ނޭނގި ހުރެ ލޯބިވެވުނީ 3
ޔޫވީން ސައިކަލަށް އެރިކަމެއް ނޭނގެ އިޝާން ސައިކަލު ދުއްވާލިއެވެ. އެހާވެސް ބާރަށެވެ. އެކަމަށް ނުވިސްނަ ހުރި ޔޫވީންއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ބަލާކަށް ނުހުރެ އިޝާންގެ ގައިގައި ފަހަތުން ބައްދާލިއެވެ. މިކަމުން އިޝާން ދިޔައީ ސިއްސައިގެންނެވެ. ހަމައެއާއެކު ވަގުތުން ސައިކަލުގެ ބުރަކި ޖައްސައިފިއެވެ. އަދި ޔޫވީންއާ ދިމާލަށް އެނބުރެލިއެވެ.
……..
އިޝާންގެ ގައިގައި އޮޅުލައިގަނެވުމުން ޔޫވީން އިނީ ލަދުން އިސް އުފުލާލަން ވެސް ނޭނގިފައެވެ. އޭރު އޭނާގެ ކޯތާފަތުގައި ރަތް ކުލައިން ދަވާދު ލާފައިވާ ފަދައެވެ. އެހާވެސް އެ މޫނުކޮޅު ހުރީ ރަތްވެފައެވެ.
އިޝާން އޭނާއާ ވީފަޅިއަށް އެނބުރުމުން އޭނާގެ ހިތް އަރަބި އަހެކޭ އެއްފަދައިން ބާރަށް ތެޅެން ފެށިއެވެ. އަދި މުޅި މޫނު އިތުރަށް ރަތް ވެގެން ދިޔައެވެ. އިޝާންގެ ނަޒަރު އޭނާގެ މޫނަށް ހުއްޓުމާއެކު ތިރީ ތުންފަތުގައި ދައިގަންނަމުން އޭނާއަށް ކުރެވުނުހާވެސް ކަމަކީ އިސް ޖަހާލުމެވެ.
”ސޮރީ“ ކިރިޔާ ފޫޅަށް އިވޭވަރަށް ޔޫވީން ބުނެލިއެވެ. އެއާއެކު އިޝާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ”އިޓްސް އޯކޭ ޔޫވީ. އަމް ދަ ވަން ހޫ ޝުޑް ސޭ ސޮރީ. ކުއްލިއަކަށް ދޯ ސައިކަލު ދުއްވާލެވުނީ. އަދި އެހާވެސް ބާރަށް. ސޯ ސޮރީ އިނގޭ. ނޭނގޭނެ އެންނު ޔޫވީ ބިރުގަންނާނެ ކަމެއް“ އިޝާން ބުނެލިއެވެ. އަދި އަނބުރާ މަގަށް ބަލައިލަމުން ސައިކަލު ދުއްވާލިއެވެ. ވަރަށްވެސް މަޑުންނެވެ.
“ވައިޓް ލިލީސް” ގެއަށް ސައިކަލު ހުއްޓާލުމާއެކު ވަގުތުން ޔޫވީން ސައިކަލުން ފޭބިއެވެ. އަދި އިޝާންއަށް ޝުކުރު އަދާކޮށްފައި ބަޑިބަޑި ޖަހާފައި ގޭތެރެއަށް ވަދެފިއެވެ. އޭރު އިޝާން ހުރީ ޔޫވީންގެ މި އާދައިން ހިނި އައިސްފައެވެ. ހިނިގަނޑެއް ޖަހާލަމުން އޭނާ ސައިކަލުގައި ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.
…………
ގެއަށް ވައިން ގޮތަށް ޔޫވީން ދުވެފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ނަސީބަކުން ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ.
ކޮޓަރިއަށް ވައިން ޔޫވީން ހުރީ ފާރުގައި ލެނގިލައިގެންނެވެ. އޭރުވެސް އޭނާގެ ހިތެކޭ އަރަބި އަހެކޭ ތަފާތެއް ނެތެވެ. ހިތް ޑަންޑަން ލާފައި ތެޅެމުން ދިޔައިރު އޭނާގެ މޫނެކޭ ޓޮމާޓޯއެކޭ ތަފާތެއް ނެތެވެ. އަދިވެސް ހިތަށް ސިފަވަމުން ދިޔައީ އިޝާން ގައިގައި ބައްދާލެވުނު މަންޒަރެވެ. އެވަގުތު އިޝާންގެ ގައިން ދުވި ސެންޓުގެ ވަހެވެ. އިޝާން އޭނާއަށް ބަލާލި ގޮތެވެ. އަދި ‘ޔޫވީ’ އޭ ކިޔާ ގޮވާލި ގޮތެވެ. ދެން ފެނުނީ އަމިއްލަ އިސްތަށިގަނޑުގައި ހިފާ ބާރަކަށް ދަމާލަމުން ”ސްޓޮޕް ދެޓް“ އޭ ކިޔާ ޔޫވީން ހަޅޭއްލަވައިގަތް މަންޒަރެވެ. އެއީ ހިޔާލީ ދުނިޔެއިން ބޭރުވާން ހެދި ގޮތެއް ކަންނޭނގެއެވެ.
…………
ކޮޓަރީގައި “ކޭ-ޑްރާމާ” އަށް ގެއްލިފައި އޮތް އިނާރާއަށް ސިހުން ގެނުވީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ބަލައިލި އިރު ޔޫވީންއެވެ. އެއާއެކު އޭނާގެ ތުންފަތް ދެމިލިއެވެ. އަންނަން އުޅޭ ހަމަލާއަށް ތައްޔާރު ވެލަމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.
އިނާރާ އޭނާގެ ކަންފަތުގައި ފޯނުޖެހި ކަމެއް ނޭނގި ދެން ފެނުނީ މޫނަށް ވައްތަރެއް ޖައްސާލާފައި ފޯނު ކަންފަތާ ދުރުކޮށްލި މަންޒަރެވެ.
”ޔާ! ހަމަޖެހޭތަ އެހެން ހަދަން އޭން!“ އެކޮޅުން ހަޅޭލަވައިގަތް އަޑު އިވުނު އިރު އިނާރާއަށް ހީވީ އޭނާގެ ކަންފަތުގެ ތޫރި ފަޅައިގެން ދިޔަ ހެންނެވެ. ވަގުތުން މޫނަށް ވައްތަރެއް ޖައްސަމުން އޭނާއަށް ފޯނު ކަންފަތާ ދުރުކޮށްލެވުނެވެ. އަދި އިރުކޮޅެއް ކޮށްލާފައި އަނެއްކާވެސް ކަންފަތުގައި ފޯނު ޖެއްސެވެ.
”ބުރޯ ކައެ އަޑު ތަންކޮޅެއް މަޑު ކޮއްބެ ދޯ. މަ ކަންފަތް ބީރު ނުވީ ކިރިޔާއޭ.“ އެނަރާ ބުނެލިއެވެ. ”ކަންފަތް ބީރުވާ ވަރު ކުރާށޭ ހަޅޭ ލެވީ. މަ އޭރު ބުނީމަ އަޑު ނޭހީމަ އޭގެ ބަދަލު މިދިނީ.“ އެކޮޅުން ބުނެލި އަޑު އިވުނެވެ. ”ހަހަ އޯކޭ ފެޔަރ އިނަފް. ބަޓް ވިނީ، އައި ޑިޑް ދެޓް ފޯޔާއޭ. އެކަހަލަ ޗާންސެއް ލިބޭނި ވަރަށް މަދުން ދޯ. ސޯ ޝުކުރު ކޮށްބެ ނުފެލެ.“ އިނާރާ ހެމުން ބުނެލިއެވެ. ”ހާން ޝުކުރަން. ސަހާދެއް. ކައެ އަކަށް ނޭނގޭނެ ވީ ގޮތެއް. މަ ލަދުން މަރުނުވީ ކިރިޔާ“ ޔޫވީން ބުނެލި އަޑު އިވުނެވެ. އަދި ވަގުތުން ވީގޮތް އަކުރުން އަކުރަށް އެންމެ ފިއްޔެއް ވެސް ނުވައްޓާ ކިޔާދޭން އިނާރާ ބުނެލިއެވެ. އެއާއެކު ޔޫވީން ވީގޮތް ކިޔާދިނެވެ. އޭނާ އިޝާންގެ ގައިގައި އޮޅުލައިގަނެވުނު ގޮތެވެ. އެކަމާ އޭނާ ލަދުން އިންދާ އިޝާން އޭނާއާ ދިމާލަށް އެނބުރުނު ގޮތެވެ. އޭނާގެ ގެއާ ހިސާބަށް އާދެވުމުން ބަޑިބަޑި އަޅާފި ގެއަށް ވައިން ވާހައަށް ދަންދެންވެސް މެއެވެ.
”ގޯޝް. އައި ވޯޒް ސޯ އެމްބޭރެސްޑް. ދެން ނުކެރޭނެ އޭނަ ކުރިމައްޗަށް އަރަންވެސް. ސަހާދެ. ކިލްމީ“ ޔޫވީން ބުނެލިއެވެ. އޭރު އިނާރާ އިނީ ހީހީ ގޮސް ނޭވާލާން އުނދަގޫ ވާވަރު ވެފައެވެ. ޔޫވީން ކިޔާދިން ގޮތުންނެވެ. ”ހޭނެ ކަމެއް ނެތް އިނގޭ. ޔޫ ހޭވް ޓު ބައި މީ އެ މީލް ފްރޮމް ދަ ނިއު ރެސްޓޯރެންޓް. އެނީވޭސް ބާއި. ގުޑް ނައިޓް. ސްލީޕް ޓައިޓް.“ މިހެން ބުނެ އިނާރާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޔޫވީން ފޯނު ކަނޑާލިއެވެ. ”ޑޭމިޓް. މަ އަތުގަ ލާރި ހުރީކީ ވެސް ނޫން.“ މިހެން ކިޔާ މޫނު ކުނިކޮށްލަމުން އިނާރާ ނިދަން އެރިއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. އިނާރާ ހުރީ ޔޫވީން އަންނަންދެން ގޭގެ އިންތެރޭގައެވެ. އެހެން ހުއްޓާ އޭނާއަށް ހައިރާންކަމެއް ލިބުނީ އިޝާންއާ އެކު ގޭތެރެއަށް ވަދެގެން އައި ދެ ފިރިހެނުން ފެނިފައެވެ. ރީތިކަމުން އެއްވަނައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެދެމީހުންވެސް ނުލާހިކު ރީތިވެފައި ފިރިހެންވަންތައެވެ. އޭނާގެ ދޮންބެގެ އެކުވެރިންނަށް ވާން މާރީއްޗޭ ހިތަށް އަރާ ހާލު އޭނާގެ ކަޅި ހުއްޓުނީ އިޝާންއާ އެންމެ ގާތުގައި ހުރި މީހަށެވެ. އެމީހާ ފެނުމުން ހިތުގެ ތެޅުން އަވަސްވެ މީހާ ފިނިވެގެން ދިޔައީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. މިވަނީ ކީއްބާއޭ ހިތަށް އަރާ ހާލު އޭނާ ފޯނަށް ނަޒަރު ހުއްޓާލިއެވެ.
”ހޭ ލިލް ސިސް. ކޮންތާކަށް ދާން މާރީތި ވެގެން؟“ އިނާރާއާ ހިސާބަށް އަރާފައި އިޝާން ބުނެލިއެވެ. އިނާރާ އިސްއުފުލާ ބަލާލިއެވެ. އޭރު އިޝާންގެ ގާތުގައި ތިބި ދެމީހުންގެ ނަޒަރުވެސް ހުރީ އޭނާއަށް ހުއްޓިފައެވެ. އޭނާގެ ނަޒަރު އެންމެ ފުރަތަމަވެސް ހިއްޓުނީ އިޝާންއާ އެންމެ ގާތަށް ހުރި މީހާއަށެވެ. ހަތަރު ކަޅި ހަމަވެގެން ދިޔުމާއެކު އިނާރާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އެ ‘ހޭޒަލް’ ކުލައިގެ ލޮލުގައި ދަމާ ބާރެއް ވާފަދައެވެ. އިނާރާއަށް އެ ރީތި ލޮލުގެ ތެރެއަށް ގެނބެން އުޅޭހެން ހީވުމުން ކަރުކެހިލިއެވެ. އަދި ކުޑަކޮށް މީހާ ހަމައަކަށް އަޅުވާލަމުން ވާހަކަ ދައްކަން ފެށިއެވެ. ”ވިނީއާ އެކީ ދެޓް ނިއު ރެސްޓޯރެންޓަށް.“ ”އޯވް. އޯކޭ. އެކަމް ގެއަށް އަންނަން ޖެހޭނެ އިނގޭ 6 ގެ ކުރިން. އެނީވޭސް ލެއްމެ އިންޓްރޮޑިއުސް މައި ބެސްޓީޒް. ސޯ އިންނޫ، ދޮންބެއާ އެންމެ ކައިރީގަ މިހިރި ޝަފްމާން. އެންޑް އެއާ ޖެހިގެން އެއީ ޝަފްވާން. ދޭއާ ޓްވިންސް. އެކަމް ވައްތަރެއް ނޫންދޯ. ދޭއާ ދަ ކޮމްޕްލީޓް އޮޕޮސިޓް އޮފް އީޗް އަދާ. މީހަކު ނުބުނާނެ ޓްވިންސް އޭ ވެސް. ދޭއާ ފްރެޓާނަލް ޓްވިންސް. އެންޑް ޓްވިންސް، ދިސް އިޒް މައި ވަން އެން އޮންލީ ސިސް އިނާރާ“ ހީލަމުން އިޝާން އެންމެން ތަޢާރަފް ކޮށްދިނެވެ.
”ހައި“ ޝަފްމާން އާއި ޝަފްވާންއާ ދިމާލަށް ބަލައިލަމުން އިނާރާ ހީލާފައި ބުނެލިއެވެ. ”ހޭއި“ ޓްވިންސުން އެއްފަހަރާ ބުނެލިއެވެ. އޭރު ޝަފްމާން ހުރީ އޭނާއަށް ލާނެތް ހިނިތުންވުމަކާއެކު ބަލާށެވެ. އަދި އިނާރާއާ ދިމާލަށް އެއްލޯ މަރާލަމުން އިޝާންއާއި އެކު ގޭތެރެއަށް ވަނެވެ. އޭރު އިނާރާގެ ހިތް ޑަންޑަން ލާފައި ތެޅެމުން ދިޔައެވެ. ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިފައިވާއިރު އޭނާގެ މޫނެކޭ ޗެރީއެކޭ ތަފާތެއް ނެތެވެ. އޭރުވެސް އޭނާގެ ހިތަށް ސިފަވަމުން ދިޔައީ ޝަފްމާން އޭނާއަށް ހީލިގޮތެވެ. ހީލިއިރު ދެކޮލަށް އެޅުނު އަޑިކޮޅެވެ. އެރީތި ހޭޒަލް ކުލައިގެ ދެލޮލުން އޭނާއަށް ބަލާލި ގޮތެވެ.
އިރުކޮޅެއްނުވެ ފެނުނީ އިނާރާ އޭނާގެ މޫނުމަތީގައި ޖަހާލަމުން ”ސްޓޮޕް ޔޫ މޮޔަ ސިކުނޑި އޮފަ މައިން“ އޭ ބުނެލި މަންޒަރެވެ. އަދި މީހާ ހަމައަކަށް އެޅުމުން ގެއިން ބޭރަށް ނުކުތް ތަނެވެ. އޭރު ޔޫވީން އައިސް އެގެއާ އަރާ ހަމަވަނީއެވެ.
”ވައި… އިޒް ޔޯ ޗީކްސް ރެޑް؟ ވެއިޓް. އާޔޫ ބްލަޝިން؟!“ އިނާރާއާ އަރާ ހަމަކުރި ޔޫވީން ހަޅޭއްލަވައި ބީދައިން ބުނެލިއެވެ. ”ބްރޯ މަޑުން ކިޔާ އެއްޗެއް ކިޔާބަލަ ދޯ. އެންޑް އަމް ނޮޓް ބްލަޝިން އޯކޭ. އިޓްސް ޖަސްޓް ދިސް ހޮޓް ބެސްޓީ އޮފް މައި ބްރޯ ވިންކްޑް އެޓްމީ އެންޑް ސްމައިލްޑް“ ވަރަށް ނޫންކަމަށް ހަދަމުން އިނާރާ ބުނެލިއެވެ. ”ޔޫ ވަޓް؟ އޯމައިގޯޑް. މައި ބެސްޓީ ފައިނަލީ ފޯލިން އިން ލާވް. އަލްޙަމްދުލިﷲ.“ ޔޫވީންގެ މިއަމަލުން އިނާރަށް މޫނަށް ވައްތަރެއް ޖައްސާލެވުނެވެ. ”ދެން ހެވޭ. ސްޓޮޕް ޔޫ މޮޔާ.“ އިނާރާ ލަދުން ހުރެ ބުނެލިއެވެ. ”ހަހަ. ހައު ކޭން އައި ސްޓޮޕް. އަދި އަލަށް ވިއްޔަ މީނަ ފިރިހެނެއްގެ ވާހަކަ ދެއްކި. މަ ހީކުރީ މިހާރު ކައެ ގޭ ވީ ކަމަށްވިއްޔަ“ ޔޫވީން ސަކަ ގޮތަކަށް ބުނެލިއެވެ. ”ޗީޑި ދެން. ސަހާދެއް މިބުނީ. މަކައިރި ހުންނަ އިރު ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނަން ދޯ. ހިތަށް އަރާ ވިނީގެ އަނގަ ބޮޑުކަން މީހުންނަށް އެނގޭނެ ނަމައޭ. ޔޫއާ އޯލްވޭސް ޓޫ ސައިލެންޓް މީހުން ކުރިމަތީ. މީ އެން ޔޯ ފޭމް ކުރިމަތީ ވަނީ ބޮޑު އަނގައަކަށް. އިންޓްރޮވާޓް ކަމުން ގޮސް. އެންޑް ދެން އުޅޭނި ޓޫ ޓޮމްބޯއި ވެގެން އެހެން ފިރިހެނުން ޔޫއަށް ބެލިޔަ ނުދޭން. މައި ލަވިން ފަހަރިއަށް ވާހިތުން ވިއްޔަ“ މަޖާ ގޮތަކަށް. އިނާރާ ބުނެލިއެވެ. އޭނާގެ ބޮޑު އަނގައެއް އޮވެއެއް ނޫންހޭ ހިތަށް އަރާ ހާލު އިނާރާ ދައްކަމުން ދިޔަ ވާޖަކަ އަޑުއެހުމެއް ނެތި ޔޫވީން ހިނގައިގަތީ އެމީހުންގެ މަންޒިލަށް ދިއުމަށެވެ.
މިބައިވެސް ހުރިހާ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން💜💗
އިންޝާﷲ ދެން އޮތް އެޕިސޯޑް މިއަންނަ އަންގާރައިގަ ގެނެސްދެވޭތޯ ބަލާނަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Vrh reethi mi prt vess..omagatt…hee hee halaakuves vejje🤣🤣..thi shafmaan eh i vess beynun😅😅..anywayss when nexttt???…lysm🫶💖
Haha thank you bestiee 🫶💜
Hama ehaa majaatha? 😭😭
You ah ehen shafmaan eh hoadhan v thaa dhww 🤭🤭🤭
Next ep inshallah tuesday or wedgaa
Lysm too naaii 🫶💜💗
Maasha allah.
Mi prt vs vrh reethi.
I also want shafmaan n ishaan. Both….
When next dhonthaa ??????
Thankss 💗💜
Haha libeytho balamaa 🤭
Next ep uh Wednesday ga inshallah
Hiiii Darl.. vvv reethi igey mi episode vesss. Hama obsessed 😭
Finally Inaaraa ge love story ves started.. hehe.
I’m sooo excited for the next part. 🩷
Love uuuu 🩷
Take careee🩷
Whn nxt dhonthaa???