Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 5

Itxlevender
Itxlevender Level 210 Stories100 Comments100 Login
April 2, 2026 9 Mins Read
24 Comments

ކުލަ ޖަހައި، ފޮޓޯ ނަގާ މޫދަށް އެރުމަށްފަހު، އެކުދިން ގެޔާދިމާލަށް މިސްރާބު ޖެހިއެވެ. އޭރު މެންދުރު ނަމާދު ބަންގި ގޮވައިފިއެވެ. ރަށުގެ އެތަން މިތަނުން ފެންނަނީ ކުލަތަކާއި ފަޅައިގެން ގޮސްފައިވާ ފެން ޕެކެޓްތަކެވެ. މަގުމަތީ ހޭލަމޭލަވަމުން ދިޔަ މީހުންގެ މޫނުތަކުގައި ވަނީ އުފާވެރިކަމެވެ. ލިއާމެންނާއި އެކު ތިބި ކުދިން އެކި ވާހަކައިގަ ތިބެ ކުރިޔަށް ދިޔައިރު ލިއާ ހުރީ ހިމޭންވެފައެވެ.

ގެޔާއަރާ ހަމަވުމާއިއެކު ލިއާ ފިޔަވާ އެންމެންވެސް ދުއްވައިގަތީ ގޭގެ ބިއްދޮށުފަރާތުގައި ވާ އިސްކޫރާއި ދިމާލަށެވެ. ލިއާ މަޑު ހިނގުމެއްގައި އައިސް ދުރުގައި ހުރީ ހިޔާލަކަށް ގެއްލިފައެވެ. އެހެން ކުދިން ގަޔަށް ފެން އަޅައި ވެލިތަކާއި ކުލަތައް ފިލުވާފައި ގޮސް ގޭތެރެއަށް ވަނުމުން ފޫހިވެފައި ހުރެ ލިއާ ގޮސް އިސްކުރު ކައިރިއަށް ހުއްޓުނެވެ. އެ ގޭ ރާނާފައި ހުރި ގޮތުން ގޭގެ ބިއްދޮށުފަރާތާ ޖެހިގެން ވަނީ ވަލެކެވެ. އެއީ އަލަށް އާބާދުވި ހިސާބުގައި ވަރަށް ފަހުން ރާނާފައިވާ ގެތަކު ތެރެއިން ގެއެކެވެ.

ފެންހޮޅިން ގަޔަށް ފެން އަޅަމުން ދިޔަ ވަރަކަށް ގައިގަ ހުރި ކުލަތައް ފެން ހެދިފައި ބިންމަތީ ފެތުރެމުން ދިޔައެވެ. ހިމޭންކަމާއިއެކު އެމަންޒަރަށް ގެއްލިފައިވަނިކޮށް ލިއާ ސިއްސައިގެން ދިޔައީ ބާރުގަދަ އަތަކުން ލިއާގެ ކޮނޑުގައި ހިފާ ގެންގޮސް ކައިރި ހުރި ފާރުގައި ޖައްސާލުމުންނެވެ. ލިބުނު ސިހުމާއި އެކު އަތުގައި އޮތް ފެންހޮޅިއަށް ފިތާލެވުމާއިއެކު މައްޗަށް އަރައިގެން ދިޔަ ފެންތަކުން ލިއާއާއި ގާތުގައި ހުރި މީހަކުވެސް ފޯކޮށްލައިފިއެވެ.

“ރިހާން…” ލިބުނު ސިހުމާއި އެކު ލިއާގެ އަތުން ހޮޅި ދޫވިއެވެ. ތެމިގެން މޫނުމަތިން ތިރިޔަށް ފައިބަމުންދާ ފެންތަކާއި އެކު ރިހާން ފެންނަނީ ނުހަނު ފިރިހެންވަންތަކޮށެވެ. ނަމަވެސް ލިއާގެ މޫނަށް ވެރިވި ރުޅިވެރިކަމާއެކު ރިހާންގެ އަތުތެރެއިން ނިކުންނަން ގަދަ ހެދިއެވެ. ނަމަވެސް އުޅެއުޅެވެސް އެ އަތް ގުޑުވާނުލެވުނެވެ. ލިއާއަށް ކަންބޮޑުވެފައި ބަލާލެވުނީ ގޭތެރެއަށް ވަންނަން ދާން ހުންނަ ހިމަ ގޯޅިގަނޑަށެވެ. އެމަންޒަރު އެއްވެސް މީހަކަށް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ.

“އަހަރެން ރުޅި އަރުވާ ހިތުންތަ ތިއުޅެނީ…؟ ބުނީމަ ބުނާގޮތް ނެހެދެނީ ކީއްވެގެން…؟ ފޯނު ހުޅުވާށޭ ބުނިން…!” ރިހާން ރުޅިވެރިކަމާއިއެކު ވާހަކަ ދެއްކިއެވެ.

“އަހަރެން ނެތް ޝައުގެއް ރިހާން ރުޅިއަރުވާކަށް…މިރަށަށް އައީއްސުރެ މިހުރިހާ އިރުވެސް މެސެޖުކުރީމަ ހަމަ އެހާ އަޅާނުލީމޭނު…ދެން އަހަރެން ފޯނު ނިއްވާލައިގެން ތިހާވަރު ވާން ޖެހޭތަ…؟ ބުނެފީމޭނު ރިހާން ބުނާގޮތް ހަދާކަށް އަހަންނަކަށް ނުޖެހޭނޭ…ރިހާން ގޮތް ކިޔަން ދޭ ރޫޔާ ކައިރިއަށް…ލެޓް މީ ގޯ…” ދަތްކުނޑި ވިކާލައިގެން ހުރެވެސް ލިއާ ވާހަކަ ދެއްކީ މަޑުންނެވެ. އޭނާ ހުރީ ހިތް ބިރުގަނެފައެވެ. އަނެއްކޮޅުން ރުޅިއައިސް ހުއްޓަސް ރިހާން އެހާ ގާތުހައި ހުރުމުން ހިތަށް އެހާ އަސަރުކުރަމުން ދިޔައެވެ.

“އަހަރެން އިތުރަށް ރުޅިއަރުވަން ނޫޅުނިއްޔާ ރަނގަޅުވާނީ…ތި ފޯނު ހުޅުވާނީތަ…ނޫނީ……” ރިހާން އެހިސާބަށް ބުނެފައި ހުއްޓާލިއެވެ. ލިއާ އެވަގުތު ޖެހިލުންވެފައި ބަލާލުމާއެކު ރިހާން މަޑުމަޑުން މޫނު ގާތް ކޮށްލައިފިއެވެ. ލިއާ އަވަސްއަވަހަށް މޫނު އަނބުރާލުމާއެކު ރިހާންގެ އަތުން ފޮޅުވިގަންނަން މަސައްކަތް ކުރިއެވެ.

“ކިހާ ދެރަކަމެއް ދެން ރިހާން…؟ ރިހާނަށް އަހަރެން ފެންނައިރަށް ތިކަމެއް ނުކުރެވިފަ ދޯ ހުންނަނީ…؟ އަހަރެން ފޯނު ނުހުޅުވިޔަސް ތި ބުނަން އުޅޭ ވާހަކައެއް ބުނެފަ ދޫކޮށްލާ…” ލިއާއަށް މިފަހަރު ވާހަކަ ދެއްކުނީ ބާރަށެވެ.

“އޯކޭ…އެހެންވީމަ މިރޭ ޝޯ ދޭ ތަނަށް އަންނާތި…އަހަރެން މެސެޖު ކުރާނަން…އޭރުން ބުނާ ތާކަށް ބައްދަލު ކުރަން އާދޭ…އައިލް އެކްސްޕްލެއިން އެވްރިތިންގް…” ރިހާން ވާހަކަދެއްކިއެވެ.

“އަހަރެން ބޭނުމެއް ނޫން އެއްވެސް ތާކަށް ދާކަށް…ތި އެކްސްޕްލެނޭޝަންއެއްވެސް ބޭނުމެއް ނޫން…” ލިއާ ރުޅިއައިސް ހުރެ ބުންޏެވެ.

“އެހެންތަ…؟ ލިއާ ބޭނުންގޮތެއް ހަދާ…އަހަރެން ފަހެއް ނުޖެހޭނެ ލިއާ ހޯދަން މިގޭތެރެއަށް ވަންނަންވެސް…” ރިހާން އިންޒާރު ދިނެވެ. އެންމެފަހުން ކިތައްމެ ރުޅި އަޔަސް ލިއާއަށް މަޖުބޫރުވީ ރިހާން ބުނާގޮތް ހަދާށެވެ. ލިއާ އެއްބަސްވުމާއެކު ރިހާން އެންމެފަހުން ލިއާ ދާން ދޫކޮށްލިއެވެ. އަދި ވަލުތެރެއަށް ވަދެގެން ދިޔައެވެ.

ލިއާ ބޭނުންވީ ކަރުފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަންނާށެވެ. ނަމަވެސް ފުންކޮށް ދެތިން ނޭވާ ދޫކޮށްލަމުން އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. އިސްކުރު ބަންދުކޮށްލަމުން ގޮސް ގޭތެރެއަށް ވަތްއިރު އޭނާ ހުރީ ޖެހިލުންވެފައެވެ. ލިއާ ފެނުމާއިއެކު އެހެން ކުދިން ވާހަކަ ދެއްކި ގޮތުން ކުޑަކޮށް ހިތަށް ހަމަޖެހުން ލިބުނެވެ. އެމީހުންނަށް ދެންމެ ހިނގައިދިޔަ އެއްވެސް ކަމެއް އެނގޭކަށް ލިއާ ބޭނުމެއް ނުވެއެވެ.

ފޯނު ހުޅުވުމާއިއެކު ފުލުފުލުގައި ރިހާންގެ މެސެޖު އައެވެ. އެންމެ ފަހުން ފޮނުވާފައިވާ މެސެޖުގައި މިރޭ އޭނާ އެކުވެރި ކުދިންނާއިއެކު ބެރު ޖަހަން އަރާނެ ވާހަކަ ބުނެފައި އޮތެވެ. އަދި އޭނާ ބައްދަލުކުރަން ބުނަންދެން އެތަނުގައި މަޑުކުރުމަށް އެދިފައި އޮތެވެ. ބުނާ ގޮތަށް ކަންތައް ނުކޮށްފިނަމަ ކަންތައް ވަރަށް ގޯސްވާނެކަމަށް ބުނެ އިންޒާރުދީފައި ވެއެވެ.

އެއްވެސް މެސެޖަކަށް ރިޕްލައި ދިނުމެއް ނެތި ލިއާ ފޯނު ބޭއްވިއެވެ. އޭރު އެންމެ ފަހުން ފާހާނައަށް ވަތް ލައިބާ ފާހަނައިން ނިކުތީއެވެ. ލިއާ އޭނާގެ ސާމާނު ހިފައިގެން ގޮސް ފެންވަރަން ވަނެވެ.

ހަވީރު ވަގުތު އެކުދިން ނިކުތީ ރަށުތެރޭގެ ކުޅިވަރުތައް ބަލާށެވެ. ލިއާ ގެންނަންޖެހުނީ ގަދަކަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ މޫނުމަތި ވަނީ މިލާފައެވެ. ޝަމްނާ އާއި ޝައުރާގެ އިތުރުން އެމީހުންގެ ރަހުމަތްތެރިންވެސް އެކި ގޮތް ގޮތުން ލިއާގެ މޫޑު ރަނގަޅުކުރެވޭތޯ އުޅުނެވެ. ނަމަވެސް ލިއާގެ ސަމާލުކަން ވަނީ ކުޑަވެފައެވެ.

“އޯ މައި ގޯޑް…” ފޯނަށް ބަލަން ހުރި ނަހުމާ ކުއްލިއަކަށް ހުއްޓުން އެރުމާއިއެކު ބާރަށް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ލިއާއަށް ހުއްޓުންއިރު ހުރީ ފާޑަކަށް ހެވިފައެވެ. ލިއާ ފިޔަވާ ދެން ތިބި އެންމެން ތެޅިފޮޅިގަނެފައި ނަހުމާ ގާތަށް ބޮނޑިވިއެވެ. އެ ފޯނަށް ބަލާލާފައި އެންމެންވެސް ދެލޯ ބޮޑުކޮށްފައި ބަލާލީ ލިއާއަށެވެ.

ހިތް އަވަސްވެގެން އައުމާއިއެކު ލިއާއަށް އަވަސްއަވަހަށް ނަހުމާ ގާތަށް ދެވުނެވެ. އެ ފޯނު އަތުލާފައި އެއަށް ނަޒަރު ހުއްޓާލުމާއިއެކު ބޮލަށް އެނބުރުން ނޭރީ ކިރިޔާއެވެ.

ފޮޓޯގައިވަނީ ރިހާން ލިއާ މޫނުގައި ކުލަ އުނގުޅަނިކޮށް ނަގާފައިވާ މަންޒަރެކެވެ. ރިހާން އެ ފިރިހެންވަންތަ ހީލުމުގައި ހުރި އިރު އޭރު ލިއާއަށް ހުރެވުނީ މޫނުގައިވި ރިހާންގެ އަތްތިލަ ނަގަން އެ އަތުގައި ހިފައިގެންނެވެ. ރިހާންގެ އަނެއް އަތް ވަނީ ލިއާގެ އަނެއް އަތާއި އެކު ލިއާގެ އުނަގަނޑުގައި ވަށާލެވިފައެވެ. ދެމީހުން އެކަކު އަނެކެކަށް ބަލަހައްޓައިގެން ހުރި އިރު ފޮޓޯގައި ދިރުން ވާ ފަދައެވެ. އެ ފޮޓޯ ލާފައި ވަނީ އެ ރަށުގެ ނަން ޖަހާފައިވާ ފޭސްބުކް ފޮޓޯގްރާފީ ޕޭޖަކުންނެވެ. ‘އީދު އުފާ’ ގެ ނަމުގައި ލާފައިވާ އެ ޕޯސްޓުގައި ސަތޭކައެއްހާ ފޮޓޯ ވެއެވެ. ނަމަވެސް އެންމެ ގިނަ ލައިކްސް ލިބިފައި ވަނީ އެ ފޮޓޯއަށެވެ. އަދި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ‘މިއަދުގެ އެންމެ ސަޅި ޕިކް’ މިހެން ޖަހާފައި ވެއެވެ.

ބެކަށް ދިޔައިރު ނަހުމާގެ ފޭސްބުކް އެކުވެރިއެއް އެ ފޮޓޯ ވަކިން ޝެއަރ ކޮށްފައި އިނެވެ. މަތީގައިވި ލިޔުންކޮޅުގައި ‘ޕަރފެކްޓް ފޮޓޯ ޓޭކަން އެޓް ދަ ޕަރފެކްޓް ޓައިމް’ މިހެން ޖަހާފައި ރިހާނަށް ޓެގް ކޮށްފައި ވެއެވެ. ނަމަވެސް ރިހާން އެ ފޮޓޯއަށް އެއްޗެއް ބުނެފައެއް ނެތެވެ.

ނަހުމާއަށް ފޯނު ދީފައި ލިއާ އަވަސްއަވަހަށް އަމިއްލަ ފޯނުން ފޭސްބުކަށް ވަދެ ނަހުމާ ގާތު އަހާ އޮޅުންފިލުވައިގެން އެ ފޮޓޯ ނެގި ކުއްޖާ ކަމަށްވާ އަހުޒަމްގެ އައިޑީއަށް މެސެޖު ކުރިއެވެ. ދެ މިނެޓް ނުވަނީސް އަހުޒަމް ރިޕްލައި ދިނެވެ.

“ޕްލީޒް އެ ޕިކް ރިމޫވް ކޮށްދީ…” ލިއާ އެދުނެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ބޭކާރު ކަމެކެވެ.

“އިޓްސް ނޮޓް އެ ބިގް ޑީލް…އެހެން ނޫނަސް މިހާރު އެތައް ބަޔަކަށް އެ ފޮޓޯ ފެނިއްޖެ…ދެން ރިމޫވް ކުރުމުގެ ބޭނުމެއް ނެތޭނު…ރިހާން ގާތުވެސް ބުނެފަ އޮންނާނެ އެހެން…” އަހުޒަމްގެ ވާހަކަ ހުރި ގޮތުން ލިއާ މާޔޫސްވިއެވެ.

ޝަމްނާއާއި ޝައުރާ ލިއާއާއި ދިމާކުރަމުން ދިޔައެވެ. ލިއާ ރުޅިއައިސްގެން އެއްޗެކޭ ބުނުމުން އެ ދެކުދިން ހޭންފެށިއެވެ. އޭރު ލިއާ ހުރީ އިހުނަށްވުރެ މޫޑް ގޯސްވެފައެވެ. އޭނާއަށް ހީވަމުން ދިޔައީ ވަށައިގެން ކުޅިވަރު ކުޅެމުން ދިޔަ އެންމެންވެސް އޭނާއަށް ބަލަމުން ދިޔަހެންނެވެ.

އިރުކޮޅެއް ފަހުން ލިއާ، ސުމާ އަދި އަލްޔާގެ ވައިބާ ގްރޫޕަށް ސުމާ އެ ފޮޓޯ ލިއެވެ. ލިއާއަށް ލޯ މަރާ ބާރުކޮށްލެވުނީ ބޯހާސްވެފައި ހުރި މީހެއް ފަދައިންނެވެ. “މިކަމެއް ކުރަން ދޯ ތިރަށަށް ނުދެވިގެން އުޅުނީ…” މެސެޖު ކިޔާލާފައި ސުމާ ހިތްހަމަ ނުޖެހިފައި ހުރިވަރު ލިއާއަށް އެނގުނެވެ. ނަމަވެސް އެކަމާއި ބަހުސް ކުރާނެހާ ހަކަތައެއް އޭނާގެ ނެތެވެ.

މާހައުލުން ފެންނަމުން ދިޔައީ ދިވެހިންގެ އެއަބައިވަންތަކަމެވެ. ދިވެހި ފިރިހެނުން ހުދު ގަމީހާއި މުންޑުގައި ބޮލުގައި ފޮށާ އަޅައިގެން ތިބެ، މާފައްޗާއި، ދަނޑި ޖަހަމުން ދިވެހި ނެށުމުގެ ހަރަކާތްތައް ދައްކަމުން ދިޔައެވެ. ރަށުގެ ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. މާހައުލުން އިވެމުން ދިޔައީ ހުނުމާއި ސަކަރާތުގެ އަޑެވެ.

“ވަރަށް ހޫނުވޭ އެބަ…” ޝަފާ މަޑުމަޑުން ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. “އާނ އަސްލުވެސް…އަނެއްކާ ގެޔަށް ގޮސް ފެންވަރަންވީ…” ޝަފާ ބުނެލި ވާހަކައިގެ މުރާދު ނޭނގި ނަހުމާ ބުނެލިއެވެ. ޝަފާ ހޭންފެށިއެވެ.

“ކީއްތަ ވީ…؟” ނަހުމާ ހައިރާންވެފައި އެހިއެވެ.

ޝަފާ އިޝާރާތުން ދައްކާލީ އެމީހުންނަށް ބަލަން ހުރި ރޫޔާ އާއި ދެތިން ކުއްޖެކެވެ. ރޫޔާގެ ރުޅިވެރި ނަޒަރު އަމާޒުވެފައި ހުރީ ލިއާއަށެވެ. ވެގެން އުޅޭގޮތް ކޮންމެސްވަރަކަށް އެންމެންނަށްވެސް ނަގައިގަނެވުނެވެ.

“ގައިމު މިއަދު ފުއްޕާފަ ލިއާއަށް މަލާމަތްކޮށް ހީހީފަ އުޅުން އިރު ވަރަށް ވެފަތާ ހުރީ…މިހާރު ހީވަނީ މޫނުމައްޗަށް ބިހެއް ތަޅާލާފައި ހުރިހެން…ރިހާންއާއި އެކު ފޮޓޯއެއް ނުނެގުނީމަ ކަންނޭނގެ…” ޝަހުމާ ހީހީފައި ވާހަކަދެއްކުމުން ލިއާ ފިޔަވާ ދެން ތިބި އެންމެންވެސް ހޭންފެށިއެވެ. ލިއާ ހުރީ ނުތަނަވަސް ވެފައެވެ. އެތަނުން އަވަހަށް ދާން ބޭނުންވެފައެވެ.

ލިއާގެ އެދުމުގެ މަތިން އެންމެން މިސްރާބު ޖެހީ އެތަނާއި އެންމެ ކައިރީގަވާ ބީޗަށެވެ. އެހެން ކުދިން ފޮޓޯ ނެގުމުގައި އުޅުނު އިރު ލިއާ ހުރީ ދޮންވެލިގަނޑަށް ބީއްސަމުން ދިޔަ ރާޅުތަކަށް ބަލަން ފުން ހިޔާލެއްގައެވެ. އޭރު ޖެހެމުން ދިޔަ ލުއި ވައިރޯޅި ލިއާގެ އުދާސްތަކަށް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭރުވެސް އޭނާގެ ސިކުނޑީގައިވަނީ ރިހާންގެ ހިޔާލުތަކެވެ. އުމުރުގައިވެސް ވެވުނު ފުރަތަމަ ލޯބި ނާކާމިޔާބުވީއެވެ. ދިރިއުޅުމުގެ ގިނަ އިމްތިހާނުތަކުގައި މިހާތަނަށް ލިއާއަށް ކުރިމަތީލާން ޖެހިފައި ވަނީ ނާކާމިޔާބާއެވެ.

“އެކްސްކިއުޒް…” ފަހަތުން އަންހެން އަޑެއް އިވިގެން ލިއާ ބަލާލުމާއެކު ކުޑަކޮށް ސިހުނެވެ. ފަހަތުގައި ހުރީ ރޫޔާއާއި އޭނާއާއި އެކު އުޅޭ ދެތިން ކުއްޖެކެވެ. އޭރު އެމަންޒަރު ފެނިގެން ލިއާގެ އެކުވެރިންވެސް ލިއާ ގާތަށް އައުމަށް ހިނގައިގަތެވެ.

އެންމެން އެކުގައި އައިސް ލިއާއާއި އަރާ ހަމަވުމާއިއެކު ރޫޔާ އިތުރަށް ލިއާ އާއި ގާތަށް ޖެހިލަމުން ރުޅިވެރިކަމާއިއެކު ވާހަކަ ދައްކަން ފެށިއެވެ.

“ޔޫ ރިއަލީ ޓްރެވެލްޑް އޯލް ދަ ވޭ ހިއަރ ޖަސްޓް ފޯރ ސަމްވަން ދެޓް ވޯޒް ނެވަރ ޔުއަރސް…؟ ބި** ލައިކް ޔޫ އޯލްވޭސް އެކްޓް އިނަސަންޓް އަންޓިލް ޔުއަރ ކޯޓް… ޔޫ ޑޯންޓް ބިލޯންގް އިން ހިޒް ލައިފް…ޑޫ ޔޫ ފީލް ޕްރައުޑް ސްނީކިން އެރައުންޑް ވިތް ސަމްވަން އެލްސްސް ބޯއިފްރެންޑް…؟ މީހާގެ ކިރިޔާވެސް އަގެއް ހުރިއްޔާ ދެންވެސް މިރަށުން ފައިބެގެން ދޭ…ރިހާން އާއި ދުރުގަ ހުންނާތި…”

“އަހަރެން ހީކުރީ……”

“ހީކުރީ ކީކޭ ކަމަށް…؟” ލިއާ ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ރޫޔާ ކުރިޔަށް ޖެހިލިއެވެ. “ހީކުރީ ރިހާންގެ ދިރިއުޅުމަށް ވަދެގަނެގެން ތިހެން ރިހާން ޖަހައިގަނެވިގެން ގެންދެވޭނެ ކަމަށްތަ…؟” ރޫޔާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. ހަމައެއާއިއެކު ހަސަދަވެރި ކަމުގެ ކުލަވަރުވެސް ފެންނަމުން ދިޔައެވެ. ވެގެން ވާނަމަ އެ ލޮލުން އެކަނިވެސް ލިއާ ފިއްސާލައިފީހެވެ.

“ނޫނޭ…އަހަރެން މިތަނަށް އައީ ތިކަމުގައެއް ނޫން…އައި ކޭމް ހިއަރ ބިކޯޒް ޔުއަރ ސޯ ކޯލްޑް ބޯއިފްރެންޑް އާސްކްޑް މީ ޓު…ވެން އައި އާސްކްޑް ހިމް، ހީ ސެޑް ހީ އިޒް ނޯ ލޯންގަރ އިން އަ ރިލޭޝަންޝިޕް…ޓްރަސްޓްމީ…އައި ވުޑުންޓް ހެވް ކަމް އިފް އައި ނިއު ސޫނަރ…އައި ފައުންޑް އައުޓް ދަ ޓުރުތް އާފްޓަރ އައި ކޭމް ހިއަރ…ސޯ އިފް ޔޫ ވޯންޓް ޓު ބްލޭމް ސަމްވަން، ބްލޭމް ހިމް…” ރޫޔާ ވާހަކަދެއްކި ގޮތުން ލިއާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެއްޗެކޭ ނުބުނަން ހުއްޓަސް ދުލުގަ ހިފާ ދަމަންޏާ ވާނީ މިހެންނޫންހެއްޔެވެ؟

ރޫޔާގެ މޫނުމަތިން ފެންނަނީ ލިއާ ދެއްކި ވާހަކަތައް ގަބޫލު ނުކުރާ ކަމެވެ. ލިއާ ފުން ނޭވާއެއް ދޫކޮށްލަމުން އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓާލިއެވެ. ރޫޔާއަށް ފުންކޮށް ލިއާއާށް ބަލާލެވުނެވެ. އޭނާއަށް ފެނުނީ ދެމީހުންގެ ދެމެދަށް ވަންނާނެފަދަ ކުއްޖެއް ނޫނެވެ. އޭގެ ބަދަލުގައި ހިތް ކުދިކުދިވެ މާޔޫސްވެފައިވާ އަންހެންކުއްޖެއް ގޮތުގައި އޭނާއަށް ލިއާ ސިފަވިއެވެ. އިތުރަށް އެއްޗެކޭ ބުނަން އުޅެފައިވެސް ހީވީ ދުލުގައި ތަޅު އެޅުވުނުހެންނެވެ. ލިއާގެ އަޑުގައި ހުރި ރިހުން ރޫޔާގެ ހަރު ހިތަށް އަސަރުތަކެއް ކުރުވައިފިއެވެ.

ރޫޔާގެ ނަޒަރު ލިއާއަށް ހުރިކަން އެނގިގެން ލިއާ ބަލައިލިއެވެ. އޭރު ލިއާގެ ފަހަތުގައި އޭނާގެ އެކުވެރި ކުދިންކޮޅު ތިބި ގޮތުން ހީވީ ލިއާގެ ހިމާޔަތުގައި ތިބިހެންނެވެ.

“އައެމް ސޮރީ…” ރޫޔާއަށް ބަލާލަމުން ލިއާ މަޑުމަޑުން ބުނެލިއެވެ. “އަައެމް ސޮރީ ނޮޓް ބިކޯޒް އައި ޑިޑް ސަމްތިން ރޯންގް…ބަޓް ބިކޯޒް އައި ޑިޑިންޓް ނޯ…އިފް އައި ޑިޑް، އައި ވުޑް ހެވް ނެވަރ ކަމް…” މަޑުމައިތިރިކަމާއެކު ލިއާ ދެއްކި ވާހަކައިން އެތަނުގައި ތިބި އެންމެންގެ ހިތްތަކަށް އަސަރުކުރިއެވެ. ލިއާގެ އަޑު ހިމޭންވިޔަސް އެ އަޑުގައި އެތައް ހާސް ވޭނެއް އެކުވެފައި ވެއެވެ. ރޫޔާ އެއްޗެކޭ ބުނަން އުޅެނިކޮށް ނަހުމާ ރުޅިއައިސްގެން ވާހަކަ ދެއްކިއެވެ.

“އޭ ޑްރާމާ ކުއީން…މިތަނުން……” ނަހުމާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވީ އޭނާ އަތުގައި ލިއާ ހިފެހެއްޓުމުންނެވެ. ނަހުމާ ބަލާލުމާއެކު ލިއާ މަޑުމަޑުން ދެފަރާތައް ބޯހޫރާލިއެވެ. ބޭނުން ނުވިޔަސް ނަހުމާ ގޮތް ދޫކުރީ ލިއާ ހުރި ހާލަތުންނެވެ. އެހެން ނޫންނަމަ އޭނާ ހުރީ ރަނގަޅަށްވެސް ރޫޔާއާއި ޒުވާބު ކުރާ ހިތުންނެވެ. އިތުރު އެއްޗެއް ނުބުނެ ރޫޔާމެންވެސް އެތަނުން ދިޔައީއެވެ.

އިރުއޮއްސި ތަފާތު އެތައް ކުލައަކުން އުޑުމަތި ޖަރީވަމުން ދިޔައެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ޤުދުރަތުގެ ފުރިހަމަކަމެވެ. މިހުރިހާއިރު ނޫކުލައިގަ ވީ މޫދު މިހާރު ފެންނަމުން ދިޔައީ އޮރެންޖް ކުލައިގައެވެ. އޭރު އެމަންޒަރު ފޮޓޯ ނެގުމަށް ގިނަބަޔަކު އެދިމާލަށް އެއްވަމުން ދިޔައެވެ. މީހުން ގިނަވުމުގެ ސަބަބުން އުނދަގޫވެފައި ހުރި ލިއާ ޝަމްނާ ގާތު ގެއަށް ދާން އެދުނެވެ.

ހިތްހަމަޖެހޭވަރަށް ފޮޓޯ ނަގާފައި އެންމެން އެކީ ދާން ހިނގައިގަތެވެ. އެކި ވާހަކަ ދައްކަމުން ގޮސް އެންމެފަހުން ނަހުމާ ލިއާއާއި ސުވާލުކުރިއެވެ.

“ލިއާ ދެން ހަމަ މާދަން ދަނީތަ…؟” ނަހުމާ ދެރަވެފައި އެހިއެވެ. އެހެން ކުދިންވެސް ތިބީ ލިއާ މާ އަވަހަކަށް ދާން އުޅޭތީ ހިތްހަމަ ނުޖެހިފައެވެ.

“ދާންކަމަށް…” ލިއާ ފަނޑު ހިނިތުންވުމެއްގައި ބުންޏެވެ.

“އަސްލު ވެގެން އުޅޭގޮތެއް މާ ރަނގަޅަކަށް ނޭނގެ…އެކަމަކު އެނގޭ އެއްޗަކީ ލިއާ ތި ދާން އުޅޭ ސަބަބެއް ކަމުގައި ރިހާން ވާކަން…އެއީ ކާކުތަ ދެން…؟ ފޮރގެޓް ހިމް…އަހަރެމެންނާއެކު އެންޖޯއި ކޮށްލާފަ ޝައުމެން ދާއިރު ދާނީ…” ލައިބާ ލިއާ ރުއްސޭތޯ އުޅުނެވެ. އޭނާގެ ވާހަކައަށް އެހެން ކުދިންވެސް ތާއީދު ކުރިއެވެ.

“މުޅިއަކުން ތިހެނެއްވެސް ނޫން…އަސްލު މިރަށަށް އައިފަހުން ހާދަ ކަންތަކެއް ވެއްޖޭ…އައެމް ސަޕްރައިޒްޑް…އަހަރެން ދުވަހަކު ނުވެސް ދަންނަ މީހުންނަށްވެސް އަހަރެން މީ ކާކުކަން އެނގޭ…އެމީހުން ބަލާވަރުން ބިރުވެސް ގަނޭ…އަސްލު މިހެން ބޭރަށް ނިކުންނާކަށްވެސް ބޭނުމެއް ނޫން…ހިތައް އަރާ އަދި ކަމަކާ ވާވަރު ކަމެއް ކުރެވިފައި ވާނަމަ ކޮބާހޭ ސަލާމަތް…؟ މުޅިން ބީރައްޓެހި ރަށަކަށް އަހަރެން މިވަނީ ގިނަވެފައި…” ލިއާގެ ހިތުގައިވި ޝަކުވާތައް ފުނިޖެހިގެން ގޮސް އޭގެން މިންވަރެއް ބޭރުކޮށްލިއެވެ. އެވާހަކަތަކުން އެހެން ކުދިންނަށް ލިއާ ހިތުގައި ޖެހިފައި ހުރި ވަރު ހާމަވިއެވެ.

“ތީވެސް ތެދެއް…ތިކަމުގައި އަސްލު ކުށްވެރި ވަނީ ރިހާން…އޭނާ ޖެހޭ އޭނާ ފަހަތުން ކުދިން އުޅޭކަން މީހުންނަށް ދައްކަން…ދެން އެންމެންނަށްވެސް އެނގޭ އޭނާ ކިހާ ކާމިޔާބުކަން…އެކަމަކު އެހެނޭ ކިޔާފައި އެހާ ބޮޑާވާން ޖެހޭތަ…؟ އަހަންނަށްވެސް އެނގެނީ ކްލާސް ކުދިން ދައްކާ ވާހަކަތަކުން…ލިއާ ގުޅައިގެން ރޯ އިރު އޭނާ ރައްޓެހިންނަށް ފޯނުން އަޑުއިއްވާ ކަމަށް ވަނީ…ހާދަ ނުލަފާއޭ ދޯ…” ޝަފާ ވާހަކަދެއްކިއެވެ. އެކުދިން ލިއާ އާއި އެކު މި ހޭދަވި ވަގުތުތަކުގައި ލިއާ ފަރާތުން މީހުން ސިފަކުރާކަހަލަ އަޙުލާގު ދަށް ކުއްޖެއް ކަމުގައި ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ މަޑުމައިތިރި އެހެން މީހުންނަށް އެހީވުމުގައި އިސްނަގާ ކުއްޖެއް ގޮތުގައެވެ.

“އަސްލު ލިއާވެސް ޖެހޭނެ އަމިއްލަ ސެލްފް ރެސްޕެކްޓް ހިފަހައްޓަން…ލިއާ ތިހެން އޭނަ ފަހަތުން މާވަރަކަށް އުޅޭތީ ފޮނި ބޮޑުވަނީ…ޓްރައި ޓު މޫވް އޮން…މީ ހަމަ ލިއާއަށް ރަނގަޅަކަށް ބުނާ އެއްޗެއް…” ލައިބާ ވާހަކަ ދެއްކިއެވެ.

ލިއާގެ ޖަވާބަކަށް ވީ ހިމޭންކަމެވެ. މަޑު ހިނގުމެއްގައި ކުރިޔަށް ދިޔައިރު އެ ސިކުނޑީގައިވާ އެއްޗެއް އެއްވެސް މީހަކަށް ދެނެނުގަނެވުނެވެ.

ގެޔަށް އައިސް ނަމާދުކޮށްލައިގެން އެހެން ކުދިން ކޮފީއެއް ބޯން ބަދިގެޔަށް ދިޔައިރު ލިއާ ޖައްސާލީ އެނދުގައެވެ. އޭރު އޭނާގެ ބޮލުގައިވެސް ކުޑަ ރިހުމެއް ހުއްޓެވެ. ލޯ މަރާލައިގެން އެހެން އިރުކޮޅަކު އޮއްވާ ފޯނު ވައިބްރޭޓް ވާތީ ބަލާލިއިރު ގުޅަނީ ރިހާންއެވެ. ލިއާގެ މެޔަށް ފިނިވެގެން އައެވެ. ސަބަބަކީ ރިހާންއަކީ އާއްމުގޮތެއްގައި މީގެ ކުރިންވެސް ލިއާއަށް ގުޅާއުޅޭ މީހަކަށް ނުވާތީއެވެ. ރިހާންގެ ކޯލް ފެންނަ ކޮންމެ ފަހަރަކު ލިއާގެ ހިތަށް ކުރެވެނީ ބަޔާންކުރަން ނޭނގޭ އިހުސާސެކެވެ.

ނަގަން ނުނަގަން އިންދާ ފޯނު ކެނޑިއްޖެއެވެ. އެވަގުތު މެސެންޖާއިން މެސެޖެއް އައުމުން ބަލާލިއިރު ރިހާން ފޮނުވާފައި އިނީ ލިއާ އުޅޭ ގޭގެ ފޮޓޯއެކެވެ. ފޮޓޯ ނަގާފައި ހުރި ގޮތުން އެއީ ވަލުތެރޭ ހުރެ ދެންމެ ނަގާފައިވާ ފޮޓޯއެއްކަން އެނގެއެވެ. “ވަންނަންވީތަ…؟” ލިއާ ފޮޓޯ ބަލައިފިކަން އެނގުމުން ރިހާން މެސެޖު ކުރިއެވެ.

“އަހަންނަށް އެނގޭ ރިހާންއަކަށް ނުކެރޭނެކަން…” ހިތް ބިރުން ތެޅެމުން ދިޔަ ނަމަވެސް ލިއާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“ވޮޗް މީ…” ރިހާންގެ މެސެޖު ފެނުމާއި އެކު ލިއާ ތެޅިގަނެފައި ރިހާންއަށް ގުޅިއެވެ.

“ނާންނާތި ޕްލީޒް…ރިހާން ތިއުޅެނީ އަދިވެސް އަހަރެން މިރަށަށް ބޭޒާރުވެފައި ހުރިވަރު ކުޑަވެގެންތަ…؟” ލިއާ ދެރަވެ ހިތްހަމަ ނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ.

“ލިއާ ދޯ މާ ގޮތްދޫނުކުރަން ތިއުޅެނީ…މި ގުޅީ ރިމައިންޑަރ އެއް ދޭން…މިހާރު ދައްކަން ޖެހޭ އިތުރު ވާހަކައެއްވެސް އެބައިން…މިރޭ ހަނދާންކޮށް ޝޯވ ދޭ ތަނަށް އަންނާތި…އަހަރެން މެސެޖު ކުރީމަ އަހަރެން ބުނާ ތަނަކަށް އާދޭ…” ރިހާންގެ އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ.

“ކޮންމެހެން އަދި ތި ޝޯވ ބަލާ ތާކަށް ދާން ޖެހޭތަ…؟ އަހަރެން ނޫޅެން ރިހާން ބެރު ޖަހާތަން ނުބެލިގެން…” ލިއާ ބުނެލިއެވެ.

“އަހަރެންވެސް ނޫޅެން ލިއާއަށް ދެއްކޭކަށް…ބުނީމަ ބުނާ ގޮތް ހަދާނީތަ ނޫނީ……؟” ރިހާން އެހިސާބަށް ބުނެފައި ހުއްޓާލިއެވެ.

“ގޮސްފާނަމޭ…!” ދަތްކުނޑި ވިކާލައިގެން ދެލޯމަރާ ފިއްތާލައިގެން އިނދެ ލިއާ ބުންޏެވެ. އޭނާ ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަންނާށެވެ. ބޭނުން ނުވާ ކަމަކަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރަމުން ދިއުމުގެ ސަބަބުން ބޮލުގައިވި ރިހުންވެސް ގަދަވަމުން ދިޔައެވެ.

ލިއާގެ އާބަސް ލިބުމުން ރިހާން ފޯނު ކަނޑާލީ ނުގޮސްފިނަމަ ދެން ކަންތައް ކުރާނެ ގޮތުގެ އިންޒާރުވެސް ދީފައެވެ. ފޯނު އެނދުމައްޗަށް އެއްލާލިއިރު ލިއާގެ ލޮލުން ކަރުނަ އައިސްފިއެވެ. ރިހާންދެކެ އޭނާ ވާ ލޯބީގެ ބޭނުން ރިހާން ހިފަމުންދިޔައީ ވަރަށް ފުރިހަމައަށެވެ.

ގަޑީގެ ކަށި ހިނގަމުން އައިސް ލިއާ އެންމެ ބޭނުން ނުވި ވަގުތު ޖެހުނެވެ. އިރުކޮޅެއް ކުރިން ބޯކޮށް ވާރޭ ވެހުނު ވަގުތު ހިތްހަމަ ޖެހިފައި ހުރީ އެތަނަށް ދާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ދިހަ މިނެޓްވަރު ފަހުން ވާރޭވެސް ހުއްޓައިފިއެވެ.  މޫޑުގޯސްވެފައި ހުރެ، އޭނާ ތައްޔާރުވީވެސް ވަރަށް އާދައިގެ ގޮތަކަށެވެ. މަޑު ރީނދޫ ކުލައިގެ ގަމީސް މަތިކޮޅާއިއެކު އައިސްބްލޫ ޖިންސެއްގައި ހުރި އިރު އެ ރާޅުބާނި އިސްތަށިގަނޑުވަނީ ފަހަތައް އައްސާލަފައެވެ. މޫނުގައި ފުއްކޮޅެއް ޖަހާލުން ފިޔަވާ އިތުރު އެއްޗެއް ބޭނުމެއް ނުކުރެއެވެ. ނަހުމާ އާއި ލައިބާ ވަރަށް ކިޔައިގެންވެސް ހަމަ ހިލާ ލިޕްސްޓިކް ކޮޅެއްވެސް ޖައްސާލަން ގަބޫލުނުވިއެވެ. އެންމެފަހުން ޝައުރާ އަދި ޝަމްނާއާއި ހުރެ ބޮލަށް އުނދަގޫ ވެގެން ލިޕްގްލޮސްކޮޅެއް ހާކާލިއެވެ.

ނުވައެއް ޖެހި އިރު ޝޯވ ދޭ ތަނަށް ދެވުނު އިރު ޝަފާ އާއި ޝަހުމާގެ އިތުރުން ދެކުއްޖަކުވެސް ހުއްޓެވެ. ލިއާމެން އައުމާއެކު އެކުދިން އެމީހުން ގާތަށް އައެވެ. އެ ހިސާބުގައި ކޮނެމެވެސް ވަރަކަށް ފެންގަނޑު ހެދިފައި ވެއެވެ. މާހައުލުގައި ވަނީ ތެތްފިނިކަމެވެ. އޭރު ސްޓޭޖުގައި ހޯސްޓަކަށް ހުރި މީހާ ވާހަކަ ދައްކަމުން ދިޔައެވެ. ކުރިޔަށް އޮތް އައިޓަމްތައް ކިޔައިދެމުން ދިޔައިރު މާހައުލު ގުގުމާލާފައި ވަނީ ހުނުމާއި ސަކަރާތުގެ އަޑުންނެވެ. މީގެން އެއްވެސް ކުލަވަރެއް ފެންނަން ނެތީ ލިއާގެ ފަރާތުންނެވެ. އޭނާ ހުރީ ފޫހިވެ ރުޅިއައިސްފައެވެ.

އައިޓަމަކަށް ފަހު އައިޓަމެއް އަންނަމުން ގޮސް ރިހާންމެންގެ ބެރު ގްރޫޕް އެރިއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި އެކު ކަޅު ޖެކެޓެއް ލައިގެން ހުރި އިރު ލާފައި ހުރި ޖިންސްވަނީވެސް ކަޅުކުލައިގައެވެ. ބެރު ޖެހުމަށް ވުރެ ހީވަނީ ބޭރު ގައުމެއްގައި ޝޯވ ދޭން އަރާ ހުރި ތަރިއެއްހެންނެވެ. ރިހާންއާއި އެކު ޖުމްލަ ހަތަރު މީހުން ބެރު ޖެހުމުގައި ހުރި އިރު އެ ގްރޫޕުގެ ގިނަ ބަޔަކު ތިބީ ފަހަތުގައެވެ. އެމީހުންގެ އައިޓަމް ފެށުމާއެކު އެއްވެ ތިބި މީހުންގެ ފޯރިދިނުމުގެ އަޑު ގަދަވިއެވެ.

އައިޓަމަކަށް ފަހު އައިޓަމެއް އަންނަމުން ގޮސް ރިހާންމެންގެ ހަވަނަ ލަވަ އަންނަމުން ދިޔަ ވަގުތެވެ. އޭރު ލިއާއަށް ފޯނުން ބެލެމުން ދިޔައީ ގަޑިއަށެވެ. އޭނާ އިތުރަށް އެތާ ހުންނާކަށް ބޭނުމެއް ނުވިއެވެ. އިރުކޮޅެއް ކުރިންވެސް ގިނަ ބަޔަކު އޭނާއަށް ބަލަމުން ދިޔަ ގޮތުން ލިއާ ހުރީ ހިތް ނުތަނަވަސްވެފައެވެ. މިވަގުތު އެންމެންގެ ސަމާލުކަން ރިހާންމެންނަށް ދެވިފައިވާ ގަޑީ ލިއާ ބެލީ އެތަނުން އަވަހަށް ދެވޭތޯއެވެ.

“މިތާ ހުންނާކަށް ބޭނުމެއް ނޫން…އައެމް ލީވިން…ރިހާން ބޭނުންހާ ގޮތެއް އަހަންނަކަށް ނުހެދޭނެ…” ރިހާނަށް މެސެޖު ފޮނުވާލުމާއެކު ލިއާ ދެން ވާހަކަ ދެއްކީ ނަހުމާމެންނާއެވެ. ބޮލުގައި ރިއްސާވަރުން ގެއަށް ދަނީ ކަމަށް ބުނުމުން އެކުދިންވެސް އިތުރަށް ލިއާ ހުއްޓުވާކަށް ނޫޅުނެވެ. އެކަނި ދާން އެނގޭނެ ކަމަށް ބުނުމުން ލިއާއާއި އެކު އަންނަން އުޅުނު ނަހުމާ އާއި ޝަމްނާ މަޑުކޮށްލިއެވެ.

ކަންދިމާވިގޮތުން ރިހާންގެ ފޯނު އޮތީ ފަހަތުގައި އަތްޖަހަން ތިބި ކުދިންގެ ތެރެއިން ކުއްޖެއްގެ އަތުގައެވެ. ފޯނު ވައިބްރޭޓްވުމާއެކު އެކުއްޖާ ފޯނު ބަލާލުމުން ލިއާ ކޮށްފައި އިން މެސެޖް ޑިސްޕްލޭއިން ފެންނަން ހުއްޓެވެ. އެކުއްޖާ މަޑުމަޑުން ރިހާންއާއި ކައިރިއަށް ޖެހިލާފައި ސިއްރުން އެއްޗެކޭ ބުނެލިއެވެ. އޭރު އެމީހުން ހުށަހަޅަމުން ދިޔަ ލަވަވެސް ނިމެނީއެވެ. ރިހާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

ލަވަ ނިމުމާއެކު ރިހާންގެ އުނަގަނޑުގައި އަޅުވާލާފައިވާ ބެރު ނައްޓަމުން ފަހަތުގައި ތިބި ކުއްޖެއް ތެރެއިން ކުއްޖަކަށް ގޮވާލިއެވެ. އެކުއްޖާ އައުމާއެކު އޭނާއާއި ބެރު ހަވާލުކޮށްފައި ފޯނު ހިފައިގެން އޭނާ ދުއްވައިގަތީ ބެކްސްޓޭޖުން ފައިބާށެވެ. އެމީހުން ވާނުވާގައި ތިއްބާ ރިހާންގެ ފޯނު ގެންގުޅުނު ކުއްޖާ ރިހާން ދިޔައީ ގެއިން އާޖެންޓް ކަމެއް ޖެހިގެންނޭ ބުނެ ހަމަޖައްސާލިއެވެ.

ނުނިމޭ

Follow my page 💗 https://www.instagram.com/lavendertales14?igsh=MmMwY3Jpb3hhNjFo&utm_source=qr

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ރިހި ހަނދުވަރުގެ ސިއްރު

Next

ދެވުނީ ވޭނޭ 58

Next
April 2, 2026

ދެވުނީ ވޭނޭ 58

Previews
April 2, 2026

ރިހި ހަނދުވަރުގެ ސިއްރު

24 Comments!

  1. Konmess Kujjeh says:
    April 2, 2026 at 2:13 pm

    “Aharen noolhen Rihanna beru jahaa than nubeligen” AHAHAHA IM DYING 😭🤣🤣

    1. Itxlevender Itxlevender says:
      April 2, 2026 at 2:26 pm

      Hehe I didn’t realize that scene was funny until I saw this comment 😂😂😂

  2. aimee says:
    April 2, 2026 at 4:11 pm

    Vv reethi when next?

    1. Itxlevender Itxlevender says:
      April 2, 2026 at 4:56 pm

      Soon IA 💗

  3. Ham says:
    April 2, 2026 at 6:54 pm

    Wait..why do I feel like this is real? 😭 Anyway, mi story vvv interesting 🩷 is teenagers aa gulhey kahala story eh it’s really addictive 😍 my favourite story in this site now 🥰 but I don’t know why I do feel like this story is very real. Or maybe it’s because you described Leah’s feelings really well 😍 you’re a potential writer 😘

    1. Itxlevender Itxlevender says:
      April 2, 2026 at 6:57 pm

      Awww this is the best comment I’ve got 🥹🥹 Thank you so much 😭💗🥰 This means a lot

  4. Noya says:
    April 2, 2026 at 6:55 pm

    OMG what will rihan do next? 😳😳 Next part up kohdheebaaa

    1. Itxlevender Itxlevender says:
      April 2, 2026 at 6:57 pm

      Let’s see 😅

  5. Kiwi says:
    April 2, 2026 at 7:02 pm

    Im inlove with this story already. Varah kiyaa hithun hama mi kiyanee. Real life aa varah relatable this story. Cant wait for the next part. Keep it up!!🤍

    1. Itxlevender Itxlevender says:
      April 2, 2026 at 9:29 pm

      Aww thank you sweetyyy 🥰💗

  6. Rihan says:
    April 2, 2026 at 9:35 pm

    Wow I’m the bad guy? Anyway this story is really interesting 😍 can’t wait for the next part

    1. Itxlevender Itxlevender says:
      April 2, 2026 at 9:50 pm

      My goodness 💀 thanks 😅💗

  7. Aloo says:
    April 2, 2026 at 9:36 pm

    Wait…….I think I know who the author is😆❤️

    1. Itxlevender Itxlevender says:
      April 2, 2026 at 9:51 pm

      Ohnooo 💀🤫

  8. Meesh says:
    April 2, 2026 at 9:37 pm

    Can’t wait for the next part. What’s rihans next move? I’m curious 😭

    1. Itxlevender Itxlevender says:
      April 2, 2026 at 9:51 pm

      Let’s see 😭💗

  9. Sheex says:
    April 2, 2026 at 10:50 pm

    Omg V reethi V creative part eh
    Alhey e rihaakuru gadu vejjeh nu liaa dhookohlan dww?
    DM I call him rihaakuru cuz he is a red flag but seems sweet like rihaakuru!
    Hehehe!
    Can’t wait for the next part 〽️

    1. Itxlevender Itxlevender says:
      April 3, 2026 at 12:51 am

      Ahaha you’re funny 😂💗 soon IA

  10. Anonymous says:
    April 3, 2026 at 1:39 am

    Mj part vx v reethi Ma Sha Allah 😍😍 hithah araa goss reehan gaiga jahan vx 😭😭i feel bad for lia 🥹 curiously waiting for the next part. When nxt 🤍

    1. Itxlevender Itxlevender says:
      April 3, 2026 at 1:44 am

      Ahah he deserve it 😭 thank you so much 💗 next part soon IA 💗

  11. Aishath Limsha Aishath Limsha says:
    April 5, 2026 at 4:20 pm

    Masha Allah 😍 vaahaka varah furihama… Furathama feshunu episode thakuga baeh basthah beynun kohfa huri varah vure mihaaru improve vefa hurikan faahaga kohlan👍🏻
    Andd charactersge Nanthah vrh reethi and thafaathu 😍
    Curiously waiting for the next episode 🤍

  12. Meesh says:
    April 5, 2026 at 9:45 pm

    koabaa next part?????? Haadha laheyyy can’t wait

    1. Anonymous says:
      April 6, 2026 at 1:12 am

      I already submitted ☺️

    2. Itxlevender Itxlevender says:
      April 6, 2026 at 1:15 am

      I already submitted ☺️

Comments are closed.

Next Episodeލޯބިން ބުނާތީ 6←


All Right Reserved!