Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 19

Ushaali Level 810 Stories100 Comments100 Stories500 Comments
March 31, 2016 7 Mins Read
26 Comments

އަދި ޝިޔާރާއަށް ބަލާލުމެއް ނެތި ސިޓިންގްރޫމް ސޯފާ މަތީގައި އޮތް ޓީޝާޓް ލަމުން ގެއިން ނިކުތެވެ. ޝިޔާރާވެސް އަވަސް އަވަހަށް މަތިން ޓީޝާޓްކޮޅު ގަޔަށް މަހާލައިގެން ނިކުމެ ސިޓިންގްރޫމް ސޯފާގައި އިށީނެވެ. ކިތަންމެ ނުރޯން ހިއްވަރު ކޮށްގެން ހުރި ނަމަވެސް ޝިޔާރާއަށް ރޮވުނީ ހިތުގައި ރިހުންތައް ގަދަވެ ގަތުމުންނެވެ.

އެނދުގައި ބަލި ކަމަށް ހެދިގެން އޮތް ނިއާ އޮތީ ހިތްހަމަޖެހިފައެވެ. ނިއާގެ ބޭނުމަކީ ޒޯހަން ޝިޔާރާ ކައިރީގައި މަޑުކުރިޔަ ނުދިނުމެވެ. އެހިތުން ޝިޔާރާއަށް ދެވިފައިވާ މަގާމް ފޭރިގަތުމެވެ. ޒޯހަން އަކީ ނިއާގެ މީހަކަށް ހެދުމެވެ. ހަގީގަތުގައި ނިއާ އަށް ދެތިން ފަހަރަކު ހޮޑު ލެވުނަސް ހަށިގަނޑުގެ ވަރުދެރަވާވަރު ނުވޭއެވެ. ނިއާ ކައިރީގައި ކޮޓަރީގައި ރާކީ އިން އިރު ލަތާ އާއި ނޫރީ ސިޓްިންގްރޫމުގައި ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ލަތާ ނިދާ ހެދުން މަތިން ޝޯލް އޮޅާލައިގެން ހުރި އިރު ދޭތެރެއަކުން ނޫރީއަށް ބަލާލަނީ ހިތްހަމަނުޖެހިގެންނެވެ. “މިއޮށް އައީނު. ދެންވެސް ދޭ ނިއާ ގޮވައިގެން އަންނަން” ޒޯހަންގެ މޫނުމަތި ފެނުމުން ލަތާ ހިތުގައި ޖެހުނެވެ. އެދަރިފުޅާ މެދު ހިތުގައި ހަމްދަރުދީ އުފެދުނެވެ. ޒޯހަންގެ ހަޔާތުގައި ހިނގާ ހުރިހާ ކަމެއް މިހާތަނަށް އައީ ލަތާ އާއި މަޝްވަރާ ކުރަމުންނެވެ. މަސްދުވަސް ފަހުން ޝިޔާރާ ކައިރީގައި ނިދާލަން ދިޔަކަން ވެސް އެގެއިން އެނގެނީ ހަމައެކަނި ލަތާއަށެވެ. “ދަރިފުޅު މަޑުކުރަންވީނުން. މަންމަ އަންނާނަން ނިއާ ގޮވައިގެން ގޮސްލާފައި. ކަމެއް ޖެހުނިއްޔާ ދަރިފުޅަށް ގުޅާނަން” ޒޯހަން އަށް ލިބިފައިވާ ފުރުސަތު ގެއްލެން ބޭނުންނުވާތީ ލަތާ ބުނެލިއެވެ. ޒޯހަން އުފަލުން މަންމައަށް ބަލާލި ވަގުތު އަނެއްކާ ވެސް މޫޑްއޮފް ވީ ނޫރީ ބުނި އެއްޗަކުންނެވެ. “މިކަހަލަ ދަނޑިވަޅުގައި އަނބިމީހާ އެންމެ ބޮޑަށް ބޭނުންވާނީ ފިރިމީހާ. މައިދައިތައާއި ފިރިމީހާ ހާސްބައި ތަފާތު ވާނެ” ނޫރީ ބުންޏެވެ. “އެކަމަކު ޝިޔާރާ ވެސް މިއަދު އެއްކޮށް އުޅުނީ ބަނޑުގައި ރިއްސާތީ. އެމަންޖެ ވެސް ބަލި. އެއުޅެނީ އެކަނިމާ އެކަނި. މިގޭގައި ނިއާ ކައިރީގައި ކިތައް މީހުން މިތިބީ. ޝިޔާރާ އަކީ ވެސް ޒޯންގެ އަންބެއް ނޫންތަ؟ ލަތާ ހިތްހަމަނުޖެހުނެވެ. ޝިޔާރާ ބަލިކަން އެނގުމުން ޒޯހަން ހިތުގައި ޖެހުނެވެ. އެންމެ ލޯބިވާ މީހާއާއި މެދު ކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަން އެނގުމުން ޒޯހަން އިންތިހާއަށް ދެރަވިއެވެ. މީހުސް ބައްޕަގެ ކަންތަކެވެ. ބައްޕަ މިގޮތަށް ކަންތައް ކުރަން ޝިޔާރާގެ ކުށަކީ ނިކަމެއްޗަކަށްވެ ވާހަކަނުދެއްކުން ހެއްޔެވެ؟ އިއްޒަތާއި ގަދަރު ލިބިފައި ނެތުން ހެއްޔެވެ؟ ނޫރީއާ މެދު ޒޯހަންގެ ހިތް ޝަކުވާ އިން ފުރުނެވެ. “އަހަރެން ގަބޫލު ކުރާ ގޮތުގައި ޒޯހަންގެ ހުންނާނީ އެންމެ އަންބެއް. އެއީ ނިއާ. އަދި ދަރިއެއް ކަމަށް އަހަރެން ގަބޫލު ކުރަން ވެސް ބޭނުމީ ހަމައެކަނި ނިއާ” ނޫރީ ރުޅިއައެވެ. މީގެ ކުރިން ނޫރީ އަކީ ނިކަމެތިން ކުޑަކޮށްލާ މީހެއް ނޫނެވެ. އެއީ ނިކަމެތިންނަށް ގަދަރު ކުރާ އެމީހުން ދެކެ ލޯބިވާ އިންސާނެކެވެ. ނޫރީގެ ވިސްނުން ހުރި ގޮތުން ލަތާ ފޫހިވިއެވެ.

ކޮޓަރިއަށް ވަންއިރު ނިއާ އޮތީ އެނދުގައެވެ. ރާކީ ނިއާގެ ބޮލުގައި ފިރުމާލަމުން ދިޔައިރު ތުންފަތުގައިވީ ހިނިތުންވުމެކެވެ. އަދި ވެއިންޓިންގް ފޯ ދި ގުޑް ނިއުސް އޭ ބުނަމުން ދިޔައީ ޒޯހަންގެ އަތުގައި ވެސް ހިފާލާފައެވެ. ޒޯހަން ގޮސް އެނދުގެ ކަނެއް އިށީނެވެ. ހިތަށް ކޮށްފައިވާ އަސަރުން ނިއާ އަށް ބަލާލާކަށް ވެސް ބޭނުމެއް ނުވިއެވެ. “އަހަރެން މިތަނުން ދިޔައިރު ގައިމު ތިހާ ބައްޔެއް ނޫން. ބުނެފައި ދޯ ދިޔައީ ވެސް ޝިޔާ ކައިރިއަށޭ މިރޭ މިދަނީ. މިހާރަކަށް އައިސް މުޅިން ވެސް މިޖެހެނީ މިކޮޓަރީ ހައްޔަރުވެފައި އޮންނަން. ނިއާ ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ؟ ޒޯހަން ވާހަކަދެއްކިއެވެ. “ތިބުނީ އަހަރެން މަކަރު ހަދައިގެން ޒޯން ގެނައީ އޭތަ؟ އަހަރެން އެހާ ވަރުން ޒޯން ގެންނަން ބޭނުންވާއިރު ނުބުނާނެ ދޯ މިރޭ އޭނަ ކައިރިއަށް ދިޔަސް އޯކޭއޭ” ނިއާ ދެރަވީ ކަމަށް ހަދާފައި ބުންޏެވެ. “ދެންހެޔޮ. ރެޑީވޭ ހޮސްޕިޓަލަށް ދާން. ކީއްވެތަ ހޮޑުލަނީ ތި” ޒޯހަން ތެދުވެ ލައިގެން ހުރި ސޯޓްބުރި މަތިން ޖީންސެއް ލިއެވެ. “ހަމަ ނޭނގިގެންތަ ތިހެން ތިއެހީ. ހުރިހާ ކަމެއް ކުރީ ޒޯން. މީ އެންމެ ރެއަކުން ވީ ކަމެއް. ގަބޫލު ކުރެވޭތަ؟” ޒޯހަންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. “މާނައަކީ” ޒޯހަން ބޭނުންވަނީ ޔަގީން ކުރާށެވެ. “މިބުނީ އަހަރެމެންގެ ފަސްޓްނައިޓްގަ އެކަނި ދޯ ޕްރޮޓެކްޝަން ޔޫސް ނުކުރަނީ…އެހެންވީމަ ވެދާނެ ގޮތެއްގެ ވާހަކަ މިދައްކަނީ. މަގޭ ސައިކަލް ވެސް މިސް ވެއްޖެ” ނިއާ އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެން އިނދެ ވާހަކަދެއްކިއެވެ. ޒޯހަން އެއްއަތުން ބޮޮލުގައި އަތް އަޅާލިއެވެ. ހަމަ އެހެން ވެދާނެ ހެއްޔެވެ؟ އެންމެ ރެއަކުން އަންހެނަކު ބަނޑުބޮޑު ވާންވީ ކީއްވެގެން ހެއްޔެވެ” މޮޔަ ވިސްނުންތަކުން ޒޯހަންގެ ސިކުނޑި ބައްދާލިއެވެ. “އެނގޭ ޒޯން އެހާ އަވަހަށް ބޭބީ އެއް ބޭނުންނުވާ ކަން. އެކަމަކު އެއީ އެހެން ފަރާތަކުން ދެއްވާ އެއްޗެއް. އަހަރެމެން ޕްލޭން ނުކޮށް ހުއްޓާ މިގޮތަށް ބޭބީއެއް ލިބުނަސް އެއީ ހަމަ ޒޯންގެ ދަރިއެއް ނޫންތަ؟” ނިއާގެ އަޑާއި ރާގުގައި ހިތާމަ އެކުލެވިފައި ހުއްޓެވެ. އެކްޓް ކުރަންވެސް ނިއާ މޮޅީއެވެ. “އެކަމަކު އެރޭ އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބުހުރި. ޕްރެގްވާނީ ކިހިނެއް ކޮންގޮތަކަށް ކަންތައް ކުރީމަ ކަން މަށަށް އެނގޭ. މިބުނީ….” ޒޯހަން ކަމެއް ހަނދާންކުރާން އުޅޭ ކަހަލަ ގޮތަކަށް ބޯހަލުވަމުން ބުނެލިއެވެ. “ހީހީހީ… ޒޯން އަހަރެން ދެކެ ލޯބިނުވާއިރު ވެސް އެރޭ ހަނދާންކުރީމަ ވަރަށް އުފާ ވެއްޖެ. ޒޯންއަށް އެނގޭތަ! އެރޭ އެކަން ކުރެވުނީ ކިހާ ވަރަކަށް ކަން. އެނގެންޏާ ބުނެބަލަ؟” ޒޯހަން އެއްޗެއް ނުބުނުމުން އަނެއްކާ ވެސް ނިއާ ވާހަކަދައްކަން ފެށިއެވެ. “ނޭނގުނެއްނު. ޒޯން ހުރީ ވާނުވާގަ. ވަރަށް ބޮލުގަ ރިއްސާތީނު އެރޭ އުޅުނީ. އަހަރެން ނުހުއްޓުވި ނަމަ ޒޯން އެގޮތުގައި އިރު އަރަންދެން އޮތީސް….. ދެން އެކަމާއި ބޯ ނުގޮށްވާ… އެނގޭ އެއްޗަކީ މަގޭ ބަނޑުގައި ދަރިއަކު އޮތިއްޔާ އެއީ ޒޯންގެ ކަން. އަދި ކޮންފަރމް ވެސް ކުރެވޭނީ ޓެސްޓް ހަދައިގެންތާ. ދެން ވެސް ހިނގާ ދަމާ. އެހެންނޫނީ އަނެއްކާ ހޮޑު ލެވޭނީ. މިހާރު ވެސް މޭނުބައި ކުރޭ އެބަ. ކޮޅަށް ތެދުވަނެހާ ވަރެއް ވެސް ނެތް. ޒޯން މަގޭ ހެދުން ލައްވާލަދީބާ” ނުހިތުން ހުރެ ވެސް ޒޯހަން ނިއާގެ ހެދުމާއި ޖީންސް ބަދަލުކޮށްދިނެވެ. ކޮޓަރިން ނިކުތީ ނިއާ އަތުގައި ހިފަހައްޓާލައިގެން ހުރެއެވެ. އެވަގުތު ސިޓިންގްރޫމުގައި ހުރި ނޫރީއާއި ނިއާ ދެމެދުގައި ފަތަހައިގެ ހިނިތުންވުމެއް ބަދަލުކޮށްލި މަންޒަރު އެއްވެސް މީހަކަށް ނުފެނެއެވެ. ޒޯހަންގެ މޫނު މަތީގައިވި މާޔޫސީކަން ފެނުމުން ލަތާ ކަރުއެލުވާލިއެވެ. ލޯބިވާ ދަރިފުޅު އެއުޅެނީ ކޮންފަދަ މަޖުބޫރީއެއްގަ ހެއްޔެވެ؟

 

ޓެސްޓްތައް ހެދުމަށްފަހު ރިޕޯރޓްތައް ލިބެން ތިން ގަޑީރު ވާނޭ ބުނުމުން ޒޯހަން އިނީ ހިތް އަވަސްވެފައެވެ. ނިއާ ބަނޑުބޮޑު ނުވޭތޯ ހިތާހިތުން ދުއާ ކުރެވުނު އަދަދެއް ވެސް ނޭނގެއެވެ. ނިއާ އޮތީ ދެލޯ މަރާލައިގެންނެވެ. ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޒޯހަން ފޯނު ނަގާ ޝިޔާރާ އޮންލައިން ގަ ނެތުމުން މެސެޖެއް ކޮށްލިއެވެ. ރިޕްލައި އެއް ނައެވެ. ނިދީ ކަމަށް ހީކޮށް ވަރަށް ލޯބިވާ ކަމަށް ބުނެ އިތުރު މެސެޖެއް ކޮށްލިއެވެ. އެއަށް ފަހު ފޯނުން ޝިޔާރާއާއި އެކު ނަގާފައިވާ ފޮޓޯތަކަށް ބަލަން ފެށިއެވެ. ނިއާ ކުޑަކޮށް ލޯހުޅުވާފައި ޒޯހަން އަތުގައި އޮތް ފޯނަށް ބަލާލިއިރު ފެނުނީ ޒޯހަންގެ އަތު ތެރޭގައި ފިއްތާލާފައި އިން ޝިޔާރާއެވެ. ޝިޔާރާގެ ރީތި ކަމަށް ނިއާ ހިތާހިތުން ހަސަދަވެރިވިއެވެ. އެފޮޓޯތައް ފެނުމުން ޒޯހަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނިއާ ކަރުކެހިލުމާއެކު ޒޯހަން އަވަސް އަވަހަށް ފޯން ޖީންސުގެ ޖީބަށް ކޮށްޕާލިއެވެ. ” އެއްޗެއް ބޭނުންވީތަ؟” ޒޯހަން އަހާލިއެވެ. “ނޫން، ހިތަށް އަރާ ޒޯން ތިގޮތަށް އަހަރެމެން ދެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ބަލަން ހުއްޓަ ފެންނާނެބާއޭ” ނިއާ ދެރަވާން ކަމަށް ހެދިއެވެ. ޒޯހަން އެއްވެސް ބަހެއް ނުބުނުމުން ނިއާ މާޔޫސްވިއެވެ. އެންމެ ކުޑަމިނުން އަދި އެދުވަސް އަންނާނޭ ބުނިއްޔާ ވާނީ ކީއްހެއްޔެވެ؟ އެ ޝިޔާރާ އަށް ވުރެ އަހަރެން ހުތުރީ ހެއްޔެވެ؟ ހިތާހިތުން ޝިޔާރާއަށް އަޑުލިއެވެ. “އަދިވެސް ރިޕޯރޓް ނުލިބޭތަ؟ މިތާ އޮވެ ފޫހިވެއްޖެ. ޒޯން ވާހަކަދައްކަބަލަ މިތާ މީހަކާ. ގެއަށް ދާން ބޭނުމީ” ކުޑަކުއްޖެއްހެން ނިއާ ޝަކުވާ ކުރަން ފެށުމުން ޒޯހަން އިންތަނުން ތެދުވެގެން ނާރސް ސްޓޭޝަނާއި ކައިރިވެލިއެވެ. އެވަގުތު އެއީ ޑޮކްޓަރު ވެސް އެތަނާއި ކައިރިވެލި ވަގުތެވެ. ނިއާގެ ރިޕޯރޓްތައް ބެލުމަށްފަހު ޑޮކްޓަރ ދިން ހަބަރަކުން ޒޯހަންގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ޒޯހަންގެ ލެއިން އުފެދިފައިވާ އިންސާނެއް މިދުނިޔެއަށް އެންމެ ފުރަތަމަ އުފަން ކުރަން ބޭނުމީ ޝިޔާރާގެ ބަނޑުންނެވެ. ނަމަވެސް އެހެން ނުވީއެވެ. ނިއާ ބަނޑުބޮޑު ކަމަށާއި އެހީތެރިކަމާއި އަޅާލުން މިދުވަސްތަކު ވަރަށް ބޮޑަށް ބޭނުންވާނެ ކަމުގައި ޑޮކްޓަރ ބުންޏެވެ.  ޒޯހަން ގޮސް ނިއާ ކައިރީގައި ހުއްޓުމުން ނަރުސް ކުއްޖަކު އައިސް ދެން ގެއަށް ދިޔަސް އެންމެ ރަނގަޅުކަމުގައި ބުނެ އައިވީ ނައްޓާލިއެވެ. އަދި ޑޮކްޓަރ ޒޯހަންއާ ސަލާން ކޮށްލަމުން އަނބިމީހާ މާބަނޑު ދުވަސްވަރު ކަންތައްކުރާނެ އެންމެ ރނގަޅުގޮތް ބުނެދެމުން ދިޔައެވެ. ވީހާ ވެސް އަވަހަކަށް ގައިނީއަކަށް ދައްކަން ބުންޏެވެ. އޭރު ނިއާ ހުރީ ޒޯހަންގެ އަތުގައި ބައްދާލައިގެން ހެވިލާފައެވެ. ނޫންކަމަށް ހެދިގެން ހުއްޓެއްކަމަކު ޒޯހަން އަށް ވެސް ވަނީ ބުނަން ނޭނގޭ ހިތްހަމަޖެހުމެއް ލިބިފައެވެ. ޒޯހަންގެ ދަރިއަކު މިދުނިޔެއަށް އުފަންވާތީއެވެ. ހިތާމައަކީ އެއުފާ ޒޯހަން އަށް މިލިބުނީ ދެލޯ ފަދައިން އެދުނު މީހާގެ ފަރާތުން ނޫން ކަމެވެ. ސިޓިންގްރޫމުގައި ތިބި ލަތާއާއި ނޫރީ އެއްކޮށް ކޮޅަށް ތެދުވީ ވަދެގެން އައި ޒޯހަން އާއި ނިއާ ފެނުމުންނެވެ. “ކިހިނެއްވީ ދަރިފުޅާ. މިހާރު ރަނގަޅުތަ؟ ކީކޭތަ ޑޮކްޓަރ ބުނީ” ލަތާއަށް ވުރެ ކުރީން ސުވާލު ކުރީ ނޫރީއެވެ. އެކަކު ވެސް އަނގައިން ނުބުނެ ހުރުމަށްފަހު ވާހަކަދެއްކީ ނިއާއެވެ. “ބައްޕާ. މަންމާ. އަޅުގަނޑު ރަނގަޅު. ޑޮކްޓަރ ވިދާޅުވި އެއްޗެއް ޒޯން ކައިރީގަ އަހާ” ރަކި ގޮތަކަށް ހީލަމުން ނިއާ ކޮޓަރިއަށް ވަނީ ޒޯހަން އަށް ބަލާލާފައެވެ. ޒޯހަން ސިހުނީ ލަތާ ކައިރިވެ އަތުގައި ހިފާލުމުންނެވެ. “ދަރިފުޅު. ކޮން ފިކުރެއްގައި. ޑޮކްޓަރ ބުނީ ކީކޭ” ލަތާ ސުވާލުކުރިއެވެ. ނޫރީ ހުރީ ދެއަތް ފުރަގަހަށް ލައިގެން ގޮނޑި ކައިރީގައި ކޮޅަށެވެ. “ނިއާ ބަނޑުބޮޑު. ބުނީ ބަލައިގެން އުޅޭށޭ” ޒޯހަން މަޑުމަޑުން ބުންޏެވެ. “އަލްހަމްދުލިއްލާހި” ނޫރީއަށް މޫނުގައި ހަމްދު އެޅުނެވެ. ލަތާވެސް ހުރީ ހިތްހަމަޖެހިފައެވެ. މިހާރުން ފެށިގެން އެދަރިފުޅަށް އިންތިޒާރު ކުރެވެން ފެށުނެވެ. ނިދާފައި ތިބި ރާކީއާއި ޔަޝްމީ އަށް ވެސް އެހަބަރު ދެވުނެވެ. ޒޯހަންގެ ބުރަކަށީގައި ލަތާ ފިރުމަމުން ދިޔައިރު ވެސް ޒޯހަން ހުރީ ވާންވީ އުފާ ކަމެއް ނުވަތަ ދެރަ ކަމެއް ނޭނގިފައެވެ. “އަނބިމީހާ ބަލިވެއިނީ. ދެން ވީހާވެސް ގިނަ ވަގުތެއް ނިއާ ކައިރީގައި ހޭދަ ކުރެވޭތޯ ބަލާ. ޒޯންގެ ހުރިހާ ވަގުތެއް ނިއާ އަށް ހުސްކުރަންވީ. އަނބިމީހާ ފިރިމީހާގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނީ މިދަނޑިވަޅުގައި” ނޫރީ ޒޯހަންއަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ. “ދަރިފުޅު ދާންވީނުން މައްޗަށް ގޮސް ޝިޔާރާއަށް މިއުފާވެރި ހަބަރު ދީފައި އަންނަން” ނޫރީ ލަތާއަށް ބަލާލީ ދެލޯ ވަށްކޮށްލައިގެންނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނޭއެވެ. “ނޫން މިވަގުތު އަޅުގަނޑު ޝިޔާރާ ކައިިއަށް ދާކަށް ބޭނުމެއްނޫން” ޒޯހަން ފަސްއެނބުރި ކޮޓަރިއަށް ވަންނަން ހިންގައިގަތުމުން ލަތާ އަށް ހުރިހާ އެއްޗެއް ވިސްނުނަސް ނޫރީ ހީކުރީ ނިއާ ބަލިވެ އިން ހަބަރާއެކު ޒޯހަން ނިއާއަށް ހިތް ޖެހުނީކަމަށެވެ.

 

އެރި އިރާއެކު ލަތާ ދިން ހަބަރަކުން ޝިޔާރާ މުޅިން މާޔޫސްވިއެވެ. ނިއާ ބަނޑުބޮޑުކަން އެނގުނީއްސުރެ ފަށައިގެން ޝިޔާރާގެ ހިތުގައި ނުތަނަވަސް ކަމެއް ވަނީ އުފެދިފައެވެ. ޒޯހަން މުޅީން ނިއާގެ މީހަކަށް ވެ ނިމުނީ ކަމުގައި ޝިޔާރާ ނިންމިއެވެ. ދެން ޒޯހަންގެ މޫނު ފެނިލުމުގެ ފުރުސަތު ކުރިއަށް ވުރެ ވެސް ހަނިވީ ކަމުގައި ޝިޔާރާ ނިންމިއެވެ. ބަނޑުގައި ރިއްސާވަރުން މިއަދު އަމިއްލަ އަތުން ކާއެއްޗެއް ރޯފިލުވާނެހާ ހިއްވަރު ވެސް ޝިޔާރާގެ ނެތެވެ. އެހެންކަމުން އައިސް އަލަމާރި ހުޅުވުމަށްފަހު ގްރޭޕްސް ޖޫސް ތައްޓެއް ބޯލިއެވެ. އަދި ގޭތެރޭ އެއްވެސް މަސައްކަތެއް ނުކޮށް ޝިޔާރާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަދި ހިއްވަރުން ހެދުން ބަދަލުކޮށްގެން ބޭރަށް ނިކުމެލިތާ ފަނަރަ ވަރަކަށް މިނިޓް ތެރޭގައި އެނބުރި އައިސް އަލުން ފާހާނާއަށް ވަނެވެ. އަދި އަތުގައި އޮތް ޔޫރިން ކިޓް ނެގުމަށްފަހު އޭގައިވާ ގޮތަށް އަމަލު ކުރިއެވެ. ޝިޔާރާގެ މިލާފައިވާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ ރަތް ވެފައި އިން ދެ ރޮނގު ބުރި ފެނިފައެވެ. ދެއަތް މޫނުމަތީގައި އަޅާލުމާއެކު ޝިޔާރާއަށް ރޮވުނެވެ. އަދި މާތްﷲ އަށް ހަމްދު ކުރުމަށްފަހު ބަނޑުގައި އަތް ޖައްސާލިއެވެ. އާއެނކެވެ. ޝިޔާރާގެ އެތެރެހަށީގައި ވިންދު ޖަހަމުން އެދާ ގަނޑުލޭކޮޅަކީ ޒޯހަންއާ ދެމީހުންގެ ލޯބީގެ ފުރަތަމަ ނިޝާނެވެ. ގަޑި ބަލާލިއިރު އަދި ކިރިޔާ އަށްގަޑި ބައިވީއެވެ. މިހަބަރު އެންމެ ފުރަތަމަ ދޭންވީ ޒޯހަންއަށް ހެއްޔެވެ؟ ނޫނެކެވެ. އެތައް އިރަކު ވިސްނުމަށްފަހު ޝިޔާރާ ނިންމީ އަދި ޒޯހަން ކައިރީގައި މިވާހަކަ ނުދެއްކުމަށެވެ. މިދަނޑިވަޅުގައި ޝިޔާރާ އިނީ ބަލިވެ ކަން އެނގުމުން ޒޯހަން ނިއާ ދޫކޮށް ހުރިހާ ވަގުތެއް ޝިޔާރާއަށް ހުސްކޮށްފިއްޔާ ނޫރީގެ ހިތުގައި ޝިޔާރާއި މެދު ވާ ނަފްރަތު އެތައް ގުނައެއް އިތުރުވެދާނެއެވެ. އެއްވެސް މީހެއްގެ ޝަކުވާއަކާއި ނުލާ އެގޮތުގައި ކިތަންމެ ދުވަހަކުވެސް ޒޯހަންގެ އަންބެއްގެ ގޮތުގައި ޝިޔާރާ އިނދެފާނެއެވެ.

 

އޭގެ ހަފްތާއެއް ފަހުން އިބްރާހީމްއަށް ލިބުނު މެސެޖަކުން ދިރިއުޅުމުގެ ވަރަށް ބޮޑު ކަމެއް ނިންމަން ޖެހުނެވެ. ހުޅުމާލޭގައި ދިރިއުޅޭ އިބްރާހީމްގެ މަންމައާއި ބައްޕަ އެދުމުގެ މަތިން ސާރާއާއި ކުދިން ގޮވައިގެން ހުޅުމާލޭގައި ހުންނަ ފްލެޓަށް ބަދަލުވާން ޖެހުނީއެވެ. މަންމަ ބަލި ކަމުން ބައްޕަގެ ކަންތައް އެކަނި ކޮށްނުދެވޭތީ މިވަގުތު މާލޭގައި ހުރި ފިރިހެން ދަރިފުޅުގެ އެހީތެރިކަމެއް ބޭނުންވީއެވެ. އިބްރާހީމް މަންމަ އާއި ބައްޕައަށް އަޅާލިޔަސް ނުގަބޫލުގައި ސާރާއާއި ކައިވެނި ކުރުމުން އެގުޅުން ކަނޑާލީ އެދެމަފިރިންނެވެ. މިހުރިހާ ދުވަހު އިބްރާހީމް އެގެއަށް ގޮސް މަންމަ އާއި ބައްޕައާއި ވާހަކަދެއްކިއެއް ކަމަކު އެދެމަފިރިން  އިބްރާހީމްއާއި ދިމާލަށް އިސް އުފުލާ ބަލާލާފައެއް ވެސް ނުވޭއެވެ. އިބްރާހީމްގެ މަންމަގެ ފޭވަރިޓަކީ އާގިސާއެވެ. އާގިސާއާއި އިބްރާހީމް ކައިވެނިކުރީ މަޖްބޫރު ވެގެންނެވެ. މައިންބަފައިން އެދުނު ފަދައިން ތާހިރު ދިރިއުޅުމެއް އާގިސާއާއި އެކުގައި އުޅެވޭތޯ އިބްރާހީމް ވަރަށް މަސައްކަތްކުރިއެވެ. ފިރިއެއްގެ ފަރާތުން އަންބަކު ބޭނުންވާ ހުރިހާ ކަމެއް އިބްރާހީމް ވަނީ އާގިސާއަށް ކޮށްދީފައެވެ. ދެމަފިރިންގެ ކައިވެންޏަށް އަހަރެއް ވީއިރު ވެސް އިބްރާހީމްގެ ހިތުގައި އާގިސާއަށް ލޯބި ނުއުފެދުނީ އެހަޔާތަށް އައި ރީތި އަންހެންކުއްޖެއްގެ ސަބަބުންނެވެ. އިބްރާހީމް އަށް ލޯބި ވެވުނީ މުއްސަނދި ކުއްޖެއް ދެކެ ނަމަވެސް އިބްރާހީމްގެ މައިންބަފައިން އެކަމާއި ދެކޮޅުވީ އާގިސާ ބަލިވެ އިނުމާއި ގުޅިގެންނެވެ. އެހާ ހިސާބުން އިބްރާހީމްއަށް މަޖުބޫރުވީ އާގިސާއާއި އެކު ދިރިއުޅުން ކުރިއަށް ގެންދިއުމަށެވެ. ދުވަސްފުރާ އާގިސާ ވިހޭ އިރުވެސް އިބްރާހީމް އެ އަންހެންކުއްޖާ އާއި ގުޅުން ކުރިއަށް ގެންދިޔަ އެވެ. އެކަން އާގިސާ އަށް އެނގުނަސް ފިރިމީހާ ދެކެ ވެވުނު ތެދުވެރި ލޯތްބެއްގެ ސަބަބުން އަނގަ މަޑުންލައިގެން އިނީއެވެ. ނަސީބު ދެރަކަމުން ވިހެއުމަށްފަހު އާގިސާ މިދުނިޔެ ދޫކުރީ އެއާއިލާއަށް ހިތްހަމަޖެހުމާއެކު ހިތް ނުތަނަވަސް ކަމެއް ވެސް ދީފައެވެ. ދަރިންނަށް މައެއްގެ ލޯބި ހޯދާ ދިނުމަށްޓަކައި އިބްރާހީމްއަށް މަޖުބޫރުވީ އިތުރު ކައިވެންޏެއް ކުރާށެވެ. އެހެންކަމުން އެހެން ކައިވެންޏަކަށް ދަރިއަކު ލިބިފައި ހުރި ސާރާއާއި އިބްރާހީމް ކައިވެނި ކުރި ހިސާބުން ފެށިގެން  މައިންބަފައިން ވަނީި ގުޅުން ކަނޑާލާފައެވެ.

ސޯފާއަށް ދެފައި އަރުވައިގެން އިން ޝިޔާރާ އިނީ ބޯއަނބުރާ ވަރުން ކޮޅަށް ތެދުވަން ނުކެރިފައެވެ. ޒޯހަންގެ ހަބަރެއް ނުވާތާ ދެދުވަސް ވީއެވެ. ޝިޔާރާގެ ހާލު ބަލާލަން އެބަޔަށް ވަންނަ ބަޔަކީ ހާލާ އަދި ލަތާއެވެ. ލަތާގެ ފަރާތުން ޝިޔާރާއަށް މައެއްގެ ލޯބި ލިބެމުން ދިޔައެވެ. އެކަމާއި ޝިޔާރާ އުފާ ކުރިޔަސް ހިތުގައި ރިހުމެއް އުފެދިފައިވަނީ ލޯބިވާ ފަރާތުގެ އަޅާލުމެއް ނުލިބޭތީއެވެ. ޝިޔާރާ ބަލިވެ އިން ކަން ވެސް މިހާތަނަށް ސިއްރު ކުރީ ވެސް އެހަބަރު އެންމެ ފުރަތަމަ ޒޯހަން އަށް ދޭން ބޭނުން ވުމުންނެވެ. ގޮނޑީގައި ރޮވިފައި އިން ޝިޔާރާ ސިހުނީ ދޮރު ބެލް އަޅާލި އަޑަށެވެ. މަޑުމަޑުން ތެދުވެ ކެމެރާއިން ބޭރު ބަލާލުމަށްފަހު އަވަސް އަވަހަށް ދޮރު ހުޅުވާލިއެވެ. ދެން ފެނުނީ ހާލާގެ ގައިގާ ޝިޔާރާ ބައްދާލިތަނެވެ. ހާލާ ހައިރާންވެފައި ޝިޔާރާ ގޮވައިގެން އައިސް ސޯފާގައި ޖައްސާލިއެވެ. އަދި ބޮލުގައި ފިރުމާލުމަށްފަހު ވީ ކީއްތޯ ސުވާލު ކުރިއެވެ. “ހީވަނީ ގާތް ބަޔަކު ޝިޔާ ދޫކޮށްފަ ދާން އުޅޭހެން. މިދުނިޔެއަށް ޝިޔާ ގިނަ ވާން އުޅޭހެން. ވަރަށް ބިރުގަނޭ. ކުރީގެ ދުވަސްތައް އަލުން އިއާދަ ވާން ވަރަށް ކައިރި ވެއްޖެހެން ހީވަނީ” ޝިޔާރާ ބުނަމުން ދިޔައެވެ. “އެކަނި އިނދެ މާގިނައިން ވިސްނާތީ ހިތަށް އަރާ އެއޗެހި ތީ. ޒޯހަން ބަދަލެއް ނުވާނެ. ޔަގީންކުރޭ ޝިޔާ… އެއީ ހަމައެކަނި ޝިޔާގެ މީހެއް” ޝިޔާރާ ދެލޯ ފޮހެދެމުން ހާލާ ވާހަކަދެއްކިއެވެ. “ބުނީމެއްނު ގޭ އެންމެން ހުޅުމާލެއަށް ބަދަލުވާ ވާހަކަ. މިރޭ ދާން މިއުޅެނީ. ހުރިހާ ސާމާނުތަކެއް ގެންދެވިއްޖެ. އެހެންވެ ކޮންމެހެން ވެސް ޝިޔާ ކައިރިއަށް މިއައީ. ކޮންމެ ދުވަހަކު ޝިޔާ ކައިރިއަށް ނަޔަސް މިގުޅުމެއް ނުކެނޑޭނެ. އެކަން ހަނދާން ބަހައްޓައްޗެ” ޝިޔާރާގެ އަތުގައި ހިފާލާ ތަޅުވާލަމުން ހާލާ ބުންޏެވެ. ޝިޔާރާ ހީލަމުން ހާލާގެ ގައިގާ ބައްދާލިއެވެ.

ޝިޔާރާއާއި ބައްދަލުކުރުމަށް ނޫރީ ލަތާއަށް މަނާކޮށްފައި ވީނަމަވެސް ހާލު ބަލާލުމަށްޓަކައި ލަތާ އެބަޔަށް އެރީ ނޫރީ ކަމެއްގައި ބޭރަށް ނިކުތް ގަޑީގައެވެ. ބެލް އަޅާ ދޮރު ނުހުޅުވުމުން އަލުން ތިރިއަށް ގޮސް ތަޅުދަނޑިފަތި ހިފައިގެން ގޮސް ލަތާ ދޮރު ހުޅުވާލިއެވެ. ސިޓިންގްރޫމުން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން  ލަތާ ދެފަޔަށް ބާރު ލާފައި ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ. ދަރިފުޅާއޭ ގޮވާ ލަތާ ކުރިއަށް ދުއްވައިގަތީ ކޮޓަރީ ޓައިލްސްްތައްމަތީގައި  ވެއްޓިފައި އޮތް ޝިޔާރާއާއި ދިމާލަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މަންޝާ (ހަތަރުވަނަ ބައި)

Next

ހާދަ ލޯބިންނޭ (25)

Next
March 31, 2016

ހާދަ ލޯބިންނޭ (25)

Previews
March 31, 2016

މަންޝާ (ހަތަރުވަނަ ބައި)

26 Comments!

  1. Ushaali says:
    March 31, 2016 at 11:00 am

    vahakaiga kuriah huri baithah adhi reethi vaane… mi baives kiyaala….;-)

    1. shibaa says:
      March 31, 2016 at 12:50 pm

      Miadhu aneh baii vx genish dheebala… Story v v v v salhii ????

    2. angle says:
      March 31, 2016 at 2:05 pm

      y dnt u reply to any comment ushaali??????????

  2. Shaai says:
    March 31, 2016 at 11:08 am

    Alhe. Dhen avahah Jon ah thihabaru dhiybala. Plx Jon shiya ah care kohla ba. Eyrun story v riythivaane.

  3. yaan says:
    March 31, 2016 at 11:14 am

    Alhe miyadhu adhi up kndhyba plx plx plx

  4. Zaanaa says:
    March 31, 2016 at 11:15 am

    Varah avahah baynun next part keyaalan haada reechay story

  5. Niz says:
    March 31, 2016 at 11:54 am

    Waiting…

  6. Zaanaa says:
    March 31, 2016 at 12:47 pm

    Haada enthizaaru kureveyay maadamaa ves up kohdeeba pls pls plspls

  7. Anonymous says:
    March 31, 2016 at 1:08 pm

    pis pis pis… e nia zoan ge life in beyrukohbala…. eyrun story maa rythi vaane….. um v curious to knw wats gonna happn next

  8. azza moahmed says:
    March 31, 2016 at 1:12 pm

    alhey haadha reehchey.. avahah up kohdhyba plx plx.. zoan aa shiyaa aaa gulhuvaba..

    1. angle says:
      March 31, 2016 at 2:07 pm

      already they both are together …the only thing is that they both did not exchange enough love and zoan ge second wife eh hurun…THEY BOTH ARE TOGETHER..

  9. Princess Noddy says:
    March 31, 2016 at 2:40 pm

    Mi story liyaa kuhjaa story kommedhuvahaku up kohdeeba plz.. V salhi story eh v ma bunely hama. ☺… Dhen mi ulhey niyaa gandah 2 dhuniye dhahkaalaathi. V foohiveyy niyaa as mi ulhey noory dheke…story v salhi ingey….waiting for de next part. ?

  10. Izu says:
    March 31, 2016 at 3:58 pm

    Kohme dhuhuku vaahaka nugenes dheny kyvetha??? V salhi story eh alhe kohme dhuvahaku genes dhey gothah visnabaa story liyaa kuhjaa plx plx…

  11. ur fan says:
    March 31, 2016 at 3:59 pm

    vvvvvv reethi plxx nxt prt avaskolaathi….. plx plx plxxxxx

  12. me says:
    March 31, 2016 at 4:00 pm

    nice \-)

  13. zeee says:
    March 31, 2016 at 8:54 pm

    nice as always..☺?

  14. Ushaali says:
    March 31, 2016 at 9:03 pm

    thanx 4 da lovelly comments….love u ol…

  15. sss says:
    March 31, 2016 at 11:44 pm

    mee esfiyaiga mihaaru genesdhey vaahaka thakuge therein emme reethi vaahaka… mi bai ves v v v v v v v reethi.. waitin 4 de next part…. alhe avahah up koh dhehchey…

  16. Cham says:
    April 1, 2016 at 10:32 am

    Alhe dhn avahah next part up khdhybala ?

  17. Maaayaa says:
    April 1, 2016 at 11:04 am

    Sss maves thaaeedh….. l love this story waitin waitin plxxxxxxxxx next part

  18. Cham says:
    April 1, 2016 at 8:49 pm

    Avas kohdhybala ?

  19. Shaafy says:
    April 1, 2016 at 9:19 pm

    When u r goin to upload next part

  20. Mau says:
    April 4, 2016 at 6:53 pm

    Alhey kobaatha mi story mihaaru inthizaarukoh koh… plz avahah up kohdheeba..

  21. Riyasha says:
    April 5, 2016 at 1:09 pm

    Haadhalahey anehbai genesdheyleh

  22. shibaa says:
    April 5, 2016 at 8:21 pm

    Mi story ah v inthizaaru kireway plz aneh bai genish dheebala

  23. axu says:
    April 12, 2017 at 12:18 pm

    Varah salhi ….alhey kobaatha next part

Comments are closed.

Next Episodeފުންއަސަރު 19←


All Right Reserved!