Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 9

Itxlevender
Itxlevender Level 210 Stories100 Comments100 Login
April 19, 2026 7 Mins Read
11 Comments

ހަފްތާއެއް ފާއިތުވެގެން ދިޔައީ ހަލުވިމިނުގައެވެ. ލިއާ ބިރުން ހުރި ދުވަސް އައިސް ޖެހިއްޖެއެވެ. ލޯގަނޑުކުރިމަތީ ތައްޔާރުވާން ހުރިއިރު ލާފައިވާ ޔުނީފޯމުން ހީވަނީ މުއްސަނދި އާއިލާއެއްގެ ކުއްޖެއްހެންނެވެ. އަމިއްލައަށްވެސް އެފަދަ ޔުނީފޯމަކާ އެކަށީގެން ނުވާކަން ގަބޫލުކުރެވުނެވެ. ލަސްވެގެން ޝަރީފާ ގޮވުމުން ލިއާ އެންމެފަހުން ނިކުތެވެ. ހަމައެއާއެކު ޝަރީފާގެ އިތުރުން ޝަމްނާއާއި ޝައުރާވެސް ތައުރީފުގެ ބަސްތައް އޮއްސާލިއެވެ. ލިއާ ހުރީ އުނދަގޫވެފައެވެ. އިރުއިރުކޮޅާ ލައިގެން ހުރި ސްކާރޓަށް ދަމާލެވެއެވެ. “މިއާއި އެއްކޮށް ލާނެ ހަރުވާޅެއް ދިންނަމައޭނު…” ޝަކުވާގެ ރާގަކަށް ލިއާއަށް ބުނެވުނެވެ.

“ކަމޯން ތީ މިހާރުގެ ފެޝެން އޭ…ހީވަނީ ހަމަ އެމެރިކަން ސުކޫލު ކުއްޖެއްހެން…” ޝަމްނާ ތައުރީފުކޮށްލިއެވެ.

ޝަރީފާވެސް ސުމާއާއި އަލްޔާ ދިންފަދަ ނަސޭހަތްތަކެއް ލިއާއަށް ދިނެވެ. ލިއާ އާއި އެކު އެ ސުކޫލުގެ ބަސް ސްޓޮޕާއި ހަމަޔަށް ޝަރީފާއައެވެ. އެ ބަސް ސްޓޮޕްގެ ލޯގޯގަވެސް އެ ސުކޫލުގެ ނިޝާން ޖަހާފައި އިނުމުން އަންގައިދެނީ އެއީ ހަމައެކަނި އެ ސުކޫލަށް ދާ ކުދިންނަށް ހާއްސަ ބަހެއް ކަމެވެ.

ބަސް އައުމާއެކު ލިއާ ފިނިވިއެވެ. ހިތް އަވަސްވެފައި ހުރެ ބަހަށް އެރިއިރު ނަސީބަކުން އިނީ ދެތިން ކުއްޖެކެވެ. އެއް ކުއްޖަކު ފޯނުން ގޭމު ކުޅެން އިންއިރު އަނެކަކު އިނީ އޮލަ ވާހަކައެއްގައެވެ. ބަސްތެރޭގައި ވީ އަރާމު އޭސީގެ ފިންޏާއި ދުވަމުން ދިޔަ މީރުވަހުން ލޯތަކަށް ބަރުކަން ގެނުވައެވެ. ޖާގަ ތަނަވަސްވެފައި ހިތްގައިމެވެ.

ސުކޫލް ދޮރުމައްޗަށް ބަސް މަޑުކޮށްލުމާއެކު ލިއާ ބިރުން ހުރެ ބަހުން ފޭބިއެވެ. އޭރު މާހައުލުން އިވެމުން ދިޔައީ ހުނުމާއި ސަކަރާތުގެ އަޑެވެ. ވަށައިގެން ތިބި ކުދިންނަށް ބަލާފައި ލިއާ ހުރީ ފިނިވެފައި ހުރިވަރުން ހިނގައިގަންނަން ނޭނގިފައެވެ. އަގުބޮޑެތި ކާރުތަކުގައި އަންނަ ކުދިންގެ މޫނުމަތިން ބޮޑާކަން ފެނެއެވެ. އެ މަންޒަރުތަކުން ބުނަމުން ދިޔައީ މިފަދަ މާހައުލެއް ލިއާއާ އެކަށީގެން ނުވާކަމުގައެވެ. އަޅައިގެން ހުރި ދަބަހުގެ ވާގަނޑުގައި ލިއާއަށް ބާރަށް ހިފަހައްޓާލެވުނެވެ. ހައިބަތު ހުރި ބޮޑު ގޭޓަށް ބަލާލާފައި ލިއާ ހިންދިރުވާލިއެވެ. އެވަގުތު އަލްޔާގެ ޖުމްލަތައް ހަނދާނަށް އައެވެ.

“ޔޫ އަރންޑް ދިސް ލިއާ…ދިސް ސްކޯލަރޝިޕް…” ލިއާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ‘ސްކޯލަރޝިޕް’ މި ބަހުގެ ބުރަދަން މުޅި ސިކުނޑިއަށް ފެތުރުނެވެ. ޒަމީރު ވިސްނައިދިނީ ލިއާގެ ގާބިލުކަން ހުރި ވަރެވެ. މީ ލިއާއަށް ހައްގުވާ ޝަރަފެއްކަމެވެ. އެވަގުތު ލިބުނު ކުޑަ ހިތްވަރަކުން ލިއާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އައިޑީކާޑު ދައްކާލާފައި އިލެވެން އޭ ކްލާސް ހޯދުމަށް ހިނގައިގަތެވެ.

މާހައުލުން ފެންނަނީ އަގުބޮޑެތޮ ބޫޓުތަކާއި، ބްރޭންޑެޑް ދަބަސްތަކެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް ލިއާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އިސްޖަހައިގެން ހުރެ ހިނގަމުން ދިޔައިރު ވަށައިގެންވާ ކަންތަކަށް ސަމާލުކަން ނުދީ ވޭތޯ ބެލިއެވެ. އެވަގުތު އަލްޔާ އާއި ސުމާގެ މަތިން ހަނދާންވިއެވެ. އެކުދިން މިތާ ހުރިނަމައެވެ. ލިއާ އާއި އެކު ސްކޯލާޝިޕް ލިބުނު ނަމަވެސް އެކުދިން މިއަދު ވަނީ އާއިލީ މަޖުބޫރުކަމުގެ ސަބަބުން މުޅިން އެހެން ވަޒަނަކަށް ދެވިފައެވެ. އަދި ލިއާ؟ ލިއާ ވަނީ ނުހަނު ބޮޑަށް އެކަނިވެރިވެފައެވެ. އަދި ކަންތައް ވާނެ ގޮތެއް އެނގެނީއެއްވެސް ނޫނެވެ.

ކްލާސްތެރެ ގުގުމާލާފައި ވަނީ ވާހަކަދެއްކުމުގެ އަޑުންނެވެ. އެ އަޑުތައް މަޑުވެގެން އައީ ލިއާ ވަނުމާއެކުއެވެ. ކުދިންގެ އެ ހަރަކާތާއެކު ލިއާ ފިނިވާގޮތްވިއެވެ. ލިއާއަށް ހުއްޓުނު ނަޒަރުތަކުން ބުނެދެނީ ސުވާލުއުފެދިފައިވާ ކަމެއް ނޫނެވެ. ނަމަވެސް ލިއާއަށް ބަލާލާފައި އެމީހަކަށް ފެންނަ ގޮތަކަށް ގޮތް ނިންމާ ކަހަލައެވެ. އާދައިގެ ދަބަހާއި ބޫޓު ކިތައްމެ ސާފުތާހިރަސް އޭގެން ލިއާގެ ފެންވަރު ހާމަކޮށްދެއެވެ. އިސްޖަހާލައިގެން ހުރެ ހިނގާލާފައި ގޮސް އޭނާގެ ނަން ޖަހާފައިވާ ޑެސްކް ކައިރިއަށް ގޮސް އިށީނެވެ. މާބްލްއިން ހަދާފައިވާ ޑެސްކާއި، ޒަމާނީ ބޯޑާއި ފާރުތަކުންވެސް އެތަނުގެ ހައިބަތު އަންގައިދެއެވެ.

އެއްދިމާލެއްގައި އިށީނދެގެން ތިބި ތިން އަންހެންކުއްޖަކު ލިއާއަށް ބަލާފައި ހެމުން ސިއްރު ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އިސްތަށިގަނޑު ހަދާފައި ހުރި ގޮތާއި އަރައިގެން ހުރި ބޫޓާއި ދަބަހުން ހާމަވަނީ މުއްސަނދިކަމެވެ. މިޒަމާނުގެ ފެޝަނަށް ލޯބިކުރާކަން ހާމަވެއެވެ. ހާއްސަކޮށް މެދުގައި އިން އަންހެންކުއްޖާގެ މޫނުމަތިން އިންތިހާއަށް ބޮޑާކަމާއި ކިބުރުވެރިކަން ހާމަވެއެވެ.

“ސަމް ޕީޕަލް ރިއަލީ ޕުޝް ދެއަރ ލަކް ހަހް…؟” ލިއާ އަށް އަޑުއިވޭވަރަށް އެތަނުން ކަނާތްފަރާތަށް އިން ކުއްޖާ ބުނެލިއެވެ. އެއާއެކު ބައެއްކުދިން ސިއްރުން ހޭންފެށިއެވެ.

“އައި މީން…ސްކޯލަރޝިޕްސް ޑޫ ވޮންޑަރސް ދީސް ޑޭސް…”

“ޔާހ…” އެންމެ ފަހުން މެދަށް އިން ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. “އިޓްސް ލައިކް ދޭ ފޮރގެޓް ވެއަރ ދޭ ކަމް ފްރޮމް…”

ދެން ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ. އެއާއި އެކުވެގެން އެ އަންހެންކުއްޖާ ނުލަފާގޮތަކަށް އެއްމިޔަކަނުން ހިނިތުންވެލިއެވެ. ލިއާ އިސްޖެހި ގޮތަށް އިސްއުފުލާ ނުލިއެވެ. އެފަދަ ހަމަލާއަކަށް ތައްޔާރުވެ ހުރިނަމަވެސް އެކަމާ ކުރިމަތިލާން ޖެހުމުން ހިތަށް ވީ އުނދަގޫ ކުޑައެއް ނޫނެވެ. އޭނާގެ ދިފާއުގަ ތިބޭ އެކުވެރިން މަތިން ހަނދާންވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާ ފިއްތާލީ އިހުސާސްތައް ބޭރުވެދާނެތީއެވެ. ބޭނުން ނުވިޔަސް އެމީހުންގެ ބަސްތަކުން ހިތަށް އަސަރުކުރިއެވެ.

ދެން އިވުނީ އަނެއްކާވެސް ކިލާސްރޫމް ދޮރު ހުޅުވުން އަޑެވެ. އެވަގުތު ދޮރުން އެތެރެއަށް ވަން ޒުވާނާފެނި ކިލާސްރޫމްތެރެ ހީވީ އިރުގެ އަލިކަން އެޅިގެންދިޔަހެންނެވެ. ލިއާއާއި ދިމާކުރަމުން ނުލަފާ ގޮތަކަށް ހިނިތުންވެ ތިބި އަންހެންކުދިންގެ އަނގަތައް ތަތްމިނަށް ހުޅުވިގެން އައެވެ. ހިމޭންކަން ވެރިވެފައި އޮތް ކިލާސްތެރޭ ކުއްލިއަކަށް ހަލަބޮލިވި ކަހަލައެވެ. ހޭވެރިކަންވި އަންހެން ކުދިންތައް ބޭއިހްތިޔާރުގައި ޔުނީފޯމަށް ދަމަދަމާ އިސްތަށިގަނޑު ރީތި ކުރަންފެށިއިރު ހީވަނީ އެހެންކަމެއްހެންނެވެ. ފިރިހެންކުދިންވެސް ތިބީ އާޝޯހުވެފައެވެ.

“މައި ގޯޑް!”

“ސޯ ހޮޓް”

ހޫ އިޒް ހީ…؟”

އައެމް ގޮނަ ޕާސް އައުޓް…”

އަންހެންކުދިން ކިޔަމުން ދިޔަ އެއްޗެހި އަޑުއިވިފައި ލިއާ އިސްޖަހައިގެން އިނދެ އިސްއުފުލާލީ ކުއްލިއަކަށް މި މީހުންނަށް މި އައި ބަދަލެއްގެ ހަގީގަތް ބަލާލުމަށެވެ. އެވަގުތު އޭނާ ގަނޑުވިކަހަލައެވެ.

ދޮރުމަތީ ހުއްޓިލައިގެން އެހުރީ ދެވަނަ މީހެއް ނޫނެވެ. ލިއާ އަށް އަތިރިމަތިން ފެނުނު ފުރިހަމަ ޒުވާނާއެވެ. އަލްޔާ އާއި ސުމާ އެ ޒުވާނެއްގެ ފުރިހަމަކަމުން ތައުރީފުކުރުން ހުއްޓާނުލެވުނު ފިރިހެންވަންތަ ޒުވާނާއެވެ. ކައިލްއެވެ. ނަމަވެސް ކައިލް ފެންނަނީ ތަންކޮޅެއް ތަފާތުކޮށެވެ. ކުރިން ގަދަ މުށިކުލައިގަ ވީ އިސްތަށިގަނޑު މިހާރު ވަނީ ކަޅުކޮށްފައެވެ. އެހެން ވިޔަސް އެ ފުރިހަމަކަމަށް ބަދަލެއް ނާދެއެވެ.

ކިލާސްތެރެއަށް އެ ތޫނު ނަޒަރު ހިންގާލިއިރު އެއްދިމާލެއްގައި ތިބި އަންހެންކުދިންތައް އަވަސްއަވަހަށް ފަރިވެލިގޮތުން ކައިލްގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ. އިރުކޮޅެއް ކުރިން ލިއާ އާއި ދިމާކުރަމުންދިޔަ އަންހެން ކުއްޖާގެ މޫނުމައްޗަށް ހީވީ ކައިލްގެ އެ ހަރަކާތުން އެތިފަހަރެއް ވީއްލާލެވުނުހެންނެވެ. ރަކި ނުވާންވެގެން އަވަސް އަވަހަށް ގާތު ތިބި އަންހެންކުދިންނާ ވާހަކައެއް ދައްކަން ފެށިއެވެ. ނަމަވެސް އޭގެން އެއްވެސް މީހެއްގެ ނަޒަރު ކައިލްއިން ނެއްޓޭގޮތެއް ނުވިއެވެ. ކައިލް ވަނުމުން ކިލާސްތެރޭގެ ހުރިހާ ބެލުމެއް ވީ ކައިލްގެ ބާރުގެ ދަށުގައި ކަހަލައެވެ. އެންމެން ދައްކަމުން ދިޔަހާ ވާހަކައެއްވެސް ވަނީ ހުއްޓިފައެވެ.

ކައިލް ބަލަމުން ދަނިކޮށް އޭނާގެ ނަން ޖަހާފައިވާ ޑެސްކް ފެނުނެވެ. ޑެސްކު ކައިރިއަށް ހިނގާލާފައި ދިޔައިރު ހީވީ ކައިލް ފިޔަވަޅުއަޅަމުން ދިޔައީ އެ ކްލާހުގައި ތިބި އަންހެންކުދިންގެ ހިތްމަތީގަހެންނެވެ. ހިނގާފައި ދިޔަ ގޮތުން ކައިލް އެދަނީ އަންހެންކުދިންގެ ހިތްތަކުގެ ހަމަޖެހުން ހިފައިގެންކަން ރެއަކާލާހެން ހީނުވެއެވެ. ނޫނީ އެމަންޒަރުތަކަށް އޭނާ ހޭނިފައިވަނީއެވެ. މޫނުމަތީގައިވި ސީރިއަސްކަމާއި ނުރައްކާތެރި ގޮތުންވެސް އިތުރަށް ފިރިހެންވަންތަ ކުރުވައެވެ. ލިއާ ފިޔަވާ ހުރިހާ އަންހެންކުދިންވެސް ތިބީ އާގަމަވެފައެވެ.

“ހީ ގޯޒް ހިއަރ…؟ އޮފްކޯޒް ހީ ޑޫ…ސަމްވަން ލައިކް ހިމް، ބިލޯންގްސް އަ ޕްލޭސް ލައިކް ދިސް…” އިސްޖަހައިގެން އިން ލިއާގެ ހިތް ވާހަކަ ދައްކަމުން ދިޔައެވެ.

“މައި ގޯޑް…ލުކް އެޓް ދޯޒް ބްލޫ އައިސް…” ލިއާ އާއި ޖެހިގެން ހުސް ގޮނޑިއެއް ދޫކޮށްފައި ދެން އިން އަންހެންކުއްޖާ ބުނެލި އަޑު އިވުނެވެ. އެވަގުތު ލިއާއަށް ހެވެން އުޅުނެވެ. ސުމާއާއި އަލްޔާގެ މަތިން ހަނދާންވިއެވެ. އެކުދިންނަށް ލިއާގެ މި ނަސީބުގެ ވާހަކަ އެނގުނިއްޔާ ހޭނެތިދާނެއެވެ.

ކައިލް އައިސް އިށީނުމާއެކު ގާތު ތިބި ފިރިހެން ކުދިންތައް އަވަސްއަވަހަށް އަމިއްލައަށް ތައާރަފުވާން ފެށިއެވެ. ހީވީ މަޝްހޫރު ތަރިއެއްގެ ސަމާލުކަން ލިބޭތޯ މަސައްކަތް ކުރާހެންނެވެ. އެ ކިލާހުގައި ކައިލް ދަންނަ ދެކުއްޖަކު ހުއްޓެވެ. އެ ދެކުދިންނަކީ ފުޓުބޯޅަ ކުޅުނު ދުވަހު ލިއާއަށްވެސް ފެނިފައިވާ ދެކުދިންނެވެ. އޭގެން އެއް ކުއްޖަކު އިނީ ކައިލްގެ ކަނާތް ފަރާތަށެވެ. އެކުއްޖާ ވާހަކަދައްކަމުން ބަލާލެވުނު ގޮތަކުން ލޮލުގައި ލިއާ އަޅައިގަތެވެ. އެވަގުތު ލާނެއް ހިންޏެއް އައިސްފައި އޭނާ ކައިލްގެ ކަންފަތް ކައިރި ވާހަކައެއް ބުނެލިއެވެ.

ކައިލް ބަލައި ވަގުތަކީ ލިއާވެސް ބަލާލި ވަގުތެވެ. ނަމަވެސް ލިއާ އަވަސްއަވަހަށް އިސްޖެހިއެވެ. އެ ހަރަކާތް ކައިލްގެ އިތުރުން ދެންތިބި ފިރިހެން ކުދިންވެސް ހައިރާން ކުރުވިއެވެ. ކައިލްގެ ދެބުމަ ކައިރިވެލިއެވެ. ދާ ކޮންމެ ތަނަކުން އަންހެންކުދިންގެ ފުރިހަމަ ސަމާލުކަން ލިބޭ ކައިލްއަށް ލިއާގެ މި ހަރަކާތް ވީ އާކަމަކަށެވެ. ކައިލްއަށް އޭނާގެ ފުރިހަމަކަން އިހުސާސްކުރެވޭލެއް ކުޑައެއް ނޫނެވެ. އޭނާވީ ކޮންމެ ތަނެއްގައި މީހުންގެ ފަރާތުން ލިބޭ ސަމާލުކަން ކުޑައެއް ނޫނެވެ. އަންހެން ކުދިން ތިބެނީ އޭނާގެ އެންމެ އިޝާރާތަކަށް ކެތްމަދުވެފައެވެ. އެހެނަސް ލިއާ މިވީ ހާދަ ތަފާތު ކުއްޖަކަށެވެ. އެހެން އަންހެންކުދިންގެ މޫނުމަތީގައިވީ ހިތްއަވަސްކަމާއި ކެތްތެރިކަން ކުޑަކަމުގެ އަސަރެއް ލިއާގެ ކިބައިން ނުފެނުނެވެ. ކައިލް ކިލާހަށް ވަންކަންވެސް ނޭނގޭ ކަހަލައެވެ. ކައިލް ހަނދާންވީ ލިއާގެ ބޮލުގައި ބޯޅައިން ޖެހުނު ދުވަހެވެ. އެދުވަހުވެސް ލިއާ ބެލީ އަވަހަށް ކައިލް ފޮނުވާލެވޭތޯއެވެ.

“ޑިފަރެންޓް…!” ކައިލްގެ ހިތަށް އައި ފުރަތަމަ ލަފްޒަކީ އެއެވެ.

“އޯލްރައިޓް ސެޓްލް ޑައުން…!” ޓީޗަރު އައުމާއެކު ކިލާސްތެރެ ހަމަހިމޭންވިއެވެ. އަތުގައިވި ފޮތްބަރި އާއި ލެޕްޓޮޕް ޓީޗަރަށް ހާއްސަކުރެވިފައިވާ މޭޒުގައި ބަހައްޓަމުން ކުދިންނާ ވީ ފަރާތަށް ކުރިމަތިލާ ހުއްޓިލިއެވެ. “އައެމް ޔުއަރ ބަޔޮލޮޖީ ޓީޗަރ އެންޑް ޔުއަރ ކްލާސް ޓީޗަރ ފޯރ ދިސް އިޔާރ…މައި ނޭމް އިޒް ޒޭޑެން ކްލަރކް…ޔޫ ކެން ކޯލް މީ މރ.ޒޭޑެން އޯރ ޒޭޑް ސަރ…ސޯ، ލެޓްސް ސްޓަރޓް ބައި ގެޓިން ޓު ނޯ އީޗް އަދަރ…ވީ ވިލް ސްޓަރޓް…، ފްރޮމް ހިއަރ…” އަމިއްލަ ތައާރަފު ދިނުމަށް ފަހު ވާހަކަ ދައްކަމުން ގޮސް މަޑުޖެހިލާފައި ފަހު ޖުމްލަ އަމާޒުކޮށްލީ ލިއާއަށެވެ.

ލިއާ ފިނިވި ވަރުން އަތް ތުރުތުރުލާން ފެށިއެވެ. މާކުރިންވެސް އުނދަގޫ ވެފައި އިން އިރު އަދި މި ޖެހުނީ ކިހާ ބޮޑުކަމެއް ހެއްޔެވެ؟ މިއޮއް މުއްސަނދި ކުދިން ތިބި އިރު އަދި ފުރަތަމަ ތައާރަފު ވާންވީ އޭނާހެއްޔެވެ؟ ލިއާ މަޑުމަޑުން ތެދުވަން އުޅެނިކޮށް ކުއްލިއަކަށް ކިލާސް ދޮރު ހުޅުވުނު އަޑު އިވުމާއެކު އެންމެންގެ ނަޒަރު ލިއާއިން ނެއްޓި ކިލާސް ދޮރުމައްޗަށް ހުއްޓުނެވެ.

“ސޮރީ ސަރ…އައެމް ލޭޓް…” ކަނދުރާއަށްވުރެ ކުޑަ ތަންކޮޅެއް އިސްތަށިގަނޑު ދިގުކޮށް ހުރި ދޮން ދޮން އަންހެންކުއްޖާ ކަންބޮޑުވުމާއެކު ވާހަކަދެއްކިއެވެ. މާނޭވާ ލަމުން ދިޔައިރު ހީވަނީ ދުވެފައި އައިހެންނެވެ. ހިމަ ދިގު މޫނާއި ވައް ތުންފަތުން ލޯބި ގޮތެއް ފެނެއެވެ. ރީތި ކުއްޖެކެވެ.

“ކަމް އިން…” ޒޭޑެން ހުއްދަ ދިނެވެ. އެކުއްޖާ އަވަސްއަވަހަށް ބޯ ޖަހާލާފައި ވަދެގެން އައިސް އިށީނީ ލިއާ އާއި ޖެހިގެން ހުރި ގޮނޑީގައެވެ. އެހެން ކުދިންނެކޭ އެއްފަދައިން އެކުއްޖާވެސް ފުރަތަމަ މޭޒުމަތީގައިވި ނޭމް ކާޑް ނަގާ ވަތްގަނޑަށް ލިއެވެ. އެވަގުތު ޒޭޑެން ލިއާއަށް އިޝާރަތްކޮށް ކުރިއަށް ގެންދިއުމަށް އެދުނެވެ. ފިނިވެފައި ހުރި ލިއާ ތެދުވިއެވެ.

“ލިއާ ޝަރީފް…” ކިލާހަށް ކިރިޔާ އަޑު އިވޭވަރަށް ބުނަމުން ލިއާ އަވަސްއަވަހަށް އިށީނެވެ. ތުރުތުރު އެޅުމެއް ނެތި އެ ލަފްޒުތައް ބުނެލަން ގައިގާ ވީހާ ހިތްވަރެއް ލާން ޖެހުނެވެ. ކިލާހަށް ނަޒަރު ނުހިންގިޔަސް އޭނާއަށް އަމާޒުވެފައި ހުރި މަލާމާތުގެ ނަޒަރުތަކުގެ ހޫނުކަން އިހުސާސް ވަމުން ދިޔައެވެ. ލިއާއަށްފަހު ދެން ޒޭޑެން ތައާރަފުވާން އެދުނީ ލިއާ އާއި ޖެހިގެން އިން ކުއްޖާ ކައިރިންނެވެ.

“އަދި ކިލާހަށް ވަދެފަ ހަމަ ނުޖެހެލެވެނީސް މި ޖެހުނި ތައާރަފުވާންތަ…؟” ދަބަހުން ފޮތްތައް ނަގަމުން އެކުއްޖާ ކުދި ކިޔާލިއިރު ކިލާހުގައި ދެން ތިބި މީހުންނަށް އަޑުއިވޭނެކަމަކަށް ސަމާލުކަމެއް ނެތެވެ. ބައެއް ކުދިންނަށް ހެވުނެވެ. “އެކްސްކިއުޒްމީ…؟” ޒޭޑެންއަށް ލޯ ހަނިކޮށްލެވުނެވެ. ދިވެހިން ބުނުމުން އޭނާއަށް ނޭނގުނީއެވެ.

“ނަތިން ސަރ…އައެމް ކައިރާ…” އެކުއްޖާ ތެދުވަމުން ތައާރަފުވިއެވެ.

“ފުލް ނޭމް ޕްލީޒް…!”

ކައިރާއަށް އެއްޗެކޭ ނުބުނެވުނީ ކިރިޔާއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ކައިރާ އާމިރު އޭ ބުނެލިއެވެ. އޭނާއަށް އިށީނދެލާ ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އަދި ކިރިޔާ ކަހަލައެވެ. އޭރުވެސް ބައެއް ކުދިން ހިނިގަނޑު ކޮންޓްރޯލްކޮށްގެން ތިބެ ކައިރާއަށް ބަލަމުން ދިޔައެވެ. “ވެލް އަރންޓް ޔޫ އަ ރޭއި އޮފް ސަންޝައިން…؟” ކުދިން ހެވިފައި ކައިރާއަށް ބަލަމުން ދިޔަ ގޮތް ފާހަގަވެ ޒޭޑެން ސަމާސާކޮށްލިއެވެ.

ފަހަރަކު ކުއްޖަކު ތައާރަފުވަމުން ދިޔައެވެ. އެއްބައި ކުދިންގެ އަޑުގައި ލަދުވެތިކަމެވެ. ޖެހިލުންވުމެވެ. ގިނައީ ސާބިތު ކަމާއެކު ތައާރަފުވާ ކުދިންނެވެ. “އެލީޝާ އަންވަރު…” ލިއާ އާއި އޭރު މަލާމަތް ކުރި އަންހެންކުއްޖާގެ އަޑު އިވުނެވެ. ކުއްޖަކަށްފަހު ކުއްޖެއް ތައާރަފުވަމުން އައިސް އެންމެން އިންތިޒާރު ކުރި ވަގުތު ޖެހުނެވެ.

ޒޭޑެންއަށްވެސް ކުދިންގެ މޫނަށް ނަޒަރު ހިންގާލެވުނީ އެންމެން ހަމަހިމޭންވެ ޝައުގުވެރިވެގެން އައި ވަރުންނެވެ. އޭނާގެ މޫނުމަތިން ލާނެއް ހިނިތުންވުމެއް ފެނުނެވެ. ދެން އޭނާ ބަލާލީ ކޮޅަށް ތެދުވި ކައިލްއަށެވެ. “ވެލް…، އިންޓްރޮޑިއުސް ޔުއަރސެލްފް ޔަންގް ޖެންޓްލްމެން…އައި ތިންކް ޔޫ މައިޓް އޯލްރެޑީ ބީ ދަ ސްޓރ އޮފް ދިސް ކްލާސް…” ޒޭޑެން ސަމާސާ ކޮށްލިއެވެ. އޭނާގެ އެ އަމަލުން ކުދިންނާ ގުޅޭ ޓީޗަރެއްކަން ހާމަވެގެން ދިޔައެވެ. ބައެއް ފިރިހެން ކުދިން ހޭންފެށިއިރު އަންހެން ކުދިން ތިބީ ކެތްމަދުވެފައެވެ.

“އެންޑް ބައި ޖަޖިން ދެއަރ ފޭސް…،” ޒޭޑެން އިތުރުކޮށްލިއެވެ. “އައި ވުޑް ސޭ، ދޭއަރ ވެރީ ކިއުރިއަސް އެބައުޓް ޔޫ…”

ބައެއް އަންހެންކުދިންގެ މޫނުމަތިން ވަގުހިފުމުން ފާޅުވާ ކަހަލަ ކުލަވަރުތައް ފެނިގެން އައެވެ. ރަކިވިކަން ނާންގަން ކައިލް އަނގަޔަށް ހަދާލިގޮތުން ބަލަން ތިބި އަންހެންކުދިން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ހާދަހާ ފިރިހެންވަންތައެވެ. ނަމަވެސް ކައިލްގެ ސަމާލުކަމެއް އޭގެން އެކަކަށްވެސް ނެތެވެ. އެވަގުތުވެސް ކައިލްއަށް ފާހަގަވީ ލިއާގެ ޝައުގުވެރިކަން އޭނާއަށް ނެތްކަމެވެ.

“ކައިލް އިޒީކިއެލް އަކީލް…!” ކައިލްގެ ބަރު ފިރިހެންވަންތަ އަޑު ޖެހުމާއެކު އަންހެންކުދިން ހީވީ ވިރިގެން ފޭބިހެންނެވެ. އަލީޝާ ލޯ ބޮޑުކޮށްލަމުން މޭގައި އަތް އަޅާލީ ހުވަފެނީ ގޮތަކަށެވެ. އެހެން މީހަކަށް ފެނިދާނެކަމަށް އޭނާ ފަރުވާލެއް ނެތެވެ. އަންހެންކުދިންތައް ޗުކުޗުކު ލައްވަން ފެށި ގޮތުން ހިތް އަވަސްވެގެން އައިވަރު ހާމަވެއެވެ.

“ދެއަރ ޔޫ ގޯ ގާރލްސް…” ދެއަތް ފުޅާކޮށްލަމުން އަންހެންކުދިންނާ ވީ ފަރާތަށް ކުރިމަތިލަމުން ޒޭޑެން އަނެއްކާވެސް އަންހެން ކުދިންތައް ލަދުގަންނަވައިލިއެވެ. ފިރިހެން ކުދިންގެ ހުނުމުގެ އަޑު އިވުނެވެ.

“އައި ސްވެއަރ ޓު ގޯޑް، ދީސް ސްޓުޕިޑް ގާލްސް…” ލިއާ ގާތު އިން އަންހެންކުއްޖާ ކުދި ކިޔާލި އަޑަށް ލިއާއަށް ބަލާލެވުނެވެ. އެކަން ފާހަގަވެ ކައިރާވެސް ބަލާލިއެވެ. އަދި ލިއާއަށް ލުއި ހިނިތުންވުމެއް ދިނެވެ. ލިއާ ހައިރާންވިއެވެ. ހީލަންވެސް ނޭނގިފައި އިންދާ ކައިރާ ވާހަކަ ދެއްކިއެވެ.

“އަޅެ މިހެން ނުބުނާ ވަރެއް ނޫނޭނު ދޯ…ރީތި މީހަކު ނުފެނިފަ ވިއްޔާ ތިބެނީ…ލަދުން ބޯ ހަލާކު…” މިހެން ބުނިއިރު ކައިރާގެ ނަޒަރު ހުރީ އަލީޝާއަށެވެ. ކައިރާ ލިއާ އާއި ވާހަކަދެއްކި އިރު ހީވަނީ ކުރިންވެސް ދެކެފަރިތަ ރައްޓެއްސެއްހެންނެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގިގެން ހިނިތުންވުމެއް ދިނެވެ.

“ޔުއަރ ސްކޯލަރޝިޕް ސްޓޫޑެންޓް ރައިޓް…؟” ކައިރާ ދެން ބުނެލި ވާހަކައިން ލިއާގެ ހިނިތުންވުން ފޭދުނެވެ. ހިތް އަވަސްވެގެން އައުމާއެކު ނަފްސު ތައްޔާރުކޮށްލީ ކައިރާގެ ފަރާތުން އިވިދާނެ މަލާމާތުގެ ބަސްތަކަށެވެ. އެންމެ ބިރުވެރި ހާލަތަށް ނަފްސު ތައްޔާރު ކޮށްގެން އިންދާ ކައިރާގެ ފުށުން އިވުނީ އޭނާ ހީވެސް ނުކުރާ ބަސްތަކެވެ.

“ވެލް އައެމް އިމްޕްރެސްޑް…!”

ލިއާއަށް ހައިރާންކަމާއެކު ކައިރާއަށް ބަލާލެވުނީ އެބުނި އެއްޗެއް ޔަގީންނުވެފައެވެ.

“ވަޓް…؟” ލިއާއަށް ބުނެވުނެވެ.

“ސީރިއަސްލީ…” ކައިރާ އުފާވެރި ހިނިތުންވުމާއެކު ވާހަކަދެއްކިއެވެ. “ޔޫ އަރންޑް ޔުއަރ ޕްލޭސް ހިއަރ…އަންލައިކް އަސް، ވީ އަރ ޖަސްޓް ޕޭއިން ފޯރ އިޓް…ސޯ އައި ސޭ، ޔޫ އަރ ދަ މޯސްޓް ކުއެލިފައިޑް ވަން ހިއަރ…” ކައިރާ ވާހަކަ ދެއްކިއެވެ. ލިއާއަށް އެ އަޑުން މަލާމާތެއް ފާހަގަނުވިއެވެ. ހަމަ ހަގީގަތުގައިވެސް ހެޔޮހިތުން ކައިރާ ކުރި ތައުރީފެއްކަން ލިއާއަށް ނަގައިގަނެވުނެވެ. އެ ކިލާހަށް ވަނީއްސުރެ ލިއާގެ ހިތަށް ހަމަޖެހުމެއް ލިބުނު ވަގުތަކީ އެއެވެ. ހީވަނީ ބޮލުން ބޮޑު ބަރެއް ނެގުނުހެންނެވެ. ނޭވާލާންވެސް ފަސޭހަވެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ގޮތް ހުސްވެފައި ހުރީމޭ..7

Next

ހިތް އެދޭ މަންޒިލަކީ… 33

Next
April 19, 2026

ހިތް އެދޭ މަންޒިލަކީ… 33

Previews
April 19, 2026

ގޮތް ހުސްވެފައި ހުރީމޭ..7

11 Comments!

  1. Itxlevender Itxlevender says:
    April 19, 2026 at 1:43 pm

    Yet you still read it

  2. Hamna says:
    April 19, 2026 at 1:56 pm

    Dhen Keehkuran kiyanyy

    1. Itxlevender Itxlevender says:
      April 19, 2026 at 2:46 pm

      Yeahhhh I wonder 💀😭

  3. Kiwi says:
    April 19, 2026 at 2:17 pm

    Ignore the haters. They are just jealous. Evarunves kiyan kehey whka. Anyway, mi part varah varah salhi. Cant wait for the next part. Alhe mi kyl konhaa jaadhulehtha mi jahsane😹😹

    1. Itxlevender Itxlevender says:
      April 19, 2026 at 2:46 pm

      Right?? 😭💀 And don’t ask me about Kyle… even I’m questioning his magic at this point 😭
      Thank you so much Anyway 💗💗

  4. Its just me says:
    April 19, 2026 at 2:28 pm

    Hadi viyyaa nukeema v nu dhn 🙄🙄
    Btw mi part vx v reethi Ma Sha Allah too gud 😍 lia dhn kail ah attention kolheh dheeba dhw e soru dhera vegen e ulhenee 🤭🤭 kaira haadha rangalhey 🥹 curiously waiting for the next part.. when next ♥️

    1. Itxlevender Itxlevender says:
      April 19, 2026 at 2:43 pm

      Got you, ignoring the noise and focusing on the love 😌💗

  5. Shaba_17 says:
    April 19, 2026 at 8:17 pm

    Just wauu MA<3💗

    1. Itxlevender Itxlevender says:
      April 19, 2026 at 8:20 pm

      Thank you sm 🥹💗

  6. Sheex says:
    April 19, 2026 at 9:40 pm

    Omg haadha reechey mi part
    Yes liaa FIRIHEN KUDHIN nah balaigen blush vaane kameh ney thats hama beykaaru kameh
    Omg liaa 1st ves jehunu bully kuraa girls thakakaa
    New friend eh ves libunee
    Study well gurll
    Omg mihaaru rihaakuru ge vhk ves naadhy dhww kinda miss him
    CW4THENEXTP
    Tc

    1. Itxlevender Itxlevender says:
      April 19, 2026 at 10:16 pm

      First day and already chaos 😭 Leah never gets peace does she? And Rihan… let’s just say absence doesn’t mean he’s gone 👀

Comments are closed.

Next Episodeލޯބިން ބުނާތީ 10←


All Right Reserved!