Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 13

Anaq Level 210 Stories
April 20, 2026 4 Mins Read
1 Comment

“އިއްޔެގަ…. އަމްމްމް… އެއީ ކޮންބައެއް….؟” އަހަރެންގެ އަޑުގައި ހުރި ފަސްޖެހުން ޖަނާއަށް ފާހަގަ ވާނެކަން އަހަރެންނަށް އެނގެއެވެ. އެހެން ނަމަވެސް އަހަރެންގެ ހިތުގައި ހުރި ސުވާލުތަކުގެ ޖަވާބު އަހަރެން ބޭނުމެވެ.*

******

ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ދެމީހުން ކުރެ އެއްވެސް މީހެއް އެއްވެސް އެއްޗެއް ނުބުނެ ތިބީމެވެ.. ޖަނާގެ ޖަވާބަކަށް އަހަރެންގެ ހިތް އެދި ތެޅި ފޮޅެމުން ދިޔައެވެ. ދެމީހުން ކުރެން އެކަކަށްވެސް އިތުރަށް ދެން ބުނަނަންވީ ކީކޭ ކަމެއް ނޭގިފައި ތިބީމެވެ.

” ކިހިނެތްވީ ކުއްލިއަކަށް އެސުވާލު ތިއެހީ…؟” އިރުކޮޅެއްފަހުން ޖަނާ އަހައިލިއެވެ. އަހަރެންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖަނާ ކޮށްލީ އިތުރު ސުވާލެކެވެ.

” ހަމަ އެނގެން ބޭނުންވީ…..ވީގޮތަކީ މިއަދު ބެލްޖަހާ އަޑަށް ދޮރު ހުޅުވިއިރު އަހަރެން އިއްޔެ ރުހާމްގޭގަ ޕެކް ކުރި ފޮށި ހުރީ ދޮރުމަތީގައި…. އެއްވެސް މީހެއްވެސް ފެންނާކަށް ނެތް…އެއްޗެހިތަށްވެސް ހަމައަށް ހުރީ…..” އަހަރެން ޖަނާއަށް ކިޔައިދިނީމެވެ.

“އެހެންތަ…؟” ވިސްނުމެއްގައި އިނދެފައި ބުނެލާ ފަދައިން ޖަނާ މަޑުމަޑުން ބުނެލިއެވެ.

” ބުނެބަދެން…. އެއީ ކޮންބައެއް….؟” ޖަނާގެ ޖަވާބެއް ނުލިބިދާނެހެން ހީވުމުން އަހަރެން އަނެއްކާވެސް އަހައިލީމެވެ.

” އެއީ…. އެއީ…. އެއީ ލިއަމްގެ ރައްޓެހި ބައެއް…” ޖަނާ ބުނެލިއެވެ… ބުނި ގޮތުން ޖަނާ ދޮގު ހަދަނީހެންވެސް ހީވިއެވެ.. އެކަމަކު ޖަނާ ދޮގުހަދަންވީ ސަބަބެއް ވެސް ނެތެވެ. އަހަރެންނަށް ޔަގީންވިހާވެސް އެއްޗަކީ ޖަނާގެ ޖަވާބުން އަހަރެންގެ ހިތް މާޔޫސް ކުރުވިކަމެވެ.

“އޯ….. އެހެންތަ..؟ އެކަމަކު ހާދަ ބިރުވެރިކޮށް ތިބި ބައެކޭ… ލިއަމްގެ އެކަހަލަ ރައްޓެހިންވެސް ތިބޭތަ…؟” އަހަރެން އަހައިލީމެވެ.

“ޔާ…ދޯ…. ދުނިޔޭގަ އެޅޭނެތާ ދޯ ފާޑުފާޑުގެ މީހުން… ބޭރުފުށުން ގޯސްހެން ހީވާ މީހުން އެބަތިއްބޭނުން ރަނގަޅުވެފަ ވެސް ދޯ…” ޖަނާ ވާހަކަ ދެއްކިއެވެ.

” ޔާ ދޯ……..” އަހަރެންނަށް އަދިވެދެސް ވިސްނެނީއެވެ. ޖަނާ އެބުނިގޮތަށް އެއީ ލިއަމްގެ ރައްޓެހިންނަށް ވެދާނެއެވެ. އެހެންކަމަށް ވިޔަސް ރުހާމްގެ އެޕާޓުމަންޓުގެ ބެލްކަނިން މީހަކު ފެނުނުހެން ހީވުމާއި ދަންނަ އިހުސާސްތަކެއް ކުރުވުން އެއީ އަހަރެންނަށް ޔަގީންވާ ކަމެކެވެ.

” އަމް… ބައި ދަ ވޭ ކާކު ކަމަށް ހީކޮށްތަ އަސްލު އެހެން ތި އެހީ….؟” މަޖާ ރާގަކަށް ޖަނާއަހައިލީ މާހައުލަށް ވެރިވި ސީރިއަސްކަން ފަނޑުކޮށްލުމަށެވެ.

“ހަހަހަ ވަކި މީހެއް ކަމަށްތަ އަހަންޖެހޭނީ….. ވަކި މީހެއް ކަމަކަށް ނޫން މި އެހީއެއް…” އަހަރެންވެސް ސީރިއަސްކަން ކަނޑުވާލާފައި ވާހަކަ ދެއްކޭތޯ ބެލީމެވެ. ޖަނާ ވާހަކަ ނުދައްކައި އިރުކޮވިއެވެ. ހީވާ ގޮތުން އޭނާ ކަމަކާ ވިސްނަނީއެވެ.. ނުވަތަ އެއްޗެއް ބުނަނަން އުޅެނީ އެވެ.

“ޒާނާ… ދޮގުނަހަދަ ބުނެބަލަ… އަހަންނަށް މި ހީވަނީ ރަނގަޅަށްތަ..؟” ޖަނާ ކުއްލިއަކަށް ސީރިއަސްވެލިއެވެ. ޖަނާ އެބުނަނީ ކީކޭކަން އަހަރެންނަށް އެނގުނެއެވެ. އަދި އެސުވާލަށް ދޭން އޮތް ޖަވާބުވެސް އެނގެއެވެ. އެކަމަކު އެޖަވާބުން އަހަރެންގެ ހިތަށް ތަސައްލީއެއް ލިބިދާނެ ހެއްޔެވެ؟ ނުވަތަ ހިތް އެދުނު އެދުން ފުއްދޭނެ ހެއްޔެވެ؟ އަހަރެންގެ ހިތުގައި ޖެހުނެވެ. ނާދިރު ކަމަކަށް ވިއަސް އަހަރެންނަށް ހީވި ހީވުން ދޮގުކުރާނީ ކިހިނެތް ހެއްޔެވެ؟ “އެއިހުސާސްތައް” ދޮގުކުރާނީ ކިހިނެތް ހެއްޔެވެ؟

” ޒާނާ……….” އަހަރެންގެ ޖަވާބެއް ނައުމުން ޖަނާ ގޮވައިލިއެވެ.

” ޖަނާ…. އިއްޔެ ރުހާމްގެ އެޕާޓުމަންޓުން ނިމުންނަން ދިއައިރު ހީވި ބެލްކަނީގަ މީޙެއް ހުރިހެން….” އަހަރެން ޖަނާއަށް ވީގޮތް ރަނގަޅަށް ކިޔައިދޭން ފެށީމެވެ. ޖަނާ އަހަރެންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ.

” ހަމަ ނޭނގެ ބުނެދޭކަށް ކީއްވެ ކަމެއް…. އެތާ “އޭނަ” ހުއްޓޭ ހީވީ ހަމަ…އެކަމަކު އެތާ އެއްވެސް މީހެއް ނެތޭ ޖަނާ….” އަހަރެންނަށް ބޭއިހުތިޔާރުގައި ޝަކުވާގެ ރާގަކަށް ބުނެވުނެވެ.

” މި ވޭތުވެދިޔަ ހުރިހާ ދުވަސްތަކުގަ ދުވަހަކުވެސް އެންމެ ފަހަރަކުވެސް މި އިހުސާސެއް ނުވޭ….”އޭނަ” އަހަރެން ކައިރީގައި އެހުންނަ އިރު އެވާ އިހުސާސް….” އަހަރެން ހިތުގައި އިތުރަށް ޖެހޭގޮތް ވިއަސް، ހުއްޓަމުން ހުއްޓަމުން އަހަރެން ވާހަކަ ދެއްކީމެވެ.

“ނޭނގެ ކުއްލިއަކަށް އެއިހުސާސް ވާންވީ ސަބަބެއް ޖަނާ…” އަހަރެންގެ އަޑު ކުރެހިގެން ދިއައެވެ. ހިންދިރުވައިލީ އަހަރެންނަށް ރޯން ފެށިދާނެހެން ހީވާތީއެވެ.

” ވަރަށް ދުވަހަށްފަހު އެކްސައިޓްމަންޓެއް ފީލްވީ އިއްޔެގެ އެ ކުރު ދެތިން ސިކުންތަށް…..”އަހަރެން މަޑުމަޑުން ބުނީމެވެ.

” ހަމަ ހީވަނީ ވަރަށް ގާތުގަ ވާހެން …..” ލޯމަރައިލަމުން އަހަރެން ބުނީމެވެ. އަހަރެންގެ އުއްމީދަކީވެސް އެއީއެވެ. ކުށަކަށް ވިއަސް ބޭނުންވާ ގޮތަކީވެސް އެއީއެވެ.

” އެކަމަކު އެނގޭ އިމްޕޮސިބަލް ކަމެއްކަން ވެސް….ރުހާމްގެ އަންބެއް ގޮތުގައި އިނދެ ގޯސް ހިޔާލު ތަކެއް ކަން މިކުރެވެނީވެސް…..” މާޔޫސް ކަމާއިއެކު އަހަރެން ބުނީމެވެ. އަހަރެންގެ ދެލޯ ރަނގަޅަށްވެސް ފެންކަޅިވީ އެހަނދާންތައް އާވުމުންނެވެ. ހިން ދިރުވާލަމުން އަހަރެން ވާހަކަ ދެއްކިއިރު އަޑުގައި މަޑު ތުރުތުރެއްވެސް ހުއްޓެވެ.

” އެކަމަކުވެސް އުއްމީދެއްވެސް ކުރެވޭ ކަންނޭނގެ………އަދިވެސް……..” ލޮލަށް ޖަމާވަމުންދިއަ ކަރުނަތަށް ހިންދާލުމަށް މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.

“ރުހާމް އެވަރު ކޮށްލީމަ އަހަރެން މޮޔަވަނީ ކަންނޭނގެ ދޯ ޖަނާ ހައްހައް….” ކަރުނަތަކާއިއެކުވެސް ކުޑަކޮށް ހީލަމުން އަހަރެނަށް ބުނެވުނީ އެހެންނެވެ. ކުރެވެނީ މޮޔަ ހިޔާލުތަކެއް ކަމަށް އަހަރެންގެ ނަފްސު ބުނެލި ކަހަލައެވެ.

” ޒާނާ….އެނގޭ ތިދެމީހުން ދޭތެރޭގައި ކަންކަންވީ ވަރަށް އަންފެއާކޮށް ކަން….” ފުން ނޭވާއެއް ލަމުން ޖަނާ މޮޅިވެރިކަމާއިއެކު ވާހަކަ ދެއްކިއެވެ.

” އަދި ހުރިހާ އުފަލެއް ޤުރުބާން ކޮށްފަ ރުހާމްއާއި އިނީމަ ރުހާމްވެސް ކަންތައްކުރީ ރަނގަޅަކަށް ނޫންކަން ވެސް……” ޖަނާ ވާހަކަ ދެއްކިއެވެ..

“ޒާނާ އަހަރެންގެ އަތަކު ނެތް އިނގޭ ޒާނާ ހިތްހަމަ ޖައްސައިދޭން ބުނެދޭނެ އެއްޗެއް….. އަހަރެން ބުނާނީ ދެރަވިއަސް އުފާވިއަސް ހަޤީގަތަށް އިނގޭ ޒާ….” ޖަނާ އަޑުގައި އޯގާތެރިކަމުގެ ހުރިހާ މިންވަރެއް ވިއެވެ.

“ދިރި ހުރިހާ ދުވަހަކު އުއްމީދެއް އޮންނާނެ… އުއްމީދު ކުރެވޭނެ… އެނގޭ ޒާ ކިހާ ލޯބިވިކަން….. އޭނަވެސް… ޒާނާ އުޅުނު ގޮތް އެންމެ ކައިރިން ފެނުނު މީހަކީ އަހަރެން….. އަހަރެންނަށް އެނގޭ ޒާ އަށް ކިހާ އަސަރުކުރިކަން……” ޖަނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެވާހަކަ ތަކުން އަހަރެންނަށް ރޮވެން ފެށުނީ ކުރަން ފެށި އަސަރެއްގެ ބޮޑު ކަމުންނެވެ. މާޒީގެ ހަނދާންތައް އާވާން ފެށުމުންނެވެ.

ރީތި ފޮނިފޮނި ހަނދާން ތަކެއް އާވެގެން ދިއައެވެ. ލޯބިވެތި އެތަށް ވަގުތުތަކެކެވެ. އެފިރިހެންވަންތަ ކަމާއި ހަރުދަނާކަން، އަހަރެންގެ ހިތް ލެންބުވި ސަބަބަކަށް ވިއެވެ. އެދެލޮލުން ދެމުން ދިއަ ތޫނު ނަޒަރުތައް އަހަރެންގެ ހިތް ކަތިލިއެވެ. އެބިޔަކަމާއި އެރީތި ހަށިގަނޑަށް އަހަރެންގެ މައުސޫމު، ތަޖުރިބާއެއް ނެތް ހިތް ދަހިވެލި ގޮތްގޮތެވެ.

އޭނާގެ އިސްނެގުން ތަކުން އިހުތިޔާރަކާއި ނުލާ އަހަރެންނަށް އޭނާގެ ކޮންމެ އެދުމަކަށް މަރުހަބާ ކިޔުނު މަންޒިލްތަކެވެ. އެކަކު އަނެއްކަކުގެ ޖިސްމުން ހޯދި އަދަދު ނުކުރެވޭ ފޮނިކަމެވެ. އިންޗިއަކަށްވެސް ދުރުވެލަން  ބޭނުން ނުވި ރޭތަކެވެ. އުމުރުގެ ތަފާތާއި އެކުވެސް، ހެދެނީ ގޯހެއްކަން އެނގުނުއިރުވެސް، ނަހަމަ ލޯތްބެއްކަން އެނގުނުއިރުވެސް، ދެމީހުންނަށްވެސް ދުރުގައި ނުތިބެވުނުން މެންދަން ތަކެވެ. މަސްތުގެ ކަނޑަށް ގެނބި ޣަރަގު ވަމުން ދިޔަ ދެޖިސްމުގެ ހައިހޫނުކަން ފިލުވި ތަފާތު އެކި ގޮތްގޮތެވެ. ޖިސްމުގައި ހުޅުރޯވެ އަނދަމުން ދިއަ ފިރިހެންވަންތަ އިހުސާސްއަކާއި އެކުވެސް، ކެތްތެރިވާން އުނދަގުވި އެތައް އެތައް ވަގުތު ތަކެއްގައިވެސް، އަހަރެންގެ މައުސޫމުކަމާއި ނުފަރިތަ ކަމަށް އޭނާ ކެތްތެރިވި ގޮތް އަހަރެންގެ ހިތް އެއްކޮށް ފަތަހަ ކުރިއެވެ. ތަޖުރިބާއެއް ނެތް އަހަރެންނާއިއެކު އޭނާ އެތައް ތަޖުރިބާ ތަކެއް ކުރިއެވެ. އެހެންނަމަވެސް އަހަރެންނަށް އަނިޔާއެއް ވެވިދާނެކަމުގެ ބިރުގައި އޭނާ މަޑުޖައްސާލި އެތައް “ހުނަރު” ތަކަކާއި “އާކަންތައް” ތަކެކެވެ. ދެމީހުންގެ ހުރިހާ ވަގުތުތަކެއް އެކުގައި އެކަކު އަނެކަކުގެ އުނގުތެރޭގައި ހޭދަކުރި ދުވަސް ތަކެވެ. ދުރުގައި ހޭދަކުރަން ޖެހުނު މަދު ކުޑަކުޑަ ވަގުތު ކޮޅުގައިވެސް، ބައްދަލުވާނެ ވަގުތަކަށް ކުރެވެމުން ދިޔަ ދިގު އިންތިޒާރެވެ.

އެއީއަބަދުމެ ގާތުގައިވެ ހިމާޔަތް ދިން ފަރާތެވެ. ކިޔެވުމުގައިވެސް އޭނާގެ ފަރާތުން އެތަކެއް މަދަދުތަކެއް ލިބުނެވެ. އެންމެން ނުރައްކާތެރިކޮށް ސިފަކުރި ދެއަތުން އަހަރެންނަށް ދިނީ ހިމާޔަތާއި، ލޯތްބާއި، އެތަކެއް އަރާމެވެ. އެހުރިހާ އަރާމަކާއި ލައްޒަތެއް އަހަރެންނަށް ހޯދައިދިން ފަރާތް އަހަރެން ހަނދައިން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެ އެހީތެރިކަން އަހަރެން ހަނދައިން ނައްތައިލާނީ ކިހިނެތް ހެއްޔެވެ؟ ފުރާވަރުގެ އެ ލޯބި ހަނދައިން ނައްތާލާނީ ކިހިނެތް ހެއްޔެވެ؟ އެ ރީތި ކުލަތަކުން ފެވިފައިވާ އޭނާގެ އެދުނިޔެ އަހަރެން ދުވަހަކުވެސް ހަނދައިން ނައްތައި ލެވިދާނެ ހެއްޔެވެ؟

“ޒާނާ……. އަހަރެން ދަންތަ ތިގެއަށް ….. އޭރުން ތަންކޮޅެއް ހަމަޖެހޭނެ ކަންނޭނގެ ޒާ…… އޯކޭތަ؟…” އަހަރެންނަށް ހިޔާލުތަކުން ނިކުމެވުނީ ޖަނާގެ އަޑުންނެވެ. ޖަނާގެ އެ އެދުމަށް އަހަރެން އިޖާބަ ދިނީ އަހަރެންވެސް ހަމަޖެހިލައި ފިކުރުތަކުން ދުރުވެލަން ބޭނުން ވެފައި ހުރީމައެވެ.

 

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ލޯބިން ބުނާތީ 10

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 38

Next
April 20, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 38

Previews
April 20, 2026

ލޯބިން ބުނާތީ 10

One Comment

  1. Lamtty Lamtty says:
    April 20, 2026 at 9:17 pm

    Loved this ❤️❤️❤️
    Waiting for next part

Comments are closed.

Next Episodeގާތުގާ… 14←


All Right Reserved!