ނޭނގި ހުރެ ލޯބިވެވުނީ 2
10 މިނެޓު ފަހުން ގެއަށް އައި އިނާރާއަށް ހައިރާން ކަމެއް ލިބުނީ ގޭގެ ދޮރުމަތީގައި ހުރި ފިރިހެން ފައިވާނުންނެވެ. ހަމަ ގިމުވެސް އެއީ އޭނާގެ ބައްޕަގެ ފައިވާނެއް ނޫނެވެ. އެއީ ކާކުގެ ފައިވާނެއް ބާވައޭ ހިތަށް އަރާ ހާލު ގޭގެ ދޮރު އިނާރާ ހުޅުވިއެވެ. ދެން ފެނުނީ އޭނާ ހަޅޭއްލަވައިގަނެފައި އަތުގައި ހުރި ގަލަންތަކާއި އެހެން ހުރިހާ އެއްޗެއް އުކާލި މަންޒަރެވެ.
*******
އިނާރާގެ ކުރިމަތީގައި ހުރި އިޝާން ފެނި އޭނާއަށް ވާގޮތެއް ވެސް ނޭނގުނެވެ. ހަޅޭލަވައިގަނެފައި އަތުގައި ހުރި ހުރިހާ އެއްޗެއް އުކާލާފައި އޭނާ ދިޔަގޮތަށްގޮސް އިޝާންގެ ގައިގައި އޮޅުލައިގަތެވެ. ”ދޮންބޭ! ވެން ޑިޑް ޔޫ ކަމް ބެކް؟ އޯމަގަޓް! އަމް ސޯ އެކްސައިޓެޑް. ޑިޑް ޔޫ ބްރިންގް މީ އެނީ ގިފްޓްސް؟ ޔޫ ޑިޑް ރައިޓް؟ ރައީޓް؟“ އިޝާން ގެ ގައިގައި އޮޅުލަމުން އިނާރާ ބުނެލިއެވެ. ”ހަހަ. ކާމް ޑައުން ޕްރިންސެސް. އޮފްކޯޒް އައި ޑިޑް ބްރިންގް ޔޫ ގިފްޓްސް. އިންފެކްޓް، އަ ލޮޓް. އެންޑް އައި ޖަސްޓް ކޭމް ދެންމެ. ބަޓް ބޭބީސިސް. ޔޫ އާ ޓޫ އޯލްޑް ޓު އެކްޓް ލައިކް އަ ޗައިލްޑް. އަދިވެސް ބޮޑުނުވޭ ބޭބީގަނޑު.“ އިނާރާގެ ކޮލުގައި ހިފާލަމުން އިޝާން ބުނެލިއެވެ. އެއާއެކު އިނާރާ ތުންކޮޅު ދަމާލާފައި އިޝާންގެ ގައިގައި ބޮނޑިއެއް އެޅިއެވެ.
”އިންނޫ. ދޮންބެ ގައިގަ ނުޖަހާނެ ދަރިފުޅާ“ ގޭތެރެއަށް ވަދެގެން އައި ނާޒިމްއަށް އިނާރާ އިޝާންގެ ގައިގައި ޖަހާލިތަން ފެނި ބުނެލިއެވެ. ”ދެން ބައްޕާ. މި ދޮންބެ އަޅުގަނޑަށް މަލާމާތް ކުރީ. ބުނީ ބޭބީއެކޯ. އެހެންވެ ޖެހީ. ފޮނި މީހާގަނޑު އަދި އެބަ ހެޔެންނު.“ އިނާރާ ހޭން ހުރި އިޝާން އަށް ބަލަމުން ނާޒިމަށް ޖަވާބު ދިނެވެ. ”ހޫމް ހޫމް ދެން އޯކޭ އޭ ދެން. އިޝާން، އިންނު އާ ދިމާލަށް މަލާމަތް ނުކުރާނެ އިނގޭ.“ ގެއަށް ވަދެ ސިޓިންގރޫމްގެ ސޯފާގައި އިށީންނަމުން ނާޒިމް ބުނެލިއެވެ. އެއާއެކު އިނާރާ އިޝާން އާ ދިމާލަށް ދޫނެރެލިއެވެ. މިދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެއޭ ހިތަށް އަރާ ހާލު ނާޒިމް އިނާރާއާ އިޝާން އަށް ބަލާލަމުން ބޯހޫރުވާލިއެވެ.
ބައްޕައާ ދޮންބެއާ އެކު ތަފާތު ވާހަކަތައް ދައްކަން ހުރި އިނާރާއަށް އެއްޗެއް ހަނދާންވި ކަހަލައެވެ. ވަގުތުން ނާޒިމާ ދިމާލަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ. ”ބައިދަވޭ ބައްޕާ. ކީއްވެޔޯ އިންނު ބަލާ ނައީ. ޔޫ ސެއިޑް އަންނާނަމޭ“ އިނާރާ ބުންޏެވެ. ”އެގަޑީގަ ދަރިފުޅުގެ ދޮންބެ އައީ ރަށަށް. ބަނދަރާއި ގެ އެހާ ދުރުވީމަ ބައްޕަ ދިޔައި އިޝާން ބަލާ. ސްކޫލު ތަންކޮޅެއް ކައިރިވީމަ ބައްޕަ ދެން އަޅާނުލީ.“ ނާޒިމް އޮޅުންފިލުވާދިނެވެ. އެއާއެކު އިނާރާ “އޯވް” އޭ ބުނެ އޭނާގެ އަމިއްލަ ކޮޓަރިއާ ދިމަލަށް މިސްރާބު ޖެހިއެވެ.
………….
އިނާރާ އަކީ ނާޒިމްއާއި އިޝާރާއަށް ލިބުނު ދެދަރިންގެ ތެރެއިން ހަގު ދަރިފުޅެވެ. އަދި ހަމަ އެހެންމެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. އިނާރާގެ ކިބައިގައި ހުންނަ އެކުވެރި ގޮތްގަނޑުންނާއި ހުންނަލެއް ލޯބިކަމުން މީހުންނާ ވަރަށް އަވަހަށް އިނާރާ ގުޅެއެވެ. ހަމައެހެންމެ އޭނާއަކީ ފިރިހެން ކުދިންގެ މެދުގައި މަގުބޫލު ކުއްޖެއްވެސްމެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އިނާރާއަކީ އެހާވެސް ރީތި ކުއްޖެކެވެ. ކުޑަކުޑަ ވަށް މޫނަކާއި ހިތިފަތު ބުމައެކެވެ. ކުޑަ ނޭފަތަކާއި ފިޔާތޮށި ކުލަ އަރާ ތުންފަތެކެވެ. އެރީތި މުށިކުލައިގެ ބޮޑު ދެލޯ ފޮރުވިފައި ވަނީ ދިގު އެސްފިޔަ ތަކަކުންނެވެ. އޭނާގެ ކަޅުކަންގަދަ ފަން ، ދިގު އިސްތަށިގަނޑެއް ވާއިރު ހުންނަނީ ކުރު އިސްކޮޅެކެވެ. ހަމުގެ ކިލަ ދޮން އިރު ހަށިގަނޑުގެ ބައްޓަން ރީއްޗެވެ. އޭނާގެ މިރީތިކަމާއި ހުރެ ފިރިހެން ކުދިން ތިބެނީ މަށަށް މަށަށް ގޮވާލަގޮވާލައެވެ. ހަމައެހެންމެ އޭނާއާ ފޮށޭ މީހުންވެސް ވަކި މަދެއް ނޫނެވެ.
ކޮޓަރީގެ ތެރޭގައި ލޯބިގޮތަކަށް ނިދާލާފައި އޮތް އިނާރާއަށް އޭނާގެ ހުވަފެނީ ދުނިޔެއިން ބޭރަށް ނުކުމެ އެބޮޑު ދެލޯ ހުޅުވާލަން ޖެހުނީ މީހަކު އައިސް ބަންލާފައި އޭނާގެ ކޮޓަރީގެ ދޮރު ޖެހުމުންނެވެ. ބަލައިލި އިރު ޖިންނިއެއް ފެނިގެން ބިރުން ވިރެމުންދިޔް މީހެއްހެން ޔޫވީން ހުރީ ދެލޯ ބޮޑުކޮށްލައިގެން އޭނާގެ މޭމަތީގައި އަތްއަޅައިގެން ފުންކޮށް ނޭވާލާށެވެ. އިނާރާ ހަމަ ބަލާލާއިރަށް އޭނާ އިނާރާއާ ދިމާލަށް އައިސް އިނާރާގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ”އައްދޯއި. މަ ކީއްކުރީ މިހާރު“ ޔޫވީންއާ ދިމާލަށް ލޯ އަޅާފައި އޭނާ ޖެހި ތާނގާ ފިރުމަމުން އެނާރާ ބުނެލިއެވެ. ”ކީއްވެ ނުބުނި އޭނަ އައި ވާހަކަ. އިނގޭތަ މަށަށް ވީ ގޮތް. މަ ކިރިޔާއޭ ހޭނުނެތުނީ. އޭނަ ހުރިކަން އިނގުނު ނަމަ މަ ނުވެސް އަންނާނަން. ނަސީބެއް އޭނައަށް މަ ނުފެންނަކަން ވެސް“ ޔޫވީން ބުނެލިއެވެ. ”ބުރޯ ކާމް ޑައުން. މަށަށް ވެސް އިނގުނި ގެއަށް އައިމައޭ. އެހެން ނޫނަސް އެސޮރަށް ވަކި އިނގެނީކީ ނޫން އެކަމެއް. ޕްލަސް ހޫވުޑް ތިންކް އަ “ޓޮމްބޯއި” ވިލް ހޭވް ކްރަޝެސް“ އިނާރާ ފަހު ޖުމްލަ ބުނެލީ ދިމާކުރާ ފަދައިންނެވެ. ދެން ފެނުނީ އިނާރާގެ ގަޔަށް އަނެއްކާވެސް ޔޫވީންގެ ހަމަލާއެއް އެރިތަނެވެ.
އިޝާގެ ފަހެވެ. އިނާރާއާ ޔޫވީން އިނާރާގެ ކޮޓަރި ތެރެއިނަ ނުކުތީ ޔޫވީން ގެއަށް ލުމަށެވެ. ލިބުނު މިނިވަން ކަމުގައި ހަވީރުން ފެށިގެން އެދެމީހުން ތިބީ “ކޭޑްރާމާ” ބަލާށެވެ.
ކޮޓަރިން ނުކުތް އިޝާންއަށް އިނާރާއާ އެކު އެކޮޓަރިން ނުކުތް އަންހެން ކުއްޖާ ފެނުނެވެ. އެއީ ޔޫވީން ބާވައޭ ހިތަށް އަރަ ހާލު އޭނާ އެދެ އަންހެން ކުދިންނާ ދިމާލަށް އޭނާ ދިޔައެވެ. ”ތީ….. ޔޫވީ ތަ؟ ހާދަ ތަފާތޭ އެކަމް. ކުރިން ހުންނަހެން ޗަބީ ކޮށެށް ވެސް ނޫން މިހިރި. އަނެއްކަ ދަވޭ ޔޫ ޑްރެސް ހޭޒް ޗޭންޖްޑް ޓޫ. ކުރިން އަބަދު ގާލީ ވެފަ ހުންނަ ކުއްޖާ މިހާރު ޓޮމަބޯއި އަކަށް. ވާއު. އަންބިލީވެބުލް“ ހައިރާންވެ ހުރެ އިޝާން ބުނެލިއެވެ. ”ހަހަ ޕީޕަލް ޗޭންޖް. ދިންބެ މެން ދިޔަފަހުން އެކުވެ ވީ ޓޮމަބޯއި އަކަށް. ދެން ހަތަރު އަހަރު ފަހުން އަންނައިރު ބައިވަރު ކަންކަން ޗޭންޖް ވާނެ ދޯ. އެނީވޭސް ދޮންބޭ. ޔޫ ކޭމް އެންމެ ޕާފެކްޓް ޓައިމްއަށް. ކޭން ޔޫ ޓޭކް ވިނީ ޓު ހަ ހޯމް. ރޭގަނޑު އެކަނި ގާލްސް ބޭރަށް ފޮނުވާކަށް ނުވާނެ އެންނު.“ އިނާރާ ޔޫވީންއަށް ލާނެތް ހިނިތުންވުމެއް ދެމުން ބުނެލިއެވެ.
”އޯކޭ. ފައިން ބައި މީ“
”ނޯވޭ. އައި ކޭން ކޯލް މި ޑޭޑް“
އިޝާންއާއި ޔޫވީންއަށް އެއްފަހަރާ ބުނެވުނެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ޕަކަޕަކަ ލާފާ އިނާރާ ހޭން ފެށި މަންޒަރެވެ. މިކަމުން ޔޫވީނަގެ ދެ ކޯތާފަތް ޗެރީކޮޅެއްހާ ރަތްވިއެވެ.
”ޔޫއާ ގޮއިން ވިތްމީ ޔޫވީ. ބައްޕައަށް އަންނަން ވެސް އުނދަގޫވާނެ އެންނު. ޕްލަސް އަމް ފްރީ އެޓް ދި މޮމެންޓް.“ އިޝާން ޔޫވީނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. ”އެތެދެއް ވިނީ. ޔޫޝުޑް ގޯ ވިތް ހިމް. ބާއި. އަމް ގޮއިން ޓު މަ ރޫމް. ދޮންބެ ވިނީ ސަލާމަތުން ގެއަށް ގެންދާތި“ ލާނެތް ގޮތަކަށް ޔޫވީންއާ ދިމާލަށް ހީލާ އެއްލޯ މަރާލަމުން އިނާރާ އެހެން ބުނެ އޭނާގެ ކޮޓަރިތެރެއަށް ދެމިގަތެވެ. ޔޫވީންއާއި އިޝާން އެކަނި ކޮށްލަމުންނެވެ.
”ލެޓްސް ގޯ ޔޫވީ.“ އިޝާން މިހެން ބުނެ އޭނާގެ ސައިކަލު ތަޅުދަނޑި ހިފައިގެން ގެއިން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް ޔޫވީން ހުރީ ހަމަ ހުރިގޮތަށެވެ. އޭނާއަށް އިޝާން ގޮވި ނަމުންނެވެ.
“ޔޫވީ” އަކީ ހަމައެކަނި އިޝާން އޭނާއަށް ގޮވާ ނަމެވެ. އެންމެ ކުޑައިރުއްސުރެ ވެސް ގޮވަމުން ދިޔަ ނަމެވެ. އިނާރާއާ ޔޫވީންއަކީ އެންމެ ތުއްތު އިރުއްސުރެ ‘ބެސްޓު ފްރެންޑްސް’ އަށް ވުމުން އިޝާންއާ ޔޫވީންއާ ދެމެދު ވެސް ގާތް ގުޅުމެއް އުފެދުނެވެ. އެހެން އެންމެން ޔޫވީންއަށް ‘ވިނީ’ ގެ ނަމުން މުޚާތަބު ކުރިއެއްކަމަކު އެންމެ ކުރީންސުރެވެސް އިޝާން އޭނާއަށް ގޮވަމުން ދިޔައީ ‘ޔޫވީ’ގެ ނަމުންނެވެ. އެހެންކަމުން އެހާ ދުވަސް ފަހުން އެދުލުން އެނަން ބޭރުވުމުން ޔޫވީންއަށް ހިއްޓުން އެރީއެވެ.
“ރޯޒް ގާޑެން” ގެއިން ނުކުތް ޔޫވީންގެ ނަޒަރު ހުއްޓުނީ އޭނާގެ އިނަތިޒާރުގައި ސައިކަލުގައި އިން އިޝާންއަށެވެ. ހިތަ އަވަސްވެފައިވާ ހާލު އޭނާ އިޝާންއާ އަރާ ހަމަކުރިއެވެ. އެއާއެކު އިޝާން ޔޫވީންއަށް ބަލާފައި ހީލާ ސައިކަލަށް އެރިއެވެ. ”ޔޫވީ އަރާ“ އިޝާން މިހެން ބުނުމުން ޖެހިލުންވެ ހުރެ ޔޫވީން ސައިކަލުގެ ފަހަތަށް އެރިއެވެ. ނަމަވެސް އިޝާންއާ ދެމީހުންގެ ދޭތެރޭގައި ބޮޑު ޖާގައެއް ބައިންދާފައެވެ.
ޔޫވީން ސައިކަލަށް އެރިކަމެއް ނޭނގެ އިޝާން ސައިކަލު ދުއްވާލިއެވެ. އެހާވެސް ބާރަށެވެ. އެކަމަށް ނުވިސްނަ ހުރި ޔޫވީންއަށް ހަޅޭއްލަވައިގަނެވުނެވެ. އަދި ބަލާކަށް ނުހުރެ އިޝާންގެ ގައިގައި ފަހަތުން ބައްދާލިއެވެ. މިކަމުން އިޝާން ދިޔައީ ސިއްސައިގެންނެވެ. ހަމައެއާއެކު ވަގުތުން ސައިކަލުގެ ބުރަކި ޖައްސައިފިއެވެ. އަދި ޔޫވީންއާ ދިމާލަށް އެނބުރެލިއެވެ.
………..
މިބައިވެސް ކިޔުންތެރީންނަށް ކަމުދާނެކަމަށް އުންމީދުކުރަން💗💜
ޝަވް.
އިނަޝާﷲ ދެން އޮތްބައި މިއަންނަ ބުރާސްފަތީގައި ނެއްލެވޭތޯ ބަލާނަން.
އަޅުގަނޑުހެ ވާހަކަތަކުގެ އަޕްޑޭޓްސް ދިނުމަށް އަޅުގަނޑުވާނީ އިންސްޓަގްރާމުން އެކައުންޓެއް stories_by_shav ގެ ނަމުގައި ހަދާފަ. ވާހަކައިގެ އަޕްޑޭޓްސް ބޭނުންވާ ފަރާތްތަކުން އެ އެކައުންޓަށް ފޮލޯ ކޮށްލައްވާ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.

Maasha allah
Mi prt vs vrh reethi
Lysm n tc 😘
Awwh thankyouu 🫶💜
Lysm too and tc 💗💜
Vrh reethi maasha allah..
You are more talented than i thought.
I’m @Nonni_77 ge class kuhjeh. Mihaaru ingeyne dhww i mee kaaku kan. I ge kureege ship name vx ebain mi stry ga.
Curiously waiting for the next episode
When next???
Tc.. Lyy
Thankssss 🫶💜
Hehe i used that name gasthuga. Inspired from ya 🤭
Next ep inshallah thursday or friday ga
Love you too Mrs. GenZ 💜💗
V salhiiiiiii🩷
Can’t wait to see more of Yoovy & Ishaan hehe. Mi Inaaraa miulhenii molhu mi ship ge captain ah vaandhw😂.
Don’t worry we’ll be the crew of the ship to make sure it reaches the right destination 🤭
V salhi igey mi episode.. I’m so excited for the next episodeeeee
Lots of loveee
Tc fav😘🫶🏻
Thanksssss
Yhh inaara eii captain that ship ge 🤭. And yoovy and ishaan ge parts adhi hury kuriah baivaru 😭
Next ep inshallah friday ga. Soo stay tunedd
💗💜
Loved this part ❤️
I think he likes her too
Thanksss 💗💜
Well let’s see if that’s true or not
Mi part vx vrh salhi mashallah 🫶🏻
Innaara haadha laanathey dhww
Keep up Ur hard work IA u will become a good author
Lots of love and support from me
I think I will know me…😭😭
But we are not that close..
Thank youu 💜💗
Hehe she is vrh laaneiy dhw 🤭
And thanks again
💜💗
Heyy Shav
Allahumma baarik mi two episodes vess varah varah reethi.. and Yooveen is a loabi name i loveee itt.. 🩶 .. oooohhh Yooveen and Ishaan👀👀 so cuteee they’re a perfect match.. I cant wait to meet the rest of the characters.. can’t wait for next episode.. Ilysm love 🩶🫶🏻
Heyyy shav
Mi part vess varah reethi allahumma baarik.. I love the name Yooveen😍 so unique never heard of it hehe.. Ooooohhh Ishaan seems to like her too👀 they will match perfectly for sureee… i cant wait for next episode.. when next? Ilysm love🫶🏻🩶