Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 11

Ushaali Level 810 Stories100 Comments100 Stories500 Comments
March 12, 2016 7 Mins Read
17 Comments

އަދި މިވަގުތު ދިއުމަށް އެއްވެސް ހުރަހެއް ވެސް ނެތީ ޒޯހަންއަށް ކަމަށް ވާތީއެވެ. ލެއްވި ރަހްމަތަށްޓަކައި ޒޯހަންއަށް ހިތާހިތުން މާތްﷲ އަށް ޝުކުރު ކުރެވުނެވެ. ޒޯހަންއާއި ނުލާ ޝިޔާރާ ފުރައިގެން ދިޔަނަމަ ފުރާނަ އާއި ހަށިގަނޑު ދެތަންވާނެ ކަމުގައި އެއްވެސް ޝައްކެއްނެތެވެ.

 

ދެދުވަސް ފަހެވެ. ޒޯހަން އެނބުރި އާއުމާއެކު ކައިވެނީގެ ވާހަކަ ދައްކަން ނޫރީ ހުރީ ތައްޔާރު ވެގެންނެވެ. ޒޯހަން ބޭނުންވާގޮތް އަމިއްލައަށް ހާމަކުރޭތޯ ވަރަށް ދުވަސް ދެވިއްޖެ ކަމަށާއި އަންހެންކުއްޖާގެ ފަރާތުން ހުރިހާކަމެއް މިހާރު ހުރީ ތައްޔާރުވެފައި ކަމަށް ނޫރީ ލަތާ ކައިރީގައި ބުންޏެވެ. ލަތާވެސް ހުރީ ރުހި ގަބޫލުވެގެންނެވެ. އަދި ޒޯހަން އައުމާއެކު ސަޕްރައިޒެއްދޭނީ ކަމުގައި ލަތާ ހީލަމުން ބުނެލިއެވެ.

 

އިންޑިއާގެ ބެންގަލޯރގެ މަނިޕާލް ހޮސްޕިަޓަލުގައި ޝިޔާރާގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރެވުމަށްފަހު ދުވަހަކަށްފަހު ދުވަހެއް ޝިޔާރާ ރަނގަޅުވަމުން އާދޭއެވެ. މިއަދަކީ ޝިޔާރާ ރޫމަށް ބަދަލުކުރާ ދުވަހެވެ. ޝިޔާރާގެ މޫނު ދެކެން ޒޯހަން ރޫމަށް ވަންނަނީ ކޮންމެ ރެއަކު ޝިޔާރާ ނިދާފަހުންނެވެ. އެހެންކަމުން ހާލާއާއި އެކުގައި ޒޯހަން އައިސްހުރި ކަމެއް ޝިޔާރާއަށް ނޭނގެއެވެ.

އާފަލެއް ކާންދޭންވެގެން ހާލާ ވަޅިނެގުމަށްފަހު ޝިޔާރާއަށް ބަލާލިއެވެ. އަދި ހީލުމަށްފަހު ޝިޔާރާ ކައިރީގައި އިށީނދެލިއެވެ. ޝިޔާރާ ގަނޑެއްގައި ލިޔެފައި ދިން އެއްޗަކުން ހާލާ ދެރަވެގެން ކަރުއެލުވާލިއެވެ. “ހާލީ މަށަށް ތިހަރަދު ކުރާ ފައިސާ ކޮންމެސް ދުވަހަކުން އަނބުރާ ދައްކާނަން. އިންޝާﷲ.” ޝިޔާރާއަށް މިހާތަނަށް ހާލާގެ އަތުން ބައިރުފިޔާ ވެސް ހަރަދުކޮށްފައި ނުވާނެ ކަމަށާއި ޝިޔާރާގެ އެންމެ ކުޑަ ހަރަދު ވެސް ބަލަހައްޓަނީ ޒޯހަންއޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ފްލައިޓް މަތީގައި ހާލާ ކައިރީގައި ޒޯހަން އެދުނު އެދުމަކީ މިއީއެވެ.

“ޒޯން އައި މިސް ޔޫ” ޝިފްނީ ފޮނުވާލި މެސެޖުން ޒޯހަން އަށް އުނދަގޫވިއެވެ. ޝިފްނީ އަހަރެން މަތިން މިސްވާންވީ ކީއްވެ ހެއްޔެވެ؟ “ބަޓް އައި ޑޯންޓް” ވިސްނާލުމަށްފަހު ޒޯހަން ހާމާކުރީ ތެދެވެ. އެނދުގައި ބަންޑުން މޭދަށަށް ބާލީހެއް ލައްވާލައިގެން އޮތް ޝިފްނީގެ މޫޑު ހަރާބުވިއެވެ. “ހޭއި…. މާލެ ގޮށްސަ ދައްކާލާނަން އެނގޭ މަގޭ ޖީއެފް. ވަރަށް ލޯބިކޮށް ހުންނަނީ. ޝިނީއަށް ވުރެ މާލޯބި. މިދުވަސްކޮޅު ކުޑަކޮށް ބަލިވެ އުޅޭތީ ނުދެއްކިގެން މިއުޅެނީ. ޝިނީ ކައިރީގައި ސީކްރެޓެއް މިބުނީ. އެކަކު ކައިރީގަވެސް ނުބުނައްޗެ” ޒޯހަންގެ މެސެޖް ކިޔާ ނިމުނު އިރު ޝިފްނީ އަށް ރޮވިއްޖެއެވެ.  ޒޯހަން އެބުނީ ތެދެއްބާއޭ ޝިފްނީގެ ހިތަށް އެރިއެވެ. ހަމަ އެސިކުންތުގައި ޝިފްނީ ހިތްހަމަޖައްސާލީ ޒޯހަން ޝިފްނީ ތަޅުވަނީއޭ ހިތާއެވެ.

ދުވަސްތައް ދާވަރަކަށް ޝިޔާރާގެ ސިއްހަތަށް ދުޅަހެޔޮކަން ލިބެމުންދޭއެވެ. ޝިޔާރާއަށް މިހާރު ހިނގާ ފާހާނާއަށް ދެވޭ ަރުވެއެވެ. އަމިއްލައަށް ހެދުންބަދަލުކޮށް އަތުން ކެވޭ ވަރުވެއެވެ. ދުވާލުގަޑީގައި ކޮންމެސް ވަރަކަށް ހިނގާ ކަސްރަތުކޮށްލުމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެކަމަކު އަދިވެސް ޝިޔާރާ އޮތީ ހޮސްޕިޓަލުގައެވެ. ކަންމިގޮތަށް ހުރި ކަމުގައި ވިޔަސް ޝިޔާރާގެ ހިތުން ޒޯހަންގެ ނަން ފިލައިގެން ނުދޭއެވެ. ޒޯހަންގެ އެއްވެސް ހަބަރެއް ނުވަނީ އަނެއްކާ ޝިޔާރާ ދެކެ ފޫހިވީކީ ނޫންބާއެވެ؟ އެހެންކަމަށްވާނަމަ ޝިޔާރާ އުފާވެސް ވާނެއެވެ. ހަމައެއާއެކު އިންތިހާއަށް ދެރަވެސް ވާނެއެވެ.

އެނދުގައި ލެގިލައިގެން ހުޅުވިފައިވާ ކުޑަދޮރުން އިރުއޮށްސެމުންދާއިރު އުޑުމައްޗަށް ވެރިވެފައިވާ އޮރެންޖް ކުލައިގެ ވިލާތަކަށް ބަލަހައްޓައިގެން އިން ޝިޔާރާ ސިހުނީ ހާލާ އަތުގައި ހިފާލުމުންނެވެ. ހާލާ ހީލިމުން ޝިޔާރާ ވެސް ހީލިއެވެ. ބާލީސް ދަށުގައި އޮތް ހުދުކުލައިގެ ފޮތާއި ގަލަން ނަގާ ޝިޔާރާ އޭގައި އެއްޗެއް ލިޔަން ފެށުމުން ހާލާ ގޮނޑީގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ޝިޔާރާ އެފޮތް ދައްކާލީ ހާލާއަށެވެ. “ޒޯހަން ގެ ހާލު ކިހިނެއް؟” ހާލާ ކައިރިއަށް ހިނިއައީ ޝިޔާރާ ޒޯހަންއާ މެދު ވިސްނަނީކަން އެނގުމުންނެވެ. ބޮޑުވައި އިނގިލި އުފުލާލަމުން ހާލާ ބުނީ ރަނގަޅު ކަމަށެވެ. ދެން ޝިޔާރާ އަހާލި އެއްޗަކަށް ވެސް ހާލާ ޖަވާބުދިނެވެ. “ޝިޔާ އޮތީ ފެއިންޓްވެފަ. މުޅި މޫނުގައާއި އެތަނުގަ ވެސް ހުސް ބްލަޑް ހުރީ. އެކަމު ޝިޔާގެ ފެންނަން ނުވާ އެއްވެސް ތަނެއް ނުފެނޭ އެކަކަށް ވެސް. ބޮޑީޝޫޓްކޮޅު ހިއްލިފާ އޮތުމުން ކުޑަކޮށް ބަނޑު ފެނަންނަ ހުރީ. އެކަމު ވަގުތުން އަހަރެން ބެޑްޝީޓް އޮޅާލީ” ހާލާ ޖަވާބުދީ ނިމުމުން ޝިޔާރާ ކަކުލުގައި ބޯއަޅާލިއެވެ. “މީ އެއްވެސް އަގެއްހުރި ހަށިގަނޑެއް ނޫން ހާލީ. އެންމެން ވެސް ބޭނުންގޮތެއް ހަދާލަނީ. މިހަށިގަނޑުގައި ދިރިހުރުމުގެ އެއްވެސް ބާރެއް ނެތް” ކައިރީގައި އޮތް ފޮތުގައި ޝިޔާރާ ލިޔަމުންދާ ވަރަކަށް ހާލާ ކިޔަމުން ދިޔައެވެ. އެވަގުތު ޝިޔާރާގެ އެއްލޮލުން ވެއްޓުނު ކަރުނަތިކި ގަލަމުން ލިޔެފައި ހުރި ތަނެއްގައި ޖެހި އެތަންކޮޅު ފޭދިގެން ދިޔައެވެ. “ޒޯހަން މިހާރު އެހެން ބުންޏަސް ފާހުން ފޫހިވެދާނެ. ހާލީ ކީއްވެތަ އެއްވެސް މީހަކު ޝިޔާދެކެ ލޯބިނުވަނީ. ޝިޔާގެ ކޮން ކުށެއް އޮތީ. ކިއްވެތަ ޝިޔާ މަރުވާން ދޫކޮށްނުލީ” އެހާ ހިސާބަށް ޝިޔާރާ އަށް ލިޔެވުމާއެކު ހާލާ ހުއްޓުވިއެވެ. އަދި ޝިޔާރާގެ ގައިގާ ބާރަށް ބައްދާލިއެވެ. “ޝިޔާ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. މާތްﷲ މުސީބާތްތައް ކުރިމަތި ކުރައްވާނީ އެކަލާނގެ ލޯބިވެވޮޑިގެންވާ ފަރާތްތަކަށް. ދެރަނުވޭ. ހިތާމަވެރި ހާލަތްތައް މެދުވެރިވުމަކީ އޭގެ ނިވަލުގައިވާ އުފާވެރި ހާލާތްތައް ފެންމަތި ކުރުވަން ކޮންމެހެން މެދުވެރިވުން ލާޒިމް ޙާލަތްތަކެއް. ޝިޔާގެ ހިތާމަތަކުގެ ނިވަލުގައި ވެސް އުފާވެރިކަން އެބަވާކަން ދަނެ ކެތްތެރިވޭ” ހާލާ ޝިޔާރާގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު ޝިޔާރާއަށް ވަރަށް ބޮޑަށް ގިސްލެވެމުން ދިޔައެވެެ. ހާލާގެ ހިތަށް ކުރީ ފުން އަސަރުތަކެކެވެ. އެއްވެސް މީހަކަށް ނޭނގުނީ އެމަންޒަރުތައް ބަލަން ދޮރާއި ނިވާވެގެން ޒޯހަން ހުރި ކަމެވެ. ލޮލުން ވެއްޓެން އައި ކަރުނަތިކި ބޮޑުވައި އިނގިލިން ފޮހެލުމަށްފަހު ލައިގެން ހުރި ސޯޓްބުރީގެ ޖިބަށް އަތް ޖަހާލައިގެން ޒޯހަން ކުރިއަށް ހިނގައިގަތީ އިތުރަށް ޝިޔާރާ ރޯމަންޒަރު ބަލަން ކެތްނުވާނެތީއެވެ.

 

ޝިޔާރާ ގެއަށް ދޫކޮށްލުމާއެކު ހާލާ ޝިޔާރާ ގޮވައިގެން އައިސް ވަނީ ދެކޮޓަރީގެ އެޕާރޓްމަންޓަކަށެވެ. އެއީ ޝަޒަންގެ ރައްޓެއްސެއްގެ ފަރާތުން ޒޯހަންއާއި ހާލާއަށް ކޮށްދިން ކަމެކެވެ. ޝިޔާރާ ކައިރީގަވެސް ބުނީ ހަމަ އެގޮތަށެވެ. ދެވަނަ ކޮޓަރީގައި ކާކުހޭ ބުނުމުން ހާލާ ކުޑަކޮށް ފަސްޖެހުނެވެ. ޝިޔާރާ ކައިރީގައި ދޮގު ބުނަން ހާލާއަށް އުނދަގު ނަމަވެސް ބުނެލީ އެއީ ހުސްކޮޓަރިއެއް ކަމުގައެވެ. އެއް ގެއެއްގައި ޝިޔާރާއަށް ނުފެނި އުޅެން ޒޯހަން ވަނީ ވަރަށް މޮޅަށް ރާވާލާފައެވެ. ރޭގަނޑު އެގާރައިގެ ފަހުން ޝިޔާރާ ނިދުމުން ހާލާ ބޭރަށް ނިކުމެލީ ނުނިދިގެން ޝަޒަންއަށް ގުޅާލުމަށެވެ. ސިޓިންގްރޫމުގައި ޒޯހަން އިންތަން ފެނި ހާލާ ކައިރިވެލީ ވާހަކަދައްކާލުމަށެވެ. ފަހަތުން ހިލަމެއް ވުމުން ޒޯހަން ހީކުރީ އެންމެ ފުރަތަމަ ޝިޔާރާ ކަމަށެވެ. ހާލާ ކެއްސާލުމުން ޒޯހަން ހީލާފައި ހަމަޖެހިލިއެވެ. “ކިހާ ދުވަހަކު ތިހެން ފިލައިގެން އުޅެންތަ ތިއުޅެނީ” ހާލާ ކޮށްލި ސުވާލުން ޒޯހަން ކައިރިއަށް ހިނިއައެވެ. “ނޭނގެ” ޒޯހަންގެ ޖަވާބު ވަރަށް ކުރެވެ. “އެދުވަހު މޯޑް އެބުނީ ތެދެއްތަ؟. އައިމީން ޝިޔާ މެރިޑްތަ؟ ވަރަށް ދުވަސްވެއްޖެ އަހާލަން އުޅޭތާ. އަދި މިލިބުނީ އެންމެ ރަނގަޅު ވަގުތު” ޒޯހަން ކޮށްލި ސުވާލުން ހާލާ އިސްދަށަށް ޖަހާލިއެވެ. ހާލާގެ ހަމަހިމޭންކަމުން ޒޯހަން އަށް ޖަވާބު ލިބިގެން ދިޔައެވެ. ކުރިމަތީގައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލެވުނީ ދެރަވީ ވަރުންނެވެ.  “ޒޯންއަށް ހަގީގަތް ކިޔާދޭން ވަރަށް ބޮޑަށް ބޭނުންވި. ކޮންމެ ފަހަރަކު ވެސް ޝިޔާ ހުއްޓުވަނީ. ޝިޔާއަށް ހީވަނީ ހަގީގަތް އެނގުމަށްފަހު ޒޯންވެސް ޝިޔާދެކެ ފޫހިވާނީކަމަށް. އެކަމަކު ޝިޔާ ކައިރީގައި ބުނެފައި އޮންނާނީ ޒޯން ދެން އަހައިފިއްޔާ ޝިޔާގެ ހުރިހާ ވާހަކައެއް އެންމެ ފިއްޔެއް ވެސް އުނިނުކޮށް ކިޔާދޭނަމޭ” ދެއަތް ދެއަތާއި މޮޑެމުން ހާލާ ވާހަކަދެއްކިއެވެ. “ދެން އެހެންވިއްޔާ ކިޔާދޭންވީނުން. މިދުނިޔޭން ހަމައެކަނި ހިތާ ފުރާނައިން ލޯބިވެވުނު އިންސާނާ މަރާ ހަނގުރާމަ ކުރަން މިއަތް މަތީގައި އޮތްއިރުވެސް ކެތްތެރިވެވުނު. ތިހަގީގަތް ކިޔާދިނުމުން ވެސް ކެތްކުރާނެހާ ހިއްވަރު މިހަށީގައި ހުންނާނެ” ހާލާއާއި ދިމާލަށް ބަލާނުލާ ޓީވީއަށް ބަލަން އިނދެ ޒޯހަން އިއްވާލިއެވެ. “އަހަރެން ހަނދާން ހުންނަން ފެށީއްސުރެ ޝިޔާއަކީ އަހަރެންގެ އެކުވެރިއެއް. އޭރު އޭނަ ގެންގުޅެނީ ވަރަށް ނުލަފާ އަންހެނެއް. އެމީހާ މިހާރުވީ މޮޔަވެގެން ގުރައިދޫއަށް ގެންގޮށްސަ. އެމީހާ ހަމަހޭގައި ހުރި ދުވަސްވަރު ވަނީ ބައްޕަ ފުރާގެ މީހަކަށް ޝިޔާ ވިއްކާލާފަ. ޝިޔާގެ އުމުރުން އަށާރަ އަހަރުވީތަނާ އެމީހާ ޝިޔާއާއި ކައިވެނިކުރީ. އޭގެ ފަހުން އެމީހާ ގަދަކަމުން ޝިޔާގެ ފަރާތުން ހުރިހާ އުފަލެއް ހޯދަމުން އައީ. ތިގޭގައި މަސައްކަތްކޮށްގެން ލިބޭ ރުފިޔާތައް ބަކުރު އަތުލަނީ ޝިޔާ އަތުން. އަހަރެން ވަރަށް ޝިޔާއަށް ވަރަށް ނަސޭހަތްދިނިން ވަރިވާށޭ ކިޔާފައި. އެކަމަކު އިނގޭތަ ޝިޔާ ބުނީ ކީކޭކަން” ގޮނޑި ކައިރީގައި ދެކޮޅަށް ހިނގަ ހިނގާ ހުރި ހާލާ ޒޯހަންއަށް ބަލާލަމުން ބުނެލިއެވެ. އޭރު ޒޯހަން އިނީ ހާލާއަށް ބަލަހައްޓައިގެންނެވެ. ދެއަތް މުށްކަވާލެވިފައި އިނީ އައިއްސަ ހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ. “ބުނީ ޝިޔާގެ ގަދަކަމުން ނަގާފައި ހުރި ހަޑި ފޮޓޯތަކާއި ވީޑިއޯތަކެއް ބަކުރު އަތުގައި ހުރި ވާހަކަ. ބަކުރު ކައިރިން ވަރިވާން މަސައްކަތްކޮށްފިނަމަ އެވީޑިއޯތަކާއި ފޮޓޯތައް ބަހާލާނަމޭ ކިޔާފައި ބިރުދައްކާ ކަމަށް ބުނީ. އެހެންވެގެން ޝިޔާ އެތައް ފަހަރަކު ވަނީ އެތަކެތި ވަގަށް ނެގުމަށް މަސައްކަތްކޮށްފައި. އެކަމަކު ނަސީބު ޝިޔާއާއި އެއްބައި ނުވެ ބަކުރަށް ކާމިޔާބު ލިބެނީ. އެހުރިހާ ފަހަރަކު ބަކުރު ޝިޔާއަށް އަނިޔާ ކުރަނީ. މިހުރިހާ ދުވަހު ޝިޔާ އެގޭގައި އުޅުނީ ބަކުރުގެ ދަރިއަކަށް ބަލިވެ އިނދެދާނެތީވެ އަހަރެން ދިން ބޭސްތަކެއް ކައިގެން. އެކަމަކު ވަރަށް ފަހުން އަހަރެމެންނަށް މައުލޫމާތު ލިބުނު ބަކުރު ރަށުގައި ނުކުޅެދޭ މީހަކަށް ވެފައިވާ ވާހަކަ. އެކަމުގެ ބަދަލު ހިފަންވެގެން އޭނަގެ ދަރި މޯޑް އެއައީ. ބަކުރަށް ވުރެ މާހިތިކޮށް އޭނަ ޝިޔާގެ ބޭނުންހިފާލީ. ވާހަކަނުދެއްކޭ ނިކަމެތި އަންހެނަކަށް ބާރުގަދަ ފިރިހެނެއް ކުރިމަތީގައި ދެއްކޭނީ ކޮން ބާރެއް؟ މޯޑް ޝިޔާ އެގެއަށް ގެންދިޔައީ ވެސް ވަރަށް ބޮޑަށް އޮޅުވާލައިގެން. އެއީ އަހަރެމެން ހަނީމޫން ދަތުތުގައި ތިބިއިރު” ހާލާ ގޮނޑީގައި އިށީނުމަށްފަހު އިސްދަށަށް ޖަހާލައިގެން އިން ޒޯހަންގެ އަތުގައި ހިފާލިއެވެ. އެހިނދު ޒޯހަން ދެއަތުން މޫނުމަތީގައި އަތް އެޅުމަށްފަހު ވާނީ އިރުކޮޅެކެވެ. ދެން އިވުނީ ރޯއަޑެވެ. ހާލާގެ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ފިރިހެނަކު ހިތްދަތިވެގެން އެގޮތަށް ރޮއެތަން ހާލާއަށް މީ ފެނުނު ފުރަތަމަ ފަހަރެވެ. ޒޯހަންގެ ހިތަށް ކެއްނުވީއެވެ. ލޯބިވާ ފުރާނަ އެއުޅުނީ ކޮންހާލެއްގަ ހެއްޔެވެ؟ އެހާލުގައި ހިތްދަތި ދުވަސްތައް އެފަކީރު ތަހައްމަލް އެކުރީ ހާދަ ހިތއްވަރުގަދަވީމައެވެ. އެދުވަސްތަކުގައި ޒޯހަންއަށް އެހީއެއް ނުވެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ހަމައެހިނދުގައި ބަކުރު އަތުގައި ޖެހޭ ހިސާބުގައި ހުރިނަމައޭ ހިތަށް އެރިއެވެ. ހަމަ މަރާލާނަމޭ ޒޯހަންގެ ހިތަށް އެރިއެވެ. އިރުކޮޅަކުން މޫނުމަތިން ދެއަތް ނަގާ ލޯކައިރި ސާފުކޮށްލުމަށްފަހު ހާލާ ގެނެސްދިން ފެންތަށިން ކޯވަރެއް ބޯލިއެވެ. “އަހަރެން ޝިޔާރާގެ ހުރިހާ ކަމެއް އެނގެން ބޭނުން. ޝިޔާއަށް ވާހަކަނުދެއްކެނީ އެއީ އުފެދުމުގައި ހުރި ކަމެއްތަ؟” ޒޯހަން ސުވާލުކުރިއެވެ. މާގިނައިން ރުޔުމުގެ ސަބަބުން ޒޯހަންގެ އަޑު ހުރީ ކުރެހިފައެވެ. “ނޫން. އަދި ތިވާހަކަ ނުބުނެވޭ ދޯ. އެއީ ބަކުރު ދިން އަނިޔާއެއް. އަނގައަށް އަލިފާން އެޅީ. ދުލުގެ އެއްފަރާތް ހުރީ ވަރަށް ބޮޑަށް ފިހިފައި. އެކަމަކު ޝިޔާގެ ހިތް ބުނޭ ރަނގަޅު ބޭސްފަރުވާއެއް ލިބިގެން އަޑު އަނބުރާ ލިބޭނޭ” ޒޯހަން އަލްހަމްދުލިއްލާހިއޭ ބުނެ ހަމްދު އަޅާލިތަން ފެނުމުން ހާލާ އުފާވިއެވެ. “އަހަރެން ޝިޔާދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. ދުވަހަކުވެސް ދެރައެއް ނުދޭނަން. ﷲ ގަންދީ ހުވާކޮށްފަ މިބުނީ އަހަރެންގެ ހަޔާތަށް ޝިޔާ ގެންނާނަން. އިންޝާﷲ. މިހުރިހާ ދުވަހު އެއުފުލި ވޭންތަކާއި ހިތާމަތައް އެކުގައި ފިލައިގެން ދާވަރަށް ލޯބިދޭން ބޭނުން. ތިކިޔާދިން ވާހަކަތަކުން ޝިޔާއަށްޓަކައި އަހަރެންެގެ ހިތުގައި އުފެދިފައިވާ ލޯތްބަށް އުނިކަމެއް ނާދޭ. ނުވެސް އަންނާނެ. އޭގެ ބަދަލުގައި ލޯބި އިތުރުވީ. މިހާރު ވެސް އަހަރެންގެ އަތު ތެރެއަށް ގެންނަން ބޭނުން” ޒޯހަން ވާހަކަދައްކަން ފެށުމުން ހާލާ އިނީ ހައިރާންވެފައެވެ. އެކުވެރިޔާދެކެ އެދަރަޖައަށް ލޯބިވާނެ ބައިވެރިއަކު މިދުނިޔޭގައި ހުރީތީ ހާލާ ﷲ އަށް ހަމްދާއި ޝުކުރު ކުރިއެވެ. “އަދި އެއްވާހަކަ ބުނަންތަ” ހާލާ ބުނެލިއެވެ. “އަހަރންގެ ހިތް ރޮށްވާލާވާ ވަރުގެ އެއްޗެއް ބުނަންތަ ތިއުޅެނީ” ޒޯހަން ވެސް ބުނެލިއެވެ. “ރޮވިދާނެ. އެކަމަކު އުފަލުން ކަންނޭނގެ. ޝިޔާ ވަރަށް ވަރަށް ލޯބިވޭ ޒޯން ދެކެ. މަޑުކުރައްޗެ އެބަ އަންނަން” ހާލާ ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށޭވެ. ޒޯހަން އިނީ އުފަލުން ކިޔާނެ ބަހެއް ނޭނގިފައެވެ. ހާލާ އެބުނީ ކުރިން ޒޯހަންއަށް ޝައްކު ވެފައި އޮތް ކަމެއްގެ ވާހަކައެވެ. ޔަގީންމިވީ އަދި ކިރިޔާއެވެ. “ބަލާބާ މި” ހުދު ކުލައިގެ ފޮތެއް ޒޯހަންއަށް ދިއްކޮށްލަމުން ހާލާ ބުނެލިއެވެ. އެންމެ ފުރަތަމަ ވެސް ޒޯހަންގެ ލޮލުގައި އަޅައިގަތީ “އައި ޑޯންޓް ނޯ އިފް ދިސް ލަވް އިޒް އިމްޕޯރޓަންޓް ފޯރ ޔޫ އޯރ ނޮޓް….ބަޓް ފޯރ މީ އިޓް އިޒް ރިއަލީ ސަމްތިންގ ވިޗް ވުޑް ޗޭންޖް ދަ ކޯޒް އޮފް މައި ލައިފް. ޒޯން…. އައި ލަވް ޔޫ މަޗް….” ޒޯހަންގެ ދެލޯ ވިދައިގަތެވެ. އުފަލުން ފޮތުގައި ބޮސްދެވުނެވެ. ހާލާ ވެސް ހުރީ ހަށަމަށް އަތް ނަގައިގެން ޒޯހަން އުޅޭ ގޮތުން ހިނިއައިއްސައެވެ.

“މަށާ ޝިޔާއާއި ބައްދަލު ކޮށްދޭންވީނުން. ވީއެންމެ އަވަހަކަށް. އައި ޖަސްޓް ކާންޓް ވެއިޓް” ޒޯހަން ހުރީ ޝިޔާރާ ދެކިލާހިތުން ކެއްމަދުވެފައެވެ. ހާލާ މާދަމާރޭއޭ ބުނުމުން ޒޯހަން ގަޑި ގުނަން ފެށިއެވެ. ޝިޔާރާއާއި އެއްފުރާޅެއްގެ ދަށުގައި ޒޯހަން އުޅޭކަން އެނުގުމުން ހާދަ ހައިރާނެއް ވާނެއެވެ. އަނެއްކާ ރުޅި ނާންނާނެ ބާއެވެ؟ ޝިޔާ އަހަރެންގެ ލޯބި ގަބޫލުކުރާނެ ބާއެވެ؟ އެންމެ ފަހަރަކު އާއެނކޭ ބުނާށެވެ. ކުރިއަށް މިއޮތް އެއްމަސް ދުވަސްތެރޭގައި ޝިޔާ އަހަރެންގެ އަންބެއްގެ ގޮތުގައި ގެއަށް ގެންދާނަމެވެ. މިކަމާއި މުޅި ދުނިޔެ ނުރުހުނަސް ފަރުވާލެއް ނެތެވެ. ޒޯހަން ހިތަށް އަރަމުން ދިޔައެވެ.

 

“ނޫން އެއީ ޒޯން ކޮށްލި ސަމާސާއެއް. ޒޯން ވެސް ލައިކްވާ ކަން އެނގޭ. ކޮލެޖުގަ އުޅުނަސް މެރީ ކުރެވިދާނެއްނު” ޝިފްނީ ވާހަކަދައްކަން އިނީ އޭނާޣެ އެކުވެރި ނަދުވާއާއެވެ. ވަގުތަކީ ހަވީރުގެ ވަގުތެއް ކަމުން ދެކުދިން ގާޑިޔަލުން ކުރުނބާ ބޮއެގެން ބިލަތްގަނޑު ހިފައިގެން ޖައްސާލީ ތަންކޮޅެއް މީހުން މަދު ހިސާބެއްގައެވެ. “ނުކާނަން. ޝިނީ ދަތްތައް ހަޑިވާނެ” ނަދުވާ ދުފުމަށްފަހު ބިލަތްގަނޑު ޝިފްނީއަށް ދިއްކޮށްލަމުން ހީލާފައި ބުނެލިއެވެ. “ހޫމް… މިސާލަކަށް ޒޯން އެބުނީ ތެދަކަށް ވެއްޖިއްޔާމުން ދެން ކިހިނެއް ޝިނީ ހަދާނީ” ނަދުވާ އަހާލިއެވެ. “ފަނި ހަދާނަން. ޒޯންއަށް ކިހިނެއް ލިބޭނީ ޝިނީ ކަހަލަ ގާރލްއެއް. ނުކެރޭނެ ކަތުރު ފަންޏަކަށް ވެގެން ޝިނީއާއި ޒޯންއާއި ދެމެދަށް ވަންނާކަށް” ފުން ވިސްނުމެއްގައި އިނދެ ޝިފްނީ ބުނެލިއެވެ. “އޯކޭ. ނަދޫ ވެސް އެދެނީ ޝިނީއަށް ޒޯން ލިބެން. ހިނގާ ދާން ގެއަށް ދާން. ސާރާއްތަ ބުނީ އަނދިރިވުމުގެ ކުރިން ޝިނީ ގެއަށް ވައްދަންވާނޭ” ނަދުވާ ބިލަތްގަނޑު ކޮތަޅަށްލާ ހޭންޑްބޭގަށް ކޮށްޕާލަމުން ބުނެލިއެވެ. “ޕްރޮމިސް. މަންމަ ބަލާނެ ވަރަށް ހިންދީ ސީރީޒް. އޭގައި އުޅޭ ކަހަލަ ނުލަފާ މީހަކަށް ޝިނީ ވާނަން ޒޯން އެބުނީ އަސްލެއްކަމަށް ވަންޏާ” ޝިފްނީ ވާހަކަދެއްކި ގޮތުން ނަދުވާ ކައިރިއަށް ވަރަށް ހިނިއައެވެ. “ހިހިހިހީ…..ބޮޑުކަމެއް…..ހިނގާ ދާން. ހިނގާލާފައި ދާނީ” ޝިފްނީ އަތުގައި ހިފާ ދަމައިގަންނަމުން ނަދުވާ ކުރިއަށް ހިނގައިގަތެވެ. ޝިފްނީ އަށް ވެސް ހެވުނީ ބުނެވުނު އެއްޗަކުންނެވެ.

 

ސިޓިންގްރޫމުގައި ދެއަތް ފުރަގަހަށް ލައިގެން ދެކޮޅަށް ހިނގަން ހުރި ނޫރީ އިރުއިރުކޮޅުން ދޮރާއި ދިމާލަށް ބަލާލައެވެ. އަދި އަތުކުރީގައި އޮތް ގަޑިއަށް ބަލާލައެވެ. ހީވާގޮތުގައި ކަމަކަށް އިންތިޒާރުކުރަނީއެވެ. ސޯފާތަކުގައި ޔަޝްމީ އާއި އަރުހަމް އަދި ރާކީ އިނެވެ. ސާރާއާއި ޝަޒަން ވެސް އިނެވެ. އިރުކޮޅަކުން އިބްރާހީމްއާއި އާރިކް އެކީގައި ގެއަށް އައިސް ވަނެވެ. އިބާރޙިމް ވަކިން ހުރި ސޯފާގައި ޖައްސާލުމާއެކު އާރިކް ރާކީ ކައިރީގައި ހުރި ހުސްތަންކޮޅުގައި އިށީނީ ކުރިމަތީގައި ހުރި ތަށިން ނަޓްސް ކޮޅެއް އަނގައަށް ލަމުންނެވެ. އިބްރާހީމް ސާރާ ކައިރީގައި ޝިފްނީ ކޮބާހޭ އެހުމުން ނިދާފައި ކަމުގައި ބުނެ ހީލިއެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. ހެނދުނު ކޮލެޖަށް ދާން ހޭލަން ޖެހޭތީ ޝިފްނީ ހުންނަނީ އިރުއޮށްސުމާއެކު ނިދަން ވެފައެވެ. ނަމާދަށް އަރުވަން ޖެހެނީވެސް ގިނަރޭރޭ ގަދަކަމުންނެވެ. ގޭޓުން ވަދެގެން އައި އަޅި ކުލައިގެ ކާރު މަޑުކޮށްލުމާއެކު ނޫރީ ކުރިއަށް ޖެހިލާ ލަތާ ކައިރީގަވެސް ކައިރިއަށް އައުމަށް ބުނެލިއެވެ.  ކާރުން ފައިބައިގެން އައި މެދުއުމުރުގެ ފިރިހެނެއް ނޫރީއާއި ކަރާކަރު ޖައްސާ ބައްދާލިއެވެ. އަދި ލަތާއަށް ހީލަމުން ފަހަތުގައި ހުރި އަންހެންމީހާ ލަތާއަށް ދައްކާލިއެވެ. ލަތާ ވެސް ސަލާންކޮށްލާ ހީލިއެވެ. އިސްދަށަށް ޖަހާލައިގެން ހުރި ނިއާ ހުރީ ލަދުން އިސްއުފުލާލަން ނުކެރިފައެވެ. ނިއާ އަކީ ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ އޮމާން ދޮނެއް ހުންނަ ކުއްޖެކެވެ. ތިރިފައިވާނަކަށް އަރާލާފައި ހުރިއިރުވެސް ވަރަށް ދިގު ކަމަށް ދައްކައެވެ. ފިޔާތޮށި ކުލައިގެ އަތްކުރު ގަމީސްކޮޅު ހުރީ ކިރިޔާ ބަނޑު ފޮރުވޭ ވަރަށެވެ. ކަޅުކުލައިގެ ސްކިނީ ހުރީ ހިމަތޮޅި ފަޔަށް ހިފާލާފައެވެ. ބުޅި އިސްތަށިގަނޑު ކޮނޑުމަތިން ގެނެސް ވޫލްކޮޅަކުން އައްސާލާފައި އޮތީ ތިރިއަށް ދޫކޮށްލާފައެވެ. ލަތާ ނިއާގެ އަތުގައި ހިފާ އެތެރެއަށް ވެއްދުމުން ފަހަތުން ބާކީ ތިބި މީހުން ވެސް ވަނެވެ. “މިއިނީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ސާރާ. މީ ސާރާގެ ފިރިމީހާ އިބްރާހީމް…. އިބޫ މީ އަހަރެމެންގެ ޒޯންގެ ވާންއުޅޭ ބަފައިބެ ހުސްނީީ. ދެން މީ އަންހެނުން ފަރަހަ. މީ މިގޭ ހަގު ޅީދަރިފުޅު ނިއާ” ފަހަރަކު މީހެއް ތައާރަފް ކޮށްދެމުން ނޫރީ ދިޔައިރު ޝަޒަންގެ ދެލޯ ހުރީ ބޮޑުވެފައެވެ. މިހަބަރު ޒޯހަންއަށް ލިބިއްޖިއްޔާ ވާނެ ގޮތެއް ވެސް  ނޭނގެއެވެ. އެފަކީރުގެ ހިތް ކުދިކުދި ވާނެއެވެ. ޒޯހަން އަށް ގުޅާ މިހަބަރު ދޭންވީ ހެއްޔެވެ؟ ނޫނީ އަދި މަޑުކުރާނީ ހެއްޔެވެ؟ “ބޮޑުބޭ ޒޯން އަށް އެނގޭތަ؟” ޝަޒަންއަށް އަނގަ ނުލާ ނީނދެވުނެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނޭނގިޔާރު ވަކިވީ…

Next

ވާރޭ (ތިންވަނަ ބައި)

Next
March 12, 2016

ވާރޭ (ތިންވަނަ ބައި)

Previews
March 12, 2016

ނޭނގިޔާރު ވަކިވީ…

17 Comments!

  1. Ushaali says:
    March 12, 2016 at 12:57 pm

    avahah kiyaala ☺☺

    1. azza says:
      March 12, 2016 at 1:11 pm

      v acahah kiyaifin :’D

  2. afoo says:
    March 12, 2016 at 1:24 pm

    wow wow wow wow ushaaali … story haudha salhi eyyy … love it ..?

  3. Appy says:
    March 12, 2016 at 2:12 pm

    Owww kiyaahithun indhaa maa avahahh nimihje v v rythi mi story …adhi thi shinee eh varu dhahkaalaaney maa baby vegen ulhifa ….

  4. Ainthu says:
    March 12, 2016 at 3:30 pm

    Thee best story ever ?❤???

  5. Anonymous says:
    March 12, 2016 at 6:18 pm

    Alhey. . Haaadha lahakun mi up v …

  6. laimaan says:
    March 12, 2016 at 6:57 pm

    V salhi. V curiously waiting, ,,,

  7. mariyam says:
    March 12, 2016 at 8:52 pm

    Vvvvvvvvarah salhi…Waiting for nextpart…

  8. Zaanaa says:
    March 13, 2016 at 8:27 am

    Next part meyadhu up kohdeeba

  9. naaly says:
    March 13, 2016 at 10:23 am

    shiyaa aky saaraa ge dharieh dho….

  10. Naxoo says:
    March 13, 2016 at 10:33 am

    shinee n shiaraa aee eybadu eybafaa dhekudhin dho..hehe..anyways vvv reethi..n keep the gud work 🙂 n waiting for the next part 🙂

  11. Zee says:
    March 13, 2016 at 3:05 pm

    Alhey varah reethi mi part…love it bodukoh..

  12. LatHu says:
    March 14, 2016 at 6:06 pm

    Liu, kobaa aneh part.. avahah up kohdhyba Please…. waiting waiting…

  13. Zaanaa says:
    March 14, 2016 at 7:03 pm

    Merat up vaane dhw

  14. Zaanaa says:
    March 14, 2016 at 7:04 pm

    Meray up vaane dhw

  15. xee xee says:
    March 14, 2016 at 7:08 pm

    Alhe kn iraku tha anneh part
    Up kohdheny kn irakun tha… waiting eagerly plx plx avahah up kohdheeba…. ;( 🙁 🙂 *)

  16. Zaanaa says:
    March 14, 2016 at 8:50 pm

    Avas kohlaba haada keyaa hiy veyay me story

Comments are closed.

Next Episodeފުންއަސަރު 12←


All Right Reserved!