Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ…. (27)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
April 2, 2016 6 Mins Read
19 Comments

 

ނީރާ މާލޭގެ ބިމުގައި ފައި ޖެހުމާއި އެކު ނުބައި ގޮތަކަށް ހިތްތެޅިލިއެވެ. ނީރާއަށް އެ ހުރިގޮތަށް ހުރެވުނީ އެހެންވެގެންނެވެ. އިތުރަށް ފިޔަވަޅެއް އަޅަންވެސް ނޭނގިފައެވެ. ރިޝާން ނީރާގެ ގައިގާ ކުޑަކޮށް ކޮށްޓާލިއެވެ. ނީރާ ކުއްލިއަކަށް ތެޅިގަނެވުނެވެ. އަދި އިތުރު އެއްޗެކޭ ނުބުނެ ކުރިއަށް ހިނގައިގަތެވެ. “ނީއްކޮ އައިސްލަންވީނު އަހަރެންގެ ގެއަށް މިހާރު…. އިނގޭތަ.. މިއަދު އަހަރެންގެ ކޮއްކޮވެސް އައިއްސި… އެއްކޮށް ކިޔަވާ ނިމިގެން….” ރިޝާން ބުނެލިއެވެ. “ހެހެ އެހެންތަ…. އެހެންވެ އެހާ އަވަހަށް އަންނަން ތި ނިންމީ ދޯ.. އެކަމް މިހާރުވަރަށް ވަރުބަލިވެއްޖެ… މާދަން ދޯ ދެން ބައްދަލުކޮށްލާނީ.. ގެއަށް ގެންނަންވީނު.. އޭރުން ދައްތަމެންނާއިވެސް ބައްދަލުކޮށްލެވޭނެ..” ނީރާ ހިޔާލެއް ދިނެވެ. ރިޝާން އެ ހިޔާލާއި އެއްބަސްވެލިއެވެ. އަދި ނީރާ ޓެކްސީއަަކަށް އެރުވުމަށްފަހު އޭނާވެސް ގެއާއި ދިމާލަށް ދިޔައީ ޓެކްސީއެއް ހޯދައިގެންނެވެ.

ނީރާ ގޭ ދޮރުމައްޗަށް އަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ބެލްޖަހާލިއެވެ. އިރުކޮޅެއްވެސް ނުވެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރު ހުޅުވާލައިގެން ހުރި ފާތުމަތު ހުރީ ދެލޯބޮޑުކޮށްލައިގެންނެވެ. ނީރާ އެހާ އަވަހަށް އައުމުންނެވެ. “ނީ…ނީއްކޮ…” އިހްތިޔާރަކާއި ނުލާ ފާތުމަތު އަށް ބުނެލެވުނެވެ. ނީރާ ދެބުމަ ގޮށްޖަހާލަމުން ފާތުމަތު ގެ ލޯ ކައިރި އަތްހިންގާލިއެވެ. “ސަޕްރައިޒްޒްޒް” ނީރާ ފާތުމަތު ގައިގާ ކުޑަކޮށް ބައްދާލިއެވެ. ފާތުމަތު އަށް ހުރިގޮތަށް ހުރެވުނީއެވެ. ކަންތަށް ވެގެން މިދަނީ މުޅިން ގޯހަށެވެ. ނީރާ ހީކުރީ ފާތުމަތުއަށް އެހެންވީ ނީރާ ކުއްލިއަކަށް ފެނުމުންކަމަށެވެ. ނަމަވެސް ފާތުމަތު ވިސްނަމުން ދިޔައީ ނީރާއަށް ދެން ލިބެން އުޅޭނެ ހަބަރު އިވި ވާނެ ގޮތާއި މެދުގައެވެ. ނީރާ ފާތުމަތު އާއި ދުރަށްޖެހިލި އިރުވެސް ފާތުމަތު ހުރީ ހިޔާލަކަށް ގެއްލިއެވެ. “ހެލޯ ފާތޫ…. ދެން ތިހާ ޝޮކްނުވެބަ…. ކޮބާ ދައްތަ.. އެން އަކޫބެ.. އައި ހޭވްއަ ބިގްގްގް ސަޕްރައިޒް… އަވަހަށް ގޮވާބަ..” ނީރާ އެތެރެއަށް ވަންނަމުން ބުނެލީ ފުޅާ ހިނިތުންވުމަކާއި އެކުގައެވެ. ފާތުމަތު ދޮރު ލައްޕާލަމުން އެތެރެއަށް ވަނެވެ. “އެބަތިބި ސްޓަޑީ ރޫމްގައި…. އެބަ އަންނަން ގޮވައި…..” “އުނހު އަޅުގަނޑު ގޮސްދާނަން.. ފާތު ވެސް އާދޭ… ފާތުވެސް ޖެހޭނޭ މިހަބަރު ދޭއިރު ހުންނަން… ޔޫ އާރ ފެމިލީއެއްނު ހަމަ..” ނީރާ ފާތުަމަތުގެ އަތުގައި ހިފާލަމުން ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

…..

“އަކޫ….. އަހަރެން ހަމަ ބިރުގަންނަނީ.. ނީރާ ކުރި އިންތިޒާރު… އަހަރެން ހިއެއް ނުކުރަން ޝާއިން އެގޮތަށް…… ” އާޝިޔާ މެދުކަނޑާލިއެވެ. އެދެމީހުން ތިބީ ސްޓަޑީ ރޫމްގައެވެ. އެކޮޓަރި ވަށައިގެންވަނީ ތަފާތު ވައްތަރުގެ ފޮތްތަކެވެ. އަދި މެދުގައި ބޮޑު ސޯފާ ސެޓެކެވެ. ދެމީހުން ތިބީ ފުން ހިޔާލެއްގައެވެ. ނިދިވެސް ފިލާފައެވެ. ކުއްލިއަކަށް ދެމީހުންނަށް ސިއްސައިގެން ގޮސް ދޮރާއި ދިމާލަށް ބަލައިލެވުނީ ދޮރު ހުޅުވިގެން ދިޔުމުންނެވެ. އެއާއި އެކު ދެމީހުންނަށްވެސް އެ ދިމާ ނޫން އެހެން ދިމާލަކަށް ބަލައިވެސް ނުލެވުނެވެ. ކަޅިވެސް ޖަހައި ނުލާ ދެމީހުންނަށް ލިބެވުނީއެވެ. “ސަޕްރައިޒްޒްޒް…” ނީރާ އެތެރެއަށް ވަދެލަމުން ބުނެލިއެވެ. އަކުރަމްއަށްވެސް އަދި އާޝިޔާއަށްވެސް ގަނޑުވެފައި ތިބެވުނީއެވެ. “ނީ….ނީރާ……………..” އާޝިޔާއަށް ބުނެލެވުނީ ހިންދިރުވާލަމުންނެވެ. އެއަށްފަހު އަކުރަމްއާއި ދިމާ ބަލައިލިއެވެ. “ދެން ތިހާ ޝޮކްވާކަށް ނުވާނެ… ދައްތަވެސް ދޯ..” ނީރާ ފާތުމަތު އެތެރެއަށް ވެއްދުމަށްފަހު ދޮރު ލައްޕާލިއެވެ. އަކުރަމްއާއި އާޝިޔާ ފާތުމަތުއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަ ނުތަވަސްކަމުގެ ސަބަބުން އޭނާއަށްވެސް ހުރީ ޝޮކެއްގައި ކަން އިނގުނެވެ. “އަޅުގަނޑަށް އިނގޭ ސަޕްރައިޒްވާނެކަން ފެނުނީމަ.. އެކަމް ތިވަރު ވާނެކަމަކަށް ހިއެއް ނުކުރަން.. ފާތުވެސް ހުރީ ހަމަ ޝޮކެއްގަ.. ހެހެހެ.. އަކޫބެ.. އައި ހޭވް ވަން މޯރ ސަޕްރައިޒް ފޯރ ޔޫ” ނީރާ ބުނެލިއެވެ. އާޝިޔާއާއި އަކުރަމް ސޯފާއިން ތެދުވެލިއެވެ. ނީރާ އެމީހުން ތިބިގޮތުން ހީކުރީ އަނެއް ސަޕްރައިޒް އިނގެން ބޭނުންވެފައި ތިބީކަމަށެވެ. “އަކޫބޭ… ލޭންޑް ލިބުނީ އޯ…. ޔޭ…….” ނީރާ އުފަލުން ފުންމާލަމުން ބުނެލިއެވެ. އަކުރަމްއަށް އާޝިޔާއާއި ދިމާ ބަލައިލުމަށްފަހު ކުޑަކޮށް ހިނިތުންވެލިއެވެ. އެ ބިން ލިބުނީތީ އުފާވިއެއް ކަމަކު ދެން ވާން އުޅޭ ކަމާއި މެދު މާ ބޮޑަށް އެމީހުންގެ ސިކުނޑި ދިޔައީ ވިސްނަމުންނެވެ. “ހޭ.. ދެން އަދިވެސް ޝޮކެއްގައިތަ.. ސްމައިލް… ލޭންޑް ލިބުނީއޭ ދެން އަކޫބޭ…” ނީރާ އަކުރަމް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

އަކުރަމް ގަދަކަމުން ނަމަވެސް ފުޅާ ހިނިތުންވުމެއް ދެމުން ނީރާ އޭނާއާއި ގާތްކޮށްލިއެވެ. އަދި ނީރާގެ އިސްތަށިގަނޑުގައި ފިރުމާލުމަށްފަހު ބޮސްދިނެވެ. “ތެންކިޔޫ ބޭބީ ގާލް…. ނީއްކޮ އަކީ އަބަދުވެސް ބޭބެމެންނަށް ލަކީ ޗާރމް އެކޭ…. ބޭބެ އުފާވޭ ލޭންޑް ލިބުނީމަ.. އަދި އެއަށްވުރެ ބޮޑަށް ނީއްކޮ ގެ އެހީގައި ލިބުނީމަ.. ތެންކިޔު ސޯ މަޗް..” އަކުރަމް ހިންދިރުވާލުމަށްފަހު އަޑުގައި ކުޑަކޮށް އުފާވެރިކަމެއް ދައްކަމުން ބުނެލިއެވެ. އާޝިޔާވެސް ނީރާ ގައިގާ ބައްދާލިއެވެ. އެވަގުތު އެނާ ހުރީ ރޮވެން ކައިރިވެފައި ކަމުން ނީރާ ގައިގާ ބައްދާލެވުމާއި އެކު ހިންދަމުން ދިޔަ ކަރުނަތަށް ނުހިފެހެއްޓި ލޮލުން ފައިބަމުން ދިޔައެވެ. “ހޭ އާޝިއްތާ ރޮނީތަ.. ދެން އަދި އެމޯ ވާނެ މާ އަވަހަށް…. ހެހެހެ….” ނީރާގެ އުފާވެރިކަން ފެނިފައި އެމީހުންނަށް ނީރާ ކައިރި އެވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ. ނީރާ އެހާ އުފާވެފައި ހުރިތަން މިފެނުނީ ވަރަށް ދުވަސްފަހުންނެވެ. އެކަން ނިގުޅައިގަންނަން ބޭނުމެއްނުވިއެވެ. ނީރާ އެތަކެއް ވާހަަކަތަކެއް ދެއްކިއެވެ. އެ ރަށުގު ރީތިކަމާއި އެ ބިން ލިބުނު ތަނާއި އެތަނުގައި ކޮމްޕެނީ އެޅުމުގެ މުހިއްމުކަން ނީރާ ކިޔައިދިނެވެ. އެ އެންމެންވެސް އެކަމަށް ސަމާލުވާކަމަށް ހެދިގެން ތިއްެބެއްކަމަކު އެ އެންމެންވެސް ތިބީ ހާސްވެފައެވެ. “ނީއްކޮ ދެން ކާންދާންވީނު…..” އާޝިޔާ ބުނެލިއެވެ. ނީރާ ތުން ދަމާލުމަށްފަހު ކާ ހިތެއް ނެތޭ ބުނެލިއެވެ. އަދި ނިދާލަން ދާން ބޭނުމޭ ބުނެލިއެވެ.

ނީރާ ސްޓަޑީ ރޫމް އިން ނިކުމެގެން  އޭނާގެ ކޮޓަރިއަށް ދާން މިޝްރާބްޖެހީ އެންމެންނަށްވެސް ބާއްޖަވެރި ރޭގަނޑަކަށް އެދުމަށްފަހު އެވެ. އާޝިޔާ މެން ތިބީ ހާސްވެފައެވެ. ޝާއިންއަކަށް ނީރާ އުޅެނީ މިގޭގައި ކަމެއް ނޭނގޭނެއެވެ. ހަމައެހެންމެ ނީރާއަކަށް ޝާއިން އައި ކަމެއް ނޭނގޭނެއެވެ. އަކުރަމް ދެމީހުން ހިތްހަމަ ޖައްސާލީ މާދަމާ ކަން ވާނެގޮތަށް ކަންވުމަށް ދޫކޮށްލުމަށް ނަސޭހަތްތެރިވަމުންނެވެ. އަދި އަވަހަށް ނިދަން އުޅޭށޭ ބުނެ ކޮޓަރިއާއި ދިމާލަށް މިޝްރާބްޖެހީ ފާތުމަތުވެސް ދިޔުމުންނެވެ.

ނީރާ ލަވައެއްގެ ރާގެއް ކިޔާލަމުން ޝާއިންގެ ކޮޓަރި ހުރަސްކޮށް އޭނާގެ ކޮޓަރިއަށް ވަނެވެ. ނީރާ ކޮޓަރިއަށް ވަނެއްކަމަކު ނިދާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ފާހަނައަށް ވަދެ ފެންވަރާލައިގެން ނިކުމެލީ ހަމައެކަނި ޓީސާޓް ކޮޅެއް ލައިގެންނެވެ. އެ ޓީސާޓްކޮޅު އަރަނީ ނީރާގެ ކަކުލާއި ހަމާލަށެވެ. ނީރާ ގޮސް ދޮރު ތަޅުލެވިފަތޯ ޔަޤީންކޮށްލިއެވެ. އެއަށްފަހު ސޯފާ ސެޓްގައި އިށީނދެލީ ގިޓާ ހިފައިގެންނެވެ. ކުރިމަތީ ހުރި ބިއްލޫރި މޭޒުމައްޗަށް ދެފައި ދަމާލުމަށްފަހު އަތަށް ގިޓާ ހެޔޮވަރުކޮށްލިއެވެ.

………

ޝާއިން އަށް ހޭލެވުނީ ހަމަ ކުއްލިއަކަށެވެ. އޭރު މީހާ އޮތީ ދާޙިއްލާ ފޯވެފައެވެ. ޝާއިން ފޫހިގޮތަކަށް އެނދުން ތެދުވެލާ މޯޅިއަކަށް ދެމިލިއެވެ. އެއަށްފަހު ފެންވަރަށް ވަދެލިއެވެ. ނިދި ބަރުވެފައި ހުރި ލޮލުގައި ފެން ތިކިތަށް ޖެހުމާއި އެކު ނިދި ފިލިފަދައެވެ. ޝާއިން ފެންވަރާލުމަށްފަހު ހަމައެކަނި ސޯޓެއް ލައިގެން އެނދުމަތީ ޖައްސާލިއެވެ. އެހެން އިނުމަށްފަހު ޝާއިން ކޮޓަރިއާއި ގުޅިފައި އިން ބެލްކަނީއަށް ނިކުމެލިއެވެ. އެއަށްފަހު އެއާއި ޖެހިގެން ހުރި ބެލްކަނީއަށް ބަލައިލިއެވެ. އެއީ ނީރާގެ ކޮޓަރީގެ ބެލްކަނީއެވެ. އެ ބެލްކަނީއާއި ޝާއިންގެ ބެލްކަނީ އިންނަނީ ގުޅުވާފައެވެ. ނަމަވެސް ދެ ކޮޓަރީގެ ވަކިވާނެހެން މެދުގައި ކުޑަ ފާރެއްލާފައި އިނދެއެވެ.  އެތަށް ރެއަކު ނީރާއާއި ޝާއިން އެ ފާރު ބުރިމަތީ ތިބެގެން ލަވަ ކިޔާ ކައި ހެދިއެވެ.

އެތަންވެސް ތަފާތެވެ. މާ ގަސްތަކެއް ހުއްޓެވެ. އެއީ އާޝިޔާގެ ކަމެއްކަމަށް ހިތާ ޝާއިން ހިނިތުންވެލިއެވެ. ޖެހޭ މަޑު ވައިރޯޅިއާއި އެއެކު މާގަސްތަކުގެ މީރުވަސް ނޭފަތުގައި ޖެހިލަނީ ވަރަށް ހިތްގައިމުގޮތަކަށެވެ.

“ނީ….. ވެއަރ އާރ ޔޫ….. އައި ސްޓިލް ލަވް ޔޫ… އަހަރެން އާ ދިރިއުޅުމެއް ފެށީވެސް ތި ހަނދާން ފިލާނެކަމަށް…. އެކަމް ނުވާނެ މިކަމެއް… އައި ގިވް އަޕް.. އަމް އަ ލޫސަރ….. ޔޫ ވޮން ނީ ޔޫ ވޮން.. ނީ ބުނިހެން މި ވަނީ…. ސްޓިލް ނީރާ ބުނި ކޮންމެ ބަހެއް މިހިތަށް ހެރޭ ކަށިތަކެއް ފަދަ… ތި ނަމާއި ތި ސޫރަ އަދިވެސް މި ހިތުގައި…. ނީ.. އައި ލަވް ޔޫ…” ޝާއިން އުޑާއި ދިމާ ބަލައިލަމުން ބުނެލިއެވެ. ތަރިތަށް ދަނީ މިނިވަންކަމާއި އެކު ފިޔަ ޖަހަމުންނެވެ. 14 15 ގެ ހަނދު ނޫންކަމުގައި ވިޔަސް ހަނދު ފެންނަލެއް ވަރަށް ފުރިހަމައެވެ.

ޝާއިން އެތެރެއަށް ވަދެލިއެވެ. ކުރާނެ ކަމެއް ނެތިގެން އުޅެނިކޮށް އޭނާއަށް ހަނދާންވީ އޭނާގެ ގިޓާއެވެ. މިފަދަ ގަޑީގައި ގިޓާއިން ލަވަ ޖަހާލުން އެއީ ޝާއިންގެ އާދައަކަށް މިހާރުވަނީ ވެފައެވެ. އަދިވެސް ފޮށިން އެއްޗެހި ނުނަގާ ހުރުމުގެ ސަބަބުން ޝާއިން އެކަމާއި އުޅެލިއެވެ. ގިޓާ ނަގާ އެނދުމަތީ ބާއްވާލުމަށްފަހުގައެވެ. ތަރުތީބުން ހުރިހާ އެއްޗެހި އަލަމާރިއަށް ލުމަށްފަހު ޝާއިން ހަމަޖެހިލިއެވެ. އެއަށްފަހު ގިޓާ އާއި ދިމާލަށް ބަލައިލިއެވެ.

……….

ނީރާ ގިޓާ ހިފަހައްޓައިގެން އެތަށް އިރަކު އިނުމަށްފަހު ފޫހިގޮތަކަށް ތުން ދަމާލުމަށްފަހު ގިޓާ ހިފައިގެން ބެލްކަނިއަށް ނިކުމެލީ އެތަނަށް ނިކުންނަ ދޮރު ހުޅުވާލުމަށްފަހުއެވެ. ނިކުމެލުމާއި އެކު ނީރާގެ ނޭފަތުގައި ޖެހުނީ މާގަސްތަކުގެ ވަހެވެ. ފިނި ނޫނަސް ހިތްގައިމު ރެއެކެވެ. ފުރިހަމަ ހަނދެއްކަމުގައި ނުވިޔަސް އެ ހަނދު ދިޔައީ މިރޭވެސް ރަސްކަން ކުރަމުންނެވެ. ތަރިތަށް ފަޒާގައި ތިބިއިރު ހީވަނީ އެ ހަނދަށް ރައްކާތެރިކަން ދޭ ގާޑުންތަކެއްހެންނެވެ. ނީރާ އިރުކޮޅަކަށް އެ މަަންޒަރު ބަލަން ހުރުމަށްފަހު ގިޓާ އަތަށް ހެޔޮވަރުކޮށްލާ ބެލްކަނީގައި އިން ގޮނޑީގައި އިށީނދެލިއެވެ.

އެއަށްފަހު ރީތި ރާގަކަށް ގިޓާ ޖަހާލިއެވެ

“ހުމްމް…. ބީވެގެން ދިޔައީމާ ކަލާ…

ދެރަވަނީ އެ ޖެހި އަބަދު ހިތުގައި….

އިންތިޒާރުގައި ވާނަމޭ…..

އެކުވެގެން ދެ ހިތް ދާނެ ކަމަށް…..”

ޝާއިންގެ ކަންފަތުގައި އެ އަޑު ޖެހިގެން ދިޔައީ ކަރަންޓް ޝޮކެއްފަދައިންނެވެ. އެތެރެ ހަށިގަނޑުގައި އެ އަޑު ކުޅެވިގެން ދިޔައީ ރާޅުތަކެއްހެންނެވެ. ޝާއިންއަށް ތެދުވެވުނެވެ. އަޑު އައީ ބޭރުން ކަމުން ޝާއިން ދޮރު ކައިރި މަޑުކޮށްލިއެވެ. އޭރުވެސް އޭނާގެ އަތުގައި ގިޓާ އޮތެވެ. ޝާއިން އަށް އެ އަޑުފާހަގަވިއެވެ. އެ އަޑު އަންނަނީވެސް ބެލްކަނީއިންނެވެ.

“ތިޔަ ލޮތްބަށް ހިތް އެދެނީ އޭ… ވަކިވުމަކަށް ނޭދޭތީ…

މިހިތް ރޯނެ ވުމުން އަދު މާޔޫސް… ނުމެދާށޭ ދޫނި މަގޭ…..

ކިޔައިދެވޭނެހޭ މިހިތަށް މި ވާވަރު ބުނަން……

ދަތިވާ އިރުގައި ދުލުން ޔާރާ….

ލަފްޒުތަށް މަގޭ މި ދުލަށް އައިސްފާ ދަނީއޭ….

ބުނެދޭނޭ ގޮތެއް ނޭންގިގެން…..”

 

“ހުމްމް ބޭބީ ޔުއަރ ދަ ވަން އައި އޯލްވޭސް ލަވް….”

“ހުމްމް ބޭބީ ޔުއަރ ދަ ވަން އައި އޯލްވޭސް ލަވް….”

ނީރާއަށް ކުއްލިއަކަށް ހުއްޓެވުނެވެ. ނީރާއަށް އިވިގެން ދިޔައީ ފިރިހެން އަޑެކެވެ. ނީރާ އާއި އެއްވަރަށް ނީރާ ކީ ލައިން ކީ އަޑެވެ. ނީރާ ގިޓާ ބާއްވާލަމުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ. އަޑު އައީ ޝާއިންގެ ބެލްކަނީއާއި ދިމާލުންކަން އޭނާއަށް އިނގުމުން އެދިމާ ބަލަހައްޓައިގެން ނީރާއަށް ހުރެވުނީއެވެ.

“ނެވަރ ތޯޓް ޔޫ ވިލް ލީވް މީ އެލޯން…

ޓިއަރސް ފޯލް ފުރޮމް މައި އައީސް….

ވެން އައި ފީލް ޔޫ އިން މައި ހާޓް…”

ޝާއިން ބެލްކަނީގެ ދޮރުން ނިކުމެލިއެވެ. ނީރާއަށް ހުރެވުނީ ހަމަ ބަލާށެވެ. ޝާއިން އަށްވެސް ހުރެވުނީ ބަލާށެވެ. ނީރާ އޭރު ލައިގެން ހުރީ ކަކުލާ ހަމާލަށް އަރާ ޓީސާޓްކޮޅެއް ކަމެއްވެސް އޭނާ ހަނދާނެއް ނުވެއެވެ. ހަމައެހެންމެ ޝާއިންވެސް ލައިގެން ހުރެވުނު ކުރު ސޯޓްއާއި މެދު މުޅިންހެން ހަނދާންނެތުނެވެ. ނީރާއަށް ގަބޫލުކުރަން އުނދަގޫވިއެވެ. ޝާއިންގެ ހާލަކީވެސް އެއީއެވެ. ނީރާ އަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިހްތިޔާރުގައެވެ. ޝާއިންއަށްވެސް ފިޔަވަޅެއް އަޅާލެވުނެވެ.

“ދޫކޮށް ނުދޭތޯ ހިތް މަގޭ ދީފާ ވީ…..

ފަރުވާލެއް ނެތި ސާހިބާ…”

ޝާއިން މޫނުގައި ނުރުހުންތެރިކަން ފާޅުކުރަމުން އެ ބައި ކިއެވެ. ކުރިމަތީ ހުރީ ހަމަ ނީރާކަން އިނގޭތީއެވެ.

“ކޮށްފިޔޭ އަސަރު ދުނިޔެއިން މަ ބާކީ ވުމުން…..

ތަގުދީރުގައި މި ގޮތް ހޭ އޮތީ…”

 

ނީރާ އެބައި ކިޔުމާއި އެކު ޝާއިން އަނެއްބައި ކިޔާލިއެވެ.

“ހުމްމް ބޭބީ ނެވަރ ގޮއިން ޓު ސޮޓްޕް ލަވިން ޔޫ….

އޯލްވޭސް ވަނަ ބީ ކްލޯސް ޓު ޔޫ…”

…

“ވެއަރ އެވަރ ޔޫ ގޯ އޯރ ވަޓްއެވަރ ޔޫ ޑޫ….

ޔޫ ވިލް އޯލްވޭސް ބީ އިން މައި ހާޓް..”

ނީރާ އެ ބައިތު ކިޔާލީ ފެންކަޅިވެފައި ހުރެއެވެ. ނީރާ ހުރީ ރޮވެން ކައިރިވެފައެވެ. ކުށްވެރިއެއް ފަދަ އިހްސާސްއެއް އޭނާއަށް ކުރެވުނީ ޝާއިންގެ އެ ރުޅިގަދަ މޫނު ފެނިފައެވެ. ޝާއިން އަށް ނީރާ ފެނުމާއި އެކު އުފާވިއެއް ކަމަކު ނީރާ ގެ އެ ނުބައި ރޭވުންގަނޑުމަތިން ހަނދާންވިއެވެ. އަދި ރުޅި އާދެވުނީއެވެ. ނީރާ ފާރާއި ހަމާލަށް ހިނގާފައި އައި އިރުވެސް ޝާއިން އެޅި ފިޔަވަޅު މަތީ ހުރީއެވެ. ނީރާގެ މޫނަށް ބަލަންށެވެ. ނީރާއަށް ހަތަރު ކަޅިވެސް ހަމަކުރާނެހާ ހިތްވަރެއް ނެތުމުން އިސްޖަހާލިއެވެ. ނަމަވެސް ހިތްވަރާއި އެކު އިސްއުފުލާލީ ޝާއިން އާއި ކުރިަމތިލުމަށެވެ. ތެދު ބުނަންށެވެ. “ޝަ….ޝައިން…..” ނީރާއަށް ގޮވާލެވުނެވެ. ޝާއިންއަށް އެ އަޑު އިވުމާއި އެކު ފަހަތަށް ފިޔަވަޅެއް އުޅުނެވެ. އަދި އެތެރެއަށް ވަދެގެން ދިޔައީ ނީރާ އާއި ދިމާ ބަލައިވެސް ނުލައެވެ. ނީރާ ހުރީ ޝާއިން ދިޔަ ދިމާލަށް ކަޅިވެސް ޖަހާނުލާ ބަލަންށެވެ. އޭނާ ސިއްސައިގެން ގޮސް ތެޅި ގަނެވުނީ ޝާއިން ބަން ކިޔާފައި ދޮރު ލެއްޕި އަޑަށެވެ. ނީރާ އެ ހުރިތަނަށް ތިރިވެވުނީ އަނގަ މަތީ އަތް އަޅައިގެން ހުރެއެވެ. ޝާއިންވެސް ލެއްޕި ދޮރުބުޑުގައި އިށީނދެލާ ދެކަކުލުން މޫނު ފޮރުވާލިއެވެ. ނީރާ އަދިވެސް ހަމަ އެހާމެ ރީއްޗެވެ. ކުރިންވެސް އެ ހިތުގައި ނީރާ ފެނުމާއި އެކު ޖަހާ ވިންދު ހަމަ މިއަދުވެސް ޖަހަންފެށިއެވެ.

ނީރާ ޝާއިން ކައިރި ތެދު ހާމަކުރަން ބޭނުންވިއެވެ. އެހެންކަމުން ކަރުނަތަށް ފޮހެލުމަށްފަހު ފަސް އެނބުރި ހިނގާފައި ގޮސް ގިޓާ ނެގިއެވެ. އަދި އަނެއްކާވެސް ކުރިން ހުރި ފާރުކައިރިއަށް އައިސް އެ ފާރުމަތީ އިށީނދެލިއެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 1 ވަނަ ބައި

Next

ފުންއަސަރު 19

Next
April 2, 2016

ފުންއަސަރު 19

Previews
April 2, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 1 ވަނަ ބައި

19 Comments!

  1. shiru says:
    April 2, 2016 at 4:23 am

    Varah reethi

  2. Ryn says:
    April 2, 2016 at 4:23 am

    hey guys.. hykuran mi prt vx rythivaane kamah.. nxt prt in sha allah tmrw.. enjoy tc thnkxx fr rydin … ??

  3. Shaai says:
    April 2, 2016 at 6:29 am

    Haadha reychey. Alhe shaain neera hurt nukohlahche.

  4. me says:
    April 2, 2016 at 7:30 am

    wowwww!!! varah reethi

  5. nukko says:
    April 2, 2016 at 8:39 am

    wowwwww… v rythi mi part vs… n tht song 🙁 hehe
    alheyy dhemyhun avahah gulhibalaa
    basnaahaa shine n ny
    shyn vs dww… hehe landeh dhybala shyn aa ny ah 😛
    n waiting for TMRW aneh kiyaaaa hithun.. 🙂 miss u tvgc.

  6. Anonymous says:
    April 2, 2016 at 10:03 am

    btw hw many parts r stil left??? story v rythi

  7. ina says:
    April 2, 2016 at 11:15 am

    Wowww rynnuu…vrh vrh vrh nyc mi hurihaa prts vx..adhikiriya mikiyaa kevuny vx..heehehe…ina stry nukiya hutta nw 4 yrs ge lyp eh vx aeeviyya dhw…alheyyy dhn shine kykuran e girl govaigen e aee..pis….rynn vrh nyc tht sng thiya loaibbah hiyy edheny ey..:-(…….dhn avahah nee n shine gulhuvahchey ingey…waiting fr nxt prt….miss un luv u…tgc

    1. Maalu says:
      April 2, 2016 at 2:17 pm

      inaaaaa miss u alottttttttttttt …… 🙁

    2. ina says:
      April 2, 2016 at 2:47 pm

      Mal miss u n luv u mre n mre….asluvx vrh miss veyey…:-(:-(:-(…nxt wyknd ga try kuraanan cht ah dheveythw…:-)

  8. rahaaf says:
    April 2, 2016 at 11:37 am

    wowwwww

  9. naaanu says:
    April 2, 2016 at 11:45 am

    Haaadha kureyyyyy….varaaaaah salhi mi part ves

  10. noo says:
    April 2, 2016 at 12:21 pm

    Dhen dhiulhi dhigu kamun.. Avahah this dhemeehun gulhuvabala.. Adhi e moment v habeys kohlaathi.. Heski salhi

  11. ainy says:
    April 2, 2016 at 1:40 pm

    Jxt wow

  12. Ninni says:
    April 2, 2016 at 2:09 pm

    Dhn e dhemeehun gulhuan v yey..
    Story hama v habbu..

  13. Maalu says:
    April 2, 2016 at 2:15 pm

    wowwwwwwww vrh vrh vrh reethiiii….. ryyn u the best…..miss u alottttt

    1. Maalu says:
      April 2, 2016 at 2:16 pm

      u r ***

  14. Rinxy says:
    April 2, 2016 at 4:00 pm

    Haadha reehchey… hama super

  15. lilly says:
    April 2, 2016 at 7:34 pm

    wow! this is amazing <3

  16. lai says:
    April 2, 2016 at 8:53 pm

    Whaaaaaat??rynnnnn… nooooo .. wht have u done … alheyyy .. v dhera vehje … pis dhn avahah ny n shine gulhuvabala rynuuu … vvvvvvvvv ryyyythi … kyp it up .. miss u so so much .. n tell nukko ingey enmenah my salaam bunedheyshey .. luv u .. tgc ..

Comments are closed.

Next Episodeހާދަ ލޯބިންނޭ… (28)←


All Right Reserved!