“އެލީގެ ނަމްބަރ ދޭންވީނު. އޭރުން ދޯ ހިޔާލެއް ހޯދަން ގުޅާލެވޭނީވެސް.. އިޓްސް ޔޯރ ސްޕެޝަލް ޑޭ” ޝައިނާ އެލީޝާގެ ގާތަށް ޖެހިލައީ ނަންބަރު ހޯދިއެވެ. ރާހިލްއަށް ގަބޫލުނުކުރެވިފައި އެމަންޒަރު ބަލަށް ހުރެވުނުއިރު ރިއާންއަށް ހިތްހަމަނުޖެހިފައި ބަލައިލެވުނީ ރާހިލްއަށެވެ. ރާހިލްގެ ކުރިމަތީގައި މިހުރިހައި ކަމެއް ވެގެންދާން ދޫކޮށްލައިގެން މިހިރީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ރާހިލްއާ އެވާހަކަ ދެެއްކުމަށްޓަކައި އެއްފަރާތަކަށް ޖެހިލި އެވެ.
“ރިއާން މޮޔަވީތަ؟ ބައްޕަމެންނާ އެއްބައި ކިޔާފަ ޕާޓީއަށް އެ ރަށް ތި ދިނީ ކީއްކުރަން؟ ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ؟” ރާހިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
“އަދިވެސް އަހަރެން ދޯ މި ގޯސްވީ؟ ރާހިލް ހަނދާން ނެތުނީތަ އަދިވެސް ކުންފުނީގެ ޗެއަރމަނަކީ އަހަރެންގެ ބައްޕަކަން؟ ބައްޕަ އެއްބަސްވެފަ އޮއްވާ އެވެސް ނާޝިދުބެގެ ކަމެއްގަ އަހަރެން ދެބަސްވުން ވާނީ ހަމަ ބޭކާރު ކަމަކަށް. އެހެންނޫނަސް މިއީ އަހަރެންނަކާ ބެހޭ ކަމެއް ނޫން. ހުރިހާ ކަމެއް ކުރިމަތީގަ ހިނގަމުންދާއިރުވެސް ފިނޑިކަމުން ހައްޕު ކިޔައިގެން ތި ހުންނަނީ ރާހިލް. ދެންވެސް އެހެން މީހުންގެ ކުށް ހޯދާ..” ރިއާން ދުރަށް ހިނގައިގަތެވެ.
އެންމެން އެކި ވާހަކައަށްގޮސް ހުސްވި ވަގުތު ޝައިނާ އެތަނުން ދުރަށް ޖެހިލިއެވެ. ރާހިލްއަށް އެ މަންޒަރު ފެނުމާއެކު ޝައިނާގެ ފަހަތުން ހިނގައިގަތެވެ. ޝައިނާއަށް އެކަން އެނގި ސިޑި ގިރާކުރަމުންދިޔަ ދުވެލި އަވަސްކޮށްލިއެވެ. އަދި އެ ދިޔަގޮތަށް ދުވެފައިގޮސް އިޝްވާގެ ކޮޓަރީގެ ފާހަނައަށް ވަދެ ތަޅުލިއެވެ. ލެޕްޓޮޕް ހިފައިގެން އެނދުމަތީގައި އޮތް އިޝްވާއަށް އެކަމުން ކުއްލި ސިހުމެއް ލިބިފައި އައިސް ފާހަނައިގެ ދޮރުގައި ތަޅައިގަތެވެ. ޝައިނާއަކީ ފާހަނައިގައި ތަޅުލާ މީހެއް ނޫންކަން ހުދު އޭނާއަށްވެސް އެނގެއެވެ. އަދި ޝައިނާ ކޮޓަރިއަށް ވަދެގެން އައިގޮތުން ކޮންމެވެސް ކަމެއް ގޯސްވީކަން އޭނާއަށް ރޭކައިލިއެވެ. ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ލިބިގެންދިޔައީ ހަމަ އެބާރުމިނުގައި އައިސް އެ ކޮޓަރިއަށް ވަން ރާހިލް ފެނުމުންނެވެ.
“ޔޫ؟ ސިސް އަށް ކީއްކޮށްގެން ތިއުޅެނީ؟” އިޝްވާ ރުޅިއައިސްފައި އަހައިލިއެވެ.
“ގެޓް އައުޓް” އިޝްވާއަށް ޖަވާބުދާރީވުމަކީ މުހިއްމު ކަމެއް ގޮތުގައި ރާހިލްއެއް ނުދެކުނެވެ.
“އިޝީއެއް ނުނިކުންނާނަން.. އިޝީ އޭރުވެސް ނޫނެކޭ ބުނެބުނެ އޮއްވާ ތިދެމީހުން ގުޅުނީ. އިފް އެނީތިންގް ހެޕެންޑް އައި ޑިސަރވް ޓު ނޯ” އިޝްވާ ހަރުކަށިވެލިއެވެ.
“އިޝްކޮ ޕްލީސް.. މިއީ އިޝްކޮ ތި ހީކުރާހާ ކުޑަ ކަންތައްގަނޑެއް ނޫނޭ” ރާހިލް ބުންޏެވެ.
“އެކަން އަހަރެންނަށްވެސް އެނގެޔޭ! ސިސް އަމިއްލައަށް ސަފޮކޭޓް ވާން ފާހަނައަށް ވަދެ ތަޅުލާވަރުގެ ކަމަކަށް ދޮންބެ ކުރީ ކީއްހޭ؟” އިޝްވާ ހަޅޭއްލަވައިގަތެވެ.
“ޝީ ޑިޑް ވަޓް؟” ރާހިލްއަށް އިޝްވާ ބުނީ ކީކޭކަން އެނގުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ކުރިމަތީގައި ހުރި އިޝްވާ ދުރަށް ކޮށްޕައިލުމަށްފަހުގޮސް ފާހަނައިގެ ދޮރުގައި ތަޅައިގަތެވެ.
“ޝައިނާ.. ޝައިނާ.. މި ދޮރު ހުޅުވަބަލަ.. ޝައިނާ ޕްލީޒް” ރާހިލްގެ އަޑުގައިވަނީ އާދޭހެވެ. އެރަށުގައި ހުރިއިރު ޝައިނާ ފާހަނަތެރޭގައި އަނބުރައިގަތް ރޭގެ ބިރުވެރި ހަނދާންތައް އޭނާގެ ސިކުނޑީގައި ކޮށްޓަން ފެށިއެވެ. ޝައިނާގެ ފަރާތުން ރައްދެއް ނުލިބި ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު އޭނާގެ ހިތް އަވަސްވެ ސިކުނޑި ހާސްވަމުން ދިޔައެވެ.
ފާހަނައިގެ ދޮރުފަތުގައި ލެގިލައިގެންހުރެ ފުން ނޭވާތަކެއް ލަމުންދިޔަ ޝައިނާގެ ކަރުނަތައް ހިފަހައްޓައިގެން ހުރުމަށްޓަކައި ކުރަމުންއައި ހިތްވަރު އެކީ ފުނޑުފުނޑުވެެއްޖެ އެވެ. މެޔަށް ބާރުވެ ހާސްވާން ފެށުމާއެކު އޭނާއަށް މަޑުމަޑުން ތިރިވެވުނެވެ. މި ހުރިހައި ދުވަހު އޭނާގެ ހިތުގައި އަޅަމުން އައި ރިހުމަށް ލިބުނު ހަމައެކަނި ފަރުވާއަކީ ރާހިލް އެ ކައިވެނި ނުކުރާނެކަމަށް ބުނެ ތަކުރާރުކޮށް ދެމުންދިޔަ ޔަގީންކަމެވެ. ނަމަވެސް ދެ އާއިލާގެ އެހާބޮޑު އުއްމީދަކާއެކު ކުރެވެން އުޅޭ ކައިވެންޏަކަށް ދެކޮޅުހަދަން ރާހިލްއަށް ކެރޭނެބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މިއަދުވެސް ވާފިޔާގެ ބަހުގެ ކުރިމަތީގައި ރާހިލްގެ އިސްޖެހުނު ގޮތް އޭނާއަށް ސާފުކޮށް ފެނިފައިވެއެވެ. އެންމެ ފަހުވަގުތާ ޖެހެންދެން ރާހިލްގާތު ހުރެވުނަސް އެ ކައިވެންޏަކީ ދެން ނުހުއްޓުވޭނެ ކައިވެންޏެކޭ އޭނަގެ ހިތް ބުނަމުން ދިޔައެވެ.
“ޝައިނާ.. ޕްލީޒް ދޮރު ހުޅުވަބަލަ… ދެ މިނަޓުގެ ތެރޭގަ ޝައިނާގެ ހަބަރެއް ނުވިއްޔާ އަހަރެން މި ދޮރު ވައްޓާލާފަވިޔަސް މިއަދު ޝައިނާ ނެރޭނަން.” ރާހިލް ހުއްޓުމެއް ނެތި ޝައިނާއަށް ގޮވަމުން ބުންޏެވެ. ގޭގައި މެހެމާނުން ތިބި ވަގުތަކަށް ވާތީ އެވަގުތު ކަންތައްގަނޑެއް ހިންގާކަށް ޝައިނާ ބޭނުމެއްް ނުވިއެެވެ. އެހެންކަމުން މި ނުކުންނަނީ ކަމުގައި ގޮވައިލުމަށްފަހު އޭނާ މޫނުދޮވެލައި ހަމަޖެހިލިއެވެ. ފާހަނައިން ނުކުތްހިނދު އޭނާއާ ފުރަތަމަވެސް ބައްދަލުކުރީ ރާހިލްގެ ކަންބޮޑުވެފައިވާ މޫނެވެ.
“އިޝީ ޕްލީޒް.. ގިވް އަސް އަ މޯމެންޓް” ރާހިލް އަދިވެސް އެއްފަހަރު އިޝްވާގާތު އެދުނެވެ. އިޝްވާ އެތަނުން ނުކުތީ ޝައިނާވެސް ރާހިލްގެ ވާހަކައަށް އެއްބަސްވެ ބޯ ޖަހައިލުމުންނެވެ.
އިޝްވާ ދިޔުމާއެކު ރާހިލް އެންމެ ސިކުންތެއްވެސް ލަސްކުރުމެއްނެތި ޝައިނާ ގެނެސް އެއަތުގެ ތެރޭގައި ފޮރުވައިލިއެވެ. ނަމަވެސް ޝައިނާ ރާހިލްގެ އަތުން ވީއްލިގެން ދުރަށް ހިނގައިގަތެވެ. ރާހިލް ދެންވެސް ހުށިޔާރުކަމާއެކު ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޝައިނާ އެ އަތް ފޮޅައިލަން ކުރި މަސައްކަތް ނާކާމިޔާބުވީ ރާހިލްގެ ދެއަތުގެ ތެރޭގައި ޝައިނާގެ އަތް ހައްޔަރުކޮށްލުމަށްފަހު ފާރުގައި ޖައްސައިލުމުންނެވެ. ރާހިލްގެ ހޫނު ނޭވާ އިހުސާސްވާހާ ގާތަށް މޫނު ކައިރިވި ވަގުތު ޝައިނާ މޫނު އަނބުރައިލީ ލޮލުގެ ތެރެއަށް އަނެއްކާވެސް ބޮނޑިވެގަތް ކަރުނަތައް ރާހިލްއަށް ފޮރުވުމަށެވެ.
“ދޫކޮށްލާ ރާހިލް” ޝައިނާ ދަތްކުނޑި ވިކައިލަމުން ބުންޏެވެ. އޭރު އޭނާގެ ދިގު އެސްފިޔަތައް ކަރުނައިން ފެވެމުން ދިޔައެވެ.
“ޝްޝްޝް.. ޕްލީޒް ޑޯންޓް ކްރައި” ޝައިނާގެ ކަރުނަތައް ފެނި ރާހިލްއަށް ހިންދިރުވައިލެވުނެވެ. ދިލަ ރިހުމެއް މޭގައި އުފެދުނެވެ. “ޕްލީޒް ޑޯންޓް ކްރައި ލަވް.. އައި ބެގް ޔޫ.” ރާހިލް އެދުނެވެ.
“ރާހިލް ހެޔޮނުވާނެ… އަހަރެން ނުތަޅުވާ ދޫކޮށްލާ… ކަންތައްތައް ވަމުންދާ ގޮތެއް ރާހިލްއަކަށް ނުފެނޭތަ؟ ދެން އިތުރަށް މި ކައިވެންޏެއް ނުހުއްޓުވޭނެ. އިޓްސް އިންއެވިޓަބަލް ރާހިލް” ޝައިނާ ބުންޏެވެ.
“ނޯ. ނޯ އިޓްސް އިމްޕޮސިބަލް.. ޝައިނާ ދޫކޮށްލާފަ އަހަރެން އެ އެލީޝާއަކާ އިންނާނެ ގޮތެއް އެއީ ނެތް ގޮތެއް” ރާހިލް ބުންޏެވެ.
“ރާހިލް އިތުރަށް ތިހެން އުއްމީދު ނުދީބަލަ. އިތުރަށް އަހަރެންނަށް ބޭކާރު ހުވަފެންތަކެއް ދެއްކުމުގެ ބޭނުމަކީ ކޮބާ؟ މިއަދު ވާފިޔާއްތަގެ ކުރިމަތީ ރާހިލް ބަސްހުއްޓި އިސްޖެހުނު ގޮތް އަހަރެންނަށް ނުފެންނަ ކަމަށްތަ ހީކުރީ؟ އަހަރެންނަށް އެނގޭ ރާހިލް ވާފިޔާއްތަދެކެ ކިހާ ލޯބިވާކަން.. ރާހިލްއަކަށް ނޫނެކޭ ބުނާކަށް ނުކެރޭނެ. އެންޑް އިޓްސް އޯކޭއޭ” ޝައިނާ ރުއިން ހުއްޓޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
“މަންމައަކަށް ނޭނގޭނެ އަހަރެން ލޯބިވާންވި މީހެއް. މަންމައާ ގުޅުން ކަނޑާލަން ޖެހުނަސް އަހަރެން ޝައިނާއާ ވަތްކެއް ނުވާ-”
“ރާހިލް” ޝައިނާ ހިތްހަމަނުޖެހިފައި ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. “ރާހިލްއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟ އެއީ ތިމާ ބަނޑުއަޅައި ވިހެއި މައިމީހާ ނޫންތަ؟ ރާހިލްގެ އުމުރުން ތިހާވަރު ވިއިރު ދުވަހަކުވެސް މަންމަގެ ލޯބި އުނިވެފަ ނުވާތީ ރާހިލްއަށް އެއީ ކިހާ މުހިއްމު މީހެއްކަން ނުވިސްނެނީ.. އަހަރެންނަށް އެނގޭ އަހަރެންގެ މަންމަގެ ފަރާތުން އެންމެ އޯގާތެރިކަމުގެ ބަހެއްގެ މިންވަރުވިޔަސް ބުނާނެ ދުވަހަކަށް އަހަރެން ކުރި އިންތިޒާރު. ރާހިލްގެ ދުލުން ތިހެން ބުނަންވެސް ހެޔޮނުވާނެ.” ޝައިނާ ބުންޏެވެ.
“ދެން އަހަރެން ކުރަންވީ ކީއްތަ؟ އެލީޝާއާ ކައިވެނި ކުރަންވީތަ؟” ރާހިލްއަށް ރުޅިއާދެވުނެވެ. ނަމަވެސް ރާހިލްގެ ސުވާލަށް ޝައިނާގެ ފަރާތުން ލިބިގެންދިޔަ ހިމޭންކަން އޭނާއަށް ޖަވާބަކަށް ފުދުނެވެ. ޝައިނާ ބޭނުންވަނީ ހަގީގަތުގައިވެސް އޭނާ އެލީޝާއާ ކައިވެނި ކުރަން ހެއްޔެވެ؟
“ޔޫ ކާންޓް ބީ ސީރިއަސް! ޝައިނާ މޮޔަވީތަ؟ އަހަރެން އެހެންމީހަކާ އިންނަށް ތި ރުހި ގަބޫލުވަނީ ކީއްވެ؟ އެއްވެސް ވަރަކަށް އަހަރެންނަށް ޝައިނާގެ ލޯބި ހަމަ ހާސިލް ނުކުރެވުނުތަ؟ ހިތުން ރުހުމުން އަހަރެންގެ ވެޑިންގް ޕްލޭން ކުރަން ތި ހިފަނީ ޝައިނާއަށް ހަމަ ކެތްވާނެތީތަ؟” ރާހިލް ހިތުގައި ޖެހުނެވެ.
“އަހަރެން ވަކި ކުރަންވީ ކީއްތަ؟ މިއަދު އަހަރެން މިދެކުނީ މި ކައިވެންޏަށްޓަކައި ދެ އާއިލާއިން ކުރާ އުއްމީދު. މިއަދު އަހަރެންގާތު ވާފިޔާއްތަ ކުރި އާދޭސް އެނގޭނީ އަހަރެންނަކަށްނު. ރާހިލްއާ ވާހަކަދައްކައިގެން މި ކައިވެންޏަށް އެއްބަސް ކުރުވާށޭ.. ރާހިލް އެލީޝާއާ ގުޅުމަކީ ދައްތަގެ ހާދަ ބޮޑު ހުވަފެނެކޭ.. އަހަރުމެން ވީ އެ ހުވަފެން ފުނޑުފުނޑު ކޮށްލަންތަ؟” ޝައިނާ ބުންޏެވެ.
“ތި ނޫން ކިތަންމެ ގޮތެއް އޮންނާނެ.. ހިނގާ އަހަރުމެންގެ ވާހަކަ އެމީހުނަށް އަންގަން. އަހަރެންނަށް ޔަގީން މަންމަ ހިތުން ރުހުމުން ގަބޫލުވާނެ.. ޝައިނާއަކީ މަންމައަށް ޖަވާހިރަކަށްވުރެވެސް އަގުބޮޑު ކުއްޖެއް” ރާހިލްގެ ވާހަކައަށް އިންކާރުކުރުމުގެ ގޮތުން ޝައިނާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
“ރާހިލް އައިމް ނޮޓް ވޯތް އިޓް.. ނޮޓް ދެޓް މަޗް.. އައިމް ނޮޓް ވޯތް މޯރ ދޭން އަ ރަޝިއަން އެމްޕްރެސް އެންޑް ފިފްޓީ ޕަރސެންޓް އޮފް ހަރ އެމްޕަޔަ-”
“އައި ޑޯންޓް ގިވް އަ ޑޭމްން ޝައިނާ” ރާހިލް ޝައިނާގެ ވާހަކަ މެދުކަނޑައިލިއެވެ. “ޔޫ އަރ ވޯތް މޯރ ދޭން އެނީ އޮފް އިޓް ޓު މީ ލަވް. ޕްލީޒް. އިވަން ދިސް ސިންގަލް ޓިއަރ އޮފް ޔުއަރސް އިޒް ވޯތް މޯރ ދޭން އެނީ އެމްޕަޔަރ އޯރ ޑައިމަންޑްސް ޓު މީ” ޝައިނާގެ ކޯތާފަތް މައްޗަށް ވެއްޓިގެންދިޔަ ކަރުނަތިކި އަތުގެ ބޮޑުވައި އިނގިލިން ފޮހެލަމުން ރާހިލް ބުންޏެވެ.
“ސޮރީ ރާހިލް.. ދެއަރ އިޒް ޓޫ މަޗް އެޓް ސްޓޭކް.. އަހަރެންނަކަށް ނުކެރޭނެ. އަހަރެން ބިރުގަނޭ.. ރާހިލް ތި ހަދަނީ މިސްޓޭކަކަށް ވެދާނެތީ.. މިއަދު އެލީޝާގެ ބަދަލުގަ އަހަރެންް ޚިޔާރު ކޮށްފިނަމަ ރާހިލް ފަހުން އެކަމާ ހިތާމަކުރާނެ ދުވަހެއް އަތުވެދާނެތީ.. ސޯ ޕްލީޒް އެކްސްކިއުޒް މީ..” ޝައިނާ އިސް ޖަހައިލުމަށްފަހު ރާހިލް ދުރަށް ކޮށްޕައިލަން މަސައްކަތް ކުރިއެވެ. ރާހިލްއަށް ހީވީ މީހަކު އޭނާގެ ކަންކަށިމަތީގަ އެތިފަހަރެއް ވީއްލައިލިހެނެވެ.
“އަރ ޔޫ ލީވިންގް މީ؟” ރާހިލް ސުވާލު ކުރިއެވެ.
“ރާހިލް ޕްލީޒް. މިއީ އެހާ ބޮޑު ކަންތައްގަނޑަކަށް ނުހަދަބަލަ. ރާހިލްއަށް އަހަރެންގެ މަތިން ހަނދާން ނައްތާލާކަށް އެހާ އުނދަގޫ ކަމަކަށްނުވާނެ. އަހަރެންގެ ކުރިން އައި ކިތަންމެ ކުދިންނެއްވެސް ހަމަ ހަނދާން ނައްތާލީނު. މިއަށްވުރެ މާ ގާތްކޮށް ހިނގައިދިޔަ ގުޅުންތައްވެސް ރާހިލް ހަނދާން ނައްތާލީނު. އެ ހުރިހާ ކަމެއް ހަނދާން ނައްތާލެވޭއިރު އަދި އަހަރެންމީ ކާކު؟ ރާހިލްއަށް މާދަންވެސް އެލީޝާދެކެ ލޯބިވެވޭނެ… އަހަރެން ބޭނުމީ ވަކިވާން” ޝައިނާގެ އަޑުގައިވަނީ ސާބިތުކަމެވެ.
“ތި ދައްކަނީ މުޅިންވެސް މާޒީގެ ވާހަކަ” ރާހިލް ބުންޏެވެ.
“ދެންވެސް ރާހިލްއަށް އެކަންވާނެ. ބަލަ މާޒީއަކީ މުސްތަގްބަލްގެ މޫނުބަލާ ލޯގަނޑޭ ބުނެއެއް ނޫންތަ؟” ޝައިނާ ބުންޏެވެ.
“ތިބުނީ؟” ރާހިލްގެ ބުމަ ގޮށްޖެހިގެންދިޔައެވެ.
“މިބުނީ އަހަރެން މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނޭ. އަޑެއް ނީވޭތަ؟” ޝައިނާ އަނެއްކާވެސް ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު ހިނގައިގަތެވެ. މިފަހަރު ރާހިލްއަށް ރުޅި އިސްކުރެވުނެވެ. ޝައިނާ އެދެމީހުންގެ ގުޅުމާމެދު އެހާ އަވަހަށް އުއްމީދު ކަނޑައިލީތީ ސިކުނޑިއަށް ވެރިވި ވަސްވާސްތަކާއެކު ރާހިލްއަށް ހަރުކަށިވެވުނެވެ. ދުރު ފިޔަވަޅުތަކެއްގައިގޮސް ޝައިނާއާ އެއްވަރު ކޮށްލަމުން އެ އަތުގައި ހިފައި އަނބުރައިލުމަށްފަހު ކައިރީގައި ހުރި އަލަމާރިއަށް ޝައިނާގެ ހަށިގަނޑު ތަތްކޮށްލިއެވެ.
“ޝައިނާއަށް ހަމަ ތިވާހަކަ ގަބޫލު ކުރެވޭތަ؟ އަހަރެންނަށް އައި ބަދަލު ނުފެންނަނީތަ؟ އަހަރެން ޝައިނާއާހެދި މޮޔަވެފަ ހުރިވަރު ނުފެންނަނީތަ؟ މައްސަލައެއް ނެތް.. ޝައިނާ ތިބުނީ ތެދެއް ކަމުގައި ވަންޏާ އަހަރެންނަށް ކެތްކުރެވިދާނެ.. އަހަރެންގެ ވާހަކަ ބާއްވާ. އެކަމަކު ޝައިނާއަށް އެކަން ވާނެތަ؟ ޝައިނާއަށް އަހަރެން މަތިން ހަނދާން ނައްތާލެވިދާނެތަ؟” ޝައިނާގެ އުޅަނބޮށީގައި ހިފަހައްޓައިލައިގެންހުރި ރާހިލްގެ އަތަށް ބާރުލެވެމުން ދިޔައެވެ. އެ އަތުގެ އިނގިލިތަކުން ޝައިނާގެ ހަންގަނޑުގައި ކުރެހުން އެޅެމުންދިޔައެވެ.
“ރާހިލް.. އަހަރެންނަށް ތަދުވެ-”
“އަހަރެންނަށްވެސް ތަދުވެޔޭ.. ނޭނގުނަސް މިހިތުގަ ހާދަ ވޭނެއް އަޅައޭ.. ޝައިނާއަށް އަހަރެން ދޫކޮށްލާފަ ދާން ތިހާ ފަސޭހަވީތީ މިހިތް ހާދަ ޝަކުވާއެއް އެބަ ކުރެޔޭ..” ރާހިލް ޝައިނާގެ އަތަށް ކުޑަކޮށް ދޫދިނެވެ.
“ޝައިނާއަށް އަހަރެން އެހެން މީހަކާއެކު އުޅޭތަން ދެކެން ކެތްވާނެތަ؟” ރާހިލް އެދެމެދުގައިވާ ދުރުމިން ނައްތައިލައި ޝައިނާގެ ކަންފަތާ ކައިރިވެލަމުން އަހައިލިއެވެ. “އަހަރެން… މިގޮތަށް.. އެހެން މީހެއްގެ ގައިގައި ބީހެން ޝައިނާއަށް ކެތްވާނެތަ؟” ރާހިލް އަތުގެ ނުފުށުން ޝައިނާގެ މުލައްދަނޑީގައި ފިރުމައިލަމުން ޝައިނާގެ ކަނދުރައިގައި ބޮސްދިނެވެ. ރާހިލްގެ ހޫނު ނޭވާ ކަރުދަށުން އިހުސާސްވާން ފެށި ހިނދު ޝައިނާއަށް ދެލޯ މަރައިލެވުނެވެ.
“ޓެލް މީ.. ޝައިނާއަށް ކެތްވާނެތަ ޝައިނާ ތި ހުރި މަގާމުގަ އެހެން އަންހެނަކު ބަހައްޓަން؟ ދިސް ޓަޗް.. ދިސް ފީލިންގް.. އަހަރެންގެ ފުށުން އެހެން މީހަކަށް ކުރުވާނެކަން އިނގިހުރެ.. ކެތްވާނެތަ އަހަރެން ޝައިނާދެކެ ވާ ލޯބި އެހެން މީހެއްދެކެ ވާތަން ދެކެން؟” ރާހިލްގެ އަތުގެ ފިރުމުންތަކާ އެއްވަރަށް އެ ތުންފަތުގެ ބީހުންވެސް އަވަސްވިއެވެ. އެއާއެކު ދެ ހަށީގެ ނޭވާ އަވަސްވާން ފަށައިފިއެވެ.
ހަރަކާތްތަކަށް ހުއްޓުމެއް ނައި ނަމަވެސް ޝައިނާއަށް ރާހިލް ދައްކަމުންދިޔަ ވާހަކަތަކާމެދު ވިސްނެން ފެށިއެވެ. އޭނާ އެވަގުތު އެ ހުރި މަގާމުގައި އެހެން އަންހެނަކު ހުރެދާނެކަމުގެ ހިޔާލުން އޭނާއަށް އުނދަގޫވިއެވެ. އެއަތުން އެހެން ހަށިގަނޑެއްގައި ބީހޭނެކަމުގެ ހިޔާލާއި އެ ތުންފަތުގެ ހޫނުން އެހެން ހަށިގަނޑެއްގެ ހިއްސުތައް ރޯކޮށްފާނެކަމުގެ ހިޔާލުން ހިތުގައި ހަސަދައިގެ އޮއެވަރެއް ދަތުރުކުރިއެވެ. އެގޮތް އޭނާ ބޭނުމެއް ނޫނެވެ. ރާހިލްގެ ލޯބި އެހެން މީހަކާ ހިއްސާ ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެފަދަ ހިޔާލެއް ހިތަށް ވެރިވިޔަސް އޭނާގެ ހިތް ކުދިކުދިވާހެން ހީވާއިރު ހަގީގަތުގައި އެކަން ހިނގައިފިނަމަ އޭނާ އެކަމަކަށް ކެތްކުރާނީ ކިހިނެއް ހެެއްޔެވެ؟ ޖަޒުބާތުގައި ޖެހި ގޮތް ހުސްވެފައިވާހާލު ޝައިނާއަށް ގިސްލެވެން ފެށިއެވެ. އެ އަޑު އިވުމާއެކު ރާހިލް ހާސްވެފައިހުރެ ދުރަށް ޖެހިލަމުން ޝައިނާގެ މޫނަށް ބަލައިލިއެވެ. ޝައިނާ އެންމެ ސުކުންތެއްވެސް ލަސްކުރުމެއްނެތި ރާހިލްގެ ގައިގައި އޮޅުލައިގަތެވެ.
“އައި ލަވް ޔޫ…” ޝައިނާގެ ފަރާތުން އިވިގެންދިޔަ ތިން ލަފްޒުން ރާހިލްއަށް ސިހުން ލިބުނެވެ. އެއީ ޝައިނާގެ ފަރާތުން އިވުމަށް އޭނާ ކިހާ އިންތިޒާރެއް ކޮށްފައިވާ ތިން ލަފްޒު ހެއްޔެވެ؟ އުއްމީދު ކަނޑައިލައިފައި ވަނިކޮށް އޭނާއަށް ޝައިނާގެ ފަރާތުން ލިބިގެން އެ ދިޔަ އުއްމީދުގެ ސަބަބުން ރާހިލްއަށް އާދަޔާހިލާފު ހަމަޖެހުމެއް ލިބުނެވެ. ގަބޫލު ނުކުރެވިފައިހުރެ އޭނާއަށް ޝައިނާ ގަޔާ ދުރުކޮށްލަމުން އެ ދެލޮލަށް ބަލައިލެވުނެވެ.
“ވަރަށް ލޯބިވޭ.. ޕްލީޒް ޑޯންޓް އެވަރ ލެޓް މީ ގޯ” ޝައިނާ އަނެއްކާވެސް ރާހިލްގެ ގައިގައި ބައްދައިލިއެވެ. ރާހިލް ހިނިތުންވެލިއެވެ.
“އިތުބާރު ކުރޭ.. އަހަރެން ދުވަހަކުވެސް ޝައިނާ ދުލެއް ނުކުރާނަން.. އެއަށްވުރެ މާބޮޑަށް ލޯބިވޭ” ރާހިލް ބުންޏެވެ.
*************
“އަހަރެންނަކަށް ނޭނގެ ކުއްލިއަކަށް އެލީޝާގެ ހިޔާލު ބަދަލުވާންވި ސަބަބެއް.. އަހަރެންނަށް ހަމަ ޔަގީން އެދުވަހު އެލީޝާވެސް ހުރީ މި ކައިވެނި ކުރާ ގޮތަކަށް ނޫންކަން” ކާރުގެ ބްލޫޓޫތާ ކަނެކްޓް ކުރެވިފައިވާ ފޯނުން ރިއާންއަށް ގުޅައިގެން އިނދެ ކާރު ދުއްވަމުންދިޔަ ރާހިލް ކަންބޮޑުވެފައި ބުންޏެވެ.
“އަހަރެންވެސް ގައިމު އިނިން މިއަދު އެ ހުރިހާ ވާހަކައެއް ދެއްކިއިރު. އަހަރެންނަށް ހީވަނީ އެހެން އެކަކަށްވުރެވެސް ބޮޑަށް އެލީޝާހެން މިކަން ބޭނުންވެފަ ހުރީ… ދެން އަޅެ ރާހިލް ތިވާހަކަ ދައްކަބަަލަ” ރިއާންގެ ވާހަކައާ އެއްބަސްވަމުން ރާހިލް ފޯނު ކަނޑައިލުމަށްފަހު ކާރުން ނުކުތެވެ. އޭރު އޭނާގެ ކާރު ޕާކު ކުރެވިފައިވަނީ އެލީޝާމެން އުޅޭ ލަގްޜަރީ އިމާރާތުގެ ޕާކިންގް ލޮޓްގައެވެ. އެލީޝާއާ ބައްދަލުކުރުމަށްޓަކައި އޭނާ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. އެ އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި މަސައްކަތު މީހާގާތު އެލީޝާއަށް ގޮވައިލަން އެދެމުން އޭނާ ގޮސް އެ އިމާރާތުގެ ޓެރަހަށް އެރިއެވެ. ސަރާސަރަށް ފެތުރިފައިވާ އިމާރާތްތަކަށް ނަޒަރު ހުއްޓައިލަމުން ރެއިލިންގްގައި އަތް އަޅުވައިލިއެވެ. އިރުކޮޅެއްފަހުން އޭނާގެ ގާތުގައި އައިސް ހުއްޓުނީ އެލީޝާއެވެ. އެލީޝާ މަޑުމަޑުން ރާހިލްގެ އަތްމަތީގައި އަތް ބާއްވައިލިއެވެ. ކަށްޓެއް ޖެހިހެން ރާހިލް އެ އަތް ފޮޅައިލިއެވެ.
“ހަބަރުދާރު އަތް ނުލާތި! އަދި މާ ހެޔޮ މީހަކަށް ވެގަނެގެން އަހަރެންގާތު ފުރަތަމަ މި ކައިވެންޏަށް އިންކާރު ކުރިއެއްނު. ހުރިހާވެސް ނުބައަކީ ހަމަ ކަލޭ! ކަލޭ ބޭނުމިއްޔާ މި ކައިވެނި ހުއްޓުވޭނެ. ހީކުރީތަ އަހަރެންނާ ކައިވެނި ކޮށްގެން އަހަރެންގެ ފަރާތުން މޮޅުތަކެއް ވާނޭ؟ މި ކައިވެންޏަކުން ކަލެއަކަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ” ރާހިލް އެލީޝާއަށް އިޝާރާތްކޮށް އިނގިރޭސިބަހުން ވާހަކަ ދެއްކިއެވެ. އެލީޝާގެ ފަރާތުން ބަދަލުގައި ލިބުނުހާވެސް އިޝާރާތަކީ ކުށްވެރިއެއް ފަދައިން އިސްޖަހައިލުމެވެ.
“ރާހިލް. އަހަރެން ކިޔާ އެއްޗެއް އަޑު އަހާބަ” އެލީޝާ ރާހިލްއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް ރާހިލް އެކަން މަނާކޮށް ފަހަތައް ޖެހުނެވެ.
“ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން! އަހަރެން ކަލެއަށް މި ދެނީ ދެ ދުވަސް! ދެ ދުވަސްތެރޭ ކަލޭ މިކަން ހުއްޓުވާނެ ގޮތަކަށް ހުއްޓުވަންވީ.. އޭގެ ފަހުން ކަން ކުރަންޖެހޭނެ ގޮތް އެނގޭނީ އަހަރެންނަށް” ރާހިލް ދުރަށް ހިނގައިގަތެވެ.
“ރާހިލް.. ރާހިލް މަޑުކޮށްބަލަ ޕްލީޒް” ދުވެފައި އައި އެލީޝާ ރާހިލްގެ އަތުގައި ހިފަހައްޓަމުން ރާހިލްގެ ފައިކައިރިއަށް ތިރިވިއެވެ. ރާހިލްއަށް ސިހިފައި ފައި ދުރުކޮށްލެވުނެވެ.
“ރާހިލް.. ޕްލީޒް ހެލްޕް މީ..” އެލީޝާ ކަރުނުން ފުރިފައިވާ ދެލޮލާއެކު އާދޭސް ކުރިއެވެ. އެބުނި އެއްޗެއް ދޭހަކުރަން އުޅޭފަދަ ގޮތަކަށް ބުމަ ގޮށްޖަހައިލަމުން ރާހިލް އެލީޝާއަށް ބަލައިލިއެވެ.
***************
ރާހިލްއާއެކު ކުރިއަށްދިޔަ ކޯލް ނިންމައިލުމަށްފަހު ބެލްކަނިން ނުކުތް ވަގުތު ސިޓިންގްރޫމްގައި އިން ޒީވާފެނި ރިއާންއަށް ކުއްލި ސިހުމެއް ލިބުނެވެ. އޭނާ ރާހިލްއަށް ގުޅައިގެންހުރެ ބޭރަށް ނުކުމެލީ ޒީވާ ކޮޓަރިއަށް ވަނުމުންނެވެ. ޒީވާ ނުކުތް އިރެއް އަދި އެދެމީހުންގެ ވާހަކައިން ޒީވާއަށް އަޑު އިވުނު މިންވަރެއް ރިއާންއަކަށް ނޭނގުނެވެ. އޭނާ އެކަމާ ކަންބޮޑުވިއެވެ.
“ޒީވް. ނުނިދަންތަ؟” ރިއާން ހާސްކަން ފޮރުވައިލަމުން އަހައިލިއެވެ.
“ހްމްމް. ފިލްމެއް ބަލާލަން ނުކުތީ. ރިއާން ބަލާނަންތަ؟” ޒީވާ އަހައިލިއެވެ.
“ދެން އެހެން ފަހަރަކުން ދޯ؟ ވަރަށް ނިދި އާދޭ އެބަ” ރިއާން އާދައިގެމަތިން ޒީވާގާތު މަޑުކުރުމަށް އިންކާރުކުރިއެވެ.
“އޯކޭ ގުޑްނައިޓް” ޒީވާ މާބޮޑު ފަރުވާލެއްނެތި ބުންޏެވެ. ރިއާންގެ ފަރާތުން ލިބެމުން އަންނަ ފަރުވާކުޑަކަމާއި ބީރައްޓެހިކަމަށް އޭނާ އާދަވެފައިވާ ކަހަލައެވެ. ނަމަވެސް އޭނާއަށް ހައިރާންކަމެއް ލިބުނީ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ރިއާންއައިސް އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި އިށީންނުމުންނެވެ.
“ޒީވް؟ ހީވޭތަ މިއީ ހަމަ އެންމެ ރަނގަޅު ގޮތްހެން؟ މިބުނީ އެލީއާއި ރާހިލްގެ ކައިވެނި. އަދި އެލީއާ ދިމާވިތާ މާ ދުވަހެއްވެސް ނުވެއެއްނު” ރިއާން ބޭނުންވީ ޒީވާގެ ހިޔާލު ހުރިގޮތެއް ބެލުމަށެވެ.
“ހްމްމް. ކޮބާ މައްސަލައަކީ؟ ދޮންބެއަކީ އަންހެނެއްގެ ގޮތް ދަސްކުރަން މާ ގިނަދުވަހެއް ނަގާ މީހެއް ނޫނެއްނު؟ އެހެންނޫނަސް އެލީއަކީ ނުލާހިކު ސްވީޓް ގަރލްއެއް. އަހަރެން ވަރަށް ލައިކްވޭ” ޒީވާގެ ވާހަކައަށް ރައްދުދިނުމުގެ ބަދަލުގައި ރިއާން ހިމޭންކަން އިހްތިޔާރުކުރިއެވެ. އެ ހިމޭންކަމުން ޒީވާއަށް އުނދަގޫވިއެވެ.
“ކިހިނެއްވީ؟ ދޮންބެއާއި އެލީއާ މައްސަލައެއް ޖެހުނީތަ؟ އަހަރެންނަށް އިވުނޭ ދެންމެ ރިއާން ދޮންބެގާތު އެލީއާ ކޮންމެވެސް ވާހަކައެއް ދައްކާށޭ ބުނި އަޑު. އެކަހަލަ ކުދިކުދި މައްސަލަ ޖެހޭނެ. ދޮންބެގާތު ބުނޭ އެހާ ވަރަށް އަޅާ ނުލާށޭ.” ޒީވާ ރިއާންގެ އަތުގައި ހިފަހައްޓައިލިއެވެ. މިފަހަރު ރިއާން ހިނިތުންވެލުމަށްފަހު ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ. ބަދަލުގައި ޒީވާވެސް އެ ހިނިތުންވުން ރައްދުކޮށްލިއެވެ. ރިއާންއަށް ހީވީ ހިނދުކޮޅަކަށް ޒީވާގެ ހިނިތުންވުމުގެ ޖާދޫގައިޖެހި އޭނާގެ ނޭވާ އުފުރިގެން ދިޔަހެނެވެ. އޭނާ އަވަސް އަވަހަށް ދުރު ބަލައިލަމުން ނޭވާ ހަމައަކަށް އަޅުވައިލިއެވެ.
“ޒީވް އާންމުކޮށް ކޮންކަހަލަ ފިލްމެއްތަ ބަލަނީ؟ މިރޭ އަހަރެންވެސް ފިލްމް ބަލަން އިންނާނީ ކަންނޭނގެ. ކޮން ފިލްމެއް ބަލާނީ؟” ރިއާން މޭޒުމަތިން ނެގި ރިމޯޓު އަތަށް ހެޔޮވަރު ކޮށްލިއެވެ.
“އައްދޭ. ދެންމެ އައިސްގެން އުޅުނު ނިދިގަނޑު މިހާރު ދިޔައީތަ؟” ޒީވާ ސަމާސާ ރާގެއްގައި ބުންޏެވެ.
“ދައްކާ ވާހަކަ. މިތަނުން ބިރުވެރި ފިލްމެއް ބަލާލާއިރަށް ނިދި ފިލައިދާނެއްނު” ރިއާންވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
“ދެން ނޫން އަޅެ. އަހަރެންނަކަށް ނުކެރޭނެ ބިރުވެރި ފިލްމު ބަލާކަށް” ޒީވާ ރިމޯޓު އަތުލިއެވެ.
“އެއްކަލަ ފިނޑި ކުކުޅު” ރިއާން އެމީހުން ކުޑައިރު ޒީވާއާ ދިމާލަށް ކިޔައިއުޅޭ ނަމުން މުހާތަބު ކުރިއެވެ.
“ހެވޭ. ކުޗް ކުޗް ހޯތާ ހައި ބަލާނީ..” ޒީވާ ބުންޏެވެ.
“އައްޗީޑި” ރިއާން އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ.
“ހުއް. ކުރިން ރިއާންގެވެސް ފޭވްރިޓެއް ދޯ. ދެން މިހާރު އައްޗީޑި ވީ؟ ޕްލާސްޓިކް! ޑަބަލް ޓޭޕް. ޖަސްޓް ލައިކް ރާހުލް.” ޒީވާވެސް ވަކި ދުލެއް ނުދިނެވެ. އެދެމީހުންގެ އިހުގެ ދުވަސްތައް އަލުން އިއާދަވެފައިވި ކަހަލައެވެ.
“ޕިސް. ތި ދައްކަނީ މާ ކުރީގެ ވާހަކައެއްނު. އަންޖަލީ ބަދަލުވިޔަސް ޒީވް ބަދަލެއް ނުވޭ ދޯ.” ރިއާން ޗޮކެއް ކަނޑައިލަމުން ބުންޏެވެ.
“މައްސަލައެއް ނެތް. ކުޗް ކުޗް ހޯތާހައި ނުބެލިޔަސް ރޮމޭންސް ޖޯންރާގެ ފިލްމެއް.” ޒީވާ ހުށަހެޅިއެވެ.
“ޕްލީޒް ނޮޓް ބޮލީވުޑް. ޔޯރ ބްރަދަރ ކްރިއޭޓްސް އިނަފް ޑްރާމާ އިން މައި ލައިފް” ރިއާން ބުންޏެވެ.
“އޯކޭ ފައިނަލް ޑީލް! ޓެން ތިންގްސް އައި ހޭޓް އަބައުޓް ޔޫ އޯކޭ؟ އޯކޭ ނޫނަސް ދެން މި އަޅުވަނީ” ޒީވާ އަހައިލިއެވެ.
“ފެއަރ އިނަފް” ރިއާން ކޮނޑުއަރުވައިލަމުން ޒީވާގެ ހިޔާލާ އެއްބަސްވިއެވެ.
***************
ކުރިމަތީގައިވާ ލެޕްޓޮޕުން އަލަށް ހުޅުވޭ ރިސޯޓުގެ އެންމެ ފަހުގެ ފޮޓޯތައް ފެންނަމުންދިޔަ ނަމަވެސް ޝައިނާގެ މާބޮޑު ޝައުގުވެރިކަމެއް އެ ފޮޓޯތަކަށް ދެވިފައެއް ނުވެއެވެ. ރިސޯޓު ރީބްރޭންޑް ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކަށް އޭނާ ވާނެއެވެ. ނަމަވެސް މިއަދު އެކަމާގުޅޭ މަޝްވަރާތަކަށް އޭނާގެ އެއްވެސް ޝައުގެއް ނެތެވެ. އޭނާގެ ހިޔާލުތައް ވަނީ އެހެން މިސްރާބަކަށް ގެއްލި ހުސްވެފައެވެ.
“ޝައި.. ޝައި.. ޝައި!!!” ޝައިނާގެ ކެބިންގެ ހުޅުވައިލެވިފައިވާ ދޮރުގައި ޓަކިދިން ކުއްޖާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. ފުން ވިސްނުމެއްގައި އިން ޝައިނާއަށް ސިހިފައި ދޮރާ ދިމާލަށް ބަލައިލެވުނެވެ.
“ކީކޭ އަފޫ؟” ޝައިނާ އަހައިލިއެވެ.
“ޝައި.. ހުރިހާ ކަމެއް ރަނގަޅުތަ؟” ޝައިނާ އެ ސުވާލުގެ ބަދަލުގައި ހިނިތުންވެލަމުން ބޯޖަހައިލިއެވެ. އެހެންކަމުން އެކުއްޖާ އެތަނަށް އައި އަސްލު ސަބަބު އޮޅުންފިލުވައިދިނެވެ. “އެކަކުވެސް ނެތީމާ ފްލޯރ ތަޅުލަންކަމަށް.. ޝައި ލަސްވަންދެން އިންނަންޏާ ތަޅުލާފަ ނީމްއަށް ތަޅުދަނޑި ދީފަ ދައްޗޭ” ޝައިނާ އަނެއްކާވެސް ބޯ ޖަހައިލިއެވެ.
އެކުއްޖާ ދިޔުމުން އޭނާވެސް މާ ގިނައިރަކު އެތަނުގައި މަޑުކުރާކަށް ނޫޅުނެވެ. އެތަނުގައި އިނަސް އެވަގުތު އޭނާއަށް މަސައްކަތަށް ސަމާލުކަން ދިނުން ވާނީ ނާދިރު ކަމަކަށެވެ. އެހެންކަމުން ވަގުތު ބޭކާރުނުކޮށް އޭނާވެސް އޮފީހުން ނުކުތީ އިރު ހުއްޓާ ގެއާ ހަމައަށް ދެވޭތޯއެވެ. ހަމަ ނުކުތްތަނާހެން އޮފީހުގެ ކުރިމައްޗަށް ވާގޮތައް ސައިކަލު މަޑުކޮށްލައިގެން އިން ރާހިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ މިދިޔަ ހަފްތާއެއްހާ ދުވަހުވެސް ރާހިލްގެ އާދައެވެ. ކޮންމެ ދުވަހަކުވެސް އޭނާ އޮފީހުން ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެތަނުގައި އިނދެއެވެ.
ރާހިލްގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. އެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. އޮފީހަށްދާ ރަސްމީ ގަމީހާއި ފަޓުލޫނުގައި ހުރި ނަމަވެސް ޓައި ވަނީ ދޫކޮށްލެވިފައެވެ. އަބަދުވެސް ތަރުތީބުކޮށް ހުންނަ ރާހިލްގެ އެ ތަރުތީބު ގެެއްލިފައިވާ ސިފައިގައި ޝައިނާއަށް ހިތްގައިމު ގޮތެއް ހުއްޓެވެ. ނަމަވެސް އެންމެ އަވަސް ނަޒަރަކަށް ފަހު އޭނާ އެހެން ކޮންމެ ދުވަހެކޭވެސް އެއްފަދައިން ރާހިލްއަށް ފުރަގަސްދެމުން ހިނގައިގަތެވެ.
“ޝައިނާ.. ޝައިނާ ޕްލީޒް މަޑުކޮށްބަ.. ލަވް… ޕްލީޒް.. ޝައިނާ..” ރާހިލް ގޮވަގޮވާ އޮއްވައި ޝައިނާގޮސް މަގުގެ ކަންމަތީގައި އޮތް ޓެކްސީއަށް އެރިއެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޮފީސް ނިމޭވަގުތު ހިނގާލައިފައި ދިޔުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށްނުވި ނަމަވެސް އޭނާ މިހާރު ޓެކްސީގައި ދާން އާދަކޮށްފައިވަނީ ރާހިލްގެ ކިބައިން ސަލާމަތް ވުމަށެވެ. ޓެކްސީ ދުއްވައިލި ވަގުތު ލޯ މަރައިލި ޝައިނާގެ ހިޔާލަށް އައީ މީގެ ހަފްތާއެއް ކުރިން އޭނާއާއި ރާހިލްގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމެވެ.
1 ހަފްތާ ކުރި
“އަހަރެންނަކަށް ނޭނގެ ރާހިލްއަށް މިކަމާ ދޭތެރޭ އެއްޗެކޭ ނުބުނެވިގެން ތި އުޅެނީ ކީއްވެގެން ކަމެއް… ކުރިންވެސް އަހަރެންގާތު ތި ކައިވެންޏެއް ނުކުރެވޭނޭ ބުނީ އެލީޝާ ތިކަން ހުއްޓުވާނެ ކަމަށް ބަލާފަތަ؟ އެލީޝާގެ ބަހަށް އިތުބާރު ކޮށްފަތަ؟” ޝައިނާ ހިތްހަމަނުޖެހުމާއެކު ރާހިލްއާ ދުރަށް ޖެހިލިއެވެ. އެދެމީހުން ތިބީ ޝައިނާމެން ގޭގެ ބޮޑު ކޮޓަރީގައި ބެހެއްޓިފައިވާ ސޯފާގައެވެ.
“އަހަރެން ބުނެފީމެއްނު… އަހަރެން މަސައްކަތް ކުރާނަމޭ” ރާހިލް ބުންޏެވެ.
“ކިހިނެއްވީ؟ ވާހަކައިގެ ރާގު ބަދަލުވީ ކީއްވެ؟ ކުރިން ދިން ޔަގީންކަން ޝައްކަށް ބަދަލުވީތަ؟ އެލީޝާއެކޭ އެއްގޮތަށް ރާހިލަށްވެސް ނޫނެކޭ ބުނުމުގެ އިޙްތިޔާރު އެބަ އޮތެއްނު؟” ޝައިނާއަކަށް ނުވިސްނުނެވެ. ރާހިލްގެ ފަރާތުން އެކަމަށް ރައްދެއް ނުލިބުނެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ކަކުލުގައި އަތް ވިއްދައިލިއެވެ.
“ޝައިނާއަކަށް ނޭނގޭނެ. އަހަރެން ނާޝިދުއަށް އިތުރު ދަރަންޏެއް ދަރާކަށް ބޭނުމެއް ނޫން.. އޭނަ އަހަރެންނާ ދޭތެރޭ ނުވިސްނި ކަމަށްވިޔަސް އަހަރެންގެ މަންމައަށް އޭނާ ކޮށްދިން ކަންތައް އަހަރެން ހަނދާނެއް ނުނެތެޔޭ.. އަހަރެންނަށް އުމުރު ދުވަހު ކޮށްދިންހާ ކަމަކަށް އޭނާ ކަލަގޮވާ ބަދަލުދޭން ބުންޏަސް އޭނާ އަހަރެމެންނަށް ކޮށްދިން ކަންތަކާ ނުބައްދަލު… އަހަރެންގެ އުފަން ބައްޕަ އަހަރެންނާއި މަންމަ އެގެއިން ނެރެ އެއްލާލިއިރު މަންމަގެ އުނގުގަ ކިރުތުނބުން ނުވީއްލޭ ދަރިއެއް އޮތްކަންވެސް އޭނާގެ ހަނދާނެއް ނެތް. މަންމައާ މުޅިން ބީރައްޓެހި މާލޭގަ އެހާލެއްގަ އުޅެނިކޮށް ނާޝިދު އަހަރެމެނަށް އެހީވީ.. އަހަރެންނަށް އޭނާ ކިތަންމެ ގޯހަސް މަންމައަށް އޭނާއަކީ ހެޔޮ ފިރިއެއް” ރާހިލް އިނީ ހަމަ ރަނގަޅަށްވެސް ހަދާނެ ގޮތް ހުސްވެފައެވެ. ޝައިނާއަށް ރާހިލްގެ ހާލަތު ވިސްނެއެވެ. އެއީ ހުދު ވާފިޔާގެ ދުލުންވެސް އޭނާގެ ކުރީގެ ފިރިމީހާއާ ބެހޭގޮތުން އޭނާއަށް ކިޔައިދިން ވާހަކަތަކެކެވެ. ނަމަވެސް އޭނާއަކަށް ރާހިލް ދައްކަން އުޅޭ ވާހަކައެއް ނުވިސްނުނެވެ.
“ތިބުނީ ރާހިލް ދެން މި ކައިވެނި ކުރާނީއޭތަ؟ ކުރިންވެސް ރާހިލް ތިހެން ބުނިނަމަ. އެލީޝާއަކާ ނީންނާނަމޭ ކިޔައިގެން އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މާޒީ އޮތީ ހަމަ ތިހެނެއް ނޫންތަ؟ ނާޝިދުގެ ހެޔޮކަން ހަނދާންވީ ހަމަ ކުއްލިއަކަށްތަ؟” ޝައިނާގެ ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ.
“ޝައިނާއަކަށް ނުވިސްނޭތަ؟ އޭރު އެލީޝާ-”
“އާނ އަހަރެންނަކަށް ނުވިސްނޭ.. އަހަރެންނަކަށް ނުވިސްނޭ ރާހިލް އަހަރެންނަކަށް ނުވެސް ވިސްނޭނެ.. ކުއްލިއަކަށް އެލީޝާ ރާހިލްއާ ކައިވެނިކުރަން ބޭނުންވީ ކީއްވެ؟ ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް މިހެން ވާންވީ ކީއްވެ؟ ތިކަމުގަ ކޮންމެވެސް އެހެން ނުބައެއް އެބައުޅޭ.. އަހަރެންނަށް ސިއްރު ކުރަނީ ކޮންކަމެއް؟” ޝައިނާގެ ރުޅިވެރިކަން ކަރުނައިގެ ސިފައިގައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އެ މަންޒަރު ބަލަން ނުހުރެވުމާއެކު ރާހިލް އައިސް ޝައިނާގާތު ހުއްޓުނެވެ.
“ޝައިނާ ޕްލީޒް. އަހަރެން ޝައިނާ ދުލެއް ނުކުރާނަމޭ.. އެލީޝާއާ ވާހަކަ ދައްކާނަން.. އެލީޝާއަށް ވިސްނަދޭނަން.. ޖަސްޓް ގިވް މީ އަ ފިއު ޑޭޒް” ރާހިލް ބުންޏެވެ. އޭނާހުރީ ނާޝިދު އޭނާއަށް ދިން އިންޒާރާމެދުވެސް ކަންބޮޑުވެފައެވެ. އޭނާގެ ހިތްވަރު ނެތިކޮށްލަން ޝައިނާއަށް ކޮންމެފަދަ ކަމެއް ކުރާކަށްވެސް ނާޝިދު ފަސްނުޖެހޭނެކަން އެނާއަށް އެނގެއެވެ. ސިޔާސީ ނުފޫޒުގެ ބޭނުންކޮށް ޝައިނާފަދަ އެކަނިވެރި ކުއްޖެއްގެ މުސްތަގްބަލަށް ހުރަސްއެޅޭ ކަމެއް ނާޝިދު ކޮށްފާނެ ކަމަކާމެދު އޭނާގެ ހިތް ބިރުގަތެވެ. ނަމަވެސް އެލީޝާއާ އެންމެ ފަހުން ދިމާވި ދުވަހު ދެކެވުނު ވާހަކައަށްފަހު އޭނާއަށްވަނީ މި ހުރިހާކަމެއް ނާޝިދު ބޭނުންވާގޮތަށް ކުރުމަށްފަހު އޭނާއަށް އަވަހަށް ސަލާމަތްވެވޭނެ ކަމުގެ އިޝާރާތެއް ލިބިފައެވެ. އެއްނަނުގައި ދެބުޅި ޖަހާނޭ ފުރުސަތު ލިބިފައެވެ. ނޭނގެނީ އެކަން ޝައިނާއަށް ވިސްނައިދޭނެ ގޮތެކެވެ.
“ކިހާ ދުވަހެއް؟ ރާހިލް އަހަރެންނަށް ލިބޭނީ ކިހާ ދުވަހަކުން؟” ޝައިނާ ކަރުނަތައް ފުހެލައި ރާހިލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ޖަސްޓް އަ ފިއު މަންތްސް ލަވް. އެހެންނޫނަސް އަހަރެން ޝައިނާއަކާ ދުރެއް ނުވާނަމޭ.. ޝަައިނާއަކަށް އަހަރެންނެއް ނުގެއްލޭނެ” ރާހިލްގެ ވާހަކަ ނުނިމެންދެން ޝައިނާ ނޫނެކޭ ބުނެ ބޯ ހޫރަން ފެށިއެވެ.
“ރާހިލްއަށް ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ރާހިލް ހީކުރީ އަހަރެންނަކީ މީހެއްގެ ފިރިއަކާ ގުޅުން ބާއްވާވަރުގެ ވިޔާނުދާ މީހެއް ކަމަށްތަ؟” ޝައިނާ ހިތްހަމަނުޖެހިފައި ދުރަށް ޖެހިލިއެވެ.
“ޝައިނާ ޕްލީޒް..”
“އަހަރެން މި އަހަނީ އެންމެ ފަހު ފަހަރަށް… ރާހިލްއަށް މި ކައިވެނި ހުއްޓުވޭނެތަ؟” ޝައިނާ ރާހިލްއާ ކުރިމަތިލިއެވެ.
“އަހަރެން މަސައް–” އެހިސާބުން ޝައިނާ އަތްދަމައިިލައި ވާހަކަ ހުއްޓައިލުމަށް އިޝާރާތް ކުރިއެވެ. އޭނާ ބޭނުންވަނީ ޔަގީންކަމެވެ. އިތުރު އުއްމީދެއް ނޫނެވެ. މަސައްކަތް ކުރާތަން ދެކޭކަށް ނޫނެވެ. އެ ޔަގީންކަން ނުދެވޭނެހާ ހިނދަކު އޭނާ ރާހިލްއާ ދައްކާނެ އިތުރު ވާހަކައެއް ނެތެވެ.
“ލަވް-”
“ނޯ! ދުރުގަހުރޭ! ސްޓޭ އަވޭ ފްރޮމް މީ!!” ރާހިލް ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ޝައިނާ ބަދަލުގައި ފަހަތަށް ފިޔަވަޅެެއް އަޅައިލުމުންނެވެ. އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި އެދިޔަގޮތަށް ގޮސް އޭނާ ކޮޓަރިއަށްވަދެ ދޮރު ތަޅުލައިފިއެވެ.
***************
ކެބިންގެ ބިއްލޫރި ފާރުން ބޭރަށް ބަލަހައްޓައިގެންހުރި ރިއާންގެ ނަޒަރު ހުއްޓިފައިވަނީ އޮފީހުގެ ދޮރުމަތީގައިހުރި ސައިކަލުތަކުން ސައިކަލެއްގެ މަތީގައި އިން ރާހިލްއަށެވެ. މެންދުރުގެ ގަދަ ހޫނާއި، ރަތްދައްކާ އަވީގެ އަސަރު ރާހިލްއަށް ކުރަމުންދާކަށް ދަލާއެކު ތަތްލައިފައިވާ ގަމީހުން ހެކިދެއެވެ. އެހެނެއްކަމަކު އޭނާ އިނީ އެތަނުން ގުޑައިވެސް ނުލާން ހިތުލައިގެން ކަހަލައެވެ.
“ޔެސް..” ދޮރުގައި ޓަކި ޖަހައިލި އަޑަށް ޖަވާބުދާރީވަމުން ރިއާން މޭޒުދޮށުގައި އިށީނދެލިއެވެ.
“ސިގްނޭޗަރ އެއް ހޯދާލަންވެގެން” އެތެރެއަށް ވަދެގެން އައި ޝައިނާ އަތުގައި އޮތް ފައިލު ރިއާންގެ މޭޒުމަތީގައި ބާއްވައިލިއެވެ. ރިއާން މަތިމަތިން އެ ގަނޑުތަށް ބަލައިލުމަށްފަހު އޭގައި ސޮއި ކޮށްލިއެވެ. އެކަން ނިމުމާއެކުހެން ޝައިނާ ފައިލް ހިފައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
“ޝައިނާ” ރިއާންގެ އަޑަށް ޝައިނާގެ ފިޔަވަޅުތައް ހުއްޓުނެވެ. “އިފް ޔޫ ޑޯންޓް މައިންޑް.. އެއްޗެކޭ ހީނުކޮށް މިދިމާ ބޭރު ބަލާލަބަ” ރިއާން ފަހަތުގައިހުރި ބިއްލޫރި ގަނޑަށް އިޝާރާތްކޮށް ބުންޏެވެ. ޝައިނާ ލަސްފިޔަވަޅުތަކެއްގައިގޮސް އެބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. އެފަދަ ހޫނުވަގުތެއްގައި ހިޔަލެއްނެތި ގަދަ އަވީގައި އިން ރާހިލް ފެނުމާއެކު އޭނާގެ ހިތަށްވެސް އެކަމުން އަސަރު ކުރިއެވެ.
“ކޮންމެ ދުވަހަކު މެންދުރުއްސުރެން އެ އިންނަނީ އެތަނުގަ. އެނގޭ އަހަރެންނަކާ ބެހޭކަމެއް ނޫންކަންވެސް… އެކަމަކު އަހަރެންނަށް ހީވަނީ ރާހިލްގެ ވާހަކަ އަޑު އަހާލުމަކުން ޝައިނާއަކަށްވެސް ގެއްލުމެއް ނެތްހެން” ރިއާން ބުންޏެވެ. ޝައިނާ ބޯ ޖަހައިލުމަށްފަހު އިތުރަށް އެތަނުގައި މަޑުނުކޮށް ނުކުމެގެން ހިނގައިގަތެވެ. ރިއާން ދިން “ނަސޭހަތް” އެއް ކަންފަތުން ވައްދައިލިހެން އަނެއް ކަންފަތުން ނެރެލިއެވެ. ވާނީވެސް އެހެންތާއެވެ. ރާހިލްއަށް އިތުުރު ފުރުސަތެއް ދޭކަށް އޭނާ ގަސްތެއް ނުކުރެއެވެ.
އޭގެ ދެތިން ގަޑިއިރުފަހުން ރިއާން އޮފީސް ނިންމާފައި ނުކުތްއިރުވެސް ރާހިލް ހަމަ އެ އިންތަނުގައި އިނެވެ. ރިއާންއަށް ކެތްވީ އެހިސާބަށެވެ. އެކުވެރިޔާ އެތަނުން ދުރަށް ގެންދިޔުމުގެ މަސައްކަތް ފެށިއެވެ.
“ރާހިލް.. އޭތް.. ހިނގާ ދާން.. ތިއީ ކޮންކަމެއް؟ އަހަރެން ވަރަށް އެއްޗެކޭ ނުބުނަން ހުރެފީމެއްނު.. ދެން އެކަމަކު ތިއީ ފުކެއް ބޮޑުވަރު.. ޔޫ ހޭވް ނެވަރ ބީން ދިސް ޕެތެޓިކް.. އެވެސް އަންހެނަކާހެދި.. ޝައިނާގެ ގޮތް އަހަރެމެން ދެމީހުނަށްވެސް އެނގޭނު.. އޭނަ ގޮތެއް ދުލެއް ނުކުރާނެ. ކުރަންޏާ ހަފްތާއެއްވާއިރު ކުރާނެއްނު؟ ތި ކުރަނީ ބޭކާރު ކަމެއް” ރިއާން އައިސް ރާހިލްގެ އަތުގައި ހިފައި ދަމަށް ފެށިއެވެ. ނަމަވެސް ރިއާންއާއެކު ނުދާން ރާހިލް ގަދަހަދަން ފެށިއެވެ.
“ރިއާން ޕްލީޒް.. އަހަރެން މިތާ ބައިންދާ.. ލެޓް މީ ޑޫ ދިސް” ރާހިލް އެދުނެވެ. ރިއާން ގަބޫލުނުކުރެވިފައި ދެފަރާތަށް ބޯހޫރައިލިއެވެ.
“ރާހިލްއަށް ހަމަ ނޭނގެ-”
“ޝައިނާ!!!” ރިއާންގެ ވާހަކަ ނުނިމެންދެން ދޮރުން ނުކުތް ޝައިނާ ފެނުމާއެކު ރާހިލް އެދިމާލަށް ހިނގައިގަތެވެ. ޝައިނާގެ ހިނގުން އަވަސް ކޮށްލިތަން ފެނި އެހެން ދުވަސްދުވަހާ ހިލާފަށް ޝައިނާގެ ފަހަތުން ހިނގުމުގެ ބަދަލުގައި ރާހިލް ސައިކަލު ސްޓާރޓް ކޮށްލަމުން އޭގަށް އެރިއެވެ. އަވަސް ސްޕީޑެއްގައިގޮސް އޭނާ ސައިކަލު ހުއްޓާލީ ޝައިނާގެ ކުރިމައްޗަށް ވާގޮތަށެވެ. ޝައިނާއަށް ހިނގުން މަޑުޖައްސާލަން މަޖުބޫރުވިއެވެ. ރާހިލް ސައިކަލުން ފައިބައިގެން އައިސް ޝައިނާގެ އަތުގެ މުލައްދަނޑީގައި ހިފައިލި ވަގުތު ޝައިނާ އެ އަތް ފޮޅައިލުމަށްފަހު ދުރަށް ދާން ހިނގައިގަތެވެ.
“ޝައިނާ.. ޝައިނާ ޕްލީޒް މަޑުކޮށްބަ.. ޝައިނާ ބޭނުން އެއްޗެއް އަހަރެންނާ ދިމާލަށް ކިޔާ! ހަޅޭއްލަވާ! ބޭނުން ގޮތެއް ހަދާ! އެކަމަކު ތިހެން އަހަރެން ދުރުކޮށް ނުލާ.. އާދޭސްކޮށްފަ މިބުނީ އެންމެ ފަހަރަކު އަހަރެންނާ އަނގައިން ބުނެބަލަ” ރާހިލް އެދުނެވެ. ރާހިލްގެ އަތުތެރެއިން އޭނާގެ އަތް މިންޖުކުރެވޭތޯ ޝައިނާ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު އެމަގުން ދަތުރުކުރަމުންދިޔަ ގިނަ ބައެއްގެ ސަމާލުކަންވެސް އެދެމީހުނަށް ހުއްޓެމުން ދިޔައެވެ.
“އައި ތިންކް އައި ހޭވް ސްޕޯކަން އިނަފް ރާހިލް.. ދޫކުރޭ! ރާހިލް މޮޔަވީތަ؟ މިއީ މަގުމައްޗޭ” ހަފްތާއެެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ޝައިނާގެ އަޑު އިވުމާއެކު ރާހިލް މޮޔައެއްހެން ހިނިތުންވެލިއެވެ. ޝައިނާއަށް އެމަންޒަރުފެނި ހައިރާން ވިއެވެ. “އޯ ގޯޑް.. ރާހިލް ޔޫ ރިއަލީ އަރ ކްރޭޒީ!!”
“ފައިނަލީ… ޝައިނާގެ އަޑުވެސް އަހަރެންނަށް ނީވޭތާ ހަފްތާއެއްވީ… އަހަރެން މޮޔަނުވިއްޔާ ދެރައެއްނު. އަހަރެން ހީކުރީ ޝައިނާ ދެން ދުވަހަކުވެސް އަހަރެންނާ ވާހަކަ ނުދައްކާނެކަމަށް. އިޓް ކިލްޑް މީ.” ރާހިލް އަސަރާއެކު ބުންޏެވެ.
“އޯހް ޕްލީޒް ސޭވް އިޓް. ރާހިލްގެ ސްވީޓް ޓޯކް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫނޭ ބުނެފީމެއްނު” ޝައިނާ ކަޅި އަނބުރައިލަމުން ހިނގައިގަތީ ދުރަށެވެ. ރާހިލް މިފަހަރުވެސް ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ.
“ޝައިނާ ޕްލީޒް.. ތިހެން އަހަރެންނަށް ހަދާއިރު ހަމަ އެކައްޗެއްވެސް ހިތަށް ނާރަނީތަ؟” ރާހިލް ދެރަވެފައި އެހިއެވެ.
“އާން. ހިތަކަށް ނާރާ. އަހަރެން ރާހިލްގެ މޫނުވެސް ދެކޭކަށް ބޭނުމެއް ނޫން. އަޑު އިވިއްޖެތަ؟” ޝައިނާ ހިތުގައިވާ އިހުސާސްތައް ފޮރުވައިލަމުން ބުންޏެވެ.
“ތިހެނެއް ނުވާނެ.. އަހަރެންގެ މައްޗަށް ޝައިނާ ތިހާ ހިތްހަރެއް ނުވާނެ.. ޕްލީޒް ޝައިނާ.. ޝައިނާއާނުލާ އަހަރެންނަކަށް ދެން މިކަމެއް ނުވާނެ… މިބުނީ ލައިފް.. މިވީ ހަފްތައެއްހާ ދުވަސް ތެރޭ އަހަރެންނަށް އެކަން ޔަގީންވެއްޖެ… ޝައިނާއާނުލާ އަހަރެން އެންމެ ދުވަހަކުވެސް ދިރިހުންނާނެ ގޮތެއް… އަހަރެންނަކަށް ނޭނގުނު..” ރާހިލް އޭނާގެ އަތުގައި އޮތް ޝައިނާގެ އަތްތިލައިގައި ތުންފަތް ޖައްސައިލިއެވެ.
ޝައިނާއަކަށް ރާހިލްއަށް ފަސްދީ ހިނގައިގަންނާކަށް ނުކެރުނެވެ. ކުރިމަތީގައި ހުރީ އޭނާ ދުނިޔޭގެ ހުރިހައި އެއްޗަކަށްވުރެވެސް އެމީހެއްދެކެ ލޯބިވާ އިންސާނާއެވެ. އެ އަތުގެ ހޫނުކަމުގެ ތެރެއިން އޭނާގެ އަތް ދަމައިގަންނާނެހާ ހިތްވަރެއް ޝައިނާއަކަށް ނުލިބުނެވެ.
“މެރީ މީ؟ ޕްލީޒް؟” ރާހިލް އަތުގެ ކުޑަވައި އިނގިލީގައި އަޅައިފައިވާ އަނގޮނޓިއެއް ވަކިކޮށްލަމުން ޝައިނާގެ އަތުތެރެއަށް ލައިދިނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Kithah ep ge story eh mee?
Between story vrh reethi MA…
Comment nukuriyas kiyan ingey
Need a reply gurll!
Hii sorry.. I ve been a little too sick to check the comments. Actually the story is about 90 episodes so it’s 1/3 done now. I m so glad you are liking it so far tysm🥹❤️
Like how many episodes