Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެންނާޔީ ޔާރަގެ މޫނު (4)

Sinnu Level 1
March 28, 2016 3 Mins Read
20 Comments

ތިރިއަށް ފޭބި ޒަޔާން ފާރުގައި އަތް ވިއްދާލީ ބޮލަށްވީ ތަދެއްގެ ބޮޑު ކަމުންނެވެ. ސިކުނޑި ބަރުވަމުން ދިޔައީ ކުރެވުނު ކަންތައް ހަނދާން ވުމުންނެވެ. ކިތަންމެ ދުވަހެއް ވިޔަސް އެހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ސައިކަލަށް އަރާ ދުއްވާލީ ވަކި މަންޒިލަކަށް ދާކަށް ނޫނެވެ. ބޭނުންވަނީ މިގަޑީގައި ހިތްހަމަ ޖައްސާލާށެވެ. ނަމަވެސް ހިތްހަމަ ޖެހުމަށްވުރެ ބޮޑަށް މިގަޑީގައި ނާވީއާއި ވާހަކަ ދައްކާލުން ވަނީ މުހިންމު ވެފައެވެ. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގެ ކައިރީގައި ސައިކަލު ޕާރކްކޮއްލަމުން ޒަޔާން އެތެރެއަށްވަނީ ނާވީއާއި ބައްދަލު ކުރާށެވެ. އެވާހަކަ ނާވީ ނޫން އެހެން އެއްވެސް މީހަކަށް އެނގޭކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ.

ރިސެޕްޝަން ކައިރީގައި މަޑުކޮށްލައިގެން ހުރުމަށްފަހު އެތެރެއަށްވަދެ ނާވީއަށް ގުޅާލީ އޭނާއާއި ވާހަކަ ދައްކަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. މީހުން ބަލައި ނިމޭނީ ދެގަޑި އިރެއްފަހުން ކަމަށް ބުނުމަށް ޒަޔާން ގޮނޑިއެއްގައި އިށީނދެލައިގެން އިނީއެވެ. ބޮލުގައި ދެތެރެއަކުން ފިރުމާލަމުން ފޯނަށް ބަލާލައެވެ. މިޝިޔާއަށް އޭނާ ހުރިހާ ވާހަކައެއް ކިޔައި ދޭނީ ކިހިނެއް ހެއްޔެވެ؟ ކުރީގެ ހަނދާންތައް ވާން ފެށުމުން އަނެއްކާވެސް އޭނާގެ ލޮލުން ކަރުނުން ފުރުނެވެ. ކައިރީގައި ތިބި މީހުން ބަލާހެން ހީވުމުން ޒަޔާން އަވަހާއި އިސްޖަހާލިއެވެ. ވިސްނުމަށް އަދިވެސް އަންނަނީ މިޝިޔާ އެހެން އޭނާއާއި ދިމާލަށް ބުނިގޮތެވެ. ގޮނޑީގައި ހަށަން ބަނދެލައިގެން އިން ޒަޔާނަށްހޭލެވުނީ ނާވީއައިސް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.

“ކަލޭ މިތާ އިނދެ ތި ނިދަނީ؟” ހީނގަންނަމުން ނާވީ ބުނެލިއެވެ. ނަމަވެސް ޒަޔާންގެ މޫނު މަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ.

“ކިހިނެއްވީ؟؟ ފިރާ އަހަންނޭ ކިޔައިގެން އެއްޗެކޭ ބުނީތަ؟” ނާވީ އަނެއްކާވެސް ވާހަކަ ފެށިއެވެ. ފިރާޝާއޭ ބުނީވެސް ޒަޔާން ރުޅި އަރުވާ ލުމުގެ ގޮތުންނެވެ. ފިރާޝާއަކީ ޒަޔާންގެ ކުރީގެ ލޯބި ވެރިޔާއެވެ. ނަމަވެސް މިހާރު އެދެމީހުން ވާހަކަ ނުދައްކާތާވެސް އަހަރެއް ވެދާނެއެވެ.

“މިޝީ ކައިރީގަ ކީކޭ ބުނީ؟” ނާވީއާއިއެކު ބޭރަށް ނިކުންނަމުން އެންމެ ފަހުން ޒަޔާން ބުނެލިއެވެ.

“އަހަރެން އޭނާއަކާ ވާހަކައެއް ނުދައްކަން.. ކުޑަކުއްޖެއް ގޮވައިގެން އައި ޑޮކްޓަރަށް ދައްކަން އެދުވަހު ދެން އެކުއްޖާއަށް ވޯގޮތް އެހީ” ވަރަށް ތަފްސީލުކޮށް ނާވީ ކިޔާލަ ދިނެވެ.

“ހިބާ ބަލިވެސް ވިތަ؟؟” ޒަޔާންއަށް ހައިރާން ވެލާފައި އަހާލެވުނެވެ.

“ކަލޭގެ ކުއްޖެއްތަ އެއީ.. ވަރަށް ލޯބި.. ހީވަނީ ފުއްކޮޅެއްހެން” ނާވީގެ އޖުމްލައިން ޒަޔާންގެ ފިޔަވަޅަށް ހުއްޓުމެއް އައެވެ. ނާވީއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އެކުޑަ ފުރާނަ ފެނުމުން ނާވީ އެއްވެސް ކަމެއް މަތިން ހަނދާން ނުވަނީ ހެއްޔެވެ؟ މާޒްއާއި އިލްހާމް ނުބުންޏަސް ހިބާއަކީ ނާވީގެ ދަރިއެއްކަން ޒަޔާންއަށް އެނގެއެވެ. ހިބާއަށް ބަލާލި ކޮންމެ މީހަކަށް ނަމަވެސް އެކަން އިނގޭނެއެވެ.

“އަހަރެން މިޝީއަކާ މެރީއެއް ނުކުރަން.. ހިބާއެއީ އަހަރެންގެ ދަރިއެއް ނޫން” ޒަޔާން ގަޑި ބަލާލަމުން ބުނެލިއެވެ.

“ދެން ކާކުގެ؟؟ ބޭރު މީހެއްގެ ގެ ދޯ” ނާވީ އެހެން ބުނެލުމުން ޒަޔާން ދަތްކުޑި ވިކައިލީ ނާވީއާސް ނުވިސްނޭ ވަރުންނެވެ. ނާވީ އެއްވެސް ވަރަކަށް މިޝިޔާގެ ހާލާމެދު ހަމްދަރުދީ ނުވަނީއެވެ.

“މިޝީ އެއްވެސް މީހަކާ މެރީއެއް ނުކުރޭ..” އެންމެ ފަހުން ނުހުރެވިގެން ޒަޔާން ބުނެލިއެވެ. ނާވީއަށް ހިނދުކޮޅަކަށް ނަމަވެސް ހިތުގެ ތެޅުން އަވަސްވެލިއެވެ. މިޝީޔާ އެހާ ގޯސްވެދާނެ ކަމަށް އޭނާ އެންމެ ފަހަރަކުވެސް އުއްމީދެއް ނުކުރެއެވެ.

“އައްޗީ ހާދަ” ނާވީއަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ޒަޔާން އޭނާގެ އަނގަ މަތީގައި ޖަހައިފިއެވެ. މިވަނީ ކީއްކަމެއް ނޭނގިހުރި ނާވީއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެންމެން ގަނޑު ކައިރިވުމުން ޒަޔާން ސައިކަލަށް އަރައި ދުއްވާލައިފިއެވެ. އޭރު ނާވީގެ އަނގައިން ލޭ އާދެއެވެ.

ނާވީ އެހެން ބުނުމުން ޒަޔާން އެވަރަށް ރުޅިއަންނަން ޖެހުނު ސަބަބެއް ނާވީއަކަށް ނުވިސްނުނެވެ. އެހެން ނޫނަސް މިޝީޔާ އެހާ ބޮޑު ފާފައެއް ކުރުމުން އޭނާއަށް ކީއް ހެއްޔެވެ. ކޮންމެވެސް ކަމެއް ވެއްޖެ ކަން ހުދު ނާވީގެ ހިތްވެސް ބުނެލިއެވެ. އެހެން ނޫންނަމަ ޒަޔާން އެހާ ރުޅި އަންނަން ވީ ކީއްވެ ހެއްޔެވެ. ގެއަށް ދިއުމުގެ ބަދަލުގައި ނާވީ ހޮސްޕިޓަލްގައި މަޑުކޮށްލީ ޒަޔާން ފޯނު ނެގުމުން އޭނާއާއި ބައްދަލުކޮށްފައި ދާށެވެ. ނަމަވެސް އެވަރަށް ޣުލުމުންވެސް ޒަޔާން ފޯނު ނެގީއެއް ނޫނެވެ.

ބެލްކަނީގައި މިޝިޔާއިނީ ނައުޝާއާއި ވާހަކަ ދައްކާށެވެ. ފިނިފެންމާ ގަސްތަކުގައި ހިކިފައި ހުރި ފަތްތައް ނައްޓަން ހުރި ނައުޝާ ދޭތެރެއަކުން ފޯނަށް ބަލާލައެވެ. ހީވަނީ މީހަކު ގުޅާތޯ ހުރިހެނެވެ. އެ ފިނިފެންމާ ގަސްތަކަކީ އެދެމީހުން އޭ ލެވެލްގައި އުޅެމުން އިންދާފައިވާ ގަސްތަކެކެވެ. މިޝިޔާ އޯކިޑް މަލަށް ފޯރި ހުންނަ ވަރުން އޭރުގައި އިލްހާމް ރާއްޖޭން ބޭރަށް ދިޔަސް ގެންނާނީ އޯކިޑް ގަހެކެވެ. ނަމަވެސް މިހާރު ފެންނަން ހުރީ ފިނިފެންމާ ގަސްތައް އެކަންޏެވެ.

“މިޝީ.. ހިބާ މިއަދު އަހަރެން ގެންދަންތަ؟” ނުބުނަން އިނދެފައިވެސް އެންމެ ފަހުން ނައުޝާ ބުނެލިއެވެ. ނައުޝާގެ މޫނަށް ބަލާލުމަށްފަހު މިޝިޔާ އަނެއްކާވެސް އުޅެގަތީ ގަސްތަކާއި ވެގެންނެވެ.

“މިޝީ…” ޖަވާބެއް ނައުމުން އަނެއްކާވެސް ނައުޝާ ތަކުރާރު ކޮއްލިއެވެ.

“ނައު.. އަހަރެން އެހާ ހިތްހަމަ އެއް ނުޖެހޭ ފޮނުވާކަށް” ރަކިވެލާފައި މިޝިޔާ ބުނެލިއެވެ.

“އަހަރެންވެސް އެހާ ހިތްހަމައެއް ނުޖެހޭ އަހަރެންގެ ދޮންބެގެ ދަރިއެއް އެހާ ދުވަހު ފޮރުވައިގެން ގެންގުޅުނީމަ” ނައުޝާގެ އެ ޖުމްލައިން މިޝިޔާ މެޔަށް ހީވީ ފެން އެއްޗެއް އަޅާލި ހެންނެވެ. ބުނާނޭ އެއްޗެއްވެސް އޭނާއަކަށް ނޭނގުނެވެ.

“އަހަރެން ހީކުރީ މާޒްގެ ބޭބީއެއް ކަމަށަ ފުރަތަމަ.. އެކަމް އަހަރެން އެދުވަހު މޮޔަވެގެން އުޅެންގަތީމަ މާޒް ބުނީ” މިޝިޔާއަށް ދެންވެސް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

“ކޮން ދުވަހަކު” ވާނުވާއެއް ނޭނގިއިން މިޝިޔާ އަނގައަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

“ވެން ވީ މެޓް.. އައި ކޭމް ޓު ސީ ހިމް” ނައުޝާވެސް ތިރިއަށް ބަލަން އިނދެ ބުނެލިއެވެ. ދެން މީޝިޔާގެ މޫނަށް ބަލާލީ  ޝަކުވާ ކުރާ ކަހަލަ ގޮތަކަށެވެ.

“ހިބަ ގޮސްފިއްޔާ އިނގޭނެ.. ނައު މަންމައަށް އިނގޭނެ” މިޝިޔާ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރވަމުން ބުނެލިއެވެ.

“އެންމެ ދުވަހަކަށް.. މަންމައަށް ދައްކާލަން ބޭނުން.. އަޅެ މަންމަގެ މާމަ ދަރި ބަލާލުމުގެ ހައްޤެއްވެސް ނޯންނާނެތަ؟؟” 10ވަރަކަށް މިނެޓްގެ ހިމޭން ކަމަށްފަހު އެން ފަހުން މިޝިޔާ އެއްބަސް ވެއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sinnu

Level 1

Other Articles

Previous

މަންޝާ (ތިންވަނަ ބައި)

Next

މިހިތުގެ ލޯތްބެ ތީ 7

Next
March 28, 2016

މިހިތުގެ ލޯތްބެ ތީ 7

Previews
March 28, 2016

މަންޝާ (ތިންވަނަ ބައި)

20 Comments!

  1. Shifoo says:
    March 28, 2016 at 12:39 pm

    v v v reethi… ekam thankolheh kuree… dhen kon dhuvahakun up kohdheynee…

    1. Sinnu says:
      March 28, 2016 at 1:10 pm

      maadhama in shaa allah

  2. sadh says:
    March 28, 2016 at 12:55 pm

    Alhey. Miha inthizaaru kuruvaafa haadha kuda thankolheh thi genesdhiny ? Vaahaka v rythi.

  3. Sinnu says:
    March 28, 2016 at 1:07 pm

    3 vana part dhigu v ma mi part kuru mi v :D.. hehe next part dhigu vaane in shaa allah

  4. Mari says:
    March 28, 2016 at 1:29 pm

    Wow..vvvv reethi..thanxx and keep it up

  5. Aimsithu says:
    March 28, 2016 at 1:42 pm

    Haadha kurey

  6. Faathun says:
    March 28, 2016 at 1:48 pm

    Haadha kurey.. miwarun nuliyebala..

  7. aahhh says:
    March 28, 2016 at 1:55 pm

    haadha kurey… vaahaka liyun huttaalaa

  8. Zaanaa says:
    March 28, 2016 at 3:24 pm

    Akam haada kuray v reethi vaahaka

  9. T says:
    March 28, 2016 at 3:39 pm

    Nice…kury part ge thankolheh laafa new part fashaabala?I mean last part nimmaafa innaany 2 or 3 line varu

  10. T says:
    March 28, 2016 at 3:39 pm

    Nice…kury part ge thankolheh laafa new part fashaabala?I mean last part nimmaafa inna 2 or 3 line varu

  11. Aisha says:
    March 28, 2016 at 3:53 pm

    Haadha kurey

  12. xaaraa says:
    March 28, 2016 at 3:57 pm

    Koancheh mi maaakuru…. Nuliye venyya vaahaka nuliye hurey kiyaameehunn ge hiyy maru nukoh… 2folhuvayy liyefa dhen maadhen noa… Chi…

  13. A says:
    March 28, 2016 at 4:47 pm

    nice

  14. Lalla says:
    March 28, 2016 at 4:48 pm

    Nice, ekamaku mi prt maa kuru?. Nxt prt dhigu kohlachey. . .

  15. Anonymous says:
    March 28, 2016 at 7:15 pm

    Good job! Keep it up!

  16. Amee says:
    March 28, 2016 at 9:12 pm

    Uhunnn…
    Kuruviey kiyaafa thee dhen thankolheh boduvaru…
    Maadhamaa ah kehkkollabala..
    Ebuneenun maadhamaa In Sha Allah dhigu kollaanekamahhh….
    So be patient and enjoy ???

  17. j says:
    March 28, 2016 at 11:44 pm

    Nice

  18. naxoo says:
    March 29, 2016 at 9:39 am

    Alhe haada kurey….v nice

  19. Sinnu says:
    March 29, 2016 at 11:09 am

    sorry guys.. dhen in shaa allah dhigu vaane..

Comments are closed.

Next Episodeފެންނާތީ ޔާރާގެ މޫނު (5)←


All Right Reserved!