ވަޢުދޭ ވެވޭމީ 18
- “މަންމާ…” އެޕާޓްމަންޓަށް ވަދެވުމާއެކު ހައިޒަލް އަޑުގެ ނެތްތަނަށް ރިހާނާއަށް ގޮވާލިއެވެ. އެންމެ ފަހަރަކު ނޫނެވެ. ތިން ހަތަރު ފަހަރަށެވެ. އުފަލުންގޮސް ދެފައި އެއްތާކު ނުޖެހިގެން އުޅެނިކޮށް ކޮޓަރިން ރިހާނާ ނުކުތެވެ. “ކިހިނެކޭ ވީ…” އަތުގައި އޮތް އިލޮށި ފަތި ފާރުގައި ލައްގާލަމުން ރިހާނާ އަހާލިއެވެ. “މި ވީކް ހޮނިހިރު ދުވަހު ކައިވެނީގެ ކަންތަކާ ވާހަކަ ދައްކަން އެގެޔަށް ދާން ބުނެފި… އަހަރެން އޮފީސް ނިންމާފަ ނިކުންނަނިކޮށް ސަރ އައިސް އެ ވާހަކަ ދެއްކީ…” ބައްތިރީސް ދަތް ސޭލަށް އަޅުވަމުން ހައިޒަލް ސޯފާއަށް ވެއްޓިގަތެވެ. “މީ ދޯ މީނަ މާ ނަލަވެގެން މިއުޅޭ ސަބަބަކީ…” ރިހާނާ ދިމާކޮށްލިއެވެ. “އާން މަންމާ… ފުރާނަ ފަދައިން ލޯބިވާ މީހަ އަހަރެންގެ ހައްގަކަށް ވާ ދުވަސް ކައިރި ވާ އިރު ނަލަ ނުވެ ހުރޭތަ އަޅެ…” ދީވާނާ ވެފައި އޮތް މީހަކު ފަދައިން ހައިޒަލް ބުނެލުމާއެކު ރިހާނާގެ ހިނިގަނޑު ދިޔައީ ފަޅައިންނެވެ. އެއާއެކު ހައިޒަލް ‘ދެން މަންމާ’އޭ ކިޔާ ގޮވާލިއެވެ. “ދަނީ ޖައްސާލަން… މިރޭ އެބަ ޖެހޭ ނެއިންއާ ޒާން ގޮވައިން ބޭރަށް ޖައްސާލަން…” ރިހާނާއަށް ހައިޒަލް ބުނެލިއެވެ. އަދި ލަސްނުކޮށް ކޮޓަރިއަށް ވަނެވެ.
- “މި ކައިރި ކުރީ…” ޓެކްސީއެއްގައި ނައިނާމެން ގޭ ކައިރިއަށް ހުއްޓެމުން ހައިޒަލް ނައިނާއަށް ބުނެލިއެވެ. ހައިޒަލް އެގޭކައިރި ހުންނަތާ އިރުކޮޅެއް ފަހުން ޒާންގެ އަތުގައި ހިފައިން ނައިނާ ނުކުތެވެ. “ޒެލް ބޭ…” ހައިޒަލް ފެންނައިރަށް ޒާން ދުވެފައިގޮސް ހައިޒަލްގެ ފައިގާ ބައްދާލިއެވެ. ހައިޒަލްވެސް ހީލަމުން ޒާން އުރާލިއެވެ. “ޒެލްބެ މަތިން މިސް ވީ ދޯ…” ޒާންގެ ނޭފަތުގައި ހިފާލަމުން ހައިޒަލް އަހާލިއެވެ. ޒާން ބޯ ޖަހާލަމުން ހީލީއެވެ. “ލެޓްސް ގޯ…” ޒާން ތިރިޔަށް ބާލުވަމުން ހައިޒަލް ބުނެލިއެވެ. އަދި ޒާންގެ އެއްއަތުގައި ހިފިއެވެ. އަނެއްކައިރިން ނައިނާ ޒާންގެ އަތުގައި ހިފިއެވެ.
- ސްކައިފޯލް ރެސްޓޯރެންޓްއިން ކައިގެން ނުކުމެ ތިންމީހުން ހިނގައިގަތީ ހައިޒަލްމެންގެޔާ ދިމާލަށެވެ. ރިހާނާ، ޒާން ދެކެން ބޭނުން ވެގެން އުޅޭވަރުންނެވެ.
- “މާމާ…” ސޯފާގައި ފިލްމެއް ބަލަން އިން ރިހާނާ ފެންނައިރަށް ޒާން ދުއްވައިގަތެވެ. “އަންހާ މާމަގެ ދޮންދޫނި ކިހިނެއްތަ؟… މާމަ ކައިރިއަށް އައިސްވެސް ނުލައޭ…” ޒާން އުނގަށް ލަމުން ރިހާނާ ވާހަކަދެއްކިއެވެ. އެއާއެކު ޒާން ލޯބި ހިނިގަނޑެއް ޖަހާލިއެވެ. “ޒެލްބެ ބުނީ ޒާންއާ މަންމިއާ ވަރަށް އަވަހަށް އަނެއްކާ މި ހައުސްއަށް ޗޭންޖް ވާނެއޯ… ޒެލްބެ ވާނީ ޒާންގެ ބައްޕައަށްށޯ… އެ ކީއްވެ އެހެން އެބުނީ؟…” މައުސޫމުގޮތަކަށް ޒާން އަހާލިއެވެ. ޒާންގެ މި ސުވާލާއެކު ރިހާނާ ފާޑަކަށް ހައިޒަލްއަށް ބަލާލިއެވެ. ހައިޒަލް ވަރަށް ނޫންކަމަށް ހެދެމުން ބޯ ކަހާލިއެވެ. އެއާކު ރިހާނާއާއި ނައިނާ ހޭން ފެށިއެވެ.
- ޒާންއާއި ރިހާނާގެ ހަރަކާތްތަކަށް ބަލަން ހުރި ނައިނާގެ އަތުގައި ހިފައިގެން ހައިޒަލް ހިނގައިގަތީ ބެލްކަންޔަށެވެ. ހަނދުވަރު ގެ ފަނޑުއަލީގައި ހައިޒަލްގޮސް އިށީންދުނީ ބެލްކަނީގެ އެއްކައިރީ ބައިންދާފައި އިން އުނދޯލީގައެވެ. ނައިނާވެސް އައިސް ކައިރީ އިށީންދުނެވެ. “ނެއިން… ނެއިން ރެޑީތަ އަހަރެންނާއެކު ލައިފްއެއް ފަށަން؟… އަހަރެންނާއެކު މުޅި ހަޔާތް ވޭތުކުރަން؟…” ނައިނާގެ މަޑު އަތްތިލާގައި ހިފާލަމުން ހައިޒަލް އަހާލިއެވެ. “ޔެސް… އަހަރެން ދުވަހަކުވެސް ކަމަކާމެދު މިހާ ޔަޤީނެއް ނުވޭ… އަހަރެންގެ ހަޔާތަށް ހައިޒަލްއަށްވުރެ ރަނގަޅު އިތުރު މީހެއް ނާންނާނެ… ހައި ތީ ޒާންއަށް ރަނގަޅު ބައްޕައަކަށް ވާނެ ކަމާމެދު އަހަރެން ޝައްކެއްވެސް ނުކުރަން… ސޯ ޔާހް… އައި އޭމް ރެޑީ ޓު ސްޕެންޑް ދަ ރެސްޓް އޮފް މައި ލައިފް ވިތް ޔޫ ހައި…” ލޯތްބާއެކު ނައިނާ ޖަވާބު ދިނެވެ. އެއާއެކު ހައިޒަލް އުނދޯލިމަތިން ތެދުވިއެވެ. އަދި ނައިނާގެ ކުރިމައްޗަށްވާހެން އެއްފައި މައްޗަށް ތިރިވިއެވެ.
- “އައިޝަތު ނައިނާ ނާޒިހު… އަހަރެންގެ ފުރާނަފަދައިން ލޯބިވާ ނެއިން… އަހަރެން ހަޔާތުގައި މިހާތަނަަށް ހިނގައިދިޔަ ހުރިހާ ކަމެއްގައި ނެއިން ޝާމިލްވި ފަދައިން އަހަރެންވެސް ބޭނުން ނެއިންގެ ހަޔާތުގައި ހިނގާ ހުރިހާ ކަމެއްގައި ޝާމިލްވާން… އެންޑް ޔެސް… ނެއިންއަށް ނޭންގި މީގެ 7 އަހަރު ކުރިން އަހަރެންގެ ހިތް އަތުލާފި… އަހަރެން އަނބުރާ އަހަރެންގެ ހިތް ބޭނުމެއްވެސް ނޫން… ރައްކާތެރިކަމާ ލޯތްބާއެކު ނެއިން އެ ގެނގުޅެދީ… ނެއިން… އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވާނަންތަ؟… ޒާންއަށް ނުލިބުނު ބައްޕައެއްގެ ލޯބި ދޭން ފުރުސަތު ދޭނަންތަ؟…” ހުދުރަނުގެ އަލިމަސްޖެހި އަނގޮޓިއެއް ދިއްކޮށްގެން އިނދެ ހައިޒަލް ބުނެލިއެވެ. އެއާއެކު ފެންކަޅިވެ ރޮވޭ ވަރުވެފައި އިން ނައިނާ ބޯ ޖަހާލަމުން ވާ އަތް ހައިޒަލްއަށް ދިއްކޮށްލިއެވެ. ހައިޒަލް ހިނިތުންވެލައިން އިނދެ ނައިނާގެ ކަށި އިނގިލީގައި އަނގޮޓިއަޅުވައިދިނެވެ. އަދި އެ އަތުގައި ބޮސްދިނެވެ.
- އަތުގުޅާލައިން ބެލްކަނިން ނުކުތް ހައިޒަލްއާއި ނައިނާގެ ތުންފަތްމަތީގައި ވީ ނުފިލާފަދަ ހިނިތުންވުމެކެވެ. “ހައިޒަލް… ނައިމެން ލާންދޭ ދެން… މިސޮރު ވެސް ނިދިއައިސްގެން އެއުޅެނީ…” ވަޅޯވެފައި މަޑުމަޑުން އޮތް ޒާންއަށް އިށާރާތްކޮށް ރިހާނާ ބުނެލިއެވެ. އެއާއެކު ހައިޒަލް ބޯ ޖަހާލަމުން ޒާން އުރާލިއެވެ. ނިދިއައިސްގެން ވާނެ އެއްޗެއް ވެފައި އޮތުމުން ކަންނޭގެއެވެ. ހައިޒަލްގެ ކޮނޑުމަތީ ބޯ އަޅާލަމުން ލޯ މަރާލާފިއެވެ. އެމަންޒަރު ބަލަންހުރި ނައިނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ތެދެކެވެ. ހައިޒަލްއަށްވުރެ ރަނގަޅު ބައްޕައެއް ޒާންއަކަށް ނުލިބޭނެއެވެ.
- “ގުޑްނައިޓް ޕްރިންސެސް… ގުޑްނައިޓް ޒެލްބެ ދޫނީ…” ނައިނާއާއި ޒާންގެ ނިތަށް ބޮސްދެމުން ހައިޒަލް ބުނެލިއެވެ. ރައްދުގައި ނައިނާވެސް ގުޑްނައިޓްއޭ ބުނެލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.
- ގޭތެރެއަށް ވަދެގެން ދިޔަ ނައިނާއަށް މަރުހަބާކީ ހަމަހިމޭން ކަމެވެ. ބާރަ ޖަހަން ކައިރިވެފައި ހުރުމުން އެންމެން ނިދަން ދިޔައީކަން ޔަގީންކޮށް ނައިނާ ޒާން އުރާލައިންހުރެ މައްޗަށް އެރިއެވެ. ޒާން އެނދުމަތީގައި ބާއްވާލުމަށްފަހު ނައިނާ ތިރިޔަށް ފޭބީ ކަރު ހިއްކައިގަނެފައި ހުރުމުންނެވެ. ޚިޔާލީ ދުނިޔެއެއްގައި ހުރެގެން ބަދިގެއަށް ވަދެގެން ދިޔަ ނައިނާއަށް ކާ މޭޒުދޮށު އިން ޒިޔާންއެއްވެސް އަޅައެއް ނުގަތެވެ. ފެންފުޅިއެއް ފުރުޖުންނަގައިން އެނބުރުނު ގަޑީގައި ޒިޔާންފެނި ނައިނާއަށް ހަޅޭއްލަވާގަނެވުނެވެ. އެއާއެކު ޒިޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “މަންޖެ ކޮން ދުނިޔެއެއްގަ؟… އަހަރެން މިތާ އިންއިރުވެސް ނޭންގުނު ވިއްޔަ…” ހިނިގަނޑު މަތަކުރަމުން ޒިޔާން އަހާލިއެވެ. އެއާއެކު ނައިނާ އަނެއްކާވެސް ހިނިތުންވެލިއެވެ. ހައިޒަލްއާއެކު ހޭދަކުރެވުނު އެ މުހިންމު ވަގުތުކޮޅު ހަނދާނަށް އައުމާއެކު ކޯތާފަތަށް ހޫނުވެލައިން ދިޔައެވެ. “މާތްކަމުން… މީހާ ރަތްވެ ވިރިގެންދާވަރުގެ ސުވާލެއްތަ އަހަރެންނަށް މިކުރެވުނީ…” ޒިޔާންގެ އަޑުގައިވީ ލާނެތްކަމެވެ. “ދެން ޒިޔާނޫ…” އަތަށް އައިސްފެންފޮދެއް އަޅާލަމުން ނައިނާ، ޒިޔާންގެ ގަޔަށް ޖެހިއެވެ. އެއާއެކު ޒިޔާން ސިއްސައިގެން ގޮސް އިންތަނުން ތެދުވިއެވެ. އަދި ނައިނާއާ ދިމާލަށް ނުރައްކާތެރި ގޮތަކަށް ބަލާލިއެވެ. “އޯހް ނޯ…” އަތުގައި އިން ފެންތަށި ބައިންދަމުން ނައިނާ ބުނެލިއެވެ. އަދި ބަދިގެއިން ނުކުންނަން ދުއްވައިގަތެވެ. އެއާއެކު ޒިޔާންވެސް އައިސްފެންފުޅިއެއް ހިފައިގެން ނައިނާ ފަހަތުން ދުއްވާގަތެވެ.
- “ބާރަށް ދުވޭ ނައީ…” ނައިނާ ދުވެފައިގޮސް ސޯފާގެ އެއްކައިރީ ހުއްޓުނުތަން ފެނި ޒިޔާން ބުނެލިއެވެ. “ދެން ސޮރީއޭ ޔާން… ދެން އައިސްފެނެއް ނުޖަހާނަމޭ…” ބޮޑާހާކާ ފާޑެކަށް ނައިނާ ބުނެލިއެވެ. އެއާއެކު ޒިޔާން ހިނިގަނޑެއް ޖަހާލީއެވެ. އެ ހިނިގަނޑުންވެސް ޒިޔާން، ނައިނާ ސަލާމަތުން ދޫކުރަން ބޭނުން ނުވާކަން އިނގޭހާވެއެވެ.
- “އޭހް ވެއިޓް… އަރ ޔޫ؟… އެންގޭޖްޑް؟…” ނައިނާގެ ކަށިއިނގިލީގައި އިން އަނގޮޓިއަށް އިށާރާތް ކޮށް ޒިޔާން އަހާލިއެވެ. އެއާއެކު ނައިނާ ވާއަތް އުފުއްލާލަމުން ބޯ ޖަހާލިއެވެ. “މިރޭ… ހައި މެންގޭ ބެލްކަނީގަ ތިބެފަ ހީ އާސްކްޑް މީ… އެންޑް އައި ސެޑް ޔެސް…” އަނގޮޓި ރީއްޗަށް ދައްކާލަންވެގެން ޒިޔާންއާ ކައިރިއަށް ނައިނާ ހިނގައިގަތެވެ. “އޯ އައިމް ސޯ ހެޕީ ފޯ ޔޫ ސިސް… ދެން ރީއްޗަށް އުޅޭ ހައިޒަލްއާއެކު…” ނައިނާގެ ގައިގާ ބައްދާލަމުން ޒިޔާން ބުނެލިއެވެ. ހަޤީގަތުގައިވެސް މިރޭ އޭނާ ވަރަށް އުފާވެއްޖެއެވެ. މިހާރު އޭނާއަށް އިނގިއްޖެއެވެ. ކުރިން ނައިނާދެކެ އެ ވެވުނު ލޯތްބަކީ ލޭގެ ގުޅުމެއް އޮތީތީވެ ވީ ލޯތްބެކެވެ. އެއީ އިޝްޤީ ލޯތްބެއް ނޫނެވެ.
- އެހެން ހުރެފައި ޒިޔާން ކުއްލިއަކަށް އައިސްފެންފުޅި ނައިނާގެ ބޮލަށް އަޅާލިއެވެ. ފިނިވެގެން ނައިނާ ތުރުތުރު އަޅާގަތްތަން ފެނި ޒިޔާން އަޑުގެ ނެތްތަނަށް ހޭން ފެށިއެވެ. “ސޮރީ ނައި ސިސީ… ވަރަށް ލޯބިވޭ… ކޮންސިޑަރ އިޓް އޭސް އަ ސެލެބްރޭޝަން…” އެއްލޯ މަރާލަމުން ޒިޔާން ބުނެލިއެވެ. “ދޭ ތި އެއްޗެހި ބަދަލުކޮށްގެން ނިދަންދެން… އެހެންނޫނީ ރޯގާ ޖެހިދާނެ… އަހަރެން މިތަން ސާފުކޮށްލާފަ ނިދަންދާނެން…” ދެންވެސް ޒިޔާން ވާހަކަދެއްކިއެވެ. ނައިނާ ބޯ ޖަހާލަމުން ޒިޔާންއަށް ގުޑްނައިޓްކިޔުމަށްފަހު މައްޗަށް އަރައިން ދިޔައެވެ.
- =ނުނިމޭ=
14 Comments!
Comments are closed.



Waau Haizal and Naina so cute masha allah🥹❤️
Hehe Thankyouuu🫶🤍
Wow i love this so much
Thankyouu🫶🤍
Vrh reethi🥹 keep going
Thankyou aleeka🫶🤍
Vrh reethi🥹 keep going
Thankyou🫶🤍
Mi part ves vrh Reethi MA 💗
Haizal and Nai so cute wauu 💝
I ge Ziyern Haadha laanethey dhw Hehe 😅
Curiously waiting for the next part When’s next?
Lysm and tc 💗
Thankyou dear🫶🤍
Ziyern aky laanei kujjekey😆
Insha allah liyevunuhaa avahakah kiyaalan libeyne
Lym and tc💗
riza salhi ingey man
Thankyou ananthopey🫶🤍
When’s next
I’ll be uploading the next episodes after my GC… Insha allah November 15 ga 18 vana ep in feshigen upload kuran fashaanen..hope you all will understand😃