Skip to content
އެސްފިޔަ

މަންޝާ (ދެވަނަ ބައި)

މަންޝާގެ ލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާއެކީ އެ އެޕާޓްމަންޓުން ބޭރަށް ނުކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ.

އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައި ދިޔައިރު ފިހާރަތައް ވަނީ ބަންދުކޮށްފައެވެ. ދެނަމާދު ދޭތެރެ ކަމުން އެއްވެސް ފިހާރައެއް ހުޅުވާފައި ނެތެވެ. އައި.ޖީއެމް.އެޗް ގޭޓު ކުރިމައްޗަށް ސައިކަލް މަޑުކޮށްލާފައި މަންޝާ އަތަށް އަޒީމްގެ ވޮލެޓުން ނެގި އެއްހާސް ރުފިޔާގެ ނޫޓު ދިއްކޮށްލަމުން ބުނެލިއެވެ. “7:30 ގަ ރިޕޯޓް ދޫކުރަނީ … ސްލިޕްކޮޅު ގެނައިންދޯ…. ކޯލްމީ އިނގޭ…”

*** *** *** *** *** ***

ރޫހީ އެނދުމަތި ކުރެވިފައިވާ ކޮޓަރީގައި ހުރި ހިމަ، ދިގު ސޯފާ ކުރިމަތީ އާމިނަ ހުރީ ބިރުން ހަދާނެގޮތް ހުސްވެފައެވެ. ސޯފާގެ ފަހަތުގައިވާ ކުޑަދޮރުން ބޭރު ބަލަން ހުރިއިރު ހޮސްޕިޓަލުގެ ބިއްދޮށުން މޫދާ އެކީ އުދަރެސް ފެންނަމުން ދިޔައެވެ. ރަތްވިލާ އޮއްސެމުން ދިޔަ ވަގުތެއް ނަމަވެސް އުޑުމަތި ބަނަވެ އަނދިރިވަމުން ދިޔަ މަންޒަރަށް ބަލަންހުރީ އޭނާގެ ދަރިފުޅުގެ ހާލާމެދު ފިކުރުބޮޑުވެ ހިތް ނުތަނަވަސް ވެފައެވެ.

އަލިބެ އައިސް ކިޔެވެލި ކިޔަވާ ހެދުމަށް އެއްބަސްވީ ޟިރާރުއާއި އަލިބެއާއި އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. ނަމަވެސް މިކަމަކީ އެހާފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމެއްކަމަށް އޭނާ ގަބޫލުނުކުރާ ވާހަކަ ބުންޏެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުންދާ މަޚްލޫގަކީ އެތައް ސަތޭކަ އަހަރެއްވެފައިވާ ނުބައި ނުލަފާ އެއްޗެއްކަމަށް ވުމުންނެވެ.

މިކަން ކާމިޔާބުވާން އޮތީ ރޫހީ ގެއަށް ގެންދެވިގެންނެވެ. ހޮސްޕިޓަލުގައި ބާއްވައިގެން މިފަދަ ފަރުވާއެއް ދިނުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެތީއެވެ. އާމިނަމެންގެ އާދޭހަށް މަޣްރިބް ނަމާދުން ފައިބައިގެން އަންނަން އަލިބެ އެއްބަސްވިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ރޫހީއަކަށް ނޭނގޭނެއެވެ.

ނިދިފައި އޮތް ރޫހީ މަޑުމަޑުން ތުންތަޅުވަމުން ދިޔައެވެ. އެހެންކަމުން އާމިނަ ރޫހީ ގާތަށް ޖެހިލީ އޭނާ އެކިޔާ އެއްޗެއް ރަނގަޅަށް ސާފުވޭތޯއެވެ. ކަނުލާ އަޑުއަހަން ހުރި އާމިނަގެ ދެލޯ ބޮޑުވެގެން ދިޔައީ ރޫހީގެ އަނގައިން ނުކުންނަން ފެށި ބަސްތައް އޭނާއަށް ދޭހަވުމުންނެވެ. އާމިނަގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށުމުން ދުރުގައި އިން ޟިރާރަށް ބަލާކަށް މަޑަކުން ނުހުރެވުނެވެ. ޟިރާރު އައިސް އާމިނަގާތުގައި ހުއްޓެމުން ކިހިނެއްވީތޯ ސުވާލު ކޮށްލީ ނިތަށް ރޫގިނަ ކޮށްލަމުންނެވެ.

“ޝްޝް… އަޑޮއަހަފެލަ… ރޫހީ އެބެނާ އެއްތައް…” ވައި އަޑުން އާމިނަ ބުނި އެއްޗަކުން އެނދުގައި އޮތް ރޫހީގެ ހަރަކާތްކުރަމުން ދިޔަ ތުންފަތަށް ބަލަމުން، ދެ ކަންފަތް ދެމުން ޟިރާރު ކުރިޔަށް ޖެހިލީ ފަސޭހައިން ރޫހީގެ އަޑު އިވޭތޯއެވެ.

“އެމީހާ ހުއްޓުވަ… އޭމީހާ ތެބެއި… ދޮންބެއި އެއްކޮށް…. މަންމާ އެމީހާ ހުއްޓުވަ… އަލިބެ ގިނޭނެ ކަމަށް ނެއް… އެޔާ ރިޑިއަރާހެއް…”

ރޫހީގެ ދުލުން ނުކުތް ލަފްޒުތައް އަޑުއަހަން ހުރި ޟިރާރަށް ލިބުނު ހައިރާންކަމުން ބިރުންހުރެ ދުރަށް ޖެހިލިއެވެ. ކައިރީގައި ހުރި އަތްގަނޑުލީ، ހުދު ކުލައިގެ، ޕްލާސްޓިކް ގޮނޑީގައި އިށީނދެ އެއްއަތުން ޟިރާރު ނިތްކުރީގައި ފިރުމާލީ ފިކުރުބޮޑު ވުމުންނެވެ. އާމިނަވެސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަލިބެ ގެންނަން އުޅޭކަމުގެ އެއްވެސް ވާހަކައެއް ރޫހީ އެނދުމަތި ކޮށްފައިވާ ކޮޓަރިތެރޭގައި އެއްވެސް މީހަކު ނުދައްކައެވެ. ނަމަވެސް އަލިބެގެ ނަމާއިއެކީ އެހެން ބުނަން ރޫހީއަށް އެނގުނީތީ ޟިރާރުއަށް މީ ކިހާވަރެއްގެ ކަމެއްކަން ނަގައިގަނެވުނެވެ.

ޑޮކްޓަރުން ދީފައިވާ އިންޖެކްޝަންގެ ސަބަބުން ރޫހީގެ ހަށިގަނޑަށް މާ ބޮޑު ވަރެއް ނޭރުވޭނެކަމަށް އެމީހުން ހީކުރި ނަމަވެސް ކުއްލިއަކަށް ރޫހީގެ ދެލޯ ތަންމިނަން ހުޅުވާލީ ރުޅިވެރިކަމާއި އެކީގައެވެ . އާމިނަ ހުރި ދިމާލަށް ބަލާލަމުން އޭނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.

“އޯއި އާމިނާ… މަ މަރާށާ ތެ ހިނގަނީ؟… މަ މަރަލުމުގެ ކުރިން ތަގޭ ދަރީގެ ދުވަސް ދިއްވަލާށުން…. ހަމަމިކޯ މިކަން ހުއްޓަލަ… އެ މުސްކުޅި މީހާގަނޑޮ މިތާން ނިވައްދާހެތި… އާމިނާ… ތައި ކެހި މިބެނީ މިކަން ހުއްޓަލާށް ކެނައު… އަޑޮ އިވިގެއި؟…”

ރޫހީގެ ދުލުން ނުކުންނަމުން ދިޔަ ބަސްތަކަކީ އޭނާގެ ބާރުން ނުކުންނަމުން ދިޔަ ބަސްތަކެއް ނޫންކަން އާމިނައަށް އެނގެއެވެ. އަޑު ބަރުވެފައި ހުރިއިރު އެ އަޑުގައި ތަފާތުކަމެއް ހުއްޓެވެ. ހީވަނީ ތިން މީހެއްގެ އަޑު އެއްވެފައި ހުރިހެންނެވެ. ރޫހީ ބުނި ޖުމްލަތައް ނުހުއްޓި އާމިނަގެ ސިކުނޑީގައި އެއް އަޑެއްހެން ތަކުރާރުވޭވޭ ހުއްޓެވެ. މީ ދުވަހަކުވެސް އޭނާގެ ދަރިއެއް އޭނާއާއި މުޚާތަބު ކުރާނެކަމަށް އުއްމީދުކޮށްފައިވެސް ވާ ގޮތެއް ނޫނެވެ. ދެން ކުއްލިއަކަށް ރޫހީގެ ހަށިގަނޑަށް ވާން ފެށިގޮތުން އާމިނައަށް ބާރަށް ރޮއިގަނެވުނެވެ.

މުޅި މީހާގެ ހަށިގަނޑު ރޯ މަހެއްހެން ތެޅެން ފެށިއެވެ. ލޮލުގެ ކަޅިވަނީ މައްޗަށް އަރާފައެވެ. ތުރުއަޅަމުން ދިޔައިރު އެ ދަގަނޑު އެނދަށް އަންނަން ފެށި ލޮޅުމާއި އެކީ ހީވީ ދެންމެދެންމެ އެނދުވެސް އެކީ ރޫޅިދާނެ ހެންނެވެ. ފުންމައިގެން ގޮނޑިން ތެދުވެ ރޫހީގެ ފައިތިލައިގައި ހިފަހައްޓާލަމުން އާމިނަގެ މޫނަށް ޟިރާރު ބަލާލީ ދެން ހަދަންވީ ގޮތެއް ނޭނގި ހުރެއެވެ. އިސާހިތަކު އެ ތުރުތުރުއެޅުން މުޅިންހެން ހުއްޓި ހަމަހިމޭން ވެއްޖެއެވެ. ދެން އިވެން ފެށީ ރޫހީގެ ވޭނީ ރުއިމުގެ އަޑެވެ. ގިސްލަމުން އޭނާ މަޑުމަޑުން ބޯ ހިއްލާފައި ޟިރާރަށް ބަލާލިއެވެ.

“ބައްޕާ ޕްލީސް… އެމީހާ ނިގެނޭހެތި… މަ ގާށް ވަރަށް ތަދުވޭ….” ރޫހީ ރޮމުން އޭނާގެ ބައްޕަ ގާތު އާދޭސް ކުރަމުން ދިޔައެވެ. ރޫހީގެ އަޑުގައި ކުރިންހުރި ބިރުވެރި ގޮތެއް ނެތެވެ. މައުސޫމްކަން އެކުލެވިފައިވާ ރާގަކުން އޭނާ އާދޭސް ކުރަމުން ދިޔައީ ބައްޕައަށް ވިސްނައިދެވޭ ތޯއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލަމުން ބިސްމިކިޔައި އިތުރު ދުޢާތަކެއް ކިޔަމުން އެތެރެއަށް ވަދެގެން މިއައީ އަލިބެއާއި ރިޔާޒެވެ. އަލިބެ އައިސް އެ ކޮޓަރީގައި ހުރި ހުދު ޕްލާސްޓިކް ގޮނޑީގައި އިށީނދެ އަތުގައި އޮތް ޚަތިމްގައި ފާހަގަކޮށްފައިވާ ޞަފްޙާއަށް ހުޅުވާލިއެވެ. އަދި އައޫޒު ބިސްމި ކިޔުމަށްފަހު އެގަނޑުގައި ފާހަގަކޮށްފައިވާ ވަކި އާޔަތްތަކެއް ކިޔަން ފެއްޓިއެވެ.

އަލިބެ ކިޔަވަން ފެށުމުން ރޫހީއަށް ވަރަށް ގިނަގުނަ އުނދަގޫތައް ވަމުން ދިޔައެވެ. ދޭތެރެއަކުން ފައި ކުރުކޮށް އެނދުގައި ދެފައި ތަޅަމުން ދިޔައީ އެ ކިޔެވެލީގެ އަޑު އަހަން ބޭނުން ނުވާތީއެވެ. ފުން ނޭވާތަކެއް ބޭރުކުރަމުން އަޑު މަޑުކުރުމަށް އެދި ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ކަންފަތުގެ ތޫރި ފަޅައިގެން ދާން އުޅޭހެން ހީވާ ފަހަރުވެސް އާދެއެވެ. މުޅި ހަށިގަނޑު ހިރުވާ ކަހާހެންވެސް ހީވެއެވެ. ރޫހީގެ ދެއަތް އައްސާފައި އޮތުމުން އެނދުގައި އޮވެ ލަކިޖެހުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ tienda. އަލިބެ ހުރި ފަރާތުން އަނެއް ފަރާތަށް މޫނު އަނބުރައިގެން އަޑުނާހަން ރޫހީ މަސައްކަތް ކުރަމުން ދިޔައެވެ. ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން މުޅިމީހާ ދާހިއްލާ ފޯވަމުން ދިޔައެވެ.

ހުއްޓުމެއް ނެތި އަލިބެ ކިޔަވަމުން ދިޔައެވެ. ރޫހީއަށް މި އުނދަގޫތައްވަމުން ދާނެކަން އަލިބެއަށް މާ ކުރިން އެނގެއެވެ. އަނގަމަތީގައި އަތް އަޅައިގެން އާމިނަ ހުރީ ރޮވޭތީ އަޑެއް ނުލައްވާށެވެ. ރިޔާޒް ހުރީ ކޮޓަރީގެ ދޮރު ކައިރީގައެވެ. އަލިބެގެ އިޝާރާތަށް ރިޔާޒް ކޮޓަރީގެ ދޮރުފަތް ހުޅުވާލިއެވެ. މަޑުމަޑުން ރޫހީގެ ހަށިގަނޑު މައިތިރިވަމުން ދިޔައެވެ. ކުރިން އަރުވަމުން ދިޔަ ވަރުގަނޑު މުޅިންހެން ކެނޑިއްޖެއެވެ. ރޫހީއަށް އެހެން އޮވެ ނިދުނީ ވެފައިވާ ވަރުބަލި ކަމުންނެވެ. ކިޔަވާ ނިންމާލުމަށްފަހު އަލިބެ މިސްކިތަށް ދިޔުމަށް އެކޮޓަރިން ނުކުމެގެން ދިޔައީ ޟިރާރުއާ ރިޔާޒާއި އެކީގައެވެ. ކޮޓަރީގެ ދޮރުފަތް ލައްޕާލުމުގެ ކުރިން އާމިނަ ގާތު މި ދޮރު ނުހުޅުވުމަށް އެދި އަލިބެމެން ދިޔައީ ނަމާދު ކޮށްލައިގެން އަންނާށެވެ.

އާމިނަ ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. ރޫހީގެ ހާލު ގޯސްވަމުން ދާތީ އާމިނަ ނުނިދާ އުޅޭތާ ތިން ދުވަސް ވީއެވެ. ވަރުބަލިވެފައި ހުރިނަމަވެސް އާމިނަ ނިދާކަށް ބޭނުމެއް ނޫނެވެ. ރޫހީގެ އެނދު ކައިރިއަށް ޖެހިލުމަށްފަހު އޭނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭނާއަށް އޮތީ ގަދައަށް ނިދިފައެވެ. ހީވަނީ އެތައް ދުވަސްތަކަކަށް ފަހު އަރާމު ނިންޖަކުން ނިދާލަނީ ހެންނެވެ. އަލިބެ އައިސް ކިޔަވާފައި ދިޔަ ފަހުން ރޫހީއަށް އެއޮތީ އަރާމުކޮށް ނިދިފައެވެ.

ހިނދުކޮޅަކު ރޫހީއާއި ދިމާލަށް ބަލަންހުރުމަށްފަހު އާމިނަ ސޯފާގައި އިށީނެވެ. އަދި އާމިނަގެ ދިގު ހެދުމުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ފާތުމަގެ އެގާރަ މިސްޑް ކޯލް ފެންނަން ހުރުމުން އޭނާގެ އެއްބަޑު އެއްބަފާ ފާތުމައަށް ގުޅަން ނަންބަރުތައް ޖަހާލިއެވެ. ނަމަވެސް އެ ނަންބަރަށް ގުޅޭ ގޮތެއް ނުވިއެވެ. ފާޑެއްގެ އަޑެއް ކިޔާފައި ފޯނު ކެނޑެނީއެވެ. އާމިނަ އޭނާގެ އަތުގައިވާ ފޯނުގެ ރޭންޖް ފިތްތަކަށް ބަލާލިއެވެ. އެންމެ ފިތެއްގެ ރޭންޖް ލިބިލިބިފައި ގެއްލެމުން ދިޔައެވެ. އެހެންކަމުން އާމިނަ ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ. ފާތުމައަށް ގުޅަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އަލިބެ އަންނަންދެން ކޮޓަރި ދޮރު ނުހުޅުވުމަށް އަންގާފައިވާކަން ހަނދާނުން ކައްސާލިއެވެ. ކޮޓަރިން ބޭރަށް ނުކުތުމަށް ދޮރު ހުޅުވާލިތަނާ ބާރު ފިނި ވައިރޯޅިއެއް ޖެހި އާމިނަ ފަހަތުން އެ ދޮރު ލެއްޕުނެވެ.

ކޮޓަރިން ނުކުމެ ދެފަރާތަށް ބަލާލަމުން އާމިނަ އަވަސްވެގަތީ ފޯނަށް ރޭންޖް ލިބޭނެ ހިސާބެއް ހޯދުމަށެވެ. ފޯނަށް ބަލަހައްޓައިގެން ހުރެ އެއް ފަރާތުން ދެވެން ހުރި މަގުން އެތެރެއަށް ދިޔައެވެ. ވަކި ހިސާބަކަށް ދެވުމުން ފޯނުގެ ހުރިހާ ރޭންޖު ފިތްތައް ދިއްލިގެން ދިޔައެވެ. ފާތުމައަށް ގުޅާލުމަށްފަހު ރޫހީގެ ހާލު ހުރި ގޮތުގެ ވާހަކަ ކިޔައިދެމުން ދިޔަ އިރު އާމިނަގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. ރޫހީގެ މި ބަލިގަނޑަށްފަހު އާމިނައަށް ހަމަނިދި ނުލިބެއެވެ. ކާން ބޯންވެސް ހަނދާން ނުހުރެއެވެ. އެ މަންޖެގެ ހާލާމެދު ވިސްނާ ރުއިން ފިޔަވާ އިތުރު ކަމެއް އާމިނައަކަށް ނުކުރެވެއެވެ .

“މިކޯ ކޮބާ އެކާލޯ؟…. އަލިބެ ކިއަންކައު ބެނީ؟….” ފާތުމަ ސުވާލުކޮށްލިއެވެ. ފާތުމައަކީ ރޫހީގެ ހުރި ހަމައެކަނި ބޮޑު ދައިތައެވެ. އިންތިހާއަށް ރޫހީއާއި ދޭތެރޭ ފިކުރުކުރާ ފާތުމަ ހުރީ ރޫހީގެ ހާލު ބަލަން ބޭނުންވެފައެވެ . ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކޮށްލީ އާމިނަގެ ފަރާތުން ޖާވާބެއް ނުލިބުމުންނެވެ.

“އަލިބެ ކިޔެވެލި ކިޔެވިމެއި އެކާލޯއަށް ނިދިފެއި އެއޮތީ…. އަލިބެ އެބޭމުން ބެނީ ކޮޓަރި ދޮރޮ ނުހުޅުވާ ހެތިޔައު… އިންނަމާ… ފާތުމާ…. އަވަ ފަހުން ގުޅާށުން….” ފަޔަށް ލެވުނުހާ ބާރެއް ލާފައި އާމިނަ އެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އަލިބެ ބުނި ބަސް ހަނދާނުން ފޮހެލާ ކޮޓަރިން ނުކުމެވުނީމައެވެ. ދުވެފައި ގޮސް އެ ކޮޓަރީ ދޮރުގެ ތަޅުގައި އާމިނަ ހިފާލީ އަވަހަށް އެތެރެއަށް ވަންނާށެވެ. ނަމަވެސް އެ ކޮޓަރީގެ ދޮރު ވަނީ އެތެރެއިން ތަޅުލެވިފައެވެ.

*** *** *** *** *** ***

އަޒީމް ދެއްކި ވާހަކަތަކަށް ބޯޖަހާލާފައި އަތްދަބަހުގައި ސްލިޕްކޮޅު އޮތް ވާހަކަ ބުނަމުން ހޮސްޕިޓަލް ތެރެއަށް ވަނުމަށް މަންޝާ ހިނގައިގަތެވެ. އަޒީމް ސައިކަލް ދުއްވާލީ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އާ ދިމާގައި އޮންނަ އިމިގްރޭޝަން މުވައްޒަފުން ދަތުރު ކުރާ ފެރީއަށް ދިޔުމަށެވެ. އުޑުމަތިން ފެންނަމުން ދިޔަ ބޯ ރަތް ވިލާތަކުން ހީވަނީ ދެންމެދެންމެ ވާރޭ ވެހިގެންފާނެ ހެންނެވެ.

އައި.ޖީ.އެމް.އެޗް ތެރެއަށް ވަންނަމުން މަންޝާގެ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލުމަށްފަހު ފިޔަވަޅު މަޑުކޮށްލިއެވެ. ރިޕޯޓް ބަލާދާން މާ އަވަސް ވީމައެވެ. ދަބަސް ތެރެއިން މަންޝާގެ ފޯނު ނަގައި ކޯލް ލިސްޓު ހާވާލީ ޒުހާގެ ނަންބަރަށް ގުޅައިގެން އޭނާ އެޑްމިޓްކޮށްފައި އޮތް ކޮޓަރި ޔަގީން ކޮށްލުމަށެވެ. ފޯނުން ޒުހާގެ ނަންބަރަށް ގުޅައިގެން ހުރެ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގާލެވުނީ މީހަކު މާ ވަރަކަށް ބަލާހެން ހީވެގެންނެވެ.

އޭރު ހޮސްޕިޓަލް ތެރޭގައި ހުރި ގޮނޑި ބަރިތަކުގައި އިށީނދެގެން ތިބި މީހުންތައް ކަޅި ޖަހާނުލާ މަންޝާއާއި ދިމާލަށް ބަލަމުން ދިޔައެވެ. މަންޝާ ފަސްޖެހޭ ގޮތްވިއެވެ. އެތެރެއަށް ވަންނަން ޖެހިލުން ވިއެވެ. އާންމުކޮށް މަންޝާ އެއްވެސް ތަނަކަށް އެކަނި ނުދާތީ މީހުންގެ ތެރެއަށް އެކަނި ނުކުމެ އުޅެން ވަރަށް ފޫހިވެއެވެ. އަދި ހާއްސަކޮށް ނުދަންނަ މީހުން އެވަރަށް ބެލުމަކީ މަންޝާއަށް ވަރަށް އުނދަގޫވާ ކަމެކެވެ.

އެތެރެއަށް ވަނުމުގެ ބަދަލުގައި މަންޝާ ނުކުތީ ބޭރަށެވެ. ތުންގަނޑު އަނބުރަމުން ކުދި ކިޔަމުންނެވެ. “ކޯއްޗެއް ފެނިގެންތަ އެވަރަށް އެބަލަނީ… އަދި ދުވަހަކުވެސް އަންހެނަކު ނުފެންނަނީ ތޯއްޗެއް!….”

ހޮސްޕިޓަލްގެ ބޭރު ގޭޓު ކައިރިއަށް މަޑުމަޑުން ހިނގާފައި ދިޔައިރުވެސް ޒުހާއަށް ގުޅޭތޯ މަންޝާ މަސައްކަތް ކުރަމުން ދިޔައެވެ. އިރުއިރުކޮޅުން މަންޝާ ލައިގެން ހުރި ގަމީހަށާއި ސްކިނީއަށް ބަލާލެވެއެވެ. ބޮލުގެ އިސްތަށުގަނޑުގައި އަތް ހާކާލެވެއެވެ. އެމީހުން އެ ބަލަނީ އަނެއްކާ ހެދުން ނުފުށުން ލެވިފައި ހުރީމަބާއޭ ހިތަށް އެރިއެވެ. ހޮސްޕިޓަލްގެ މައި ގޭޓާ އަރާ ހަމަވިއިރު ހޮސްޕިޓަލްގެ ގޯތި ތެރެއިން އެއްފަރާތުން ހިނގާފައި ދެވެން އޮތް މަގު ފެނުމުން އެދިމާލަށް މަންޝާގެ ފިޔަވަޅު އަވަސްވެގެން ދިޔައެވެ . އެއީ ކޮންތަނެއްބާއޭ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. ދެފަރާތުން ގަސް ހައްދާފައިވާއިރު ހިނގަންވާ ދިމާލުގައި ވަރަށް ރީތިކޮށް ގާތައް އަތުރާފައި ހުއްޓެވެ. އެތެރެއަށް ވަންނަމުން ދިޔަ ވަރަކަށް މީހުންގެ ހިލަން ވަމުން ދިޔައެވެ. ދުރުދުރުގައި ބެންޗުތަކެއް ބަހައްޓާފައި ހުރިއިރު އެތެރެއަށް ވަދެވެމުން ދިޔަވަރަކަށް މީހުންގެ އަޑު ގަދަވަމުން ދިޔައެވެ. އެއީ ހޮސްޕިޓަލްގެ ކެފޭ ހުރި ފަރާތުން އެތެރެއަށް ވަދެވޭ ދިމާކަން މަންޝާއަށް އެނގުނީ ދެނެވެ .

ޒުހާއަށް ގުޅެންދެން އެތަނުން ބެންޗެއްގައި އިށީނދެގެން އިނީ ރިޕޯޓްތަކުން ދައްކާނެ ނަތީޖާއަކާ ދޭތެރޭ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ހަވީރު ނިދިފައި އޮތްއިރު ފެނުނު ހުވަފެން މަތިން ހަނދާންވުމުން ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ މިފަހަރުވެސް ރިޕޯޓުތަކުގެ ނަތީޖާއަކީ ނެގެޓިވް ބާވައޭ ހިތަށް އަރަމުން ދިޔައެވެ.

*** *** *** *** *** ***

ގަދައަށް ނިދިފައި އޮތް ރޫހީއަށް ހޭލެވުނީ ވަޔާއި އެކު އައިސް ދޮރުފަތް ބާރުބާރަށް ޖެހުމުންނެވެ. ސިއްސައިގެން ގޮސްފައި ރޫހީއަށް ބަލާލެވުނީ ކޮޓަރީގައި މީހަކު ހުރިތޯއެވެ. ކޮޓަރި ތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންނަން ހުރި ދޮރާ ދިމާލަށް ރޫހީ ބަލާލީ ވަރަށް ޖެހިލުންވެ ހުރެއެވެ. އޭރު ދޮރާ ދިމާލުން ކޮޓަރި ތެރެއަށް ބޮޑު ހިޔަންޏެއް ފާޅުވަމުން ދިޔައެވެ. ރޫހީގެ ހަށިގަނޑަށް ވަރަށް ބޮޑެތި އުނދަގޫތައް ވަމުން ދިޔައެވެ. މުޅި މީހާ ދާހިއްލާ ފޯވަމުން ދިޔައިރު މިރޭ ކަންތަކާ މި ޖެހުނީކަން އޭނާއަށް ވިސްނުނެވެ. އެ ހިޔަނި މަޑުމަޑުން އެތެރެއަށް ވަދެގެން އައިތަން ބަލަން ރޫހީއޮތީ ދެލޯ ބޮޑުކޮށްގެންނެވެ. އެނދު ވަށާލުމަށްފަހު އެ ހިޔަނި ގޮސް ހުއްޓުނީ ސޯފާ ކައިރީ ކުޑަ ދޮރާ ދިމާލުގައެވެ. ދެލޯ ބޮޑުކޮށްގެން އޮވެ ރޫހީ މަސައްކަތް ކުރީ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ.

ދުނިޔެ މައްޗަށް ވިއްސާރަ ވިލާތައް ގިނަވެ، އުޑުމަތި ބަނަވަމުން ދިޔައެވެ. މާގިނަ އިރުތަކެއްނުވެ ވާރޭވެހެން ފަށައިފިއެވެ. މި މަންޒަރު ބަލަން ހުރި އެ މަޚްލޫގުގެ ލޮލުން އަލިފާންކަނި ބުރަމުން ދިޔައެވެ. ދިގުކޮށް ކޮނޑާ ހަމަޔަށް އޮތް ކެހެރި ހުދު އިސްތަށިގަނޑު ހީވަނީ ދުން ގަނޑެއް ހެންނެވެ. އޭނާގެ އިސްކޮޅަށް ދެމިލަމުން ހަށި ފުރާ ނޭވާލަމުން މޭ ފުއްޕާލިއެވެ. އައިސްފައިވާ ރުޅި ކޮންޓަރޯލް ކުރެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ތަންމިނަށް އެކުޑަދޮރު ހުޅުވާލީ އޭނާއަށް އެތޫފާނީ އަޑުތަކުން ލިއްބައިދެމުން ދިޔަ ހިތްހަމަ ޖެހުމުންނެވެ. އެ އަޑުތަކަކީ އޭނާއަށް މިޔުޒިކެއްފަދަ ހިތްގައިމު ރާގެކެވެ. އަނދިރިކަމަކީ އޭނާ އުޅެން ބޭނުންވާ މާހައުލެވެ.

ކޮޓަރި ތެރެއަށް ފެންތިކިތިކި ބުރަމުން ދިޔައެވެ. ވައިގަދަވެ، މޫސުމް ބަދަލުވެއްޖެއެވެ. ތޮށިގަނޑު މައްޗަށް މުގުރާލާ ބޮޑެތި ރާޅުތަކުން ލޮނުތައް މަގުމައްޗަށް އޮހެމުން ދިޔައެވެ. ކޮޓަރި ތެރެއަށް ވިއްސަމުން ދިޔަ ފެންތިކިތަކުގެ އިހްސާސް ރޫހީއަށް ކުރަމުން ދިޔައެވެ. ކުޑަ ދޮރުން އެތެރެއަށް ވައްދަމުން ދިޔަ ތެތްފިނި ވައިރޯޅިން ފިނިކަން އިހްސާސްވަމުން ދިއުމާއެކު ރޫހީގެ ދެލޯ މަރާލެވުނެވެ.

މަޑުމަޑުން އެ މަޚްލޫގް އައިސް ރޫހީގާތުގައި ހުއްޓުނެވެ. އެ ހިނދު ރޫހީއަށް އޭނާ އެތަނަށް އެ އައި ބޭނުން ނަގައިގަނެވުނެވެ. ރޫހީއަށް އެކަމަށް އިންކާރު ކުރާކަށް ނުކެރުނެވެ. އިންކާރުކޮށްފިނަމަ ވާނޭ ގޮތް އޭނާ ވަނީ ތަޖުރިބާކޮށްފައެވެ. އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ރޫހީއަށާއި އޭނާގެ އާއިލާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެކަމުގެ ބިރު ރޫހީގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ދެލޯ މަރާލުމަށްފަހު ހިމޭނުން އޮތީއެވެ .

ރޫހީގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ތިރިއަށް ކެހެމުން ދިޔައެވެ. ފޮތިގަނޑު ކެހެމުން ދިޔަ ވަރަކަށް ރޫހީގެ ހަށިގަނޑުގެ އެއްބައި ފާޅުވަމުން ދިޔައެވެ. ރޫހީ ލައްވާފައިވަނީ ހޮސްޕިޓަލުން ދީފައިވާ ގަޔަށް ދޫ ކަކުލާއި ހަމަޔަށް އަންނަ ކުރު ހެދުމެކެވެ. ކުރިން ގަދަ ހަދަން ރޫހީ މަސައްކަތް ކޮށްފައިވާތީ އެ ހެދުންވަނީ ރޫ ޖެހިގެން މައްޗަށް އަރާފައެވެ. އެހެން ކަމުން ފަލަމަސްގަނޑުގެ ބޮޑު ބައެއް އޮތީ ހާމައަށް ފެންނާށެވެ .

(ނުނިމޭ)

އައްޑޫ ބަހުން ހުރި ބައިތައް ދިވެހި ބަހަށް ބަދަލު ކޮށްފައި
އަޑޮ އަހަފެލަ… ރޫހީ އެބެނާ އެއްތައް އަޑު އަހާބަލަ… ރޫހީ އެކިޔާ އެއްޗެއް
އެމީހާ ހުއްޓުވަ… އޭމީހާ ތެބެއި… ދޮންބެއި އެއްކޮށް…. މަންމާ އެމީހާ ހުއްޓުވަ… އަލިބެ ގިނޭނެ ކަމަށް ނެއް… އެޔާ ރިޑިއަރާހެއް އޭނަ ހުއްޓުވާ.. އޭނަ އެބަ އާދޭ.. ދޮންބެއާ އެއްކޮށް… މަންމާ އޭނަ ހުއްޓުވާ… އަލިބެ ގެންނާނެ ކަމެއް ނެތް… އޭތި ރުޅިއަންނާނެ
އޯއި އާމިނާ… މަ މަރާށާ ތެ ހިނގަނީ؟… މަ މަރަލުމުގެ ކުރިން ތަގޭ ދަރީގެ ދުވަސް ދިއްވަލާށުން…. ހަމަމިކޯ މިކަން ހުއްޓަލަ… އެ މުސްކުޅި މީހާގަނޑޮ މިތާން ނިވައްދާހެތި… އާމިނާ … ތައި ކެހި މިބެނީ މިކަން ހުއްޓަލާށް ކެނައު… އަޑޮ އިވިގެއި؟ އޭ އާމިނާ.. މަ މަރާލަންތަ ތިއުޅެނީ؟.. މަ މަރާލުމުގެ ކުރިން ކަލޭގެ ދަރިފުޅުގެ ދުވަސް ދުއްވާލާނަން… ހަމަމިހާރު މިކަން ހުއްޓާލާ.. އެ މުސްކުޅި މީހާގަނޑު މިތަނަށް ނުވައްދާތި.. އާމިނާ.. ކަލޭ ކައިރީ މި ބުނަނީ މިކަން ހުއްޓާލާށޭ… އަޑު އިވިއްޖެތަ؟
އެމީހާ ނިގެނޭހެތި… މަ ގާށް ވަރަށް ތަދުވޭ… އެމީހާ ނުގެންނާތި.. މަގޭ ގަޔަށް ވަރަށް ތަދުވޭ…
މިކޯ ކޮބާ އެކާލޯ؟ …. އަލިބެ ކިއަންކައު ބެނީ؟ މިހާރު އެމަންޖެ ކޮބާ؟.. އަލިބެ ކީކޭތަ ބުނީ؟
އަލިބެ ކިޔެވެލި ކިޔެވިމެއި އެކާލޯއަށް ނިދިފެއި އެއޮތީ…. އަލިބެ އެބޭމުން ބެނީ ކޮޓަރި ދޮރޮ ނުހުޅުވާ ހެތިޔައު… އިންނަމާ…. ފާތުމާ…. އަވަ ފަހުން ގުޅާށުން…. އަލިބެ ކިޔެވެލި ކިޔެވީމަ އެ މަންޖެއަށް ނިދިފައި އެއޮތީ.. އަލިބެ ދަމުން ބުނީ ކޮޓަރި ދޮރު ނުހުޅުވައްޗޯ… ފާތުމާ… އަހަރެން ފަހުން ގުޅާނަން..
އިންނަމާ ކަންކަމާ ހައިރާންވުމުން އެކަން ހާމަކޮށްދޭން ބޭނުންކުރާ ލަފްޒެއް

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. shif

    omg!!!mirey nuves nidheyne dhnn… sifa kurunthah haadha furihama eyy.. so intrestin… avaha next episode kiyaalan beynumeee… grt work

    1. Shax Lyn
      shif

      thanks Shif…. adhi ehaa biruverieh noonehnu…. 🙂 keep waiting

  2. zul

    Innamaaa…. Miyoh vaahaka eh…. Good work anhenaaaa…. Waiting for next episode….

    1. Shax Lyn
      zul

      hhehehehehe
      Zul Thanks …. hope u liked it…. 🙂

  3. gurey

    Kiyaa hithun ndhaa nimmaaleeeeeee…. Oohhh nooooooooo….. Shaaaxgandaaaaaaaa……
    But story habeysssssssss

    1. Shax Lyn
      gurey

      ohh gurey…. keep waiting…. next week ga next episode…. thanks a lot 🙂

  4. Shaax

    So sweet dhivehi bahun kiyaa gothah olhun filuvai dhineema…luv this story…biruves ganehje…???

    1. Shax Lyn
      Shaax

      Thanks a lot…. Shaax…. 🙂

  5. Nawho

    “Mansha”
    Salhiii varah mivaahaka
    Interesting
    Vaahakrr kiyamun dhaa varakah image vamun dhanii vaahaka liyefrr oiy leh furihamr kamun. Firrst episode kiyrrlaahr 2nd episode ah varahh wait kurevunu. Again 3rd epsode kiyrrlan libeiine dhuvahakah hesss inthixaaar. Btw nidhan nukereii varah biruganna vaalaifiii.

    1. Shax Lyn
      Nawho

      thank u Nawho 🙂 sorry varah gina kudhin nunidhey vaahaka buneema … glad u liked it

  6. Emy

    Vaaarahhh salhiii…. BT haadha kuruhen heeveyey…… Eakmves hama varh salhi …
    Waiting for the nest part
    ???

    1. Shax Lyn
      Emy

      haii Emy…. Thanks allot…:)

  7. white

    Mi vaahaka kiyaigen mirei nunidhunu. Emme fahun mi comment kolleee. Mee adhi dhevana part. Kihaavarei vaanibaaa fahun kolhuga. Aslu loa maraalaa ira roohee fennanee. Vaahaka v molhu

    1. Shax Lyn
      white

      thanks White…. 🙂 varah ufaavejje vaahaka kamudhiyaima

  8. Ricky

    So beautiful n interesting.. V thafaathu vaahakaeh.. Keep it up..

    1. Shax Lyn
      Ricky

      thanks Rickyy…… 🙂 🙂 🙂

  9. T

    Vaahaka v rythi….n rulhi ah dhimaavefa evaa kahala Kameh. ….family kuhjakaa vex vany dhimaavefa. ..v biruveri iihusaaseh e e e kahala kanthahthah hamalolahh nufennanya v undhagoo vaane gaboolukuranves kurin t vx gabooleh nukuran ekam mihaaru fenunyma jeheyny gaboolkuranthaadhw …n fanditha hadhan ulhenya ingeyne maa kurin vx mom dad ah vx namun vx muhaathabu kuraane v raii kulaige ehchehsah loabi kuraane?

    1. Shax Lyn
      T

      T… Asluves mikahala kanthah dhimaaveema ingeyneee mee kihaavarehgge kamehkan nagaigannan…. thanks a lot for sharing ur view…. 🙂 I hope shes ok now…

  10. Siha

    Alhey haadha furihamaey mi vaahaka.. heevanee aslah fennahen..v molhu sifakurun..

    1. Shax Lyn
      Siha

      thank u Sihaaa….:)

  11. aamilaa

    dhivehi bahun liyaanama dhw kiyaameehunah vx easy vaaany.. fooohi

    1. Marsha
      aamilaa

      Addu bahaky vess hama dhivehi baheyy.. addu huvadhoo haddhunmathi mulaku mi hisaabu bas bahaky hama dhivehi bass

    2. Shax Lyn
      aamilaa

      Shaaz komme vaahakaehves genesdhey iru thafaathukameh beindheytho balan…. mee mi story ehen story thakaa thafaathuvaa kamakee…. baeh meehunah migoiy kamu nudhiyas shaz dhekey gothuga addu bahakeeves aharemen dhivehinge therey oiy baheh…. mi bas dhaskuran beynunvaa kithemme kudhinneh ulheyne… dhaskuran beynunvaa kudhinah mi vaahakain varah gina ehchehi engeyne kamah heekuran 🙂

  12. kamana

    v reethi mi bai

    1. Shax Lyn
      kamana

      Thankas Kamana 🙂

  13. noora

    Wow v loabi

    1. Shax Lyn
      noora

      🙂 hehehe thanks

  14. Marsha

    Vvvvv rythi… biruveri vaane dho adhi miahvure vesss…haadha salhi ey genesdhyfa huri goiy vesss… shaz vv molhu.. thin vana bayah inthizaaru kurany mi keiytheri kameh nethi… mansha ge bai ves vvv kiyaa hiy vey.. mifaharu mansha preg vefa anekkaa e jinni mansha ge baby aa tha alhaigannaany??? Omg!!!.. ekahala connection eh onnaane hen vvv hyveyyy… nnn btw addu bahakyvess hama dhivehi basss

    1. Shax Lyn
      Marsha

      hehehe… Marsha … ur a story writer so ull have these creepy unique ideas dhw…. lets see what happens to her…. thank u for taking so much interest iin my story… I really loved it…

  15. ken?

    shax kairyga eichei ahaalanatha…aslu keevebaa kuree dhuvahuge part ge thankolhei ga eineenu shop thah bandhu kohfa in vaahaka aslu evaahaka bunedhyfa in beynumei nuvisnunu…may b u wntd to let us knw dhwnamaadhu dheytherkan but nxt sentence ga ebain dhw evahaaka ves bunelaafa….kurin dhuvahuga ves ulhunin bunan…
    vaahaka kiyaafa comment kohlaalan…hehhe

    1. Shax Lyn
      ken?

      thank u Ken…ya it ws written repeatedly… aslu beykaaru sentence eh eii… shaaz re chek kuri iru nufenifa in thankolheh eii… thanks alot

  16. sweety

    varah salhi. thanx shax addu bahun bunaathankolhuthah ingeyne goi hadhaa dhineema. i love this story.

    1. Shax Lyn
      sweety

      oohh… thanks sweety…. 🙂

  17. Sam

    Wow varah reethi. Waiting 🙂

  18. Mutha/ S.Hithadhoo

    Feshun varah intresting nd mi partves varah reethi and a big like to this, comment nukurevunas nimendhen kiyaalaanan. Rashu bahun inima varah unique ?

  19. Anonymous

    Wow interesting! Roohee maraalaafa manshaa aa alhaigannanytha!? N btw addu bahun kiyanee “nivahdhaahethi”tha? I hear them sayin “nuvadhuvaahethi”:)

  20. princess

    Hey shaaz…stwry vrh vrh riithi ingey……..awaiting for next part…hyvey mi vrh rythivaane vaahaka eh hen…gd luck

  21. blue

    curiously waiting for the next paaaaaaaaaaaaaaart,,,

  22. iffa

    Alhey haadha reechea mivaahaka plxx next episoad vvv avaha upload kohdhyy v kiyaahithun mihiryy.. I love this story.. And plxx keep it up..

  23. Haby

    Maasha allah … so beautiful and interesting episode. Keep up yot great work.

  24. nammi?

    V nice n beautiful. And this is one of my interesting story .sifa kurun hama habeys . Maashaa allah.☺??????luv it?????

  25. Aimsithu

    Reyga ehbaii kiyaafa birun vaahaka kuriyah gendhaan nukerun.. aneh bai mi kiyaa nimmaaaly dhemme.. vaahaka varah reethi..

  26. Faathun

    Waahaka liyaa iru aharunnah kiyan ingeyhen liyaanama dhw.. komme komme meehakah addu baheh neygeyne.. kiyaa iru v undhagy ehenve.

    1. shif
      Faathun

      kiyaa iru neyngi dhaane thy translate kohfa eynee thireega.. its good to know other islands ge bas thah ves.. v all belongs to maldives.. and addu bas is very rich.. try to concentrate on those words.. im sure u will get wot the writter is tellin

  27. Shiu

    Varaha salhi

  28. Mishfau

    V salhi and thank u for the translation. 🙂

  29. Sienna

    SHAAAAAAAX… my god. Hi my frnd. And salhi story eh

  30. princess lily

    addu bas neyngeythy v v dheravehje.. mi story kiyaa hithun kiyany ekam bunaa ehcheh neyngeythy

    1. mary
      princess lily

      Lilly… Translated bai keema neyngey tha…..

  31. mary

    I even don’t knw addu Bus. But writer ebain translate kohfa hureema mibaiga. Varah ufaa vejje.. Thanks a lot. Vaahaka varah unique. N obinesss.. Wow. Keep it up

  32. Shax Lyn

    Thank u hurihaa kudhinnahves… vaki vakin comment nukurevunee cox I have been really busy lately…. ekam I read all ur comments…. keep reading…. Mondyga new episode libeyne thank u for reading my story….. tc all my fans…

  33. raf

    v salhi vaahaka e

  34. AMY

    waiting for the next episode 🙂

Comments are closed.