“ދާއިޔަލް އާދަމް ޖިނާން. ލައިލީން އަދި އަލޫކާ މަރާލި ކަމުގެ ތުހުމަތުގައި އަޅުގަނޑުމެނާއި އެކު ދުރުވުން އެދެން” ޖީބުގައި އޮތް ބިޑި ނަގަމުން ރުޒައިކް ކުރިއަށް ޖެހިލިއެވެ.
(53 ވަނަ ބައި)
“ކީކޭ؟؟ ކީއްވެ ދާއި ހައްޔަރު ކުރަންވީ؟ ދާއި ނުކުރާނެ އެކަހަލަ ކަމެއް” ގަބުވެފައި ހުރި ދާއިޔަލް ކުރިމައްޗައް އަރާ އޭނާ ދިފާއު ކުރަމުން ލަޝްކާ ބުނެލިއެވެ.
“އަޅުގަނޑުމެންގެ ތަހުގީގައް ހުރަސް ނާޅާ” ރުޒައިކް އަދަބުވެރިކަމާއި އެކު ބުނެލިއެވެ.
“އަޅާނަން. ކަލޭ ތި ކާކު އައިސް އަހަރެންގެ ދާއި ހައްޔަރު ކުރަން؟ ދާއި އަކީ އެހާ ނުލަފާ ކަމެއް ކުރާނެ މީހެއް ނޫން. ދާއި އަކީ އެއަށްވުރެ މާ ހިތްހެޔޮ، އޯގާތެރި މީހެއް. ތިއީ އޮޅުމެއް. ވަރަށް ބޮޑު އޮޅުމެއް” ދެއަތް ފުޅާ ކޮށްގެން ހުރެ ލަޝްކާ ދާއިޔަލް ދިފާއު ކުރަމުން ދިޔައެވެ.
“ލައިލީން އަދި އަލޫކާއަކީ ވެސް ދާއިޔަލް އުޅެމުން ދިޔަ ގެޔާއި އެއްމަގުގައި ހުރި ގޭގޭގެ ކުދިން. މިކަމުން އެކަނިވެސް ދާއިޔަލްއަށް ޝައްކު ކުރެވޭ” ފަހަތުގައި ހުރި އަކިޔަލް ބުނެލިއެވެ.
“އެހެން ވިއްޔާ ކީއްވެ އަލޫކާ މަރުވީ؟ އޭނ؟ ލައިލީންގެ ހަށިގަނޑު ފެނުން ފަހުން ދާއި އެއުޅެނީ މިގޭގަ” ހިތްހަމަ ނުޖެހިފައި ހުރި ދިޔާންއަށްވެސް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.
“ދޮންބޭ… ލަޝް… ހަމަ ޖެހޭ.. ރުޅި ނާދޭ. މިއީ އެމީހުންގެ ނިންމުން. އަހަރެން އެއްވެސް މީހަކު ނުމަރަން. އެކަމަކު އެކަމައް އެމީހުނަށް ޝައްކު ކުރެވެންޏާމުން އެކަން ވެސް ބަލާ ތަހުގީގު ކުރަންވީ” މިހެން ބުނެ ދާއިޔަލް ކުރިއަށް ޖެހިލިއެވެ. އަދި ރުޒައިކްއާއި ދިމާލައް އަތް ދިއްކޮށްލިއެވެ. ބިޑި އަޅުވާށޭ ބުނާ ފަދައިންނެވެ.
އުޑުމަތި ބަރުވެ، ކުލަވަރު އޮއްސިފައިވަނީ އެލާރާގެ ވަކިވުމުގެ ހިތާމައިގައި މުޅި ކާއިނާތު ބައިވެރިވާ ފަދަ އަސަރުގަދަ ގޮތަކަށެވެ. ގަބުރުސްތާނުގެ ފިނި ފަސްގަނޑުގެ ތެރޭގައި އެލާރާގެ ހަށިގަނޑު އަބަދީ ނިދީގައި ނިންދަވައިލެވުނު އިރު، އެތަނަށް ޖަމާވެފައި ތިބި އެންމެންގެ ހިތްތައް ވަނީ ކަރުނައިން ފޯވެފައެވެ. ޔައުލާން ތުރުތުރުއަޅާ ހާލުގައި ފަހު ވެލިކޮޅު އެލާރާގެ މަހާނައަށް އެޅިއިރު، އޭނާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތަކުން ކޯތާފަތް ވަނީ ތެމިފައެވެ. ޔައުލާންގެ ހިތް އެދެމުންދިޔައީ އެ ފަސްގަނޑު ދަށުގައި އެލާރާއާއެކު އޭނާގެ ފުރާނަވެސް ވަޅުލެވޭށެވެ.
އަލާންގެ ދެލޮލުން ފެންނަމުންދިޔައީ މުޅި ދުނިޔެ ބީވެގެންދިޔަ ފަދަ މާޔޫސްކަމެކެވެ. އެއީ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަލާން ގާތުގައި ހުރި އެޒިކިއެލް ހުރި ހަމަ އެކަނި ކޮއްކޮގެ ވަކިވުމުން ހިތް ކުދިކުދިވެފައި ހުރެ، ބައްޕައާއެކު އެ ފަސްގަނޑު މަތީގައި އަތް ހާކަމުން ދިޔައީ، އޭނާގެ ލޯބިވާ ކޮއްކޮ ދުވަހަކުވެސް އެނބުރި ނާންނާނެކަން ގަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. ކޮންމެ ވެލިކޮޅެއް އެ މަހާނައަށް އުކެމުން ދިޔައިރު، އެޒިކިއެލްގެ ހަށިގަނޑުން ފުރާނަ ނިކުމެގެންދާ ފަދަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ.
ގެއަށް އާދެވުމާއެކު، ފައި އުފުލައިލާނެ ހިތްވަރެއް ނެތް ހާލުގައިވެސް އެޒިކިއެލް މިސްރާބު ޖެހީ އެލާރާގެ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު، އެލާރާ ބޭނުންކުރާ ސެންޓުގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހުމުން، އެޒިކިއެލްގެ ހިތަށް ކެތްނުކުރެވޭ ފަދަ ތަދެއް އިހުސާސްވިއެވެ. ކޮޓަރީގެ ކޮންމެ ދިމާލަކުން ފެންނަން ހުރީ އެލާރާގެ ހަނދާންތަކެވެ. އޭނާ ލިޔަން ގެންގުޅުނު ފޮތްތަކާއި، މޭޒުމަތީގައި ހުރި ފޮޓޯލޯގަނޑު ފެނުމުން އެޒިކިއެލްގެ ކެތްތެރިކަން ކޮޅުންލިއެވެ. އެނދުމަތީގައި އޮތް ބާލީހުގައި ބޯއަޅާލައިގެން ބާރަށް ރޮއިގަތް އިރު، އޭނާގެ ހިތުގެ ރިހުން މުޅި ކޮޓަރީގެ ހިމޭންކަން މުގުރާލިއެވެ. އެލާރާގެ ހިނިތުންވުމާއި، އޭނާގެ މަޖާ ވާހަކަތަކުން މުޅި ގޭތެރެ ދިރުވައިދިން އެ އަޑުތައް މިހާރު ވަނީ މާޒީއާ އެކުވެފައެވެ.
“އެލާ… ތިނޫން އެހެން އެއްވެސް މީހަކަށް މި ހިތްދަތިކަން ފިލުވައެއް ނުދެވޭނެ…” ގިސްލާފައި ރޮމުން އެޒިކިއެލްއަށް ބުނެވުނެވެ. އެލާރާގެ ވަކިވުމަކީ އެޒިކިއެލްގެ ހަށިގަނޑުން އެއްބައި ވަކިވެގެން ދިޔުން ފަދަ ކަމެކެވެ. އެ ހިމޭން ކޮޓަރީގެ ފާރުތަކުންވެސް އިވެމުންދިޔައީ އެޒިކިއެލްގެ ހިތުގެ ރިހުމުގެ އަޑު ފަދައެވެ.
ސިޓިންގ ރޫމުގައި ތިބި ޔާޝާ އާއި އަލާންގެ ހާލަކީވެސް އެއީއެވެ. ޔާޝާގެ ލޮލުން ކަރުނަ ހުސްވާ ފަދައެއް ނެތެވެ.
“އަލާން. އަހަ… އަހަރެންގެ އެލާ ހަމަ އަހަރެން ދޫކޮށްލާފަ ދިޔައީތަ؟” ގިސްލަމުން ޔާޝާއަށް އަހައިލެވުނެވެ. އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ކުޑައިރު އެ ދެބެން އެކުގައި ކުޅެން އުޅުނު އުފާވެރި މަންޒަރުތަކެވެ. އަލާން މަޑުމަޑުން ޔާޝާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“އެއީ އަހަރެމެންގެ ދިރިއުޅުމުގެ އުއްމީދު. އެއްމާބަނޑު ދެބެންގެ ގޮތުގައި އެކުގައި އުޅުނު އެ މަންޒަރުތައް އަދިވެސް ލޯމަތިން ފިލައިގެންނެއް ނުދޭ. އެކަމަކު މިއީ މާތްﷲގެ އިރާދަފުޅު. ކެތްތެރިވުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް. ކެތް ކުރޭ ޔާޝާ…”
އަލާންގެ އަޑުގައިވެސް ވަނީ ފުން މާޔޫސްކަމެކެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ހިތުގެ ރިހުން ހިފަހައްޓައިގެން އަނބިމީހާއާއި ދަރިފުޅަށް ހިތްވަރު ދިނުމަށެވެ. ނަމަވެސް އެ ގޭގެ ކޮންމެ ކަނަކުން އެލާރާގެ ހުނުމުގެ އަޑު އިވޭ ފަދައެވެ. މުޅި ގޭތެރޭގައި ވަނީ ބަޔާންކުރަން ދަތި ހިތާމަވެރި ހިމޭންކަމެއް ފެތުރިފައެވެ. އާއިލާގެ އެންމެ ހަގު ކުއްޖާ އަބަދަށްޓަކައި ވަކިވެގެން ދިޔުމުގެ ފުން އަސަރެވެ. އެ ހިތްތަކުގައި އުފެދިފައިވާ ހުސްކަން ފޫބެއްދޭނެ އެއްވެސް އެއްޗެއް މި ދުނިޔެއަކު ނެތެވެ.
ބަދިގެ ތެރޭގައި ކައްކަން ހުރި ނައުރީން ވިސްނަމުން ދިޔައީ ޒާލާއާއި މެދުގައެވެ. ޒާލާގެ އެ އެކަނިވެރިކަން ފިލުވަދޭން ކުރާނޭ އެއްކަމެއްވެސް ނައުރީންގެ ބޮލަކައް ނައެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ؟ ކޮށްދޭނީ ކޮން ކަމެއް ހެއްޔެވެ؟ ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. ނަހާތު ބަލިވެ އިނުންވެސް ވެގެން އެ ދިޔައީ ރިހޭ ފައި މައްޗައް ފޮއެ ވެއްޓުނު ކަހަލަ ކަމަކަށެވެ.
“މަންމާ.” ޙިޔާލު ތަކުން އޭނާއަށް ނިކުމެވުނީ ޒަވުލް ވާހަކަ ދައްކަން ފެށި އަޑަށެވެ.
“ކީކޭ ދަރިފުޅާ؟” ހިނިތުންވެލަމުން ނައުރީން އެހިއެވެ.
“ވާހަކައެއް ބުނެލަންވެގެން…”
ޒަވުލްގެ މޫނުމަތީގައި ހުރި ލަދުވެތި ކަމުން ނައުރީންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހޫމްމް ބުނެބަލަ…؟”
“މަންމާ… އަޅުގަނޑަށް ކުއްޖަކުދެކެ ލޯބި ވެވިއްޖެ.. މިހާރު 1 މަސް ވެެއްޖެ ރައްޓެހިވެގެން އުޅޭތާ” ނައުރީން ގާތުގައި ލަދުން އިނދެ ޒަވުލް ބުނެލިއެވެ.
(ނުނިމޭ)
ފަންސާސްހަތަރުވަނަބައިގެ ތެރެއިން:
“އެކުއްޖާ ގޮވައިގެން މިއައީވެސް. މަންމައަށް ތަޢާރަފް ކޮށްދޭން” މިހެން ބުނެ ޒަވުލް ބަދިގެއިން ނިކުތެވެ. އަދި ޒުވާން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Omggg zavul genaiii kn kujjehbaaa
I’m soooo curioussss
Next episode ga ingeyne🙈🫣
MashaAllah..✨🫶🏻…New update Vrh Vrh furihama ❤️…Shiherr! Thi Ya kuraa hihvareh hama saabass!!✨🫶🏻
An Author I admire n I rlly appreciate…Lash X dhaai no no…Wallah! Idiots police co-operation…I hate you!! Dhaai kusheh neh … Btw, Xaaler whom dares make her feel irritated?
I ‘m sobbing like scumbag… When ‘s next?
Shiherr..Ly<••^ sm & Tc 🌟💔
Curiously waiting for next updates….***
jazaakallah khairan Blackyyy🩶🫶🏻
awlheyyy sorrryyyy rovvaalevuniima 😭😭
next is out noww…
Zaul kihineh miulheniii im adhives roveyy elaa mathin handhaan vegen
When is next shiherrrr.. mi part ves vrh vrh reethi cant wait for next???
Ly shiherrr
jazaakallah khairan Gurrl_8🩶🫶🏻
awlheyyy sorrryyyy rovvaalevuniima 😭😭 asluvess i miss ella tooo.. next is out now
Wowwwww. Nice gurrrll.
jazaakallah khairan Exxo🩶🫶🏻