ކޮޓަރި ދޮރު ހުޅުވާފައި ނިކުން އިރު ކަމަކު ދާކަށް ނެތެވެ. ބަދިގެ ތެރޭގައިވީ އަލިފާނުގެ އަސަރު ސަފިއްޔާއާއި މިރުޝާލްގެ ކޮޓަރިއަށްވެސް ވަނީ ކޮށްފައެވެ. “ނޫން ނޫން. މަންމާ! ބައްޕާ!” މިކްޔާގެ ކަރުން ހަންދާ ވަރަށް އޭނާ ގޮވާލިއެވެ. ސަފިއްޔާ ހުރީ ބަދިގޭގައެވެ. މިރުޝާލް ހުރީ ކޮޓަރީގައެވެ. ދެން…؟
(44 ވަނަ ބައި)
“މަންމާ… މަންމާ…” ރޮމުން ރޮމުން މިކްޔާ ދުއްވައިގަތީ ބަދިގެއާއި ދިމާލަށެވެ. ހާސްވެފައި ހުރިވަރުން އެހީއަށް ގޮވުމުގެ ޙިޔާލެއްވެސް އޭނާއަކަށް ނައެވެ. ބަދިގެއަށް ވަދެ ވަދެ ހުއްޓާ ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފާ ފަހަތައް ދަމައިލިއެވެ. ފަހަތުގައި ހުރީ މިރުޝާލެވެ. ހިތްހަމަ ޖެހުން ވަރުން މިކްޔާއަށް މިރުޝާލްގެ ހަށިގަނޑުގައި އޮޅުލައިގަނެވުނެވެ.
“މިކްޔާ މޮޔަވީތަ؟ ކީއްކުރަން ބަދިގެއަށް ތި ދަނީ؟ ނިކުމޭ ބޭރަށް” ނޭފަތުގައި އަތް އަޅަމުން މިރުޝާލް ބުނެލިއެވެ. “ބައްޕާ… އެކަމަކު… މަންމަ…” ބަދިގެއަށް އިނގިލި ދިއްކޮށްލަމުން މިކްޔާ ބުނެލިއެވެ. “މަންމަ ސަލާމަތް ކުރާނަން ބައްޕަ. ދަރިފުޅު ދޭ ބޭރަށް. ދާށޭ” ގެއިން ބޭރަށް މިކްޔާ ކޮއްޕާލަމުން މިރުޝާލް ބުނެލިއެވެ.
ރޮމުން ރޮމުން ދުވަމުން މިކްޔާ ގެއިން ނިކުތެވެ. “މީހެކޭ… އަޅުގަނޑަށް އެހީއެއް ވެދީ. ހެޔޮނުވާނެ… އަޅުގަނޑުގެ ގެ އަނދާ ހުލިވަނީ އެ ހެޔޮނުވާނެ މީހެކޭ އެހީއެއްވެދީ…” މިކްޔާ މަގު މައްޗަށް ނިކުމެ ކަރުން ހަންދާ ވަރަށް ގޮވަން ފެށިއެވެ. ބައެއް ގޭގެއިން މީހުން ނިކުންތަން އޭނާއަށް ފެނުނެވެ. ދެންވީ ނުވީއެއް ނޭނގި ހުރިތަނަށް ކަނޑާ ވައްޓާލި ރުކެއްހެން އޭނާ ދެމުނެވެ…
އިންތިޒާރު ވަތީގައި ޔައުލާންއާއި އެޒިކިއެލް ތިއްބެވެ. ‘ރަމެން ކަޕް’ އެއް ތައްޔާރު ކޮށްލައިގެން ތިބި ނަމަވެސް ކާނެ ހިތްވަރެއް ދެމީހުން ކުރެ އެކަކަށްވެސް ނުލިބުނެވެ. ހާވާ ހާވާ އިންދާ ނޫޑުލިސްކޮޅު ހިހޫވެ ޗަސްވެސް ވެއްޖެއެވެ. ނަމަވެސް ދެމީހުނަށް ހަމަ އަނގަ ކުނިވެފައި ތިބެވުނީއެވެ.
ހިނދުކޮޅެއް ފަހުން އެތަނަށް ސަލްމާން އަންނަތަން ފެނުމުން ދެމީހުންވެސް ‘ރަމެން ކަޕް’ މަތިން ހަނދާން ނެތުނެވެ. އަވަށް ތެދުވެ، ސަލްމާން ދައްކާނެ ވާހަކައަކަށް ތައްޔާރުވެލިއެވެ.
“މިކަން ކުރި މީހަކު ވަނީ ލައިލީންގެ ވަނަވަރު ވަރަށް ރަނގަޅަށް ބަލާ ޔަގީންކޮށްފައި” ފުންނޭވާއެއް ދޫކޮށްލަމުން ސަލްމާން ވާހަކަ ދައްކަން ފެށިއެވެ. “ލައިލީން އަކީ ހިތުގެ ޕޭޝަންޓެއް. ބެލެވޭގޮތުންނަމަ ހާރޓް ބައިޕާސް ސާރޖަރީ ވަނީ ހަދާފައި. އެ ސާޖަރީ ހަދައިފި މީހަކު އުމުރު ދުވަހުވެސް ބްލަޑް ތިނާރްސް ކާން ޖެހޭނެ. އެ ބޭސް ހުއްޓިއްޖެ ނަމަ، ހާރްޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހި ކަން ކަންވާނެ. އެ ބޭސް އަޅުގަނޑުމެނަށް ލައިލީންގެ ލެއިން ޑިޓެކްޓު ކުރެވިއްޖެ. ނަމަވެސް ފަހުން އައިސް ލައިލީން އެބޭހެއް ނުކައި. ލައިލީން ނިޔާވީ ހާރްޓް އެޓޭކެއް ޖެހިގެން. އެކަން ވަންހަނާ ކުރުމުގެ ގޮތުން އެމީހަކު ލައިލީންގެ ހިތް ނެގީ” ސަލްމާން ތަޢާރަފްކޮށް ކިޔައިދިނެވެ.
“އެހެން ކަމަށް ވިއްޔާ؟… އޭނަ އެ ހުރިހާ ކަމެއް އެކުރީ ލައިލީން މަރުވެފައި އޮއްވާތަ؟” އެޒިކިއެލް އަހައިލީ ޔަގީން ކޮށްލުމަށެވެ. “ރަނގަޅު. ލައިލީން މަރުވިތާ ހަފްތާއެއް ވެއްޖެ” ޑަކްޓަރު ސަލްމާން ޔަގީން ކަމާއި އެކު ބުނެލިއެވެ.
‘ނޭޝަލަން ފޮރިންސިކް ސާރވިސް’ އިން ނިކުން އެޒިކިއެލްއާއި ޔައުލާންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެޔެވެ. ދެމީހުންވެސް ދިޔައީ ވިސްނަމުންނެވެ. ދެމީހުންގެ ހިތުގައިވެސް ވީ ހަމަ އެއް ވާހަކަ ތަކެކެވެ. “ލައިލީންއަކީ އޭނާ ދަންނަ މީހެއް ހެއްޔެވެ؟”. “ލައިލީންގެ މަރުވެފައިވީ ހަށިގަނޑުން ‘ކުޅިވަރު’ ކުޅެން އޭނާ ބޭނުންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟
ދެމީހުންގެ އެ ޙިޔާލީ ފޮލާއިން ނިކުމެވުނީ އެޒިކިއެލްގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. ގުޅަމުން ދިޔައީ މިކްޔާއެވެ. ލައިލީންގެ ވޭދަނައިގެ ކަމަކަށް ވެދާނެ ތީވެ، އެޒިކިއެލް ފޯނު ސްޕީކަރަށް ލިޔެވެ. “ކީކޭ އެލާ؟”
“ދޮ… ދޮންބޭ…” އެލާރާގެ އަޑު ކުރެހުނެވެ. އެވާހަކަ އެޒިކިއެލް ގާތުގައި އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟
“ކީކޭ އެލާ؟ ކިހިނެތްވީ…؟” އެލާރާގެ ރާގު ހުރި ގޮތުން އެޒިކިއެލް ފާޑަކަށް ހިތް އަވަސްވިއެވެ. “އެލާ…؟ ކިހިނެތްވީ؟… ކަމެއްވީތަ…؟” އޭރު އެޒިކިއެލް ހުރީ ވަރަށް ހިތް އަވަސްވެފައެވެ. “ދޮންބޭ… މިކްޔާ…” އެލާރާއަށް ބުނެވުނީ އެހެނެވެ. އެވާހަކަ އެޒިކިއެލް ގާތުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟
“މިކީއަށް ކިހިނެތްވީ؟…” ވަގުތުން އެޒިކިއެލްގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ. މިކްޔާއަށް ކިހިނެތްވީ ހެއްޔެވެ؟
ހަމަހޭވެރިކަން ކެނޑިފައި އޮތް މިކްޔާއަށް ހޭލެވުން އިރު އޭނާއަށް އޮވެވުނީ ހަސްފަތާލުގައެވެ. އޭނާގެ އަތަށް އައިވީ ގުޅުވާފައި ވީ އިރު އޮކްސިޖަންވެސް ގުޅުވާފައި ވިއެވެ. ހަށިގަނޑުގައިވީ ލޮޑު ކަމުގެ ސަބަބުން ލޯ ހުޅުވާލާފައި އަނެއްކާވެސް ލޯ މަރާލެވުނެވެ. ނަމަވެސް އެވަގުތު ކަން ހިނގާ ދިޔަ ގޮތް އޭނާއަށް ސިފަ ވެލިއެވެ. ވަގުތުން މިކްޔާ ކޮޅަށް ޖެހުނެވެ.
“މަންމާ…” މިކްޔާގެ އަޑަށް ދުވެފައި ކަހަލަ ގޮތަކަށް މީކައިލް އެތަނަށް އައެވެ. މީކައިލްއާއި އެކު އެތަނަށް ފުލުސް ޔުނީފޯމުގައި ހުރި އެލާރާއާއި ވިޝާހާވެސް ވަނެވެ. “ދޮންބޭ… ދޮންބޭ… އަލިފާން… މަންމަ… މަންމަ ހުރީ ބަދިގޭގައޭ…” ކުޑަ ކުއްޖެއްފަދައިން މީކައިލްގެ މޭގެތެރޭގައި ބޮނޑިވެލަމުން މިކްޔާ ވާހަކަ ދެއްކިއެވެ.
މިކްޔާގެ ވާހަކަތައް އިވި މީކައިލްއަށް ތުންފިއްތާލެވުނެވެ. ކަންވީ ގޮތް މިކްޔާއަށް އޭނާ ކިޔައިދޭނީ ކޮން ގޮތަކަށް ހެއްޔެވެ؟
މީކައިލްގެ ފަރާތުން ޖަވާބެއް ނުލިބުމުން މިކްޔާ އިސް އުފުލައިލިއެވެ. އެވަގުތު މީކައިލްގެ ބޮލުގައި އަޅާފައި ހުރި ބެންޑޭޖުގަނޑާއި އަތުގައި އޮތް ޕްލާސްޓަރު މިކްޔާގެ ލޮލުގައި އަޅައިގަތެވެ. “ދޮ… ދޮންބޭ…؟” ކޮންމެވެސް ކަމެއް ގޯހަށް ގޮއްސި ކަމުގެ ރަތް ސިގުނަލް މިކްޔާގެ ސިކުނޑި ދައްކާލިއެވެ. “ކަމެއް ނުވޭ ދޫނީ. އަރާމު ކޮށްލާ…” ހިތި ހިނިތުންވުމަކާއި އެކު މީކައިލް ބުނެލިއެވެ.
“ކައިލް… އެ ވާހަކަ ސިއްރު ކޮށްގެން ވަގުތީ ހައްލެއް އެކަނި ލިބޭނީ. ދާއިމީ ހައްލެއް ނުލިބޭނެ” ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެލާރާ ބުނެލިއެވެ. އެލާރާގެ ފަހަތުން އައިސް ވިޝާހާ މިކްޔާގެ އަތުގައި ހިފާލިއެވެ.
“މިކީ… މިކީ ގެއިން ބޭރުކޮށްފަ… މިކީގެ ބައްޕަ ވަނީ ބަދިގެއަށް… މިކީގެ މަންމަ ސަލާމަތް ކުރަން… މަންމަ ސަލާމަތް ކޮށްގެން މިކީގެ މަންމައާއި ބައްޕައަށް ބަދިގެން ނިކުމެވުންވެސްމެ.. އެކަމަކު… އެވަގުތު… އައިސް އަލަމާރިއާއި ދޮންނަ މެޝިނުވެސް އަލިފާނުގެ ހުޅުގައި ޖެހި ގޮވީ… ދޮންބެއަށް ގެއަށް ދެވުނީ އެވަގުތުގައި. ދޮންބެވެސް ދިޔައީ މާ ދުރަށް ވިއްސައިގެން… ދެން… މިކީގެ މަންމައާއި ބައްޕަ… މި ދުނިޔެއާއި ވަކި ވެއްޖެ…” ވިޝާހާގެ ލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތައް ހޯސްލާފައި އަންނަން ފެށީ މިކްޔާގެ މޫނަށް އައި އަސަރުތައް ފެނިފައެވެ.
“ނޫން ނޫން. މަރެއް ނުވާނެ. ތި ހަދަނީ ހުސް ދޮގު. ދޮންބޭ. ބުނެބަލަ. އެހަދަނީ ހުސް ދޮގޭ!” ބޮލުގައި ގޮށް މުއްކަވާފައި ޖަހަމުން މިކްޔާ ވާހަކަ ދެއްކިއެވެ. މިކްޔާގެ އަތު މުލައްދަނޑީގައި ހިފަމުން މީކައިލް ކުޑަ ކަކޫ ޖަހާލިއެވެ. ތުން ފިއްތާލަމުން މީކައިލް ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ. ކެއްނުވީއެވެ. ހިތަށް ނުކުޅަދާނަ ވިއްޔެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ލޯބިން ބޮލުގައި ފިރުމާލާކަށް މަންމައެއް ނެތެވެ. މަޖާ އެއްޗެކޭ ބުނެ ހެއްވާލާކަށް ބައްޕައެއް ނެތެވެ…
މިކްޔާގެ ފަރާތުން ލިބުނު ޙަބަރާއި އެކު އެޒިކިއެލްއަށް ހުރި ތަނަށް ތިރިވެވުނެވެ. ކަރުން ހަންދާ ވަރަށް ހަޅޭ ލަވައިގަން އިރު އަޑުން އަޑު ނަގާ ރޯޯން ފެށުނެވެ. އޭނާގެ އެ ސިހުރުވެރި ދެލޮލުގައި ކަރުނަތައް ފުރި ބާރުވެފައިވީ އިރު އެދެލޮލުން އަންގައިދެމުން ދިޔައީ މިކްޔާއަށްޓަކައި އެހިތުގައިވީ ހަމްދަރުދީއެވެ. ލޯތްބެވެ. އެދެލޮލުގައިވީ އަސަރުފެނި ހިލަ ހިތެއްގެ ވެރިޔާގެ ހިތްވެސް ފިސްފިސްވާނޭކަން މުޖައްރިބެވެ.
އެޒިކިއެލްގެ ހަރަކާތްތައް ހުރި ގޮތުން ޔައުލާންއަށްވެސް ޖަޒުބާތީ ވެވުނެވެ. އޭނާ ކައިރީ ކުޑަ ކަކޫ ޖަހަމުން ޔައުލާން އެޒިކިއެލްގެ ހަށިގަނޑުގައި ބައްދާލިއެވެ. “ޔައު… މިކީ… މަގޭ މިކީ… އޭނަ ހާދަ ދެރަވާނޭ. ހެޔޮވާނީ ކިހިނެތް؟ ހެޔޮނުވާނެ.. އަހަރެން ރާއްޖެ ގެންދޭ. މިކީ މިއަދު އަހަރެން ބޭނުންވާނެ. އަހަރެން ބޭނުން މިކީ ގާތުގައި ހުންނަން. ހެޔޮނުވާނެ. އަހަރެން ރާއްޖެ ގެންދޭ…” ކުޑަ ކުއްޖަކު ކުޅޭ އެއްޗެއް ނުލިބުމުން ޝަކުވާ ކުރާހެން އެޒިކިއެލް ޝަކުވާ ކުރަން ފެށިއެވެ. އޭރު އެޒިކިއެލްގެ ހަރަކާތްތައް ހުރި ގޮތުން ހަމްދަރުދީވެ، އޭނާއާއި ދިމާލަށް ބަލަން ތިބި މީހުންވެސް މަދެއް ނޫނެވެ.
“އެއްލޫ. ހަމަ ޖެހިބަލަ. މިރޭ 30 12 ގެ ފްލައިޓުން އަހަރެމެން ރާއްޖެ ދަމެއްނުން؟ އިރާދަކުރެއްވިއްޔާ ދެން މިކްޔާއަކަށް އެއްވެސް ކަމެއް ނުވާނެ. ހުއްޓާލާ. ހަމަ ޖެހޭ. ކެތްކުރޭ. މިކްޔާއަށްޓަކައިވެސް ކެއްކުރޭ…” އެޒިކިއެލްގެ ކަރުނަތައް ފުހެދެމުން ޔައުލާން ވާހަކަ ދެއްކިއެވެ.
(ނުނިމޭ)
ސާޅީސްފަސްވަނަބައިގެ ތެރެއިން:
އަބަދުވެސް މަޖަލާއި ސަކަރާތުގައި އުޅޭ މިކްޔާއާއި މީކައިލް މިއަދު އޭނީ ނެގިމަޑުވެފައެވެ. އެކަމުގެ ހިތާމަ މިއަދު މުޅި ހަސްފަތާލުވެސް އެދަނީ ކުރަމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Alheyyy, mikee ge mum aa ehku bappa ves 💔💔
Mi villain akee kaaku baa 😒😒
When’s next, vrh curious vejje
Ikrrrr☹️☹️☹️☹️
Hehe lets see dhww who the villain akyy.. shihaa akh neynge😇
In sha allah next episode tmrw 🩶🫶🏻
Ey yo yooo what the??
Both her parents alhe norr😭😭😭 ellu avahah aadhey miky gaathah!😭 wish you guys a safe journey back tho!!
E Villain gandeh zawul ah blackmail kureehen vx heevey! Like uk making him do those stuffs and ela aa dhuru vaan vx…dk…kk😅
Maru vefa ohvaathr alhe?? Mihaaru mi zamaanku neygeyne yey dhw hithaa nulai heart attack eh jehunu kameh vx🤦 vaa galhi sorekey👀((if docs theory is true))
When next? Ly n tc darling💗💗
☹️😭😩 they goooneee💔💔
Yesyes… Ellu mihaaruvess raahjje nudhevifa keke..
Wowwww thats a new theory.. haha letss see dhww what happens between Zavul and Ella..
Haha..
In sha allah next tmrw.. likewise Your fav bab🩶🫶🏻
OMGGGGGG V DHERAVEJJE
ADHIVES SHEEX LOLUN KARUNA NUHIKEY
MIKY HAADHA DHERAVAANEY 1ST ZAVUL THEN MAMMAMEN
ELLU AH VEEGOY FENIFA DHERANUVAANE MEEHAKU MADHUVAANE
HOPE HURIHAA KAMEH VES RAGLHU VAANEKAMAH
INSHAALLAH
BTW MI PART V REETHI MA
CW4THENEXTP
TC
Awlheyyyy soooooo sorrryyyy evarah rovvaalevuniimaaa😭😭😭asluvess dhww i felt bad writing those scenes evenn.. hehe yesyes in sha allah.. stay tuned for next episode in sha allah maadhamaa.. likewise 🩶🫶🏻
MashaAllah ❤️…So So Beautiful🫶🏻✨
Sorry for Laiii!Mickie MOUSYY No..No It can’t be.. it’s a lie…My Micky❤️🔥 Don’t ruin her!
She’s only mine…NOT YAULAERNuu
Juss…Waiting for next part!
CW4THENEXTP
Tc of yourself,
~Lysm~•
-Mrs. Kiyaafa”.”eh inihyaamun eaee Alhugadhu ingey-
Shiherr…Keep it up!✨❤️🔥
Well done…❤️🔥❤️🔥✨
Yesyes labba.. jazaakallah khairan Mrs.Pinkie.🩶🫶🏻
Jazaakallah khairan Mrs.Pinkie 🩶🫶🏻
Ikrrrr i feelll soooo bad for her aswelll🙁🙁
Hehe in sha allah next tmrw.. likeiwse 🫶🏻🩶