Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 3 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 3, 2016 10 Mins Read
10 Comments

އެދުވަހު މެންދުރުވެސް މޫސަބޭ ކާން ބަލާއައެވެ. މިއަދު ކަރީމްއާއި ސުނާދުވެސް ގޮވައިގެން ދިއުމަށް މޫސަބޭ ބުންޏެވެ. އެހެންކަމުން ފައުޒާން ދިޔައީ އެދެމީހުން ގޮވައިގެނެވެ. މޫމިނާތަ މެންގެއާ އަރާހަމަވިއިރު ގޭތެރެއިން ދެމީހަކު ވާހަކަދައްކާއަޑު އިވުނެވެ. ފައުޒާންއަށް މަޑުކޮށްލެވުނީ ފައުޒާންގެ ނަން ބުނުމުންނެވެ.

“މަންމަ ކީއްކުރަންތަ އެ ފައުޒާން އިންދާ ހިބާގައިގަ އިލޮށިފަތިން ތެޅީ؟ ކީކޭތަ ފައުޒާން ހިތައް އަރާނީ؟” ހިބާ ބުނާއަޑު އިވުނެވެ.

“ހިތަކަށް ނާރާނެ އެއްޗެއް. އަށާރަ އަހަރުވާން ކައިރިވެފައި ހުރި އަންހެނެއް އުޅޭގޮތުން އެކަމާ އޭނަ މާ ހައިރާންވާނެ.” މޫމިނާ ބުންޏެވެ.

“މަންމައަށް އިނގޭނު ހިބާއަށް މިހެން އިންޑިޕެނޑެންޓްކޮން އުޅެވޭނީ ރަށަށް އައިމަކަން. މާލޭގަ މިގޮތަށް ނޫޅެވޭތީއޭ ރަށުގަ ހިބާ މިހެން މިއުޅެނީ.” ހިބާ ބުންޏެވެ. އެވަގުތު މުސަބޭ ކަރު ކެހެލިއެވެ. ދޮރުމައްޗަށް ހިބާ ބަލައިލިއިރު ފައުޒާންއާއި ފައުޒާންގެ ރައްޓެހިން ތިބުމުން ހިބާ ރަކިވާގޮތް ވިއެވެ. ހިބާމެން ދައްކަމުން ދިޔަވާހަކަ އެމީހުނަށް އަޑުއިވޭނެކަން ގައިމެވެ.

“އަންހަ. އާދޭ އަވަހަށް. މިއަދުދޯ ފުރަނީ؟ ކިހާއިރަކު ފުރަނީ؟” މޫމިނާ ފައުޒާންމެނާ ދިމާއަށް ދަމުން އަހާލިއެވެ.

“ހަވީރު ތިންގަޑިބައި ހަތަރެއް ޖަހާއިރު” ފައުޒާން ހިބާއަށް ބަލައިލަމުން ބުންޏެވެ.

“އެހެންތަ. ހިނގާ އަވަހަށް ކާންދާން. ދައްތަ ހުންނާނެ މަންމައަށް ގެންދަން ހަދިޔާ ފޮށިގަނޑެއް ތައްޔާރުކޮށްފަ. ތެއްލިކެޔޮ ދަޅަކާ ކާޖާ ދަޅަކާ ދެން ރޯމިރުހާ ކޮޕީފަތާ އެއްޗިހި ހުންނާނީ އޭގަ.” މޫމިނާ އެމީހުން ގޮވައިގެން އެތެރެއަށް ވަންނަން ދިޔައިރު ހިބާ ގެއިން ބޭރަށް ނިކުންނަނީއެވެ.

ފައުޒާންމެން ކާންތިބިއިރު މޫމިނާގެ އަނގަ އެންމެ އިރުކޮޅަކަށްވެސް ހުއްޓައެއް ނުލައެވެ. ފައުޒާންމެން މޫމިނާގެ ވާހަކަ އަޑުއަހަމުން ކަމުން ދިޔައެވެ.

“ފައުޒާން ނިކަން ކުޑައިރު މިރަށަށް އައޭ. ފައުޒާން މަންމައާ ފައްވާޒްއާ އައީ، އޭރު އަންހެން މަންޖެއަށް ހަފީ ބަނޑުބޮޑު. އޭރު ހިބާއަށް ކިރިޔާ އަހަރެއް ވާނީ. ފައުޒާނުއާ ފައްވާޒުއާ އުޅޭނެ ހިބާ އުރައިގެން. އެހެން އުޅެނިކޮން ފައްވާޒު އަތުން ހިބާ ވެއްޓުނީ. ވެއްޓުނީމަ ފައުޒާން ކައިރިއަށް ރުޅިއައިސްގެން ފައްވާޒުގައިގައި ތަޅައިގަތީ ކިހިނެއް. އެހާ ބާރަށް ތެޅީމަ ފައްވާޒުއަށް ތަދުވެގެން ރޮއެރޮއެ. އޭރު ފައުޒާންއަށް ހަ އަހަރުވާނީ. ފައްވާޒްއަށް ވާނީ އަށް އަހަރު. ހަދާން ހުރޭތަ؟” މޫމިނާ ފައުޒާން ކުރެން އަހާލިއެވެ.

“އާން އެކަމު ހިބާ ވެއްޓިގެން ކަމެއްނޭގެ. ދޮންބެ ގައިގައި ތެޅިހަދާންވޭ ކޮންމެސް ރަށަކަށްގޮސްއުޅެމުން. އެހާ ބޮޑަކަށް ނޭގެ.” ފައުޒާން ބުންޏެވެ.

“އަދި ބުނެލި އެތި އިނގޭތަ. ހިބާއަށް ތަދުކުރާ ކުއްޖަކަށް ޒާންވެސް ތަދުކުރާނަމޯ. ހިބާއަކީ ހަމައެކަނި ޒާންގެ ކުއްޖެކޯ.” މޫމިނާ ހިނިގަނޑެއް ޖަހާލިއެވެ. “މަށާ ހަފީއާ ދެމީހުން އެކަމާ ހީހީ. ފައުޒާން ހަދާނެއް ނެތްދޯ.” މޫމިނާ އަހާލިއެވެ. ފައުޒާން ބޯޖަހާލިއެވެ.

“އޭރު އަބްޔާންވެސް ހުންނަނީ މަ ކައިރީ. އަބްޔާންއާ އެއްކޮން ކުޅެން އުޅޭ ހަދާން ވޭތަ. އަބްޔާންވެސް ފައުޒާންއާ އެއްވަރު ވާނެ.” މޫމިނާ ބުންޏެވެ.

“އެހާ ބޮޑަކަށް ހަދާނެއް ނެތް. އަބޫތަ ކިޔަނީ ތިބުނާ އަބްޔާންއަށް؟” ފައުޒާން އަނެއްކާވެސް ތައްޓަށް ބަތްއަޅަމުން އަހާލިއެވެ.

“އާން އަހަރުމެން ލޯބިން ކިޔަނީ އަބޫ. ހަދާން އެބަހުރިދޯ.” މޫމިނާ އެހިއެވެ.

“ދޮންބެ ތަންކޮޅެއް ބޮޑުވިފަހުންވެސް ދެއްކި އަބޫގެ ވާހަކަ އެހެންވެ ހަދާން ހުރީ. އެކަމު އަބޫ ހުންނަގޮތެއް ނޭގެ.” ފައުޒާން އަހާލިއެވެ.

“އަބޫ އަކީ ދައްތަގެ ދޮށީ ދަރިފުޅު. ހިބާގެ ދޮންބެ އެއީ. ފައުޒާންހެން ބިޔަކޮން އެސޮރުވެސް ހުންނާނީ. އެސޮރު މާލެ ދިޔައީ ގްރޭޑް ހަތެއް ނިންމާފަ ކިޔަވަން އެސޮރު ބައްޕަ ކައިރިއަށް. ދިޔަގޮތަށް ނައި. ދައްތަ އެސޮރު ބެލީ. ދައްތަގެ ހިތައް އަޅެ އަސަރެއް ނުކުރާނެތަ؟ އެހާލޯބިން ދައްތަ އުޅުނީ. އެސޮރު ބައްޕަ ކައިރިއަށް ދިއަފަހުން މަށާވަރަށް ދުރު. ނުވެސް އާދޭ ރަށަކަށް. މަގުޅައިގެން ރޮއެ އާދޭސްކުރީމަވެސް ނައި. މިހާރު އޭނަ ބައްޕައާ އެއްކޮން މަސައްކަތްކުރަން އުޅެނީ. ދެން ނޭގެ އަންނާނެކަމެއްވެސް. އެހެންވެ ހިބާވެސް އޭނަ ބައްޕަ ކައިރިއަށް ދައްތަ ނުފޮނުވީ. ހިބާ ދިހައެއް ނިމިގެން ބޭނުންވީ ޓީޗަރުކޯސް ހަދަން. މިރަށުން ނެހެދޭތީ މާލެ ފޮނުވަން ޖެހުނީ. ހިބާ ކައިރިން ވައުދު ކުރުވާފަ ދައްތަ ހިބާ މާލެ ފޮނުވީ. އޭނަ ބައްޕަ ކައިރިއަށް ނުދިއުމަށް ވައުދު ކުރުވާފަ އޮންނާނީ. އެކަމު އެއީ ރަގަޅު ކަމެއް ނޫންކަންވެސް އިނގޭ. އެކަމަކު ހިބާވެސް މަށަށް ގެއްލޭނީ ވިއްޔަ.” މޫމިނާ މާނޭވާއެއް ލިއެވެ.

“ހިބާއަށް އޭނަގެ ބައްޕަ ފެނުނީމަ އިނގޭނެ. ދޭތެރެއަކުން އެއްޗިހި ފޮނުވާނެ. ހަރަދު ދޭ. މަދެކެ ލޯބި ނުވިއަސް ދަރިންދެކެ ލޯބިވާ ބަފައެއް އެއީ.” މޫމިނާ ބުންޏެވެ.

“މޫމިނާތަ ހިބާ ބައްޕަކައިރިން ދުރުވީ ހިބާއަށް ކިތައް އަހަގަ؟”ފައުޒާން އިނީ އެވާހަކަ ވަރަށް އަޑު އަހާ ހިތުންނެވެ.

“ދައްތަ ހިބާއަށް ބަނޑުބޮޑުވީތަނާ ޖަމާލު ދެއަންބަށް އިނދެފި ފަހީމާއާ. ފަހީމައަކީ ޖަމާލުގެ ދެބެންގެ ދެދަރި ކުއްޖެއް. ދެން ދައްތައަށް ހުރެވޭނެތަ. ވަރިކުރާށޭ ކިޔާކިޔާ ވަރިއެއް ނުކުރި. ހިބާ ލިބުނީމަ އެންމެ ފަހުން ދައްތަ ރަށަށް އައީ. ފަހީމާ ބަނޑުބޮޑުކަން އިނގުނީމަ. ފަހީމާއަށް ލިބުނީ ފިރިހެން ކުއްޖެއް. މިހާރު އެއީ ސަތާރަ އަހަރުގެ ފިރިހެން ކުއްޖެއް. ހިބާއާ ދެތިންމަސް ހަގުވާނީ. އަދިވެސް އަހަންނެއް ވަރިއެއް ނުކުރެޔޭ. ވަރިކުރާށޭ ބުނީމަ ބުނަނީ ވަރިކުރާނީ ކިހިނެއްހޯ އެންމެ ލޯބިވާ މީހަކީ ތިޔޯ. ދަރިޔާ އަޅެ ބުނެބަލަ ލޯބިވާނަމަ އެހެން އަންހެނަކާ އިނދެ ދަރިން ހޯދާނެތަ؟ ދައްތަ ކިހިނެއް ގަބޫލު ކުރާނީ. ޖަމާލު ބުނަނީ ފަހީމާއާ އިނީ މަޖުބޫރު ވެގެނޯ. ކޮން މަޖުބޫރެއްތަ އޮންނާނީ. އަހާއަހާ ބުނީކީ ނޫން ކީއްވެކަމެއް. ދެން ދައްތަ އެތާ ނޫޅެންވެގެން ރަށަށް އައީ. ނިކަން އާދޭސްކުރިއޭ. އެކަމު ދުވަހަކުވެސް ދަރިން އަހަރެން އަތުން އަތުލާކަށް ނޫޅޭ. އަބުޔާނުވެސް ދެން އެދިޔައީތާ. ދިޔަސް މައްސަލައެއްނެތް، އެކަމަކު މަގޭ ހާލު ބަލައިލާ ހަދަން އަންނަން ވާނެނު. ގައިމު ޖަމާލުވެސް ހިބާގެ ހާލުބަލާ ހަދަން ގުޅާވިއްޔަ.” މޫމިނާ އެހިސާބަށް ވާހަކަ ކިޔައިދިންއިރު ކަރީމްއާއި ސުނާދު ކައިނިމިގެން އަތްދޮންނަން ހިގައްޖެއެވެ. ފައުޒާންވެސް އިނީ ކައިނިމިފައެވެ. ނަމަވެސް މޫމިނާ ވާހަކަދައްކަ ދައްކަ އިންދާ ނުދާންވެގެން މަޑުކޮށްލައިގެން އިނީއެވެ.

“ފޯނުން ހިބާވެސް އޭނަ ބައްޕައާ ނިކަން ވާހަކަ ދައްކާނެ. އެކަމު ހިބާ ބޮޑުވިފަހުން މިރަށަށް ޖަމާލެއް ނާދެ. ވަރަށް ދުވަސް ވެއްޖެ ހިބާއަށް އޭނަބައްޕަ ނުފެންނަތާ. އަބުޔާނު ދިޔަފަހުން އެންމެ ފަހަރަކު އައީ. ނޭގެ ކިހިނެއްވީކަމެއް. ކުރިން ހިބާއަށް ގުޅާފަ މަށާވެސް ވާހަކަދައްކާނެ. އެކަމު ފަހުން މަށަކާވެސް ވާހަކައެއް ނުދައްކަ. ހިބާއަށް ހުރިހާ ހަރަދެއް އަދިވެސް ކުރަނީ ޖަމާލު. އެގޮތުން ނިކަން ރަގަޅު.” މޫމިނާ ބުންޏެވެ.

“ދަރިޔާ ދެންދޭ އަތްދޮންނަން. ދައްތަގެ ވާހަކައިގަ ޖެހިފަ އިންދާ އަތް ފޯވެ ފޫހިގައިދާނެ.” މޫމިނާ ގޮނޑިން ތެދުވެގެން ތަށިތައް ނަގަން ފެށިއެވެ.

“އެތާ ހުންނާނެ ދުފާއެއްޗިހި. ފޯއްފޮއްޗެއް އަނގައަށް ލާންވާނެނު.” މޫމިނާ ބޭރަށް އިށާރާތްކޮށްލަމުން ބުންޏެވެ.

ފައުޒާން ބޭރަށް ނިކުތްއިރު ކަރީމްއާއި ސުނާދު ތިބީ ބޭރުގައި ހުރި ޖޯލިފައްޗެއްގައި ޖައްސާލައިގެންނެވެ. ފައުޒާން އެގެއިން ނިކުތީ މޫމިނާއާ ސަލާން ކުރުމަށްފަހު މޫމިނާދިން ފޮށިގަނޑުވެސް ހިފައިގެނެވެ.

ފައުޒާންމެން އަތިރިމައްޗަށް ދިޔައީ ހަތަރެއް ޖެހިފަހުންނެވެ. އޭރު އަތިރިމަތީ ހުރި މިދިލި ގަހެއްގެ ގޮފިގަޑެއްގައި އެލިގެން ހިބާއޮއްވާ ފައުޒާންއަށް ފެނުނެވެ. ފައުޒާން ބޯހޫރާލިއެވެ. ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. މޫމިނާތަގެ އެއްވެސް ކަމެއް އެކުއްޖާގެ ނެތެވެ. ކިތަންމެ ރީއްޗަސް އުޅެނީ ފިރިހެނުން އަޅައިގަންނަ ގޮތަކަށްނޫނެވެ. އުޅެނީ ކުޑަކުއްޖެއްހެނެވެ. ހިބާގެ އެހިޔާލުގައި ހުރެ ލޯންޗަށް ފައުޒާން އެރިއެވެ.

ނަދުވާ ފެންވަރައިގެން ނިކުމެ ނަވާލް ކައިރީ ޖައްސާލީ ނަވާލް ކާޓޫން ބަލަން އިންދައެވެ. ނަދުވާވެސް ނަވާލްއާ އެކު ކާޓޫނު ބަލަމުން ދިޔައެވެ. އޭރު ނަދީމާ އުޅެނީ ބަދިގޭގައި ރޭގަނޑުގެ ކެއުން ތައްޔާރުކުރާށޭވެ. ދޮރުގެ ރަގަބީލު ޖެހިއަޑަށް ނަދުވާ ތެދުވެގެން ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރީ ފައުޒާންއެވެ. ފައުޒާންވެސް ފެންވެރީ ދާދި ދެންމެކަން ފައުޒާންގެ ތެތް ބޮލަށް ބަލައިލުމުން އިނގެއެވެ. ފައުޒާން ކުޑަކޮން ހެވިފައި ހުރީ ނަދުވާ ފެނުމުންނެވެ.

“ޒާން. ނަދޫ ހީކުރީ ޒާން އަންނަނީ މާދަމާ ކަމަށް. އާދޭ އެތެރެއަށް. މަންމަ އެބައުޅޭ ބަދިގޭގަ. ނަދޫކޮޓަރިއަށް ދާނީ ދޯ.” ފައުޒާންގެ އަތުގަ ހިފައިގެން ގޭތެރެއަށް ވައްދަމުން ނަދުވާ ބުންޏެވެ.

“ކާކު އައީ؟” ބަދިގޭގައި އުޅެމުން ނަދީމާ ގޮވާލިއެވެ.

“މަންމާ. އެއީ ޒާން.” ނަދުވާ ބުނެލިއެވެ. “މިރޭ ބައްޕަވެސް އަންނަ ވާހަކަ ބުނެފަ އޮތީ. އެހެންވެ މަންމަ އެ އަހަނީ.” ނަދުވާ ފައުޒާން ގޮވައިގެން ކޮޓަރިއަށް ދަމުން ބުންޏެވެ.

ނަދުވާގެ ކޮޓަރިއަށް ވަންއިރު ބިންމަތީއާއި އެނދުމަތީ އޮތީ ހުސް އަންނައުނެވެ. އެއީ އަބަދުވެސް އެކޮޓަރި އޮންނަ ގޮތެވެ.

“ނަދޫ. ކުރީދުވަހު ބުނި ކޮޓަރި ސާފު ކުރަނީޔޭ. މިއޮތީ މިހާރު ކިހިނެއް؟” ފައުޒާން އަހާލިއެވެ. ފައުޒާންއަށް އެގޮތަށް ތަންތަން ހުންނަންޏާ ވަރަށް އުނދަގޫވެއެވެ.

“ހިނގާ ދެމީހުންވެގެން ސާފުކުރަން.” ފައުޒާން ބިންމަތީ ހުރި އެއްޗިހި ހޮވަމުން ބުންޏެވެ.

“ބަހައްޓަބަލަ. ނަދޫ މިރޭ ސާފުކޮށްލާނަމޭ.” ނަދުވާ ފައުޒާންގެ އަތުގަ ހިފާލަމުން ބުންޏެވެ. އަދި ފައުޒާންއާއި ކައިރި ވެލަމުން ފައުޒާންގެ އަތުތެރެއަށް ވަނެވެ. އަދި ފައުޒާންގެ އެތަން މިތާ ބޮސްދޭން ފެށިއެވެ.

“ކިހާ ދުވަހެއް ވެއްޖެ އަހަރުމެން މިގޮތަށް މީޓް ނުކުރާތާ.” ނޭވާ އަވަސްވެފައި ހުރި ނަދުވާ ބުނެލިއެވެ.

“ނަދޫ. ޒާންއާ ނަދޫއާ އެއްބަސް ވެފަނު އޮންނާނީ އެހާބޮޑަށް ކްލޯސްކޮން ނޫޅެން.” ފައުޒާން ނަދުވާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ބުންޏެވެ. “ނަދޫއަށް ތިގޮތަށް ވެއިޓް ނުކުރެވެންޏާ ހިންގާ މެރީ ކުރަން. މިހާރު ދޮންބެވެސް އުޅެނީ މެރީކުރަން. ޒާންއާ ދޮންބެއާ އެއްކޮން މެރީކުރީމަ މަންމައަށް ވަރަށް ފަސޭހަވާނެ. ނަދޫ ބޭނުމިއްޔާ މެރީކޮށްގެންވެސް މިގޭގަ ނަދޫއަށް އުޅެވިދާނެނު.”

“އަދި މާއަވަސް ޒާން. ނަދޫއާ ޒާންއާ މެރީ ނުކުރިއަސް މިގޮތަށް އުޅެވިދާނެނު. އެހެންނޫނަސް ނަދޫއަކީ ވާޖިންއެއްވެސް ނޫންކަން ޒާންއަށް އިނގޭނު. އެންމެ ކުރިން ޒާންއާ އެއްކޮން މޭކްއޯވަރ ކުރިއިރު ޒާންއަށް އިނގުނެއްނު. އެހެންވީމަ އިތުރަށް ރައްކާކުރާނެ އެއްޗެއްވެސް ނަދޫގެ ނެތެއްނު. ލެޓްސް މޭކް އިޓް.” ނަދުވާ ފައުޒާންގެ ގަމީހުގެ ގޮއްތަށް ނައްޓަން އުޅެންފެށިއެވެ.

“ނޯ ނަދޫ. ދެޓްސް ނޮޓް ރައިޓް. އޭރު ޒާންއަށްވެސް ނޭގެޔޭ އެއީ އެހާ ގޯސްކަމެއްކަމެއް. އެކަމު މިހާރު އިނގުނީމަ އެހެން އުޅޭކަށް ނުވާނެނު. ނަދޫވެސް ކުރިން އުޅުން ގޮތް ދޫކޮށްލާފަ މިހާރު ރަގަޅަށްކަށްނު ތިއުޅެނީ. ދެން އިރުކޮޅަކާ ނަދޫއަކީ ވާޖިންއެއް ނޫނޭ އަބަދު ކިޔަނީ ކީއްކުރަންތަ. ޒާން ބުނީމެއްނު ނަދޫ ކައިރީ ކައިވެނީގެ ކުރިން ސެކްސްއަކީ ހަރާމް ކަމެކޭ. އޭރު އެގޮތަށް ކަންތައްވީމަ ޒާން މިހުންނަނީ ނުލާހިކު ދެރަވެފަ. ނަދޫއަށްވެސް އިނގޭނު އެކަން.” ފައުޒާން ނަދޫގެ އަތުގައި ހިފަހައްޓާލިއެވެ. “ނަދޫ. ކައިވެނި ނުކޮށް އެގޮތަށް އުޅެވެންޏާ އެއްވެސް މީހަކު ކައިވެނި ކުރާނެ ކަމެއްނެތެއްނު. އެގޮތަށް އުޅެންވީނު. ނަދޫ އަހަރެމެންގެ ދީނުގައިވެސް އެވަނީ އަންގަވާފަ….”

“ދެން ޒާން މާދީންވެރި ވެގެން އުޅޭނެކަމެއްނެތް. ޒާންވެސް އަންހެން ކުދިންނާ ނުލާހިކު ފްލާރޓް ކުރޭ. އެކަމު ނަދޫ ނުބުނަމެއްނު އެއްޗެއް. މިހާރު އެއްއަހަރު ވެގެން މިދިޔައީ.” ނަދުވާ ފައުޒާންގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ. ނަދުވާ ހުރީ ނުރުހުންވެފައިކަން ނަދުވާގެ މުނުމަތިން ފާޅުވާން ހުއްޓެވެ. “އެހާ ކްލޯސްކޮން އުޅެވުނީ އެންމެ ފަހަރަކު. އެއީ ކިހާއުފާވެރި ދުވަސްކޮޅެއް. އެގޮތަށް ހިނގާބަލަ ރިސޯޓަކަށްދާން ރާވަމާ.” އަނެއްކާވެސް ފައުޒާންގެ އަތުގަ ހިފާލަމުން ނަދުވާ ބުންޏެވެ.

“ނަދޫ. ޒާން މިބުނަނީ ދޮގެއްތަ؟ ޒާން ކުރިން ރައްޓެހިވި ކުދިންނާވެސް އެހާ ކްލޯޒްކޮނެއް ނޫން އުޅުނީ. އެކަމު ނަދޫއާ އެއްކޮން އެހާ ކޮލޯޒްކޮންވެސް އުޅެވުނީ. އެއީ އެކަމު ރަގަޅު ގޮތެއް ނޫނެއްނު. ނަދޫވެސް ބުނީމެއްނު ނަދޫވެސް ބޭނުންވަނީ ރަގަޅު ކުއްޖަކަށްވާށޭ. ނަދޫއަށް އުޅެވުނީ ވަރަށް ހަޑިކޮންނޭ. ބުނީމެއްނު.” ފައުޒާން ނަދުވާއަށް ވިސްނައިދޭން މަސައްކަތްކުރަން ފެށިއެވެ.

“ތިހެންވެސް ބުނީމޭ. އެކަމަކު މިހާރު އެއްވެސް އުފަލެއް ނުލިބެއެއްނު. ކުރިން އުޅުނުގޮތަށް އުޅޭނަމެކޭ ނޫން އެކަމަކު ދެން ޒާންގެ ފަރާތުން އުފަލެއް ނުލިބެންޏާ އަނެއްކާވެސް ނަދޫގެ ކުރީގެ ފްރެންޑުންނާ ވާހަކަ ދެއްކޭނީ.” ނަދުވާ ބުންޏެވެ.

“ނަދޫ. ހިނގާބަލަ ދެން މެރީކުރަން. އޭރުން ނަދޫ ބޭނުންވާއިރަށް ތިހުރިހާކަމެއްވެސް ކުރެވޭނެނު.” ފައުޒާން އަދިވެސް ބެލީ ނަދޫއަށް ވިސްނަދެވޭތޯއެވެ.

“މެރީ ކުރާކަށް ނުވެޔޭ ބުނެފީމެއްނު.” ނަދުވާ ފައުޒާން ކޮށްޕާލަމުން ހަޅޭއްލަވައި ގަތެވެ.

ނަދޫ ހަޅޭއްލަވައި ގަތުމުން ފައުޒާން ކައިރިއަށްވެސް ރުޅިއަންނަގޮތް ވެއްޖެއެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރަމުން ފައުޒާން ބެލީ މަޑުން ހުރެވޭތޯއެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލިއަޑު އިވުނެވެ. ފައުޒާން ދޮރުހުޅުވިއިރު ދޮރުކައިރީ ނަދީމާ ހުއްޓެވެ.

“ޒާން ނަދޫ އާއެއްކޮން އާދޭ ކާން. ތުއްތަބޭވެސް އޭނީ އައިސް މިހާރު.” ނަދީމާ އެހެން ބުނެފައި އެނބުރި ހިގައްޖެއެވެ. ފައުޒާން ދޮރު ލައްޕާލަމުން ނަދުވާ ކައިރިއަށް އައިސް ނަދުވާގެ އަތުގައި ހިފާ ކައިރިކޮށްލިއެވެ.

“ނަދޫ. ދެން ރުޅި މައިތިރިކޮށްލާފަ ހިނގާ ކާން. ނަދޫގެ ބައްޕަވެސް އައިސްފިޔޯ.” ފައުޒާން ހިތްހަމަ ޖައްސާލަމުން ބުނެލިއެވެ. ނަދުވާވެސް މިފަހަރު ދެކޮޅު ހެދުމެއް ނެތި ފައުޒާންއާއެކު ކޮޓަރިން ނިކުތީ އިތުރަށް ފައުޒާންއާ ދެބަސްވެ ވާހަކަދައްކަން ބޭނުންނުވީމައެވެ.

“ދަރިފުޅާ. ނަދޫ. އޮފީސް ކަންތައް ކިހިނެއްތަ؟ މިހާރު ތިދާ އޮފީސް ރަގަޅުތަ؟” ސައީދުއަށް އޭނަގެ އަންހެން ދަރިފުޅު ފެނުމުން އެންމެ ކުރިންވެސް އަހާލީ އެހެންނެވެ. ސައީދު މޭޒުކައިރީ އިނީ އެމީހުން އަންނަން ދެނެވެ. ފައުޒާން އައިސް ސައީދުގެ ކުރިމަތީ އިން ގޮނޑީގައި އިށީނެވެ.

“އާން. ދެން އަދި ރަގަޅު. އަދި މިވީ ދެހަފްތާ މިތަނަށް ވަން ފަހުން އެހެންވީމަ އަދި ނޭގެ ބުނާކަށް. އަދި ހަމަ ރަގަޅު.” ނަދުވާ ފައުޒާން އާއި ޖެހިގެން އިށީންނަމުން ބުންޏެވެ. ނަދުވާ ސްކޫލް ނިމުންފަހުން ވަޒީފާ އަދާކުރަން ފެށީ ސައީދުގެ ކޮންޕެނީގައެވެ. ނަމަވެސް އެތާގައި ނަދުވާ އުޅެން ފޫހިވެގެން ސައީދު ނަދުވާއަށް އެހެން ތާކުން ވަޒީފާ ހޯދަދިނެވެ. އެތަނުގައިވެސް ނަދުވާއަށް ނޫޅެވުނީ އެތާގެ ކޮންމެސް އަންހެން ކުއްޖެއްގެ ފިރިއަކާ ގުޅުމެއް ހިންގައިގެން ޖެހުނު މައްސަލައަކުންނެވެ. އޭގެފަހުންވެސް ދެތަނެއްގައި ނަދުވާ އުޅުނެވެ. މިހާރު އުޅޭ ތަނަކީވެސް ސައީދުގެ ރައްޓިއްސެއްގެ އަމިއްލަ ކޮމްޕެނީއެކެވެ.

“ދަރިފުޅު ރަގަޅަށް އުޅެންޏާ ކޮންމެތަނެއްވެސް ހަމަ ރަގަޅުވާނެ. އަނެއްކާ މިހާރު ތިއުޅޭ ތަނަކީ ބައްޕަގެ ނުލާހިކު ގާތް ރައްޓިއްސެއްގެ ތަނެއް. އެހެންވީމަ ތިތާ އުޅެންވާނީ ރަގަޅަށް. ފަރުވާތެރިކަމާއެކު މަސައްކަތަށް ސަމާލުވާން ވާނެ.” ސައީދު ބުނެޏެވެ.

“އާން ބައްޕާ. މިފަހަރު ކުރިންވާގޮތަށް ވިޔަކަ ނުދޭނަން. މިފަހަރު ރަގަޅަށް އުޅޭނީ.” ނަދުވާ ސައީދުގެ ހިތްހަމަ ޖައްސާދިނުމަށް ޓަކާ ބުނެލިއެވެ. އެހެން ބުންޏަސް ހުދު ނަދުވާއަށްވެސް އެތާ ގިނަދުވަހު އުޅެވޭނެ ކަމުގެ އުއްމީދެއް ނެތެވެ. މިހާރުވެސް އޮފީސްމަތިން ވަނީ ފޫހިވާގޮތް ވެފައެވެ.

“ފައުޒާން. ކިހިނެއްތަ ވަޒީފާގެ ކަންތައްތައް؟” ސައީދު ތަށްޓަށް ބަތް އަޅަމުން އަހާލިއެވެ.

“ވަރަށް ބިޒީކޮން މިދުވަސްކޮޅު މި އުޅެންޖެހެނީ. ރިއާސީ އިންތިޙާބު ކައިރިވާތީ ވަރަށް ތައްޔާރީތައް ވަމުން ގެންދަނީ.” ފައުޒާން ބުންޏެވެ.

“އާން. ކުރިއަށް މިއޮތީ އަދި ރޯދަމަސް. ވަރަށް ފޯރި ގަދަވާނެހެން ހީވަނީދޯ.” ސައީދުވެސް ފައުޒާންއާ އެއްބައި ވެލަމުން ބުނެލިއެވެ.

“ދެން ރޯދަމަސް ދިޔައިމަ ޒާންމެން ބޮޑަށް ބިޒީ ވާނީ. ރޯދަމަހަށް އަދި އެހާ ކަންތައްތަކެއް ނޯންނާނެ ހެން ހީވަނީ.” ފައުޒާންވެސް ތައްޓަށް ބަތްއަޅަން ފެށިއެވެ. “އެކަމު ރޯދަމަހު ވަރަށް އެކްސިޑެންޓްތައް ގިނަވާނެ. އެހެން އަހަރު ތަކުގައިވެސް ރޯދަމަހު އެކްސިޑެންޓް ވާލެއް ގިނަ.” ފައުޒާން ބުންނެވެ.

ފައުޒާން އެރޭ ކައިގެން ލަސްނުކޮށް ގެއަށް ވަނީ ވަރަށް ވަރުބަލި ވެފައި ހުރުމާއި އެކު އަވަހަށް ނިދަން ބޭނުންވެފައި ހުރުމުންނެވެ.

ހެދުނު އަޒްކާ އައީ، ހަފީޒާ ޑިއުޓީއަށް ދާން އުޅެނިކޮންނެވެ. ހަފީޒާ އަޒްކާއަށް ކައްކަންވީ އެއްޗިހި ދެއްކުމަށްފަހު ދިޔައީ ތައްޔާރުވާށެވެ. އެވަގުތު ފައްވާޒުވެސް ކޮޓަރިން ނިކުތެވެ.

“ވާޒްދޮންބެ ކޮން އިރަކުން ފުރަނީ؟ ކުޑައްތަބުނި ވާޒްދޮންބެ ވިސާ ހޯދަން ދާން އުޅޭވާހަކަ.” އަޒްކާ ބޭނުންވީ ފައްވާޒްއާ ދިމާކޮށްލާށެވެ.

“ހެހެހެ. އާން. ވިސާ ހޯދަން މިދަނީ. މިއަދު މެންދުރުފަހު ފުރަން މިއުޅެނީ. ” ފައްވާޒް ހިނިގަޑެއް ޖަހާލަމުން ބުންޏެވެ. “ޒާން ތިރިއަށް އައިތަ؟” ފައްވާޒް އަހާލިއެވެ.

“ނޫން. މިއަދު ޒާންބެއަށް އޯފް ދުވަހެކޯ ކުޑައްތަބުނީ” އަޒްކާ ބުންޏެވެ.

ފައްވާޒް މައްޗަށް އެރީ ފައުޒާން ހޯދާށެވެ. އޭރު ފައުޒާން ފެންވަރައިގެން ނިކުމެ ކޮޓަރިއަށް ވަންނަނީއެވެ. މަތީގައި ހުންނަނީ އެއްފާހާނާއާއި ދެކޮޓަރިއެވެ. އެއީ އަސްލު ފައްވާޒްއާއި ފައުޒާންގެ ދެކޮޓަރިއެވެ. ފިޒާ ކިޔަވަން ދިއުމުން ފައްވާޒް ފިޒާކޮޓަރީގައި އުޅެނީއެވެ. މިހާރު ފައްވާޒް މީހަކާ އިންނަން އުޅޭތީވެސް ހަފީޒާވެސް ބޭނުންވަނީ ފައްވާޒް އެކޮޓަރީގައި އުޅުމަށެވެ.

“ޒާން، ދޮންބެ މިއަދު ހަވީރު ފުރަން މިއުޅެނީ ހާ އަލިފްއަށް. ދެދުވަސް ވާނެހެން ހީވަނީ. ގެއަށް މަސްވެސް ގަންނަން ޖެހިފަ ހުރީ. އެކަންތައް ކޮށްލަ ދެއްޗޭ. ދެން މަންމަ ބުނި ރޯދައަށް ސާމާނު ގަންނަވާހަކަވެސް. ދޮންބެ އައިސްސަދޯ އެކަމާ އުޅޭނީ. މިފަހަރު ކޭހުން ނަގާނީދޯ އޭރުން އަގު ހެޔޮވާނެނު.” ފައްވާޒް ބުންޏެވެ. ތުވާލި އަނދެގެން ހުރި ފައުޒާން ފައްވާޒުއާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

“ދެން ތިކަމާ އުޅޭނީ ދޮންބެ އައިމަ. ވަލީ ހޯދަން ދާ ދަތުރުގަ ހަނީމޫން ނަހަދައްޗޭ.” ފައުޒާން ދިމާކޮށްލިއެވެ. ފައްވާޒް ހިނިތުން ވެލިއެވެ.

“މިމަހު މެރީ ކުރެވޭތޯ މިއުޅެނީ. ބައްޕަ އަންނާނަމޯ މިމަހު ފަހުކޮޅު.” ފައްވާޒް ބުންޏެވެ.

“އާން. ދެން މަންމަ ވެސް އެކަނި ވެގެން އަހަރުމެންނަށް ބޭރަށް ނުދެވިފަ ތިބޭކަށް ނުޖެހޭނެނު.” ފައުޒާން އެންމެ ކަންތައް ބޮޑުވާ ކަމަކީއެއީއެވެ. ފައުޒާން މެންގެ ބައްޕަ އެކުދިން ކައިރީ އަބަދުވެސް ބުނެފައި އޮންނަނީ ރޭގަނޑު މަންމަ އެކަނި ކޮށްފައި ބޭރަށް ނުދިއުމަށެވެ. ކުޑައިރުން ފެށިގެން އެހެން ކިޔާކިޔާ އެއްކުއްޖަކަށްވެސް މަންމަ އެކަނި އިންދާ ރޭގަނޑު ބޭރަށް ދާކަށް ނުކެރެއެވެ. ވަޒީފާއަށް ދާން ޖެހުނަސް އަޒްކާ ނޫނީ ނަދުވާ ގެއަށް ގެނެސްފަ ނޫނީ ނުދެއެވެ.

“އާން. ދޮނބެ މެރީކުރާތީ ތިކަމާދޯ ޒާން އެންމެ އުފާވަނީ.” ފައްވާޒް ބުނެލިއެވެ.

“ހެހެހެ އާން. އެކަމާވެސް.” ފައުޒާން ކޮޓަރި ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނުމުން ފައްވާޒްވެސް ފައުޒާން ފަހަތުން ވަނެވެ. ތަރުތީބު ކޮށްލާފައި އޮތް ކޮޓަރިއެކެވެ. ފައުޒާންއަކީ އަބަދުވެސް ވަރަށް ސާފުތާހިރު ކަމަށް ލޯބިކުރާ މީހެއްކަމުން ކޮޓަރިއާ ޓެރެސް އަބަދުވެސް އޮންނަނީ ސާފުކޮށްލާފައެވެ. އެކަންކަން ކުރާކަށް ހަފީޒާއަކަށް ނުޖެހެއެވެ. ނަމަވެސް ފައްވާޒްގެ ކޮޓަރި ސާފުކޮށް ހަދަން ޖެހެނީ ހަފިޒާއަށެވެ. އެއީ ފައްވާޒް މާކުރާހިތްވާ ކަމަކަށް ނުވާތީ ކޮޓަރި ހަޑިވާލެއް ވަރަށް އަވަހެވެ.

“ޒާންވެސް ނަދޫއާ މެރީ ކުރަންވީއޭ. ޒާން މެރީކޮށްގެން އުޅޭނީ ނަދޫމެންގޭގަނު. އޭރުން ފިޒާއަށް މިކޮޓަރި ދޭނީ ފާހާނާ ކޮޓަރިއަށް އެޓޭޗް ކޮށްލާފަ.” ފައްވާޒް ބުންޏެވެ.

“ޒާން މެރީކުރަން ބޭނުންވިއަސް ނަދޫ އަދި މެރީކުރާކަށް ބޭނުމެއްނޫނޯ. ނޭގެ ކީއްވެކަމެއް؟” ފައުޒާން ބުންޏެވެ. ފައުޒާން އަލަމާރިން އެނަލާނެ ޓީޝާޓެއް ނެގިއެވެ. އަދި ސޯޓެއް ނެގުމަށްފަހު އެނދުމަތީ ބޭއްވިއެވެ.

“ދޮންބެ ދެން މިދަނީ އެހަށް. ގެ ރަގަޅަށް ބަލާތި.” ފައްވާޒް އެކޮޓަރިން ނިކުންނަމުން ބުނެލިއެވެ.

އެދުވަހު ހަވީރު ފައްވާޒް ފުރިއެވެ. އޭރު ހަފީޒާވީ ޑިއުޓީގައެވެ. ހަފީޒާއާ ފަހުވަގުތު ބައްދަލުނުވީތީ ހަފީޒާ ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އެރޭ ހަފީޒާ ގެއަށް އައިއިރު އަޒްކާއިނީ ސޯފާގައެވެ. އޭނަ އަތުގައި ފިލާވަޅު ދަސްކުރަން ގެންގުޅޭ ފޮތް އޮތަސް އޭނައިނީ ޓީވީ ބަލާށެވެ. ފައުޒާން ބޭރަށް ދަމުން ދިޔައީ އަޒްކާ ގެއަށް ގެނެސްފައެވެ.

“އަޒްކޯ؟” ހަފީޒާ އައިކަމެއްވެސް އަޒްކާއަކަށް ނޭގެއެވެ. ގޮވާލުމުން އަޒްކާ ދިޔައީ ސިއްސައިގެންނެވެ.

“ތީތަ ފިލާވަޅު ދަސްކުރާގޮތް. ޓީވީ ބަލަމުން ދަސްވޭތަ؟” ހަފީޒާ އަޅައިގެން ހުރި ހުދު ބުރުގާ ބާލަމުން ބުންޏެވެ.

“ކުޑައްތާ. އަސްލުދެން ދަސްކުރަނީކީ ނޫނޭ. ހަމަ ބަލައިލަނީ. ރޯދަ ދިޔައިމަ ޓެސްޓު އަންނާނީ. އޭރުން ދެން ވަރަށް ބިޒީވާނެ.” އަޒްކާ ބުންޏެވެ.

“އެހެންވެ މިހާރުން ފެށިގެން ދަސްކުރަނީދޯ.” ހަފިޒާ އަހާލިއެވެ.

ފައުޒާން އިނީ ވެސްޓްޕާރކް ރެސްޓޯރެންޓްގައެވެ. ފައުޒާންގެ އެންމެ ގާތް އެކުވެރިޔާ މާޒްއާ އެކީއެވެ. މާޒް އެއައީ ރާއްޖޭން ބޭރުގައި އުޅެފައެވެ. މާޒްއަކީ ފައްވާޒް އާއި އަޒްމީލުގެވެސް ވަރަށް ގާތް ރައްޓިއްސެކެވެ. ފައުޒާންމެން ސްކޫލު ދައުރުގައި މާޒްގެ އާއިލާ އުޅުނީ ފައުޒާންމެންގެ ތިރީބައި ކުއްޔައް ހިފައިގެންނެވެ. އެހެންކަމުން އޭރު އެއްކޮން އުޅުނީމަ އެގުޅުން އަދިވެސް އޮތީއެވެ.

ޖެހިގެން ހުރި މޭޒުކައިރީގައި ތިބި ބަޔަކު ކިޔާއެއްޗިހި ފައުޒާންމެންގެ މޭޒަށް އަޑުއިވެއެވެ. ފައުޒާން އާއި މާޒް ތިބީ އެމީހުން ދައްކާ ވާހަކަ އަޑު އިވޭތީ އަޑު އަހާށެވެ.

“ހިބް، އަހަރުމެން ހިބް ކައިރީ ވާހަކައެއް ބުނަންވެގެން މިތަނަށް ހިބް މިގެނައީ. ހިބްއަށް ވަރަށްބޮޑު ސަރޕްރައިސްއަކަށް ވާނެކަންވެސް ނޭގެ. އެކަމަކު ދެން މިވާހަކަ ނުބުނެ ނެތް ވާކަށް.” އެތާ އިން އަންހެން ކުއްޖެއް ބުނާއަޑު އިވުނެވެ.

“އަސްލު މިއަދު ތިއުޅެނީ ސަރޕްރައިސްއެއް ދޭން ކަން މަށަށް އިނގުނޭ މާކުރިންވެސް. މަގޭ އެންމެ ކްލޯސް ދެމީހުންވިއްޔަ ތީ. ބީނާ ބުނެބަލަ ދެން ތި ދޭން އުޅޭ ސަރޕްރައިސްއެއް.” ހިބާ ހުރީ ވަރަށް އުފާވެފައެވެ. ހިބާގެ އުފަންދުވަހު އެމީހުން ހިބާއަށް އުފާވާކަހަލަ ހަދިޔާއެއް ދޭން އުޅެނީއެވެ. ހިބާ ހިތަށް އަރަމުން ދިޔައެވެ. ފައުޒާންއަށް ހިބާގެ އަޑު އިވުމުން ވަރަށް ދަންނަ އަޑަކާ ވައްތަރު ވުމުންވެސް އެދިމާ ބަލައިލަން ނުކެރިފައި އިނީއެވެ.

“ހިބާއަށް ވުރެން އަހަރެންނާ އިއްޒަތު ތިން އަހަރު ބޮޑެއްނު. ހިބާ ޖެހޭނީ އަހަރުމެން ދައްކާވާހަކަ އަޑު އަހަން….. އިއްޒަތު ބުނޭ. ބީނާ އަކަށް ނުކެރޭނެ.” ބީނާ ބުންޏެވެ.

“ދެން. އުމުރުން ބޮޑަސް ބީނާތީ އަހަރެންގެ އެންމެ ކްލޯސް އެންމެ ގާތް އެކުވެރިޔާ. ދެން މީނީ އިއްޒަ. އަހަރެން އެންމެ ލޯބިވާ ހަޔާތުގެ ބައިވެރިޔާ. އެހެންވީމަ ބުނެބަލަ އަވަހަށް. އަހަރެން އަޑުނާހަ ހުންނާނެތަ؟” ހިބާ ބުންޏެވެ. މިހާރު ފައުޒާންއަށް އެއީ ކާކުކަން އިނގިއްޖެއެވެ. އެއީ ހިބާކަން އިނގުމުން އެއްފަހަރު އެދިމާއަށް ބަލައިވެސް ލެވިއްޖެއެވެ. ހިބާ އިނީ ރީތި ހެދުމެއް ލައިގެންނެވެ. ރަށުގަ އުޅުން އިރު ލައިގެން އިން ދޫ ޓީޝާރޓެއް ނޫނެވެ. ނަމަވެސް އިސްތަށިގަނޑު އަދިވެސް އޮތީ ހުޅިއެއް ޖަހާފައެވެ. މިފަހަރު ގޮފިކޮޅެއްގެ ބަދަލުގައި އެ ހުޅިއަށް ހަރާލާފައި އިނީ ހެދުމާ ގުޅޭ ކުލައިގެ ދަނޑިކޮޅެކެވެ.

“ހިބާ…. އަހަރުމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ހިބާ ރަށަށް ދިޔަފަހުން އަހަރުމެން ރައްޓެހިވީ. މިހާރު ވަރަށް ކްލޯސް ވެވިއްޖެ. އަހަރުމެން މިހާރު ބޭނުންވަނީ އަވަހަށް އިންނަން. ހީކުރަން ހިބާއަށް އަންޑަރސްޓޭންޑް ވާނެކަމަށް.” އިއްޒަތު ބުންޏެވެ.

ހިބާއަށް ލިބުނީ ހައިރާން ކަމެކެވެ. ގޮނޑިން ތެދުވެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ. އެހާ އެއްކޮން އުޅުން ގާތް އެކުވެރިޔާ އެފަދަ ބޮޑު ކެއްސެއް ދީފާނެ ހެއްޔެވެ. އަދި އެކަންވެސް އެކުރަނީ އޭނަގެ އުފަންދުވަހުއެވެ. އެ އެކުވެރިޔާއަށް ނޭގޭ ވާހަކައެއް ނޯންނާނެއެވެ. ހިބާ އިއްޒަތު ދެކެ ލޯބިވާވަރު އެންމެ ރަގަޅަށްވެސް އިނގޭނީ ބީނާއަށެވެ. އިނގިހުރެ ލޯބި އަތުލީއެވެ. އަދި އިއްޒަތުވެސް ލޯބީގެ ދަޅަ ދައްކައިގެން އުޅެފަ ފެނުނީ ހިބާގެ އެންމެ ގާތް އެކުވެރިޔާ ހެއްޔެވެ. ހިބާ ވިސްނާލަން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ކައިރީގައި ހުރި ކޯކުތަށި ނަގާ އިއްޒަތުގެ މޫނަށް ޖެހިތަނެވެ.

“ޔޫ ޑިސާރވް ދެޓް. ކޮންފަދަބޮޑު ސަރޕްރައިސްއެއް ތިދިނީ ހިބާގެ ބާރތްޑޭގަ.” ހިބާ ބުނެލިއެވެ. އަދި ބަލާލުމެއް ނެތި އެތަނުން ނިކުމެގެން ދިޔައީއެވެ.

“ކޮންކަހަލަ މީހެއްތަ؟ އަދި ރީތިކޮން ބުނީމަ އެހާވަރު އަރުވާލަން ޖެހޭތަ؟” ބީނާ ޓިޝޫއެއްނަގައިގެން އިއްޒަތުގެ މޫނު ސާފުކުރަމުން ބުންޏެވެ.

“ގަޓް ހުރި އަންހެން ކުއްޖެއް އެދިޔައީ.” މާޒް ވަރަށް ސިއްރުން ފައުޒާން ކައިރީ ބުނެލިއެވެ. ފައުޒާން މާޒްއާ ދިމާއަށް ބަލަން އިނެވެ. އަދި ބޯޖަހާލިއެވެ. އާނއެކެވެ. އެހެން އަންހެން ކުއްޖެއްވިއްޔާ ވަގުތުން ރޯންފަށާ އާދޭސްވެސް ކުރަން ފަށާނެކަން ޔަގީނެވެ. އެއީ ހަމަ އެހެން ކުދިންނާ ތަފާތު ކުއްޖަކީއެވެ.

ފައުޒާންއާއި މާޒް އެތަނުން ނިކުތީ އިރުކޮޅެއް ފަހުންނެވެ. އޭރުވެސް އިއްޒަތުއާއި ބީނާ އެތާ ތިއްބެވެ. ފައުޒާންއާއި މާޒް ނިކުމެ ސައިކަލު ޕާރކްކޮށްފައި ވާ ހިސާބަށް ދެވުނު އިރު އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ކައިރީގައި އޮތް ކާރުގެ ބިއްދޮށުން އަޑުއިވޭތީ ފައުޒާން އެދިމާ ބަލައިލިއިރު ހިބާއެތާހުރެ ރޮނީއެވެ. ފައުޒާންގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ނޭގެއެވެ. ނަމަވެސް އެކަން ނުދައްކާ ޖީބުގައި އޮތް ޓިޝޫ ޕެކެޓެއް ނަގައިގެން ގޮސް ހިބާކައިރިއަށް ހުއްޓުނެވެ.

“ކަރުނަ ތި އަޅަނީ އަންފެއިތްފުލް ލޯބިވެރިއަކަށްތަ؟ ނޫނީ އިތުބާރު ނުކުރެވޭ އެކުވެރިއަކަށްތަ؟ ހިއެއްނުކުރަން ތިގޮތަށް ކަރުނައަޅާ ރޯނެކަމަކަށް.” ފައުޒާން ޓިޝޫ ޕެކެޓު ހިބާއަތަށް ލައިދީފައި ގޮސް މާޒްއިން ސައިކަލުގެ ފަހަތަށް އެރިއެވެ. ހިބާއާއި ދިމާއަށް ބަލައިލިއިރު ހިބާ ހުރީ ބަލާށެވެ. ސައިކަލު އިސްޓާޓުކޮށްލުމުން އެއްލޯމަރާލާފައި ފައުޒާން ހީލިއެވެ.

ހިބާ ހުރީ ހައިރާން ވެފައެވެ. އެފަދަގޮތަކަށް ފައުޒާންއާ ދިމާވެދާނެކަމަކަށް ހިބާ ހިތަކަށް ނާރައެވެ. އަދި ފައުޒާންއަށް އޭނައެރޯ ސަބަބު އެގުނީތީ ހައިރާންވެފައި ހުއްޓެވެ. ފައުޒާން އެބުނީ ތެދެކެވެ. އަހަރެން ރޯންވީ ކީއްވެހެއްޔެވެ. ބޭވަފާތެރިވީ މީހަކަށްޓަކާ ކަރުނައަޅަންވީ ކީއްކުރަން ހެއްޔެވެ. އެކުވެރިއެކޭ ކިޔާފަ ހުރި މީހާވެސް ކަންތައްކުރިގޮތް އެހެރީއެވެ. އެވަރުގެ މީހަކާ ގުޅުން ބޭއްވުނީތީ އަމިއްލަ ނަފްސުވެސް ކުއްވެރިކޮށްލިއެވެ.

ފައުޒާން ދިން ޓިޝޫއިން ލޯފޮހެލަމުން ހިބާވެސް ގެއާދިމާއަށް ހިގައިގަތެވެ. މަންމަ ކައިރީ ބުނެގެން ގެވެސް ބަދަލުކުރަން ހިތަށްއެރިއެވެ. ބީނާއާ އެއްގެއެއްގައި އުޅޭކަށް ހިބާދެނެއް ބޭނުމެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 6..

Next

ހާދަ ލޯބިންނޭ… (28)

Next
April 3, 2016

ހާދަ ލޯބިންނޭ… (28)

Previews
April 2, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 6..

10 Comments!

  1. Shaaa says:
    April 3, 2016 at 1:13 am

    V nice

  2. Aimsithu says:
    April 3, 2016 at 1:36 am

    Oh nice. ….. dhen avahah fauzan men geyah change vey. ..

  3. A says:
    April 3, 2016 at 7:25 am

    wow nice

  4. aish says:
    April 3, 2016 at 7:32 am

    faux ah hibaa gulhu v ma v salhi vaane dhw v nice

  5. Shaai says:
    April 3, 2016 at 7:41 am

    Aish….
    Shaai ah ves hivany thibunaahen vaani. Fauxaan n hibaa hen gulheyny… V nice vaane dhw?

    1. princess says:
      April 3, 2016 at 10:13 am

      Yeah you are ryt…e dhemyhun gulheyny…loabi baby eh vx libeyne….hehe

  6. shinnu says:
    April 3, 2016 at 11:36 am

    Wow i like this story

  7. Ram says:
    April 3, 2016 at 1:58 pm

    Mi story v salhi

  8. Soabi says:
    April 3, 2016 at 11:28 pm

    V interested salhi vaahakaeh

  9. Faxoo says:
    April 22, 2016 at 10:56 am

    alhey.. Izzath haadha doahey dhw.. Hiba ah ehen hadhaakah nuvaane. aslu Hiba ulhey goi varah cute 😉 Hiba ei faxu ge favourite character 😀 this story is intresting ?

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 4 ވަނަ ބައި←


All Right Reserved!