނުމެއްގައި ހުރެ ބާރީ އެހެން ބުނެލިއެވެ. ޒައިނަބުވެސް ބޯ ޖަހާލީ ބާރީގެ ވާހަކަތަށް ތާއީދު ކުރަމުންނެވެ.

………………………….

މާދުރުން ފެންނަމުން ދިޔައީ ނަލަ ނަލަ ފެހިކަން ގަދަ ރަށެކެވެ. އުޑުމަތިން ފެންނަމުން ދިޔައީ ރަތާއި ހުދު ވިލާތަކުގެ ކުލަތަކެވެ. އިރު އޭގެ ވާޖިބު އަދާ ކުރުމައްފަހު ހަނދަށް ތަންދެމުން މަޑުމަޑުން ފައިބައިގެން ދަނީ އޭގެ އަލި ފަތުރާލަމުންނެވެ. ގުދުރަތީ ރީތި މަންޒަރަށް ގެއްލިފައި އިން އަތޫޝާ ސިހުނީ ސަނާ ގޮވާލުމުންނެވެ.

ފަސްގަޑި އިރުގެ ދަތުރަކަށް ފަހު ފ. ނިލަންދޫ ބަނދަރަށް ލޯންޗު ގާތް ކުރުމާއެކު ފަހަރަކު މީހަކު ލޯންޗުން ފައިބަމުން ދިޔައެވެ. ޝައިމަން އާއި މަމްދޫހުގެ އިސްތިގްބާލުގައި ރަށު ކައުންސިލް އިބްރާހިމް ދީދީ ހުއްޓެވެ.

“މަރުހަބާ…. ތި ބޭފުޅުން ތިކުރަމުންދާ ކަންތަކަށް ހަމަ ސާބަސް… ރަށު ރަތްޔިތުން ފަރާތުން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން… ޒުވާނުންނަށްޓަކައި އަޅަން ތި ގަސްތު ކޮއްދޭ ފުޓްސަލް ދަނޑަކީ މިރަށު ޒުވާނުން ވަރަށް އިންތިޒާރު ކުރަމުންދާ ކަމެއް” ޝައިމަންއާއި މަމްދޫހުގެ އަތުގައި ހިފަމުން ދީދީ ބުންޏެވެ. އިބްރާހިމް ދީދީގެ ފަހަތުން އެންމެން ދިޔައީ ތިބެން ހަމަޖެހިފައިވާ ގެއަށެވެ.

“އަޅުގަނޑު އުންމީދުކުރަން މިތަން ކަމުދާނެކަމަށް… ދެން ކޮންމެ ގަޑިއަކުވެސް ތިބޭފުޅުން ކާން ބަލާ އަންނާނަން… ރެޑީވެފައި އަޅުގަނޑަށް ގުޅާލާ” ދީދީ ހުރިހާ މައުލޫމާތެއް ދިނުމައްފަހު މިސްރާބު ޖެހީ މެހެމާނުންނަށް ވަގުތު ދިނުމަށެވެ.

އަތޫޝާ ބޯ ހިއްލާލުމައްފަހު ވަށާ ބަލާލިއެވެ. ބޮޑު ފެންޑާއެއްގައި ހަތަރު ޖޯލީގެ ޖޯޔެއް ވަންނަ ދޮރާ ޖެހިގެން ބައިދާފައި ވާއިރު ބޮޑު ކުންނާރު ގެހެއް ފާރު ކައިރީގައި ހުއްޓެވެ. ގެ ހުންނަނީ ބީޗް ސަރަހައްދުގައު ކަމުން އަތޫޝާއަށް ވަރަށް ކަމުދިޔައެވެ.

ހަމަ އެގޮތަށް ޝައިމަން އާއި މަމްދޫހަށްވެސް އެގެ ވަރަށް ކަމުދިޔައެވެ. އެއީ މީހުން ނޫޅޭ ގެއެއް ވަކިން ލިބިފައި ވުމުންނެވެ. ކޮންމެ ފިރިހެނަކަށް ކޮޓަރިއެއް ދިނުމަށްފަހު އަތޫޝާ، ސަނާ އަދި ޝަމްހާ ބޭނުންކުރީ އެއްކޮޓަރިއެވެ. އެއީ އެ މުޅި ގޭގައިވެސް ހުންނަނީ ހަތަރު ކޮޓަރި ކަމުގައިވުމުންނެވެ.

“އަޅެ ޝާޝާ… ހަމަ އޯކޭތަ” ކޮޓަރިއަށް ވަދެވުމާއެކު ސަނާ އާއި ޝަމްހާ އެއްފަހަރާ އަހާލިއެވެ. “އަދި ކިރިޔާ އަހަރެންނަށް މިއެނގުނީ ބައްޕަ އޯކޭވި ސަބަބު.. ބައްޕައަށް އެނގޭ މާކުރިންވެސް ދޮންބެ ދާނެކަން… ވަރަށް ފޫހިވޭ… ” ސަނާ އިނީ އާދިލް ދެކެވެސް ހިތްހަމަ ނުޖެހިފައެވެ. ކުރީބައިގައި މަމްދޫހު މި ދަތުރުގައި ބައިވެރިވާނެކަން އެނގުނުނަމަ މިދަތުރު ސަނާ ނައީސްއެވެ. “އަޅޭ… ޕްލީޒް… އަހަރެން ހަމަ އޯކޭއޭ….. ދެން ތިހެން ތިބެގެން މަޖާވާނެތަ… ހިނގާ ފްރެޝް ވެލައިގެން ހިނގާލަން ނިކުންނަން… އަދި މިގޭ ކުންނާރު ގަހުގަ ކުންނާރުވެސް އެބަހުރި… ވަރަށް މީރުވައްތަރު ޖަހާ” އަތޫޝާ އެހެން ބުނެ އަނގައަށް ވައްތަރެއް ޖައްސާލުމުން ސަނާއާއި ޝަމްހާ އެކީ އެއްފަހަރާ ފެށީ ހޭންށެވެ. އަތޫޝާވެސް އެ ހުނުމުގައި ބައިވެރިވިއެވެ. މި ދަތުރުގައި މަމްދޫހު ބައިވެރިވުމުން އަތޫޝާގެ ހިތަށް ވަމުންދާ އަނިޔާ އަތޫޝާ އެންމެގާތް ރައްޓެހިންނައްޓަކާ ފޮރުވާލިއެވެ. ހިނިތުންވުމުގެ ފަހަތުގައި ގިސްލާ ރޮމުން ދިޔައީ ވޭން އަޅާތީއެވެ.

ގޭގެ ބިއްދޮށު ފަރާތުގައި ކުޑަ އަނބުގަހެއް ހުއްޓެވެ. އެއާ ޖެހިގެން ބޮޑު ބިލަމަގު ގަހެއް ބިލަމަގުން ފުރާލާފައި ހުއްޓެވެ. “މަމްދޫހު” ޝައިމަންގެ އަޑަށް މަމްދޫހު ފަސްއެނބުރު ބަލާލިއެވެ. “ކިހިނެއް ވެފަ… ހިނގާ ޖޯޔަށް ދަމާ” ޝައިމަން އެހެން ބުނުމުން ދެ މީހުން އެކުއެކީގައި ގޮސް ޖޯލީގައި ހަމަޖެހިލިއެވެ. “އާހް… ސަޅި ރަށެއް ދޯ… މޫދަށް އެރެން ވާނެ އިނގޭ،…. ރީތި މޫދެއް އޮއްވާ މަށައްފެނުނު” ޝައިމަން ޖޯލީގައި ހަމަޖެހިލަމުން ބުންޏެވެ. “އާން ދޯ…. އަމް… މަބުނީ އެ އަންހެން ގްރޫޕް އައީ ކީއްކުރަންހޭ… އަސްލު އެތާ އެއިން ސަނާ އެއި އަހަރެންގެ ކޮއްކޮ…. މަށައްވެސް ނޭނގި އެއައީ” މަމްދޫހު އެހެން ބުނުމާއެކު ޝައިމަން ބޯހިއްލާލުމައްފަހު ބަލަން އޮތީ ޝައްކުގެ ނަޒަރުންނެވެ. “ހެހެހެހ ގަބޫލު ކޮއްފީމޭ… މަގޭވެސް ކޮއްކޮ އެހުރީ ޝަމްހާ…. ދެން އެއީ ޝާޝާ ކަން އެނގޭދޯ.. ތިން ބެސްޓީ އޯ… އެކަމު ބުނަންތަ އެތާ އެހުރި ޝާޝާ އެއި ހަމަ ވަލު ބުޅަލެއް” ޝައިމަން އަތޫޝާގެ ވާހަކަ ދެއްކުމުން ފާޑަކަށް މަމްދޫހު ނުރުހުންވިއެވެ. އަތޫޝާއާއި ދިމާލަށް އެފަދަ އެއްޗެއް ބުނުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެނެއް ނުވާނެއެވެ.

“އަހަން.. ކޮއްތާކަށް….” ހީ ސަކަރާއި ޖަހަމުން ނިކުތް އަތޫޝާ، ޝަމްހާ އަދި ސަނާ ފެނި ޝައިމަން އަހާލިއެވެ. ” ކޮންމެވެސް ތާކަށް.. ދެން ދޮންބެ ތެރަސް ގަނޑަކަށް ވާން ނޫޅެއްޗޭ” ޝަމްހާ ލޯއަޅާލަމުން ޝައިމަންއާއި ދިމާލަށް ބުންޏެވެ. ” އުހުން.. ބައްޕަ ބުނީ އަހަރެން ކައިރީގައި ޑަންލަޕްއަށް ވާށެ… ޔޫ އާރ ނޮޓްދަ ވަންޓު ޑިސައިޑް” ޝަމްހާގެ ނިއްކުރީގައި އިނގިލި ޖައްސާ ބާރުކޮއްލަމުން ޝައިމަން ބުންޏެވެ. ޝަމްހާ އާއި ޝައިމަންގެ ކުޅިގަނޑު ބަލަން ދުރުގައި އަތޫޝާ އިނީ ހެވިފައެވެ. އެތަން ފެނި މަމްދޫހު އައީ ރުޅިއެވެ. އަތޫޝާ މީ ހާދަ ނުބައި އަންހެނެކެވެ. ބޮޑު ކަންތައްގަނޑެއް ހިނގައި ދިޔުމުންވެސް ކަމެއްވީހެންވެސް ހީނުވެއެވެ. އަތޫޝާދެކެ މަމްދޫހު ވީ ލޯބި އަނދައި ހުލިވީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.

އެތަށް ސަކަރާތަކަށް ފަހު މުޅިދުވަސް ހޭދަވީ ބޭރުގައެވެ. އަތޫޝާ ހީ ހީފައި ސަކަރާތް ޖަހަމުން ދިޔައީ ކުރިމަތީގައި ހުރި މަމްދޫހުއަށް ދެއްކުމަށެވެ. ނިކަމެތި ކުއްޖެއް ކަމަކު ހިތްވަރު ހުރި ކުއްޖެއްކަން ދެއްކުމަށެވެ. އެހެން ނަމަވެސް އަތޫޝާގެ ހުރިހާ ކަމެއް ބަލަމުން އައި މަމްދޫހަށް ސިފަވީ އެހެން އެއްޗެކެވެ. އަތޫޝާ މަސައްކަތް ކުރަމުން ދިޔައީ ޝައިމަން ކަހަލަ މުއްސަންޖެއް އަތުޖެހޭތޯއެވެ. ޝައިމަންއަށް ތުއި ދެއްކޭތޯއެވެ.

ރޭނގަޑުގެ ނާސްތާއަށްފަހު އެންމެން މިސްރާބުޖެހީ ގެއާ ދިމާލަށެވެ. ދަތުރު ވަރުބަލި ވުމާއެކު އަވަހަށް ނިދާލުމަށެވެ.

“އޭ… ކޮންތާކުން ތިއައީ… ރަށަށް އެރި ގޮތަށް ގެއްލުނީއޭ” ގެއަށް ވަދެގެން އައި ވިޝާލް ފެނި ޝައިމަން އެއްޗެހި ކިޔައި ގަތެވެ. “ޕިސް ޕިސް… ހިވަނީ މަގޭ އަންހެނުންހެން… މަބުނިންދޯ އައްޔަ ކައިރިއަށޭ… އެމީހުންނާ އެކީ އުޅެފަ މިއައީ…” ވިޝާލް ޝައިމަން އަށް ޖަވާބު ދިނުމައްފަހު ހިނގައިގަތީ ގެއަށް ވަނުމަށެވެ. އެހެންނަމެސް ދޮރުމަތީގައި ދެއަށް ދޮރު އަރިމަތީގައި ވިއްދައިގެން އިން ސަނާ ފެނި ވިޝާލް ގަނޑުވި ކަހަލައެވެ. އެރީތި ބައްޓަން އެނގޭނެހެން ލާފައިވާ ޓީޝާޓަކާއި ކަކުލާ ހަމައަށް އަންނަ ޖިއްސުގައި ފެންނަމުން ދިޔައީ ވަރަށްވެސް ލޯބިކޮށެވެ. ވިޝާލް ބަލާކަން އެނގެމުން ސަނާ އަވަހަށް ދުރަށް ޖެހިލީ މޫނަށް ގޮތެއް ހަދާލަމުންނެވެ. ވިޝާލްއަށް ހިނިތުންވެވުނީ ސަނާގެ މިޒާޖުންނެވެ.

……………………

“އާޝިއާ ބޭސް ކައިފިންތަ…. ތިހެން އަބަދު ޓީވީ ބަލަން އިނީމަ ވޭތަ” ސިޑިން ފައިބައިގެން އަންނަމުން އައި އާދިލް ބުންޏެވެ. “ބޭހޭ.. ކޮންބޭހެއް” ފޯރީގައި ޑްރާމާ ބަލަން އިން އާޝިއާއަށް އާދިލް ކިޔަމުންދާ އެއްޗެއް ރޭކާލީ އިރުކޮޅެއްފަހުންނެވެ. “އާންދޯ… ކައިފީމޭ….. އާދިލް ކާން ހަދަންތަ… ދަރިން ކޮޅު ނެތީމަ ކުރާނެކަމެއް ނެތް އެހެންވެ… ހިނގާ ދާ” އާޝިޔާގެ ހާސްވެފައިވާ މޫނު އާދިލްއަށް ފޮރުވާލީ ކުޅަދާނަކަމާއެކީގައެވެ. “އާޝިޔާ ވާނެ ރަނގަޅަށް ބޭސްކަން… މީހަކު ހަނދާން ކޮއް ނުދެނީސް އަމިއްލަ އަށް ފެނިގެން ކާތި އެނގޭ” އާދިލް ލޯބިން އާޝިޔާގެ ބޮލުގައި ފިރިމާލުމުން އާޝިއާ ބޯޖަހާލިއެވެ.

*******

އަބަދުވެސް ރޭނގަޑު ކޮފީ ބޯން އާދެވަފައިވާ އަތޫޝާ ކޮފީއަކާއި ނުލާ ނުނިދިގެން ދެފަރާތަށް ފޮރެޅި ފޮރެޅި އޮތެވެ. އެންމެ ފަހަން ކެއްނުވެގެން ބަނދިގެއަށް ނިކުތީ ކޮފީ ހުރިތޯ ބެލުމަށެވެ. ކަނބަޑުތަށް ހުޅުވާ ބަލާލުމުން ނެސްކެފޭ ފުޅިއެއް އިނެވެ. އަދި ކިރާއި މައިލޯ ދަޅެއްވެސް އިނެވެ. ދަޅުތަށް މަތި ނަގާ ބަލާމުން ކާޖާ ފެނުނެވެ. ހީވަނީ ބަޔަކު އަންނާތީ ތައްޔާރު ކޮއްފައިވާ ތަކެތި ހެންނެވެ. އަތޫޝާ ކުޑަ ތެއްޔަކަށް ފެން އުދާލުމައްފަހު ރެޑީވެލީ ކޮފީ ހެދުމަށެވެ.

“ކޮފީބޯން އަދިވެސް އާދައެބަހުރި ދޯ” އަތޫޝާ އަތުގައި އޮތް މަގު ވެއްޓުނީ ސިހުމުންނެވެ. ނަސީބަކުން މަގު ތަޅައިގެން ނުދެއެވެ. އަތޫޝާ މަގު ނަގަން ތިރިވި ވަގުތު އަތޫޝާއާއި އަރާ ހަމަވި މަމްދޫހު ފެނި ކުޑަކޮށް ހަށިގަނޑު ތުރުތުރުލިއެވެ.

“ކިހިނެއްވީ.. ކޮފީ ނުބޮނީތަ” އަތޫޝާ އަވަސް އަވަސް ކޮއްލައިގެން ދާން ހިނގައިގަތުމުން މަމްދޫހު ހިފީ އަތޫޝާ އަތުގައެވެ. “ދޫކުރޭ..” އަތޫޝާ އަތަށް ބާރުލަމުން ދިޔައެވެ. “ނުކުރާނަން… އަތޫޝާ ކީއްކުރާނީ…. އަތޫޝާ އަހަރެން ކުރިމަތީގައި ހީހީފަ އުޅެމުންދާއިރު ހިތައް އަރަނީތަ އަހަރެން ވަރަށް ދެރަވާނެ… ހަހަހަ.. ބަލަ އަހަންނަން އެނގޭ އަތޫޝާ ތިއުޅެނީ ޝައިމަންގެ ލާރިގަނޑާކަން.. ލަދެއްވެސް ނުގަނޭތަ” މަމްދޫހު އަތޫޝާގެ އަތުގަ ހިފާ ކޮއްޕާލީ ދޮރާ ދިމާލަށެވެ. ބަނދިގެއަށް ވަންނަން އިން ދޮރު ކަނީގައި ޖެހި އަތޫޝާގެ ބޯ ފަޅައިގެން ދިޔައެވެ. އަތޫޝާ އަތުގައި އޮތް މަގު ކުދި ކުދިވީ އަތޫޝާ ކައިރިއަށެވެ. “ބުނަން އަތޫޝާ ޝައިމަންއާ ދުރުގަ ހުރޭ… ކަލޭގެ ފެންވަރެއްނޫން އެއީ… ” މަމްދޫހު ދަމުން ދަމުން ދިޔައީ އަތޫޝާގެ ބުރަކަށީގައި ޖަހާ ފަހަތަށް ކޮއްޕާލަމުންނެވެ. އެއްވެސް އަޑެއް ލެއްވުމެއްނެތި ރޮމުން ދިޔަ އަތޫޝާ ކުއްލިއަކަށް ތެދުވީ ކެކި ބަންޑުން ވަމުން އައި ފެންތެލި ފެނުމުންނެވެ. އިރު އިރުކޮޅާ ދެލޯ ފޮހެމުން ތެޅިފައިވާ ތަށީގެ އެތިކޮޅު ނަގަމުން އަތޫޝާ ދިޔައީ ގިސްލަމުންނެވެ.

އިރުކޮޅަކު ބަދިގޭގައި މަޑުކުރުމައްފަހު ހަމަޖެހިލައިގެން ނިކުންނަންނަން ދިޔަ އަތޫޝާ ޖެހުނީ ޝައިމަންގެ ގައިގައެވެ.

“އަހަރެންގެ ބޮލުގަ ބޭސް އަޅާދޭށެ ބުނަން މިއައީ… ޕިސް ޕިސް… އަހަރެންގެ ބޮލުގަ ބޭސް އަޅާދޭން ޖެހިދާނެތީތަ އަމިއްލަ ބޯ ފަޅާލީ” ޝައިމަން އެހެން ބުނުމުން އަތޫޝާ ނިތުގައި އަތް ޖައްސާލިއެވެ. ލޭގެ އަސަރު ބުމައާއި ހިސާބައް ހުއްޓިފައި ހުއްޓެވެ. “ހިނގާ” އަތޫޝާ ނިތުގައި އަތްލައި އެ އިންގޮތަށް އިނުމުން ޝައިމަން އަތޫޝާ އަތުގައި ހިފައި ގެންދިޔައީ ޝައިމަންގެ ކޮޓަރިއަށެވެ. ފުދޭ ވަރަކަށް އަތޫޝާ ޖެހިލުންވިޔަސް އެއްޗެކޭ ނުބުނެ އިނީ ޝައިމަންއަށް އިތުބާރު ކުރެވޭތީއެވެ.

އެނދުގައި އަތޫޝާ ބޭންދުމައްފަހު ޝައިމަން ގޮޑިއެއް ކައިރިކޮއްލިއެވެ. އަތޫޝާގެ ދެލޯ ރަތް ވެފައިވާއިރު ދެލޯ ކައިރިވަނީ ކުޑަކޮށް ދުޅަވެފައެވެ. ޝައިމަންއާއި ދިމާލަށް އަތޫޝާ ބަލަން އިނީ ހިނިތުން ވުމަކާ އެކީގައެވެ. އެހެން ނަމަވެސް އެ ދެލޮލުން ފެން ޖަމާވަމުން އައިތަން ޝައިމަންއަށް ފެނުނެވެ.

“އެކްސިޑެންޓް ފްރީކް…. ސޮރީ… ބަޓް އައި ރިއަލީ ވޮނަ ޑޫ ދިސް” ޝައިމަން އެހެން ބުނެ އަތޫޝާގެ ކަނދުރާގައި އެބާރުގަދަ އަތުން ވަށާލުމައްފަހު އަތޫޝާގެ ތުންފަތުގައި ބޮސްދިނެވެ. އެކަހަލަ ކަމަކަށް ތައްޔާރުނެވެ އިން އަތޫޝާގެ ދެލޯ ބޮޑުވިއެވެ. އެއްވެސް ހަރަކާތެއް ކޮއްނުލައި އަތޫޝާ އިނީ ޝައިމަންގެ އެ އަމަލުން ރުޅިއައިސްގެން ކަމެއް ނޫނީ ރުހިގެން ކަމެއް ނޭނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 14

Next

މަންޝާ (ހަވަނަ ބައި)

Next
April 7, 2016

މަންޝާ (ހަވަނަ ބައި)

Previews
April 6, 2016

މިހިތުގެ ލޯތްބޭ ތީ 14

18 Comments!

  1. Ki says:
    April 6, 2016 at 9:12 pm

    V rythi

  2. Maash says:
    April 6, 2016 at 9:20 pm

    V v v v salhi
    Next part avahah upkohdhehchey

  3. f says:
    April 6, 2016 at 9:23 pm

    Shaasha kohpaalafa dhiyaee shaiman neh noon mamdhooh mst v ma buneli me fst dhw

  4. f says:
    April 6, 2016 at 9:25 pm

    Varah las cmnt dhaaleh

  5. Appy says:
    April 6, 2016 at 9:26 pm

    Athoosha n shiman ngey

  6. Axeenalily says:
    April 6, 2016 at 9:26 pm

    Dhen kiss kurryy Kaaku

  7. Axeenalily says:
    April 6, 2016 at 9:27 pm

    Mistake mistake

  8. Aisha says:
    April 6, 2016 at 9:32 pm

    Wats goin on??? I couldn’t get it ???

  9. shin says:
    April 6, 2016 at 9:34 pm

    Mistakes ebahuti name beynun kurumuga.. vaahaak v salhi..

  10. Rora says:
    April 6, 2016 at 9:37 pm

    Alheyy.. i want shaiman n shasha gulhen. Not that idiot mamdhooh.

  11. ken? says:
    April 6, 2016 at 9:42 pm

    adhi one more mistake…vishal ge name inna thaneiga ebain mamdhoohu ey ves…mibuny sana ah balan huri vaahaka…b careful abt lil mistakes too..hehe
    gud luck

  12. shinni says:
    April 6, 2016 at 10:02 pm

    OHh WowW.. Nice nice.. bt mistake ebahuri ingey, nanthah liyuniru huri olhuvaa levifa… hp nxt part ehga rangalhu kohlaane kamah.. good luck ?

  13. rose says:
    April 6, 2016 at 10:05 pm

    Mamdhooh gandu haadha gohe. Momge nubaifaraah mamdhooh ah bust kollanvi . Eyrn fori hunnani

  14. Aimsithu says:
    April 6, 2016 at 10:30 pm

    Alhey mamdhooh tha sana ah balan huree noony vishal tha.. haadha kurukoh mi baii miothy. ..

  15. kamana says:
    April 6, 2016 at 10:33 pm

    M so so sorryyy guyxxxx. Asluvxx varah bodah sorryyy.?

  16. Seriously says:
    April 7, 2016 at 6:19 am

    Hama asluves vaanuvaa hama neygeytha. Varah foohiveyy. Baeh readers kanthah bodukohlaa varun ehn myhunH hyvaane ehnfadha eyyy. Mashakah huveyy vaanuvaa neygey varah mahsala hurihenn. Ekam name thah hury olhifa. Ekam vx vy goi engey kanneyge. Seriously varah kanthah bodu vaane baeh myhun

    1. princess says:
      April 7, 2016 at 9:50 am

      aslu vx dhw seriously…. vaanuvaa neyngey vareh noon… dhn ehn liyaairah vx mistake hunnaane.. mistake nuhedheynw myheh nuhunnaane dhw…. kanthah bodunukhllaa ryhchah buniima rangalhuvaane

  17. £mm@ says:
    April 7, 2016 at 3:36 pm

    Aharen beynunvanee mamdhooha fahun visnigen shasha kairiya gos then umurah ves e dhemyhun eky u lhen not shaiman

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 9..←


All Right Reserved!