Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 4

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
April 17, 2026 4 Mins Read
0 Comments

އާ ދުވަހަކަށް އިރު އަރައިގެން ދިޔުމާއެކު ޒިވްޔާ އަވަސް އަވަހަށް ރެޑީ ވެލައިގެން ގެއިން ނުކުތީ އޭނާގެ ރަހުމަތްތެރިން އޭނާ ބަލާ އައުމުންނެވެ. ޒިވްޔާ ކާރަށް އެރުމާއެކު ހަޔާލް ކާރު ދުއްވާލިއެވެ. ޒިވްޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ކޮންމެވެސް ކަމަކާ އުނދަގޫވެފައި ހުރި ކަމެވެ.

“ހެއި. ޒިވީ އޯކޭތަ؟” ހަޔާލް އަހާލިއެވެ. “ޔެއަ…” ޒިވްޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. “އަސްލު ބުނަންޔާ.. އައި ޑޯންޓް ނޯ.. އިޓްސް ޖަސްޓް.. ޔޫ މެނަށް އިނގެއެއްނު.. ޒިވީގެ ސްޓޯރީސް ކިޔާ ރީޑާސް ވަރަށް ނައިސް ވާނެ. ވަރަށް ސަޕޯޓިވް ވާނެ.. ބަޓް އެއްޔެ އިއްސުރެ އައި ގޮޓް ނޮޓިފިކޭޝަންސް ރިޕީޓެޑްލީ.. ކޮންމެވެސް މީހަކު ހަމަ ކޮމެންޓް ކޮށް ނަގަނީ.. ވަރަށް ކްރިޓިސައިޒް ކޮށްފަ.. ވެލް.. ކްރިޓިސައިޒް ކުރުމަކީ މައްސަލައެއް ނޫން.. އޭރުން ދޯ ޒިވީއަށް އިމްޕްރޫވް ކުރެވޭނީ ވެސް.. ބަޓް.. ދިސް އިންކޮގްނިޓޯ އަކޯ ކިޔާ މީހެއް.. ވަރަށް ރޫޑް.. ޒިވީގެ ހުރިހާ ސްޓޯރީސްގެ އެޕިސޮޑްސައަށް އެބަ ކޮމެންޓް ކުރޭ. އައިމް ސޯ އެނޯއިޑް!!” ޒިވްޔާ އޭނާގެ ޝަކުވާތައް އެއްފައްޗަކަށް އަމުނާލިއެވެ.

“ރިއަލީ؟ ލެޓް މީ ސީ!” ޔަޝްމީ ހުރީ ހައިރާން ވެފައެވެ،-. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒިވްޔާގެ ވާހަކަ ތަކަކީ ވަރަށް ވެސް ރީތި ވާހަކަތަކެކެވެ. އަދި އެވާހަކަތަކަށް އެތައް ބައެއްގެ ތަރުހީބު ވެސް ލިބޭވެސްމެއެވެ.

“އައި ޓުކް ސްކްރީންޝޮޓްސް… ސީ!!!” ޒިވްޔާ އޭނާގެ ފޯނު ހުޅުވާލައިފައި ދައްކާލިއެވެ.

 

އިންކޮގްނިޓޯ: ފީލްސް ލައިކް ޔޫ އާ ޓްރައިން ޓޫ ހާޑް ޓު މޭކް އިޓް ޑީޕް.

އިންކޮގްނިޓޯ: ޔުއާ މެއިން ކެރެކްޓާ ސައުންޑްސް އެގްޒޯސްޓިން.

އިންކޮގްނިޓޯ: ނޮޓް އެވްރީތިން ނީޑްސް ޓު ބީ ޑްރެމެޓިކް.

އިންކޮގްނިޓޯ: ޔޫ ރައިޓް ލައިކް ޔޫ ޑޯންޓް ޓްރަސްޓް ޔުއަ ރީޑާސް.

އިންކޮގްނިޓޯ: ޑޫ އޯލް އޮފް ޔުއަ ކެރެކްޓާސް އޯވާތިންކް ދިސް މަޗް، އޮރް އިޒް ދިސް ޕާސަނަލް؟

އިންކޮގްނިޓޯ: އޯވާ އެކްސްޕްލެއިންޑް.. ޔޫ މިސްޑް ދި ޕޮއިންޓް.

އިންކޮގްނިޓޯ: ޔޫ މިސްޑް ދި ޕޮއިންޓް އެގެއިންންންން.

 

“ވާއު.. ޔޫ އާ ޖައްސާލާފަތަ މީހަ މިހިރީ؟” ޔަޝްމީ ހުރީ ރަނގަޅަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެހެނޭ! ލައިކް ވަޓް އޮން އާތު! އަދި ވަރަށް އިނގިރޭސި ވެގެން އެބައުޅެއްނު! އޭނަ އެހާ މޮޅިއްޔާ އަމިއްލައަށް ވާހަކަ ލިޔުނިއްޔާ ކީއްތަވާނީ. ފޮނި މީހެކޭ.” ޒިވްޔާ ތުންފަތް އޫ ކޮށްލިއެވެ.

“އަންހެނެއްތަ ފިރިހެނެއްތަ؟” ހަޔާލް ކާރު ދުއްވަންމުން އަހާލިއެވެ. “ނޭނގެ. އަންހެނެއް ކަމެއް، ފިރިހެނެއް ކަމެއް، އިންސާނެއް ކަމެއް ވެސް.” ޒިވްޔާ ހުރީ އަސްލުގައި ވަރަށް ދެރަވެފައެވެ. އޭނާގެ ވާހަކައަށް މި އިންކޮގްނިޓޯ ކިޔާ މީހާ ފާޑު ކިޔާފަ ހުރި ގޮތުންނެވެ. ޒިވްޔާ އަކީ ކިޔުންތެރިންގެ ފާޑުކިޔުންތަކުގެ ބޭނުން ހިފައިގެން އޭނާގެ ލިޔުންތައް އިތުރަށް ރަނގަޅު ކުރާ ކުއްޖެކެވެ. އެހެންނަމަވެސް މިފަހަރު އޭނާ އެހާ ދެރަވީ އެއްވެސް ދެކޮޅު ނުޖެހޭ ގޮތަކަށް އެމީހަކު ފާޑު ކިޔާތީއެވެ. އެވެސް އޭނާ ލިޔުނިއްޔާ ލިޔެފައިވާ ކޮންމެ ވާހަކައެއްގެ ކޮންމެ ބާބަކަށްވެހެވެ. ކޮންމެ ބާބަކަށް އެތައް ފާޑެކެވެ. ހީވާގޮތުން ހަނގީގަތުގައި ވެސް އޭނާ އާއި ޖައްސާލާފައެވެ.

“އާތްތްތް!” ޒިވްޔާ ކުއްލިއަކަށް ހަޅޭލަވައިގަތެވެ. “ބޯ ހަލާކު.” އަދި ބޮލުގައި ހިފަހައްޓާލަމުން އޭނާ ބުނެލިއެވެ. ހީވާގޮތުން އޭނާގެ އެކުވެރިންނަށް އެއީ އާކަމެއް ނޫނެވެ.

 

ކޮލެޖު ކާރިއަށް ކާރު ޕާކު ކުރުމާއެކު ތިން ކުދިން ވެސް ފޭބިއެވެ. އަދި އެކުއްޖަކު އެކުއްޖެއްގެ ކުލާހަކަށް ހިނގައިގަތެވެ. ހަމަ ޖެހިލާފައި ހިނގަމުން ދިޔަ ޒިވްޔާއަށް ދުރުގައި މަޑުކޮށްގެން ހުރި އައިކަންއެއް ނުފެނެއެވެ. އެހެންނަމަވެސް އައިކަނަށް ޒިވްޔާ ފެނުނެވެ. އެއާއެކު ދުވެލާފައި އައިސް ޒިވްޔާ އާއި އަރާ ހަމަކުރިއެވެ. ހީވާ ކަހަލައެވެ. އޭނާ މިއޮށް ހުރިހާއިރު މަޑުކޮށްގެން ހުރީ ޒިވްޔާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

“ގުޑް މޯނިން، ޒިވްޔާ.” ޒިވްޔާ ސިހުނީ ކުއްލިއަކަށް އައިކަންގެ އަނޑު އޭނާގެ ކާރިން އިވުމުންނެވެ. އަދި އަވަސް އަވަހަށް އައިކަން ހުރި ދިމާއަށް ބަލާލިއެވެ. “މޯނިން.” ޒިވްޔާ އެހެން ބުނުމަށްފަހު ކުރިއަށް ދިޔައެވެ. ‘ވަރަށް ގުޑް މޯނިންއެއް ވިއްޔަ މީ. މޫޑޫ ހަރާބުވެފަ ހުއްޓަ މީނަ ފެނުނީމަ އަދި ހައްތާ މޫޑު ހަރާބު ވެއްޖެ.’ އަދި ހިތާހިތުން ބުނެލިއެވެ.

“ޖަސްޓް މޯނިން؟ ނޮޓް އަ ގުޑް މޯނިން؟” އައިކަން ޒިވްޔާގެ ކުރިމައްޗަށް އަރާ ބަލާލިއެވެ. “ޑަޒް އިޓް ލުކް ލައިކް އިޓް އިޒް އެ ގުޑް މޯނިން ޓު މީ؟” ޒިވްޔާ ހިނގުން މަޑުކުރުމުގެ ބަދަލުގައި އައިކަން ވަށާލާފައި ކުރިއަށް ދިޔައެވެ. އަނެއްކާވެސް އައިކަން ޒިވްޔާގެ ކުރިމައްޗަށް އައިސް ހުއްޓެލިއެވެ. “ވައި؟” ޒިވްޔާ ހުއްޓެލިއެވެ. ‘ހާދަހައި އުނދަގޫ ބޮޑެވެ.’

“ކަޒް އޮފް ޔޫ!” ބޮލަށް އުނދަގޫވި ވަރުން ޒިވްޔާއަށް ބުނެވުނެވެ. އަދި އަނެއްކާވެސް އައިކަން ވަށާލާފައި ކުރިއަށް ހިނގައިގަތެވެ. “ހަހަ. ސޯ އައި ހޭވް ދެޓް ބިގް އޮފް އޭން އިމްޕެކްޓް އިން ޔުއާ ލައިފް؟” އައިކަން ގާތަށް އައީ ހިންޏެވެ. ޒިވްޔާ ހުއްޓުނެވެ. އަދި އެނބުރި އައިކަނާއި ދިމާއަށް ބަލާލިއެވެ. އޭރު އައިކަން ހުރީ އެއްމިޔަކަނުން ހީލައިގެން ޒިވްޔާ އާއި ދިމާއަށް ބަލަހައްޓައިގެނެވެ.

“އާ ޔޫ ކިޑިން މީ؟” ޒިވްޔާ ހަމަ ރަނގަޅަށް ވެސް އަންތަރީސް ވެއްޖެއެވެ. މި ފިރިހެނާ ހާދަހައިވާ ފޮންޏެވެ. މިވަރުގެ ފޮނި މީހަކާ އަދި ޒިވްޔާގެ މުޅި ހަޔާތުގައި ވެސް ދިމާ ނުވެއެވެ. ފޮނިކަމުގެ އިންތިހާއެވެ.

“މީ؟ ނޮޕް.”

“ނެތިން އެއްޗެއް ބުނާކަށް.” ޒިވްޔާ އަނެއްކާވެސް ހިނގައިގަތެވެ. އައިކަން ކިޔާހާ އެއްޗަކަށް އޭނާ ރައްދު ދޭން ވެއްޖެއްޔާ އޭނާގެ ސިކުނޑި ރަނގަޅަށް ވެސް ގޮވާނެއެވެ. ހެމުން ހެމުން އައިކަން ޒިވްޔާގެ ފަހަތުނ ދިޔައެވެ. “އާ ޔޫ ފޮލޮވިން މީ؟” ޒިވްޔާއަށް ހައްތާ އުނދަގޫވިއެވެ.

“އޭމް އައި؟” އައިކަންގެ ޖަވާބަކަށް ވީއެއެވެ. “ސްޓޮޕް ފޮލޮވިން މީ!” ޒިވްޔާ އެނބުރި އައިކަނާއި ދިމާއަށް ބަލާލިއެވެ. އޭރު އޭނާގެ ދެލޮލުން އަލިފާން ބުރާ ކަހަލައެވެ. “ހަހަ. ހާދަ ރުޅިއެކޭ ތިއައީ. އެންމެ ރަނގަޅު. ހަހަހަ. ޒިވްޔާ ތިހާ ރުޅިއައީމަ ދެން ޖެހޭނީ ބުނަންތާ ދޯ؟ ހަހަހަ.. އަހަރެންގެ ކްލާސް އިން ދިމާއަށޭ މިދަނީ. ހަހަހަ.” އައިކަންގެ ހިނިގަނޑު ދިޔައީ ފަޅައިގެނެވެ. އޭނާ ހެމުން ދިޔައެވެ. ޒިވްޔާ ރަކިވިއެވެ. އިންތިހާއަށް ލަނދުގަތެވެ. ބިންގަނޑު ފަޅާފައި އޭނާ ގަނބައިގެން ގެންދާނެ ނަމައެވެ. އޭނާ ހަނގީގަތުގައި ވެސް ހީކުރީ އައިކަން އޭނާއަށް ފަހަތުން އަންނަނީ ކަމަށެވެ. މިއީ ބޮޑު ކޮލެޖެކެވެ. ކްލާސްތައް ހުންނަނީ އެކި ދިމަދިމާގައެވެ. އެހެންވީމާ އެހެން ވެދާނެކަމާ މެދު އޭނާއަށް ކުރިން ނުވިސްނުނީ ކީއްވެ ހެއްޔެވެ. އެހެންވިޔަސް ހެވެވެ. އޭނާ ކޮންމެހެން ޒިވްޔާ އާއި ވާހަކަ ދައްކަމުން އެކު އެކީގައި ދާން ޖެހޭ ހެއްޔެވެ؟

“ތިހާ ހޭ ހިތްވަންޔާ ހީބަލަ. ބިސައިޑްސް.. ހޫ ޑޫ ޔޫ ތިންކް ޔޫ އާ؟ އަހަރެންގެ ރައްޓެއްސެއް ނޫން ތީކީ. ކޮންމެހެން ފެނުނީމަ އައިސް ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ ޖަސްޓް މައިންޑް ޔުއާ އޯން ބިޒްނަސް.” އެހެން ބުނުމަށްފަހު ޒިވްޔާ އަވަސް އަވަހަށް ހިނގައިގަތެވެ. އައިކަން އައިސް އަރާހަމަވުމުގެ ކުރިން ލިފްޓަށް އަރަންށެވެ. އޭރު ވެސް އައިކަން ހަމަ ބިނދި ބިނދިފައި ހެނީއެވެ.

ޒިވްޔާއަށް ލިފްޓަށް އެރެވުމާއެކު އަވަސް އަވަހަށް ލިފްޓް ލައްޕާ ފިތަށް ފިތަންފެށިއެވެ. އޭރު އައިކަން އެދިމާއަށް އަވަސްއަވަހަށް އަންނަ މަންޒަރު ފެނުނެވެ. “އަވަސްސްސް.. ކްލޯޒް ވެބާ..” ޒިވްޔާ ބޭނުންވީ އައިކަން އައުމުގެ ކުރިން ލިފްޓް ދޮރު ލެއްޕޭށެވެ. އައިކަނާއެކު އިތުރަށް އެންމެ ސިކުންތެއް ވެސް އޭނާއަށް ކެތްނުވާނެއެވެ. އޭނާ ހީވަނީ ގަސްތުގައި ޒިވްޔާއަށް ޖެއްސުން ކުރަން އުޅޭހެނެވެ.

ލިފްޓް ދޮރު ލެއްޕެން ފެށުމުން ޒިވްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އައިކަންގެ އުނދަގުލުން ސަލާމަތްވީއެވެ. އެހެންނަމަވެސް ކަންތައް ވީ ޒިވްޔާ ހީކުރިގޮތާއި ހިލާފަށެވެ. ލިފްޓްގެ ދޮރު އެއްކޮށް ލެއްޕި ލެއްޕި ހުއްޓާ ލިފްޓްގެ ދޮރު ދޭތެރެއަށް މީހަކު އަތް ވައްދާލިއެވެ. އެއާއެކު ލިފްޓްގެ ދޮރު ހުޅުވުނެވެ. ދެން ފެނުނީ ވަރަށް ހެވިފައި ހުރެ އައިކަން ލިފްޓަށް އެރިތަނެވެ. “ހޭއި. ފިލަނީ ދޯ؟” އައިކަން ޒިވްޔާއަށް ބުނެލިއެވެ. އެއާއެކު ޒިވްޔާ ރައްދުގައި އެއްޗެސް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އިތުރު މީހަކު ލިފްޓަށް އެރުމުން އޭނާ ޖެހުނީ ހަނުހުންނާށެވެ. ޒިވްޔާ ބޭނުންވާ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ޒިވްޔާ ފޭބިއެވެ.

“ބާއި ޒިވްޔާ. ހޭވް އެ ނައިސް ޑޭ.” އައިކަން ގޮވާލިއެވެ. ޒިވްޔާ ފަސް އެނބުރި ބަލާލިއެވެ. އޭރު ލިފްޓުގެ ދޮރު ލެއްޕެނީއެވެ. އަދި ލިފްޓުގެ ދޮރުގެ ހިންމި ތެރެއިން އޭނާއަށް ފެނުނީ އައިކަން ވަރަށް ހެވިފައި އޭނާއަށް ހަނާ އަޅާތަނެވެ.

ޒިވްޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހީވަނީ ބޮޑު ބިރެއް ފެނިގެން ހެނެވެ. “ނައިސް ޑޭ؟ ހާހް! އަހަރެންގެ ދުވަހުގެ ފެށުން ހަރާބު ކޮށްފަ އަދި އެބަ ބުނެއެއްނު.. ނައިސް ޑޭ އޭ! އޭނަ އަނގައިގަ ހުރި ތިރީސް ދަތޭ ބުނި ނަމަ މާ ތާހިރުވީވެސް! ކްރީޕް.” އެހެން ބުނަމުން ޒިވްޔާ އަވަސް އަވަހަށް އޭނާގެ ކުލާހަށް ދިޔައެވެ.

—

 

Hope you like this episode as well.

🫶I have made an insta account for story updates and as a bookstagram. Hope you can follow.

❤️ Lots of love

🫶Shyyyms

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ވާނަން އުމުރަށް 02

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 10)

Next
April 17, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 10)

Previews
April 17, 2026

ވާނަން އުމުރަށް 02



All Right Reserved!