ވަޢުދޭ ވެވޭމީ 16
- “ހައި… ޒަލް…” ނައިނާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ނައިނާގެ ރީތިކަމަށް ގެއްލިފައި ހުރި ހައިޒަލްއަށް ނައިނާ ގޮވިކަންވެސް ރޭކާ ނުލިއެވެ. ހައިޒަލްގެ މޫނު ނައިނާގެ މޫނާ ކިރިޔާ ނުޖެހޭހާ ކައިރި ވުމާއެކު ނައިނާއަށް ދެލޯ މަރާލެވުނެވެ.
- “އަމައްޔާއި… ދޮރު ލައްޕައިން ތި ކުރާ ކަމެއް ކުރާ ނަމަ ދޯ؟…” ދޮރު ކައިރި ހުރެ ލޯ މަތީ އަތްއަޅާލަމުން ޒިޔާން ދިމާ ކޮށްލިއެވެ. ޒިޔާންގެ އަޑާއެކު ނައިނާއާއި ހައިޒަލް ސިހިފައި ދުރަށް ދިޔައެވެ. އޭރު ނައިނާގެ މޫނު ދޮން ޖަންބެއްހާ ރަތެވެ. “ސައި ބޮންޔާ އާދޭ…” އަވަސް އަވަހަށް ކޮޓަރިން ނުކުންނަމުން ނައިނާ ބުނެލިއެވެ. “ބްރޯ… ޔޫ ލިޓެރަލީ ރުއިންޑް އަވަރ މޮމެންޓް… އައި ހޭޓް ޔޫ ސޯ މަޗް…” ޒިޔާންގެ ކޮނޑުމައްޗަށް އެތިފަހަރެއް ވީއްލައި ލަމުން ހައިޒަލް ބުނެލިއެވެ. އެއާއެކު ޒިޔާންވެސް ހިނިގަނޑެއް ޖަހާލަމުން ހައިޒަލްއާއެކު ތިރިޔަށް ފައިބަން ހިނގައިގަތެވެ.
- “އަންހާ… ހައިޒަލްވެސް އެބަ އުޅެންތަ؟ ސައި ބޮއެގެން އިނގޭ ދެން ދާނީ… އަދި 7 އެޖެހީ…” ބަދިގެއަށް ވަދެގެން އައި ހައިޒަލް ފެނި ޒިޔާނާ އަހާލިއެވެ. “ޔާހް… އެސޮރަށް ނައި އާ ދުރުގަ ނުހުރެވެ އޭ މަންމާ…” ޒިޔާން އިށީންނަމުން ބުންޔެވެ. އެއާއެކު ނައިނާ ކަޅިއަޅާލިއެވެ.
- “ބައްޕައައިމަ ހައި ބޭނުމޯ ވާހަކައެއް ދައްކަން…” ޒިޔާން ކައިރީ އިށީންނަމުން ނައިނާ ބުނެލިއެވެ. “އެހެންތަ… އަނެއްކާ ކޮން ވާހަކައެއްބާ؟…” ކާ ތަށިތައް މޭޒުމަތީ ބަހައްޓަމުން ޒިޔާނާ އަހާލިއެވެ. އެވަގުތުވީ ޒާން ސްކޫލަށް ލާފައި ރިޒާމް އައިސް ގެޔަށް ވައިން ވަގުތަށެވެ. ވާހަކައިގައި ތިބި އެންމެނުގެ ތެރެއިން ހައިޒަލް ފެނުމާއެކު ގޮވާލިއެވެ. “ލައްބަ ބޮސް… އައި މީން… ނެއިންގެ ބައްޕާ…” ދޫ އޮޅެމުން ހައިޒަލް ޖަވާބު ދިނުމާއެކު ނައިނާގެ އިތުރުން ރިޒާމްވެސް ހޭން ފެށިއެވެ.
- “މީ… ދައްތާ… އަޅުގަނޑު…” ސައިގެ މެދުތެރެއިން ހައިޒަލް ވާހަކަ ދައްކަން ފެށިއެވެ. އެހެންނަމަވެސް ހާސްވެފައި ހުރުމުގެ ސަބަބުން އަޅައަޅައި ގަންނަމުން ދިޔައެވެ. “ކިޔާބާލާ ތިި…” ޒިޔާންއަށް ކެއްނުވެގެން ބުނެލިއެވެ. އެއާއެކު ނައިނާ ފާޑަކަށް ހީލިއެވެ.
“މީ… އަޅުގަނޑު ބޭނުން ނެއިންއާ ވީހާވެސް އަވަހަކަށް މެރީ ކުރަން…” އިސްޖަހައިން އިނދެ ހައިޒަލް އިއްވާލިއެވެ. އެއާއެކު ޒިޔާނާ ހައިރާންވެފައި ހުރެ ނައިނާއާ ދިމާލަށް ބަލާލިއެވެ. ނައިނާ ލަސްލަހުން ބޯ ޖަހާލީ ތިމަންނަވެސް ބޭނުމޭ ބުނާ ފަދައަކުންނެވެ. އެހެނީ އެދެމީހުން ރައްޓެހިވިތާ މާ ގިނަ ދުވަހެއް ނުވިއެއްކަމަކު، އެކަކު އަނެކަކު ދަންނަތާ 20 އަހަރުވީއެވެ. ވުމާއެކު ކައިވެނި އިތުރަށް ލަސްކުރަންޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތެވެ. - “ދަރިފުޅުމެން ބޭނުމިއްޔާ ލަސްކުރާނެ ކަމެއްނެތް… އެކަމަކު އޭގެ ކުރިން މަންމަ ބޭނުން ހައިޒަލްގެ މައިންބަފައިންނާވެސް ބައްދަލު ކޮށްލަން…” ޒިޔާނާގެ އަޑުންވެސް އެ ކައިވެންޔާ މެދު އުފާވެފައިވާ މިންވަރު ހާމަވެއެވެ. “އަޅުގަނޑުގެ ހުންނާނީ މަންމަ އެކަނި… ވަރަށް ކުޑަ އިރު ބައްޕަ ނިޔާވީ…” ހައިޒަލް ހީލިއެވެ. “އޯހް… އޭރަށް ހައިޒަލް މަންމަ ގޮވައިން މާދަމާ މެންދުރު ކާން އަންނަން ވީ އެއްނު؟… ރިޒާމްއާ ހައިޒަލްއަށްވެސް އެގަޑީ އާދެވޭނެއްނު…” ޒިޔާނާ އަހާލިއެވެ. ހައިޒަލްއާއި ރިޒާމް ބޯ ޖަހާލުމާއެކު ދެން ކުރިޔަށް ދިޔައީ ނައިނާއާއި ހައިޒަލްގެ ކައިވެނީގެ ވާހަކައެވެ.
- ސައިބޮއެ ނިމުމާއެކު ރިޒާމްއާއި ހައިޒަލް އެކުއެކީގައި ގެއިން ނުކުތީ އޮފީހަށް ދާންނެވެ. ގެއިން ނުކުމެ ޕާކު ކޮށްފައި އޮތް ސައިކަލަށް އަރައި ހައިޒަލް ދުއްވާލިއިރު، ރިޒާމް ދިޔައީ އޭނާގެ އަމިއްލަ ކާރުގައެވެ.
- * * * * * * * *
- މެންދަމުގެ ހަމަހިމޭން ވަގުތެވެ. ނިދާފައި އޮތް ރައުލްގެ މޫނުމަތިން ފެންނަނީ ކަމަކާ އުނދަގޫވެގެން އުޅޭ މަންޒަރެވެ. ފެންނަމުން ދާ ހުވަފެނުން ހޭލަން ބޭނުވެގެން އުޅޭ މީހެއް ފަދައިން ދެފަރާތަށް ބޯ ހަލުވަމުން ދިޔައެވެ. އެއިރު މުޅި މީހާ ވަނީ ދާ ހިއްލާ ފޯވެފައެވެ. އެވަގުތު ފާހަނައިން ނުކުތް ނައުހާގެ ލޮލުގައި ރައުލް އަޅައިގަތެވެ. ބޭއިޚްތިޔާރުގައި ނައުހާއަށް ރައުލްއާ ދިމާލަށް ހިނގައި ގަނެވުނެވެ. އަދި ރައުލްއަށް ގޮވަން ފެށިއެވެ. ނޭންގޭ ސަބަބަކާ ހުރެ ނައުހާގެ ހިތް ދިޔައީ ބިރު ގަންނަމުންނެވެ. އެހެނީ އެދެމީހުން ކައިވެނި ކޮށްގެން މި ވީހާ ދުވަހު ރައުލް އެގޮތަށް ފެނިފައެއް ނުވެއެވެ.
- “ރައުލް… އޭތް… ހޭލަބަލަ…” ނައުހާ ދިޔައީ ހުއްޓާ ނުލާ ރައުލްއަށް ގޮވަމުންނެވެ. ކުއްލިއަކަށް ރައުލް ދެލޯ ހުޅުވާލިއެވެ. އަދި ފުންމައިން ތެދުވެ ނައުހާ ގައިގާ ބައްދާލިއެވެ. “އޭތް… އިޓްސް ޖަސްޓް އަ ޑްރީމް މޭން…” ރައުލްގެ ބުރަކަށީގައި ފިރުމާލަމުން ނައުހާ ބުނެލިއެވެ.
- “ނޫން… އިޓްސް… ނޮޓް…” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ރައުލް ބުނެލިއެވެ. “ނައު… އަހަރެންނަށް އިނގޭ މިއީ އެރޭންޖް މެރިއޭޖްއެއް ކަން… އަދި ނައު އަހަރެން ދެކެ ލޯބިވެސް ނުވާކަން… އެކަމަކު އަހަރެން ވަރަށް ލޯބިވޭ… ނައު… އަހަރެން ދޫކޮށްލާފަ ނުދައްޗޭ… ޕްލީސް…” ނައުހާގެ ގައިން ދޫކޮށްލުމަށް ފަހު ނައުހާގެ އަތުގައި ހިފާލަމުން ރައުލް ބުނެލިއެވެ. އެއާއެކު ނައުހާ، ހުވަފެނުން ފެނުނީ ކޯއްޗެއްތޯ އަހާލިއެވެ.
- “ނައު އަހަރެން ދޫކޮށްލަނިކޮށް…” ރައުލްގެ އަޑު ކިރިޔާ އިވުނުކަމެވެ. އެއާއެކު ނައުހާއަށް ވާނުވާ ރޭކާލިއެވެ. އެވަގުތު ނައުހާއަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. އޭނާއަށް ރައުލް ދޫކޮށްލެވޭނެތޯއެވެ. އޭނާއަށް ރައުލްއާ ނުލާ އުޅެވޭނެތޯއެވެ. އެއާއެކު އޭނާގެ ހިތް ނޫނެކޭ ބުނެލިއެވެ. ސިކުނޑިވެސް ހިތާއި އެއްބައިވި ފަދައެވެ. އޭނާ މިހާރު ވަނީ ރައުލްގެ ލޯބިވެތި އާދަތަކަށް ހޭނިފައެވެ. ނޭންގި ނަމަވެސް އެ ހިތުގައި ރައުލްގެ ނަން މަޑުމަޑުން ފެވެމުން ދާކަން އިހުސާސްވެގެން ދިޔުމުން ނައުހާއަށް ރައުލްގެ ހަށިގަނޑުގައި އޮޅުލައި ގަނެވުނެވެ.
- “ނައު…” ވައި އަޑުން ރައުލްއަށް ގޮވާލެވުނެވެ. “ރައުލް… އަހަރެންނަށް މަޢާފު ކުރޭ… އިނގޭ އަހަރެންނަށް ވަރަށް ބޮޑަށް ރައުލް ހިތުގައި ޖެއްސުނުކަން… އެކަމަކުވެސް… އައިމް ސޯ ސޮރީ ރައުލް… ޕްލީސް… އަހަރެން ދޫކޮށް ނުލައްޗޭ… އައި… ލަވް ޔޫ…” ރޮމުން ނައުހާ، ހިތުގެ އުދާސްތައް ބޭރު ކޮށްލެވުނެވެ. “މި މެރިއޭޖް މީ އެރޭންޖް މެރިއޭޖްއެއް ކަމަކުވެސް ލެޓްސް މޭކް އިޓް ވޯރކް… އައި ކާންޓް ލޫސް ޔޫ ރައުލް…” ނައުހާގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ލަފްޒަކުން ރައުލްގެ ހިތް ދިޔައީ ނަށަމުންނެވެ. ނައުހާގެ ދުލުން ރައުލްއަށް އެދޭ މިންވަރު ހާމަކުރަމުން ދިޔައިރު ރައުލްގެ ހިތުުގައި ނައުހާއާ މެދު އޮތް ލޯބި ދިޔައީ ފުންވަމުންނެވެ.
- “އައި ލަވް ޔޫ މޯރ ނައު… ނައު ސްޓޮޕް ކްރައިން… އަހަރެން ނައު ދުލެއް ނުކުރާނެމޭ…” ނައުހާގެ މޫނުގައި ލޯތްބާއެކު ރައުލް ހިފައްޓާލިއެވެ. އަދި ބޮޑުވާ އިނގިލިން ނައުހާގެ ކަރުނަތައް ފޮހެލިއެވެ. އެއާއެކު ނައުހާގެ ތުންފަތް މަތީ ލުއި ހިނިތުންވުމެއް ކުރެހުނެވެ.
- “މިޑް ނައިޓް ކޮންފެޝަން… ތަފާތު އިނގޭ…” ރައުލް ދިމާ ކޮށްލިއެވެ. ވަގުތުން ނައުހާގެ މޫނު ދޮން ޖަންބެއްހާ ރަތްވެގެން ދިޔައެވެ. އެއާއެކު ރައުލްއަށް އާޝޯޚްވެފައި ބަލަން ހުރެވުނެވެ. ހާދަހާ ވާ ފުރިހަމައެވެ.
- ކުއްލިއަކަށް ރައުލް، ނައުހާގެ ތުންފަތަށް ބޮސްދޭން ފެށިއެވެ. ސިއްސައިން ދިޔަ ނަމަވެސް ނައުހާއަށްވެސް އެންމެ ފުރިހަމައަށް ރައުލްގެ އެ އަމަލުގައި ބައިވެރި ވެވުނެވެ. ނައުހާގެ ހިމަ އިނގިލިތަކުން ރައުލްގެ އިސްތަށިގަނޑަށް ބާރުކޮށްލިއެވެ. އެއާއެކު ރައުލް، ނައުހާ އުފުއްލާލިއެވެ. އަދި ލަސްލަހުން ނައުހާ އެނދުމަތީ ބާއްވާލިއެވެ. “ލަވް ޔޫ ބޭބް…” ނައުހާގެ ކަންފަތް ކައިރީ ރައުލް މަޑު މަޑުން ބުނެލިއެވެ. އެ އަޑުގައި ވި އަސަރުން ނައުހާގެ ގައިން ހީބިހި ނަގައިގަތެވެ. އިސާހިތަކު ދެ ޖިސްމުގައި ހުޅު ރޯވެ، ނުނިވޭ ހިސާބަށް ދިޔައެވެ.
- ޖެހިގެން އައި ދުވަހެވެ. ރައުލްގެ އަތު ތެރޭގައި ނިދާފައި އޮތް ނައުހާއަށް ހޭލެވުނީ ރައުލްގެ ފޯނުގެ އަޑަށެވެ. އެނދު ކައިރީ އިން ކުޑަ މޭޒުމަތީ އޮތް ރައުލްގެ ފޯނުނަގައި ބަލާލިއެވެ. ނުދަންނަ ނަންބަރަކުން ގުޅަމުން ދިޔަ ތަން ފެނި މާ ބޮޑު ވިސްނުމަކާ ނުލާ ރައުލްއަށް ގޮވިއެވެ. އަދި މީހަކު ގުޅާ ވާހަކަ ބުނެލިއެވެ. ރައުލް ކަންނެތް ކަމާއެކު ދެލޯ ހުޅުވާލަމުން ފޯނަށް ޖަވާބު ދިނެވެ. އެއާއެކު ނައުހާ ހިނިތުންވެލަމުން ފާހަނައާ ދިމާލަށް ހިނގައިގަތެވެ.
- “ޔެސް… މީ ރައުލް… ތީ ކާކުތޯ؟…” އެނދުގެ ލެގޭ ބައިގައި ލެގިލަމުން ރައުލް އަހާލިއެވެ. އެއާއެކު ފޯނުގެ އަނެއްފަރާތުން ވާހަކަ ދައްކަމުން ދިޔަ މީހާ ބުނެލި އެއްޗަކާއެކު ރައުލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ބުނަން ވަރަށް ރަނގަޅު ވާހަކައެއް… އަހަރެންގެ އަންހެނުންނޭ ކިޔާފަ ވާހަކަ ދައްކަން ނުގުޅައްޗޭ ދެން…” ފާހަނައިން ނުކުތް ނައުހާއަށް ރައުލް ބުނި އަޑު އިވިފައި ހުއްޓުން އެރިއެވެ. ގުޅީ ކާކުކަން ޔަގީން ނުވިޔަސް އެ ގުޅި މީހަކު ދެއްކީ ނައުހާގެ ވާހަކަކަން ޔަގީންވެއްޖެއެވެ. “އާކިން…” ކުއްލިއަކަށް ކަމެއް ރޭކާލި ފަދައިން ނައުހާއަށް މަޑުމަޑުން ބުނެލެވުނެވެ. އެންމެ ފަހުން ސްވީޓް ސްޓޭ ހޮޓެލް އިން ދިމާވި ގޮތަކަށް އަދި އާކިންއަކާ ދިމައެއް ނުކުރެއެވެ. ގުޅައިފިއްޔާ ފޯނު ބިޒީ ކޮށްލަނީއެވެ.
- =ނުނިމޭ=
- ނޯޓް: ސޮރީ މި ބައި ލަސްވިކަމަށް ޓަކައި. އަޅުގަނޑުގެ ފަހު އަހަރު ކަމުން ގިނަ އިރު ސްކޫލުގައި އުޅެން ޖެހޭތީވެ ވަގުތު ނުވާތީ ނުލިޔެވެނީ މިހާރު. އިންޝާﷲ ލިޔެވޭ ވަރަކުން އަޕްލޯޑް ކުރަމުން ދާނަން. ކިޔުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރިއްޔާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Waau mi part vx vrh reethi maasha allah
Thankyouuu💗
Masha Allah vrh reethi
Is aakin gonna tell abt everything to Raul???
Thankyouuu💗
Let’s see dhw taking hadhan eulhey gothehh