Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަ ލޯބިންނޭ… (22)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 27, 2016 6 Mins Read
5 Comments

 

ތިން މީހުންވެސް ގޮސް މަޑުކޮށްލީ ޝާއިން ކައިރިއަށެވެ. ނީރާއަށް ޝާއިން އޮތްގޮތް ފެނި އިތުރަށް ރޮވޭގޮތްވިއެވެ. އާޝިޔާގެ އަތުގައި ބާރަކަށް ހިފައިލީ ކަރުނަތަށް ހިންދަމުންނެވެ. “ޝައިން…!” ނީރާ ޝާއިންއަށް ގޮވާލިއެވެ. “ޕްލީސް ކަމް ބެކް…” ނީރާ އެހެން ބުނެލީ ހިތުންނެވެ. ކުއްލިއަކަށް މެޝިންގެ އަޑުން މުޅި ކޮޓަރީގެ ހިމޭންކަން ފިލުވާލިއެވެ. ތިން މީހުންނަށްވެސް މެޝިނާއި ދިމާލަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އެއަށްފަހު ޝާއިންއާއި ދިމާ ބަލައިލިއެވެ. ޝާއިންގެ ދެލޯ މަރައިގެން އޮތެއްކަމަކު އޭނާ ފުން ނޭވާތަކެއް ލަމުންދިޔައެވެ. “ޝާއިން!!!” “ޝައިންން!!” ތިން މީހުންނަށް އެއްފަހަރާ ގޮވާލެވުނެވެ. “އަކޫ.. ޑޮކްއަށް ގޮވަން ދޭބަލަ އަވަސް..” އާޝިޔާ އަކުރަމްގެ ގައިގައި ހިފަހައްޓާލަމުން އެހެން ބުނެލިއެވެ. ނީރާ ޝާއިންގެ ގައިގާ ހިފަހައްޓާލިއެވެ. “ޝައިން…!” ނީރާއަށް މަޑު މަޑުން ގޮވާލެވުނެވެ. އާޝިޔާއަށް ފެންކަޅިވެފައި ހުރި ހާލު ޝާއިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް ބަލަން ހުރެވުނީއެވެ. ޑޮކްޓަރގެ ފަހަތުން އަކުރަމް އައިސް ވަނެވެ. ނަރުހެއްވެސްމެއެވެ. ޑޮކްޓަރުގެ އެދުމުގެ މަތިން  ތިން މީހުންވެސް އެތަނުން ނިކުމެ ގޮނޑީގައި އިށީނދެލިއެވެ. އަނގައިން އެކަކު އެކައްޗެކޭވެސް ނުބުނިއެއް ކަމަކު ހިތުން ދިޔައީ އެތަކެއް ވާހަކަތަކެއް ދައްކަމުން ހިއްސާކުރަމުންނެވެ. އެކަކު އަނެކަކަށް ދެމުން ދިޔަ އަވަސް ބެލުންތަކުން ވެސް އެކަކު އަނެކަކުގެ ހާލު އިނގެއެވެ.

އިރުކޮޅެއްނުވެ ޑޮކްޓަރ ނިކުމެގެން އައެވެ. “ހީ އިޒް ކޮމްޕްލީޓްލީ ސްޓޭބަލް ނައު… ޔޫ ކޭން މީޓް ހިމް.. ބަޓް މީޓް ހިމް ވިތް އަ ސްމައިލް އެން ޑޯންޓް ލެޓް ހިމް ތިންކް މަޗް އެން ޓްރައި ނޮޓް ޓު ގިވް ހިމް ސްޓްރެސް..” ޑޮކްޓަރ އެހެން ބުނެލުމަށްފަހު ހިނިތުންވުމަކާއި އެކު ދިޔައެވެ. އާޝިޔާއާއި އަކުރަމްއަށް އަދި ނީރާއަށްވެސް އަލްހަމްދުލިއްﷲ ބުނެލެވުނެވެ. އަދި އެކަކު އަނެކަކާއި ދިމާ ބަލާލުމަށްފަހު ހިނިތުންވެލެވުނެވެ. ނީރާ އެދުނީ އަކުރަމްއާއި އާޝިޔާ ޝާއިން ކައިރިއަށް ވަނުމަށެވެ. އާޝިޔާގެ އެދުމުންވެސް ނީރާއަށް ފަސްޖެހެވުނެވެ. އެންމެފަހުން އާޝިޔާއާއި އަކުރަމް އެތެރެއަށް ވަނެވެ.

އެދެމީހުން ވަނުމާއި އެކު ނީރާ ހިފެހެއްޓި ކަރުނަތަށް ލޮލުގެ ތެރެއިން ފައިބައިގެން ދިޔައެވެ. ކުޑަކޮށް ނަމަވެސް ހިނގައިދިޔަ ކަންތަކަށް ޝާއިން ކުށްވެރިކުރެވުނެވެ. ޝާއިންގެ ކުށެއްނެތްކަމުގައި ވިޔަސް އޭނާގެ ހިތް ދިޔައީ އެތަކެއް ޝަކުވާތަކެއް ކުރަމުންނެވެ. ނީރާ އޭނާގެ މޫނު އަތުން ފޮރުވާލަމުން ރޮއެގަނެވުނެވެ.

އަކުރަމްއާއި އާޝިޔާ ވަދެގެން އައިތަން ފެނުމާއި އެކު ޝާއިން ގެ އަނގަ ހަރަކާތްކޮށްލިއެވެ. އާޝިޔާ އައިސް ޝާއިންގެ އަތުގައި ހިފާލަމުން އިށީނދެލިއެވެ. އަކުރަމް އާޝިޔާގެ ކައިރީގައި ކޮޅަށް ހުއްޓެވެ. “ޝާއިން…. މަންމަ ބިރުން…………….” އާޝިޔާއަށް އެހެން ބުނެލެވުމާއި އެކު ރޮއެ ގަނެވުނެވެ. އަދި އާޝިޔާގެ އަތު ތެރޭ އޮތް ޝާއިންގެ އަތް ގެނެސް އޭނާގެ މޫނުގައި ޖައްސާލައިގެން އިނެވެ. ޝާއިން އޭނާގެ އެ އަތުން އާޝިޔާގެ ކަރުނަތަށް ފޮހެލަދިނެވެ. އަދި ކުޑަކޮށް ބޯ ހަރަކާތްކޮށްލީ ނުރޯށޭ ބުނާފަދަ ގޮތަކަށެވެ. “މަ..ންމާ…….. ރާބި….ރާބިއްތަ އަޝް..ފާޤްބެ؟؟” ޝާއިން އުނދަގުލަކުން ނަމަވެސް މަޑުމަޑުން އެހެން އަހާލިއެވެ. އެއަޑު މަޑުކަމުގައި ވިޔަސް އަކުރަމްއަދި އާޝިޔާއަށް ރަނގަޅަށް އިވުނެވެ. ދެމީހުންނަށް ދެމީހުންގެ މޫނާއި ދިމާ ބަލޭލެވުނީ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ޝާއިންއަށް އިތުރު “ސްޓްރެސް” އެއް ދޭކަށް އެމީހުން ބޭނުމެއްނޫނެވެ. ނަމަވެސް ރާބިޔަތުމެން ވަޅުލުމުގެ ކުރިން ޝާއިންއަށް އެމީހުންގެ މޫނުދައްކާލަންވެސް ބޭނުންވިއެވެ. ޖަވާބެއް ނުލިބުމުން ޝާއިންގެ ހިތަށް ނުބައި ވަހުމުތަކެއް ވަންނަންފެށިއެވެ. ހިތް ތެޅެންފެށިއެވެ. “މަ…ންމާ… ރަ..ނގަޅުތަ އެމީ..ހުން؟؟ އަޅުގަ..ޑު ކައިރި…. ބުނެބަލަ ޕް.ލީސް….” ޝާއިން އެދެމުން ދިޔައެވެ. އާޝިޔާގެ ލޯ އަނެއްކާވެސް ކަރުނައިން ފުރިގެންދިޔައެވެ. އަކުރަމްއަށްވެސް ބުނާނެއެއްޗެއް ނޭނގިފައި ހުރެވުނީއެވެ.

އާޝިޔާގެ މި ހަރަކާތުން ޝާއިންއަށް ވީ ގޮތް އިނގުނުކަހަލައެވެ. ކާރު ޖެހުނު ގޮތުންވެސް ޝާއިންއަށް އެފަދަ ގޮތަކަށް ކަންތަށް ނިމޭނެކަމަށް ހީކުރެވުނެވެ. ޝާއިން ގެ ލޯ ކަރުނުން ފުރުނެވެ. އޭނާއަށް އެދެމީހުން ސަލާމަތް ނުކުރެވުމުންނެވެ. “މަންމާ….!! އަޅުގަނޑު..ގެ ސަބަބުން……” ޝާއިން އެ ހިސާބަށް ބުނެލުމަށްފަހު އާޝިޔާގެ އަތުގައި ބާރަކަށް ހިފަހައްޓާލިއެވެ. އާޝިޔާ އެއްޗެއް ނުބުނެ ދެފަރާތަށް ބޯ ހަރަކާތްކޮށްލިއެވެ. ޝާއިން އެހެން އޮތުމަށްފަހު އޭނާ އަޅައިގެން އޮތް މާސްކު ނެގިއެވެ. “މަންމާ…! އޭންޖެލް ވެސް؟؟؟” ޝާއިން ބުނެލިއެވެ. އާޝިޔާ އޭނާގެ ކަރުނަތަށް ފޮރުވުމެއްނެތި ދޫކޮށްލަމުން ބޯ ޖަހާލިއެވެ. ޝާއިންއަށް ލޯ މަރާލެވުނެވެ. ހިނގި ކަންތަށް ލޮލުގެ މައްޗަށް ސިފަވެގެން ދިޔައެވެ. ނީރާ ކުރި އިންތިޒާރު ބޭކާރުވީއެވެ. 9 މަސްދުވަހުގެ މަސައްކަތްވެސްމެއެވެ. ނީރާ އެކަނިވެރިވެ ޔަތީމްވީއެވެ. ޝާއިން އަމިއްލަ ނަފްސް ކުށްވެރި ކުރިއެވެ. “ޝާއިން.. ދެން ނުވިސްނާ.. ޑޮކް ބުނުއްވީ އެއްވެސް ވަރަކަށް ނުވިސްނާށޯ” އަކުރަމް ޝާއިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“މަންމާ ބައްޕާ…. އަޅުގަނޑު ބޭނުން މޫނު ބަލަން…” ޝާއިން އަތަށް ގުޅާފައި ހުރި ހޮޅިތަށް ނައްޓުވަމުން އެހެން ބުނެލިއެވެ. “ނޫން.. ޝާއިން… ކިރިޔާ ތި ހޭއެރީވެސް.. އަދި މުޅިއަކުން ރަނގަޅެއް ނުވެސް ވޭ.. ފަހުން ދާނީ..” އާޝިޔާ ޝާއިންގެ އަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް ޝާއިން އަތަށް ގުޅި ހުރިހާ ހޮޅިތަށް ނައްޓާލުމަށްފަހު އެނދުން ތެދުވެލިއެވެ. އެވަގުތު ބޮލަށް ތަދެއް އެރިއެވެ. ޝާއިން ލޯމަރާލައިގެން ބޮލުގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިނެވެ. އާޝިޔާއާއި އަކުރަމް އެކަކު އަނެކަކަށް އަަވަސް ނަޒަރެއް ދެމުން ޝާއިންގެ ގައިގާ ހިފަހައްޓާލިއެވެ. “ޝާއިން…. މިތާ އޮވޭ އެހަކަށް… ފަހުންވެސް ދެވޭނެޔޭ..” އާޝިޔާ އާދޭސްކުރަމުން ދިޔައެވެ. އާޝިޔާގެ އަތް ދޫކޮށްލަމުން ޝާއިން ތެދުވެލީ ކުޑަކޮށް ބޯ ހަމަޖެހިލުމުންނެެވެ. ނަރުހަކު އެތެރެއަށްވަނީ އެވަގުތުއެވެ. “ސަރ.. ޔޫ ނީޑް ޓު ރެސްޓް ރައިޓް ނައު… ޕްލީސް ލައި ޑައުން..” ނަރުސް ކުއްޖާ އައިސް ޝާއިން ކައިރި ބުނެލިއެވެ. ޝާއިން ނަރުސް ބުނި ގޮތް ނުހެދެމުން ނަރުސް އައިސް ޝާއިންގެ އަތުގައި ހިފެހެއްޓީ ބާއްވަންށެވެ. “ޕްލީސް ސިސްޓަރ.. އައި ނީޑް ޓު ގޯ…..”ޝާއިން އަތް ފޮޅާލަމުން އެހެން ބުނެލީ ރުޅިއައިއްސައެވެ. ނަރުސް ކުއްޖާ އާޝިޔާއަށް އަދި އަކުރަމްއަށް ބަލާލިއެވެ. އެދެމީހުންނަށް ލިބެވުނީ ހަދާނެގޮތް ހުސްވެފައެވެ. ޝާއިން ލަސްލަހުން ހިނގާފައި ދިޔައެވެ. “ސަރ ޕްލީސް ޓެލް ހިމް ޓު ސްޓޮޕް..” ނަރުސް ބުނެލީ އަކްރަމްއަށެވެ. އެ އަޑުގައި ހުރި ކަންބޮޑުވުންކަން އަކުރަމްއަށް ނަގައިގަނެވުނެވެ. މިވަގުތު ޝާއިން އަރާމްކުރުން މުހިންމުކަން އިނގުނެވެ. “ޝާއިން… ” އަކުރަމް ފަހަތުން ގޮސް ޝާއިންގެ އަތުގައި ހިފި ގަޑިއަކަށް ވީ ޝާއިން ދޮރު ހުޅުވި ގަޑިއަށެވެ. ޝާއިންއަށް ފުރަތަމަވެސް ފެނުނީ ކުރިމަތީ އިން ގޮނޑީގައި އިށީނދެ އިން ނީރާއެވެ. އެއްވެސް ތަރުތީބެއް ނެތި ހާވާލެވުފައި ހުރި ނީރާގެ އިސްތަށިގަނޑެވެ. ނީރާ ރޮނީކަން އިނގުނީ އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ތުރު ތުރުގެ ސަބަބުންނެވެ.

“ޝާއިން އެތެރެއަށް ވަދެބަލަ ދެން.. ފަހުން ވެސް ބެލޭނޭ.. އެހަށް އަރާމްކޮށްބަލަ..” އަކުރަމް އެހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. ނީރާއަށް އެއަޑު އިއްވާލާށެވެ. މިވަގުތު ނީރާ ޝާއިން ހައްދާލެވޭނެކަން އިނގޭތީއެވެ. އާޝިޔާވެސް އަކުރަމްގެ ފަހަތަށް އައިސް ހުއްޓެލިއެވެ. ނީރާއަށް އަކުރަމްގެ އަޑު އިވުމާއި އެކު އިސްއުފުލާ ބަލައިލިއެވެ. ނީރާއާއި ޝާއިންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. އެތަކެއް ވާހަކަތަކެއް އެދެމީހުން ދައްކަމުން ދިޔައެވެ. ނީރާ އެތަކެއް ޝަކުވާތަކެއް ކުރަމުން ދިޔައެވެ. އެހެންމީހަކަށް އަޑު ނީވުނަސް ޝާއިންއަށް އަޑުއިވެމުން ދިޔައެވެ. ނީރާގެ ދުޅަވެފައި ހުރި ދެލޯ ފެނި ޝާއިން އަށް އަމިއްލަ ނަފްސް ވަރަށް ބޮޑަށް ކުށްވެރި ކުރެވުނެވެ. ނީރާގެ މޫނުވެސް ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. ލޯ ކައިރި ވަށައިގެން ދުޅަވެފައެވެ. ނީރާ އަކުރަމްއާއި ދިމާ ބަލައިލީ ދެނެނެވެ. އަކުރަމްގެ ބަލައިލުމުން ނީރާއަށް ވީގޮތް އިނގުނެވެ. އެހެން ކަމުން ކަރުނަތަށް ފޮހެލުމަށްފަހު ކޮޅަށް ތެދުވެލިއެވެ. ގަދަކަމުން ނަމަވެސް ޝާއިން އަށް ހިނިތުންވުމެއް ދިނެވެ.

ޝާއިންއަށް އިތުރު ފިޔަވަޅެއްވެސް ނޭޅި ނީރާއާއި ދިމާ ހުރެވުނީ ބަލާށެވެ. ނީރާ މަޑު މަޑުން ހިނގާލާފައި ގޮސް ދޮރުގައި ހިފަހައްޓާލާފައި ހުރި ޝާއިންގެ އަތް ނައްޓުވާލިއެވެ. އަދި އެއަތުގައި ހިފާލީ ވަރަށް ބާރަށެވެ. އޭނާގެ އަތުން ލެއްޕެމުން ދިޔަ ދޮރުގައި ހިފަހައްޓާލަމުން އެތެރެއަށް ވަނީ އަކުރަމްއާއި ދާދި ކައިރިންނެވެ. ނީރާ އެއްވެސް އެއްޗެއް ނުބުނެ ފަހަތުގައި ހުރި އާޝިޔާ އަށް ލޯ މަރާލަމުން ބޯ ޖަހާލީ ނީރާއަށް އިތުބާރުކުރާށޭ ބުނާފަދަގޮތަކަށެވެ. އަކުރަމް ޝާއިންގެ އަތުން ދޫކޮށްލިއެވެ. ނީރާގެ ފަހަތުން ޝާއިން މަރުވެފައި ހުރި މައްޔިތެއް ފަދައިން ހިނގާފައި ދިޔައެވެ. ނީރާ ހިފަހައްޓާފައި ހުރި އަތަށް ޝާއިން ބަލައިލިއެވެ. އެއަތުން ދުވަހަކުވެސް ދޫ ނުވާނެ ނަމައެވެ.

އާޝިޔާއާއި އަކުރަމް އެކަކު އަނެކަކަށް ބަލާލުމަށްފަހު ބޭރަށް ނިކުމެލިއެވެ. ނީރާއަށް އިތުބާރުކުރާތީއެވެ. ނީރާ ޝާއިން ހައްދާލާނެއެވެ. ނީރާ ޝާއިން އަށް އޮށޯތުމަށް އިޝާރާތް ކުރިއެވެ. ޝާއިން އިސްޖަހާލަމުން އޮށޯވެލިއެވެ. އޭރުވެސް ނީރާ އެ އަތުން ދުލެއް ނުކުރެއެވެ. ނަރުސް ކުއްޖާ އައިސް ހޮޅިތަށް އަލުން ގުޅުވައިދިނެވެ. ނީރާ އަތް ދުރަށް ލާން އުޅުނީ ޝާއިންގެ އެ އަތަށް ހޮޅިލައްވާލަން ނަރުސް ކުއްޖާ އުޅުމުންނެވެ. ނަމަވެސް ޝާއިން އެއަތެއް ދުލެއްނުކުރިއެވެ. ނަރުސް ކުއްޖާ ކުޑަކޮށް ހީލަމުން ޝާއިންގެ އަތަށް ހޮޅި ލައްވާލީ އެހެން އޮއްވައެވެ. އެއަށްފަހު ނިކުމެގެން ދިޔައީ އައިވީ ފުޅި ރަނގަޅުކޮށްލަމުންނެވެ. ނީރާ  އިސްޖަހައިގެން ހުރެ ގޮނޑިގައި އިށީނދެލިއެވެ. އެކަކުވެސް އެއްވެސް ވާހަކައެއްނުދެއްކިއެވެ. ޝާއިންގެ ދެލޯ ނީރާގެ މޫނުން ވަކި ނުވެއެވެ. ހަމަ އެހެންމެ އެ ދެމީހުންގެ އަތްވެސް މެއެވެ.

ނީރާއަށް ޝާއިންފެނި ހުރިހާ ޝަކުވާއެއް ފިލިއެވެ. ޝާއިންގެ އެއްވެސް ކުށެއްނެތްކަން ގަބޫލްކުރިއެވެ. ނީރާ ހިތްވަރު ކުރަމުން އިސް އުފުލާ ބަލައިލިއެވެ. ޝާއިން ބަލަން އޮތުމުން ކުޑަކޮށް އުނދަގޫ ވިއެއްކަމަކު ހިތްވަރުކޮށްލަމުން ހިނިތުންވެލިއެވެ. ޝާއިންގެ ލޮލަށް ބަލާލުމާއި އެކު ވީ ހުރިހާ ކަމެއް ނީރާއަށް ސިފަވަމުން ދިޔައެވެ. ކަރުނައިން އަނެއްކާވެސް އެދެލޯ ފުރިގެން ދިޔައެވެ. ޝާއިން ނީރާގެ އަތަށް ބާރުކޮށްލިއެވެ. ނަމަވެސް ނީރާއަކަށް އެކަމެއް އިހްސާސްއެއް ނުވިއެވެ. ނީރާ ކަރުނަތަށް ހިންދަން މަސައްކަތް ކުރިއެއް ކަމަކު ފަހަރަކު ތިއްކެއް އެސްފިޔަތަށް ފޫ އަޅުވާލުމަށްފަހު މޫނުމަތިން ރޮގެއް ދަމާލަމުން ފައިބައިގެން ދެއެވެ. އިރުކޮޅެއްނުވެ ނީރާ ގިސްލާން ފެށިއެވެ. ޝާއިން އޭނާގެ އަތް އިތުރަށް ބާރުކުރަމުން ދިޔައެވެ. ބުނާނެއެއްޗެއް ޝާއިންއަށް ނޭނގުމުންނެވެ. ނީރާއާއި ކުރިމަތިލާކަށް އޭނާ ތައްޔާރެއްނޫނެވެ. އެހެން ހުއްޓާ ކުއްލިއަކަށް ފެނުމުން ބަސް ހުއްޓުނެވެ. ވިސްނަން އުނދަގޫވިއެވެ. އެއިން އެންމެ ފަހަރަކުވެސް އެދެމީހުންގެ ލޯ އެކަކު އަނެކަކުގެ ލޮލުން ދުރަކަށް ނުލެވެއެވެ. އެ ހިމޭންކަމުގައިވެސް އެތަކެއް ޝަކުވާތަކަކާއި ވާހަކަތަކެއް ހިއްސާކުރާފަދައެވެ.

ޝާއިން ބާރުކުރަމުން ދިޔަ ނީރާގެ އަތަށް ނީރާއަށް ބަލާލެވުނީ ކުއްލިއަކަށެވެ. އެކަން އިހްސާސްވުމުންނެވެ. ޝާއިން މަޑު މަޑުން އެ އަތް ދޫ ކުރަމުން ދިޔައެވެ. ޝާއިން އެ އަތް ގެންގޮސް ނީރާގެ ކަރުނަތަށް ފޮހެލަދިނެވެ. ނަމަވެސް ތާޒާ ކަރުނަތަށް ދިޔައީ ފޮހެމުން ދިޔަ ކަރުނަތަކުގެ ޖާގަ ހޯދަމުންނެވެ. ނީރާގެ ހިތަށް އެކަމުން އުނދަގޫވަމުން ދިޔައެވެ. ކުއްލިއަކަށް ޝާއިންގެ މޭމަތީ އޮވެވުނީ އެ ހިތަށް ބަޔާންކުރަން ދަތި ގޮތަކަށް އުނދަގޫތަކެއް ވާން ފެށުމުންނެވެ. ޝައިންއަށް ކުއްލި ތަދެއް އެރިއެއް ކަމަކު ކެތްކޮށްލައިގެން އޮތީ އޭނާއަށް ލިބިފައިވާ ޒަހަމްތަކަށްވުރެ ނީރާގެ ހިތަށް ލިބިފައިވާ ޒަހަމްތަށް ފުންވެފައި ތަދުވާނެވަރު އިނގޭތީއެވެ. ޝާއިން ނީރާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނީރާގެ ކަރުނަތަށް ޝާއިންގެ މޭމަތި ތެންމަމުން ދިޔައެވެ. “ސޮރީ ނީ…. މި ހުރިހާ ކަމެއްވެސް ވީ އަހަރެންނާއި ހެދި….. އައި އެމް ސޮރީ…” ޝާއިންގެ އެ ބަސްތަށް ވީ ހިތުގެ ތެރޭގައެވެ.

“އިޓްސް އޯކޭ ޝައިން… އަހަރެންނަށް އިނގޭ ޝައިން އަމިއްލަ ނަފްސް ކުށްވެރި ކުރާކަން.. މާފަށް އެދެން ބޭނުންކަން.. އެކަމަކު މިއަކު ޝައިންގެ އެއްވެސް ކުށެއްނެތް.. މިއީ އަހަރެންގެ ތަޤުދީރު ކަންނޭނގެ. އަހަރެން އުފާކުރަން ޝައިން އަހަރެން ކައިރި ހުރީމަ…” ނީރާގެ އެ ބަސްތަށް ވެސް ވީ ހިތު ތެރޭގައެވެ. އެކަކު އަނެކަކުގެ އިހްސާސްތަށް ރަނގަޅަށް ދެމީހުންވެސް ދަނެއެވެ. އެތަށް އިރެއްގެ އެ ހަމަ ހިމޭންކަން ކެނޑިގެން ދިޔައީ ޝާއިން ނީރާއަށް ގޮވާލުމުންނެވެ. “ނީ..!” ނީރާ ޝާއިންގެ މޭމަތިން ބޯ ނަގާލިއެވެ. އެވަގުތު ޝާއިން އެއްޗެއް ބުނަން އުޅުނު ނަމަވެސް  އާޝިޔާ މެން އެތެރެއަށް ވަނުމުން އެކައްޗެކެވެސް ނުބުނެ ހިނިތުންވުމެއް ދިނެވެ.

————————–

“ވަޓް…. އެޑީ… ދެން ކިހިނެއްވީ؟؟؟؟” ރާހިލް ހައިރާންކަމާއި އެކު އަހާލިއެވެ. ނީރާގެ ހަޔާތުގައި ހާދަ ގިނަ ކަންތަކެއް ހިނގައިފިއެވެ. ނީރާއަށް ވާނެގޮތް ރާހިލްއަށް ރަނގަޅަށްވެސް އިހްސާސްކުރެވުނެވެ. ނަމަވެސް އޭގެ މާނައަކީ އޭގެ ބަދަލު ޝާއިންގެ ކިބައިން ހިފުމެއްނޫނެވެ. “ދެން ކޮންކަމެއް ވާނީ؟؟؟ ނީރާ މަމްމެން ވަޅުލީ… ދެން ޑިސްޗާރގް ކުރީ.. އެން ނީރާގެ ގެ ކުއްޔަށް ދޫކޮށްފައި އޭނާ ޗޭންގްވީ…. ކިޔަވާ ނިމެންދެންވެސް އޭނާ ހުރީ އަހަރެންގެ ގޭގައި….. އެ ހުރިހާ ދުވަހުވެސް އަހަރެން ނީރާ އަށް އެތަށް ކަމެއް ކޮށްދިނިން.. މިއަދާއި ހަމާލަށްވެސް މިހިތުގެ ގޮވުންތަށް ނީރާއަށް އަޑު ނީއްވަން މަސައްކަތްކުރިން…. ނީރާގެ ފަރާތުން ރަޔާން ގެ ވާހަކައެއް އަޑުއަހަން ބޭނުންނުވިޔަސް އަޑުއެހިން.. ނީރާ…. ނީރާގެ ބާތްޑޭ… ވަރަށް މަސައްކަތުން… ވަރަށް ގިނަ ދުވަހުން.. ވަރަށް ގިނަ ވަގުތު ހޭދަ ކޮށްގެން ޕްލޭންކޮށް ނިންމާލީ އެކަމުވެސް ނީރާ އެދުވަހުވެސް އެ ހުރިހާ އެއްޗެއް ރުއިންކޮށްލާފަ ދިޔައީ… އަހަރެން އެކަމަށްވެސް ހިތްބަރެއް ނުކުރަން… ނީރާއަށް އިނގޭނެ އަހަރެން ކުރި މަސައްކަތް…. އެކަމްވެސް ހަމަ އަނެއްދުވަހު އުފަލާއި އެކު ނީރާއާއި ވާހަކަ ދެއްކިން.. ކިޔަވާ ނިމި ނީރާ ޑޭޑްގެ ކޮމްޕެނީއާއި ޖޮއިންވެ ވަކިން ރޫމްއަކަށް ޗޭންގްވީ… މަމްވެސް ބުނި އުޅޭށޭ ގޭގަ… އެކަމުވެސް ނީރާ ގަބޫލުނުވެ މިހާރު އުޅޭ ރޫމްއަށް ޗޭންގްވީ…. ދެޓްސް އޯލް… އަހަރެންނަށް ކުށްކުރެވުނު ގަބޫލު ކުރަން… އެކަމަކު މި ހުރިހާ އިރު ނީރާ އެކްޓް ކުރުމުގެ ބޭނުމެއް ނެތް.. އޭރުވެސް އަހަރެންގެ ހިތަށް އައީ ތަދުވަމުން ވިއްޔަ.. ރާހިލް….. އޭނާ އަހަރެންނާއި މެދު ކޮންމެ ކަމެއް ކުރިޔަސް ހެޔޮ…. އެއީ އަހަރެންގެ މިހިތުގެ ރާނީ.. އަބަދުވެސް….. މުޅި އުމުރަށްވެސް….. އެހެންވެ އެ ހައިސިއްޔަތުން…. އެކުވެރިޔާގެ އެއްޗަކަށް ހަވާލުވެ އެ ބަލާ ފަދައިން ނީރާވެސް ބަލައިދެންޗޭ…. އަހަރެން ހަވާލުކުރި އަމާނާތެއް ކަމަށް ބަލާ…. އަހަރެން އަދިވެސް ބިރުގަނޭ ރަޔާން އައިސްދާނެއަތީ.. މިހާރު މީ ކިތަށްވަނަ ފަހަރު…. ރާހިލް ޕްލީސް އިނގޭ ބަލައިދެންޗޭ…” ޝާއިން އެނދުން ތެދުވެލިއެވެ.

އެއަށްފަހު ފަހު ފަހަރަށް އަލަމާރި ކައިރިއަށް ގޮސް ގެންދަން އިތުރު އެއްޗެއް ހުރިތޯ ބަލާލިއެވެ. “މައްސަލައެއްނެތް…. އަހަރެން ނީރާ އުޅޭ ނޫޅޭގޮތް ބަލާނަން.. އެކަމް… އަހަރެންނަށް ނީރާއާއި ވާހަަކަދައްކާ ހެދުމަށް ނުބުނަންޗޭ.. އެއީ ވާނެ ކަމެއް ނޫން….. ދުވަހަކުވެސް….” ރާހިލް ބުނެލިއެވެ. ޖުމްލައިގެ ފަހުތަންކޮޅަށް ބާރުލާފައެވެ. ޝާއިން ބޯ ޖަހާލިއެވެ. “އެކަމް އެޑީ…. ނުގޮސް ހަމަ ނުވާނެތަ؟؟” ރާހިލް ޝާއިންގެ ކޮނޑުގައި ހިފަހައްޓާލަމުން އަހާލިއެވެ. “ނުގޮސް ވާނެނަމަ ހުރިސް…….. ގޮސްވެސް ވަކި ވާނެހެނެއް ހިޔެއްނުވޭ.. މިހިތެއް ހަމަގައިމުވެސް ބަދަލެއްނުވާނެ….. އެކަމް ޓްރައި ކުރެވޭނީ އޭނައާއި ދުރުގައި އުޅުނީމަ…” ޝާއިން މަޑުމައިތިރިކަމާއި އެކު ބުނެލިއެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފުންއަސަރު 17

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 3..

Next
March 27, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 3..

Previews
March 26, 2016

ފުންއަސަރު 17

5 Comments!

  1. Ryn says:
    March 27, 2016 at 11:42 am

    hey guys.. hre is the nxt prt.. hwp lyk vaane kamah…. n in sha allah nxt prt vx asap… thnkyw fr readin… enjoy 😉

  2. laimaan says:
    March 28, 2016 at 12:13 pm

    V reethi hama mi part vs

  3. princess shaal says:
    March 28, 2016 at 6:31 pm

    v.nice mi part vs kon iraku nxt part up koh dheyny waiting 4 nxt part..

  4. Anonymous says:
    March 28, 2016 at 8:28 pm

    vrh foohi nw mi vaahaka kiyan lahun up kuraathy.. eh part hadhaan nethey fahun aneh part… ?

  5. Eem says:
    March 28, 2016 at 10:06 pm

    Varrah rythi mipartves..ekam alhe please thankolheh avahah up kohthyba ryn

Comments are closed.

Next Episodeހާދަ ލޯބިންނޭ… (23)←


All Right Reserved!