ތިޔަ ނަން މި ހިތުގާ 7
“……އަހަރެންގެ ހިތާ ހަށިގަނޑަށް ދެން ނޫރީން ނޫން އަންހެން ކުއްޖެއްގެ ބާރު ހިނގާކަށް ބޭނުމެއް ނޫން. މިހާރު އަހަރެންގެ ހުރިހާ އެއްޗަކީ ނޫރީން” ލޯ މަރާލައިގެން އިން އިރު އަޒްޔަންގެ ހިތަށް އަރަމުން ދިޔައެވެ.
ދެ ފަރާތަށް ބޯ ހަލުވާލާ އެ ޚިޔާލުތައް ހިތުން ނެރެލަން މަސައްކަތް ކުރަމުން އަޒްޔަން ލައިގެން ހުރި ކޯޓް ބާލާފައި ސޯފާގެ އަތްގަނޑުމަތީ ބާއްވާލާފައި ގަމީހުގެ ފުރަތަމަ ދެތިން ގޮށް ނައްޓާލިއެވެ.
ދޮރު ހުޅުވާލި އަޑަށް އަޒްޔަން ބަލާލިއެވެ. މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ޓީޝާޓަކާ އެކު އެއަށް ވުރެ ގަދަ ފިޔާތޮށި ކުލައިގެ ހަރުވާޅެއް ލައިގެން، ކްރީމް ކުލައިގެ ކުޑަ ވަށް ބުރުގާއެއް އަޅައިގެން ނިކުތް ނޫރީންގެ އަތުގައި އެރޭ ލައިގެން ހުރި ކައިވެނީގެ ހެދުން އޮތެވެ. އަޒްޔަންއަށް ބަލާލާފައި ނޫރީން އައިސް ކޮނޑެއްގައި ހެދުން އަޅުވާފައި ޑްރެސިންގްޓޭބަލް ކައިރީ ހުއްޓިލިއެވެ.
ހިތުގައިވި ޚިޔާލުތައް ފޮހެލަން މަސައްކަތް ކުރަމުން އަޒްޔަން ތެދުވެގެން އައިސް ފަހަތުން ހުއްޓި ނޫރީން ގައިގައި ބައްދާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި އަޒްޔަންއާ ކުރިމަތި ވާނެހެން ނޫރީން އަނބުރާލަމުން ނޫރީންގެ ތުންފަތުގައި ބޮސްދިނެވެ.
ކުރީރޭ ނުކެރިފައި އިން ނަމަވެސް، އެއީ މިހާރު ފިރިމީހާ ކަން ހިތަށް ވިސްނައިދެމުން ނޫރީން އަޒްޔަންއާ ފުރިހަމައަށް ބައިވެރިވިއެވެ. ދުރަށް ޖެހިލި އިރު ދެ މީހުންވެސް ތިބީ ނޭވާ ކުރުވެފައެވެ. އަޒްޔަން ނޫރީންގެ ބުރުގާގައި ހިފާލާފައިވެސް މަޑުކޮށްލީ ހުއްދައަށް އެދޭ ފަދައިންނެވެ. ނޫރީން ބޯޖަހާލުމުން އަޒްޔަން ބުރުގާ ނަގާ ގޮނޑީގައި އަޅުވާލި ގޮތަށް އަނެއްކާވެސް ނޫރީންގެ މޫނާ ކައިރިވެލިއެވެ. ނޫރީން ދެ އަތުން އަޒްޔަންގެ ކަރުގައި ބައްދާލީ އަމިއްލަ ބާރުގައި ކޮޅަށް ނުހުރެވިދާނެ ހެން ހީވުމުންނެވެ. އެއާއެކު އަޒްޔަން ނޫރީން އުރާލައިގެން ގޮސް އެރީ އެނދަށެވެ.
އަޒްޔަންގެ މޭގައި ބޯ އަޅާލައިގެން ނިދިފައި އޮވެފައި ހޭލެވުނު ނޫރީން އަޒްޔަންއަށް އުނދަގޫ ނުވާނެ ހެން ތެދުވަން އުޅުނެވެ. ނަމަވެސް ނޫރީންއަށް އެނދުން ނުފޭބެނީސް އަޒްޔަންއަށް ހޭލެވުނެވެ.
“ތެދުވީތަ؟ ގަޑިން ކިހާ އިރެއް؟” ނިދިބަރު އަޑަކުން އަޒްޔަން އަހާލިއެވެ. އަދި ފޯން ނެގީ ގަޑިން ވީ އިރެއް ބަލާލާށެވެ. ފޯންގެ ލޮކް ހުޅުވާލުމާއެކު ފެނުނީ މިސްވެފައި ހުރި ކިއާރާގެ ކޯލްތަކާ މެސެޖްތަކެވެ. އަޅާނުލާ ފޯން އަލުން ބާއްވަން އުޅެނިކޮށް އަނެއްކާވެސް ސްކްރީން ދިއްލުނީ ފޯނެއް އަންނާތީއެވެ.
އަޒްޔަންގެ ސަމާލުކަން ފޯނަށް ހުއްޓުނު ވަގުތު ނޫރީން ބެލީ އަވަހަށް ފާހާނާއަށް ވަދެވޭތޯއެވެ. އެ ގަޑީގައި އަޒްޔަންގެ ފޯނަށް އަންނަމުން ދިޔަ ކޯލަށް ނޫރީންގެ ސަމާލުކަން ނުދެވުނީ އެހެންވެއެވެ.
ނޫރީން ފާހާނާއަށް ވަނުމުން އަޒްޔަން ތެދުވެ ހެޑްބޯޑްގައި ލެނގިލާފައި ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“އަޒްޔަން..” ރޮވިފައި ކިއާރާ ގޮވާލި އަޑު އިވުނެވެ.
“ކީއްކުރަން ތި ގުޅީ؟” އަޒްޔަން ވާހަކަ ދެއްކީ ނޫރީންއަށް އަޑު އިވިދާނެތީ އެ ވަރު ވިސްނައިގެންނެވެ.
“އައިމް ސޮރީ.. އައިމް ސޮރީ އަޒްޔަން.. ކަމް ބެކް ޓު މީ.. ޕްލީޒް..” ރުއިމުގެ ތެރެއިން ކިއާރާ ބުންޏެވެ.
“މީހެއްގެ ފިރިއެއް ކައިރީ ތި ބުނެވެނީ” ކައިވެނި ކުރެވިއްޖެ ކަން އަޒްޔަން ކިއާރާއަށް އަންގާލިއެވެ.
“ހެޔޮ! އައި ޑޯންޓް ކެއަރ” ކިއާރާ ބުނެލިއެވެ.
“އައި ޑޫ ކިއާރާ..” އަޒްޔަން ބުނެލިއެވެ.
“އައި ލަވް ޔޫ..” ކިއާރާ ބުނެލިއެވެ.
“މެރީ ކުރާނަންތަ؟” އަޒްޔަން އަހާލިއެވެ.
ކިއާރާ ޖަވާބެއް ނުދިނެވެ.
“ގުޑްބާއި ކިއާރާ” އަޒްޔަން އެހެން ބުނި ގޮތަށް ފޯން ކަނޑާލިއެވެ. ނޫރީން ފާހާނާއިން ނިކުތީވެސް އެ ވަގުތުއެވެ.
އަޒްޔަން ދެކެ ލޯބި ވާނަމަ ކައިވެންޏަށް ކިއާރާ އެއްބަސް ވީހެވެ. އަޒްޔަންއަށް ޓަކާ އެ ވިސްނުން ބަދަލު ކުރަން ކިއާރާ މަސައްކަތް ކުރީހެވެ. ގޮތް ދޫކޮށް އަޒްޔަންގެ އެދުމަށް ބޯ ލެނބީހެވެ. ހަމަ އެކަނި ދުލުން ބުނެލުމުން ލޯބި ވާކަން ސާބިތު ކުރެވޭ ހެއްޔެވެ؟ އަޒްޔަން އެދުނީ ކިއާރާއަށް ކޮށްނުދެވޭނެ ވަރުގެ ބޮޑު ކަމަކަށް ހެއްޔެވެ؟ ލޯބި ވާ ކަމަށް ވާ ނަމަ އިތުބާރުވެސް ކުރެވެން ވާނެއެވެ. ކިއާރާ ދޫކޮށްލާފައި އަޒްޔަން ނުދާނެ ކަން ކިއާރާއަށް ޔަގީން ވާން ޖެހޭނެއެވެ. އެވަރުގެ އިތުބާރެއް އަޒްޔަންއާ މެދު ކިއާރާގެ ހިތުގައި ނެތް އިރު އެއީ ފުރިހަމަ ލޯތްބަކަށް ވެދާނެ ހެއްޔެވެ؟
ކިއާރާގެ އަޑު އިވުމުން ހިތަށް އުނދަގޫވެފައި އިން އަޒްޔަންއަށް ކޮޓަރީގައި ނޫރީން އުޅޭ ކަން ފާހަގަ ނުވާ ފަދައެވެ.
ނޫރީން ފާހާނާއިން ނިކުތް އިރު އެނދުގައި އެއްފަރާތަކަށް އޮތް އަޒްޔަން ކައިރީގައި ހުއްޓިފައި އެއްޗެއް ބުނަން ފަސްޖެހިފައި އިރުކޮޅަކު ނޫރީންއަށް ހުރެވުނެވެ. ނަމަވެސް ގަޑި ބަލާލާފައި ނޫރީން ކުރިއަށް ދިޔައެވެ.
“އަޒްޔަން، ބަންގި ގޮވާކަށް ގިނަ އިރެއް ނެތް، ތެދުވަން ވީނު؟” ނޫރީން އެނދު ކައިރިއަށް ހުއްޓިފައި ބުންޏެވެ.
ނޫރީންގެ އަޑަށް އަޒްޔަން ލޯ ހުޅުވާލާ ބަލާލިއެވެ. ކިއާރާގެ ޚިޔާލު ހިތާ ސިކުނޑިން ފޮހެލަން ބޭނުންވެ އަޒްޔަން ނޫރީންގެ އަތުގައި ހިފާ ދަމާލަމުން އަޒްޔަންގެ އުނގަށް ނޫރީން ވައްޓާލިއެވެ. ފެން ވަރައިގެން ހުރި ނަމަވެސް އަޒްޔަންގެ ބީހުމަށް ނޫރީންއަށް ދެކޮޅެއް ނުހެދުނެވެ.
ފަސްގަޑިބައި ވީ ފަހުން އަޒްޔަންއާ ނޫރީން ނަމާދަށް އެރީ އެކީގައެވެ. ނަމާދު ކޮށް ނިމިގެން އެނދުގައި އޮށޯވެލި ނޫރީންއަށް ލޯ މަރާލެވުނީ ރޭގެ ނިދި ރަނގަޅަށް ނުލިބޭތީއެވެ. ނޫރީންއަށް ރަނގަޅަށް ނުނިދިގެން އުޅެނިކޮށް އަޒްޔަން އޮށޯވެ ނޫރީން ގެނެސް އަތުތެރެއަށް ލިއެވެ.
އެނދުމަތީ އަޒްޔަން ބޭއްވި ފޯންގެ ސްކްރީން ދިއްލެމުން ދާތީ، ނޫރީން ފޯން ނަގާ އަޒްޔަން އަތަށް ދިނެވެ.
ސްކްރީނުން ފެންނަން އިން އެމާގެ ނަމަށް ބަލާލާފައި އަޒްޔަން ފުރަތަމަ އެ ކޯލް ބިޒީކޮށްލިއެވެ. ނަމަވެސް އަނެއްކާވެސް ފޯން އަންނަން ފެށިއެވެ.
“މުހިންމު ކަމަކު ކަންނޭނގެ މިގަޑީގަ އެހާ ވަރަށް އެ ގުޅަނީ” އެ ކޯލްތަކާ ހެދި އުނދަގޫ ވެގެން އަޒްޔަންއާ ދުރަށް ޖެހިލަމުން ނޫރީން ބުންޏެވެ.
ތިންވަނަ ފަހަރަށް ފޯން އަންނަން ފެށުމުން އަޒްޔަން ފޯން ނެގިއެވެ.
“އަޒްޔަން.. ކިއާރާ.. ޝީ އިޒް ޓްރައިންގ ޓު ހަރޓް ހަރސެލްފް.. ޕްލީޒް ހެލްޕް..” ހާސްވެގެން ގޮސް ރޮވިފައި އެމާ ބުނި އެއްޗަކުން އަޒްޔަންއަށް ފުންމައިގެން ތެދުވެވުނެވެ. އެ ވަގުތު އެއްޗެހިތަކެއް ތަޅައިގެން ދިޔަ އަޑާއެކު ކިއާރާ ކޮންމެވެސް އެއްޗެއް ބުނި އަޑު ފޯނުން އިވުނެވެ.
“އެމާ.. އައިމް އޮން މައި ވޭ” އަޒްޔަން ބުނެލިއެވެ.
އެނދުމަތީ އޮތް ޓީޝާޓް ލައިގެން އެނބުރުނު އިރު އެނދުގައި އިށީނދެގެން އިން ނޫރީން ފެނި އަޒްޔަންގެ ފިޔަވަޅު ހުއްޓުނެވެ. ވީ ގޮތެއް ނޫރީން ގާތު ނުބުނެ އެ ވަގުތު ބޭރަށް ދިއުން ރަނގަޅު ނުވާނެ ކަން އެނގޭތީ ބުނާނެ އެއްޗަކާ މެދު އަޒްޔަން ވިސްނާލިއެވެ.
އަޒްޔަންއަށް އެއްޗެއް ނުބުނެވެނީސް އަނެއްކާވެސް ފޯން ރިންގްވިއެވެ.
“މި ދަނީ” ފޯނަށް ބަލާވެސް ނުލާ ނެގި ގޮތަށް އަޒްޔަން ބުނެލިއެވެ.
“ކިހިނެއް ވީ؟” އަޒްޔަން ހާސްވެފައި ހުރި ވަރުން ނޫރީންވެސް ކަންބޮޑުވިއެވެ.
“ބޭރަށް ދާން ޖެހިއްޖެ” އަޒްޔަން ބުނެލީ ހަމައެކަނި އެހެންނެވެ.
“މިގަޑީގަ؟” ގަޑިއަށް ބަލާލަމުން ހައިރާންވެފައި ނޫރީންއަށް ބުނެވުނެވެ.
“އިމަރޖެންސީއެއް.. ފްރެންޑަކަށް ކަމެއް ދިމާވެގެން..” އެރޭ ނޫރީންއަށް ޖަވާބެއް ނުދީ އެ ގޮތަށް ބޭރަށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަން ވިސްނޭތީ އަޒްޔަން ބުންޏެވެ. އަދި ފޯން ހިފައިގެން ނިކުތެވެ.
ބުރުގާ އަޅާލަމުން އަޒްޔަންގެ ފަހަތުން ނޫރީންވެސް ނިކުތެވެ. ހާސްވެފައި ހުރި ވަރުން އެކަން އަޒްޔަންއަށް ފާހަގަ ކުރެވުނީ ގޭ ދޮރުން ބޭރަށް މަގުމައްޗަށް އަޒްޔަންއާ އެކު ނޫރީން ނިކުތް ފަހުންނެވެ.
“އަހަރެންވެސް ދާނަން” އަޒްޔަން ހުއްޓިފައި ބަލާލުމުން ނޫރީން ބުނެލިއެވެ.
އަޒްޔަންއާ އެކު ނޫރީން ނުގެންދިޔުމަށް ދައްކާނެ ބަހަނާއެއް އެ ވަގުތު ވިސްނުމަށް ނައުމުން އަޒްޔަން ބޯ ޖަހާލިއެވެ. އެ ހުރިހާ ކަމަކަށް ވުރެ އެ ވަގުތު އަޒްޔަންއަށް މުހިންމު ވީ ކިއާރާ ކައިރިއަށް ދިޔުމެވެ.
މަގުތައް ހިމޭންވެފައި އޮތް އެ ގަޑީގައި ކާރުގައި ކިއާރާމެން ގެއަށް ދާން ނެގީ ފަސް ވަރަކަށް މިނަޓެވެ. ކާރުން ފައިބައިގެން ދިޔަ އަޒްޔަންގެ ފަހަތުން ނޫރީންވެސް ދިޔައެވެ. މައިދޮރުން ވަނީ އަޒްޔަން ވޮލެޓުން ނެގި އޮތް ކާޑް ޖައްސައިގެންނެވެ. ލިފްޓުން އަރާ ހަތްވަނަ ފްލޯރްގައި ހުރި އެޕާޓްމެންޓްގެ ދޮރު ހުޅުވީވެސް އަޒްޔަންއެވެ. އެކަމާ ސުވާލު އުފެދުނު ނަމަވެސް އެވަގުތު ނޫރީން އެއްޗެއް ނުބުނެއެވެ.
ގޭތެރެއަށް ވަން އިރު ބަދިގެއިން ފެށިގެން ސިޓިންގރޫމްގެ މެދަކާ ހިސާބާ ހަމައަށް އޮތީ ފުޅިތޮއްޓާ، ގޭތެރޭގައި ގެންގުޅޭ އެކިއެކި ސާމާނެވެ. އަޒްޔަންއާ އެކުއެކީ ހެން އައި ނޫރީންގެ އަތުގައި ހިފާލަމުން އެ ދިމާއަށް އަޒްޔަން އަތް ދިއްކޮށްލީ ނޫރީން ކުރިއަށް ދިޔަ ނުދޭށެވެ. ދޮރު ކައިރީ ހުރި ރެކުން ފައިވާނަކަށް އަރައިގެން އަޒްޔަން ބަދިގެއަށް ވަނީ ކިއާރާއާ އެމާގެ އަޑު އިވިގެންނެވެ.
“އަޒްޔަން..” ކަބަޑުތައް ކައިރީ މުށިތައް މަތީ އެމާ ގައިގައި ބައްދާލައިގެން އިން ކިއާރާ، އަޒްޔަން ފެނުމާއެކު ތެދުވެގެން އައިސް އަޒްޔަން ގައިގައި ބައްދައިގަތެވެ.
“ކިއާރާ..” ކިއާރާގެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަމުން ހަރުކަށި އަޑަކުން އަޒްޔަން ގޮވާލިއެވެ.
“އައި ލަވް ޔޫ.. އައި ލަވް ޔޫ.. ޕްލީޒް ޕްލީޒް ކަމް ބެކް ޓު މީ..” އަޒްޔަންގެ މޫނުގައި ދެ އަތުން ހިފާލަމުން ކިއާރާ ބުންޏެވެ.
“ކިއާރާއެއްނު ބުނީ މެރީ ކުރާށޭ” އަޒްޔަން ހަނދާން ކޮށްދިނެވެ.
“ހެޔޮ މެރީ ކުރިޔަސް.. ޔޫ އާރ މައިން.. އޮންލީ މައިން” އަޒްޔަން ލައިގެން ހުރި ޓީޝާޓުގެ މޭމަތިން ހިފާ ބާރުކޮށްލަމުން ކިއާރާ ބުނެލިއެވެ.
“އަހަންނަށް ހެވެއް ނޫން. ކިއާރާ އަމިއްލައަށް ނިންމީ ދެން އަހަންނާ ގުޅުމެއް ނެތަސް ހެޔޮ ކަމަށް. މިހާރު ދެން ތިހެން ނޫޅޭ. ކިއާރާ ގުޅިޔަސް ދެން ނާދެވޭނެ. މިކަހަލަ ކަންތައް ނުކުރޭ. އަހަރުމެންގެ ޕާސްޓް މަތިން ހަނދާން ނައްތާލާ” ކިއާރާގެ ދެ އަތުގައި ހިފާ ދުރުކޮށްލަމުން އަޒްޔަން ބުންޏެވެ.
“އަޒްޔަން..” ކިއާރާ ގޮވާލިއެވެ.
ކިއާރާގެ ގޮވާލުމަށް ޖަވާބެއް ނުދީ އެނބުރިފައި ނިކުންނަން ދިޔަ އަޒްޔަން ހުއްޓުނީ ބަދިގޭ ފާރު ކައިރީ ހުރި ނޫރީން ފެނިފައެވެ.
ފެނުނު މަންޒަރާ އަޑު އިވުނު ވާހަކައިން ހައިރާންވެފައި ހުރި ނޫރީން ހުރީ ގަބޫލު ނުކުރެވިފައެވެ. އަޒްޔަންއާ ކިއާރާގެ މެދުގައި ބަދަލު ކުރެވުނީ ކިތަންމެ މަދު ބަސްކޮޅެއް ނަމަވެސް، ވީ ގޮތް ވިސްނައިގަންނާކަށް ނޫރީންއަށް ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ.
“އިހަށް ހިނގާ..” އަޒްޔަން ބުންޏެވެ. އެއްޗެއް ނުބުނެ އަޒްޔަންގެ ފަހަތުން ނޫރީން ދިޔައެވެ. ނަމަވެސް ދޮރާ ހަމަވީ ތަނާ އެމާ ހަޅޭލަވައިގަތް އަޑު އިވިފައި ދެ މީހުން އެނބުރުނެވެ.
ތަޅައިގެން ގޮސްފައި ހުރި ބިއްލޫރިތައް މަތިން ދުވެފައި އައި ކިއާރާ އަޒްޔަންގެ ގައިގައި ބައްދައިގަތެވެ.
“ކިއާރާ! މޮޔަ ވީތަ؟” ކިއާރާ ގައިގައި ހިފަހައްޓަމުން އަޒްޔަންއަށް އަހާލެވުނެވެ.
“އާނ.. އަހަރެން މޮޔަ ވެދާނެ.. އަޒްޔަން ޕްލީޒް.. ނުދޭ.. ނުދޭ..” އެހެން ކިޔަމުން ދިޔަ ކިއާރާ އަޒްޔަންގެ އަތު ތެރެއަށް ދެމުނެވެ.
އެމާއަށް ގޮވާލަމުން ކިއާރާ އަތްމައްޗަށް ނަގައިގެން އަޒްޔަން ބޭރަށް ނިކުތެވެ. އެ މީހުންގެ ފަހަތުން ނޫރީންވެސް ނިކުތެވެ. މަގުމައްޗަށް ނިކުމެ ކާރުގެ ފަހަތު ސީޓުގައި ކިއާރާ ބާއްވާފައި ކާރަށް އަރަން އެމާއަށް އިޝާރާތް ކޮށްލާފައި އަޒްޔަން ކުރިއަށް އެރިއެވެ. އަޒްޔަންއާ ޖެހިގެން ނޫރީން އިށީނެވެ.
ހޮސްޕިޓަލަށް ގޮސް ކިއާރާއަށް ވަގުތުން ފަރުވާ ދޭން ފެށިއެވެ. ކިއާރާ ކައިރީ ހުރީ އެމާއެވެ. ކިއާރާގެ ދެ ފައިގައި ބޭސް އަޅާ ނިމުމުން އެމާ ނިކުމެ އަޒްޔަންއަށް ގޮވިއެވެ.
“އައި އޭމް ސޮރީ!” އަޒްޔަން ފެނުމުން ކިއާރާ ބުނެލިއެވެ.
“ތިހެން އަމިއްލަ ނަފްސަށް އަނިޔާ ކުރެވުނީމަތަ؟” އަޒްޔަން އަހާލިއެވެ.
ކިއާރާ ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ދެން..؟” ކިއާރާ މާފަށް އެދުނީ ކޮން ކަމަކަށް ކަމެއް އަޒްޔަންއަށް ސާފެއް ނުވިއެވެ.
“އެރޭ ދާށޭ ބުނެވުނީމަ” ކިއާރާ ޖަވާބު ދިނެވެ.
“ކިއާރާ..” އަޒްޔަން ލަސްލަހުން ކިޔާލިއެވެ. އެއް އަތުން ކަނދުރާގައި ހިފާ ބާރުކޮށްލާ ލޯ މަރާލައިގެން އިރުކޮޅަކު ހުރެފައި އަޒްޔަން ލޯ ހުޅުވާ ކިއާރާއަށް ބަލާލިއެވެ.
“އަޒްޔަން..” ކިއާރާ އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެ ފުރުސަތު ނުދީ އަޒްޔަން ވާހަކަ ދައްކަން ފެށިއެވެ.
“ކިއާ.. އައި ކާންޓް ޑޫ ދިސް އެނީމޯރ.. އަހަރެން ވަރަށް ލޯބިވޭ ކިއާ ދެކެ.. އެކަމަކު ކިއާ އަހަންނަށް ޗާންސް ނުދިނީ. މުޅި އުމުރު އެކީ މިހެންނެއް ނޫޅެވޭނެ. އަހަންނަށް ކިއާގެ ހަޒްބަންޑްއަށް ނުވެވެންޏާ އެ ރިލޭޝަންޝިޕްގަ އުމުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ޔޫ ނޯ ދިސް. އަހަރެންގެ ޕޭރެންޓްސް އެދެނީ ކޮން ކަމެއް ކަން އެނގި ހުރެ ކިއާ ބޭނުން ވާ ގޮތަކަށް ނޫޅެވޭނެ. މިހާރުވެސް ކިއާ ބުނެފިއްޔާ ކިއާއާ އަހަރެން މެރީ ކުރާނަން. އެކަމަކު އެ ޗާންސް ކިއާއަށް ދެވޭނެ ފަހު ފަހަރު މީ. ނޫރީންއަށް ފެއަރއެއް ނުވާނެ މި ގޮތެއް، އެހެން ވިޔަސް ކިއާގެ ނިންމުން ބަދަލު ކުރަން ބޭނުމިއްޔާ އަހަރެން ރެޑީ. މެރީ ކޮށްގެން ނޫން ގޮތަކަށް ދެން އަހަރުމެންނަކަށް އެކީއެއް ނޫޅެވޭނެ. ހަދަން ވީ ގޮތެއް ކިއާ ބުނޭ” ކިއާރާގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެފައި އަޒްޔަން ވާހަކަ ދެއްކިއެވެ.
“އަޒްޔަންއަށް ތި ކައިވެންޏާ އަޒްޔަންގެ ވައިފް އެހާ މުހިންމު ވީތަ؟” ކިއާރާ އެހިއެވެ.
“ކައިވެނި ކުރީ ކުޅިވަރަކަށް ނޫން. ކިއާއަށް އެނގޭނެ އަހަރެން ދެކޭ ގޮތް. މިހާރު ނޫރީން އެއީ އަހަރެންގެ ވައިފް. ދިރިއުޅުމެއް ފަށަން ކައިވެނި ކުރީ. ސޯ ޔެސް، އަހަންނަށް މި ކައިވެނިވެސް ނޫރީންވެސް މުހިންމު” ކިއާރާ ކުރި ސުވާލަށް އަޒްޔަން ޖަވާބު ދިނެވެ.
“އަހަރެންގެ މަންމަ.. އައި ކާންޓް ފޮގެޓް..” އެއްޗެއް ނުބުނެ އަޒްޔަންއާ ދިމާއަށް ބަލަން އިނދެފައި ކިއާރާ ބުނެލިއެވެ.
“އެހެން ވިއްޔާ އަހަރެންގެ ނިންމުންވެސް ކިއާރާ ޖެހޭނީ އެކްސެޕްޓް ކުރަން” އަޒްޔަން ބުންޏެވެ.
“އަޒްޔަން އަހަރެން ދެކެ ލޯބި ނުވަނީތަ؟” އެ ސުވާލު ކޮށްލި އިރު ކިއާރާއަށް ރޮވިއްޖެއެވެ.
“އަހަރެންގެ ވައިފް އެބަ ހުރި ބޭރުގަ.. އަހަންނަށް މިހާރު މިހެންނެއް ނުހުރެވޭނެ. ކިއާ އެހީއެއް ބޭނުން ވަންޏާ ގުޅާ، ނޫރީންގެ ހަޒްބަންޑްގެ ގޮތުގަ ވެވެން އޮތް ހެލްޕްއެއް ވިއްޔާ ވެދޭނަން” އަޒްޔަން އެންމެ ފަހުން ބުނެލިއެވެ. އެހެން ގޮތެއް ނެތިގެންނެވެ. ކިއާރާ ދެކެ ލޯބި ވިޔަސް ކިއާރާގެ ފިރިއަކަށް ނުވެވޭ ނަމަ ދެން ކިއާރާއާ ގުޅުން ބޭއްވެން ނެތީއެވެ. އަޒްޔަންއަކީ ނޫރީންގެ ފިރިމީހާއެވެ. ހުރިހާ ގޮތަކުންވެސް އަޒްޔަންއަކީ ނޫރީންގެ ހައްގެކެވެ.
“ޔޫ އާރ ޖަސްޓް ލައިކް ދެމް!” ކިއާރާ ބުނެލިއެވެ.
ކިއާރާގެ އެ ބަސްކޮޅުން ހިތަށް ތަދުވި ނަމަވެސް އެކަން ނުދައްކާ އިތުރު އެއްޗެއް ނުބުނެ އަޒްޔަން ނިކުތީއެވެ. ބޭރުގައި އިން ނޫރީންއާ ކުރިމަތި ލުމުގެ ކުރިން ހަމަޖެހިލަން ވަގުތުކޮޅެއް ބޭނުން ވީތީ އަޒްޔަން ހިނގައިގަތީ ގޮނޑިބަރިއާ ދުރަށެވެ. ހިމަ ދިގު މަގުގެ އެއް ކޮޅުގައި ހުރި ފާހާނާއަށް ވަދެ މޫނުގައި ފެންފޮދެއް ހާކާލާފައި އަޒްޔަން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ.
ކިއާރާގެ ނިންމުން ބަދަލު ވޭތޯ، އަޒްޔަންއަށް އިތުބާރު ކުރޭތޯ ކިހާ ދުވަހަކު މަޑު ކުރެވިއްޖެ ހެއްޔެވެ؟ އިތުބާރާ ނުލާ ލޯބީގެ އެއްވެސް އަގެއް ވޭ ހެއްޔެވެ؟ އެހާ ދުވަހު ކިއާރާއާ އެކުގައި އުޅުމަށް ފަހު ވަކިވާން ޖެހުނީ އަޒްޔަންއަށް ކިއާރާ އިތުބާރު ނުކުރާތީއެވެ. ކައިވެންޏާ ނުލާ އެހާ ދުވަހު ކިއާރާއާ އެކުގައި އަޒްޔަން ހުރި އިރު، ކައިވެނި ކުރުމަށް ފަހު ކިއާރާއަށް އަޒްޔަން އެކީގައި މިލްކު ވާނެ ކަން ކިއާރާއަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟
ލޯތްބަށް ޓަކާ ޙަޔާތުން ބޭކާރު ކޮށްލެވުނީ ކިހާ ދުވަހެއް ކަން އަޒްޔަންއަށް އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. ނޫރީންއާ ކުރިމަތި ލުމަށް އަޒްޔަން ފަސްޖެހުނެވެ. ފެނުނު މަންޒަރުތަކުންނާ ވެދިޔަ ކަންތައްތަކުން ވީ ގޮތް ނަގައިގަތުމަކީ ނޫރީންއަށް އުނދަގޫ ކަމަށް ނުވާނެއެވެ. ނޫރީންގެ ނަޒަރުގައި އަޒްޔަން ވާނީ ކުށްވެރިއަކަށެވެ. ނިންމުނީ ރަނގަޅު ނޫން ނިންމުންތަކެއް ކަމުގައި އަޒްޔަންއަށް ހީވާން ފެށިއެވެ. ނޫރީން ކުރި ސުވާލުތައް ހަނދާން ވިއެވެ. އެ ސުވާލުތަކުގެ ޖަވާބު އޭރު ތެދަށް ދެވުނު ނަމައޭ އަޒްޔަން ހިތަށް އެރިއެވެ.
ލަސް ހިނގުމެއްގައި އަންނަ އަޒްޔަން ފެނުމުން ނޫރީން ގޮނޑިން ތެދުވިއެވެ.
“ހިނގާ” ނޫރީންއާ އަރާ ހަމަވުމުން މަޑު ނުކޮށް އަޒްޔަން ބުނުމުން ނޫރީން ފަހަތުން ދިޔައެވެ. ކާރުގައި ގެއާ ހަމައަށް ދެވުނު އިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ގެއަށް ވަނުމާ ހަމައަށްވެސް ނޫރީން ސުވާލެއް ނުކުރެއެވެ. ނޫރީންގެ ފަހަތުން ގެއަށް ވަދެ އަޒްޔަން ދޮރު ލައްޕާފައި އެނބުރުނު އިރު ނޫރީން ކޮޓަރި ދޮރާ ހަމަވަނީއެވެ.
“ނޫރީން..” އަޒްޔަން ގޮވާލުމުން ނޫރީން ހުއްޓިފައި އެނބުރުނެވެ. “އައިމް ސޮރީ!” އަޒްޔަން ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.








ކިޔުންތެރިންނަށް ސަލާމް. ހަމަޖެހިލެވުނީމަ ހަތްވަނަބައި އަޕްލޯޑް ކޮށްލީ. މިބައި ތަންކޮޅެއް ދިގު ވާނެ. ކިޔާލާފަ ކޮމެންޓް ކޮށްލައްޗޭ. އަށްވަނަ ބައި ހޮނިހިރު ދުވަހު އަޕްލޯޑް ކޮށްލެވޭތޯ މިހާރު މަސައްކަތް ފެށީ މި. މިބައި ކަމުދާނެ ކަމަށް ހީކުރަން.
Meehehge husband ge magaamuga huri kan he remembers… And he’s saying that both the marriage, and his wife are important ey… So why is he letting her contact him at the first place??? Ehaa muhinmu ehcheh athun beevedhaa kahala kameh dhw e kurany…
But stillll.. mi episode ves varah reethi… Waiting for the next episode..
Azyan loves Kiara, so eyna ah kameh vyma he ran to her, but Azyan gaboolu kurey eynage life ga mihaaru muhinmu myhaky Nooreen kan, ekamaku Kiara ah adhives Azyan libeytho lets see dho
thank u dear
V reethi mi part MA
What husband eh ge magaamuga huregen that’s how they treats their EX?
Can’t expect then bunaane both the marriage ves wife ves important ey but feels like edge idhikolhuhen
Ehen veema wife ge haaluves balnjehyne dhw ex ge haaru Bala fadhain
Arrange Marriage akah ehbas vaairu gf eh hurihyaamu Bunan ves vaane ehnu kudaminun
Axyan ves noorin ar marry kohgen ulheyiru ehen kanthah kureema aslu varah bad
Yageen noorin nugendhiyanama eahvure kanthah boduveeskan
But mi part v reethi MA
V ufaa vejje marsha ge haaru ragalhuveema!
CW4THENEXTP
Tc
yes Nooreeen ehyma he should have told her everything, mihaaru no excuse dho. but he is heartbroken over Kiara, dhenves rangalhu decision eh nagaigen kuriah dheytho balama dho, thank u Sheex
MA mi part vx vrh reethi..
Mhr marsha ge child rangalhu tha??
Thank you dear, yes he is better and healing after surgery.
omg this is too good Marsha.. alhe please please nooryn and azyan dhuru nukuruvathi, kiara dheke haadha rulhi aadhevey eba mihaaru..
next part ah curiously waiting! also, hope your child is doing okay now❤️
hehe, lets see dho dhuru veytho noon tho, Kiara dheke Azyan eha loabi vanya maybe Nooreen aa vakivun is better!??
yes, he is getting better, thank u Nayaa
Marsha busy vegen your story nukiya tab open koffa innatha 3 days vejje but InshaAllah will read inge
but kiara azyan dheke loabi vanyyaa marry kuraane dho, marry nukoh faafa kuran thibun is not loabi.. nooryn is special, and so made for azyan and he already seems to like her? ehenveema loabi ves veveyne.. but yes kiara kahala meehakaa dhe anbah indhegen nooryn kahala rangalhu girl eh dhera kuranyyaa azyan ves enme rangalhu vaany nooryn aa dhuru viyyaa.. nooryn deserves wayyy better aslu.. let’s see dho dhen vaa gotheh
alhamdhulillah, glad to hear that ❤️