Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 12

Anaq Level 210 Stories
April 18, 2026 4 Mins Read
2 Comments

” އޯކޭ….ބަޓް ބީކެއާފުލް އިނގޭ… އެނގޭ އަދި މިވީހާ ތަނަކަށް ނަވީން ނެތްކަން ނުވިސްނަ ކަންކަން ކޮށްފައެއް.. ނަވީންގެ ކުޅަދާނަ ކަމާއިމެދު ޝައްކު ކުރަނީއެއް ނޫން…ބަޓް ޒާނާ އިޒް ޔުއާރ ވީކްނެސް އެހެންވެ ކަންބޮޑުވޭ…. ތިއީ ހަމަ އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް.. އެހެންވެ މި ބުނެލީ…” ޝައުކަތު ނަސޭހަތްތެރި ވިއެވެ. މިކަމުގައި އަހަރެންނާއިއެކު ހުރިކަން އަންގައިދިނެވެ. އަހަރެން ހިތްހަމަޖެހުނެވެ. ބައެއް ކަންކަން ނިއްމަން ތަންކޮޅެއް ފަސޭހަ ވެދާނެކަން އެނގުނެވެ.

” އޯކޭ… ތެންކިއު އަންކަލް……” އަހަރެން ޝުކުރު އަދާކުރީ ހިތުގެ އަޑިންނެވެ…

*****

ޗެޕްޓާ 5

ޒާނާ

ހެނދުނު އަހަރެންނަށް ހޭލެވުނުއިރު ޖަނާއެއް ނެތެވެ. ބޮލަށް ވެފައިވާ ބަރުކަމާއި އެކުވެސް އަހަރެން ހިތްވަރުކޮށްފައި އެނދުން ތެދުވެ ފެންވަރައިލީ ތާޒާ ވެލުމަށެވެ. ލޯކައިރީގައި ފަނޑު ކަޅުކަމެއް ހުރިއިރު މޫނުމަތީގައި އެއްވެސް އުޖާލާ ކަމެއް ނެތްކަން ހުދު އަހަރެންނަށްވެސް ފާހަގަވިއެވެ. މޫނުމަތީގައި ހުރި ދުޅަކަން ވަރަށް ބޮޑަށް  ތިރިވެފައި ވީ ނަމަވެސް ތިރީތުންފަތުގައި ހުރި ދުޅަކަން މަޑެއް ނުވެއެވެ. އަހަރެން ފެނުމުން މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގިވެސް އަހަރެން ބަދިގެ ފަރާތަށް ދިޔައީމެވެ.

” ދަރިފުޅާ ކިހިނެތް ވެފައި ތިހިރީ..؟” އަހަރެން ހަމަ ފެނުމާއި އެކު ކަންބޮޑުވެފައި މަންމަ ސުވާލު ކޮށްލިއެވެ. އަދި ހަލުވި ކަމާއިއެކު އައިސް އަހަރެން ކައިރިއަށް ހުއްޓިލިއެވެ.

” ލާއިލާހަ އިއްލަﷲ…. އަޅެ ކިހިނެތް ވެފަ ތިހިރީ ދަރިފުޅާ…..؟ ތަނަކުން ވެއްޓުނީތަ؟” އަހަރެންގެ މޫނަށް ރަނގަޅަށް ބަލައިލަމުން މަންމަގެ ސުވާލުތައް އަމުނައިލިއެވެ.

“މި….. މީ …..އިއްޔެގަ…” އަހަރެން ވަރަށް ނުކެރިފައި ހުރެ ވާހަކަ ދެއްކޭތޯ ބެލީމެވެ. ވީ ކަންކަން މަންމައަށް ކިޔައިދޭނެ ގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ.

” މީ ރުހާމްގެ ކަމެއްދޯ…؟” ވީގޮތް މަންމައަށް ނަގައިގަނެވުނެވެ.

” އެކަމަކުވާ….. ” މަންމަގެ އަޑުގައި ކަންބޮޑުވުމެވެ. އަހަރެންގެ އަތުގައި ހިފައިގެން ގެނެސް މޭޒު ކައިރީގައި ބައިންދަމުން މަންމަ އަހަރެންނަށް ފެން ތައްޓެއް ގެނެސްދިނެވެ.

” ދަރިފުޅު އެގެއަށް ދިޔައީތަ؟ ” މަންމަގެ އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބޯޖަހައިލީމެވެ.

” ކީއްކުރަން އަޅެ….؟” ގަބޫލު ނުކުރެވިފައި މަންމަ އަހައިލިއެވެ.

” އަހަރެންގެ އެއްޗެހި ބަލައި…” ކުއްވެރިއެއް ފަދައިން އިސްޖަހައިލަމުން އަހަރެން ބުނެލީމެވެ.

” އަޅެ އެކަމަކު… މަންމަ ގޮސްވެސް އެކަން ކޮށްދީފީމުހޭ…. އަޅެ ކީއްކުރަން ދިޔައީ… ބަލާ ދަރިފުޅަށް އޭނާ ކޮށްލާފައި ހުރިވަރު…ހެޔޮނުވާނުން މިވަރު ކޮށްލަން… ދަރިފުޅުދެން އެގެއަށް ގޮސްގެން ނުވާނެ….” މަންމަ ކަންބޮޑުވެފައި ބުނެލިއެވެ. އަހަރެން އެއްބަސްވުމުގެ ގޮތުން ބޯޖަހައިލީމެވެ.

” އޭނާ ކީއްކުރަން އުޅުނީ….؟ކީއްވެ އަނިޔާ ކުރީ.. ” ހިނދުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު މަންމަ ބުނަން ނުބުނަން ހުރެފައި އަހައިލާ ފަދަ ގޮތަކަށް އަހައިލިއެވެ. މަންމަގެ އެސުވާލުން އިއްޔެގެ ހަނދާންތައް އައިސް އަހަރެން ވަށައިލިއެވެ. އެ ބިރުވެރި ވަގުތު ކޮޅާއި ރުހާމްގެ އަނިޔާ ތަކާއި އޭނާގެ އަތްދަށުވި ގޮތާއި ދެން ސަލާމަތް ނުވާނެކަމަށް ނިއްމި ވަގުތު ރަހުމަތެއް ފަދައިން ކޮޓަރިއަށް ވަދެގެން އައި މީހުންގެ ސަބަބުން އަހަރެން ސަލާމަތްވި ގޮތެވެ. އެއާއިއެކު އެއީ ކޮންބައެއްތޯ ބެލުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތަށް ވެރިވެގަތެވެ. ހާއްސަކޮށް އެޕާޓުމަންޓުން ނިކުންނަން ދިޔަ ވަގުތު ބެލްކަނީގައި ހުރިހެން ހީވި މީހާއެވެ.

” ދަރިފުޅާ….” ހިޔާލުތަކުން އަހަރެންނަށް ނިކުމެވުނީ އަހަރެން އެއްޗެއް ނުބުނުމުން މަންމަ އަހަރެންނަށް ގޮވައިލުމުންނެވެ.

” އާން…އެއްވެސް ކަމެއް ނުއެއްކުރެވުނު.. މިއީ ޖެހިލެއް ބާރުކަމުން…..” މޫނުމަތީގައި އަތް ޖައްސައިލަމުން އަހަރެން މަންމަ ކައިރީގައި ބުނަން ކެރޭ ވަރަށް ބުނީމެވެ. އަހަރެން މާނަ ކުރިގޮތް އެނގިގެން ކަންނޭނގެއެވެ. މަންމަ އަހަރެންނަށް ބަލައިލީ ސުވާލުގެ ނަޒަރުންނެވެ.

” ރުހާމް ދަރިފުޅަށް އެކަހަލަ އަނިޔާވެސް ދޭތަ؟…. ސުބުހާނައްﷲ…..” ދެލޯ ބޮޑުކޮށްލަމުން މަންމަ އަނގަ މަތީގައި އަތް އެޅިއެވެ. އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލީމެވެ. އިސާހިތަކު އަހަރެންގެ ފެންކަޅިވެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައި ގަތެވެ. އެއާއިއެކު މަންމަގެ އަތުން އަހަރެންގެ ބޮލުގައި ފިރުމައިލަމުން އަހަރެންގެ ގައިގާ ބައްދައިލިއެވެ.

” ދަރިފުޅާ…. މަންމައަށް މާފް ކުރޭ… ތިއީ ހަމަ މަންމަމެންގެ އަމިއްލަ އެދުން ބޮޑުކަމުން ދަރިފުޅަށް ކުރިމަތިލާން ޖެހުނު ކަންކަން… މަންމައަށް މާފް ކުރޭ ދަރިފުޅާ… މަންމައަށް މާފްކުރޭ…ސުބުހާނަﷲ….މިވޭތުވެދިޔަ ހަތް އަހަރުވެސްތަ؟…” މަންމަ ރޮމުން އަހައިލިއެވެ… އަހަރެންން ބޯޖަހައިލަމުން އިތުރަށް މަންމަގެ ގައިގާ ބައްދައިގަނެފައި ރޯން ފެށުނެވެ.

” ޔާރައްބަނާ…..” މަންމަގެ ރުއިން ބާރުވީ އަހަރެން ތަހަންމަލް ކުރަމުން އައި ކަންކަމުގެ ތަފްސީލް އެނގެން ފެށުމުންނެވެ.

“ދެން އިރާދަކުރެވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… މަންމަ ދެން ހުންނާނީ ދަރިފުޅާއި އެކު އަބަދުވެސް…މަންމަ ދެން ނޭވާލާނީވެސް އޭނާގެ ކައިރިން ދަރިފުޅު ސަލާމަތް ކޮއްފަ… މަންމައަށް އެނގޭ މަންމަމެންގެ ސަބަބުން ދަރިފުޅު ކުރިމަތިލާން ޖެހުނު ކަންކަން ދެން އަނބުރާ ނުގެނެވޭނެކަންވެސް…އެ ބޭކާރުވި ދުވަސްތައް އަނބުރައި ނުގެނެވޭނެކަންވެސް… އެކަމަކުވެސް….” މަންމަ ރޮމުން ރޮމުންވެސް އަހަރެންނަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރިއެވެ. އަދި އަހަރެންނަށް ގިސްލެވެން ފެށުމުން މަންމަ އިތުރަށް އަހަރެން ގާތްކޮށްލައި ބައްދައިލިއެވެ… މަންމަގެ އެ ހިމާޔަތާއި ގާތްކަމުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ.

މަންމައަށާއި އަހަރެންނަށް އެއްފަހަރާއި ދޮރާއި ދިމާއަށް ބަލައިލެވުނީ ދޮރުގެ ބެލް ޖެހި އަޑަށެވެ. އަހަރެންނަށް މަންމަގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވެފައެވެ.. އެއީ ރުހާމް އަށް ވެދާނެ ކަމުގެ ބިރުން އަހަރެންގެ ހިތް ވަށައިލިއެވެ. އަހަރެންގެ އެ ކަންބޮޑުވުން އިސާހިތަކު މަންމަ ދެނެގަތެވެ.

” ޒާނާ…. ދަރިފުޅު ކަންބޮޑުނުވޭ…. މަންމަ އެބަ އަންނަން ކާކުތޯ ބަލައިލާފަ…. އެއީ ހަމަ ރުހާމްއަށް ނުވެވެސް ހިނގައިދާނުން…. ރުހާމްއަށް ވިޔަސް މަންމަވެސް މިހާރު މިހިރީނުން…..” މަންމަ އަހަރެންނަށް ހިތްވަރު ދިނުމަށްފަހު ދޮރާއި ދިމާއަށް ހިނގައިގަތެވެ..އަހަރެންގެ ހިތްގަނޑު ޑަންޑަން ލައިފައި ތެޅެންފެށިއެވެ.

މަންމަ ދޮރު ހުޅުވައި ލުމަށްފަހު ކުޑަކޮށް ދޮރުން ބޭރަށް ނުކުމެފައި ދެކޮޅު ބަލައިލިތަން އަހަރެންނަށް ފެނުނެވެ.. ސުވާލު އުފަދިފައި އަހަރެން ގޮނޑިން ތެދުވެގެން ދޮރާ ދިމާއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށީމެވެ. އިރުކޮޅަކުން އެއްޗެއްގައި ހިފައި މަންމަ އެތެރެއަށް ވައްދައިފިއެވެ.. އެއީ އިއްޔެ ރުހާމްގެ ގޭގައި އަހަރެން ޕެކްކުރި ފޮއްޓެވެ. އަވަސް އަވަހަށް އެ ނަރަކައެއް ފަދަ ތަނުން މިނިވަންވެގެން އަންނަން ޖެހުމުން ފޮށިމަތިން ހުރީ ހަނދައިންވެސް ނެތިފައެވެ.

“މީ ދަރިފުޅުގެ ފޮށިދޯ….؟” މަންމަގެ ސުވާލަށް އަހަރެން ބޯޖަހައިލީމެވެ..

” އެއްވެސް މީހެއް ފެންނާކަށްވެސް ނެތް….ފޮށި އެކަނި ހުރީ…”އެޕާޓުމަންޓުގެ ދޮރު ލައްޕައިލަމުން މަންމަ އިތުރަށް ސާފުކޮށްދިނެވެ..އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލި ނަމަވެސް ހިތުގައި ހިނގަމުން ދިޔަ ސުވާލުތައް ހައްތަހާވީ ގިނައެވެ.

” ޖަނާ ކަންނޭނގެ…” ޖަނާ ހަމައެކަނި ފޮށި ބަހައްޓާފައި ނުދާނެކަން އެނގުނު ނަމަވެސް އަހަރެން އެހެން ބުނީ މަންމަ ކަންބޮޑުވެދާނެތީ މަންމަ ހިތްހަމަ ޖައްސާލުމަށެވެ. އަދި ރުހާމް އައިނަމަވެސް އެހެން ފޮށި އެކަނި ބަހައްޓާފައި ނުދާނެކަން އަހަރެންނަށް އެނގެއެވެ.

” ފޮށި ކޮޓަރިއަށް ލައިފައި އަންނަން ވީނުން ސައިބޯން…” ބަދިގެ ފަރާތަށް ދަމުން މަންމަ ބުނެލިއެވެ. އަހަރެން ކޮޓަރިއަށް ފޮށިލައިފައި އައީ ސައިބުއިމަށެވެ.

ސައބޮއެގެން އަހަރެން އައިސް ކޮޓަރިއަށް ވަދެ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނުނެގީމެވެ.. ރުހާމްގެ އެތައް މެސެޖެއްވެސް ލިބިފައި ހުއްޓެވެ.. އެކަމަކު އަހަރެން އެއިން އެއްވެސް މެސެޖަކަށް ސީންއެއް ނުކުރަމެވެ.. ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެލަމުން އަހަރެން ޖަނާގެ ނަންބަރަށް ގުޅައިލީ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ލިބޭނެކަމުގެ އުއްމީދުގައެވެ.

” ހަލޯ…..” އިރުކޮޅަކު ރިންގް ވިފަހުން ޖަނާ ފޯނުނެގިއެވެ.

” ނިދަނީތަ؟” ޖަނާގެ އަޑުގައި ހުރި ނިދީގެ އަސަރުން އަހަރެން އަހައިލީމެވެ.

“އާން އެކަމް ދެން މިހޭލީ…. ކިހިނެއްވީ….؟ ” ޖަނާ އަހައިލިއެވެ.

“ކަމެއް ނުވޭ….” އަހަރެން ބުނެލީމެވެ.

“ޒާނާ… ކިހިނެތްވީ؟…. ހުރިހާ ކަމެއް ރަނގަޅުތަ؟… ރުހާމް އައީތަ ގެއަށް؟…” ޖަނާ ސުވާލު ކުރަން ފެށިއެވެ.

“ނޫން ނޫން… އެކަހަލަ ކަމެއް ނުވޭ….” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

“ނަސީބެއްނުން…. އަހަރެން ހީކުރީ އެ ފުރޭތަ ގެއަށް ވައްޓައިލީ ކަމަށް….” ޖަނާ ހަމަޖެހިލިކަން އެއަޑުން އެނގުނެވެ.

“ނޫން އަހަރެންވެސް ހީކުރީ އަންނާނެ ކަމަށް….. އަސްލު މިގުޅީ ވާހަކައެއް އަހާލަން ވެގެން….” އަހަރެން ފަސްޖެހެން ފެށީ ކީއްވެ ކަމެއް ނޭނގެއެވެ.. ފަހަރެއްގައި ކުރެވޭ އުއްމީދުތައް ފެނައް ވެދާނެތީ ކަންނޭނގެއެވެ.

” ބުނެބާ….” ޖަނާ އަހައިލިއެވެ.

“އިއްޔެގަ…. އަމްމްމް… އެއީ ކޮންބައެއް….؟” އަހަރެންގެ އަޑުގައި ހުރި ފަސްޖެހުން ޖަނާއަށް ފާހަގަ ވާނެކަން އަހަރެންނަށް އެނގެއެވެ. އެހެން ނަމަވެސް އަހަރެންގެ ހިތުގައި ހުރި ސުވާލުތަކުގެ ޖަވާބު އަހަރެން ބޭނުމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 36

Next

ލޯބިން ބުނާތީ 8

Next
April 18, 2026

ލޯބިން ބުނާތީ 8

Previews
April 18, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 36

2 Comments!

  1. Lamtty Lamtty says:
    April 18, 2026 at 3:02 pm

    Can’t wait for Zaanaa to know it’s Naveen behind all that ❤️

    1. Anaq says:
      April 20, 2026 at 10:15 am

      Maybe soon 😉

Comments are closed.

Next Episodeގާތުގާ… 13←


All Right Reserved!