Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 12

Itxlevender
Itxlevender Level 210 Stories100 Comments100 Login
May 1, 2026 11 Mins Read
13 Comments

ކެމިސްޓްރީ ގަޑި ނިމި ދެން އޮތީ ބްރޭކް ގަޑިއެވެ. ގިނަ ކުދިންތައް ކްލާހުން ނުކުމެގެން ދިޔައީ ބެލްގެ ރިންގް އަޑު ނުކެނޑެނީހެންނެވެ. ކުދި ކިޔަމުން ކެމިސްޓްރީ ޓީޗަރު އޭނާގެ ސާމާނުތައް ހަމަކުރުމުގައި އުޅުނެވެ. ކައިރާ ފޮތްތައް ހަމަކުރުމުގައި އުޅެނިކޮށް ލިއާ މަޑުމަޑުން ކައިރާގެ ފައިގަ ޖަހާލުމުން އިސްއުފުލާލިއިރު ލިބުނީ ހައިރާންކަމެކެވެ.

ކައިރާގެ ޑެސްކުގައި އަތް އަޅުވާލައިގެން އެހުރީ އަލީޝާއެވެ. އެހެންޏާ ފެންނަ ބޮޑާ ހިނިތުންވުމުގެ ބަދަލުގައި މިއަދު ހުރީ އެކުވެރި ހިނިތުންވުމެއްގައެވެ. ކައިރާ އެއްބުމަ އަރުވާލިއެވެ. “ވާވް…އައެމް އިމްޕްރެސްޑް ކައި…ޔޫ ހެވް ބީން ހައިޑިން އިޓް ދިސް ވޯހލް ޓައިމް…” އަލީޝާގެ އަޑު ތުއި ވެފައި ހިމަވި އިރު ކައިރާ އަށް ދެލޯ އަޅާނުލެވުނީ ކިރިޔާއެވެ. މިއޮއް ހުރިހާ ދުވަހު ބޮޑާ ކަމާއެކު ވާހަކަ ދައްކަމުން ދިޔަ މީހާ މިއަދު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. އެވަގުތުކޮޅުވެސް ގާތުގައި އިން ލިއާއަށް އަލީޝާ ދިން ފޫހި ނަޒަރު ކައިރާއަށް ފާހަގަވިއެވެ.

“ކޮންމެހެން އެނގެން ޖެހޭ އެއްވެސް ކަމެއް އަހަރެން ފޮރުވައިގެން ނޫޅެން…” ކިތައްމެ ފޫހިވެފައި ހުރެވެސް ކައިރާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. އަލީޝާ ދެކެ އެ ވެވޭ ފޫއްސެއް ކައިރާ އަކަށް ނޭނގެއެވެ. ފަހަރެއްގައި ކައިރާގެ މިޒާޖުގެ ގޮތުން އަލީޝާ ފަދަ ކުދިންނާ ގަޔާ ނުވެވެނީއެވެ.

“ސުކޫލްގެ އޯނަރގެ ދަރިފުޅު…! ދެޓްސް ނޮޓް ނަތިން…” ފަހަތުގައި ހުރި މީޝާވެސް ހިނިތުންވުމެއްގައި ހުރެ ބުންޏެވެ. އޭރު އިފާވެސް ބަލަމުން ދިޔަ ގޮތުން ހީވީ ކައިރާ އަލަށް ފެނިގެން ބަލާހެންނެވެ. މި ހަގީގަތެއް ނުވާ ދެއްކުންތެރިކަމުގެ ސަބަބުން ކައިރާގެ ހިތުގައިވި ފޫހިކަން ދިޔައީ އިތުރުވަމުންނެވެ.

“ޔޫ ކުޑް ހޭވް ޓޯލްޑް އަސް…” އަލީޝާ އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ ބުޅި އިސްތަށިކޮޅާއި ކުޅެލިއެވެ. އޭނާގެ އަޑުގައިވީ ޝައުގުވެރިކަމެވެ.

ކައިރާ އިސްއުފުލާލިއެވެ. އެ ބެލުމުގައިވީ ހަމަޖެހުމެވެ. އަލީޝާގެ ފޮނި ވާހަކަތަކަށް ނުހެއްލޭނަމޭ ބުނާފަދަ ނަޒަރެކެވެ. “ވައި ވުޑް އައި…؟”

ކައިރާގެ އެ ޖަވާބުން އަލީޝާގެ ހިނިތުންވުން ގެއްލުނެވެ. އިރުކޮޅަކަށެވެ. ނަމަވެސް އޭނާ ވަރަށް އަވަހަށް އެ އަސަރުތައް ފަރުދާކޮށްލިއެވެ. “ވީ ކުޑް ހޭވް ބިން ކްލޯޒަރ…” އަލީޝާ ޖުމްލަތައް ބުނި އިރު ޖެހިލުންވާ ގޮތެއް ހުއްޓެވެ. “ޔޫ ނޯ…އަމް……ފްރެންޑްސް…”

ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. މީޝާއާއި އިފާވެސް ކައިރާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހިނިތުންވެލައިގެން ހުއްޓެވެ.

“ފަނީ…!” ކައިރާ އެއްޗެކޭ ބުނަން އުޅެނިކޮށް އަޑު އައީ އަލީޝާގެ ފަހަތުންނެވެ. އޭރު ފަހަތުގައި ހުރީ އިޝާން އާއި އަނަފްގެ އިތުރުން ކައިލްއެވެ. އަލީޝާއަށް ހައިރާންކަން ލިބުނެވެ. ކައިލް އެ ދެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި އިރު މޫނުމަތީގައިވީ އެހެންޏާވެސް ހުންނަ ނުރައްކާތެރި ސީރިއަސް ކުލަވަރެވެ. އަލީޝާގެ ނަޒަރު ދެން ހުއްޓުނީ އިޝާނަށެވެ. އެހެނީ ދެންމެ ވާހަކަ ދެއްކީ އިޝާންކަމަށް ވުމުންނެވެ.

“ވަޓްސް ފަނީ…؟” ކިތައްމެ ގަދަވެލާފައި ވާހަކަ ދައްކަން އުޅުނުނަމަވެސް އަލީޝާގެ އަޑު ނިކުތީ ޖެހިލުންވުމާއެކުއެވެ.

އިޝާން އެއްފިޔަވަޅު ކުރިޔަށް ޖެހިލިއެވެ. އޭނާ މަލާމާތުގެ ގޮތަކަށް ހީލިއެވެ. “ހައު ފާސްޓް ޕީޕަލް ސްވިޗް އަޕް…”

އަނެއްކާވެސް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ލިއާ އާއި ކައިރާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ލިއާ އިނީ ކައިރާގެ ހިނިގަނޑު ފަޅައިގެން ގޮސްފާނެތީ އެކަމާ ކަންބޮޑުވެފައެވެ. މީހަކު ނުބުންޏަސް އަލީޝާ އެތަނަށް އައީއްސުރެ ލިއާ އިނީ ނުތަނަވަސްވެފައެވެ.

“ވަޓްސް ދެޓް ސަޕޯސްޑް ޓު މީން…؟” އިޝާން އާއި އެއްފިޔަވަޅު ކުރިޔަށް ޖެހި އަލީޝާގެ ކުރިމައްޗަށް އަރަމުން އިފާ ވާހަކަދެއްކިއެވެ. ހީވަނީ އަލީޝާގެ ބޮޑީގާރޑްހެންނެވެ.

“މީންސް ޔޫ ޑިޑިންޓް ކެއަރ ހޫ ޝީ ވޯޒް އޭން އަވަރ އެގޯ…” މިފަހަރު ވާހަކަ ދެއްކީ އަނަފްއެވެ. އޭނާގެ ޖުމްލަ އެކަނިވެސް އިފާ ފަހަތަށް ޖައްސާލުމަށް ފުދުނެވެ.

“އެންޑް ނައު ސަޑަންލީ ޔޫ ޑޫ…!” އިޝާން އިތުރުކޮށްލިއެވެ.

އަލީޝާއަށް ދަތްކުނޑި ވިކާލެވުނެވެ. ނަމަވެސް އިހުސާސްތައް ހަމަޔަކަށް އަޅުވަމުން އޭނާ ވާހަކަދެއްކިއެވެ. ހިތް އެދޭ ފަރާތް ކުރިމަތީ ހުރިއިރު އިޝާން އާއި އަނަފް އޭނާއަށް ބަހުން ޖަހަމުން ދާތީ އަލީޝާ ހުރީ ރުޅިގަދަވެފައެވެ. “ވީއަރ ޖަސްޓް ބީއިން ނައިސް…” އަލީޝާ ބުނެލިއެވެ. އެ ޖަވާބާއެކު އިޝާން އާއި އަނަފްއަށް ނުހުރެވިގެން ހެވުނެވެ.

“ޔާހ…ލުކްސް ރިއަލީ ޖެނުއިން…” އަނަފް ޖެއްސުމަށް ބުނެލިއެވެ. އެވަގުތު ކައިލް ހިނގައިގަތުމުން އޭނާ ފަހަތުން އިޝާން އާއި އަނަފް ވެސް ދިޔައެވެ.

“ވައި ޑޫ ޔޫ ކެއަރ…؟” މިފަހަރު ރުޅިވެރިކަން ފޮރުވަން އަލީޝާ ނުކުޅެދުނެވެ. އިޝާން އާއި އަނަފް ބަލާލިއިރު އަލީޝާގެ މޫނު ހުރީ ޓޮމާޓޯއެއްހާ ރަތްވެފައެވެ. ބުޅި އިސްތަށިގަނޑާ ހުރެ އިތުރަށް އޭނާ ޖެހިލުން ކުރުވައެވެ. ނަމަވެސް އެމީހުން ގާތަށް އައީ ހިންޏެވެ.

“ވީ ޑޯންޓް…” އިޝާން ހަމަޖެހިލާފައި ޖަވާބު ދިނެވެ. “ވީ ޖަސްޓް ޑޯންޓް ލައިކް ފޭކް ޕީޕަލް…”

އެ ޖަވާބުން އަލީޝާ ހުއްޓުން އެރިއެވެ. ދެފަހަރަކު އަނގަ ހުޅުވާލި ނަމަވެސް އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މީޝާ އާއި އިފާވެސް ތިބީ ހިމޭންވެފައެވެ. އޭރު އިޝާންމެންވެސް ކްލާހުން ނިކުމެއްޖެއެވެ. އެވަގުތު ލިއާ އަވަސްއަވަހަށް އެކަކަށްވެސް ފާހަގަ ނުވާނެހެން ކައިލް ނިކުމެނިކުމެ ހުއްޓާ އެ މޫނުގެ އެއްފަޅި އަރާނެހެން ފޮޓޯއެއްނެގިއެވެ. މިކަން އެކަކަށްވެސް ނޭނގެއެވެ. ލިބުނު ފުރުސަތުގައި ލިއާގެ އަތުގައި ހިފައިގެން ކައިރާ އަވަސްއަވަހަށް ނިކުތީ އަލީޝާއާއި އިތުރަށް ވާހަކަ ދެއްކުމެއް ނެތިއެވެ. ލިއާވެސް ކިލާހުން ނިކުތް ގޮތަށް އޭނާއާއި އަލްޔާގެ އިތުރުން ސުމާ އިންނަ ގުރޫޕަށް ފޮޓޯ ފޮނުވާލުމަށްފަހު ދަބަހަށް ފޯނު ލިއެވެ.

“ޔޫ އޯކޭ…؟” ކްލާހުން ނިކުމެވުމާއެކު ލިއާ ކައިރާ ގާތު އަހާލިއެވެ. ކައިރާއަށް ލިއާއަށް ބަލާލެވުނެވެ. ހަގީގީ ރަހުމަތްތެރިކަމުގެ އިހުސާސް އޭނާއަށް ކުރެވުނީ ހަމައެކަނި ލިއާ އާއި އެކުއެވެ. ލިއާގެ އަޑުގައި އެއްވެސް ދެއްކުންތެރިކަމެއް ނުވެއެވެ. ކައިރާ ހިނިތުންވެލިއެވެ.

“ގާލް ޔޫ ނޯ އައި ލަވް ޔޫ…” ކައިރާ ބުނެލީ ލިއާ ހީވެސް ނުކުރާ އެއްޗެކެވެ. ލިއާ ދެލޯ ހަނިކޮށްލިއެވެ. ކައިރާ ހީގަނެފައި ލިއާގެ ގައިގާ ހިފައިގަނެގެން ދާން ހިނގައިގަތެވެ.

“އައިލް ބީ ގޮއިން ހޯމް…” ކައިރާ މިއަދުވެސް ކެންޓީނަށް ގެންދަން އުޅެފާނެތީ ލިއާ އަވަސްއަވަހަށް ބުނެލިއެވެ. ނަމަވެސް ކައިރާ ދެކޮޅު ހެދިއެވެ.

“ކެންޓީނަށް ދާކަށް ނޫޅެމޭ…ކަމް ވިތް މީ…” ކައިރާ ލިއާ އަތުގައި ހިފާ ދަމައިގަނެގެން ގެންދަންފެށީ ސިޑިއާއި ދިމާލަށެވެ. އަދި އެ ދިޔަގޮތަށް ގޮސް ގޭޓުން ބޭރަށް ނިކުތެވެ. ވިއްސާރަ ހުއްޓާލާފައި ވީއިރު މާހައުލުގައިވަނީ ތެތްފިނިކަމެވެ. ޖެހެމުން ދާ ވައިރޯޅިން އެކަނިވެސް ރޫރޫ އަޅާގޮތްވެއެވެ.

“ކޮންތާކަށް މިދަނީ…؟” ކައިރާގެ މިސްރާބު އެތާ ކައިރި ރެސްޓޯރެންޓަކަށް ހުރިތަން ފެނި ލިއާ ފަސްޖެހިފައި އަހާލިއެވެ.

“މިތަނަކަށްނު…؟” ކައިރާ ހަމަޖެހިލާފައި ރެސްޓޯރެންޓަށް އިޝާރަތްކުރިއެވެ. އެއާއެކު ލިއާގެ ފިޔަވަޅުތައް މަޑުޖެހޭގޮތްވިއެވެ. އެއާއެކު ކައިރާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަނެއްކާވެސް ލިއާގެ އަތަށް ދަމާލަމުން ދާން ހިނގައިގަތެވެ.

“ކައި ޔުއަރ ސޯ ސްވީޓް…ބަޓް ޔޫ އޯލްރެޑީ ޕެއިޑް ފޯރ މައި ލަންޗް ޔެސްޓަރޑޭ…މިއަދު ދެން ގެޔަށް ދާން ބޭނުމީ…” ލިއާ ފަސްޖެހިފައި ހުރެ އާދޭހުގެ ރާގަކަށް ވާހަކަދެއްކިއެވެ. ނަމަވެސް ކައިރާ އެއްބަސްވާނެހެއްޔެވެ؟

“ލިއާ…” ކައިރާ ވަރަށް ލޯބިން ގޮވާލިއެވެ. “އައި ޑިޑިންޓް ޑޫ ދެޓް ސޯ ޔޫ’ޑް ސްޓަރޓް ކީޕިން ސްކޯރ…” ކައިރާ ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ.

“އެހެންވެއެއް ނޫނޭ…” ލިއާ ހިމޭންކަމާއެކު ވާހަކަދެއްކިއެވެ. “އަހަރެން ބޭނުމެއް ނޫން ފީލްވާކަށް އަހަރެން ކައިގެ……”

“…ފައިދާ ނަގަނީއޭ…؟” ލިއާގެ ޖުމްލަ ކައިރާ ފުރިހަމަކޮށްދިނެވެ. ނުތަނަވަސްވެފައި ހުރެ ލިއާ ބަހެއް ބުނުމެއް ނެތި އިސްޖަހައިލިއެވެ. އޭރު ހިނގަމުން އެމީހުންނަށް އެ ރެސްޓޯރެންޓާ ހަމަޔަށް އާދެވިއްޖެއެވެ.

ކައިރާ ފުން ނޭވާއެއް ދޫކޮށްލަމުން ލިއާއަށް ބަލާލިއެވެ. ދެން މަޑުމަޑުން ހިނިތުންވެލިއެވެ. މިފަހަރު ކުރިޔަށްވުރެ އޯގާތެރި މަޑުމައިތިރި ހިނިތުންވުމެކެވެ. “އަހަންނަށް އެނގޭ ލިއާއަކީ އެކަހަލަ ކުއްޖެއް ނޫންކަން…ދެޓްސް ވައި އައި ލައިކް ޔޫ…” ކައިރާގެ ޖުމްލައިން ލިއާ ބަލާލީ ހައިރާންވެފައެވެ. ކައިރާ އިތުރަށް ތަފްސީލުކޮށްދިނެވެ.

“އިއްޔެވެސް ލިއާ ބޭނުމެއްނުވި އަހަރެން ޕޭކުރާކަށް…އެކަމް މޯސްޓް ޕީޕަލް ހަމަ ދެވަނަ ވިސްނުމަކާ ނުލާ އެއްބަސްވާނެ އެހެން މީހަކު ޕޭކޮށްދެންޏާ…އެކަމަކު ލިއާ އެހެންނެއް ނޫނޭނު…؟ ޔޫ ހެސިޓޭޓަޑް…ދެޓް ޓެލްސް މީ އެވްރިތިންގް އައި ނީޑް ޓު ނޯ…” ކައިރާގެ އަޑުގައިވި އޯގާތެރިކަން ލިއާގެ ހިތާއި ހަމަޔަށް ވާސިލުވިއެވެ. ނުތަނަވަސްވެފައިވާ ސިކުނޑިއަށް ކޮންމެސްވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ގްރީން ބްރީޒް ރެސްޓޯރެންޓްގެ މަތީ ބަޔަށް އެރުންއިރަށް އަނެއްކާ ބޯކޮށް ވިއްސާރަ އޮއްސާލީ އިންޒާރު ދިނުމެއް ނެތިއެވެ. ކައިރާ ހިޔާރުކުރީ އެކަހެރި ހިސާބެއްގައިވާ ތިން މީހުންގެ ޖާގަ އިން މޭޒެކެވެ. އޭރު މޫސުމުގެ ގޮތުން ތަނުގައި މީހުން ވަރަށް މަދެވެ. ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ އާސާރީ ގޮތަކަށެވެ. މުޅި ތަނުގައި ލާފައިވަނީ ލަކުޑި ކުލައެވެ. އެކި ދިމަދިމާލުގައި ބަހައްޓާފައިވާ ގަސްމުށިތަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ. އަދި ފާރުތަކުގައި އާސާރީ ދިރިއުޅުން ދައްކުވައިދޭ ފޮޓޯ ފްރޭމްތައް ވެއެވެ.

ވެއިޓަރ އައުމުން ކައިރާ އޯޑަރ ދިނެވެ. މާހައުލާ ގުޅުވާލާފައި އޭނާ ނެގީ ޗިކެން ސޫޕެކެވެ. ލިއާ އުޅުނީ ހަމައެކަނި ހޫނު ބުއިމަކުން ފުއްދާލާށެވެ. ނަމަވެސް ކައިރާ ގޮތްދޫނުކޮށް މިފަހަރުވެސް އޭނާ ކުރި އޯޑަރ ލިއާ އަށްވެސް ގެނައުމަށް ބުނެލިއެވެ. ދެކުދިންގެ ދެބަސްވުމާހެދި ވެއިޓަރއަށް ގޮތެއް ނުނިންމި މަޑުކޮށްގެން ހުރުމުން މިފަހަރުވެސް ގޮތް ދޫކުރީ ލިއާއެވެ. އެއާއެކު ކައިރާގެ ތުންފަތްމަތިން ފަތަހައިގެ ހިނިތުންވުމެއް ފެނިލިއެވެ.

“ސޯ، ވީ އަރ ބެސްޓީސް ނައު…ޓެލް މީ އެބައުޓް ޔުއަރސެލްފް…” ދަތްދޮޅީގައި ދެއަތް އަޅުވާލަމުން ކައިރާ ލިއާ އާއި ވާހަކަދެއްކީ ޝައުގުވެރިކަމާއެކުއެވެ. ލިއާ ކުޑަކޮށް ހީލިއެވެ. ނުތަނަވަސްކަން ވެރިވެފައިވާ ހިނިތުންވުމެކެވެ. “އިޓްސް ނޮޓް ދެޓް އިންޓެރެސްޓިން…” ލިއާ ބުނެލިއެވެ.

“ކަމޯން ދެން…އިޓް ޑަޒަންޓް ހޭވް ޓު ބީ އިންޓެރެސްޓިން…ޖަސްޓް ބީ އޮނެސްޓް…ޕޭރެންޓްސް، ރިލޭޝަންޝިޕް، ޔުއަރ ޑްރީމްސް، ސްޕިޓް އިޓް އައުޓް…” ކައިރާގެ ވާހަކައިން ލިއާ އާއި ދޭތެރޭ ޝައުގުވެރިވެފައިވާ ވަރު ހާމަވެއެވެ. ކައިރާ އެހާ އުއްމީދާ އެކު އެހުމުން ލިއާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެން ނޫނަސް ހިތާއި ސިކުނޑިވެސް އެއްބަސްވަނީ ކައިރާއަކީ އިތުބާރު ކުރެވޭވަރުގެ ރައްޓެއްސެއް ކަމަށެވެ. ހަށިފުރާ ނޭވާއެއް ލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“މައި ޕޭރެންޓްސް……ގްރޭޑް ސިކްސްގަ އުޅެނިކޮށް ދެވަނަ ޓާރމް ޓެސްޓްތެރޭ މަންމަ ނިޔާވީ…އެކަމާ ހެދި 3 ޓެސްޓަށް ނުދެވުން…އެފަހަރު ގްރޭޑް ރިޕީޓްވި…ނައު އައި ހޯޕް ދެޓް އެކްސްޕްލެއިންސް ވައި އައެމް ނައިންޓީން އިން ދިސް އިލެވެންތް ކްލާސް…ދެން ބައްޕަ އެހެން މީހަކާ މެރީކޮށްގެން އެރަށުގައި ދިރިއުޅެނީ…މި ރަށަކީ އެޓޯލްގެ ކެޕިޓަލް ވީމަ އަހަރެން މިރަށުން ނުގެންދަންވެގެން ކިޔަވަން ބެހެއްޓީ ބޮޑުދައިތައެއް ގާތު…މައި ސްކޫލް ލައިފް އެހާ އީޒީ އެއް ނޫން…އައި ހެޑް ރިއަލީ ގުޑް ބެސްޓްފްރެންޑްސް، ސުމާ އެންޑް އަލްޔާ…އެ ދެމީހުން އަބަދުވެސް ޑިފެންޑް ކޮށްދޭ ބުލީސް ފަރާތުން…އެކްޗުއަލީ، އީވެން ދޭ ބޯތް ވޮން ދަ ސްކޯލަރޝިޕް ވިތް މީ ބަޓް ފެމިލީ މަޖުބޫރުކޮށްގެން ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަނީ…އޮނެސްޓްލީ އައި ވޯޒް ސޯ ނާރވަސް ކަމިން ޓު އޭއޭއެޗްއީ…ހިތަށް އެރި އަނެއްކާވެސް ހަނގާ ކުރާ ކުދިންނާ ކުރިމަތިލާށޭ ޖެހޭނީ…ވަރަށް އެކަނިވާނޭ ހިތަށް އެރި…ބަޓް ހިއަރ ޔޫ އަރ ޕްރޫވިން މީ ވްރޯންގް…” ވާހަކަދައްކަމުން ލިއާ ލުއި ހިނިތުންވުމާއެކު ކައިރާއަށް ބަލާލިއެވެ. އެ މޫނުމަތީގައިވަނީ ޝައުގުވެރިކަމެވެ.

“އައި ގޮޓް ދިސް ސްކޯލަރޝިޕް ބިކޯޒް އައި ހެޑް ޓު…” ލިއާގެ އަޑަށް ވެރިވި ހިމޭންކަމާއި މާޔޫސްކަން ކައިރާއަށް ސިއްރެއް ނުވިއެވެ. “ނޮޓް ބިކޯޒް އައި ވޯންޓެޑް ޓު ކަމް ޓު އަ ޕްލޭސް ލައިކް ދިސް…”

“އެންޑް ނައު ޔޫ އަރ ހިއަރ…” ކައިރާ ހިތްވަރުދޭފަދަ ގޮތަކަށް ބުނެލިއެވެ. ލިއާ މަޑުމަޑުން ބޯ ޖަހައިލިއެވެ. “އެންޑް އައި ޑޯންޓް ރިއަލީ ފިޓް އިން…” ލިއާ ހިތި ހިނިތުންވުމާއެކު ބުނެލިއެވެ.

ކައިރާ ގޮނޑީގައި ލެނގިލުމާއެކު ދެއަތް އުރާލިއެވެ. ލިއާ އާއި މެދު ގޮތް ނިންމާކަހަލަ ގޮތަކަށް ނޫނެވެ. ކަމަކާ ވިސްނާފަދަ ގޮތަކަށެވެ.

“ޔޫ ފިޓް މޯރ ދޭން ޔޫ ތިންކް…” ކައިރާ އިރުކޮޅެއްފަހުން ބުނެލިއެވެ. ކައިރާ ބުނާނެ އެއްޗެއް ނޭނގި ނޭވާ ހިފާއްޓާލައިގެން އިން ލިއާއަށް ނޭވާ ދޫކޮށްލެވުނެވެ. ނަމަވެސް އިރުކޮޅެއް ފަހުން ބޯ ހޫރާލިއެވެ. “ޑޯންޓް ޔޫ ސީ ހައު ދޭ ލުކް އެޓް މީ…؟”

“އައި ޑޫ…!” ކައިރާ އެއްބަސްވިއެވެ. “އައި ޖަސްޓް ޑޯންޓް ކެއަރ…” ކައިރާގެ އެ ޖަވާބާއެކު ލިއާއަށް ހައިރާންކަމާއެކު ކައިރާއަށް ބަލާލެވުނެވެ. އެއާއެކު ކައިރާ ބޯ ޖަހައިލިއެވެ. “ޕީޕަލް ލައިކް ދެމް އޮންލީ އަންޑަރސްޓޭންޑް ވަޓް ދޭ އޯލްވޭސް ހެޑް…ޔުއަރ ޑިފަރެންޓް…އެމީހުންނަށް އެކަން ހަޖަމް ނުވަނީ…” ކައިރާގެ ވާހަކަތަކުގައިވީ ޔަގީންކަމެވެ. ލިއާގެ ފަރާތުން ޖަވާބެއް ނައެވެ. ނަމަވެސް އެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ފިލައިގެން ދިއުމުން ކައިރާ ހިތްހަމަޖެހުނެވެ.

“ބިސައިޑްސް، ޔޫ ސަވައިވްޑް އަލީޝާ އޮން ޔުއަރ ފަސްޓް ޑޭ…” މިފަހަރު ކައިރާ ބުނެލި ވާހަކައާއިއެކު ބޭއިހްތިޔާރުގައި ލިއާގެ ފަރާތުން މަޑު ހުނުމެއްގެ އަޑު އައެވެ. ކައިރާވެސް ހީލިއެވެ. އެއާއެކު ލިއާ އެދުނީ ކައިރާގެ ވާހަކަ ކިޔައިދިނުމަށެވެ.

ކައިރާވެސް އާއިލާގެ ވާހަކަތައް ކުރު ގޮތަކަށް ކިޔައިދިނެވެ. މަންމައަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށާއި އަދި މިދުވަސްކޮޅު ހުރީ ޗުއްޓީގައޭ ބުންޏެވެ. ކައިރާގެ ބޭބެ ހުންނަނީ ރާއްޖެއިން ބޭރުގައި ޑޮކްޓަރކަން ކިޔަވަންކަންވެސް ބުނެލިއެވެ. އަދި އޭލެވެލް ނިމުމުން ކައިރާވެސް ރާއްޖެއިން ބޭރަށް ފޮނުވާލުމަށް މައިންބަފައިން ނިންމާފައިވާކަމަށް ބުންޏެވެ. “އައި ހެވް އަ ސީކްރެޓް އެކަމް ފަހުން ބުނާނަން…” ސިއްރުވެރި ހިނިތުންވުމާއެކު ކައިރާ ބުނެލިއެވެ. މިހާރުއްސުރެ އެ ސިއްރެއް އެނގުމަށް ލިއާ ޝައުގުވެރިވިއެވެ. އޭނާ ހަނދާނަށް އައީ ސުމާ އާއި އަލްޔާއަށް އޭނާ ފޮނުވި ‘ސަޕްރައިޒް’ މަތިންނެވެ.

“ވެލް ވެލް…” ކުއްލިއަކަށް ފަހަތުން ދަންނަ އަޑެއް އިވުމާއެކު ލިއާ އާއި ކައިރާއަށް ބަލާލެވުނީ އެކުއެކީގައެވެ. އޭރު އަލީޝާއާއި އޭނާގެ މިތުރުން ފަރި ހިނގުމެއްގައި ހުރެ އާދެއެވެ. ކުރިޔަށް ހުރި އަލީޝާ ހުރީ ދެއަތް އުރާލައިގެންނެވެ. އައި ގޮތުން ހީވީ ލިއާމެން އެތަނުގައި ތިބިކަން އެނގިގެން އައިހެންނެވެ.

“ނައު ދިސް އިޒް އަންއެކްސްޕެކްޓަޑް…ކައި…، ޔޫ ޝުޑް ހެވް ކަމް ވިތް އަސް…” އަލީޝާ މޭގައި އަތް އަޅާލީ ޑްރެމެޓިކް ގޮތަކަށެވެ. “އިންސްޓެޑް އޮފް ސިޓިން ވިތް…އަ ލޯ ގްރޭޑް ލައިކް ހާރ…” އަލީޝާ ވާހަކަ ދައްކަމުން މަޑުޖެހިލާފައި ނުލަފާ ހިނިތުންވުމާއެކު ލިއާއަށް އިޝާރަތްކުރިއެވެ. ލިއާ ބަހެއް ނުބުނެ އިސްޖަހައިގެން އިނދެ ކުރިމަތީ ހުރި ލެމަންޓީ ތަށީގައި ދެއަތުން ވަށާލިއެވެ. އަލީޝާ ފެނުންވަގުތުން ފެށިގެން ކަންތައް ވާނީ މިހެންކަން މާކުރިންވެސް ލިއާއަށް އެނގެއެވެ. އޭރު އަލީޝާ ފަދައިން މަލާމާތުގެ ހިނިތުންވުމެއްގައި ލިއާއަށް ބަލަން މީޝާއާއި އިފާ ތިއްބެވެ. ލިއާ އާއި ހިލާފަށް ކައިރާ އިނީ ހަމަޖެހިލައިގެންނެވެ. އޭނާ އަލީޝާއަށް ނަޒަރެއް ދިނެވެ.

“ތޭންކްސް ފޯރ ދި އޮފަރ އަލީޝާ…” ކައިރާ އާދައިގެ ގޮތަކަށް ބުނެލިއެވެ. “ބަޓް އައި ޕްރެފަރ ސިޓިން ވިތް ލިއާ…” ކައިރާގެ އެ ޖަވާބާއެކު އަލީޝާގެ މޫނު ކުނިވެގެން އައި އިރު ލިއާ ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. “ޝީ އިޒް ޕީސްފުލް…ލަންޗް ޓޭސްޓްސް ބެޓަރ ދިސް ވޭ…” ކައިރާ އިތުރުކޮށްލިއެވެ.

“ސީރިއަސްލީ…!” މީޝާ ދެލޯ ވައްކޮށްލި ގޮތުން ކަޅިވެސް ގެއްލުނެވެ. ހީވަނީ ކައިރާއަށް ބުނެވުނީ އެހާވެސް ފަކުރު ވާހަކައެއްހެންނެވެ. ގާތު ހުރި އިފާގެ މޫނުމަތިންވެސް ފެންނަނީ އެފަދަ ކުލަވަރެކެވެ.

“ވަޓްއެވަރ…މީހުން ޖަޖްކޮށް މަލާމަތް ކުރަން ފެށީމަ ދެން ފަހުން މޮޔަ ހިތަށް ނާރާތި…” އަލީޝާ ހިތުން އޭނާ ދިނީ އިންޒާރެކެވެ. ކައިރާގެ މޫނުމަތިން ވަކި އަސަރެއް ފާޅުނުވެއެވެ. “ޕީޕަލް ޖަޖް އެވްރިވަން އެނީވޭ…” ކައިރާ ފުރިހަމަ ރައްދެއް ދިނެވެ. އެއާއެކު އިތުރަށް މަޑުކުރުމެއް ނެތި އެބައިމީހުން އެތަނުން ނިކުމެގެން ދިޔައެވެ.

“އަޅެ މީހަކު ހައިރާނެއް ނުވާނެތަ…؟ ކަމާ ކަންފަށާ މިތަނަށް އެ އައީ ލިއާއާއި ބެހިލާ ހިތުން ވިއްޔާ…ހީވަނީ ލިއާއާއި އަވަލަވާފައި ހުރި ޖިންނިއެއްހެން…ލައިފްލެސް ޕީޕްސް…” ކައިރާ ދެފަރާތަށް ބޯހޫރާލަމުން ދެރަވެފައި އިން ލިއާ ހަމަޔަކަށް އެޅުވޭތޯ އުޅުނެވެ. އެކަކަށްވެސް ނޭނގުނު ކަމަކީ ރެސްޓޯރެންޓްގައި ކައިރާމެން ތިބި މޭޒާއި ޖެހިގެން އޮތް ހަނި ތަންކޮޅުގައި އެންމެ ބިއްދަށަށް ހުރި މޭޒުގައި ކައިލް އާއި އިޝާންގެ އިތުރުން އަނަފް އިންކަމެވެ. އަލީޝާމެން އައުމުގެ ކުރިން ކައިރާއާއި ލިއާ ދެއްކި ވާހަކަތަކާއި އަލީޝާމެންނާ ދެމެދު ދެކެވުނު ވާހަކަވެސް އެ ތިން ޒުވާނުންނަށް ސާފުކޮށް އިވުނެވެ. މޭޒު ހުރި ހިސާބުގެ ގޮތުން ކައިރާމެންނަކަށް އެމީހުން ނުފެނެއެވެ.

“ވެލް…” ކުރިމަތީ ހުރި ތަށިން ފްރެންޗް ފްރައިސް އެއް ނަގަމުން އަނަފް ވާހަކަ ދެއްކިއެވެ. “އައި ހޭވް ނޯ އައިޑިއާ ވައި ދިސް އަލީޝާ އިޒް ސޯ އޮބްސެސްޑް ވިތް ލިއާ…” އަނަފް މަޑު ހުނުމަކާއެކު ބުނެލިއެވެ. އޭރު ކައިލް ގެނެސް ހުރި ކަޅު ކޮފީ ތަށިން ކޯވަރެއް ބޯލަ ބޯލާ އިނެވެ.

“އަލީޝާ ވޯޒް ރޫޑް ބަޓް ޝީ ވޮޒްންޓް ކޮމްޕްލީޓްލީ ރޯންގް…” އިޝާން އެއްމިޔަކަނުން ހިނިތުންވެލުމާއެކި ބުނެލިއެވެ. އަނަފް މަޑުމަޑުން ހިނިގަނޑެއް ޖަހާލިއެވެ.

“ޔާހ އައި މީން ލުކް އެޓް ދެޓް ލިއާ ގާރލް…ޝީ ކްލިއަރލީ ޑަޒަންޓް ފިޓް ހިއަރ…” އަނަފް އެއްބައިވިއެވެ.

ކައިލްގެ ދެބުމަ ގޮށްޖެހިގެން އައުމާއެކު ހިފަހައްޓައިގެން ހުރި ކޮފީތައްޓަށް ބާރުކޮށްލެވުނެވެ. އޭނާއަށްވެސް އޭނާއަށް މި އައި ބަދަލެއް ނޭނގުނެވެ. ކައިލްގެ އެ ހަރަކާތް އަނަފް އަދި އިޝާންއަށް ފާހަގަ ނުވީ ފޯރިގަދަ ވާހަކައެއްގައި ތިބުމުންނެވެ.

“ޝީ އިޒް ޓޫ ކުއައިޓް އެންޑް ޓޫ އޯކްވާރޑް…ދިސް ސްކޯލަރޝިޕް ސްޓޫޑެންޓްސް އޯލްވޭސް އެކްޓް ލައިކް ދޭ އަރ ލޮސްޓް…”

“އެގްޒެކްޓްލީ…ކައިރާ ހޭންގިން އެރައުންޑް ހަރ އިޒް ސޯ ވިއަރޑް…”

ކައިލްގެ ކަތުރުކަށިގަނޑަށް ވާންވިއެވެ. ކޮފީތަށީގައި އަތް ވަށާލާ ބާރުކުރަމުން ދިޔައިރު އޭގައިވި ހޫނުކަން އޭނާއަށް އިހުސާސް ނުވާކަހަލައެވެ.

“ކައިރާ ޕްރޮބެބްލީ ފީލް ބޭޑް ފޯރ ހާރ…” އަނަފް އިތުރުކޮށްލިއެވެ. “ނޯ އޮފެންސް…ބަޓް ލިއާ ލުކްސް ލައިކް ޝީ ބިލޯންގްސް ސަމް ނޯރމަލް ޕަބްލިކް ސްކޫލް…ނޮޓް ހިއަރ…”

އަނަފްގެ ޖުމްލަ ނިމުމާއެކު އިޝާންއާއި ދެމީހުންނަށް ސިހުމެއް ލިބުނީ ކައިލް މޭޒުމަތީގައި ކޮފީތަށި ބެހެއްޓި ބާރު އަޑުންނެވެ. އެއާއެކު ބައެއް ކޮފީ މޭޒުމައްޗަށްވެސް އެޅުނެވެ. އެ ހަރަކާތް އެކަނިވެސް ދެމީހުން މައިތިރިކުރަން ފުދުނެވެ. އެ ދެމީހުންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އެއީ އާއްމުގޮތެއްގައިވެސް ކައިލްއަކީ އެމީހުން ދައްކާ އެފަދަ ވާހަކަތަކަށް ސަމާލުކަމެއް ދޭ ޒުވާނެއް ނޫނެވެ. ނަމަވެސް މިފަހަރު އެ މޫނުގައިވި ނުރައްކާތެރި ކުލަވަރުން ދެމީހުންވެސް ޖެހިލުންވިއެވެ.

“ކީކޭ ތި ބުނީ…؟” ކައިލް އެހީ މަޑުމައިތިރިކޮށް ކަމަށް ވިޔަސް އެ ދެމީހުންނަށް އެ އަޑު އިވުނީ ހޮނު ގުގުރީގެ ސިފައިގައެވެ. ހިތް ބިރުގަނެގެން އައުމާއެކު އިޝާން އަޅައަޅައިގަނެފައި ވާހަކަދެއްކިއެވެ. “ކައިލް ވީ ވަރ ޖަސްޓް ޓޯކިން…”

“ނޯ…!!” ނަޒަރު ވަކި ކޮށްލުމެއް ނެތި އެ ނުރައްކާތެރި ބެލުމާއެކު ކައިލް ބުނެލިއެވެ. “ޔޫ ވަރ ޖަޖިން ސަމްވަން ޔޫ ޑޯންޓް އީވެން ނޯ…!” ކައިލްގެ ބަރު އަޑު އިވިގެން ދިޔައީ އިޝާން އާއި އަނަފްގެ ހިތް ގުޑުވާލާފައެވެ. ނަމަވެސް އެމީހުން އެކަން ސިއްރު ކުރަން މަސައްކަތް ކުރަމުން އިޝާން ގަދަކަމުން ހީލިއެވެ. “ކައިލް އިޓްސް ނޮޓް ދެޓް ސީރިއަސް…”

“އިޓްސް ސީރިއަސް…” ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ކައިލް މިވަރަށްވެސް ރުޅިއައިސް ހުއްޓާ އިޝާން އަދި އަނަފަށް މި ފެނުނީ އަލަށެވެ. ނޭނގި ތިއްބާ އެއޮއް ފިނީގައިވެސް ދެމީހުންގެ ނިތްކުރީގައި ދާތިކިތައް ވިދަން ފެށިއެވެ. ކައިލް އެމީހުން ދެކެ ހިތްހަމަ ނުޖެހުމަކީ އެމީހުން ބޭނުންވާ ގޮތެއް ނޫނެވެ.

“ޔޫ ޓޫ ސިޓް ހިއަރ އެކްޓިން ސުޕީރިއަރ ބިކޯޒް އޮފް މަނީ އެންޑް ސްޓޭޓަސް…” ފިނި އެހެނަސް ހީބިހި ހަލުވާލާ ކަހަލަ ރާގަކަށް ކައިލް ވާހަކަދެއްކިއެވެ. “ބަޓް ދަ ގާރލް ޔުއަރ މޮކިން ހޭޒް ހޭންޑްލްޑް މޯރ ޕްރެޝަރ ދޭން އެއިދަރ އޮފް ޔޫ އެވަރ ކުޑް…”

އިރުކޮޅެއް ކުރިން ލިއާ ފަރާތުން އިވުނު ވާހަކަތަކަށް އިޝާރަތްކޮށް ކައިލް ބުނެލިއެވެ. އަނަފް އާއި އިޝާން އިސްޖެހި ގޮތަށް ތިބީ ކާންވެސް ހަނދާން ނެތިފައި ކަހަލައެވެ. ކައިލްގެ ކިބައިގައި ވަނީ ކޮންމެ މީހަކުވެސް ޖެހިލުން ކުރުވާ ފަދަ ބާރެކެވެ.

“އެޓްލީސްޓް ދެޓް ލިއާ ގާލް ޑަޒަންޓް ސްޕެންޑް ހަރ ޓައިމް މޭކިން ޕީޕަލް ފީލް ސްމޯލް ޖަސްޓް ޓު ފީލް އިމްޕޯޓެންޓް…” ކައިލްގެ ވާހަކަތަކަށް ހުއްޓުމެއް ނައެވެ. ޙުދު އޭނާއަށްވެސް އޭނާއަށް ވެފައި އިންގޮތެއް ނޭނގެއެވެ. އެނގެނީ ބަޔާންކުރަން ދަތި ހައިޖާނުގަނޑެއް ހިތުތެރޭ އުފެދިފައި ވާކަމެވެ. އެކަމުގެ ރޯޅި އޭނާ އެ ބޭލީ އެކުވެރިންނަށެވެ. އަނަފް އާއި އިޝާން ތިބީ ކައިލްއަށް ބަލާލަންވެސް ޖެހިލުންވެފައެވެ.

“މުއްސަނދިކަމަކީ ހަމައެކަނި ތިމާ އަނެކާއަށްވުރެ މޮޅުކޮށްލާނެ ހަތިޔާރު ކަމަށް ދެކޭނަމަ…” ކައިލް ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން އިޝާންމެންނަށް ބަލާލިއެވެ. “ތެދަށް ބުންނަންޏާ ބޮޑު ލަދެކޭނު…؟” އަބަދުވެސް އިނގިރޭސިން ވާހަކަ ދެއްކުމަށް އާދަވެފައިވާ ކައިލް ދިވެހި ބަހުން ސާބިތުކަމާއެކު ބުނެލި ވާހަކަތައް އަނަފް އާއި އިޝާންއާއި ދިމާލަށް އުކާލި ސީދާވެގެންވާ ދުނި ތީރުތަކެއްފަދައެވެ.

އިޝާން ހިންދިރުވާލީ އުނދަގޫ ގޮތަކަށެވެ. އަނަފް އިނީ އަނގަ ސަކަރާތްވެފައެވެ. އިޝާން ހިތްވަރުކޮށްލާފައި ވާހަކަ ދައްކަން ފެށިއެވެ. “އޯކޭ…އަހަރެމެން މާނަ ކުރީ އެގޮތަކަށް ނޫނޭ…” ކައިލް ހަމަޖެއްސުމުގެ ބޭނުމުގައި އިޝާން ވާހަކަ ދެއްކިއެވެ.

“ޔާހ…؟ ދެން ރިމެމްބަރ ދިސް ބިފޯރ ޔޫ ޖަޖް ހާރ އެގެއިން…” ކައިލް މޭޒުގައި އަތް ވިއްދާލަމުން ކައިރިއަށް ޖެހިލިއެވެ. އެ ނޫކުލައިގެ ލޮލުގައި ރުޅިވެރިކަން ވީއިރު މޮޔަވާހާ ފިރިހެންވަންތައެވެ. ކައިލްގެ ނަޒަރު މަޑުމަޑުން ފަހަތުން ކިރިޔާ ފެންނަމުން ދިޔަ ލިއާއަށް އަމާޒުވިއެވެ. “ސަމް ޕީޕަލް ސްޓޭ ކުއައިޓް ބިކޯޒް ދޭ އަރ ހަމްބްލް…” ކައިލްގެ ނަޒަރު އެނބުރި އިޝާންއާއި އަނަފަށް އަމާޒުވިއެވެ. “ނޮޓް ބިކޯޒް ދޭ އަރ ވީކް…!!”

އިޝާން އާއި އަނަފަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ކައިލްގެ ވާހަކަތަކުން އެމީހުންގެ ނަފްސަށް ވަނީ ލަދުވެތިކަމެއް ވެރިވެފައެވެ. ކައިލްގެ ވާހަކަތަކުން އެދެމީހުންގެ ނަފްސު ވަށާލާފައިވި ބޮޑާކަމުގެ ފާރު ތެޅި ފުނޑުފުނޑުވި ކަހަލައެވެ. ނަމެވެސް ޔަގީނުންވެސް އެއްކަމެއް ބަދަލުވެއްޖެއެވެ. އެމީހުން ލިއާ އާއި ދޭތެރޭ ދެކެމުން އައި ނިކަމެތި ގޮތެވެ. ކައިލް އިތުރު ވާހަކަ ދެއްކުމެއް ނެތި ކޮފީ ބޮމުން ފޯނު ނަގައިގެން ކުޅެން ފެށީ އެ ދެމީހުންނަށް އަޅާލުމެއް ނެތިއެވެ. އޭރުވެސް ބުމަ ގޮށްޖަހާލައިގެން އިން އިރު ފެންނަލެއް ފުރިހަމަކަމުން އަންހެންކުދިން މޮޔަވާހާ ރީއްޗެވެ. އިޝާން އާއި އަނަފް ހަމަޖެހެން މަސައްކަތް ކުރަމުން ކެއުމައިގެން ކުރިޔަށްދިޔައެވެ.

ހިނގައިދިޔަ ހައިޖާންގަނޑުގެ ހިލަމެއް ނުވާ ހާލު ލިއާ އާއި ކައިރާ އިނީ ކެއުމުގައި މަޝްއޫލުވެގެންނެވެ. ކާއެއްޗެހީގެ ރަހަޔަށް ފާޑު ކިޔަމުން ދިޔައިރު ދެމީހުންގެ މޫނުގައިވެސް ވަނީ ހަމަޖެހުމެވެ. ކައިރާ ބާރު އަޅައިގެން ލިއާ ސޫޕްތަށި ހުސްކުރިއެވެ. އެހެންނޫނަސް އެ ތަކެތީގެ ރަހަ ނުހަނު މީރެވެ. ކައި ނިންމާފައި ވާހަކައިގަ ތިބެގެން ދެކުދިން ނިކުމެގެން ދިއުމާއެކު އިރުކޮޅެއް ފަހުން ކައިލްމެންވެސް ނިކުތެވެ. އޭރު ލިއާ އާއި ކައިރާ ދުވަމުން ގޮސް ސުކޫލަށް ވަނީއެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން ކައިލްމެންނަށްވެސް ޖެހުނީ ދުވާށެވެ. އެވަރުންވެސް ފުދޭވަރަކަށް ތެމުނެވެ.

ސުކޫލް ވަގުތު ނިމުމުން ގެއަށް ދެވުމާއެކު ލިއާއަށް ލިބުނީ އުފާވެރި ހަބަރެކެވެ. ޝަރީފާއަށް ހޮސްޕިޓަލުން މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުނީއެވެ. ޝަމްނާއާއި ޝައުރާ ތެޅިފޮޅެމުން އުޅުނު ގޮތުން ޝަރީފާ އާދައިގެ މަތިން ހުރީ ކުދި ކިޔާލަކިޔާލާއެވެ. ލިއާ ގޮސް ކޮޓަރިއަށް ވަނީ އެއްޗެހި ބަދަލުކޮށްލައިގެން ނިކުތުމަށެވެ.

ފޯނު ނަގާ ބަލާލުމާއެކު ލިއާ ސިހުނެވެ. އަލްޔާ އާއި ސުމާގެ މެސެޖު ފުލުފުލުން އައިސްފައިވެއެވެ. ލިއާ ހުރީ އޭގެ މަތިން ހަނދާން ނެތިފައެވެ. ހިނިއައިސްފައި ހުރެ ކޮންވަޒޭޝަންގައި އިނގިލި ހިންގާލިއިރު ފަންސާހެއްހާ މެސެޖު އޮތެވެ.

“ކައިލް ދޯ އެއީ…؟ އޯ އެމް ޖީ…!!!”

“މީ އެޑިޓެއްތަ…؟”

“ލިއާ ރިޕްލައި ކޮށްބަލަ…!”

“މައި ގޯޑް…އަޅޭ އަހަންނަށް ތަންކޮޅެއް ބޮޑަށް ބޮޑާ ހާކާލާފަ ނަމަވެސް ރަށުގައި މަޑުކޮށްލެވުނު ނަމަ…!”

އަލްޔާ އާއި ސުމާގެ މެސެޖުތައް ކިޔަމުން ދިޔައިރު ލިއާއަށް ހެވެމުން ދިޔައެވެ. މާ ކުރިންވެސް އެމީހުންގެ ރައްދު އަންނާނީ އެފަދަ ގޮތަކަށްކަން އޭނާއަށް އެނގެއެވެ. ލިއާ ރިޕްލައި ދިނުމާއެކު އެކުދިން ވަގުތުން މެސެޖު ކުރަން ފެށިއެވެ.

“ކޮންމެ ގޮތަކަށް ނެގިފަ އިން ފޮޓޯ އަކަސް އޭނަ ހާދަ ފޮޓޯޖެނިކްއޭ ދޯ…އަޅޭ އެ ޔުނީފޯމްގަ ހީވޭ މާ ހޮޓްހެން…ހުވާ މިބުނީ މަންމަމެން ކައިރި ބޮޑާ ހާކާފައި ރަށަށް ދާންވީ…!” އަލްޔާގެ މެސެޖު ކިޔާފައި ލިއާއަށް ހެމުން ބޯ ހޫރާލެވުނެވެ.

“ސެންޑް މޯރ އިނގޭ…!” ސުމާގެ މެސެޖު އައެވެ.

“ނޯ ވޭ…! އަހަރެން ނޫޅެމޭ އޭނަގެ ފޮޓޯ ނަގާ ހިތަކުން…މިއަދުވެސް އެހާ ވަރަކުން މި ނެގީ ތި ދެމީހުންނަށް ދައްކާލަންވެގެން…ކިހިނެއް ވަނީ ސަރޕްރައިޒް…؟” ލިއާ ލިޔުނެވެ.

“ވީގޮތް މިހުރީ ފެންނާކަށްނު…؟ ސީރިއަސްލީ ލިއާ…އައި ތިންކް ފޭޓް އިޒް އެކްޗުއަލީ އޮބްސެސްޑް ވިތް ޔޫ…ލިއާ ޕްލީޒް އޭނަ ސެޓްކުރަން އުޅޭ…” އަލްޔާގެ މެސެޖު ކިޔާފައި ލިއާއަށް ދެފަރާތައް ބޯހޫރާލެވުނެވެ. އަދި މޮޔަވާށޭ ކިޔާ އަލްޔާއަށް ރައްދުކޮށް މެސެޖެއް ފޮނުވިއެވެ. އޭނާ އަވަސްވެގަތީ އެއްޗެހި ބަދަލުކުރުމަށެވެ. އޭރުވެސް ސުމާ އާއި އަލްޔާގެ މެސެޖުތައް ހުއްޓުމެއް ނެތި އަންނަމުން ދިޔައެވެ.

އެއްޗެހި ބަދަލުކޮށްގެން ޝަމްނާއާއި ޝައުރާއާއެކު ލިއާ ދިޔައީ ރެއަށް ކައްކަން ބޭނުންވާ ސާމާނު ގަތުމަށެވެ. ޝަރީފާއަށް ވަޒީފާ ލިބުމުގެ އުފަލުގައި އެކަން ފާހަގަކުރަން އޭނާ ބޭނުންވީއެވެ. މިއަދު ޝަމްނާއާއި ޝައުރާވެސް އެހެން ދުވަސްދުވަހާ ތަފާތެވެ. ލިއާ އާއި އެކު އެކި މަސައްކަތުގައި އެމީހުންގެ ބައިވެރިވުން ލިބުނެވެ. އޭރު ޝަރީފާ ވީ ހަވީރު ފިންޏަށް އެކުވެރިންގެ ގާތަށް ގޮސްފައެވެ.

ޝަރީފާއަށް އެންމެ މީރުކޮށް ތަރުކާރީ ބަތް ހެދުމަށްފަހު ލިއާ އުޅުނީ ކުކުޅު ސާފުކުރުމުގައެވެ. ބަތްގަނޑު ހެދުމަށްޓަކައި ޝަމްނާ އެއްޗެހި ކޮށިއިރު ނުފަރިތަކަމުން ލިއާއަށް އޭނާ އަތުން ވަޅި އަތުނުލާ ހުރެވުނީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް މަޑުން ހުރީ ކަންކަން ދަސްވާނީ އުޅެގެން ކަމަށް ވާތީއެވެ. އެމީހުންގެ ހިތް މަރު ނުވާނެހެން ލިއާ އެކި ކަންކަން ކުރަންވީ ގޮތް ބުނެދެއެވެ. އަދި އެގޮތަށް ބުނެދޭއިރު ލިއާގެ ނިޔަތް ރަނގަޅަސް އެމީހުންނަށް އެހެން ގޮތަކަށް ވިސްނިދާނެތީ ލިއާ ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ. މަޖާ މާހައުލެއްގެ ތެރޭގައި މަސައްކަތުގެ ބޮޑުބައި ނިމުނެވެ. އޭރު ލިއާ ކިޔައިދިން ގޮތަށް ޝައުރާ ހުރީ މިކްސްޗަރުން ލޮނުމިރުސްގަނޑު ފުނޑާފައެވެ. އޭގައި ދޭނެ ރަހަޔަކާ މެދު ވިސްނަމުން ހިތާހިތުން މާތްކަލާނގެއާ ވަކީލު ކޮށްލަމުން ބިސްމި ކިޔާފައި ލިއާ ރަހަބަލާލިއެވެ. ނަސީބަކުން ވަރަށް މީރެވެ. ލިއާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ.

އިރުއޮއްސި ބަންގި ގޮވަން ވީއިރު ޝަރީފާ އައުމުގެ ކުރިން އެކުދިންނަށް މަސައްކަތް ނިންމާލެވުނެވެ. ބަދިގެތެރެ ސާފުކޮށްފައި އެންމެންވެސް ދިޔައީ ފެންވަރާލުމަށެވެ. ލިއާވެސް ފެންވަރައިގެން ނިކުތްއިރު ނަމާދަށް ގޮވައިފިއެވެ. އޭނާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ.

އެރޭގެ ކެއުން ނިމިގެން ދިޔައީ މަޖާ މާހައުލެއްގައެވެ. ކާމޭޒުމަތީ ތަފާތު ވާހަކަތައް ދެކެވުނެވެ. ޝަރީފާ އެކި ދުވަސްދުވަހު އެކި ޑިއުޓީއަށް އަރަން ޖެހޭތީ ގޭތެރޭ ކަންތަކުގައި ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވާނޭ ބުނެލިއިރު ބަލަހައްޓައިގެން އިނީ ޝަމްނާއާއި ޝައުރާއަށެވެ. ލިއާ އިސްވެ އޭނާ ގޭތެރޭގެ މަސައްކަތް ކުރާނަމޭ ބުނުމުން އެ ދެމީހުންވެސް ލިއާއަށް އެހީވާނަމޭ ބުނެލިއެވެ. “ތީ ކިހާ ދުވަހެއްގެ ކަމެއްބާ…؟” ފިހެފައި އޮތް ކުކުޅު މަސްކޮޅެއް ވިނުވަމުން ޝަރީފާ ޖެއްސުންކޮށްލިއެވެ.

“ދެން އަޅެ މަންމަވެސް ދޯ…؟ އަމިއްލައަށް އިސްވެ އެހީވާނަމޭ ބުންޏަސް ނެތޭނު ސަލާމަތެއް…؟!” ޝައުރާ ބޮޑާ ހާކާކަހަލަ ރާގަކަށް ބުނެލިއެވެ. “މިހެން ނުބުނާ ގޮތަކަށްތަ ކަލޭމެން އުޅެނީ…؟” ޝަރީފާ މާބޮޑު ސަމާލުކަމެއް ނުދީ ބަތްސުވާ ކާލިއެވެ. ޝަމްނާ އާއި ޝައުރާވެސް ކުދި ކިޔަމުން ކެއުމުގައި މަޝްއޫލުވިއެވެ. އޭރު ލިއާ އެއްޗެއް ނުބުނެ އިނދެ ކަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

އާއެކޭ ލޯބިވޭ… ތިރީސްހަތްވަނަބައި (އަޖަބުކުރުވަނިވި މެންދަމުގެ އަލި ބަގީޗާ)

Next

ނޭދެން ވަކިވާކަށް 8 ވަނަ ބައި

Next
May 1, 2026

ނޭދެން ވަކިވާކަށް 8 ވަނަ ބައި

Previews
April 30, 2026

އާއެކޭ ލޯބިވޭ… ތިރީސްހަތްވަނަބައި (އަޖަބުކުރުވަނިވި މެންދަމުގެ އަލި ބަގީޗާ)

13 Comments!

  1. White rose White rose says:
    May 1, 2026 at 9:56 am

    Mi bai ves vrh reethi
    Wow, Kail defending lia 😌😌
    E aleesha ge undhagoo haadha boadey, heevany eyna varuge meeheh neiy hen 🙄
    When’s next???
    Lysm Itxlevender 🫶🏻🫶🏻

    1. Itxlevender Itxlevender says:
      May 3, 2026 at 10:15 pm

      Thank you so much 💗 yeah Aleesha is really getting on everyone’s nerves 😂 Next episode soon in sha Allah 🫶

  2. Anonymous says:
    May 1, 2026 at 11:07 am

    Ommmggggg girrrlllll…
    I’ve been waiting crazyyy for this eppp…
    This story is was tooo goood, yk…. Live it love it loooovvvvvveeeeee ittttttttt….
    Love the way Kail defended Lia… Like, that’s sth even I wasn’t expecting cuz of his “idgas” kinda character, yk… But aaaahhhhh…
    When is the next ep???
    Can’t waaaiiiiiiitttttttt…. 🥲🥲
    And btw, remember how Kail is, and dgas about the hate and negative comments… Ppl who comment those kind comments are more like aleesha and her gang… 😭🫢
    You are the best, and your story’s amazing…
    Lyyysssssmmmmmm… 🫶🏻🫶🏻🫶🏻

    1. Itxlevender Itxlevender says:
      May 1, 2026 at 7:03 pm

      Thank you so muchhh 🫶🏻 Your comment seriously made my day. I’m so happy you loved the episode and noticed that side of Kyle 💗
      And thank you for defending me too, you’re literally the sweetest 🥹💗
      Next episode coming soonnn 👀
      Lyyyssmmm

  3. Sheez says:
    May 1, 2026 at 1:04 pm

    Oh my gosh haadha reehchey mi part
    Fashaigen kiyaa nimunu iruves heevanee hama mi idhevenii story thereyga hen
    Hama ehaaves reethi MA
    Alhey what is wrong with her mihaaru kia ar gulhen vegen eulhenii cux her dad is the principle of that college 🎓
    I rlly like the way they roasted aleeshaa
    I had the same problem as kia serious situations thakugaves hinigadu control eh nukureveyne
    I rlly lovvvvvvvveee the way kail defended liaa
    Heevanee kail ar liaa ar v rangalhu match eh hen INSHALLAH
    Thikan ves vaane kamah mibalanee
    CW4THENEXTP
    Tc

    1. Itxlevender Itxlevender says:
      May 1, 2026 at 7:08 pm

      Thank youuu so much 💗
      Your comment genuinely made me happyyy☺️
      I’m so glad you loved the episode and noticed those little moments too 💗

  4. Kiwi says:
    May 1, 2026 at 4:34 pm

    Girrrllllll i really love this episodeeeee omggh!! I have been waiting mi story kiyaa hithun keiy madhu vefa hama!! I hope next episode varah avahah up vaane kamah!!! Ur too good at this aarghh masha’allah!! Its like hama real life ey. Like i can picture everything so perfectly!! Take care girl!!💜

    1. Itxlevender Itxlevender says:
      May 1, 2026 at 7:14 pm

      Thank you so much for your love and patience!! ☺️ I’m really glad you’re enjoying it and can picture everything like that…next episode is coming soon, promise!! Take care too lovely 💗

  5. starrymoon says:
    May 2, 2026 at 3:44 pm

    hii love
    this story is honestly so amazing.. its beautiful and unique in it’s own way.. i’ve seen you getting hate for the story but honestly? it is amazing.. being a writer isn’t easy.. i understand that it will take hours and hours of preparation.. and ofcourse even authors will have a life outside of esfiya.. how you write is your own way and it’s beautiful and don’t let anyone else tell you otherwise.. no matter what they say i’ll always be here for you, giving you my full support.. i hope that not a single hate from those people will stop you from writing.. i see improvements in each and every episode and for your first story here on esfiya this is a total masterpiece.. in sha allah you’ll be one of the most famous authors here in esfiya.. for sure.. so please continue writing okay? 🥹don’t give up lovess
    ilysm🫶🏻

    1. Itxlevender Itxlevender says:
      May 2, 2026 at 4:16 pm

      This genuinely touched my heart so much 🥹 Thank you for taking your time to write something this meaningful for me 😭 Yeah I agree sometimes the hate really does get overwhelming, but comments like yours remind me why I started writing in the first place…Knowing that someone notices my effort and improvements means more than I can explain 💗 Your support honestly gives me so much motivation to continue…Thank you for staying by my side and believing in me this much 💗 I’ll remember your words for a very long time 🥹💗

  6. Ainy says:
    May 6, 2026 at 8:47 pm

    this story is good that i read it in one day hehe. keep up the good work. i love how kyle defended leah its so cute.

    1. Itxlevender Itxlevender says:
      May 7, 2026 at 10:43 am

      Thank you so much 💗☺️

  7. Anonymous says:
    May 18, 2026 at 1:13 pm

    Mi vaahaka mihaaru nuliyaneetha??

Comments are closed.

Next Episodeލޯބިން ބުނާތީ 13←


All Right Reserved!