Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 8

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
May 10, 2026 5 Mins Read
2 Comments

ހަމަޖެހިލައިގެން ލިފްޓުން ފޭބި ޒިވްޔާއަށް އެރުނީ ވިޝާލްގެ ކުރިމައްޗަށެވެ. “ހެއި. ވިޝާލް.”

“ހެއި ޒިވީ. ހާދަ ޓަޔަޑް ވެފަ. ތިއޮށް މާނޭވާ ލެވެނީނު.” ވިޝާލް އަހާލީ ޒިވްޔާ މާނޭވާ ލަމުން ދިޔައީމައެވެ. އޭރު ވެސް ޒިވްޔާއަށް ކުޑަކޮށް ހެވެނީއެވެ. “ޔެއާ! އައި މެޓް ދި ޑެވިލް!!! ހަހަހަހަ!” ޒިވްޔާ އަނެއްކާވެސް ހޭން ފެށިއެވެ. އޭރު ހީހީގޮސް އޭނާގެ ބަނޑަށް ތަދުވެއެވެ. “އޯހް މައި ގޯޑް ޒިވީ. ތިވަރަށް ނުހީ. ކެއްސާނެ އެއްނު.” އެތަނަށް އައި ޔަޝްމީ ބުނެލިއެވެ. ޔަޝްމީ އާއިއެކު ހަޔާލް ވެސް އައެވެ.

“ޒިވްޔާ!!!” ދެން އިވިގެން ދިޔައީ އައިކަންގެ ހަޅޭކުގެ އަޑެވެ. އެއާއެކު އެންމެން އެދިމާއަށް ބަލާލިއެވެ. އައިކަން ހުރީ ސިޑިތައް ދޮށުގައެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ. “ޔޫ. އާ. ސޯ. ޑެޑް.”
އައިކަން ދުއްވައިގަތެވެ. އެއާއެކު ޒިވްޔާގެ ތުލި ހަޅޭއް މުޅިތާގައި ގުގުމާލިއެވެ. އޭނާ ވަނީ ވިޝާލްގެ ފަހަތަށެވެ. “ސޭވް މީ.”

“ވަޓް ޑިޑް ޔޫ ޑޫ؟” ވިޝާލް ސުވާލުކުރިއެވެ. ވާނުވާގައި ހުރެއެވެ. “ވަޓް ޑިޑް އައި ޑޫ؟! އާސްކް ހިމް ވަޓް ހީ ޑިޑް!!”  ޒިވްޔާ އަނެއްކާވެސް ހަޅޭލަވައިގަތީ އައިކަން އައިސް އަރާ ހަމަކުރުމުންނެވެ. އެއާއެކު ވިޝާލް ޒިވްޔާ އާއި ކާރި ނުވެވޭނެ ގޮތަށް އަތްދަމާލިއެވެ.

“މޭން. މޫވް.”

“ވީ ގޮތެއް ބުނެބަލަ.” ވިޝާލް އެއްސެވެ. “މޫވް.”

“ލުކް. ދިސް އިޒް މައި ފްރެންޑް. އައި ކާންޓް މޫވް ވާނުވާ ނޭނގި ހުރެއެއް. ލެޓްސް ޖަސްޓް ސޭ ޝީ އިޒް ސޮރީ.”

“ލައިކް ހެލް އައި އޭމް!” ޒިވްޔާ ހަޅޭލަވައިގަތެވެ. އަދި އައިކަން އޭނާ އަތުލަން އުޅޭވަރަކަށް ވިޝާލްގެ ކޮނޑުގައި އަނބުރަމުން ދިޔައެވެ. ޒިވްޔާގެ ގައިގައި އަތް ނުޖެހޭ ގޮތަށެވެ.

“ޒިވްޔާ. ކަމް ހިޔާ. ރީއްޗަށް ބުނާ ގަނޑީ އާދޭ. އައިމް ނޮޓް ގޮނާ ބީ ނައިސް ފަހުންނެއް.” އައިކަން ހީވަނީ ކެކި ކެކި ހުރި ފެންކައްކާ ކުރައެއް ހެނެވެ. ދެންމެ ދެންމެ އަކުހެން މީހާ ފަޅައިގެން ގޮސްދާނެހެނެވެ.

ދެން ފެނުނީ އަނެއްކާވެސް ޒިވްޔާ ދުއްވައިގަތް މަންޒަރެވެ. އޭނާ ދުއްވައިގަތީ ހުޅުވިގެން ދިޔަ ލިފްޓާއި ދިމާއަށެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ އެއީ އޭނާއަށް ހެނދުނު ވަރަށް ބޮޑު ޅައެއްޗެއް ކަމެވެ. ސަބަބަކީ އައިކަން އެއަށް ވުރެ މާ ހުށިޔާރު ކަމެވެ. އޭނާވެސް ލިފްޓަށް އެރީއެވެ. އަދި ޒިވްޔާ ނުކުތުމުގެ ކުރިން ދޮރު ލައްޕާ ފިތަށް އޮއްބާލިއެވެ. އެވަގުތު ލިފްޓަށް އަރަން އައި މީހުނަށް ވެސް ނޭރޭ ގޮތަކަށެވެ.

ޒިވްޔާއަށް ނޭނގުން ކަމަކީ އެހުރިހާ މަންޒަރެއް ބަލަން ލިފްޓު ބޭރުގައި ހަސަދައިގެ ލޮލެއް ވީ ކަމެވެ.

……….

އައިކަން ލިފްޓަށް އެރިގޮތަށް އެއްޗެއް ނުބުނެ ހުރީއެވެ. ޒިވްޔާ ވެސް ގަތްފައި ހުރި ބިރުން އެއްޗެއް ބުނާކަށް ނުކެރުނެވެ. އައިކަން ފިތާލީ އެންމެ މަތީ ފްލޯގެ ފިތަށެވެ. އަދި އެވަރުން ނިންމާލީކީ ވެސް ނޫނެވެ. ލިފްޓް އެހެން ފްލޯ އަކަށް ހުޅުވޭއިރަށް އެހެންމީހަކު އެރިޔަ ނުދީ ލިފްޓް ދޮރު ބަންދު ކުރަމުން ދިޔައެވެ. އެންމެ ފަހުން އެންމެ މަތީ ފްލޯއަށް ލިފްޓް ހުއްޓުމާއެކު އައިކަން ޒިވްޔާގެ އަތުގައި ހިފެހެއްޓިއެވެ. ގަތްފައި ހުރި ބިރުން ޒިވްޔާއަށް އިތުރު އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ. އެހެންކަމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން އައިކަންގެ ފަހަތުން ދިޔައީއެވެ.

އައިކަން ގޮސް ނުކުތީ ކޮލެޖުގެ ޓެރެހަށެވެ. އަދި ޒިވްޔާ އާއި ދިމާއަށް އެނބުރުނެވެ. “ޒިވްޔާ.”

“ޔެ-ޔެސް؟”

“ޑޫ ޔޫ ހޭވް އެނީތިން ޓު ސޭ ޓު މީ؟”

“ނޫން.”

“ޔަޤީން؟”

“އާން.”

“ފަހު ފުރުސަތު އިނގޭ މިދެނީ. ޑޫ ޔޫ ހޭވް އެނީތިން ޓު ސޭ ޓު މީ؟”

“ނޫނެކޭ!! ކިހާ ދެރަ ކަމެއްތަ؟!” ޒިވްޔާ ހަށަންބަންނަމުން ލޯ އަޅާލިއެވެ. “އެންމެ ރަނގަޅު. އެހެންވީރު އަހަރެން ނުދޭނަން ޒިވްޔާއަށް އެއެއް.” އައިކަން އެއްމިޔަކަނުން ހީލިއެވެ. “ކޯއްޗެއްތަ؟ ހީވޭތަ އަހަރެން ޒިވްޔާ އަޒްހިރް ތި އައިކަންގެ އަތުން އެއްޗެއް ބޭނުން ވާނެހެން؟ ހާހް!” ޒިވްޔާ އައިކަނާއި ދިމާއަށް ލޯ އަޅާލިއެވެ.

“މައްސަލައެއް ނެތް. ޔުއާ ލޮސް.” އައިކަން ގާތަށް އައީ ހިންޏެވެ. ޒިވްޔާއަށް އަދިވެސް ނޭނގެނީތާއެވެ. އޭނާގެ ޑައިރީ އޮތީ އައިކަންގެ އަތުގައި ކަމެވެ. މައްސަލައެއް ނެތެވެ. އައިކަން އެ ޑައިރީ އޭނާގެ އަތުގައި ބާއްވާނީއެވެ. ފަހުން ޒިވްޔާއަށް އެނގުނީމައި އޭނާ ލައްވާ އާދޭސް ކުރުވާނީއެވެ. ވީ އެންމެބޮޑަކަށް ޒިވްޔާ ތަޅުވާފައި ޑައިރީ ދޭނީ ކަމަށް އައިކަން ހިތާހިތުން ނިންމިއެވެ.

އެއްވެސް އެއްޗެއް ބުނުމެއް ނެތި އައިކަން ހިނގައިގަތެވެ. އެހެންކަމުން ޒިވްޔާ އިތުރަށް ހިތްހަމަ ނުޖެހުނެވެ. މިހާ ހިސާބަށް އޭނާ ގެނެސް ހަމަ ޖެހިލައިގެން އައިކަން އެ ދަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް މިހުރިހާ ތަކުލީފުތަކެއް ނުޖައްސާވެސް ވީހެއް ނޫން ހެއްޔެވެ؟ ހާދަހާ ފޫހިވާ ފިރިހެނެކެވެ.

“ޒިވްޔާ. މިއަދު ހަވީރު  5:30. ބްރީޒް ރެސްޓޯރެންޓް. ބީ އޮން ޓައިމް.” ކުއްލިއަކަށް ހުއްޓިލާފައި އައިކަން ބުނެލިއެވެ. “ހަހް؟ މަ ކީއްކުރަން އައިކަން ބުނާހާ ތާކަށް ދާން ވީ؟” ޒިވްޔާ ހުރީ ވާނުވާގައެވެ. “ޓްރަސްޓް މީ. ޒިވްޔާގެ ސިއްރު ފަޅާ އަރަން ބޭނުން ނޫނިއްޔާ.. އަންނަން ޖެހޭނީ. ހަހަ.” އައިކަން ފެށީ ހޭށެވެ. އަދި ގޮސް ލިފްޓަށް އަރައި ޒިވްޔާ އާއި ދިމާއަށް ބަލާލިއެވެ. ލެއްޕި ލެއްޕި ހުރި ލިފްޓިގެ ދޮރުގެ ދޭތެރެއިން ދެން ފެނިގެން ދިޔައީ ނުހަނު ހެވިފައި ހުރެ އައިކަން ޒިވްޔާއަށް ހަނާ އަޅާލައި އެއްލޯ މަރާލި މަންޒަރެވެ. “ބީ އޮން ޓައިމް، ޒިވްޔާ.”

އައިކަން އެއްލޯ މަރާލިގޮތުން ހަމަ ރަނގަޅަށް ވެސް ޒިވްޔާގެ މެޔަށް ގޮތެއް ވެގެން ދިޔައެވެ. ބޭއިޙުތިޔާރުގައި އޭނާގެ މޫނުމަތީގައި ހިނިތުންވުމެއް ވެސް ވިދާލިއެވެ. އައިކަނަށް ލިބިފައި އެހުރީ ކޮންފަދަ ފިރިހެންވަންތަ ކަމެއް ހެއްޔެވެ؟

އެހެންނަމަވެސް ދެވަނަ ސިކުންތުގައި ފެނުނީ ޒިވްޔާ އަމިއްލަ މޫނުމަތީގައި ޖަހާލި މަންޒަރެވެ. “މޮޔަ. މޮޔަ. މޮޔަ ޒިވްޔާ. އާރްގްގްގް! ކޮން ވައްތަރެއްތަ ތި ޖައްސަނީ އޭން؟ ޒިވްޔާ ވީ އައިކަން ދެކެ ރުޅި އަންނަންށޭ! އޭގެ ބަދަލުގައި އޭނާ އެދައްކާ ދަޅަތަކަށް ހެއްލެން ވީކީ ނޫން. ބޮޑު މޮޔަގަނޑު.” ޒިވްޔާ އަމިއްލަ މީހާ އާއި ދިމާއަށް ހަޅޭލެވިއެވެ. “އަދި ބުނެފިއެއްނު ހަވީރު މީޓް ކުރަން. ހުއް. މަށެއް ނޫޅެން.”

“ސޯ ލައުޑް.” ކުއްލިއަކަށް ފިރިހެންވަންތަ އަޑެއް އިވިގެން ދިޔައެވެ. އަޑު އައީ ޓެރެސްގައި ފާރާއިގެން ނިވާވެފައި އިން ދިމާއިނެވެ. ދެން ފެނިގެން ދިޔައީ ޒުވާނަކު އެތަނުން ނުކުން ތަނެވެ. “އަމިއްލަ މީހާއަށްތަ ތި ހަޅޭ ލަވަނީ؟” އެ ޒުވާނާ އަހާލިއެވެ.

އެ ޒުވާނާ ފެނިފައި ޒިވްޔާ ރަނގަޅަށް ވެސް ބަސްހުއްޓުނެވެ. ހީވަނީ ވާހަކައެއްގެ ތެރެއިން ނުކުމެގެން އައިސް ހުރި ޝަޙުސިއްޔަތެއް ހެނެވެ. އެ ޒުވާނާގެ އިސްތަށިގަނޑު ކުޑަކޮށް ހޭވިފައި ވާއިރު އިސްތަށިގަނޑުގެ ތަންތަން ކޮޅުގައި ހުދު ކުލައިއިން ހައިލައިޓް ކޮށަފައިވެއެވެ. އޭނާގެ ނޫކުލައިގެ ދެލޮލުން ކަނޑުގެ ފުންކަން ސިފަވާ ފަދައެވެ. އޭނާގެ ބޯ ބުމައިން ވެސް ޝަޙްސިއްޔަތުގެ ވަރުގަދަކަން ހާމަވެއެވެ. އެ ބޯ އަދި އެހާމެ ދިގު އެސްފިޔަތަކުން އޭނާގެ ފާޅުކަން ބޮޑު ކޮލުކަށިގަނޑަށް ހިޔާދެމުން ދިޔަފަދައެވެ. އޭނާ ބާމަތި ފުޅާވެފައި އިސްކޮޅުން އެހާމެ ދިގެވެ. ލައިގެން ހުރީ ވަރަށް ވެސް ޒަމާނީ ސްޓައިލަށް ހުރި ގަމީހާއި ޖީންސެވެ. ކަންފަތް ތޮރުފައި ކަންފަތުމުދި ލައްވާފައިވާއިރު، ވައަތު ކަންފަތުގައި އިން ކަންފަތުމުދި ކަނާތުކަންފަތުގައި އިން މުއްޖަށް ވުރެ ދިގެވެ. އަތްފައިގައި ގަހަނާ އަޅާފައިވާއިރު ކަރުގައި ފަށެއްވެސް އޮތެވެ. އެ ޒުވާނާ ޖީބަށް އަތް ޖަހާލައިގެން ހުރި ގޮތުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.

އަޖާއިބެކެވެ. މީ ހަމަ އަސްލު ހަޤީގީ އިންސާނެއް ބާވައެވެ؟ ނޫނީ ފޮތެއްގެ ތެރެއިން ނުކުމެގެން އައިސް ހުރި ‘ބޭޑް ބޮއި ފިކްޝަނަލް ކެރެކްޓާއެއް’ ބާވައެވެ؟

“ހެއި. ޚިޔާލަށް ގެއްލުނީތަ؟ ތިވަރަށް ނުބެލިޔަސް އިނގެޔޭ އަހަރެން ރީތިކަން” އެ ޒުވާނާ ޒިވްޔާ އާއި ދިމާއަށް ތިރިވެލަމުން ބުނެލިއެވެ.

“ކާކު ބުނީ ރީއްޗޭ؟ މަށެއް ނުބުނަން.” ޒިވްޔާ އެހެން ބުނުމަށް ފަހު ހިނގައިގަތެވެ. ފަހަތުން އެ ޒުވާނާ ވެސް ހިނގައިގަތެވެ. “އައިމް އިޒިކިއަލް.”

“ހުމް.” ޒިވްޔާ ވާހަކަ ދައްކާ ހިތެއް ނުވިއެވެ. “އަހަންނަށް އިނގޭ ތީ ޒިވްޔާ ކަން.” އިޒިކިއަލް އެހެން ބުނުމާއެކު ޒިވްޔާ ފަސް އެނބުރި ބަލާލިއެވެ. “ހައު؟” “ވެލް.. ޔޫ އެންޑް ދެޓް ޖާކް އައިކަން ވާ ސްޕީކިން ވަރަށް ބާރަށް. މައި ބިއުޓީ ސްލީޕް ހަރާބު ވެސް ކޮށްލައިފި. އިޓް ސައުންޑެޑް ލައިކް ޔޫ.. ޒިވްޔާ އަޒްހިރް ޑު ނޮޓް ލައިކް ހިމް.” އިޒިކިއަލް ޒިވްޔާ އާއި ކައިރިއަށް ޖެހިލިއެވެ. “އައި ޑޯންޓް ލައިކް ހިމް. އައި ޑޯންޓް ލައިކް ޔޫ. ސޯ މަށާ ވާހަކަ ނުދައްކާ.” ޒިވްޔާ ހުރީ ބޮލަށް އުނދަގޫ ވެފައެވެ.

“ރޯންގް. ޔޫ އެން މީ.. ޑިއާ ޒިވްޔާ. ވީ އާ ފްރެންޑްސް.”

“ހާހް! ވީ އާ ނޮޓް ފް-”

“ކަޒް ދި އެނެމީ އޮފް ޔުއާ އެނެމީ އިޒް ޔުއާ ފްރެންޑް. ޔޫ ޑޯންޓް ލައިކް އައިކަން. އައި ޑޯންޓް ލައިކް ހިމް އީދާ. ހީ އޯލްސޯ ޑަޒްންޓް ލައިކް މީ. އެން ޔޫ އޯލްސޯ ޑޯންޓް ލައިކް ހިމް. އައިމް ދި އެނެމީ އޮފް ޔުއާ އެނެމީ. ސޯ ވީ އާ ފްރެންޑްސް.” އިޒިކިއަލް ޒިވްޔާއަށް ސަލާމަށް އަތް ދިއްކޮށްލިއެވެ. “ހާހާ. ސޯ ފަނީ. އަހަރެން ނޫޅެން ތިއިން އެކަކާ ވެސް ފްރެންޑް ވާކަށް.” ޒިވްޔާ ގޮއްސަ ލިފްޓަށް އެރިއެވެ. “ވެއިޓް ފޯ މީ ފްރެންޑް!” އިޒިކިއަލް ގޮވާލިއެވެ.

……………….

ގެއަށް ދާން ނުކުތް ޒިވްޔާއަށް ރަނާ އާއި ދިމާވިއެވެ. “ހެއި. ރަނާ. ޔޫ ބުނީމެއްނު އާޓް ސްޓޫޑިއޯ ހުންނަނީ ހުސްކޮށޭ އެގަނޑީ؟ ބަޓް އިން ގާއި އެއް އެތާގަ.” ޒިވްޔާ ރަނާ ކައިރިއަށް ޖެހިލިއެވެ. “އޮހް. ވަރަށް ހޭންޑްސަމް ގާއި އެއް ދޯ؟ ކާލީ ހެއާ ހުންނާނީ ވެސް. އެއީ އައިކަން. އޭނަ އިންނާނެ އެތާ އަބަދު.” ރަނާ އެހެން ބުނެލިއިރު ހީވަނީ އުފަލުން ގޮސް ފޮޅުން ހެނެވެ. އޭނާ ރަނގަޅަށް ވެސް އެހުރީ އައިކަން ގެ ރީތި ކަމުގައި އަވައިގައި ޖެހިފައެވެ.

“ފަސްޓް އޮފް އޯލް. ނޮޓް ހޭންޑްސަމް އެޓް އޯލް. ސެކަންޑް ކަމަކަށް ވައި ޑިޑްންޓް ޔޫ ޓެލް މީ އެބައުޓް ހިމް؟!” ޒިވްޔާ ސުވާލު ކުރިއެވެ. “ވެލް.. އޭނާ އިނަސް ވަރަށް ކުވައިޓް ވާނެ. ވަރަށް މަޑުން ހުންނަ ގާއި އެއް އެއީ. މީހުނާ ޓޯކް ވެސް ވަރަށް ނުކުރާނެ. އީވެން އިފް ޔޫ އާ ދެއާ އަޅާ ވެސް ނުލާނެ. ހަމަ އެހާ ކުވައިޓް ވާނެ. އޭނަގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނެ ގައިމުސް. އެހެންވެ އައި ޓޯލްޑް ޔޫ އެތަން ހުސްކޮށޭ ހުންނާނީ. އޭނަ އެތާ އިނަސް ހަމަ ނެތް މީހެއް ފަދަ ވާނެ.” ރަނާ ކިޔާދިނެވެ.

ރަނާގެ ކޮންމެ ޖުމްލައަކުން ޒިވްޔާއަށް ލިބެމުން ދިޔައީ ހައިރާން ކަމެވެ. ރަނާ އެކިޔާދެނީ ތެދަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ މުޅި ދުނިޔޭގެ އެންމެން މައިތިރި ވިޔަސް އައިކަން މައިތިރިއެއް ނުވާނެއެވެ. އެއީ އެއަށްވުރެ ބޮޑާ، ފޮނި އަދި އެހާމެ ލާނެތް މީހެކެވެ. ރަނާ އެކިޔަނީ ތެދެއް ނޫނެވެ.

“އާ ވީ ޓޯކިން އެބައުޓް ދި ސޭމް އައިކަން؟ އައި ޑޯންޓް ތިންކް ވީ އާ.” ޒިވްޔާ އެހެން ބުނެލީ ވާނުވާގައި ހުރެއެވެ. “ހުމް؟ ދެޓްސް ނޮޓް ޕޮސިބަލް. އެތާގައި އިންނާނީ ހަމަ އެކަނި އޭނަ. ދި ވަން އެން އޮންލީ އައިކަން. އެނީވޭ.. ގޯޓާ ގޯ. މައި ބީއެފް އެއައީ ބަލާ.” އެތަނަށް އައި ސައިކަލްގެ ފަހަތަށް އަރަމުން ރަނާ ބުނެލިއެވެ.

ޒިވްޔާ ރަނގަޅަށް ވެސް އަންތަރީސް ވެއްޖެއެވެ. މި އައިކަން ގެ ފޮނިކަން މުޅި ރާއްޖެއަށް ވުރެވެސް ބޮޑެވެ.

 

——————

My exams are finally overrrr.. haha.

Hope you enjoyed this episode as well.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ..13

Next

ހަގީގަތަކީ ކޮބައިހޭ؟…24

Next
May 10, 2026

ހަގީގަތަކީ ކޮބައިހޭ؟…24

Previews
May 10, 2026

ގޮތް ހުސްވެފައި ހުރީމޭ..13

2 Comments!

  1. Sheex says:
    May 11, 2026 at 1:15 pm

    Omg gurrl mi part v reethi
    How was ur Exams dear?
    Hope u get good results
    INSHAALLAH
    I’m kind of shocked too
    Aikan ar zeev a great matchge made in heaven hen heevanee not geren
    I’M BLUSHING SO HARD AAAAAARR
    HE IS JUS MY TYPE GURLLLLLLL
    HE’S DAMN HOTTTTTT
    IZIKIAL IS SO HANDSOME
    CW4THENEXTP
    TC

    1. Shyyyms Shyyyms says:
      May 11, 2026 at 1:52 pm

      Haha thanks. My exam went really well🩷
      Next episode will be available to read VERY SOON ☺️
      Tc

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 9←


All Right Reserved!