Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަދަލުވެ ދިޔަ ހަޔާތް – 10

Reesh Level 110 Stories
July 12, 2013 4 Mins Read
0 Comments

ފަހަތަށް ފަހަތަށް ގޮސް ދުވެފަ ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓި ނާޒް ރޯން ފެށިއެވެ.
ނާޒިމް އެވަރުގެ ނިންމުމެއް ނިންމަން ޖެހުނު ސަބަބަކީ ކޮބާ ހެއްޔެވެ؟ އެންމެ ކުޑަމިނުން ނާޒް ކައިރި އަހާވެސް ނުލާ އެވަރުގެ ކަމެއް ކުރަން އުޅުމުން ނާޒް ވަރަށް ހިތްހަމަ ނުޖެހުނެވެ. ނާޒްގެ ދިރިއުޅުމުގެ ކަންތައްތައް ނިންމުމުގެ ހައްގު ނާޒިމް އަކަށްވެސް ލިބިގެނެއް ނުވެއެވެ. ރުއިމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ. މިވަގުތު ޖެހޭނީ ނާޒިމް އާ ވާޙަަކަ ދައްކާށެވެ. މީގެ ކުރިން އިސްވެ ނާޒިމް އާ ވާހަކަ ދައްކަން ނުކެރުނު ނަމަވެސް ނާޒް އަށް ލިބިފަވަނީ މުޅިން އާ ހިތްވަރެކެވެ.
ބެލްކަނީގަ ނާޒިމް އެއް ނެތެވެ. ދެން ނާޒް ދިޔައީ ކޮޓަރިއަށެވެ. ދެފަހަަރަކު ޓަކި ޖަހާލުމުން ނާޒިމް ދޮރުހުޅުވިއެވެ. ނާޒް ހުރިހާލު ފެނުމުން ނާޒިމްގެ ހިތަށް އަސަރު ކުރުވިއެވެ. އެކަމަކުވެސް ނާޒިމް އެކަން ފާހަގަ ކުރެވުނު ކަމަކަށް ނުހަދައެވެ.
” ނާޒް މިވަގުތު ކިހިނެތްވީ ” ނާޒިމް އާދައިގެ ގޮތަކަށް އަހާލިއެވެ. އެންމެ ކުޑަމިނުން އެތެރެއަށް ވަންނަން ވެސް ނުބުނިއެވެ.
އެހެން ނަމަވެސް ނާޒް އެއްވެސް ޖެހިލުމެއްނެތި ނާޒިމްގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.
” އަހަރެން އަހާލަން ބޭނުމީ ނާޒިމް އަށް ކޮން ހައްގެއްހޭ އޮތީ އަހަރެން ކައިރި އަހާވެސް ނުލާ އެވަރުގެ ކަމެއް ކުރަން ” ނާޒް ދައްކަނީ ކޮން ވާހަކައެއް ކަމެއް ނާޒިމް އަކަށް ނޭނގުނެވެ. އެހެންވެ ދެވަނަ ފަހަރަށްވެސް އަހާލެވުނެވެ.
” ނާޒިމް އަށް ކިހިނެތް އިނގެނީ އަހަރެން އަކީލް އާ ގުޅެން މިހާރު ބޭނުންވާކަމެއް ” އެހިސާބުން ނާޒިމް އަށް ވިސްނިއްޖެއެވެ.
އެކަމަކު ނާޒިމް ބޭނުންވީ ނާޒް އުފަލުގަ އުޅެވޭނެ ގޮތެއް ހަދާ ދިނުމެވެ. ފަހަރެއްގަވެސް ނާޒް ހިތުގަ ޖައްސާ ދެރަކުރުމުގެ ބޭނުމުގަ ނާޒިމް އެއްވެސް ކަމެއް ނުކުރެއެވެ.
” އަހަރެން ބޭނުމެއް ނޫން އަހަންނަށް އިތުބާރު ނުކުރާ މީހެއްގެ ދިރިއުޅުމަށް އަލުން ދާކަށް. އަހަންނަކީވެސް އިންސާނެކޭ. ކޮންމެ މީހަކު ހިތުހުރިހާ ގޮތެއް ހަދާލަން ހުންނަ މީހެއްނޫނޭ ” ނާޒް އަށް ގިސްލެވެން ފެށިއެވެ.
” ނާޒިމް ނުޖެހޭނެ އަކީލް އާ ގުޅޭނެ ގޮތެއް ހޯދާ އަހަރެންގެ ދިރިއުޅުމަށް އަކީލް ގެންނަން މަސައްކަތް ކުރާކަށް ” ނާޒް އެހިސާބަށް ބުނެފަ ރޮމުން ރޮމުން ދުވެފަ ދިޔައީ އެވެ. ނާޒިމް އަށް އަތް ހިއްލާލެވުނީ ނާޒް ހިފެހެއްޓުަމަށެވެ. ހިތުގެ އަޑީން މަޑުކުރުމަށް ގޮވިވެސް މެއެވެ. އެކަމަކު އެއަޑު އިވުނީ ހަމައެކަނި ނާޒިމް އަށެވެ. ނާޒް އެގޮތަށް ކަންތައް ކުރުމުން ނާޒިމް މާނަ ނަގަންވީ ކިހިނެތް ކަމެއް ނާޒިމް އަކަށް ނުވިސްނުނެވެ.
ނާޒިމް ހަނީފް އަށް ގުޅާލިއެވެ. އަދި ނާޒް ކަންތައް ކުރިގޮތުގެ ވާހަކަ ކިޔައިދިނެވެ.
” އޭރުވެސް ބުނީމެއްނު އަހަރެން. ނާޒް ވެސް ނާޒިމް ދެކެ ލޯބިވަނީ ހެން އަަހަންނަށް ހީވަނީ. އެހެންނޫނަސް ތިކަން ތިހިސާބަށް ދިޔައީމަ އަހަރެން ދެން ތި އަކީލް ހޯދާކަށް އެއްވެސް މަސައްކަތެއް ނުކުރާނަން ” ހަނީފް ފޯން ބާއްވަމުން އެދުނީ ނާޒިމް ގެ ހިތުގެ ޝުއޫރުތައް ނާޒް އަށް އޮޅުން ފިލުވައި ދިނުމަށެވެ. އެހެންނޫނީ މާލަސްވެދާނެ ކަމަށެވެ.
ރޭގަނޑުގެ އެތައް ދަމެއް ފާއިތުވެގޮސް ހެނދުނު ވީއިރުވެސް ނާޒް އަށް އެންމެ ލޮލުފިޔައެއްވެސް ޖަހާނުލެވުނެވެ. އަމިއްލަ ބަދު ނަސީބު ކަމާ ދޭތެރޭ ވިސްނުން ފިޔަވާ އިތުރު ކަމެއް ނާޒް އަކަށް ނުކުރެވުނެވެ. އެކަމަކު މިހާރު އެއްކަމެއް ނާޒް އަށް ޔަގީންވެއްޖެއެވެ.
ނާޒްގެ ހިތުގެ ކޮންމެވެސް ހިސާބެއްގަ ވަނީ ނާޒިމްގެ ނަން ވަނީ ލިޔެވިފައެވެ. އެހެންނޫންނަމަ އެވަރަށް ނާޒް އަކަށް ނާޒިމް އާ ދޭތެރެއަކު ނުވިސްނޭނެއެވެ. ދުވަހަކުވެސް އަކީލް ނޫން މީހަކު ދެކެ ލޯބިވެވިދާނެ ކަމަށް ނާޒް ގަބޫލެއް ނުކުރެއެވެ. އެކަމަކު މިހާރު އެކަން ބަދަލު ވާން މިވަނީ ފަށާފައެވެ. ނާޒްގެ ހިތުން ނާޒިމް އަށް ދެވިފަވަނީ ހަމައެކަނި ގަދަރާ އިއްޒަތެއް ނޫނެވެ.
ނާޒިމް ގެ ހާލަކީވެސް ހަމަ އެއީއެެވެ. ކުއްލި ގޮތަކަށް ހޮސްޕިޓަލަށް އަންނަން ނުޖެހުނު ނަމަ ނާޒިމް ހުރީ ހެނދުނު ނާޒް ކައިރިން މައާފަށް އެދެން ނިންމައިގެންނެވެ.
އެކަމަކު އޭގެ މާނަވެސް ނާޒް އަށް ނެނގުނީ މުޅިން އެހެން ގޮތަކަށެވެ. ނާޒް އަށް ނުފެންނަން ވެގެން ނާޒިމް އަވަހަށް ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ. އަރޫނާ އަކީ ގޭތެރޭގެ މަސައްކަތްތަކަށް ފަރުވާތެރިކަން ބަހައްޓާ މީހެކެވެ. އަދި މިގޭގަ އުޅޭތާ ކިތަންމެ ކުޑަ ދުވަސްކޮޅެއް ވީ ނަމަވެސް އަރޫނާ އަށްވެސް މިހާރު ނާޒްގެ ހާލަތު އިނގޭ ކަހަލައެވެ.
ނުނިދާ ހުރުުމުގެ ސަބަބުން ނާ ރުއިމުގެ ސަބަބުން ނާޒްގެ ދެލޯ ހުރީ ދުޅަވެފައެވެ. މޭޒު ކައިރީ ނަމަކަށް ސައިބޯން އިންކަހަލަ އެވެ. އެކަން އަރޫނާ އަށް ފާހަގަ ކުރެވުނެވެ.
” މެޑަމް ސައިނުބޮނީ ކީއްވެ ” އަރޫނާ އަހާލިއެވެ.
” މެޑަމް އާ ބޮސް އާ މެރީ ކުރީމަ ރަނގަޅުވަނީ ދޯ. އަރޫނާ އިނގެނީ މެޑަމް އަބަދު ރޮނީ ” އަރޫނާ ވާހަކަ ދެއްކީ ގާތް ރަހުމަތްތެރިއަކާ ވާހަކަ ދައްކާ އުސޫލުންނެވެ. ނާޒް އެކަމް އެވާހަކަ ނުދެއްކުމަށް އަރޫނާ ގާތުން އެދުނެވެ.
ނާޒިމް އިންތިޒާރު ކުރަމުން ދިޔައީ ވީހާވެސް އަވަހަކަށް ގެއަށް ދެވޭނެ އިރަކަށެވެ. ނާޒް އިންކާރު ކުރިޔަސް ހެޔޮކަމަށް މިއަދު ނާޒް ކައިރި ނާޒިމް ބޭނުންވަނީ ލޯބިވާ ވާހަކަ ބުނާށެވެ.
އަނެއްކޮޅުން ވަރަށް ވިސްނުމަށްފަހު ވަންނާނެ ތަނެއް ނެތްނަމަވެސް ނާޒް ތައްޔާރުވަމުން ދިޔައީ ގެއިން ނުކުމެގެން ދާށެވެ. ނާޒް ވިސްނައިގެން ހުރީ މަންމަމެން ނެތް ނަމަވެސް އުފަން ރަށަށް ދިއުމަށެވެ. ރަށައް ގޮސް ދެން ވާނެ ގޮތެއް ބެލުމަށެވެ. އެކަމަކުވެސް އިތުރަށް ނާޒިމްގެ ގޭގަ ހުރެގެން ނާޒިމް އަށް އުނދަގޫ ކުރާކަށް ނާޒް ބޭނުމެއް ނޫނެވެ.
ނާޒް އަތުގަ ހުރި ހުރިހާ އެއްޗަކީވެސް ނާޒިމްގެ ދީލަތިކަމުން ހޯދަދީފަ ހުރި އެއްޗިއްސެވެ. އެހެންކަމުން ނާޒް ދެތިން ހެދުމެއް ދަބަހަށް ލާ ރެޑީވިއެވެ. އަދި އަތުގަ ހުރި ފައިސާއިން ހަމައެކަނި ދަތުރަށް ބޭނުންވާނެ ވަރަށް ފައިސާ ކޮޅެއް ނެގުމަށްފަހު ދެން ހުރި ފައިސާ ޑްރެސިންޓޭބަލް މަތީ ބެހެއްޓިއެވެ. މިގަޑީ ދާން ނުކުމެއްޖިއްޔާ ރައުލް ހިފަހައްޓާނެއެވެ.
ނާޒް ޖެހޭނީ ރައުލް ނިދާ ވަގުތަކަށް ބަލާށެވެ. ރައުލްގެ ކޮޓަރިއަށް ވަންއިރު ހުރިހާ ކުޅޭ އެއްޗިހިތައް ހިފައިގެން މަޖާވެފަ ކުޅެން އިނެވެ. އަރޫނާވެސް ރައުލް އާ އެކު ކުޅުމުގަ ބައިވެރިވެެގެން އިންތަން ފެނުމުން ނާޒްގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.
ރައުލް ދޫކޮށްލާފަ ދިއުމަކީ މިހާރު ނާޒް އަށް ފަސޭހަ ކަމެއްނޫނެވެ. އެހެންވިޔަސް ނާޒް ޖެހޭނީ އެކަންވެސް ކުރާށެވެ.
ނާޒިމް އަށް ގެއަށް އާދެވުނު އިރު ހަވީރު ވެފައެވެ. ނާޒް ފެނޭތޯ އެތަންމިތަން ބަލާލިއެވެ. އެކަމަކު އެއްވެސް ދިމާލަކުން ފެންނާކަށް ނެތެވެ. އަރޫނާ ބުނިގޮތުން ވިއްޔާ ނާޒް ވީ ކޮޓަރީގައެވެ. ރޭގަ ނުނިދާ ހުރުމުން ނިދިފަ އޮތްކަމަށް ބުނުމުން ނާޒިމް މަޑުކޮށްލީ ނާޒް ހޭލުމުން އެވާހަކަ ދެއްކުމަށެވެ. އެގޮތުން ކޮޓަރިއަށް ގޮސް ފެންވަރާލާ ފްރެޝް ވެލުމާއެކު ނާޒިމް އަށް ވެސް ނިދިއްޖެއެވެ.
ނާޒް ވިސްނައިގެން ހުރީ ރައުލް ނިންދަވާ ގޭތެރެ ހަމައަކަށް އެޅުމުން އެކަކަށްވެސް ނޭނގި ނުކުމެގެން ދިއުމަށެވެ. އެކަމަކު ނާޒްގެ ހޮތް އެދެމުން ދިޔައީ ދިއުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް ނާޒިމް ދެކެލުމަށެވެ. އެ އުއްމީދުގަ އެތައް ފަހަރަކު ސިޓިންގރޫމް އަށްވެސް ނާޒް ނުކުތެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް މާޔޫސްވެގެން އަލުން އެނބުރި ކޮޓަރިއަށް ވަންނަނީ ނާޒިމް ފެންނަން ނެތުމުންނެވެ.
އެހެން ރޭރެ އާ ހިލާފަށް މިރޭ ރައުލް ނިންދެވި އިރު ނާޒް ރައުލް އުފާވާނެ ވަރަށް ވާހަކަ ކިޔާދީ ރައުލް އުފާކޮށްދިނެވެ. ރައުލް ނިދިއިރު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ހަމަ ޔަގީނުންވެސް މިހާރު ނާޒިމް އިންނާނީ ސިޓިންގރޫމްގައެވެ. އެކަމަކު އެއީވެސް ހީވި ހީވުމެކެވެ. ނާޒިމް އެއްނެތެވެ. އެގާރަ ޖަހަންދެން ނާޒް އިންތިޒާރު ކުރިއެވެ. އޭރު އަރޫނާވެސް ނިދައިފިއެވެ. ދެން ނާޒިމް އެއް ނުފެންނާނެއެވެ. ނާޒް ހިތާ ހިތާ ކިޔާލިއެވެ.
ކޮޓަރިއަށްވަދެ އާދައިގެ ގޮތަކަށް ރީތިވެލައިގެން ތައްޔާރުކުރި އަތްދަބަސް ހިފައިގެން ނާޒް މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތެވެ. އެތައް އިރެއްވަންދެން ގެއަށް ބަލަން ހުރެވުނެވެ. ދެންމެ ދެންމެ ނާޒިމް ނުކުމެ ނާޒް ހުއްޓުވަފާނެއޭ ނާޒްގެ ހިތްބުނަނީ އެވެ.
އެންމެފަހުން ހިތްވަރު ކުރުމަށްފަހު ނާޒް ގޭގެ ބޮޑު ދޮރުހުޅުވާލިއެވެ. އޭރު ނާޒްގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.
( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Reesh

Level 110 Stories

ވާހަކަ ލިޔުމަކީ ރީޝް އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް.

Other Articles

Previous

ބަދަލުވެ ދިޔަ ހަޔާތް – 9

Next

ބަދަލުވެ ދިޔަ ހަޔާތް – 11

Next
July 12, 2013

ބަދަލުވެ ދިޔަ ހަޔާތް – 11

Previews
July 12, 2013

ބަދަލުވެ ދިޔަ ހަޔާތް – 9



All Right Reserved!