“ކަލޭ… ކަލޭ މަގޭ މުޅި ދިރިއުޅުން ތި ހަލާކު ކޮށްލީ…” ދެންވެސް އިމްރާންއަށް ބުނެވުނީ އެހެންނެވެ. “ފެއާކޮށް ދޯ ކުޅެންވާނީ؟ ކަލޭ ފުރަތަމަ މަގޭ ދިރިއުޅުން ހަލާކު ކޮށްލީ. މަގޭގެ ބައްޕައަކަށް ވާން ނުކެރުނު އިރު އެހުރީ މަގޭ މަންމައަށް ހަދާލި ގޮތް. ކަލޭ މަގޭގެ މުޅި ދިރިއުޅުން ހަލާކު ކޮށްލީ” އިމްރާންގެ ކަންކަށި މަތީގައި ޖަހަމުން ރަޝާ ބުންޏެވެ. އަދި ބަރުހެލި ފިޔަވަޅު ތަކެއްގައި އެތަނުން ނިކުމެގެން ދިޔައެވެ.
(36 ވަނަ ބައި)
ރަޝާ ސްޓޭޝަނުން ނިކުން އިރު ބޭރުގައި ދިޔާން ހުއްޓެވެ. ހިތި ގޮތަކަށް ހިނިތުންވެލަމުން އޭނާ ގޮސް ދިޔާން ކުރިމަތީގައި ހުއްޓުނެވެ. “ވީ ގޮތް އިވިގެން މިއައީ. ޔޫ އޯކޭ؟” ދިޔާން އަހައިލިއެވެ. “ކީއްކުރަން އަހަރެންގެ ހާލު ބަލަނީ؟ ތިއީ ޔޫޒާގެ ފިރިމީހާ. އަހަރެންގެ ކަހަލަ ފައިފުއްސެއްގެ ހާލު ބަލާކަން އެނގުނީއާ ޔޫޒާ ކިހާ ރުޅި އަންނާނެ؟” އިސްޖަހާލަމުން ރަޝާ ބުނެލިއެވެ. “ރައްޓެއްސެއްގެ ގޮތުގަ އާދެވިދާނެއްނުން؟”
“ނޫން ދިޔާން. އަހަރެމެންނަކަށް ރައްޓެހިންނަކަށް ނުވެވޭނެ. ހިލޭ ބައެއްގެ ގޮތުގައި ލިބެ އެއްދާން ކޮށްފައި ތިބި ބައެއް މިއީ. އަހަރެމެންނަކަށް ރައްޓެހިންނަކަށް ނުވެވޭނެ” ރަޝާ ދެކޮޅު ހެދިއެވެ. “މައްސަލައެއް ނެތް. ހެޔޮ އެދޭ މީހެއްގެ ފަރާތުން. ރަޝާ އެއްވެސް އެހީއެއް ބޭނުންތަ؟ މިއޮށް ހާދުވަހު އިމްރާން ލާރި ފޮނުވިއެއްނުން؟ ދެން؟ ރަޝާ އޯ؟” ދިޔާން އަހައިލިއެވެ. “އަހަރެން… އަހަރެން މިއީ ބޭކާރު މީހެއްނުން…؟” ހިނިތުންވުމަކާއި އެކު އެހެން ބުނި ނަމަވެސް ރަޝާގެ ދެލޯ ކަރުނުން ފުރި ބާރުވިއެވެ.
“ތިހެން ނުބުނޭ ރަޝާ. އެއްވެސް މީހަކީ ބޭކާރު މީހެއް ނޫން. އެހީއެއް ބޭނުންތަ؟ ރުފިޔާއެއް ދޭންތަ؟” ދިޔާން ހުރީ ރަޝާއަށް އެހީވާށެވެ. “ނޫން. އަހަރެން މަންމަ ގޮވައިގެން ދާނީ މާލެއަށް. މާލޭ މުއްސަންޖަކަށް އިންނަން މިއުޅެނީ. ކީއްކުރާނީ؟ މިކަހަލަ ގޮތަކަށް ދޯ މަށަށް ރުފިޔާއެއްވެސް ލިބޭނީ. މަންމައަށް ފަރުވާ ކުރަންވެސް ބޭނުން. އެހީ އަކަށް އަތް ދިއްކޮށްލީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ” ނޭފަތް ދަމާލަމުން ރަޝާ ބުނެލިއެވެ. އަދި ލަސް ހިނގުމުގައި އެތަނުން ހިނގައިގަތެވެ.
އަތިރިމަތީގައި އިށީނދެލައިގެން އިން ވިޝާޔާ އިންތިޒާރު ކުރަމުން ދިޔައީ ޝަރަފްއަށެވެ. ކަޅު ކުލައިގެ އަބާޔާއަކާއި އެކު ކަޅު ކުލައިގެ ޙިމާރެއް އަޅައިގެން ރަނގަޅަށް ނިވާވެގެން އިން ވިޝާޔާ ވަރަށް ލޯތްބެވެ. އޭނާގެ ދޮން މޫނު ޙިމާރުގެ ތެރެއިން ފެންނަމުން ދިޔައީ ކަޅުފޮއެ އަނދިރި ރެޔެއްގައި ހަނދު ފެންނަހާ ފުރިހަމަ ކޮށެވެ. އެހާ ވެސް ލޯތްބެވެ.
“އާޗާ. ހާދަ ތަފާތޭ މިހާރު” އެތަނަށް އައި ޝަރަފްއަށް ފުރަތަމަ ވެސް އަޅައިގަތީ ވިޝާޔާ ހެދުން އަޅާފަ ހުރިގޮތެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ވިޝާޔާއަކީ ކުރިން ޓޮޕާއި ޖިންސުލައިގެން އުޅުން ކުއްޖެކެވެ.
“އާނ. ވަރަށް ކަންކަން ބަދަލު ވެއްޖެ” ވިޝާޔާ ބުނެލިއެވެ. “ހޫމް. ކިޔާބަލަ. ކޮން ވާހަކައެއްތަ ދައްކަން ތިއުޅެނީ؟ މިހާރު ދެރޭވީ ގައިމު ގެއަށް ގެންނަން އުޅޭތާ. އަބަދު ބިޒީ ބިޒީ” ޝަރަފް ހުރީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ. “ތިވާހަކަ ދައްކަން މިގެނައީ. ޝަރަފް. އަހަރެން ބޭނުމެއް ނޫން މިހެން މިގުޅުން ކުރިއަށް ގެންދާކަށް” ވިޝާޔާ ބުނެލިއެވެ. “ތިބުނީ؟” ޝަރަފްއަކަށް ސާފެއް ނުވިއެވެ.
“މިބުނީ މިހެން މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނޭ. މާލެ ގޮސް މި ކިޔެވި ކިޔެވުމުން ވަރަށް ކަންކަން ދަސް ވެއްޖެ. އަހަރެން ބޭނުމެއް ނޫން ދެން ކައިވެނިން ބޭރުން ގުޅުން ހިންގާކައް. ނިކަން ވިސްނާލަބަލަ. އަހަރެމެން އެކަކު އަނެކަކުދެކެ ލޯތްބެއް ނުވޭ. ކުރެވުނު އިހުސާސަކީ ޝައިތާނާ ދެއްކި ދަޅަ. ނިކަން ވިސްނާލަބަލަ. މިއީ ކިހާ ބޮޑު ފާފައެއް؟ ދެން ބުނެބަލަ. އަހަރެމެންގެ ދެމެދުގައި ދުވަހަކުވެސް ލޯބިން ވާހަކައެއް ދެކެވުންތަ؟ ނޫން. ދިމާވާ ކޮންމެ ފަހަރަކު އަރަނީ އެނދަށް. އަޅެ ބުނެބަލަ. ޝަރަފް ބޭނުންތަ މަށާ އިންނަން؟”
“އަހަރެން އަދި މީހަކާ އިންނާކަށް ތައްޔާރެއް ނޫން” ޝަރަފް ބުނެލިއެވެ. “ތީ މިބުނާ ވާހަކައަކީ. ޝަރަފް އަދި މިކަހަލަ ކަމަކައް ތައްޔާރެއް ނޫން. އަހަރެންވެސްމެ. މިހާ ހިސާބުން މިގުޅުމަށް ނިމުމެއް ގެންނަމާ؟” ވީޝާޔާ ބުނެލިއެވެ.
“އެންމެ ރަނގަޅު. އެކަމަކު. ވިޝާޔާ އަހަރެންގެ ހަޔާތައް އައީތީ އަހަރެން ވަރަށް އުފާވޭ. އިންޝާ ﷲ އަހަރެންވެސް އިސްލާހުވާން މަސައްކަތް ކުރާނަން” ހިނިތުންވެލަމުން ޝަރަފް ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެޒިކިއެލްއާއި މިކްޔާގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަ ވަމުންނެވެ. އެހެނަސް އެލާރާއާއި ޒަވުލްގެ ގުޅުމުގައިވީ ނުފެންނަ ފާރެއް ލެވިފައެވެ. ހަމަ އެހެން ޒާލާއާއި އަކްނާންގެ ގުޅުންވެސްވީ ހީނަރުވެފައެވެ. ޒާލާއަށް ސިއްރުން އަކްނާން ދިޔައީ ނަހާތުއާއި އެކު ގުޅުން ހިންގަމުންނެވެ. ލަޝްކާއާއި ދާއިޔަލްގެ ކައިވެނީގެ ފަހު މަރުހަލާތައްވެސް ދިޔައީ ކުރިއަށް ދަމުންނެވެ. ރަޝާ މާލެ ބަދަލުވީ އިރު އިމްރާންއަށް 25 އަހަރުގެ ޖަލު ހުކުމެއް ލިބުނެވެ. މީކައިލްއާއި ވިޝާހާގެ ގުޅުންވެސް ދިޔައީ ބާރު ސްޕީޑުގައި ކުރިއަށް ދަމުންނެވެ. ދިޔާންގެ ބޭވަފާތެރިކަމުގެ ވާޙަކަ ނޭނގި ޔޫޒާ އޭނާއާއި އެކު އުފަލުގައި އުޅެމުން ދިޔައެވެ. އެކަނިވެފައި ތިބީ ޔައުލާންއާއި ވިޝާޔާއެވެ. ޔައުލާން އިންތިޒާރު ކުރަމުން ދިޔައީ އެލާރާއަށެވެ. ވިޝާޔާ ހުރީ އޭނާ ބޭނުންވާފަދަ ފިރިހެން ކުއްޖެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ވިޝާޔާގެ ވާހަކަތައް އަހާ ޝަރަފްގެ ދިރިއުޅުމަށްވެސް ވަނީ ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.
***އެއްމަސް ފަސް***
(ނުނިމޭ)
ތިރީސްހަތްނަބައިގެ ތެރެއިން:
“މިވަގުތުން ފެށިގެން ލަޝްތިއީ ހަމަ އެކަނި ދާއިގެ މީހެއް. ހަމަ އެކަނި ދާއިގެ” ލަޝްކާގެ ނިތުގައި ބޮސް ދެމުން ދާއިޔަލް ސިއްރު ސިއްރުން ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Wow haadha reehchey MA💋💋💋
Vishahaa ar sharaf ge relationship nimmalee v reethi gothakah but others be like, fighting and crying etc..🥺😤☺️
Wow lash ar dhari ge wedding v avahah dhww 💍
So cute 🌺
CW4THENEXTP
TC💛
jazaakallah khairan Sheez 🩶🫶🏻
haha dhwww.. vrh simple koh e ninmmaaly hama..
hehe yess their wedding is sooooonn🥹
in sha allah next episode tmrw
likewise
When next?
Mee Sheez ingey
in sha allah tmrw🩶🫶🏻
hehe labba 🩶🫶🏻
Huh?
She said hehe labba js to let you know that she knows it’s you!
Rasha feels so helpless😭😭 hama hamdharudhee vevijje😢
Vishaya ah heyo visnun libuneema ufaavejje! Sharaf vx then islaahu v dhw?
Anyways vrh reethi mi part vx MA^³
alhe next ep ge there in kiyaafa im so excited!!! Lash n dhaaiyal ge wedding hen heevany.. Alhey😄💖💖
Waiting for next!!
LY
ikrrr i feel so bad for Rashaa.. 🥺☹️ yesyes.. they both gooodddd… jazaakallah khairan Your fav bab.. hehehe let’s see dhww.. in sha allah next tmrw
likewise🩶🫶🏻
Oohh..This part make me hit to books 📚🩶
MA..Ur so so talented 💞 Dhaaii X Lash Awwnn..So so Cute 🥰🥺 Feels like Wisher has changed her life a lot & lot!
Independently,All women’s should be Like Wisher..So so Beautiful Niqabii ❤️ Wisherr!!
Curiously waiting for the next part!🩶🩶
When’s next??❤️📚
jazaakallah khairan Black 🖤🩶🫶🏻
hehe yess dhaai and lash are so cutee..
aslu vess dhww.. vishaya ge style is the one everyone should follow.. in sha allah next episode tmrw..
Ooowhh…This part makes me feel so os Curious to hear the next one..🖤!
MA…Our Shiherr is a soul of who is very intelligent 🧠 in Tales!!
Dhaai X Lash so so cute.Btw ,Imraan should have to been Thrown to trash bin away.Rasher Ooohhh Sad for her!
I knew now the reason why Lash was harmed by Rasher.. I’m so sorry for they both of u
When’s next?
Curiously waiting for the next part 🩶 Lysm & Tc of Yourself 🫶🏻🥹 😭😭
jazaakallah khairan Black🩶🫶🏻
hehe yess they are soo cuteee.. asluves dhw Imraan is just yuckkk.. finally he’s in prision.. asluvess i feel bad for Rashaa tooo.. asluvess..
in sha allah next tmrw..
likewise
Shiherrrrrrrrrrr|. Kn iraku ow vaatheehithaku loabi manman vefaa ge 37 vana ep nellanee????????????????
Thedheh love! when next??