Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 7

Itxlevender
Itxlevender Level 210 Stories100 Comments
April 14, 2026 6 Mins Read
11 Comments

ހެނދުނު ހޭލިއިރު ލިއާގެ މޫނުގައި ކަރުނައިގެ ރޮނގުތައް ހިކި ފާހަގަވާން ހުއްޓެވެ. އޭނާއަށް ރޭގައި ނިދުނީ ރިހާންގެ ހިޔާލުތަކުގައި އޮވެއެވެ. މާޒީގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެ ހިތަށް އެހާ އަސަރުކުރެއެވެ. ނަމަވެސް އަދިވެސް ރިހާންއާއި އެއްކޮށް ގުޅުން ކަނޑާލަން އޭނާއަށް ދަތިވެފައިވެއެވެ. ރިހާނަށް ނުގުޅާ ދުވަސްކޮޅެއް ވުމަށްފަހު ރޭގައި ގުޅީ ސުމާއާއި އަލްޔާ ދެއްކި ވާހަކައެއްގެ ސަބަބުން ރިހާން މަތިން މާ ބޮޑަށް ހަނދާންވެގެންނެވެ.

ފާހާނާއަށް ވަދެ ދަތް އުނގުޅާ، ފެންވަރާލައިގެން ލިއާ ނިކުތް އިރު ކޮޓަރީގައި ޓަކި ޖަހާ އަޑު އިވެއެވެ. އިރުކޮޅަކުން ޝަރީފާގެ އަޑު އިވުނެވެ. “ދައްތާ އަހަރެން ހޭލައިފިން…” ލިއާ ޝަރީފާއަށް އަޑު އިވޭ ވަރަށް ބުންޏެވެ. އަދި އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާލަމުން ބޮލުގައި ފުނާ އަޅައި ހުޅިއެއް ޖަހައިގެން ކޮޓަރިން ނިކުތެވެ.

ހެނދުނުގެ ސައި ހެދުމުގައި ޝަރީފާއާއިއެކު ލިއާ އުޅުނެވެ. ރޮށި ދެމުމުގައި ލިއާ ހުރި އިރު ހަރަކާތްތަކުގައި ވަނީ އަވަސްކަމާއި ފަރިތަކަމެވެ. ޝަރީފާ ހުރީ ޒިންކު ކައިރި ރޯމަސް ކޮށާށެވެ. ހެނދުނުގެ މަޑު އަވި ގޭތެރެއަށް އެޅިފައި އޮތެވެ. ރޭޑިއޯއިން ހިތްގައިމު ރީތި ދިވެހި ލަވައެއްގެ އަޑު އަންނަމުން ދިޔައެވެ. ބަދިގެތެރޭ ހިފާލާފައި ވަނީ ރޮށި ފިހެވޭ މީރު ވަހެވެ.

ރޮށިތަށީގެ މަތިޖަހާލަމުން ލިއާ ފެށީ ޝަރީފާ ތައްޔާރުކޮށްފަހުރި ހަވާދުކޮޅު މިކްސްކުރާށެވެ. ހިމުންކޮށްލި ހަވާދުކޮޅު ބޯތައްޓަކަށް ހުސްކޮށްލާފައި ޒިންކް ކައިރިއަށް ޖެހިލާފައި ތަށިތައް ދޮންނަން ފެށިއެވެ. ހަރަކާތްތަކުގައި ވަނީ ހަލުވިކަމެވެ. ދޮވެފައި ހުރި ތަށިތައް ތަށިހަރުގައި އަތިރާލުމަށްފަހު ރިހަ ކެއްކުމަށްޓަކައި ފިޔާ މީރުކުރަން ފިޔާ އާއި ލޮނުމެދުފަދަ އެއްޗެހި ކޮށަންފެށިއެވެ.

ލިއާގެ ފޯނު ރިންގުގެ އަޑު އިވުމުން ޒިންކުން ދެއަތް ދޮވެލާފައި ހިއްކާލަމުން ގޮސް ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ ސުމާއެވެ. “ހިނގާބަ ބީޗަށް ދާން…ނޯ އެކްސްކިއުޒް އިނގޭ…!” ފޯނު ނެގިއިރަށް ސުމާ ވާހަކަ ދެއްކިއެވެ. އޭނާގެ ފަހު ޖުމްލަ އަޑު އިވުނު އިރަށް ލިއާ ޕިސް ޖަހައިލިއެވެ.

“މިއޮއް ހެނދުނާ ބީޗަށް ދެވޭތަ…؟ އަދި ކައްކާ ނުނިމޭ…” ލިއާ ޖަވާބު ދިނެވެ. “އެންމެ ރަނގަޅޭ ލިއާ ދިޔަޔަސް…ރޮށި ފިހެވެސް ނިމުނީނު…އެއްޗެހިވެސް ކޮށާފައޭނު މިހުރީ…ދެން ހަމައެކަނި ރިހަ ކައްކާލަން ޖެހޭނީ…ދައްތައަށް އެކަން ކޮށްލެވޭނެ…” ލިއާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރެ ޝަރީފާ ބުނެލިއެވެ. ފޯނުގެ އަނެއްކޮޅުގައި ހުރި ސުމާއަށް އެ އަޑު އިވިގެން އިތުރު ހިތްވަރެއް ލިބުނުކަހަލައެވެ.

“ކޮބާ ހީވޭ…؟ މިދަނީ ތިގޭ ކައިރިއަށް އަލްއާއި ދެމީހުން…ނިކުމޭ…” ސުމާ ފޯނު ކަނޑާލީ ލިއާ އެއްބަސް ވުމުންނެވެ. ޝަރީފާއަށް ޝުކުރު އަދާކުރަމުން ލިއާ ބަދިގެއިން ނިކުތެވެ. ޙުދު ލިއާވެސް ހުރީ ވީހާވެސް ގިނަ ވަގުތު ސުމާއާއި އަލްޔާއާއި އެކު ހޭދަކުރަން ބޭނުނެވެފައެވެ. އެ ދެކުދިން ފުރާކަށް މާ ގިނަ ދުވަހެއް ނެތްވިއްޔާއެވެ.

ހެދުން ބަދަލުކޮށްލައިގެން ނިކުތް އިރު އެދެމީހުން އައިސް ތިއްބެވެ. ލިއާ ނިކުތުމާއެކު ތިން ކުދިން އެކީ މިސްރާބު ޖެހީ ރަށުގެ އުތުރުފަރާތަށެވެ.

“ދުވާލު ގަޑި ނޫންނަމައޭނު ސައިކުގަވެސް އާދެވޭނީ…ވަރަށް ފޫހިވޭ…” އަލްޔާ ކުދި ކިޔަމުން ދިޔައެވެ. “ފޫހިކަން އެނގޭނެ ޕޮލިހަކަށް ބަސްޓް ވާ ދުވަހަކުން…” ސުމާ ޖެއްސުމަށް ބުނެލި ވާހަކައިން ލިއާ ހޭންފެށިއެވެ. “އާނއެކޭ…! މީނަ އުޅެނީ މާ ބިރުކުޑަވެގެން…” ލިއާވެސް ސުމާއާއި އެއްބައިވިއެވެ. ހެވިލާފައި ވާހަކަ ދައްކަމުން ދިޔައިރު ރޭގައި ހިތާމަކުރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

ފިހާރައަކަށް ވަދެ ކައްކާނެ ސާމާނު ނެގުމަށްފަހު ލުއިކާނާ ޕެކެޓުތަކެއްވެސް އެކުދިން ނެގިއެވެ. ބީޗަށް ދިޔަ މަގުމަތީގައި އަލްޔާގެ ގެޔަށް ވަދެފައި ކައްކަން ބޭނުންވާ ތެއްޔެއް ނެގިއެވެ. އެކި ވާހަކައިގަ ތިބެގެން ބީޗާއި ހަމަޔަށް އާދެވުނެވެ.

ގަޑިތަކުން ދިހައެއް ޖަހާފައިވާތީ ފުދޭވަރަކަށް އަވިގަދައެވެ. ނަމަވެސް އަތިރިމަތީ ހައްދާފައިވާ ގިނަ ރުއްގަސްތަކުން މުޅި ސަރަހައްދަށް ވަނީ ހިޔާވެފައެވެ. ލޯތަކަށް ބަރުކަން ގެންނާނެފަދަ ހިތްފަސޭހަ ވައިރޯޅިޖެހެމުން ދިޔައިރު ހިތްފުރޭހާވެއެވެ. ދުރުދުރަށް ދާންދެން ފެތުރިފައި އޮތް ހުދުހުދު ދޮންވެލިގަނޑާއި އެކުވެފައިވާ ވިލުނޫކުލައިގެ މޫދު، އިރުގެ އަލި އެޅި ވިދަމުން ދިޔައީ ރަންގަނޑެއް ފަދައިންނެވެ.

“އާހް…މިތަނަށް އާދެވިއްޖިއްޔާ ދާހިތްވެސް ނުވޭ…” ބޭނުންވާ ހިސާބަށް އާދެވުމުން ވެލިގަނޑަށް ޖެހިގަންނަމުން އަލްޔާ ބުނެލިއެވެ. ގެނައި ސާމާނުތައް ކޮތަޅާއިއެކު ވެލިގަނޑުމަތީ ބަހައްޓާލަމުން ސުމާ އާއި ލިއާވެސް އިށީނެވެ. އޭރު އަލްޔާ އުޅުނީ ފޮޓޯ ނެގުމުގައެވެ. އޭނާއާއި އެކު ސުމާއާއި ލިއާ އަރާނެހެން ގިނަ ސެލްފީތަކެއް ނެގިއެވެ. އޭރު ތަންކޮޅެއް ދުރުގައި ފުޓްބޯޅަކުޅެން ފިރިހެންކުދިންތަކެއް ތިއްބެވެ. އެމީހުންގެ ސަކަރާތުގެ އަޑު ކޮންމެސް ވަރަކަށް އިވެމުން ދިޔައެވެ.

“މިއޮއްފަދަ ދުވަހު ނޫނީ މިމީހުންނަށް ފުޓްބޯޅަކުޅެން ބީޗަށް އަންނަން ނޭނގުނުތަ…؟ އަހަރުންނަށް ޕްރައިވެސީ ދީފަ ދާނެނަމަ…ބޮލަށް އުނދަގޫ…” ކުދި ކިޔާލަމުން ސުމާ ކޮތަޅުގައި ހުރި އެއްޗެހި ހާވަން ފެށިއެވެ.

ގިނައިރުތަކެއް ނުކޮށް ކެއްކުމުގެ ކަންތައް އެކުދިން އަވަހަށް ކޮށްލާ ނިންމާލަން އުޅުނީ ފަހުން ހަމަޖެހިލައިގެން ތިބެން ގިނަ ވަގުތު ލިބޭނެތީއެވެ. ފަނަރަވަރަކަށް މިނެޓުން ނޫޑްލްސް ހެދުމަށްފަހު، ތަށިތައްޓަށް އަޅައި ރީތި ގޮތަކަށް އަތުރައިލިއެވެ. އޭރު ލިއާ ކޯކު އަޅާފައި ހުރި ތަށިތައް ކައިރި ކުރަމުން ދިޔައެވެ. ތަޖުތިބާކާރު ފޮޓޯގްރާފަރެއް ފަދައިން އަލްޔާ ފޮޓޯ ނެގުމައިގެން އުޅުނެވެ. “ކާއެއްޗެހި ހޫނުކަން ނުކެނޑެނީސް ތި ފޮޓޯއެއް ނެގޭނެބާ…؟” ސްނެޕެއް ކޮށްލަމުން ފޯނު ތިރިކޮށްލާފައި ސުމާ ޖެއްސުމަށް ބުނެލިއެވެ. “މައްސަލައެއް ނެތޭ…ފަހުން ނުކިޔައްޗޭ ފޮޓޯ ފޮނުވައްޗޭ…” އަލްޔާ ތުންއަނބުރާލަމުން ނެގި ފޮޓޯތަކަށް ބަލަން ފެށިއެވެ.

އެކި ވާހަކައިގައި ތިބެ ކައިނިންމާލާފައި، ހަޑިވެފައި ހުރި ކަރުދާސްތަށިތައް ކޮތަޅަކަށް އަޅާ ބަންދުކޮށްލިއެވެ. ތަންކޮޅެއް ދުރުގައި ހުރި ޑަސްބިނަށް ކޮތަޅުލާފައި ލިއާ އައުމުން ތިން ކުދިން އެކީ ރާޅުޖަހާ ހިސާބުގައި ހިނގާލަން ދިޔައެވެ.

“މަވެސް ދާންވީ ދޯ ފުޓްބޯލްކުޅެން…” ހިނގަމުން ހިނގަމުން އައިސް ފުޓްބޯޅަ ކުޅޭތަނާ ކައިރިއަށް އާދެވުމުން ސުމާ ބުނެލިއެވެ. އަލްޔާއާއި ލިއާ ހޭންފެށިއެވެ. “އޭރުން ބޯޅައިގެ ބަދަލުގަ އެތިބަ ފިރިހެނުން ސުމާ ކަންނޭނެގެ ގޯލަށް ފޮނުވާލާނީ…” ލިއާ ހެމުން ބުނެލިއެވެ.

“އޯ މައި ގޯޑް…” ކުއްލިއަކަށް އަލްޔާގެ ފިޔަވަޅުތައް މަޑު ޖެހުމާއިއެކު ބާރަކަށް ބުނެލިއެވެ. ސުމާ އާއި ލިއާވެސް ހުއްޓި ހައިރާންވެފައި އަލްޔާއަށް ބަލާލިއެވެ.

“ކިހިނެއްތަވީ…؟”

“ލުކް…” ސުމާގެ ސުވާލާއިއެކު އަލްޔާ އިޝާރަތް ކުރީ ފިރިހެން ކުދިން ކުޅެން ތިބި ދިމާލަށެވެ.

“ކޯއްޗެއްތަ ފެންނަނީ…؟” ލިއާ ޗަސްޖަހާލަމުން ބުނެލިއެވެ. އޭރުވެސް އަލްޔާ ހުރީ ދެލޯބޮޑުވެފައެވެ.

“ބްލެކް ޖާރޒީ…” އަލްޔާ މަޑުމަޑުން ބުނެލިއެވެ. ސުމާއާއި ލިއާގެ ނަޒަރު އަނެއްކާވެސް ކުޅެމުން ދިޔަ ތަނަށް ހުއްޓުނެވެ. އެވަގުތު އަލްޔާ އެކޭ އެއްގޮތަށް ސުމާގެ ދެލޯ ބޮޑުވެގެން އައި އިރު ލިއާ ދެލޯ ހަނިކޮށްލިއެވެ.

“ހޫން ދެން ކީއްތަ ވީ…؟” ލިއާ ބުނެލިއެވެ. “ލިއާ…ޑޯންޓް ލައި އިނގޭ…ޔޫ ސީ ހިމް ރައިޓް…؟” އަލްޔާ ލިއާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ކުޅޭ ތަނަށް އިޝާރަތްކޮށްލިއެވެ.

“ހޫމްމްމް…އަހަރެންވެސް ދެލޯ އެބަހުއްޓޭ…ކީއްވެތަ ނުފެންނަންވީ…؟” ޝައުގެއް ނެތް ގޮތަކަށް ލިއާ ބުނެލިއެވެ. އަދި އެކޮޅަށް ދިއުމުގެ ބަދަލުގައި އައި ކޮޅަށް އަނބުރާލިއެވެ. އޭރު އެމީހުންނަށް ވަނީ ފުދޭވަރަކަށް ފުޓުބޯޅަ ކުޅޭ ތަނާ ކައިރިއަށް އާދެވިފައެވެ.

ކަޅާއި ހުދުކުލައިގެ ޖާރޒީއެއްގައި ފުޓްބޯޅަ ކުޅެން ހުރީ އެ ތިންމީހުންނަށް ރޭގައި ރެސްޓޯރެންޓް ކައިރިން ފެނުނު ފިރިހެން ކުއްޖާއެވެ. ޖާރޒީގެ އަތްކުރުވުމުގެ ސަބަބުން އެ ބާރުގަދަ މުލައްދަނޑިވަނީ ހާމައަށެވެ. ހޫނުވެ ދަލުން ފޯވެފައިވީއިރު ހިތް ހުއްޓޭހާ އެ ޒުވާނާ ފުރިހަމައެވެ. އަވީގައި ގިނަ ވަގުތު އުޅުމުން ޓޭންވެފައިވާ ހަށިގަނޑުން ފިރިހެންވަންތަކަން އިތުރުކުރުވައެވެ. އެ ޒުވާނާގެ ފުރިހަމަކަމުން، ދެން ތިބި ޒުވާނުންގެ ވިދުން ފަނޑުކޮށްލައެވެ.

“އަޅެ ލިއާ މަޑުކޮށްބަލަ…އަހަރެން ބޭނުން އޭނައަށް ރަނގަޅަށް ބަލަން…” ފަހަތުން އައިސް ލިއާގެ އަތުގައި ހިފާ ހުއްޓުވާމުން އަލްޔާ ބުނެލީ ބޮޑާހާކާ ރާގަކަށެވެ.

“އައި ޓޭކް ބެކް ވަޓް އައި ސެޑް ބިފޯރ…މިއަދު މީ ހަމަ ވަރަށް ރަނގަޅު ދުވަހެއް ފުޓްބޯޅަ ކުޅެން އަންނަން…” ސުމާ ހުރީ އަދިވެސް ހުވަފެނީ ދުނިޔެއެގައެވެ. ތުންދަމައިގެން ހުރި އަލްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“މިތިބަ ދެމީހުން ދޯ…ތިމީހުންނަށް ކެރެންޏާ ހަމަ ތިބެންވީ އެ ހުރިހާ ފިރިހެނުން ތަކު ތެރެއަށް ބަލަން…އަހަރެން މިދަނީ އެކޮޅަށް…” އަލްޔާގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ލިއާ ވާހަކަ ދެއްކިއެވެ. އޭރު އޭނާއަށް ހުރެވުނީ ކުޅޭތަނާ ފުރަގަސްދީގެންނެވެ.

ކުއްލިއަކަށް ބާރަށް އެއްޗެއްގައި ޖެހުނު އަޑުފައްގަނޑު އިވުމާއެކު ލިއާއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތްހެންނެވެ. ބޮލަށް އެރި ތޫނު ތަދާއިއެކު އޭނާ ވެލިގަނޑުމައްޗަށް ވެއްޓުނުވަގުތު ކައިރި އޮތް ބޯޅަ ފެނުނީ ފަނޑު ގޮތަކަށެވެ.

“ލިއާ…!” ސުމާއާއި އަލްޔާއަށް ހަޅޭއްލައިގަނެވުނީ އެއްފަހަރާއެވެ. އެދެމީހުންނަށް ލިއާގާތަށް ތިރިވެވުމުގެ ކުރިން ފަހަތުން ދުވެފައި އައި މީހަކު ލިއާ ގާތު ކުޑަކަކޫ ޖަހައިފިއެވެ.

“ހޭ…ހޭއި…އައެމް ސޯ ސޮރީ…” ނޭވާ ކުރުވެފައިވާ ބަރު ފިރިހެންވަންތަ އަޑެއް އިވުމާއެކު ލިއާ ބުރާންތި ވެފައި އޮވެވެސް ލޯ ހުޅުވާލައިފިއެވެ. އެވަގުތު ސިހުމެއް ލިބިގެން ދިޔައީ އޭނާއާއި އަމާޒުވަފައި ހުރި ނޫކުލައިގެ ލޮލުގެ ސަބަބުންނެވެ. ވެފައި ހުރި ބުރާންތިން މަންޒަރު ފެންނަމުން ދިޔައީ ފުސްކޮށް ނަމަވެސް އަވިއެޅިފައިވާ އެ ނޫކުލައިގެ ލޮލުގެ ވިދުން ފާހަގަވިއެވެ.

“ދެޓް ވޯޒް މައި ފޯލްޓް…އައި ޑިޑިންޓް ސީ ޔޫ…އައެމް ރިއަލީ ރިއަލީ ސޮރީ…އާރ ޔޫ އޯކޭ…؟” އަނެއްކާވެސް އެ ފިރިހެންވަންތަ އަޑު އިވިގެން ދިޔައެވެ. އަނގަ ހުޅުވުފައި ތިބި އަލްޔާއާއި ސުމާއަށް ހީވަމުން ދިޔައީ ކަންފަތަށް ރަން ވިރުވާ އެޅެމުން ދިޔަހެންނެވެ. ވާނީވެސް އެހެންތާއެވެ. މީގެ މިނެޓެއްހާއިރު ކުރިން އެމީހުން ތައުރީފު ކުރި ފުރިހަމަ ޒުވާނާ މިހާރު އެހުރީ ކައިރީގައެވެ.

އެ ޒުވާނާގެ ވާހަކަތަކަށް ލިއާ ސަމާލުކަން ދެވޭތޯ ބެލިއެވެ. ނަމަވެސް އޭނާއަށް ހީވަމުން ދިޔައީ ބިންގަނޑުވެސް އެނބުރެމުން ދިޔަހެންނެވެ. ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ގާތު ހުރި ފިރިހެންވަންތަ ފުރިހަމަ ޒުވާނާއަށް ސަމާލުކަން ދޭހާ ހޭވެރިކަމެއް އެފަކީރު ނެތެވެ.

ކޮންމެސް ވަރަކަށް މަންޒަރު ސާފުވާން ފެށުމުން ލިއާ އެސްފިޔަތައް ތަޅުވާލާފައި ގާތު ހުރި ޒުވާނާއަށް ރަނގަޅަށް ބަލާލެވެނެވެ. އެވަގުތު ދެލޯ ބޮޑުވެގެން އައުމާއެކު އޭނާއަށް ނަޒަރު ހިންގާލެވުނީ ސުމާއާއި އަލްޔާއަށެވެ. އޭރު އެ ކޯތާފަތް ރަތްވެއްޖެއެވެ. ސުމާ ސިއްރުން ތުމުން ފުމެލާ ގޮތް ދައްކަމުން މޫނު ކައިރި އަތް ވިހެލިއެވެ.

ކަންބޮޑުވެ ހާސްވެފައިވާ އެ ޒުވާނާއި ނަޒަރު ސީދާވުމާއެކު ލިއާ މޫނުގައި އަތް އެޅީ ގަތްލަދު ފޮރުވުމަށެވެ. “އައި…އައެމް އޯކޭ…” މުޅި ދުނިޔެ އެނބުރޭހެން ހީވި ނަމަވެސް ލިއާ މަޑުމަޑުން ބުނެލިއެވެ. އޭނާ ތެދުވަން މަސައްކަތްކުރިއެވެ. ގާތު ހުރި ޒުވާނާ ލޯ ހަނިކޮށްލިއެވެ. އެ ހަރަކާތާއެކު އޭނާގެ ބުމަ ހަރަކާތްކޮށްލި ގޮތުން ފުރިހަމަކަމުން ބަލަން ތިބި ސުމާއާއި އަލްޔާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭރު ކުޅެން ތިބި އެހެން ޒުވާނުންވެސް އެތަނާ ގާތަށް އަންނަމުން ދިޔައެވެ.

“އާރ ޔޫ ޝުއަރ…ޔޫ ޑޯންޓް ލުކް އޯކޭ…!” އަނެއްކާވެސް އެ ޒުވާނާ ބުނެލިއެވެ. “އައެމް ފައިން…” ކިރިޔާ އަޑު އިވޭ ވަރަށް ބުނަމުން ލިއާ ތެދުވެވޭތޯ މަސައްކަތް ކުރި ވަގުތު ބެލެންސް ގެއްލެން ދިޔައެވެ. އެވަގުތު އެ ޒުވާނާ ކުއްލިއަކަށް ލިއާ ގައިގަ ހިފެހެއްޓިއެވެ. އެއާއެކު އަލްޔާ އާއި ސުމާ އެތެރެއަށް ދަމާލި ނޭވާގެ އަޑު ބާރަކަށް އިވުނެވެ. ލިއާ ލަދުން މަރުވާވަރުވިއެވެ. ރަނގަޅަށް ކޮޅަށް ހުރެވޭވަރު ނުވިނަމަވެސް އޭނާ އެ ޒުވާނާއަށް ބަލާލާފައި ޝުކުރު އަދާކޮށްލަމުން އޭނާ ލިއާގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރި އަތަށް ބަލާލިއެވެ. އެކަން ނަގައިގަނެވި އޭނާ ލިއާގެ އަތުން ދޫކޮށްލީ ވިސްނަން ހުރެފައެވެ. “އައެމް ރިއަލީ ފައިން…” ލިއާ ބުނެލީ އެ ޒުވާނާ ނުގޮސް ހުންނަން ފެށީމައެވެ.

“އޭ ކައިލް ދެން އާދޭ…” ފަހަތުގަތިބި ފިރިހެނުން ތެރެއިން އެކަކު ގޮވައިލިއެވެ. އެވަގުތު އެ ޒުވާނާ ފަހަތް ބަލާލާފައި އަތް ހިއްލާލަމުން މަޑުކޮށްލަން އެދުނެވެ. އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ލިއާއަށެވެ.

“އޯލްރައިޓް ދެން… ވަންސް އެގެއިން އައެމް ރިއަލީ ސޮރީ…ޓޭކް ކެއަރ…” ކައިލް ހިނގައިގަތީ އިރުކޮޅެއް ވަންދެން ލިއާއަށް ބަލަން ހުރެފައެވެ. ހީވީ ލިއާއަށް ކަމެއް ވެދާނެތީ ސަމާލުވެ ހުރިހެންނެވެ.

“އޯހްހްހްހްހް…ލިއާ…!” އެންމެން ގޮސް ތަން ހިމޭންވުމާއެކު އަލްޔާއާއި ސުމާގެ ތޫލި އަޑުއިވުނީ އެއްފަހަރާއެވެ. ލިއާއަށް ޕިސް ޖަހައިލެވުނެވެ. އޭރުވެސް އެ ދެމީހުން އެއްޗެއް ނުބުނެ ނުދާނެކަން އޭނާއަށް އެނގެއެވެ.

“ދެޓް ވޯޒް ހިމް…!”

“ހީ ލިޓެރަލީ ރޭން ޓު ޔޫ…”

“ދަ ވޭ ހީ ސެޓް ނެކްސްޓް ޓު ޔޫ…؟؟؟”

“ހމމމ…އިންޓްރެސްޓިން…”

އެކަކަށްފަހު އަނެކަކު ބުނަމުން ދިޔައެވެ. ލިއާ ދަތްތައް ފިއްތާ ބާރުކޮށްލިއެވެ. “ޝަޓް އަޕް…” ލަދުން މަރުވާ ވަރުވެފައި ހުރެ ލިއާ މޫނުގައި އަތް އެޅިއެވެ. އަޑަށް ރުޅިވެރިކަން ގެންނަން މަސްއްކަތް ކުރިނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. އަނެއްކޮޅުން ސުމާއާއި އަލްޔާ ވިއްޔާއެވެ. އެ ދެމީހުން މަޑުން ތިބޭނެހެއްޔެވެ؟

“ސޯ ހައު ޑިޑް ޔޫ ފީލް ވެން ހީ ޓަޗްޑް ޔޫ..؟” ސުމާ ގާތްވެލާފައި ސިއްރުން އެހިއެވެ. އަލްޔާ ހުރި ނުލަފާ ފާޑަކަށް ހިނިއައިސްފައެވެ.

“ކިހާ ދެރަކަމެއް ދެން…” ރަނގަޅަށް ހިނގޭވަރު ނުވިޔަސް ލިއާ ހިނގައިގަތެވެ. އޭނާގެ ދެފަރާތުން ސުމާއާއި އަލްޔާ އަވަސްއަވަހަށް ގާތްވީ ލިއާ ހިނގި ގޮތުން އޭނާ ވެއްޓިދާނެކަމުގެ ބިރު އޮތްވަރުންނެވެ.

“ސޯ އަހަރެން ހީކުރީ ލިއާ ޝައުގެއް ނެތްކަމަށް…މޫނު ރަތްވިވަރުން ހީވަނީ އެހެންފަދަ ކަމެއްހެން…” ސުމާ ބުނެލިއެވެ. ލިއާ ހުރީ ބޯގޮވާފައެވެ.

“އާނއެކޭ…! ނެތޭ ޝައުގެއް…ހަމަ ތިމީހުން ނަމަވެސް ލަދުގަންނާނެ ދޯ ބުރާންތި އަރައިގެން ވެއްޓިފަ އޮއްވާ ނުދަންނަ މީހަކަށް ފެނުނީމަ…! އޭނަ ނޫން އެހެންމީހަކު އައިނަމަވެސް ލަދު ގަތީސް…އަނެއްކޮޅުން އެންމެން ތިބީ ބަލަން…” ލިއާ ދިފާއުގައި ވާހަކަ ދެއްކިއެވެ.

“އަދި އުޅެފިޔޭ ގަދަކޮށްލާފަ މިތަނުން ދާން…ދެވިއްޖޭނު…؟ ޔޫ ޓްރައިޑް ޓު އެސްކޭޕް ބަޓް ފޭޓް ހެޑް އަދަރ ޕްލޭންސް…” އަލްޔާ ހެމުން ލިއާ ރުޅިއަރުވަން އުޅުނެވެ. ލިއާ އަތް މަޅާލީ އަލްޔާ ގައިގަ ޖެހުމަށެވެ. ނަމަވެސް ބެލެންސް ގެއްލި އޭނާ ވެއްޓެން ދިޔައެވެ.

“ސާބަހޭ…އަދިވެސް ރަނގަޅޭ ބުނާތި…އެ އެމެރިކަން އަށް ގޮވަންވީ އަނެއްކާ ލިއާ ނަގަން…” އަލްޔާ ތިރިވެފައި ލިއާގެ އަތުގައި ހިފާ ނެގުމަށް އުޅުނެވެ.

“އެމެރިކަން އޭ…؟” ސުމާ އަހައިލިއެވެ.

“ޔެސް…އޭނާ ވާހަކަ ދެއްކީ އިނގިރޭސިން…އަނެއްކާ ވާހަކަ ދެއްކި އިރު އެހާ ފްލުއެންޓް…އެންޑް ދޯޒް ބްލޫ އައިސް…؟ މައި ގޯޑް…އަދި ހަމަ ލޮލަށް އެހާ ރީތި ލޮލެއް މި ފެނުނީ…ގައިމުވެސް ރާއްޖެއިން ނުފެންނަފަދަ ރީތި ކަމެއް…އައި ތިންކް ފައިނަލީ އައި ފައުންޑް ސަމްވަން ދެޓްސް ގޮނަ ބީޓް އިއަން ސޮމަރހަލްޑަރ ފްރޮމް މައި ކްރަޝް ލިސްޓް…” އަލްޔާ ވާހަކަ ދެއްކީ ސީރިއަސް ކަމާއެކުއެވެ. މިފަހަރު ލިއާ ގަސްތުކުރީ ހަނު ހުންނާށެވެ. އޭރުވެސް އޭނާގެ ބޮލުގައި ރިހެމުން ދިޔައެވެ. ބޯޅައިން ޖެހުނީ މަޑަކުން ނޫނިއްޔާއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments

A girl lost in pages and feelings ✨

Other Articles

Previous

ނޭނގި ހުރެ ލޯބިވެވުނީ (ޓްރެއިލަރ)

Next

ގޮތް ހުސްވެފައި ހުރީމޭ… 6

Next
April 15, 2026

ގޮތް ހުސްވެފައި ހުރީމޭ… 6

Previews
April 14, 2026

ނޭނގި ހުރެ ލޯބިވެވުނީ (ޓްރެއިލަރ)

11 Comments!

  1. Anonymous says:
    April 14, 2026 at 11:20 pm

    hav been waiting for an update ❤️
    Can u tell upload kuraa dhuvas?
    Vv nice Kyle dho v handsome
    Can’t wait for the next
    Lysm

    1. Itxlevender Itxlevender says:
      April 14, 2026 at 11:28 pm

      Oh you like Kyle already? 👀❤️ careful… he has a way of making everyone fall for him 😏✨ next update soon 💖

  2. Kiwi says:
    April 14, 2026 at 11:44 pm

    This part is so funnyy😭😭. Alya and suma oh god😭. Cant wait for next. Plis upload fastttt

    1. Itxlevender Itxlevender says:
      April 14, 2026 at 11:49 pm

      Leah’s friends are a whole problem 😭❤️ they saw Kyle and lost all sense 😂 next part coming soon!! 💖

  3. Its just me says:
    April 15, 2026 at 1:18 am

    Omg mi part vx v reethi Ma Sha Allah 😍 alya and suma vx dhw nuvaanehnnu lia ladhu ganna kahala kanthah kuraakah 🤭🤭 curiously waiting for the next part 🥰🤍

    1. Itxlevender Itxlevender says:
      April 15, 2026 at 11:14 am

      Omg righttt 😭 Leah’s friends are really not letting her breathe for a second 😂 but we kinda love them for it too. And I’m so happy you liked this part 🥰💗

  4. lala says:
    April 15, 2026 at 8:53 am

    “I take it back Miadhu mee hama varah ragalhu dhuvaheh football kulhen annan” ethankolhu kiyaafa hama hinigandu falhaigen dhiyaee 🤣 God I wish I had friends like them 😭 Kyle hunna goi varah balaala hiy vejje curiously waiting for the character reveal 🥺 Mi part varah varah reethi. Alhe Leah Kyle ah Fall vaane nama dho e Rihan gadu mathin hadhaan nahthaalaafa 😭 Kyle fell in love with Leah am I right? Curiously waiting for theme to part 😭❤️😭❤️😭

    1. Itxlevender Itxlevender says:
      April 15, 2026 at 8:59 am

      Stoppp 😭❤️ Kyle’s reveal is closer than you think… and about that… hmm, I won’t say anything yet but you’re not completely wrong 👀 Also Leah’s friends are honestly the chaos we all need 😭 I’m so glad you loved that part

  5. lemonade says:
    April 16, 2026 at 7:32 pm

    I think I remember that ball inn jehun scene in a Korean series. Not sure which one.

    1. Itxlevender Itxlevender says:
      April 16, 2026 at 8:16 pm

      Not every beach meeting is a copy 😅 it’s a pretty common trope. This scene is completely my own take on Leah and Kyle

  6. Ainy says:
    May 5, 2026 at 9:29 pm

    omg kyle is dreamy. i hope leah ends up with him. he ticked of ian somhalder from my crush hehe i laughed so hard

Comments are closed.

Next Episodeލޯބިން ބުނާތީ 8←


All Right Reserved!