Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 22, 2016 7 Mins Read
12 Comments

“އިހަށް ޖަވާބު ދީބަލަ، އަނޫ ހުސްތަ؟ ހުސް ނޫނަސް އެންމެ ރަނގަޅޭ…” މިޝާލް އަނޫޝާގެ އަތުން ދޫކުރާ ހިޔާލެއް ނުކުރެއެވެ. އަދި އަނޫޝާއާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ދޫކުރޭ…” ފަހަތަށް ޖެހިލަމުން އަނޫޝާ އެހެން ބުނީ ބިރުން ހުރެއެވެ. އެވަގުތު އެތަނަށް ޝިޔާޒް ނޫނީ ޒިހާން އަންނާނެ ނަމައޭ އަނޫޝާ ހިތަށް އެރިއެވެ.

މިޝާލްއަކީ އެއާއިލާގަ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެއާ އެކު އެންމެ ދޮށި ދަރިފުޅަކީވެސް އެއީ ކަމަށް ވުމުން ނަސީރާއާ ޒަރީރު އެންމެ ލޯބިވާ ކުއްޖަކަށް ވީވެސް މިޝާލްއެވެ. މަންމައާ ބައްޕަ ފަދައިން މިޝާލްގެ ތިން ކޮއްކޮވެސް މިޝާލް ދެކެ ވަރަށް ލޯބިވެއެވެ.

އެންމެ ކުޑަ އިރުން ފެށިގެންވެސް އެންމެން މިޝާލް ދެކެ ލޯބިވާކަން މިޝާލްއަށް އެނގެއެވެ. އެއްވެސް ކަމަކަށް އެކަކުވެސް މިޝާލްއަށް މަނައެއް ނުކުރެއެވެ. ކޮންމެ ކަމެއް ކުރިޔަސް، ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް މިޝާލް ރުޅި އައިސްދާނެތީ، ނޫނީ އޭނަ ދެރަވެދާނެތީ އެކަކުވެސް އޭނައާ ދިމާއަށް އެއްޗެއް ނުބުނެއެވެ.

މިޝާލް ކުރާ ކަންތަކާމެދު އެއްޗެއް ބުނަން ކެރެނީ ހަމައެކަނި ޒަރީރުގެ މަންމަ އަޒީޒާއަށެވެ. ނަމަވެސް އަޒީޒާ އެއްޗެއް ބުނާ ފަހަރަކު ވިއްޔާ މިޝާލް ރުޅި އައިސްގެން ގޭގައި ހުންނަ ކޮންމެވެސް އަގުބޮޑު އެއްޗެއް ހަލާކު ކޮށްލައެވެ. އެންމެ ފަހުން އެކަމުގެ ކުށްވެރިއަކަށް ވާނީވެސް އަޒީޒާއެވެ. އެހެން ނަމަވެސް މިޝާލްގެ ފަރާތުން ފެންނަ ކަންތަކާ ނަސީރާ ކަންތައް ކުރާ ގޮތާ އަޒީޒާ އަބަދުވެސް ނުރުހުން ފާޅު ކުރެއެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު އެގޭގައި ނެތެވެ.

ދުވަހެއް ދުވަހަކަށް މިޝާލްގެ އުޅުން ދިޔައީ ގޯސް ވަމުންނެވެ. އެންމެ ފަހުން މިޝާލް މަސްތުވާ އެއްޗެހިވެސް ބޭނުން ކުރަން ފެށިއެވެ. އެކަން އެނގުމުން ނަސީރާއާ ޒަރީރު މިޝާލް އެކަން ހުއްޓާތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު މިޝާލް ވަނީ އެމީހުން ބުނާ ބަސް އަހާ ވަރަށް ވުރެ މާ ދުރަށް ގޮސްފައެވެ. އެތައް މަސައްކަތެއް ކޮށް އެތައް ނަސޭހަތެއް ދިނުމުންވެސް އެމީހުންނަށް ކާމިޔާބެއް ނުވިއެވެ.

އެހުރިހާ ކަމެއް މިޒްނާގެ ފަރާތުން އަނޫޝާއަށް ވަނީ އެނގިފައެވެ.

“ޖަވާބެއް ދީބަލަ” މިޝާލް ބުންޏެވެ. އަދި އަނޫޝާގެ މޫނުގައި މިޝާލްގެ އަތް ޖައްސާލަން އުޅުނެވެ. އަނޫޝާ އެއްފަރާތަކަށް މޫނު އަނބުރާލީ އެކަން ކާމިޔާބު ވިޔަ ނުދިނުމަށެވެ. ނަމަވެސް މިޝާލް ހީލާފައި އަނޫޝާގެ ދަތްދޮޅީގައި ހިފާ އަނޫޝާގެ މޫނު މިޝާލްއާ ދިމާއަށް އަނބުރާލިއެވެ. އަދި މިޝާލްގެ މޫނު އަނޫޝާއާ ކައިރި ކޮށްލަން އުޅުނެވެ.

އަނޫޝާ މިޝާލްގެ އަތުތެރޭން އަތް ދަމައިގަތުމާއެކު ދެއަތުން މިޝާލްގެ މޭގައި އަޅާ ކޮއްޕާލިއެވެ. އަދި ބަދިގެއިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އެއަށް ވުރެ ކުރިން މިޝާލް އަނެއްކާވެސް އަނޫޝާގެ އަތުގައި ހިފެހެއްޓިއެވެ.

“ޖަވާބެއް ދީފަވެސް ދެވިދާނެއެއްނު؟” މިޝާލް ބުންޏެވެ.

“ޖަވާބު މިހާރު އެނގިފަ އޮންނާނީ” އަނޫޝާ ބުންޏެވެ.

“އަހަރެން ވަރަށް ބޭނުން އަނޫ…” މިޝާލް އަނޫޝާގެ ދެއަތުގަ ހިފާ ގެނެސް މިޝާލްގެ ގައިގަ އަނޫޝާ ޖައްސާލިއެވެ.

އެވަގުތު އަނޫޝާއަށް ރުޅި އާދެވުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އެރުޅިއާ އެކު ހަށިގަނޑަށް ބާރު ލިބުނު ގޮތެއްވެސް އަނޫޝާއަކަށް ނޭނގެއެވެ. އަނޫޝާ އަނެއްކާވެސް މިޝާލްގެ އަތުތެރޭން އަތް ދަމައިގެންފައި މިޝާލް ދުރަށް ކޮއްޕާލިއެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ؟ އަހަރެން ބޭނުމެއް ނޫނޭ މިޝާލްއާ ރައްޓެހި ވާކަށް” އަނޫޝާ ބުންޏެވެ.

“އަހަންނާ ރައްޓެހި ނުވާންވީ ސަބަބަކީ ކޮބާ؟” އަނޫޝާގެ ކުރިމައްޗަށް އަރާ މަގު ބައްދާފައި މިޝާލް އަހާލިއެވެ.

“މިހާރުވެސް ތިހުރި ހާލު އެނގޭތަ؟ އެހެންވެ އަހަރެން މިޝާލްއާ ގުޅެން ބޭނުން ނުވަނީ… ދެން އަހަރެން ދިޔަދީ” މިޝާލްގެ އަތް ދަށުން އަނޫޝާ ނިކުތެވެ.

އަނޫޝާއަށް ރޮވުނީ ޝަރީފާމެން ތިބި ހިސާބު ފަސްދީ ސިޑިއާ ހިސާބަށް ދެވުމުންނެވެ. އޭރު އެތާ ޝިޔާޒްއާ މިޒްނާއެއް ނެތެވެ. ޝިޔާޒް ހުރި ނަމަ އަނޫޝާ ދިޔަ ގޮތުން ކޮންމެވެސް ކަމެއް ވެއްޖެ ކަން ޝިޔާޒްއަށް އެނގުނީހެވެ. އަދި އެވަގުތު ސުވާލުވެސް ކުރީހެވެ.

ރޮމުން ދުވެފަ ސިޑިން އަރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި އަނޫޝާ ދޮރުގަ ނިތްކުރި ޖައްސާލައިގެން ހުރެ ރޮމުން ދިޔަ އިރު ކޮޓަރީގައި ޒިހާން އިން ކަމެއް އަނޫޝާ ހަނދާންވެސް ނެތެވެ.

އަނޫޝާ ރޯތަން ފެނުމުން ޒިހާން އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް އަނޫޝާގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

“އަނޫ…” ޒިހާންގެ އަޑު އިވުމާއެކު ޒިހާންގެ އަތް އަނޫޝާގެ ކޮނޑުގައި ޖެހުމުން އަނޫޝާ ސިހިފައި އެނބުރި ބަލާލިއެވެ.

“ކިހިނެއްވީ؟” ޒިހާން އަހާލިއެވެ. އެއާއެކު އަނޫޝާ ޒިހާންގެ މޭގައި ބޯޖައްސާލިއެވެ.

“އަނޫ، ކިހިނެއްތަ ވީ؟” އަނޫޝާ ރުއިން ހުއްޓާލާފައި ދުރަށް ޖެހިލުމުން ޒިހާން އަހާލިއެވެ.

“ކަމެއް ނުވޭ…” ލޯފޮހެލަމުން އަނޫޝާ ޖަވާބު ދިނެވެ.

ދެންމެ ވީ ކަންތަކުގެ ވާހަކަ ޒިހާން ގާތު ބުނާކަށް އަނޫޝާއަކަށް ނުކެރުނެވެ.

“ކަމެއް ވިޔަސް އަނޫ ނުބުނާނެ. ދެން އޯކޭ…” ޒިހާން އަނޫޝާގެ މޫނު ފޮހެލިއެވެ. “އަނޫ ނުބުންޏަސް އެނގޭ ތިރުއީ ޝިޔާޒް މަންމަ ކޮންމެސް އެއްޗެއް ކީމަކަން… އަހަރެން ހިތަށް އަރާ ތިހުރިހާ ކަމަކުން އަނޫ އަވަހަށް ސަލާމަތް ވާނެ ނަމައޭ…” ޒިހާން ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“ނޫން… ދައްތަ އެއްޗެއް ނުބުނޭ…” އަވަސް އަވަހަށް އަނޫޝާ ބުންޏެވެ.
“ދެން ކާކު އެއްޗެއް ބުނީ؟” އަނޫޝާ އެހެން ބުންޏަސް ޒިހާންއަށް ގަބޫލެއް ނުކުރެވެއެވެ.
އަނޫޝާ ޖަވާބެއް ނުދެއެވެ.
“އަނޫ، އަހަރެން މިރޭ މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން” އަނޫޝާ އެއްޗެއް ނުބުނުމުން ޒިހާން ފެށިއެވެ.

“ކޮން ވާހަކައެއް؟” އަނޫޝާ އަހާލިއެވެ.
“އަނޫ…” ޒިހާން އަނޫޝާގެ އަތުގަ ހިފާލިއެވެ. ނަމަވެސް އިތުރަށް އެންމެ ލަފްޒެއް ބުނާނެ ފުރުސަތެއްވެސް ޒިހާންއަކަށް ނުލިބުނެވެ.
“ކިތަންމެ ވަރަކަށް ހޯދިޔަސް މިތާ އިން މީހަކު ފެންނާނެތަ؟” އެވަގުތު ދޮރު ހުޅުވާލާފަ އެތެރެއަށް ވަން މިޒްނާ ބުންޏެވެ.

“ދެން މިޒޫވެސް ދައްކާ ވާހަކަ ދޯ! ޒިހާން މިތާ އިނީމަ ކިރިޔާ ވަގުތެއް ވާއިރަށް އަނޫ އަންނާނީ މިތަނަކަށްނު؟” މިޒްނާގެ ފަހަތުން ވަން ޝައުފާ ބުންޏެވެ.

“އެއީ ދޯ ވީގޮތަކީ…؟ އަންގާލައިގެން އުޅޭ ނަމައެއްނު؟” މިޒްނާ ވަދެ ގޮނޑިއެއްގައި އިށީނެވެ.

“އަހަރުމެން ހީކުރީ މިޒޫއަށް އެނގޭނެ ކަމަށް، ދޯ އަނޫ؟ އެހެން ނޫނަސް މިޒޫއަށް މިކަން އަދި ނޭނގެންޏާ އެކަމުގަ ކުށްވެރިއަކީ ޝިޔާޒް. އޭނަ ކޮބާތަ؟” ޒިހާން އަހާލިއެވެ.

“ނޭނގެ، މަންމަމެން ދިޔަ ތަނާ އެބަ އަންނަމޭ ކިޔާފަ އޭނަވެސް ހިނގައްޖެ. އެހެން ވީމައެއްނު ތިދެމީހުންނަށް އުނދަގޫ ކުރަން މިއައީ” ޒިހާންގެ ސުވާލަށް ޖަވާބު ދެމުން މިޒްނާ ދިމާ ކޮށްލިއެވެ.

ހަތަރު މީހުން އެކި ވާހަކައިގައި ތިއްބާ ޝައުފާގެ ފިރިމީހާ ޔާފިއުއާ އެކީ ޝިޔާޒް އައެވެ.
“ހިނގާ އެންމެން އެކީ ކޮފީއަކަށް ދާން” ޝިޔާޒް ބުންޏެވެ.

“ނޫން ދޮންބޭ، އަހަރުމެން ދެން ދާނީ ގެޔަށް، ދޯ ޔާފިއު؟” ޝައުފާ ބުންޏެވެ. އަދި ދަނީއޭ ބުނަމުން ދެމީހުން އެކީ ނިކުތެވެ.
“ޒިހާން، ހިނގާ” މިޒްނާގެ އަތުގަ ހިފައިގެން ތެދުވަމުން ޝިޔާޒް ބުންޏެވެ.

“އަނޫ…؟” ޝިޔާޒް ނިކުތުމުން އަނޫޝާއާ ދިމާއަށް އަތް ދިއްކޮށްލަމުން ޒިހާން ގޮވާލިއެވެ.
އެމީހުންނާ އެކީ ބޭރަށް ދާން އަނޫޝާ ޖެހިލުން ވިއެވެ.

“އަނޫ… ހިނގާބަލަ…” ޒިހާން ދެވަނަ ފަހަރަށް ބުންޏެވެ.
“އަދި ބަދިގޭގަ ބައިވަރު މަސައްކަތް ހުންނާނެ… އަހަރެން ބޭރަށް ދިޔައީމަ ދައްތަ ރުޅި އައިސްދާނެ” އަނޫޝާ ބުންޏެވެ.

އަނޫޝާއާ ޒިހާން ލަސް ވެގެން އައި ޝިޔާޒްއަށް “ހެޔޮ… އެންމެ ރެއަކު އަނޫއާ ނުލާ މިގޭ މީހުންނަށް އެވަރު ވެދާނެ” އަނޫޝާގެ ވާހަކަ އަޑު އިވުމުން ބުނެލިއެވެ.

ޝިޔާޒް ބުނި ގޮތުން އަނޫޝާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޒިހާން ދިއްކޮއްގެން ހުރި އަތުގަ ހިފާލަމުން ތެދުވިއެވެ.

ގެޔަށް ދިޔަ ގޮތަށް މިޝާލް ނަސީރާ ކައިރީގަ ސޯފާގަ އިށީނެވެ.

“ކިހިނެއްވީ؟ ކޮން ކަމެއް ބޭނުން ވެގެން ތިއުޅެނީ؟” މިޝާލް އަމިއްލަ ބޭނުމަކު ނޫނީ އެގޮތަށް ނަސީރާ ކައިރިއަށް ނާންނާނެކަން ނަސީރާއަށް އެނގޭތީ އަހާލިއެވެ.

“މަންމާ… އެގޭގަ އެއުޅެނީނު ޝިޔާޒްގެ ކޮއްކޮ…؟” މިޝާލް ވިސްނާލާފައި ދައްކަން ބޭނުން ވާހަކަ ފެށިއެވެ.
“ޝަމްހާ؟” ނަސީރާ މިޝާލްއާ ދިމާއަށް ބަލާލަމުން އަހާލިއެވެ.
“އުހުނ… އަނޫ…” މިޝާލް ބުންޏެވެ.
“ހޫނ، އަނޫ ކިހިނެއްވި؟” ނަސީރާ މޭޒުމަތީ އޮތް ނޫސް ނަގަމުން އަހާލިއެވެ. އެވާހަކައަށް ނަސީރާގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.

“ދެން އިހަށް އަޑު އަހާބަލަ މަންމާ” މިޝާލް ނަސީރާގެ އަތުން ނޫސް އަތުލާފަ އަލުން މޭޒުމަތީ ބޭއްވިއެވެ.
“ހޫނ، ކިޔާބަލަ ކިޔަން ތިއުޅޭ އެއްޗެއް…” މިޝާލްއާ ދިމާއަށް އެނބުރިލަމުން ނަސީރާ ބުންޏެވެ.
“އަހަރެން ބޭނުން އަނޫއާ އިންނަން” މިޝާލް ބުނެލިއެވެ.

ނަސީރާ ހައިރާން ވެފަ މިޝާލްއާ ދިމާއަށް ބަލަހައްޓައިގެން އިނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
“މަންމާ… އެއްޗެއް ބުނެބަލަ” ނަސީރާ އެއްޗެއް ނުބުނެ އިނުމުން މިޝާލް ބުނެލިއެވެ.

“މަންމަ ކީކޭތަ ބުނަންވީ؟ މަންމަ ހިއެއް ނުކުރަން މިޝާލް އެހާ އަވަހަށް މީހަކާ އިންނަން އުޅޭނެ ކަމަކަށް… ކޮން އިރަކުތަ ދަރިފުޅު އަނޫއާ—”

“އަނޫ ގަބޫލެއް ނޫނޭ އަހަންނާ އިންނާކަށް” ނަސީރާގެ ވާހަކަ މެދުކަނޑާލަމުން މިޝާލް ބުންޏެވެ.
“ކީށްވެގެން؟” އެހެން އަހާލިއިރު މިޝާލްގެ އުޅުމާ މެދު ނަސީރާއަށް އެއްވެސް އެއްޗެއް ނޭނގޭ ކަހަލައެވެ.

“އަހަރެން އުޅޭ ގޮތުންނޯ…” މިޝާލް ސޯފާގަ އޮށޯވެލަމުން ފަރުވާކުޑަ ގޮތަކަށް ޖަވާބު ދިނެވެ.
“ދެން… މަންމަ ކީށްކުރާނީ؟” ނަސީރާ އަނެއްކާވެސް ނޫހާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

“ދެން މަންމަ ކޮންމެސް ގޮތެއް ހަދާބަލަ” ތެދުވެ ނަސީރާގެ އަތުގަ ހިފަހައްޓަމުން މިޝާލް ބުންޏެވެ.

“ތީ މިޝާލް އަމިއްލައަށް ކުރަން ޖެހޭ ކަމެކޭ، ތިކަމުގަ މަންމައަށް އެއްވެސް އެހީއެއް ނުވެވޭނެ. މިޝާލްއަށް އެނގެއެއްނު މަންމައަށް ކޮށްދެވޭނެ ކަމެއް ނަމަ މަންމަ ކޮށްދޭނެކަން…” ނަސީރާ މިޝާލްއަށް ވިސްނައިދެވެތޯ ބެލިއެވެ.

“މަންމަ ބޭނުންތަ އަހަރެންގެ އުޅުން ބަދަލު ކުރަން؟ އަހަރެން މިކުރާ ކަންތައް ހުއްޓާލަން މަންމަ ބޭނުންތަ؟” ނަސީރާ ދޭނެ ޖަވާބު އެނގިހުރެ މިޝާލް އަހާލިއެވެ.

ނަސީރާ މިޝާލްއަށް ބަލާލިއެވެ.

“ބޭނުންތަ؟” މިޝާލް ސުވާލު ތަކުރާރު ކޮށްލިއެވެ.

“މިޝާލްއަށްވެސް އެނގޭނެ މަންމަ ބޭނުން ވާނެކަން” ނަސީރާ ބުންޏެވެ.
“އެހެން ވިއްޔާ މަންމަ ކޮންމެސް ގޮތަކުން އަނޫ އަހަންނާ އިންނަން އެއްބަސް ކޮށްދީ. މަންމަ އެކަން ކާމިޔާބު ކޮށްފިއްޔާ މަންމަ އެދޭ ކަންތައް އަހަރެންވެސް ކުރާނަން” މިޝާލް ބުނި ގޮތުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ނަސީރާ މިޝާލްގެ އެދުން ފުރިހަމަ ކޮށްދޭނެ ކަން މިޝާލްއަށް އެނގެއެވެ.

“ޔަގީންތަ މިޝާލް؟ މިކަން ވެއްޖެއްޔާ މިޝާލް ތިއުޅުން ދޫކޮށްލާނަންތަ؟ ތިކަންތައް ހުއްޓާލާނަންތަ؟” ނަސީރާ އަހާލީ މިޝާލްގެ ފަރާތުން ޔަގީންކަން ހޯދުމަށެވެ.

“އާނ، މަންމަ މަށަށް ޓްރަސްޓް ކޮށްބަލަ” ސޯފާއިން ތެދުވަމުން މިޝާލް ބުންޏެވެ.

މުޅި އެރޭ ނުނިދާ ނަސީރާ ހެދަ ކުރީ ވިސްނުމުގައެވެ. އަނެއް ދުވަހު ހޭލި ގޮތަށް ނަސީރާ ގުޅީ ޝަރީފާއަށެވެ.

ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ނަސީރާއާ ފޯނުން ވާހަކަ ދެއްކުމަށް ފަހު އިރުކޮޅަކު ވިސްނާލާފައި ޝަރީފާ ދިޔަ ގޮތަށް އަނޫޝާގެ ކޮޓަރިއަށް ވަނެވެ.

“މަށަށް އެނގޭ މީނަ މިކަހަލަ ކޮންމެސް ކަމެއް ކުރާނެ ކަން…” އެތެރެއަށް ވަން ގޮތަށް އެނދު ތަންމަތި އަޅަން ހުރި އަނޫޝާއާ ދިމާއަށް ޝަރީފާ ހަޅޭ ލަވައިގަތެވެ.

ޝަރީފާގެ އަޑަށް ސިހިފައި އަނޫޝާ އެނބުރި ބަލާލިއެވެ. ރުޅި އައިސް ރަތްވެފައި ހުރި ޝަރީފާ ފެނުމުން އަނޫޝާއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. ގޯސްކޮށް ކަމެއް ކުރެވުނު ތޯ އަވަސް އަވަހަށް ހަނދާން ކުރަން ފެށިއެވެ. ނަމަވެސް ހަނދާނެއް ނުވިއެވެ. ހެނދުނު ކުރަން ޖެހޭ ހުރިހާ ކަމެއް އަނޫޝާ ހުރީ އެންމެ ރަނގަޅަށް ކޮށް ނިންމާފައެވެ.

“ރޭގަ ކީށްތަ ކުރީ؟” ޝަރީފާ އަހާލިއެވެ.
“އަހަރެން ކީށްކުރީ؟” ރޭގައިވެސް ކުރެވުނު ކަމެއް ހަނދާން ނުވުމުން އަނޫޝާއަށް އަހާލެވުނެވެ.

“ކުރި ކަމެއް އަހަންނަށްތަ އެނގެނީ؟ ދެންމެގަ ނަސީރާ މަށަށް ގުޅާފަ އެބުނީ މިޒްނާއާ ޝިޔާޒްގެ ކައިވެންޏެއް ނުކުރެވޭނެޔޭ. އަބަދުވެސް ކޮންމެސް ދެމީހެއްގެ މެދަށް ވަދެގެން އުޅެވޭތޯ ބަލާ! ފުރަތަމަ ޒިހާންއާ ޝަމްހާގެ މެދަށް ވަދެގަތީ، އެވަރުން ނުވެގެން މިހާރު ތިއުޅެނީ ޝިޔާޒްއަށްވެސް އުފަލެއް ލިބުނަ ނުދޭން. މައޭރުވެސް ލަތީފު ކައިރީގަ ބުނީމޭ މީނަ ނުގެންނާށޭ… އެކަމަކުވެސް ވެއްޖެ… މަމި އަހަނީ ރޭގަ ކީށްހޭ ކުރީ؟ ކީށްވެތަ އެއްޗެއް ބުނަން ނޭނގިފަ ތިހުންނަނީ؟” އަނޫޝާގެ އަތުގަ ހިފާ ތަޅުވައިގަންނަމުން ޝަރީފާ އެހިއެވެ.

“އަހަންނަކަށް ނޭނގެ ވީގޮތެއް ދައްތާ… އަހަރެން އެއްވެސް ކަމެއް ނުކުރަން” އަނޫޝާ ރޮވިފައި ހުރެ ބުންޏެވެ.
“އެނގޭނެ، ކަލެއަށް އެނގޭނެ… މަގޭ ދަރިންނާ ހެދި ކޮން އުނދަގުލެއް ވެގެންތަ އެމީހުންގެ އުފަލަށް ހުރަސް އަޅަން ތިއުޅެނީ؟ އެމީހުން ކީށްތަ ކުރީ؟ މައިން ބަފައިން މަރުވީމަ ގެނެސް ބަލާ ބޮޑު ކުރީމަ ތީތަ ދޭން ފެނުނު އެންމެ ރަނގަޅު ހަދިޔާއަކީ؟” ޝަރީފާ އަނޫޝާއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ.

“ދައްތާ… އަހަރެން ނުކުރަމޭ ކަމެއް… އަހަންނަކަށް ނޭނގެ ކީށްވެގެން ކަމެއް މިޒޫ މަންމަ އެހެން ބުނީ…” އަނޫޝާ ރޮމުން އަމިއްލަ ދިފާޢުގައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ޝަރީފާ އެއަޑެއް ނޭހިއެވެ.

“މަށަށް އެނގެޔޭ. އެއީ ހަމަ އަނޫޝާއާ ހެދިގެން، އެހެން ކޮން ކަމެއްތަ؟ ރޭގަ މިޝާލް އެއްޗެއް ބުނެގެން އަނޫޝާ ވޭތަ މާވަރެއް އަރުވަން؟ އެވަރުގެ އެއްޗެއް އޭނަ ބުނިތަ؟ ނަސީރާ ގުޅާފަ އެބުނީ މިޒްނާއާ ޝިޔާޒްގެ ކައިވެންޏެއް ނުކުރެވޭނެޔޭ… ޝަމްހާއާ ޒިހާންގެ މެދަށް ވަދެގެން އެވަރުން ނުވެގެން މިހާރު ވީ ޝިޔާޒްއާ މިޒްނާގެ މެދަށް ވަންނަން… ކީށްތަ ކުރަން ތިއުޅެނީ؟” ޝަރީފާ ރުޅި އައިސްފައި އަނޫޝާއާ ދިމާއަށް ހަޅޭލަވަމުން ދިޔައެވެ.

އަނޫޝާ ހައިރާން ވެފައި ޝަރީފާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ. ޝަރީފާ ބުނުމުން ފުރަތަމަ ފަހަރު އަނޫޝާއަށް ނުވިސްނުނު ނަމަވެސް ދެވަނަ ފަހަރަށް ބުނުމުން ޝަމްހާއާ ޒިހާންއާ ބެހޭ ގޮތުން އެބުނި އެއްޗެއްވެސް އަނޫޝާގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.

ޝަމްހާއާ ޒިހާންގެ މެދުގަ ގުޅުމެއް ނުވާކަން އަނޫޝާއަށް ޔަގީނެވެ. ނަމަވެސް ޝަމްހާ ޒިހާންއާ މެދު ދެކޭ ގޮތް އަނޫޝާއަށް އެނގުނީ މިއަދުއެވެ. ދެންމެއެވެ. ޝަރީފާ އެހެން ބުނުމުންނެވެ. ކުރިއަކުން އެކަމެއް އަނޫޝާއަކަށް ނޭނގެއެވެ.  އެކަން އަނޫޝާއަށް އެނގޭ ނަމަ އޭނަ ޒިހާންއާ ވާހަކައެއް ނުދެއްކީހެވެ. ޝަމްހާގެ އުފަލަކަށް ހުރަހެއް ނޭޅީހެވެ.

ނަމަވެސް ދެން އަނޫޝާއަށްވެސް ކުރެވޭނެ ކަމެއް ނެތެވެ. ޒިހާން ޝަމްހާއާ މެދު އެފަދަ ގޮތަކަށް ނުދެކޭކަން އަނޫޝާއަށް ޔަގީން ވާއިރު، އަދި އަނޫޝާ މިހާރު ޒިހާން ދެކެ އެވަރަށް ލޯބި ވާއިރު ޒިހާންއާ ވަކި ވުމަކީ އަނޫޝާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ދެންވެސް އަނޫޝާއަށް ނުވިސްނުނު ކަމަކީ ޝިޔާޒްއާ މިޒްނާގެ މެދަށް އަނޫޝާއަށް ވަދެނުވު ގޮތެކެވެ. މިޒްނާ މަންމަ އެހެން ބުނަންވީ ސަބަބެކެވެ. މިޝާލްއާ މެދު އަނޫޝާ ކަންތައް ކުރި ގޮތާ އެކަމާ އޮތް ގުޅުމެކެވެ.

“ޝިޔާޒްއަށް ދޮންބެ ކިޔަކަސް އެއީ އަނޫޝާގެ ދޮންބެއަކަށް ނުވާނެ، ލޯބިވާ ކަމަކަށްވެސް ނުވާނެ… އޭނަ ދެކެ ލޯބި ވަންޏާ އޭނައަށް ދެރަވާ ކަހަލަ ކަމެއް ވިޔަ ނުދީ. އޭނަ ބޭނުންވާ ގޮތަށް ކަންތައް ކޮށްދެވޭނީ އަނޫޝާއަށް އެކަނި… އެހެން ނޫނަސް ޝިޔާޒްއާ ޝަމްހާ އަނޫޝާއާ ތިމާގެ ވާނީ އެއްވަރަކަށް… ޝިޔާޒްގެ އުފަލަށް އެދޭހެން އަނޫޝާ ނުޖެހޭތަ ޝަމްހާގެ އުފަލާ މެދު ވިސްނާކަށް؟ އެކުއްޖާގެ ހުރިހާވެސް އުފަލަކީ ޒިހާން، އޭނައަށް އުފަލެއް ލިބޭނީ ޒިހާންއާ އިނދެވުނިއްޔާ”

ޝަރީފާގެ ވާހަކަ އަޑު އަހަން އަނގައިންވެސް ނުބުނެ އަނޫޝާ ހުއްޓެވެ. އެހުރިހާ ވާހަކައެއް އަޑު އަހާފައި އަނޫޝާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ކަހަލައެވެ. އެއިން އެއްވެސް ކަމެއްގައި އަނޫޝާއަށް ކޮށްދެވޭނީ ކޮން ކަމެއް ބާއޭ ހިތާހިތާ ސުވާލު ކޮށްލަ ކޮށްލާ އަނޫޝާ ހުއްޓެވެ. ނަމަވެސް ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް އަނޫޝާ އަކަށް ނުވިސްނުނެވެ.

“ދައްތާ، އަހަންނަކަށް ނޭނގެ އަހަންނަށް ކުރެވުނު ކަމެއް… މިޝާލްއާ ދިމާލަކަށް އަހަރެން އެއްޗެއް ނުބުނަން… އޭނަ… ރޭގަ… އަހަރެން…” އަނޫޝާ ރޭގަ ކަންތައް ވީގޮތުގެ ވާހަކަ ޝަރީފާ ގާތު ބުނަން ފަސްޖެހުނެވެ.

“ރޭގަ ކީކޭތަ؟ ކީށްވީތަ؟ މިޝާލް ކީށްތަ ކުރީ؟” ޝަރީފާ ސުވާލު ކުރިއެވެ.

“މިޝާލް… ރޭގަ އަހަރެން ކައިރީގަ ބުނި އޭނަޔާ ރައްޓެހި ވާށޯ…” އިސް ޖަހާލަމުން އަނޫޝާ މަޑުމަޑުން ބުންޏެވެ.
“ދެން…؟ އެއީ އެވަރުގެ ކަމެއްތަ؟ ހީވަނީ ފިރިހެނަކާ އަނގައިން ނުބުނެ އިންނަ މީހެއްހެން” ޝަރީފާ ނުރުހިފައި ބުނެލިއެވެ.
އަނޫޝާ އެއްޗެއް ނުބުނެ ހުއްޓެވެ.

“މަބުނާ ގޮތެއް ހަދާނަންތަ؟” ތަންކޮޅެއް މައިތިރި ވެލާފައި ޝަރީފާ އަހާލިއެވެ.
އަނޫޝާ ބޯޖަހާލިއެވެ.

“ނަސީރާ ގުޅާފަ ބުނީ އަނޫޝާ މިޝާލްއާ އިންނާށޭ… އެހެން ނޫނީ މިޒްނާއާ ޝިޔާޒަކަށް ނީނދެވޭނެޔޭ… އަނޫޝާ ދެކޮޅު ނަހަދާތި… ކިރިޔާވެސް ޝިޔާޒްގެ އުފަލާމެދު ވިސްނާނަމަ އަނޫޝާ ދެކޮޅެއް ނަހަދާނެ، އެހެން ނޫނަސް އޭރުން ޒިހާން ޝަމްހާއާ ގުޅޭކަށް ހުރަހެއް ނޯންނާނެ. އަހަރުމެން އަނޫޝާ މިގެޔަށް ގެނެސް އަނޫޝާއަށް ހިޔާވަހިކަމެއް ދިނީމަ އެކަމާ ކިރިޔާވެސް ޝުކުރު ކުރާނަމަ މިކަމާ އަނޫޝާ ދެކޮޅެއް ނަހަދާނެ…” ޝަރީފާ އެނދުގައި އިށީނދެފައި އޭނަ ބޭނުންވާ ގޮތް ހާމަކުރިއެވެ.

އަނޫޝާގެ ހިތާ ސިކުނޑީގައި ޝަރީފާގެ ބަސްތައް އެނބުރެމުން ދިޔައެވެ.

“މިރޭ އަހަރެން ޖެހޭ ނަސީރާއަށް ޖަވާބެއް ދޭން… އެހާ އިރަށް އަނޫޝާ ގޮތެއް ނިންމާތި!” ޝަރީފާ އެހެން ބުނެފައި ނިކުމެގެން ދިޔައެވެ.

ޝަރީފާ ދިޔުމުން އަނޫޝާ އެނދުގައި އޮށޯވެ ރޯންފެށިއެވެ. ޒިހާން އަނޫޝާއާ މެދު ދެކޭ ގޮތް އެނގުމުން އަނޫޝާ ހީކުރީ މިހުރިހާ ދުވަހު ނުލިބުނު އުފަލާ ހިތްހަމަޖެހުން ދެން އަނޫޝާއަށް ލިބިދާނެ ކަމަށެވެ. މިވީ ހަތް ވަރަކަށް އަހަރުގައި އަނޫޝާއާ ކުރިމަތިވި ހިތާމައާ އަނިޔާ ހިތުން ފިލުވާލެވޭނެ ވަރަށް ޒިހާންގެ ފަރާތުން ލޯތްބާ އަޅާލުން ލިބޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވަމުން މިދަނީ އަނޫޝާ ހީކުރި ގޮތާ މުޅިން ތަފާތު ގޮތަކަށެވެ.

ދެވަނަ ފަހަރަށްވެސް ޝަރީފާ ދޮރު ހުޅުވާލާފައި ވަނުމުން އަނޫޝާ ސިހިފައި ތެދުވިއެވެ.

ޝަރީފާ ވަން ގޮތަށް ރުޅި އައިސްފައި ބުނެލިއެވެ. “ހޫނ… ދެން ތިހެން ރޯން އޮވޭ، އޭރުން ޝިޔާޒް އައިސް ސުވާލު ކުރާނީ”. ޝަރީފާ ވަން ގޮތަށް ރުޅި އައިސްފައި ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފުންއަސަރު 15

Next

އަހަރެންގެ ވާހަކަ (ފަސްވަނަބައި)

Next
March 23, 2016

އަހަރެންގެ ވާހަކަ (ފަސްވަނަބައި)

Previews
March 22, 2016

ފުންއަސަރު 15

12 Comments!

  1. princess says:
    March 22, 2016 at 5:25 pm

    Alhe anoo eh ehn nuhadhaba marsha..hehe stwry vrh nyc

  2. rose says:
    March 22, 2016 at 5:27 pm

    Alhe anu ah dhera vaagothah nunimmathi . Please

  3. Ily says:
    March 22, 2016 at 5:28 pm

    Wowwwww v salhi

  4. Appy says:
    March 22, 2016 at 6:06 pm

    Dhn alhe anu ah jeheyny sacrifice kurantha?anu ah ehen nuhadhabala alhe………story v rythi

  5. love says:
    March 22, 2016 at 7:54 pm

    Mee aharen kiyaafa oiii story eh..
    mee marsha ge amihla story eh noon.. so credit dhy dhw… myheh ge ehcheh liyaaa iru myhun dhey comments ah hevifa thanks jehun cheap myhun ge sifa eh :O

    1. Mar Sha Marsha says:
      March 22, 2016 at 9:55 pm

      This is my own story, love.. kurin muraasil adhi araamagu ga genesdhiny ves marsha.. adhi marsha ge blog gaves… n mi site ga 2014 ga “mashaa” mi author ge namuga mi story ge eh part genesfa in ehen myhaku.. eyga marsha comment ves kurin ekan kury ehen myhekey bunefa.. eyge fahun emyhaku huttaaly.. i will never take credit for wat i hv not done.. this is my own work.

  6. Faathun says:
    March 23, 2016 at 12:12 am

    Dhen cheedi… anoo aa zihan aa gulhuwaaa.. ehen nunee v hadi dhen..

  7. Nee says:
    March 23, 2016 at 8:10 am

    Marsha alhe anu ah ehn nuhadhabala….. let her be with zihan…. dnt include this story among the grt sacrifice stories…. btw story v rythi…. aslu Marsha ge story thah v rythi….

  8. Thaathu says:
    March 23, 2016 at 8:21 am

    Hmmmm… alhuganduvess mi story keen…. hama marshage vaahakaeh meee…. meehun kiyaa ehchehsah nubalaa vaahaka up kohdhehchey… story v v nice

  9. Shahy says:
    March 23, 2016 at 2:47 pm

    Wow v salhi

  10. Zaanaa says:
    March 23, 2016 at 4:09 pm

    V nice next part avahah up kohdeeba meehun keyaa ahchehsah nubalaa ahare men me thibebee Marsha yaa aku

  11. Zaanaa says:
    March 23, 2016 at 4:10 pm

    V nice next part avahah up kohdeeba meehun keyaa ahchehsah nubalaa ahare men me thibebee Marsha yaa aku vaahaka kureyah genday joashaa aku

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 4←


All Right Reserved!