Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 17

Eesh
Eesh Level 4100 Login10 Stories
March 31, 2026 3 Mins Read
13 Comments
    • “ބުނަން ވަރަށް ރަނގަޅު ވާހަކައެއް؟… އަހަރެންގެ އަންހެނުންނޭ ކިޔާފަ ވާހަކަ ދައްކަން ނުގުޅައްޗޭ ދެން…” ފާހަނައިން ނުކުތް ނައުހާއަށް ރައުލް ބުނި އަޑު އިވިފައި ހުއްޓުން އެރިއެވެ. ގުޅީ ކާކުކަން ޔަގީން ނުވިޔަސް އެ ގުޅި މީހަކު ދެއްކީ ނައުހާގެ ވާހަކަކަން ޔަގީންވެއްޖެއެވެ. “އާކިން…” ކުއްލިއަކަށް ކަމެއް ރޭކާލި ފަދައިން ނައުހާއަށް މަޑުމަޑުން ބުނެލެވުނެވެ. އެންމެފަހުން ސްވީޓް ސްޓޭ ހޮޓެލްއިން ދިމާވި ގޮތަކަށް އަދި އާކިންއަކާ ދިމައެއް ނުވެއެވެ. ގުޅާފިއްޔާ ފޯނު ބިޒީ ކޮށްލަނީއެވެ.
  • “ނައު….” ފާހަނާ ދޮރު މަތީ ހުއްޓުން އަރާފައި ހުރި ނައުހާ ކައިރީ ހުއްޓެލަމުން ރައުލް ގޮވާލިއެވެ. “ކޮން ވިސްނުމެއްގަ؟…” ނައުހާގެ ބޮލުތެރޭ ހިނގަމުންދާ ހައިޖާނުގަނޑުގެ ހިލަމެއް ނުވާ ހާލު ރައުލް ލޯތްބާއެކު އަހާލިއެވެ. ރައުލް އެ ފޯނު ކޯލާ ބެހޭގޮތުން އެއްޗެކޭ ނުބުނީތީވެ ނައުހާވެސް ނިންމީ އިނގޭކަމަށް ނުހެދުމަށެވެ.
  • “ވިސްނުމެއްގައެއް ނޫން… ރެޑީވާން އުޅޭ ދެން…” އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާލަމުން ނައުހާ ބުނެލިއެވެ. ރައުލް ފާހަނައަށް ވަނުމުން ނައުހާ ފެށީ ރީތި ވާށެވެ. ކަޅުކުލައިގެ ސިލްކު ފޮތީގެ މަތިކޮޅާއެކު ހުދުކުލައިގެ ޕެންސިލް ސްކާޓްގައި ނައުހާގެ ރީތިކަން އިތުރުވެފައިވާ ކަހަލައެވެ. ކަންފަތުގައި ބޮޑު ބޮޅެއް ލެއްވުމަށްފަހު ހިމަ ފަށެއްކަހަލަ ގަޑި ވާ އަތުގައި އަޅާލިއެވެ. އެއަށްފަހު އަލަމާރިން ހުދު ގަމީހަކާ ކަޅު ފަޓުލޫނެއް ނެގިއެވެ.
  • “އޯ… މައި… ގޯޑް… ޔޫ ލުކް ސްޓަނިންގް ނައޫ…” ފާހަނާ ދޮރުމަތީ އަނގަ ނަގައިންހުރެ ރައުލް ބުނެލިއެވެ. އުނަގަނޑުގައި ތުވާލި އަނދެގެން ހުރި އިރު އެ ތަނަވަސް މޭމަތި އޮތީ ހާމައަށެވެ. ރައުލްގެ އެ ތައުރީފާއެކު ނައުހާ ހީވީ ލަދުން ވިރުނު ހެންނެވެ. ނަމަވެސް ލަދުގަތް ކަން ނުދައްކަންވެގެން ރައުލްކައިރި އަވަސް ކުރާށޭ ބުނެލިއެވެ. އަދި އަތުގައި އޮތް ގަމީހާ ފަޓުލޫނު ދިނުމަށްފަހު މި ލާށޭ ބުނެލިއެވެ.
  • “ވާހް… ވައިފީއާ ސޭމް ސޭމް…” ދިމާކުރާ ރާގަކަށް ރައުލް ބުނެލިއެވެ. “ތި އަނގަ މަޑުންލައިން ހުރެ ރެޑީވެބަލަ…” ނައުހާ، ރައުލްގެ ބުރަކަށީގައި ތަދު ނުވާ ވަރަށް ޖަހާލިއެވެ.
  • ރައުލް ގަމީސް ލުމަށްފަހު ފަޓުލޫނު ދަށަށް ގަމީސް ޖަހާލުމާއެކު ނައުހާ ފޯނު ބޭއްވިއެވެ. ރީތިވާ މޭޒުމަތީ ބާއްވާފައި އޮތް ކަޅު ޓައި ނަގާ ރައުލްގެ ކަރުގައި އެ އަޅުވައިދިނެވެ. “ހުމް… މިހާރު ވަރަށް ރީތި…” ރައުލްގެ ކޮލުގައި ފިރުމާލަމުން ނައުހާ ހީލިއެވެ. އެނދުމަތީ ބައިންދާފައި އިން މުށި ކުލައިގެ އަތްދަބަސް ނަގަމުން ނައުހާ ރައުލްއަށް އަތް ދިއްކޮށްލިއެވެ. އައިނު އަޅާލަމުން ރައުލް، ނައުހާގެ އަތުތެރެއަށް އޭނާގެ އަތް ލިއެވެ. އަދި ލޯބިވެތި ހިނިތުންވުމެއް އެކަކު އަނެކަކަށް ހަދިޔާ ކުރުމަށްފަހު ދެމަފިރިން އެކުގައި ކޮޓަރިން ނުކުތެވެ.
  • “އަސްތާ… ނާއީ ބަލާބަލަ މިއޮއް ކަމެއް…” ނައުހާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާލައިން ހުރި ރައުލް ފެނި ނައުހާގެ ބައްޕަ ޝިޔާން ގޮވާލިއެވެ. އެއާއެކު ބަދިގޭގައި ސައި ހަދަން އުޅުނު ނާއިޝާ ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭނާއަށް ފެނުނު މަންޒަރުން ހައިރާންވެހުރެ އެހެނަސް އުފަލާއެކު ސައި ބޯން އަންނާށޭ ބުނެލިއެވެ. އުފާވެރި މާހައުލެއްގައި އާއިލާ އެއްކޮށް ސައި ބުޔެވެ. އެއަށްފަހު ނާއިޝާ ފިޔަވާ ދެންތިބި މީހުން އެމީހެއްގެ ވަޒީފާއަށް ދިޔުމަށް ގެއިން ނުކުތެވެ.
  • * * * * * * * * * *
  • ކަރުގައި އޮތް ހިމަ ޓައި ރީތި ކޮށްލަމުން ހައިޒަލް އާރް.އޭ ހޯލްޑިންގްސްގެ އިމާރާތަށް ވަދެގެން ދިޔައެވެ. ހައިޒަލް ވަދެގެން ދިޔަ އިރު ރިސެޕްޝަންގައި ތިބި ކުދިން ތުއި ވެފާ ފަރި ދެއްކޭތޯ ބެއްޔެވެ. އެހެންނަމަވެސް ހައިޒަލްގެ ސަމާލުކަން އެއިން އެއްކަމަކަށްވެސް ނުހުއްޓުނެވެ. ހަރު ހިނގުމެއްގައި ގޮސް ލިފްޓަށް އަރާ ފަސްވަނަ ފްލޯއަށް ދިޔުމަށް ފިތަށް އޮބާލިއެވެ. އެވަގުތު ލިފްޓް ހުއްޓާފައި ވަނީ ނައުހާއެވެ. ނައުހާއަށް ލިފްޓު ތެރޭގައި ހުރި ހައިޒަލް ފެނުމާއެކު ލަދުން އިސްޖެހިއެވެ. އޭނާއަށް ހައިޒަލްގެ ފަހަތުން ދުވަމުން އުޅެވުނު ގޮތް ހަނދާންވެ ބިންފަޅާ އަޑިޔަށް ދާން ހިތަށް އެރިއެވެ. އެހެންނަމަވެސް ހިތްވަރު ކޮށްލާފައި މާފަށް އެދެންވެގެން އަނގަ ހުޅުވާލިއެވެ.
  • “އޯ ޝަޓަޕް… ނުފަށާތި މިހާ ހެނދުނާ…” ހައިޒަލް ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ނައުހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. “ހައިޒަލް… އަހަރެންނަށް މާފު ކުރޭ… އަހަރެން މިހާރު ދެރަވެ ލަދުގަނޭ މީހެއްގެ އަނތްބެއް ގޮތުގައި ހުރެ ހައިޒަލްގެ ފަހަތުން ދުވެވުނީތީ… އަހަރެން މިހާރު އެ ގޮތް ދޫކޮށްލާފިން… އަހަރެންގެ ފިރިމީހާ ރައުލް ދެކެ އަހަރެން ވަރަށް ލޯބިވޭ… ސޯ ޕްލީސް އެކްސެޕްޓް މީ އޭސް އަ ވޯކް ފްރެންޑް-..” ލިޕްޓް ފަސްވަނަ ފްލޯ އަށް ހުއްޓުމާއެކު ނައުހާގެ ވާހަކަވެސް ހުއްޓުނެވެ.
  • “އަހަރެން ނައުހާއަށް މާފު ކޮށްފިން… ވަރަށް އަވަހަށް މެރީވެސް ކުރަން މިއުޅެނީ…” ހައިޒަލްގެ ކެބިން ކުރިމަތީ ހުއްޓެލަމުން ބުނެލިއެވެ. މަރުހަބާ ކިޔުމަށްފަހު ނައުހާވެސް އޭނާގެ ކެބިންއާ ދިމާލަށް ހިނގައިގަތެވެ.
  • ކުރަން ހުރި މަސައްކަތްތައް ނިންމާލުމަށްފަހު ހައިޒަލް އިންތަނުން ތެދުވިއެވެ. އެވަގުތު މީހަކު ހައިޒަލްގެ ކެބިންގައި ޓަކި ޖަހާލިއަޑު އިވުނެވެ. ވަންނާށޭ ބުނެ ހައިޒަލް އަނެއްކާވެސް ބޮޑު ގޮނޑީގައި އިށީންދުނެވެ.
  • “ސަރ…” ވަދެގެން އައި ރިޒާމް ފެނި ހައިޒަލް ފުންމައިގެން ތެދުވިއެވެ. “އަޅުގަނޑު ކައިރީ ދުރުވާން ބުނެލި ނަމަ…” ރިޒާމް އިށީންނަށް ތަންކޮޅެއް ދުރުގައި އިން ސޯފާއަށް އިށާރާތް ކޮށްލިއެވެ. “ނޫނޭ… އެ އޯކޭ ވާނެ… އަސްލު މިއައީ އޮފީސް ވާހަކައެއްވެސް ދައްކާކަށް ނޫނޭ… ނައި ބުނި އަންނަ މަހު ފަހު ކޮޅު ކައިވެނި ކުރަން ބޭނުންވާ ވާހަކަ… އެހެންވެ އަހަރެން ބުނިން މިއަދު ހައިޒަލްއާ ވާހަކަ ދައްކާލާނެމޭ… އަހަންނަކީ ނައިނާގެ އަސްލު ބައްޕަ ނޫން ކަމުގަ ވިޔަސް ޒިޔާން ދެކެ ވާ ލޯބި އަހަރެން ނައިނާ ދެކެވެސް ވޭ…” ރިޒާމް ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑު އަހަން ހައިޒަލް އިނީ ބަސްއަހާ ކުޑަ ކުއްޖެއް ފަދައިންނެވެ.
  • “ލައްބަ… މި ވިސްނަނީ ޖުލައި 17 ގަ މެރީ ކުރަން… ރަން ކިޔާނީ ޖުލައި 10 ގަ… ނައި ބޭނުންވާ ތީމް އެއް ކަނޑަ އަޅަން އަޅުގަނޑު ބޭނުމީ… ގޮތަކަށް ބުނަންޔާ ނައިގެ ޑްރީމް ވެޑިން އާ އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރަންނޭ ބޭނުމީ…” އިސްޖަހައިން އިނދެ ހައިޒަލް ބުނެލިއެވެ. މައްސަލައެއް ނެތޭ ބުނެ ރިޒާމް އިން ތަނުން ތެދުވިއެވެ. އަދި ޖެހިގެން އަންނަ ހޮނިހިރު ދުވަހު ކައިވެނީގެ ކަންކަމާމެދު މަޝްވަރާ ކުރުމަށްޓަކައި ރިހާނާވެސް ގޮވައިގެން އައުމަށް ބުނެލިއެވެ. އާންއެކޭ ބުނަމުން ހައިޒަލްވެސް ރިޒާމްގެ ފަހަތުން ނުކުތެވެ.
  • “މަންމާ…” އެޕާޓްމަންޓަށް ވަދެވުމާއެކު ހައިޒަލް އަޑުގެ ނެތްތަނަށް ރިހާނާއަށް ގޮވާލިއެވެ. އެންމެ ފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރަށެވެ. އުފަލުންގޮސް ދެފައި އެއްތާކު ނުޖެހިގެން އުޅެނިކޮށް ކޮޓަރިން ރިހާނާ ނުކުތެވެ. “ކިހިނެކޭ ވީ…” އަތުގައި އޮތް އިލޮށި ފަތި ފާރުގައި ލައްގާލަމުން ރިހާނާ އަހާލިއެވެ. “މި ވީކް ހޮނިހިރު ދުވަހު ކައިވެނީގެ ކަންތަކާ ވާހަކަ ދައްކަން އެގެޔަށް ދާން ބުނެފި… އަހަރެން އޮފީސް ނިންމާފަ ނިކުންނަނިކޮށް ސަރ އައިސް އެ ވާހަކަ ދެއްކީ…” ބައްތިރީސް ދަތް ސޭލަށް އަޅުވަމުން ހައިޒަލް ސޯފާއަށް ވެއްޓިގަތެވެ. “މީ ދޯ މީނަ މާ ނަލަވެގެން މިއުޅޭ ސަބަބަކީ…” ރިހާނާ ދިމާކޮށްލިއެވެ. “އާން މަންމާ… ފުރާނަ ފަދައިން ލޯބިވާ މީހަ އަހަރެންގެ ހައްގަކަށް ވާ ދުވަސް ކައިރި ވާ އިރު ނަލަ ނުވެ ހުރޭތަ އަޅެ…” ދީވާނާ ވެފައި އޮތް މީހަކު ފަދައިން ހައިޒަލް ބުނެލުމާއެކު ރިހާނާގެ ހިނިގަނޑު ދިޔައީ ފަޅައިންނެވެ. އެއާއެކު ހައިޒަލް ‘ދެން މަންމާ’އޭ ކިޔާ ގޮވާލިއެވެ. “ދަނީ ޖައްސާލަން… މިރޭ އެބަ ޖެހޭ ނެއިންއާ ޒާން ގޮވައިން ބޭރަށް ޖައްސާލަން…” ރިހާނާއަށް ހައިޒަލް ބުނެލިއެވެ. އަދި ލަސްނުކޮށް ކޮޓަރިއަށް ވަނެވެ.
  • =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް… އެޕިސޯޑް 3ގެ ޓުރެއިލަރ

Next

ނިވެމުންދާ ހުޅުކޮޅު 01

Next
March 31, 2026

ނިވެމުންދާ ހުޅުކޮޅު 01

Previews
March 31, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް… އެޕިސޯޑް 3ގެ ޓުރެއިލަރ

13 Comments!

  1. anonymous says:
    March 31, 2026 at 4:01 pm

    wahhh raul and nau vrh lwbi
    OMG haizal men marry kurany thrrrrr
    can’t wait for nextttt

    1. Eesh Eesh says:
      March 31, 2026 at 4:07 pm

      Hehe yes they are finally getting married

  2. Ashfy says:
    March 31, 2026 at 6:37 pm

    I love it so much🥹🫶

    1. Eesh Eesh says:
      March 31, 2026 at 8:22 pm

      Thankyouu Ashfyy 🙂

  3. It's me yall says:
    March 31, 2026 at 7:54 pm

    When next🥹??patiently waiting😭

    1. Eesh Eesh says:
      March 31, 2026 at 8:24 pm

      IA Liyevunuhaa avahakah kiyaalan libeyne

  4. Shaba_73 says:
    March 31, 2026 at 7:59 pm

    Hii after a long time 😊
    Eesh ah ingey thr Mi story ga eulheny I ge Ziyern eyy Hehe 🙈😅. Haizel and Nai so cute Raul and nauu too 💗
    Finally Haizel and Nai marry kuran kairi V dhw 😀
    Curiously waiting for the next part When’s next?

    1. Eesh Eesh says:
      March 31, 2026 at 8:26 pm

      Heyyy hehe yeah after so long
      U ge ziyaan ehvx hurey thrrr hehe
      Dhwh e myhun vrh cute aslu vx
      IA liyevunuhaa avahakah kiyaalan libeyne

  5. Shaba_73 says:
    March 31, 2026 at 8:27 pm

    Yhh eii I ge bitu soreyy 🙈

    1. Eesh Eesh says:
      March 31, 2026 at 8:30 pm

      ohmy really?
      maybe it’s your ziyaan hehe
      u ge ziyaan aa mi ziyaan vrh ehgoi tha anekkaa?

  6. Shaba_73 says:
    March 31, 2026 at 9:04 pm

    Yess it’s my Ziyern hehe 😅
    Ehbai kanthah thah eh goiy 🙈… Vrh romantic vaane

    1. Eesh Eesh says:
      March 31, 2026 at 9:06 pm

      Awww ziyaan kiyaa kudhin hama romantic ee kanne dhwww

  7. Shaba_73 says:
    April 1, 2026 at 1:57 pm

    Yhh 😅

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 18←


All Right Reserved!