Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 13

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 5, 2016 8 Mins Read
23 Comments

ޝަމްހާގެ އަތުން ދޫކޮށްލާފައި މިޝާލް ތިރިއަށް ފައިބާ ޝިޔާޒް ކައިރިން ލާފައި ގޮސް އެގޭން ނިކުތެވެ. އެތާނގައި ކަމެއް ވެދާނެޔޭވެސް މިޝާލްގެ ހިތަށް ނާރައެވެ. ނޫންނަމަ އެކަމާ މިޝާލް ކަންބޮޑު ނުވަނީއެވެ.

މިޝާލް ދިޔަތަން ފެނުމުން ޝަރީފާ ޝިޔާޒްއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޝިޔާޒްވެސް އެނބުރިފައި ޝަރީފާއަށް ބަލާލިއެވެ. ނަމަވެސް އެއްޗެއް ނުބުނެއެވެ.

މިޝާލް ދިޔަތަން ބަލަން ހުރި މިޒްނާ އެނބުރި ބަލާލީ ޝިޔާޒް މިޒްނާގެ އަތުގައި ހިފާ ދުރުކޮށްލަމުން ސިޑިން މައްޗަށް އަރަން ފެށުމުންނެވެ. މިޒްނާ ބަލަން ހުއްޓާ ޝިޔާޒް ދިޔަ ގޮތަށް ގޮސް ޝަމްހާގެ ކޯމަތީ އަތުން ޖެހިއެވެ. ޝިޔާޒް ޖެހިލެއް ބާރު ކަމުން ޝަމްހާ ވެއްޓުނެވެ.

ޝިޔާޒް ޖެހި އަޑު އިވުމުން ޝަރީފާ ތެދު ވެގެން ގޮސް މައްޗަށް ބަލާލިއެވެ. ޝަމްހާ ވެއްޓިފައި އޮތްތަން ފެނުމުން ޝަރީފާއަށް ޝަމްހާގެ ނަމުން ގޮވާލެވުނެވެ. އަދި މައްޗަށް އަރާ ޝަމްހާގެ އަތުގައި ހިފާ އޭނަ ތެދުވުމަށް އެހީވެދިއެވެ.

“ޝަމްހާއަށް ކިހިނެއް ވެފަ ހުރެގެންތަ އެއީ އަނޫޝާގެ ފިރިމީހާ ކަން ހަނދާން ނެތުނީ؟ އެއީ ޝަމްހާގެ ޅިޔަނެއްކަން ހަނދާން ނެތުނީ؟ އެހާ ވަރުން ނުފުދުނު އިރު އެއީ މީހެއްގެ ފިރިއެއްކަންވެސް ނޭނގުނީތަ؟” ޝިޔާޒް އެހިއެވެ.

“އެއީ މަގޭ އަމިއްލަ ކަމެއް، އެކަކުވެސް ބެހޭކަށް ނުޖެހޭ” ޝިޔާޒްގެ ސުވާލަށް ޝަމްހާ ރައްދު ދިނެވެ.

ދެވަނަ ފަހަރަށް ޝިޔާޒް ޝަމްހާގެ ކޯމަތީ ޖެހިއެވެ. ޝަމްހާގެ ތުންފަތް ފަޅައިގެން ގޮސް ލޭއައެވެ.

“ޝިޔާޒް!” ޝަރީފާއާ މިޒްނާއަށް އެއްފަހަރާ ގޮވާލެވުނެވެ.

“މަށެއް ނޫނޭ މިއަދު ޝަމްހާ ގައިގަ ޖަހަންވީ، މަންމައޭ. މަންމަވެސް ތީ ކޮންކަހަލަ މީހެއްތަ؟ ޝަމްހާ މިގެޔަށް އެގޮތަށް މިޝާލް ގެންނަކަން އެނގި ހުރެ… މަންމަ އެކަން ހުއްޓުވަން ޖެހޭނެއެއްނު؟ އަނޫއަކީ ދަރިއަކަށް ނުވިޔަސް ޝަމްހާ އެއީ މަންމަގެ ދަރިއެކޭ، އަނޫއާ މެދު ނުވިސްނިޔަސް މަންމަ ޖެހޭނެއެއްނު ޝަމްހާއާ މެދު ވިސްނަން؟” ޝިޔާޒްއަށް ޝަރީފާއާ ދިމާއަށް އެއްޗެއް ބުނެވުނީ ރުޅިއައިސްފައި ހުރި ވަރުންނެވެ.

“މަބުނީމޭ ޝަމްހާ ކައިރީގަ ތިކަން ހުއްޓާށޭ—” ޝަރީފާ ބުނަން އުޅުނެވެ.

“އެވަރުން އެނިމުނީތަ؟ މަންމަ ނުރުހޭ ނަމަ ޝަމްހާއަށް މިގެޔަކަށް މިޝާލްއެއް ނުވެއްދޭނެ. މީކީ ފުރަތަމަ ފަހަރެއް ނޫން ކަން މަށަށް ޔަގީން” ޝިޔާޒް ރުޅި އައިސްގެން ބުންޏެވެ.

ޝަރީފާއަށްވެސް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“އަނޫއާ އެކީގަ ނޫނީ ދެން މިގެޔަށް މިޝާލް ނުވައްދައްޗޭ އިނގޭ!” ޝަމްހާއާ ދިމާއަށް އިނގިލި ދިއްކޮށްލާފައި ޝިޔާޒް ބުނެލިއެވެ. އަދި ޝަރީފާއާ ދިމާއަށް ބަލާލާފައި މައްޗަށް އެރިއެވެ. މިޒްނާވެސް ޝަމްހާއާ ދިމާއަށް ބަލާލާފައި ޝިޔާޒްގެ ފަހަތުން ދިޔައެވެ. މިޒްނާއަށް ވުރެން ކުރިން ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖަހާފައި ޝިޔާޒް ކޮޓަރި ތެރޭ ދެކޮޅަށް ހިނގަން ފެށިއެވެ. މިޒްނާ ދޮރު ހުޅުވާލާފައި ވަން އިރުވެސް ޝިޔާޒް އެހެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

“ޝިޔާޒް…” މިޒްނާ ގޮވާލިއެވެ.

“ތިގޭ މީހުންނަކަށް ނޭނގޭތަ މިޝާލް އުޅޭ ގޮތެއް؟ އެމީހުންނަކަށް އޭނައެއް ނުހުއްޓުވޭތަ؟ ނުފެނޭތަ އޭނަ އަނޫއަށް ހަދާ ގޮތެއް؟ އެންމެ ފިރިހެން ދަރިއެކޭ ހުރީ ކިޔާފަ އެހެންތަ ގެންގުޅެން ޖެހެނީ؟ ވަރިހަމަ ދޯ އޭނަޔާ ހެދި ނިކަމެތި އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކު ވެގެން ދިޔަޔަސް؟” އެވަގުތު ޝިޔާޒް އައިއްސަ ހުރި ރުޅީގެ ހޫނު ބޭލުނީ މިޒްނާއަށެވެ. އެއްފަހަރާ އެތައް ސުވާލު ތަކެއް މިޒްނާއާ ކޮށްލި އިރު ހީވީ އެކަމުގައި ޝިޔާޒް ކުށްވެރި ކުރަނީ މިޒްނާ ހެންނެވެ.

އެގޮތަށް ޝިޔާޒް ހަޅޭ ލަވަން ފެށުމުން މިޒްނާއަށް ޝިޔާޒްއާ ދުރަށް ފަހަތަށް ޖެހިލެވުނެވެ. ރޮވުނެވެ. ކައިވެންޏަށް މިވީ ދުވަސްތަކުގެ ތެރޭގައި އެނޫނީ ޝިޔާޒް މިޒްނާއާ ދިމާއަށް ބާރަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިޒްނާ ރޯން ފެށުމުން ޝިޔާޒްގެ ރުޅި އެވަގުތަށް މަޑުވިއެވެ. ދެއަތުން ބޮލުގައި އަތްފުނާ އަޅާލަމުން ޝިޔާޒް މިޒްނާ ކައިރިއަށް ގޮސް މިޒްނާ ގައިގައި ބައްދާލިއެވެ.

“ސޮރީ މިޒޫ… ރުޅި އައި ވަރުން މިޒޫއާ ދިމާއަށް ހަޅޭ ލެވުނީ… ސޮރީ” ޝިޔާޒް މިޒްނާގެ ބުރަކަށީގައި ފިރުމާލިއެވެ.

“އެނގޭ އަހަރެން ދެކެ ރުޅި އައިސްގެން ނޫންކަން… އެކަމަކު…” މިޒްނާ ޝިޔާޒްއާ ދުރަށް ޖެހިލިއެވެ. “އަހަރެން ވާހަކައެއް ބުނަންތަ؟” މިޒްނާ ޝިޔާޒްގެ މޫނަށް ބަލަން ހުރެ އަހާލިއެވެ.

“ބުނެބަލަ” ޝިޔާޒް މިޒްނާގެ އަތުގައި ހިފާ ކައިރި ކޮށްލަމުން ބުންޏެވެ.

މިޒްނާ ޝިޔާޒްގެ އަތުގައި ހިފައިގެން ގޮސް އެނދުގަ އިށިނެވެ.

“ޝިޔާޒް ކައިރީގަ މިވާހަކަ ބުނަން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ” މިޒްނާ ފެށިއެވެ.

“ކޮން ވާހަކައެއް؟” ޝިޔާޒް އަހާލިއެވެ.

މިޒްނާ ކިޔާދޭން ފެށިއެވެ. ޝަމްހާ ހުޅުމާލެއަށް ދާތީ އެކަމާ މިޒްނާ ކަންބޮޑުވެ ޝަރީފާ ގާތު ދެއްކި ވާހަކައެވެ. މިޝާލް ކޮންމެ ހުކުރު ވިލޭރެއަކު ހުޅުމާލެއަށް ދާވާހަކައެވެ. މިޒްނާއަށް އެދެމީހުންގެ ގުޅުމުގެ ވާހަކަ އެނގުނު ގޮތެވެ. ނަސީރާ ދެއްކި ވާހަކައެވެ. ޒިހާންއާ އަނޫޝާގެ ވާހަކަ މިޝާލްއަށް އެނގުނު ކަމެވެ. އަދި އެކަން މިޝާލްއަށް އެނގުނު ގޮތާ މެދު މިޒްނާގެ ހިތުގައިވާ ޝައްކެވެ.

ޝަމްހާގެ އެފަދަ ވާހަކަތަކެއް އަޑު އިވުމުން ޝިޔާޒް އިނީ ގަބޫލު ކުރަން ދަތިވެފައެވެ. ޝިޔާޒްއާ ޝައުފާއާ ޚިލާފަށް ޝަމްހާއަކީ ކަންތައް ތަކުގައި ގޮތްދޫ ނުކުރާ ކުއްޖެއް ކަން ޝިޔާޒްއަށް އެނގެއެވެ. އެދެމީހުންނާ އެތައް ގޮތަކުން ޝަމްހާ ތަފާތެވެ. ހަމަ އެކަނި ގޮތްދޫނުކުރުމެއް ނޫނެވެ. އަމިއްލަ ބޭނުމަށްޓަކާ ޝަމްހާ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ކުޑަ އިރުއްސުރެން ފެށިގެން ޝަރީފާ އެފަދަ ކަންތަކުގައި ޝަމްހާއާ އެއްކޮޅަށް ހުންނާތީއެވެ. ބޮޑެތި ވެގެން އައި އިރު އެތައް ފަހަރަކު ޝައުފާ ބުނާ ކިތަންމެ ކަމެއް ކޮށްނުދީ ޝަރީފާ ވާނީ ޝަމްހާ ބުނާ ކަންތައް ކޮށްދީފައެވެ.

ޝިޔާޒް ދެފަރާތައް ބޯހަލުވާލިއެވެ.

“މިޝާލްއާ ޝަމްހާ… އެއްކަހަލަ ދެމީހުން… މައިން ބަފައިންގެ ލޯބިން ހަލާކު ކޮށްފަ އެތިބީ…” ޝިޔާޒް ބުނެލިއެވެ.

ޝިޔާޒް ބަލަން ބޭނުންވީ އަނޫޝާ މިޝާލްއާ ކައިވެނި ކުރުމަށް އެއްބަސް ކުރުވުމަށް ޝަރީފާ ހެދި ގޮތެކެވެ. ވިސްނާވިސްނާވެސް އަނޫޝާއަށް އެކަމަށް މަޖުބޫރު ކުރުމަށް ޝަރީފާ ބޭނުން ކުރާނީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ޝިޔާޒްގެ ވިސްނުމަކަށް ނައެވެ.

“އަހަރެން ހިތަށް އަރަނީ މަންމަ ކީކޭ ބުނެގެން ބާއޭ އަނޫ އެއްބަސްވީ… މިޒޫއަކަށް ނޭނގޭތަ؟ މިޒޫ މަންމައަކަށްވެސް ނޭނގޭތަ؟ ނުބުނޭތަ؟” ޝިޔާޒް އެހިއެވެ.

“އަހަރެން އަހަންތަ ޝަމްކޮ ކައިރީގަ؟ އަހަންނަށް ހީވަނީ އޭނައަށް އެނގޭނެހެން” މިޒްނާ ބުންޏެވެ.

“އޭނައަށް އެނގުނިއްޔާ ބުނާނެތަ؟” ޝިޔާޒްއަށް އެއީ ވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

“އޭނަވެސް އެހާ ބޯހަރިއްޔާ މަވެސް މީ އަހުމަދު މިޝާލް ޒަރީރުގެ ކޮއްކޮ… އެނގިދާނެއެއްނު ކާކުތޯ ގަދައީ!” މިޒްނާ ތެދުވިއެވެ.

މިޒްނާ އެހެން ބުނި ގޮތުން ޝިޔާޒް ގާތަށް ހިނި އައެވެ. އެވަގުތު އައިއްސަ ހުރި ރުޅި އެކީ ފިނިވި ކަހަލައެވެ. މިޒްނާގެ އަތުގަ ހިފާ ކައިރީގައި ބައިންދާފައި ޝިޔާޒް މިޒްނާ ގައިގަ ބައްދާލިއެވެ.

“މަށަށްވެސް އެނގިފަ އޮތީ ތީ ގޮތްދޫނުކުރާ ކުއްޖެއްކަން… އެކަމަކު ބޯހަރު ކަމެއް ނޭނގެ… އެކަން ޖެހޭނީ ސާބިތު ކޮށްދޭން…” ޝިޔާޒް ބުންޏެވެ.

އެދުވަހުގެ ފަހުން މިޒްނާ ވިސްނީ ޝަމްހާގެ ވިސްނުމާ ކުޅެލާނެ ގޮތަކާ މެދުއެވެ. ޝަމްހާގެ އިތުބާރު ހޯދާ މިޒްނާ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ޝަމްހާގެ ފަރާތުން ހޯދާނެ ގޮތަކާ މެދުއެވެ.

އެރޭ ޝަމްހާމެން ގެއިން އައި ފަހުން މިޝާލް ކުރިއަށް ވުރެން ބޮޑަށް އަނޫޝާއާ ދިމާއަށް އެއްޗެހި ކިޔާ ހަދަން ފެށިއެވެ. އެއް ގޮތަކަށްވެސް އަނޫޝާ ކުރާ ކަމެއް މިޝާލްއަށް ކަމުދާ ކަމަކަށް ނުވެއެވެ.

އެރޭގަ ފަހުން ޝަމްހާއާ ބައްދަލު ކުރުން މިޝާލްއަށް އުނދަގޫ ކަމަކަށް ވިއެވެ. އެހެންނާ ފޮނުވާހެން ޝަރީފާ ޝަމްހާ ހުޅުމާލެއަށް ދިޔަކަ ނުދެއެވެ. އަދި ޝަމްހާ މިޝާލްއަށް އެގެޔަށް އައުން މަނާ ކުރީ ޝިޔާޒްގެ އަމުރާ ދެކޮޅު ހަދަން ޖެހިލުން ވާތީއެވެ. އެހެން ވުމުން މިޝާލް އަނޫޝާއަށް ބޭނުންވާ ރޭތައް ގިނަވާން ފެށިއެވެ. ކުރިންވެސް އެކަމާ އެއްވެސް ޝަކުވާއެއް ނުކުރާ އަނޫޝާ ފަހުންވެސް ޝަކުވާއެއް ނުކުރެއެވެ. މިޝާލް އޭނަ ބޭނުން ކުރާ އެއްޗެހި ބޭނުން ނުކޮށް ގެޔަށް އަންނަ ރޭރޭ އަނޫޝާއަށް މިޝާލްގެ ފަރާތުން އަނިޔާއެއް ނުލިބުނު ނަމަވެސް ހަމަ ހޭގައި މިޝާލް ނުހުންނަ ރޭރޭ އަނޫޝާއަށް ލިބެނީ އަނިޔާއެވެ.

ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ގޭއެކަކު ކައިރީގަވެސް އަނޫޝާ ނުބުނެއެވެ. އަދި އެކަން އެހެން މީހަކަށް އެނގުނަވެސް ނުދެއެވެ.

މިޒްނާ ބޭނުންވި ފުރުސަތު ގިނަ ދުވަހެއް ނުވެ ލިބުނެވެ. އެކި ގޮތްގޮތުން ޝަމްހާއާ ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން އެއްރޭ ދެމީހުން ކާން ތިބެފައި މިޒްނާ އެވާހަކަ ފެށިއެވެ.

“އަސްލު އަނޫއަށް ވުރެން ޝަމް މާ ގުޅޭ ދޮންބެއާ” މިޒްނާ ވާހަކަ ފެށީ ދުރުދުރުންނެވެ.

“އެކަމަކު އޭނަގެ އަނތްބަކަށް އެވީ އަނޫއެއްނު؟” ޝަމްހާ އެވާހަކައަށް މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.

“އަހަރެން ހިތަށް އަރާ އަސްލުވެސް ދޮންބެ ޝަމްއާ މެރީ ކުރި ނަމައޭ… އެކަމަކު…” މިޒްނާ ނުބުނެ ހުއްޓާލިއެވެ.

“އެކަމަކު ކިހިނެއްވީ؟” ޝަމްހާ އަހާލިއެވެ.

“އެވާހަކަ ދެން ނުދައްކާ. ޝަމް ބުނަންވީނު ދޮންބެ ކައިރީގަ އަނޫ ވަރި ކުރާށޭ؟” މިޒްނާ ބުނެލިއެވެ.

“ކީއްކުރަން؟” ޝަމްހާ އަހާލިއެވެ. ޝަމްހާގެ އެސުވާލުން މިޒްނާގެ ހިތުގައި އިތުރު ސުވާލު އުފެދުނެވެ.

“އޭރުންނެއްނު ޝަމްއަށް ދޮންބެއާ މެރީ ކުރެވޭނީ؟” މިޒްނާ ބުންޏެވެ.

“މިޝާލްއަށް އަހަންނާ އިނދެވިދާނެ އަނޫ ވަރި ނުކުރިޔަސް… އެހެން ނޫނަސް އޭނަ އަނޫ ވަރިއެއް ނުކުރާނެ. އަނޫ އޭނަޔާ ރައްޓެއްސެއް ނުވާނަމޭ ބުނީމަ ވިއްޔަ އިނީވެސް… އެހެން ވީމަ އެހާ ފަސޭހައިން ވަރިއެއް ނުކުރާނެއެއްނު؟” ޝަމްހާއަށް އެކަން އެނގުނީ މިޝާލްގެ ފަރާތުންނެވެ.

“އަނޫ ކޮން އިރަކު ބުނީ ތިހެން؟” މިޒްނާއަށް އަހާލެވުނެވެ. އެއީ މިޒްނާއަށް ނޭނގޭ ކަމެކެވެ.

“މިޝާލް އަނޫ ކައިރީ އޭނައާ ރައްޓެހިވާން ބުނީމަ އަނޫ ބުނީ އޭނަ ޑްރަގްސް ބޭނުން ކުރާތީ ރައްޓެއްސެއް ނުވާނަމޯ… އެހެންވެ މިޝާލް މިޒޫ މަންމަ ކައރިގަ ބުނެގެން އަނޫއާ އިނީ” ޝަމްހާ ކިޔާދިނެވެ.

“މަންމަތަ އަނޫ ކައިރީގަ ދޮންބެއާ އިންނާށޭ ބުނީ؟” މިޒްނާ އެހިއެވެ.

“އުހުނ… މިޒޫ މަންމައެއް ދެން ނުބުނާނެއެއްނު އަނޫ ކައިރިއަކު؟ މިޝާލް ބުނީ އޭނަ އެކަންތައް ހުއްޓާލާނަމޯ އަނޫއާ އިނދެފަ… އެހެންވެ މިޒޫ މަންމަ ބޭނުންވީ އަނޫ ރުއްސަން” ޝަމްހާ ފޯރިއާ އެކު ކިޔާދެމުން ދިޔައެވެ.

“އަނޫ ކިހިނެއް ގަބޫލުވީ؟ އޭރު ޒިހާންއާ ރައްޓެހި ވެގެން އުޅެފަ ކުއްލިއަކަށް ދޮންބެއާ އިނީމަ އަހަރުމެންވެސް ތިބީ ހައިރާން ވެފަ” މިޒްނާ ސުވާލު ކުރަމުން ދިޔައެވެ.

“އަނޫ އެއްބަސް ކުރުވީ މަންމަ” ޝަމްހާ ބުނެލިއެވެ.

“އަސްލުވެސްތަ؟ ހާދަ ހީނުވެޔޭ މަންމައަށް ވެދާނެހެން…” މިޒްނާ ބުންޏެވެ.

“އައްދޭ… މަންމައަށް އެކަން ނުވިނަމަ ދެން އެހެން މީހަކަށްވެސް ނުވީސް… އެހާ ސަޅިކޮށް މަންމަ ކޮށްލީ” ޝަމްހާ ފޮނިވެލިއެވެ.

“ކިހިނެއްތަ ހެދީ؟” މިޒްނާއަށް އަހާލެވުނެވެ.

“މިޒޫ ރުޅި އަންނާނެ ބުނެފިއްޔާ” ޝަމްހާ މިޒްނާއަށް ބަލާލިއެވެ.

“އަހަރެން ރުޅި އަންނަންވީ ކޮން ކަމަކާ؟” މިޒްނާ އަހާލިއެވެ.

“އަސްލުވެސް… މިޒޫ މަންމައަށް އެނގިއްޖެއްޔާ ވަރަށް ރުޅި އަންނާނެ، ދޮންބެވެސް ނައްޓާނެ” ޝަމްހާ ބުންޏެވެ.

“އެހާ ވަރުގެ ކަމެއްތަ؟” މިޒްނާ އެހިއެވެ.

“އަސްލު މަވެސް ގަބޫލު ކުރަން އެހެން ހަދައިގެން ނުވާނެކަން… އެކަމަކު އޭރު މަންމަ އަސްލުވެސް ހީކުރީ އަނޫ މިޝާލްއާ އިނދެފިއްޔާ ޒިހާން އަހަންނާ އިންނާނެ ކަމަށް… އަހަރެންވެސް ހީކުރީ އެހެން، އެކަމަކު އަނޫ އޭނަޔަށް ހަދާފަ ހުރީ ކޮން ޖާދުލެއް ކަމެއް ނޭނގެ އަހަންނަކަށް، އުޅެއުޅެވެސް ޒިހާން އަހަންނާ ދިމާލަށް ބަލާވެސް ނުލި. މިހާރު ހުރެބަލަ ފޮނި ވެފަ މިޝާލްއާ އިނދެވުނީތީ… އޭނަ ހީކުރީ މިޝާލްއަކީ އޭނަޔަށް އެކަނި ހުރި މީހެއް ކަމަށް… މިޝާލްއަކީ އޭނަގެ ފިރިމީހާއަށް ވިޔަސް އަހަރެން—” ޝަމްހާ އެހިސާބަށް ބުނެފައި ހުއްޓާލިއެވެ.

މިޒްނާ އެއްޗެއް ނުބުނެ އިނީ ޝަމްހާ ބުނާ އެއްޗެއް އަޑު އަހާށެވެ.

“މިޒޫއަށް އެނގޭތަ؟ މަންމަ ބުނީ މިޒޫ މަންމަ ބުންޏޭ ކިޔާފަ… އަނޫ މިޝާލްއާ ނީނދެފިއްޔާ މިޒޫއާ ދޮންބެގެ ކައިވެންޏެއްވެސް ނުކުރެވޭނެޔޭ” ވާހަކައިގެ ފޯރީގައި ނުބުނަން އިނދެފައިވެސް ޝަމްހާ ބުނެލިއެވެ. އަނޫޝާއަށް އެކަމުން ލިބުނު ހިތާމައަކީ ޝަމްހާއަށް އުފާ ލިބޭ ކަމެއް ކަމުން އެކަން މިޒްނާއަށްވެސް އަންގާލާ ހިތުން ކެތް މަދުވެފައި އިން ޝަމްހާއަށް މިޒްނާއަށް އެވާހަކަޔާ އެހާ ގަޔާ ނުވެވޭ ކަމެއްވެސް އިހުސާސެއް ނުކުރެވެއެވެ.

މިޒްނާއަށް ޝަމްހާއާ ދިމާއަށް ބަލަން އިނދެވުނެވެ. ޝަރީފާ އެވަރުގެ ދޮގެއް ހަދާފާނެ ކަމަށް ގަބޫލު ކުރަން ދަތިވެފައެވެ. އަނޫޝާއަށް އެފަދަ ގޮތަކަށް މަޖުބޫރު ކޮށްގެން އޭނަ ކުރަން ބޭނުން ނުވާ ކަމެއް ކުރުވީތީ އެކަން ގަބޫލު ނުކުރެވިފައެވެ.

އެފަދަ ކަންތައްތަކަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް ދެރައެއް ދިނުމަށްޓަކާ ކޮށްފާނެ ކަމެއްކަން މިޒްނާއަށްވެސް އެނގެއެވެ. ނަމަވެސް ޝިޔާޒް ފަދަ ރަނގަޅު މީހެއްގެ އާއިލާއަކީ އެފަދަ އާއިލާއެއް ކަމަކަށް ގަބޫލު ކުރާކަށް މިޒްނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ޝަރީފާ އެކަން ކޮށްފާނެ ކަމާމެދު މިޒްނާގެ ހިތުގައި ޝައްކު ނުކުރެވެންވީ ސަބަބެއް ނެތެވެ. ކުރިންވެސް ޝަރީފާއާ ޝަމްހާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތް މިޒްނާއަށް ވަނީ އެނގިފައެވެ. ފެނިފައެވެ.

“މަންމަ އެހެން ބުނިތަ؟” މިޒްނާއަށް އަހާލެވުނެވެ.

“އާނ… މަންމައަށް އެނގޭ އެހެން ބުނެފިއްޔާ އަނޫ ކޮންމެ ކަމެއްވެސް ކޮށްފާނެ ކަން، ދޮންބެ ދެކެ އޭނަ އެހާ ލޯބި ވާނެ ވިއްޔަ! އެހެންނޭ ވާނީ އެހެން މީހުންނާ ހެދި އެހާ ވަރުން އުޅެންޏާ… މިހާރު ކާކުތަ އަމިއްލަ ކަންތަކަށް ވުރެން އެހެން މީހުންގެ ކަމަކަށް އިސް ކަން ދޭނީ؟ ގައިމުވެސް މަށަކަށް ނުވާނެ!” ޝަމްހާ ބުނެލިއެވެ.

“އެހެން ވިއްޔާ އަނޫ ހީކުރާނެދޯ މަންމަވެސް އެކަމުގަ ބައިވެރި ވިޔޭ…” މިޒްނާއަށް އެހެން ބުނެވުނީ އަމިއްލަ ނަފްސާ މުޚާތަބު ކޮށެވެ.

“ތީ އަދި މަ ނުވިސްނާ ތަންކޮޅެކޭ! އާނ ދޯ! އަނޫ ހީކުރާނެ ނަސީރައްތަގެ އަތެއްވެސް މިކަމުގަ އެބަވެޔޭ!” ޝަމްހާ ބުނެލިއެވެ.

“މިހާރު ހިތްހަމަ ޖެހިފަތަ ތިތިބީ ދެން؟” މިޒްނާއަށް އެހެން އަހާލެވުނީ ރުޅިވެރި ކަމާ އެކީގައެވެ. އެވަގުތު އެކަމާ ޝަމްހާއަށް އެއްވެސް އެއްޗެއް ނުބުނަން ނިންމައިގެން އިން ނަމަވެސް ޝަމްހާމެންގެ ނުބައި ރޭވުމުގައި ނަސީރާގެ ނަން ހިމެނީތީ މިޒްނާއަށް ރުޅި އާދެވުނެވެ.

މިޒްނާގެ މޫޑް ކުއްލިއަކަށް ބަދަލު ވުމުން ޝަމްހާއަށް މިޒްނާއާ ދިމާއަށް ބަލާލެވުނެވެ.

“ޝަމްހާ ހީކުރީތަ ކުރެވިގެން ތިއުޅެނީ މާ މޮޅު ކަމެއް ކަމަށް؟ އެހާ ފޯރީގަ ތިވާހަކަތައް ތިކިޔާ ދިނީ؟ އަހަރެން ބޭނުންވީ އަނޫ ޒިހާންއާ ރައްޓެހި ވެގެން އުޅެފަ ދޮންބެއާ އިނީ ކީށްވެގެން ތޯ ބަލަން، މިހާރު އެނގިއްޖެ. އަހަރެން ހީވެސް ނުކުރަން ތީ ތިވަރުގެ ބައެއް ކަމަކަށް… އަނޫ ޒިހާން ދޫކޮށްލީމަ ދެންވެސް އޭނަ ހަމަޖެހިލައިގެން އުޅުނަ ނުދޭން ވެގެން ޝަމްހާ ދޮންބެގެ ފަހަތުން ތިއުޅެނީ… ސާބަސް! ހަމަ ސާބަސް!” މިޒްނާ ތެދުވިއެވެ.

ޝަމްހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެވަގުތުވެސް ކުރެވުނު ކަންތަކާ ދެރަ ވުމަށް ވުރެން ބޮޑަށް ޝަމްހާ ގަތީ ބިރެވެ. މިޒްނާ އެހުރިހާ ވާހަކައެއް ޝިޔާޒްއަށް ކިޔާދީފާނެތީއެވެ. އެކަން އެނގުމުން ޝިޔާޒް ހަދާފާނެ ގޮތަކާ މެދުއެވެ.

“މިޒޫ…” ޝަމްހާ އަވަސް އަވަހަށް ތެދުވަމުން ގޮވާލިއެވެ. މިޒްނާ ހުއްޓިފައި އެނބުރި ބަލާލިއެވެ.

“ދޮންބެ ކައރީގަ—”

“ބުނާނަން… ހީނުކުރާތި އަހަރެން ޝިޔާޒް ކައިރީގަ މިވާހަކަ ނުބުނާނެ ކަމަށް… ތިމީހުން ހުރިހާ ކަމެއް ކޮށްފަ ސިއްރު ކޮށްގެން ތިބެވޭނެ ކަމަށް ހީނުކުރާތި” މިޒްނާ ޝަމްހާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރަން ފުރުސަތެއް ނުދިނެވެ. އަދި އޭނަ ބުނަން ވީ އެއްޗެއް ބުނެފައި ގޮސް މައްޗަށް އެރިއެވެ.

ހަވީރު ޝިޔާޒް ގެޔަށް އައުމުން މިޒްނާ އެހުރިހާ ވާހަކައެއް ޝިޔާޒްއަށް ކިޔާ ދިނެވެ.

“ލަދު ގަނޭ އެއީ އަހަރެންގެ މަންމައޭ ބުނަންވެސް…” ދެފަރާތަށް ބޯހަލުވާލަމުން ޝިޔާޒް ބުނެލިއެވެ.

“ދެން ކިހިނެއް ހަދާނީ؟” މިޒްނާ އެހިއެވެ.

“މިޝާލް ޖެހޭނީ އަނޫ ވަރި ކުރަން!” ވިސްނާލަމުން ޝިޔާޒް ބުންޏެވެ.

“އެކަމަކު… ޝަމްކޮވެސް ބުނި ދޮންބެ އަނޫ ވަރިއެއް ނުކުރާނެޔޭ” މިޒްނާއަށް އެއީ އެހާ ފަސޭހައިން ވެދާނެ ކަމެއް ހެނެއް ހިއެއް ނުވެއެވެ.

“ކޮންމެ ގޮތެއް ހަދާފަވެސް މިޝާލް ޖެހޭނީ އަނޫ ވަރި ކުރަން، އެގޮތަށް އަނޫއެއް ނުތެޅުވޭނެ އޭނައަކަށް…” އެހެން ބުނި އިރު ޝިޔާޒްގެ އަޑުގައި ވަނީ އަޒުމެވެ. ކޮންމެ ކަމެއް ކުރަން ޖެހުނު ކަމުގައި ވިޔަސް މިޝާލްގެ ކިބައިން އަނޫޝާ މިނިވަން ކޮށްދޭން ޝިޔާޒް ހުރީ ތައްޔާރަށެވެ.

“ޝިޔާޒް!” ކޮޓަރީގެ ދޮރާ ދިމާއަށް ދިޔަ ޝިޔަޒްއަށް މިޒްނާ ގޮވާލިއެވެ. ނަމަވެސް ޝިޔާޒް މަޑެއް ނުކުރެއެވެ.

“މަޑުކޮށްބަލަ އިހަށް… ކޮންތާކަށްތަ ތިދަނީ؟” ޝިޔާޒްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ދަމުން މިޒްނާ އެހިއެވެ.

ޝިޔާޒް މިޒްނާއަށް ޖަވާބެއް ނުދީ ސިޑިން ފޭބިއެވެ. ސިޓިންގރޫމްގައި އެކަކުވެސް ފެންނަން ނެތުމުން ޝިޔާޒް ޝަރީފާގެ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ.

“މަންމާ!” ޝިޔާޒް ބާރަށް ގޮވާލިއެވެ.

ކޮޓަރިތެރޭ ފޮތެއް ހިފައިގެން އިން ޝަރީފާ ޝިޔާޒްގެ އަޑަށް ސިހިގެން ދިޔައެވެ. އެހާ ބާރަށް ޝިޔާޒް ގޮވާލުމުން އަވަސްއަވަހަށް ކޮޓަރން ނިކުންނަން ޝަރީފާ ދިޔައެވެ. ނަމަވެސް ދޮރާ ހަމައަށް ދާން ނެގި ދެތިން ސިކުންތުވެސް ޝިޔާޒްއަށް ވީ ވަރަށް ގިނަ އިރަށެވެ.

“މަންމާ…” ޝިޔާޒް އަނެއްކާވެސް ގޮވާލިއެވެ.

“އޯއި އޯއި… މި ނިކުތީއޭ… ކިހިނެއްތަވީ؟” ކޮޓަރިން ނިކުންނަމުން ޝަރީފާ އެހިއެވެ.

“މަށަށް ވުރެން މާރަނގަޅަށް މަންމައަށް އެނގޭނެ ވެގެން މިއުޅޭ ގޮތް” ޝިޔާޒް ބުނެލިއެވެ. ޝަރީފާއަށް ޝިޔާޒް ބުނި އެއްޗެއް ނުވިސްނުނެވެ. ސުވާލުން ފުރިގެން ވީގޮތަކަށް ޝަރީފާ އޭނަގެ އެންމެ ދޮށީ ދަރިފުޅާ ދިމާއަށް ބަލަން ހުއްޓެވެ.

ކޮންމެވެސް ބޮޑު ކަމެއް ވެގެން ނޫނީ ޝިޔާޒް އެވަރަށް ރުޅި އައިސްފައި ނުހުންނާނެ ކަން ޝަރީފާއަށް އެނގެއެވެ. ޝިޔާޒް އަކީ ޝިޔާޒްގެ ބައްޕަ ލަތީފް ފަދަ މަޑުމައިތިރި މީހެކެވެ. ރުޅި އަޔަސް އެރުޅި ކޮންޓްރޯލް ކުރަން ދަންނަ މީހެކެވެ. ވަރަށް ބޮޑު ކަމެއް ދިމާ ވެގެން ނޫނީ އެގޮތަށް ވާހަކައެއް ނުދައްކާނެއެވެ.

“މިޒޫ ބުނެބަލަ… ކިހިނެއްވީތަ؟” ޝިޔާޒްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ޝަރީފާ މިޒްނާއާ ސުވާލު ކުރިއެވެ.

“މިޒޫ މަންމަ ބުނިތަ އަނޫ މިޝާލްއާ އިންނަން އެއްބަސް ނުވިއްޔާ މިޒޫއާ އަހަންނަކަށް ނީނދެވޭނެޔޭ؟” ޝިޔާޒް ދިޔައީ ސީދާ މައުޟޫއަށެވެ.

އެސުވާލުގެ އަޑު އިވުމާ އެކީ ޝަރީފާއަށް މިޒްނާއާ ޝިޔާޒްގެ މޫނަށް ވަކިވަކިން ބަލާލެވުނެވެ. އަނގައިން ބަސް ހުސްވި ކަހަލައެވެ. އެއްޗެއް ނުބުނެ ހުރި އިރު އެކަން ޝިޔާޒް އަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.

“މަންމާ، މިޒޫ މަންމަ ބުނިތަ އެހެން؟” ޝިޔާޒް ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލިއެވެ.

“ކާކު ބުނީ؟” ޝަރީފާ އެންމެ ފަހުން އަހާލިއެވެ. އޭނަ ބޭނުންވީ އެކަން ޝިޔާޒްއަށް އެނގުނު ގޮތެއް ބަލާށެވެ.

“އަދިވެސް ބުނި މީހަކު ބަލަންތަ މަންމަ ބޭނުން ވަނީ؟ ކޮންމެ މީހަކު ބުންޏަސް އަހަރެން މިއަހަނީ މިޒޫ މަންމަ އެހެން ބުނިހޭ؟” ޝިޔާޒް ހައްތަހާ ރުޅި ގަދަވިއެވެ. ނަމަވެސް ސުވާލު މިކުރެވެނީ މަންމައާ ކަން ޝިޔާޒް ހަނދާން ނައްތައެއް ނުލައެވެ.

“ނުބުނޭ” ޝަރީފާ ޖަވާބު ދިނެވެ.

“ދެން ކީއްވެ މަންމަ އަނޫ ކައިރީގަ އެވަރުގެ ދޮގެއް ހެދީ؟ އަނޫ މިޝާލްއާ އިނދެގެން މަންމައަށް ކޮން ފައިދާއެއް ވީ؟ އޭނަޔާ ޒިހާން ވަކިކޮށްގެން މަންމައަށް ކޮން މޮޅެއް ވީ؟” ޝިޔަޒް އަހާލިއެވެ. އެއަޑުގައި ރުޅިއަށް ވުރެން ބޮޑަށް ވީ ޝަކުވާއެވެ.

މިފަހަރުވެސް ޝަރީފާ ޖަވާބެއް ނުދިނެވެ.

“އެވެސް މީހެއްގެ ދަރިއެކޭ… އޭނަވެސް އުފަލާ ހިތްހަމަ ޖެހުން ބޭނުން ވާނެ، ލޯބިވެސް ބޭނުން ވާނެ… އޭނަ ޒިހާންއާ އިނުން އެއީ ގޯހެއްތަ؟ ލޯތްބާ އުފަލާ ހިތްހަމަ ޖެހުމާ ލިބެން ވަނީ ހަމަ އެކަނި މަންމަގެ ދަރިންނަށްތަ؟ މިގޭގަ އޭނަ ހަތް އަހަރު ދުވަހު ހުރި އިރު ރުޅި އައިސްގެން ނޫނީ އެއް ދުވަހުވެސް މަންމަގެ ދުލުން އޭނަގެ ނަން ބޭރުވިތަ؟ ޝަމްހާއަށް ޓަކާ މަންމަ ޒިހާންއާ އަނޫ ވަކި ކުރި އިރު ޒިހާން އެގޮތް ބޭނުން ވޭތޯ އެއްފަހަރުވެސް ވިސްނާލިންތަ؟ އެސުވާލު ކުރިންތަ؟ އެހެން ނޫނީ ޝަމްހާއަށް ނުލިބުނު އުފަލެއް އަނޫއަށް ލިބުނަ ނުދޭންތަ އެހެން ހެދީ؟” ޝިޔާޒް އެތައް ސުވާލުތަކެއް އެއްފަހަރާ ކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 8 ވަނަ ބައި

Next

އިންތިޒާރު 1 ވަނަ ބައި

Next
April 5, 2016

އިންތިޒާރު 1 ވަނަ ބައި

Previews
April 5, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 8 ވަނަ ބައި

23 Comments!

  1. lyn says:
    April 5, 2016 at 5:16 pm

    Vv nice mi part vxxxx

  2. nukko says:
    April 5, 2016 at 5:22 pm

    Wowwwwwww…. marshaaaa… hama habbu… v v v habeys.. alhe dhn vaane goii balaahiyy vany.. avssss.. avahah up kohdhechey vaahaka maadhan vs… ♡♡♡♡

  3. Vaahaka says:
    April 5, 2016 at 5:48 pm

    Vara hadi vaahaka

    1. shut up says:
      April 5, 2016 at 6:11 pm

      Dhen kale ah vaahaka hadihyaa kaley vaahaka nukiyaa hurey……kaley nukias mi vaahaka kiyaane myhun vaane…dhn kaley mivaahaka hadiey bunyma hykurany thr dhn mivaahaka ehves myhaku nukiyaaney…..kiyaane myhun ves vaane..so SHUT UP ey bunelan beynun vany….a dhogu marshaaaa mivaahaka v v v rythi….ekahala myhunge kiyaa ehchih sah alhaa laane kameh nei….nd dhera vaane kameh ves nei…..never give up……..thy molhu artist eh…hope tmmrw vx stry up kuraane kamah……….n adh ehfaharu bunelan beynun vanee hadi kudhin mivaahaka nukiaashey….vaahaka kiaane kudhin vaane…ehbayakah hadiyas mivaahaka rythi myhun gina vaanee……SHUT UP ey…nd marshaa mivaahaka v rythi…..never give up…ekahala cmmnt thakah dhera nuvathi….enmen mithibee marshaa aa eky

    2. ilaaf says:
      April 5, 2016 at 10:59 pm

      I agree with u SHUT UP

  4. naxoo says:
    April 5, 2016 at 6:28 pm

    Wowww………. V interesting

  5. Zaanaa says:
    April 5, 2016 at 6:38 pm

    Ahan nah heevanee mee mehaaru jehsumah comment kuraabayeh hen reethi vaahakayeh me meehun nakah nukeyay thivaruge bayaku vaahaka nukeyeema nemuneenu

    1. shine says:
      April 5, 2016 at 10:04 pm

      Asluvx thibuny hama rangalhah.

  6. ken? says:
    April 5, 2016 at 6:50 pm

    shut up ge comment ah hama v saabas dhen…????
    dn marsha keep de hard work..v all appriciate wat u r doing…?

    1. shut up says:
      April 5, 2016 at 9:18 pm

      Thankxxx ..ken….dhn vaahaka hadi kudhin vaahaka nukyma nimunynu dhw…heehee…ekahala myhun bahahtaa ehfaraathuga…heehee

  7. Ellie says:
    April 5, 2016 at 7:09 pm

    Saabaheyy mashaa vv salhi thi kuriyah gendhaa goiyy. Hama habeys. Vaahaka hadiyyaa nukeema nimunun. Bayyeh,

  8. sss says:
    April 5, 2016 at 7:48 pm

    Vaahaka hama v v v v v v v v v v v v v v salhi…v intresting… next part ves avahah up kohlahchey ingey….??

  9. Aimsithu says:
    April 5, 2016 at 8:15 pm

    Wow ey bunelan beynun vany

  10. adeeb bro says:
    April 5, 2016 at 8:39 pm

    Obi. Thanx

  11. shinni says:
    April 5, 2016 at 10:12 pm

    Alhe haadha rythi hisaabakunney thi ninmaaly.. dhn vaane goiy balaa hithun hureveny ehvx noon. Nd this story is so awesome??.. Hadi kudhin vaahaka nukyma rangalhuvaane, Nd marsha thikuraa hihvarah hama saabas???.. kn irakun nxt part up vaany??!!

  12. Sam says:
    April 5, 2016 at 10:25 pm

    Shut up ge commentah hama saabas.. hama ma hithuga oi ehchehi thi kiyaali. .. marsha great story.. waiting for the next part. . Ur doing a great job

  13. Raees Nasheed says:
    April 5, 2016 at 11:13 pm

    Saabahye shut up… And this story was beautiful….

  14. Mar Sha Marsha says:
    April 5, 2016 at 11:37 pm

    Hahahaha…. raees nasheed ves marsha ge stories kiyanytha?? N adheeb bro ves???? Ehen politician eh neiytha??? Hehehe
    thnx a lot everyone for the support… i love u alll… 10 vana bayah kujjaku koffa in vvv huthuru comment eh marsha unapprove kurin.. but other than that i hv never unapproved a comment.. it was just too “huthuru” for public view… n mi vaahaka faharegga medhukandaalan jehidhaane.. after tomorrow.. eyee marsha ge athuga in extra growth eh remove kuran maadhamaa rey… ehenve… but balaanan kokko eh lavvaa continue kureveytho… n readers n fans ah hama fahfashun shukuriyyaa bari bari ah…
    N one more thing.. mi vaahaka ninmaafa kuda break eh nagaanan marsha.. cos adhives new story eh type nukurevigen miulheny.. liye nimifa but not typed.. ehen ve… n next part maadhan up kohdheynan Insha Allah.. n once again thnx lots n lots all…

  15. angel says:
    April 6, 2016 at 12:28 am

    Maashaa Allah
    Interestin story..
    N agry wid shut up

  16. Anonymous says:
    April 6, 2016 at 9:19 am

    Marshaaaa…ehen noonee ehen site ehga mivaahaka innaane tha?

    1. Mar Sha Marsha says:
      April 6, 2016 at 10:13 am

      Kurin innaane but mihaaru neiy.. sorrryyy

  17. Yu mee says:
    April 6, 2016 at 12:27 pm

    I agree with you SHUT UP. And Marsha you are the best ever. V habeys and interesting story Eh. ???????

  18. Aimsithu says:
    April 7, 2016 at 7:19 pm

    Varah heevey shamha ves preg kohllaane kamah

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 14←


All Right Reserved!