Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (11)

lai Level 110 Stories100 Comments
March 3, 2016 10 Mins Read
35 Comments

ނީމް މެން ކައިރިއަށް އައިސް ހުއްޓުނު އައިރީން ގެ މޫނުމަތީގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ހުރި އުފާވެރިކަމެއް ނެތެވެ. ނީމް މެން އެއްޗެކޭ ކިޔަސް އައިރީން ހުންނަނީ އަގައިން ވެސް ނުބުނެ އެއް ދިމާއަކަށް ބަލަހައްޓައިގެންނެވެ. އައިރީން އަށް މިއައި ބަދަލު ނީމް ފާހަގަވުމުން އަވަހަށް ގެއަށް ދާން ނިންމީ މިގަޑީ އައިރީން ބޭނުންވާނީ އެކަނިވެލަން ކަން އިނގޭތީއެވެ.

——–

އައިރީން ހުރީ ކޮޓަރިއަށް ވަދެވުންވެސް ލަސްވެފައެވެ. ކޮޓަރިއަށް ވަދެ ތަޅުލުމަށްފަހު މަޑު މަޑުން ދޮރު ބުޑުގައި އިނށީދެވުމާއިއެކު އެ ހިތުގައި އަޅަމުން ދިޔަ ވޭން ކަރުނައިގެ ސިފައިގާ ބޭރުވެގެން ދިޔައެވެ. ރޮމުން ރޮމުން އިނދެ އައިރީން އޭނާގެ އަތުގައި އަޅާފާވައި ކެވެލި ކޮޅުގައި ފިރުމަމުން އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަން ފެށިއެވެ. އައިރީން އެރޭ ނިދީވެސް އެތާ ދޮރުބުޑުގަ އޮވެއެވެ.

——

އިޒްޔަން ގެ ހާލަކީވެސް ހަމަ އެއެވެ. އައިރީން ގެ ފެންކަޅިވެފާވައި ދެލޯ ސިފަ ވުމާއިއެކު އިޒްޔަން ދެ ލޯ މަރާ ފިއްތާލީ ހިތަށް ވިސްނަދެމުންނެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލައިގެން އިރުކޮޅަކު އެހެން އިނުމަށްފަހު އިޒްޔަން އޭނާގެ ފޯނު ނަގާ އެންމެ ގާތް އެކުވެރިޔާ މިޝަލް އަށް ގުޅާލީ އެ ހިތުގައި ހިނގަމުން ދިޔަ ހިޔާލުތައް އެއްފަރާތް ކޮއްލުމަށެވެ.

މިޝަލް އަކީ އިޒްޔަން އާއި އެއް އޮފީހެއްގައި އުޅޭ ކުއްޖެކެވެ. މުއްސަނދި އާއިލާއެއްގެ ހުރި ހަމަ އެކަނި އަނަހެން ދަރިއެވެ. މިޝަލް ކިތަންމެ މުއްސަނދި ވިޔަސް ދުވަހަކުވެސް އެކަމާ ބޮޑާވެގެންނެއް ނޫޅެއެވެ. މިޝަލް އަބަދުވެސް ބޭނުންވަނީ ކިޔަވައިގެން އަމިއްލަ ވަޒީފާއަކަށް ދިއުމަށެވެ. މިޝަލް ގެ ބޭބެ ނާވީ އެމީހުންގެ ބައްޕަ  ޒާކިރު ގެ ވިޔަފާރިއާއި ހަވާލުވުމުން މިޝަލް ވަޒީފާ އަކަށް ދާން ފެށީ އުމުރު ދުވަހު ޒާކިރުގެ ލާރިން އުޅެން ބޭނުންނުވާތީއެވެ. އަމިއްލަ މަސައްކަތުން ހޯދާ ލާރިން އުޅެން ބޭނުންވާތީއެވެ.

——–

އައިރީން އަށް ސިއްސައިގެން ގޮއްސާ ފުންމައިގެން ތެދުވެވުނީ މީހަކު ދޮރުގަ ތަޅާ އަޑު އިވުމުންނެވެ. މި އޮވެވުނީ އެނދުގައި ނޫން ކަންވެސް އައިރީން އަށް ރެއަކާލީ ދެނެވެ. އާ ދުހަކަށް އިރު އެރިކަން ވެސް އިނގުނީ ކުޑަދޮރުގެ ވަދެގެން އައިސް އަވި އެ މޫނުމައްޗަށް އެޅެން ފެށުމުންނެވެ. ” ލީން ..ރީން އެބަ ދަން ”

ދޮރުގަ ތަޅަމުން ދިޔަ އައިލީން އަށް އައިރީން ގެ އަޑު އިވުމުން އަވަހަށް އަންނާށޭ ކިޔާފައި ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެވަގުތު ފަހަތުން މީހަކު އަތުގައި ހިފާ ދަމައިގަތުމުން އައިލީން ހަޅޭއްލަވައިގެންނަން ހުޅުވާލި އަނގަމަތީގައި މީހަކު އަތް އެޅުމުން އިސާހިތަކު އެ ހިތް ބިރުވެރިކަމުން ވަޝާލިއެވެ. ” ޝްޝް .. މީ އަހަންނޭ ” ރަޔާން ގެ އަޑު އިވުމުން ދެލޯ ބޮޑު ކޮއލައިގެން ހުރި އައިލީން ފުން ނޭވައެއް ދޫކޮއްލިއެވެ. ރަޔާން އައިލީން ގެ އަނގަމަތިން އަތް ނެގުމުން ރަޔާން އާއި ކުރިމަށްޗަށް ވާގޮތަށް އެނބުރި ލަމުން ރަޔާން ގެ ގައިގާ މަޑު މަޑުން ޖަހާލިއެވެ. ” ޕިސް ރެން ވެސް ދޯ .. ކިރިޔާއޭ ހާޓް އެޓޭކެއް ނުޖެހުނީ ..”  އެއީ ރަޔާން ކަން އިނގުނު ނަމަވެސް އަދިވެސް ވަރަށް ބާރަށް އައިލީން ގެ ހިތް ތެޅެމުން ދިޔައެވެ. ” ޖެހުނު ނަމަ ދޯ ” ރަޔާން އެހެން އައިލީން އަށް ޖެއްސުމަށް އެހެން ބުނީ އައިލީން ރުޅި އަންނާނެކަން އެނގޭތީ އެ މަގްސަދުގައެވެ. އައިލީން ދެލޯ ބޮޑު ކޮއްލަމުން ރަޔާން ގެ މޫނަށް ބަލާލިއިރު ރަޔާން ހުރީ ލާނެތް ހިނިތުންވުމެއް ތުންފަތްމއްޗަށް ވެރި ކުރުވައިގެންނެވެ. ” ކީކޭ ؟ .. ރަޔާން އައި ހޭޓް ޔޫ ” ރުޅި ވެރި ބެލުމަކުން ރަޔާން އަށް ބަލައިލަމުން އައިލީން ދާން ހިނގައިގަތްގަނާ ރަޔާން ހުޝިޔާޜު ކަމާއިއެކު އަތުގާ ހިފާ ގަޔާ ކައިރިއަށް ދަމާލަމުން އައިލީން ގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. އެވަގުތު ދެމީހުން ގެ ހަތަރު ކަޅި ބައްދަލުވެގެން ދިއުމާއިއެކު އައިލީން ހުރިހާ ކަމެއް ހަނދާން ނެތިގެން ދިޔައެވެ. ނަމަވެސް ސިހިފާ އައިލީން ދުރަށް ޖެހިލަން މަސަތްކަތް ކުރީ ނީމް ގޮވާއަޑު އިވުމުންނެވެ. ނަމަވެސް ރަޔާން ހުރީ އެހާ ފަސޭހައިން ދޫ ކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ” ރެން .. ދޫކޮއްބަލަ .. ދާންވެއްޖެ .. ނީމް އެގޮވަނީ ކޮންމެވެސް މުހިންމު ކަމެއްގަ ހެން ހީވަނީ .. ” ރަޔާން ގެ އަތްދަށުން ސަލާމަތްވާންވެގެން އައިލީން މަސައްކަތް ކުރަމުން ދިޔުމުން ރަޔާން އެ ހަށިގަނޑު އިތުރަށް އޭނާގެ ގަޔާ ކައިރި ކޮއްލިއެވެ. ” ހޫން … މީ ދޯ މިކުރާ ކަމަކީ .. އެހެންވެ ދޯ ގޮވީމަވެސް އަޑު ނީވެނީ .. ޕިސް ޕިސް އެކަމަކުވާ .. .. ” އައިލީން ހޯދަމުން އެކި ތަންތަން ބަލަމުން އައި ނީމް އަށް ފާރާއި ނިވާވެގެން ތިބި ރަޔާނާއި އައިލީން ފެނުމުން ދެ އުކުވަޅުގައި އަތް ވިދެލަމުން ނީމް ދިމާކުރަން ފެށިއެވެ. ނީމް ގެ އަޑު އިވުމުން ރަޔާން އައިލީން ގެ ގައިން ދޫ ކޮއްލިއިރު އައިލީން ހުރީ ލަދުން މަރުވާވަރުވެފައެވެ. އިތުރަށް ނީމް ދިމާކުރަން ނަހަދަނީސް އައިލީން ދުވެފައި ގޮސް ބަދިގެއަށް ވަނުމުން ރަޔާން ބޯ ކަހާލަމުން ނީމް އާއި ދިމާއަށް ބަލައިލާފާ ހީލަމުން ކޮޓަރިއަށް ވަންނަން ދިއައެވެ.

” ކިހިނެއްވީ ނީމް ތިހެނީ؟ ” ކޮޓަރިން ނިކުގެން އައި އައިރީން އަށް ނީމް ހެވިފައި ހުރި މަންޒަރު ފެނުމުން ނީމް ކައިރިއަށް އައިސް ހުއްޓިލަމުން އަހާލިއެވެ. ” ހެހެހެ .. ކަމެއް ނުވޭ .. ” ހީލަމުން ނީމް އައިރީން އަށް ޖަވާބު ދީފާ އެ މޫނަށް ބަލާލުމާއިއެކު އެ ހިތުގައި އައިރީން އަށް ޓަކާ ހަމަދަރުދީ އިން ހިތް ފުރުނެވެ. އައިރީން ގެ ދެލޯ ހުރީ ދުޅަވެ ރަތް އަރާފައެވެ. މޭކަޕް ގެ އެހީގައި އައިރީން ގެ ދުޅަވެފާ ވާ ދެލޯ ފޮރުވަން މަސައްކަތް ކޮއްފާ ހުރި އިރުވެސް ނީމް އަކަށް އެކަމެއް ސިއްރެއް ނުވިއެވެ. އެ މޫނުމަތިން ހިތްދަތިކަން ރީއްޗަށް ފާލުވަމުން ދިޔައެވެ. އެއްވެސް ތާޒާ ކަމެއް ނެތެވެ.

ކާން އިން އިރުވެސް މިއަދު އައިރީން ގެ ތަބީއަތް ތަފާތުކަން އެންމެންނަށްވެސް ފާހަގަ ކުރެވުނެވެ. އެހެންޔާ އަނގަމަޑުން ލައިގެން ނީނދެވޭ ކުއްޖާ މިއަދު ހިވަނީ މަރުވެފާ ވާ މައްޔިތެއް ހެންނެވެ. އަތުގާ އެއްވެސް ވަރެއް ނެތް ފަދައިން މަޑު މަޑުން އިނދެގެން ކަމުން ދިޔައިރު އެންމެންވެސް އެކި އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް އައިރީން އަނގައިން ނުބުނެ އިނދެ ކަމުން ދިޔައެވެ. ” ދަރިފުޅާ .. އަނެއްކާ ދަރިފުޅު ބަލީތަ .. ހާދަ މަޑުން ތީނީ .. ދަރިފުޅުގެ ލޯވެސް ހާދަ ރަތޭ .. ” އެންމެ ފަހުން ނަޖުމާއަށް ނީނދެވިގެން އަހާލުމާއިއެކު އެންމެން ގެ ނަޒަރުވެސް އައިރީން އަށް ހުއްޓިގެން ދިޔައެވެ. އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރުމުން އައިރީން އަށް އުނދަގޫވެގެން އިސްޖަހާލިއެވެ. ” ނޫން މަންމަ .. ރޭގަ ނުނިދާ އުޅުނީމަ .. އެހެންވެ ވަރަށް ބޮލުގަ ވެސް އެބަ ރިއްސާ .. ” އައިރީން ދޮގެއް ހދާލީ ހަގީގަތް ހާމަ ކުރަން ބޭނުން ނުވާތީއެވެ.ވަގުތުން ނަޖުމާ ގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތަށް ފާޅުވެގެން ދިޔައެވެ. ” ދަރިފުޅު ކީއްވެ މަންމަ ގާތު ނުބުނީ ؟ .. ބޭސް ކާލައިގެން ދޭ އޮށޯވެލަން .. އޭރަށް ރަނގަޅު ވެދާނެ ..” . ނަޖުމާ އެހެން ބުނެލުމުން އައިރީން ހަމަ އެކަނި ހޫމް އަޅުވާލާފައި ކެއުމައިގެން ކުރިއަށް ދިޔައެވެ.

އެކި އެކި ވާހަކައިގަ ތިބެގެން އެންމެން ކެއުން ނިންމާލުމުން އައިރީން ނަޖުމާއަށް ތަށިތަށް ނަގާދިނުމުގަ އެހީތެރި ވެދީފާ ގޮސް އެނދަށް ވެއްޓިގަންނަމުން ބާލީހުގަ ބައްދާލިއެވެ. އަދި ފޯނު ނަގާ އޭނާ މިހާރަކަށް އައިސް އެންމެ ގިނައިން ޖަހާ ލަވަ ޖަހާލަމުން ފޯނު ކައިރިގައި ބާއްވާލަމުން ބައްދާލައިގެން އޮތް ބާލީހުގައި ބޯ އަޅާލިއެވެ. އޭރު އައިލީން ގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓި ބާލީސް ތެރެއަށް ހިނދިގެން ދިޔައެވެ. އެ ލަވައިގަ ކިޔަމުން ދިޔަ ބައިތުތަކުން އައިރީން ގެ ހިތަށް އެތަށް ގޮތަކުން އަސަރު ކުރަމުން ދިޔައެވެ.

އޭ މިރޭ .. އުދާސްތަކުން … ނުނިދޭނޭ ވަކިވީމަ ކަލާ ..

މުޅި މެންދަން .. ތިޔަ ހަނދުމައިން ނިމެނީ ނިމެނީ ފަހެ ކީއްވެހޭ ؟

* * * *

މިޝިކާޔަތުގައި ނިމެނީ .. ނުލިބޭތީ ޝިފާ ތިޔަ ލޯބިން ..

ދުލަކުން މި ބަޔާން ނުވެވޭ .. މިހިތަށް ލިބޭ ކެކުޅުންތަށް ..

ތިޔަ މަންޒިލް އެދި ދުނިޔެއިން .. ގޮވެނީ .. ގޮވެނީ ފަހެ ކީއްވެހޭ؟

* * * *

ތަގުދީރު އެނގޭ ނަމައީ .. އެދުވަސް އަލުން ހޯދާނަން ..

ވިންދާއި އެކީ ތިޔަ ނަން ..އިވުމުން ހަނދާން އާވާތީ ..

ތިޔަ ޝާހީ .. ފަރި ދެއަތުން .. ފިރުމާ ނުލަނީ ފެހެ ކީއްވެހޭ؟ ..

* * *

އޭ މިރޭ .. އުދާސްތަކުން … ނުނިދޭނޭ ވަކިވީމަ ކަލާ ..

މުޅި މެންދަން .. ތިޔަ ހަނދުމައިން ނިމެނީ ނިމެނީ ފަހެ ކީއްވެހޭ ؟

* * * * *

ލަވަ ނިމުމުން ފޯނު ނިއްވާލާފައި އައިރީން ބާލީހުގައި އިތުރަށް ބައްދާލީ ބޮލަށް ބަރުވެފައި ހުރުމުގެ ސަބަބުން ނިދާލާށެވެ. ނަމަވެސް މިފްޒާލް ކޮޓަރިއަށް އައިސް ވަނުމުން އައިރީން މަޑު މަޑުން ތެދުވެ އެނދުގައި އިށީނދެލިއެވެ. ” ދޮންބޭ .. ” މިފްޒާލް އައި ގޮތަށް އައިސް  ކޮޓަރި ކުޑަދޮރު ކައިރީގައި ހުރި ސޯފާގައި އިށީނދެލިއެވެ. ” ރީން .. މިރޭ އެބައޮތް ދޮންބެމެން އޮފީސް ފަރާތުން ބާއްވާ ޕާޓީއެއް .. ދޮންބެ އާއި އެއްކޮށް ނީމް ވެސް ދާނެ ..  ބޮޑު މީހާ ބުނީ އަހަރެންގެ ފެމިލީ އެއްކޮށް އަންނަށްޗޯ .. ސޯ ރީން ދާނަން ދޯ .. ލީން ވެސް ދޭ .. ” މިފްޒާލް ވަރަށް އުންމީދާއިއެކު އެހެން އެހުމުން އައިރީން އަށް ދާކަށް ބޭނުމެއް ނޫނޭ ބުނާކަށް ނުކެރުނެވެ. އެހެން ކަމުން ބޯ ޖަހާލީ ކޮންމެހެން ދާން ބޭނުންވާތީއެއް ނޫނެވެ. މިފްޒާލް ހިނިތުންވެލަމުން މިރޭ 8 އަށް ރެޑީ ވާށޭ ކިޔާފައި ދިއުމުން ފުން ނޭވައެއް ދޫކޮއްލަމުން އައިރީން އަނެއްކާވެސް އޮށޯވެލީ އިރުކޮޅަކު ނިދާލާފައި މެންދުރު ނަމާދު ބަންގި ގޮވަން ވާއިރަށް ތެދުވަން ހިތުއަޅައިގެންނެވެ.

_ _ _ _ _

ރޭގަނޑު ގަނޑިން 6 ޖެހިއިރުވެސް އައިރީން ކޮޓަރިން ނުނިކުންނާތީ ނަޖުމާ އައިރީން ކޮބާތޯ ބަލާލިއިރު އަރާމު ނިންޖަކުން ނިދާފަ އޮތް އައިރީން ފެނުމުން ނުގޮވަން ހުރެފަވެސް ނަޖުމާ އައިރީން އަށް ގޮވިއެވެ. ” ޕިސް މަންމާ .. އަދި ނުވޭ އިރުކޮޅެއްވެސް އަޅުގަނޑު އޮށޯތްތާ ..” އައިރީން ކަންނެތް ކަމާއިއެކު މޫނުގައި ބާލީސް އެޅުމުން ނަޖުމާ އެ ބާލީސް ދަމައިގަތެވެ. ” ދަރިފުޅަށް ހަމަ ސާބަސް … ގަޑިން ވީ އިރެއް އިނގޭތަ .. އެއޮއް އިރުއޮއްސި 6 ޖެހީ .. ދެން ތެދުވޭ .. މިހާރު ހުންނާނީ ވާވަރަށް ނިދިފަ .. ތެދުވޭ .. އަވަހަށް ތެދުވޭ .. ” އައިރީން ގެ ގައިގާ ނަޖުމާ މަޑުން މަޑުން ޖަހާލުމުން ދެން މަންމާ އެ ކިޔާފައި އައިރީން މޫނު ކުނި ކޮއްގެން އިނދެ ތެދުވިއެވެ. ” މަންމަ ހަމަ އަޅުގަނޑު ހޭލައްވަން ވެގެން ދޮގު ހަދަނީ ދޯ .. ” އައިރީން ކޮޅަށް ތެދުވެ އިން އިރުވެސް އަދިވެސް ރަނގަޅަކަށް ނިދި ނުފިލައެވެ. ” ޕިސް .. މަންމަ ދޮގެއް ނަހަދަމޭ .. ދަރިފުޅު އަމިއްލައަށް ބަލާބަލަ ގަޑި .. އެ އޮއް މިހާރު 6 ޖަހާ 5 10 ހިނގީ .. ” ނަޖުމާ އެހެން ބުނެލުމުން އައިރީން އެއްލޯ މަރައިގެން އިނދެ ގަޑި ބަލައިލާފާ ސޮރީ އޭ ބުނެލިއެވެ. ” މެންދުރު ނަމާދުވެސް ދިޔައީ .. ދެން މަގްރިބް ނަމާދަށް ބަންގި ގޮވުމުގެ ކުރިން އަސުރު ނަމާދު ކުރެވޭތޯ އުޅޭ ” އައިރީން އަށް ނަމާދު ނުކޮށް އިނދެވުނުކަން ހަނދާން ވުމުން ދުވެފައި ވުޟޫ ކުރަން ފާހާނައަށް ވަނީ ބަންގި ގޮވުމުގެ ކުރިން އަސުރު ނަމާދު ކޮއްލެވޭތީއެވެ.

——-

” ކޮބާ .. ރީން ރެޑީތަ .. ” ދޮރު ހުޅުވާލަމުން ކޮޓަރިއަށް ވަތް ނީމް އާއި އައިލީން ފެނުމުން އައިރީން އެ ދިމާއަށް ބަލައިލިއެވެ. އެ މޫނުމަތިން ކުރިއާއި ހިލާފަށް ހަމަ ޖެހިފަ ހުރިކަން ފެންނަމުން ދިޔައެވެ. ” ޕިސް .. މިއުޅީ ލާނެ ހެދުމެއް ނޭނގިގެން .. ” އައިރީން  އެހެން ބުނެލި ގޮތުން ދެ މީހުން ކައިރިއަށް ހިނި އައެވެ. ” ސާބަސް ރީން .. ރީން ލަނީ ހުސް ކަޅު ހެދުން .. ތިތަނުން ކޮންމެވެސް ހެދުމެއް ދެން ލައިބަލަ .. މިހާރު އެންމެން ވެސް ރެޑީ އެކްސެޕްޓް ޔޫ .. ” ނީމް އާއި އައިލީން ހެދުން ތަށް ކައިރިއަށް އައިސް ހުއްޓި ލެދުންތަށް ހާވަން ފެށިއެވެ. ހެދުންތަށް ހާވަ ހާވާ ފައި ހެދުމެއް ނެގިއެވެ. އަދި އެއާއި އެއްކޮށް ގްރޭ ކުލައިގެ ޝޯލް އެއް ނެގިއެވެ. ” މި ހެދުން ކިހާ ރީތި .. މި ހެދުން ލައި .. އަން “އައިރީން އެހެނދުން ލައިގެން އައުމުން ނީމް މެން ބަސް ހުއްޓުނެވެ. އެ ހެދުމުގައި ސިލްވާ ކުލައިގެ ރީތި ފޮތިގަނޑެއް ދަށަށް ލައިފާ ހުރި އިރު  މަތިން ވަނީ ކަޅުކުލައިގެ ލޭސް ފޮތިގަނޑެކެވެ. އެ ލޭސް ފޮތިގަނޑު ވަކިހިސާބަކުން މެދުން ފަޅާލާފައި ވާއިރު ، ލޭސް ފޮތިގަނޑުގެ ދެކޮޅުގައިވެސް ގްރޭ ކުލައިގެ ހިމަ ހިމަ ރޭނދައެއް އަޅާފަ ހުއްޓެވެ. ގަޔަށް ހެޔޮވަރުކޮށް ފަހާފައި ވާ އެހެދުމުގައި އައިރީން ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ. ” ވާއު .. ޔޫ ލުކް ސޯ ބިއުޓިފުލް ރީން .. ރިއަލީ .. ހޫމް ދެން ލަސްނުކޮށް އަބަހަށް ޝޯލް އަޅާ .. މިފް އަންނަން ވާއިރަށް ޖެހޭނެ ރެޑީ ވެގެން ތިބެން .. ” ނީމް އައިރީން އަށް ޝޯލު ދިއްކޮއްލުމުން ދުން އަނބުރާލުމަށްފަހު ލޯ ގަނޑު ކުރިމަށްޗަށް ހުއްޓި ޝޯލް އަޅަން ފެށިއެވެ. އައިރީން ޝޯލް އަޅާ ނިމެންދެން ނީމް އާއި އައިލީން އާއި ދެމީހުން ފޭސްބުކަށްވަދެ ވީޑިއޯ ބަލަން ފެށިއެވެ. އައިރީން ޝޯލް އަޅާ ނިންމާލިއިރު ހުރީ 7:20  ވެފައެވެ. އެންމެ ފަހު ފަހަރަށް ލޯ ގަނޑުން ބަލަހައްޓައިގެން ހުރެ ރޫތަށް ރީތި ކުރަން ހުރި އައިރީން ނިމުނީއޭ ބުނެލުމާއިއެކު ނީމް އާއި އައިލީން ކޮޅަށް ތެދުވެ ތުންފަތުގައި ޕިއްކު ކުލައިގެ ބޭބީ ލިޕް ތުންފަތުގައި އުނގުޅަން ހުރި އައިރީން އަށް ބަލާލިއެވެ. އައިލީން އައިސް ފަހަތުން އައިރީން އާއި ދާދި ކައިރީގައި ހުއްޓިލުމުން އައިރީން ރީތި ހިނިތުންވުމަކާއިއެކު އެނބުރިލަމުން ރީތި ތޯ އަހާލިއެވެ. ” ހޫމް .. ވަރަށް ރީތި .. އަހަރެންގެ ޕިޔާރީ ކޮއްކޮ ..  މިރޭ ވަރަށް ލޯބި .. ވަރަށް ފުރިހަމަ .. ” އައިލީން އައިރީން ގެ ކޮލުގައި ހިފާލުމުން އައިރީން ހީލަމުން އައިލީން ގެ ގައިގަ ބައްދާލިއެވެ. ހިނިތުން ވެލައިގެން އެ މަނޒަރު ބަލަން ހުރި ނީމް ފޯނު ނަގާ ކަންފަގައި ޖައްސާލީ މިފްޒާލް ގުޅަން ފެށުމުންނެވެ.

” ރީން .. ލީން .. މިފް އެބަ އާދޭ .. ހިނގާ ދާން … ” ފޯނު ކަޑާލަމުން ނީމް ބޭރަށް ނިކުންނަން ހިނގައިގަތުމުން އަނެއް ދެމީހުންވެސް ނީމް ގެ ފަހަތުން ކޮޓަރިން ނިކުތެވެ.އައިރީން މެން ނިކުތް އިރު މިފްޒާލް ގެ ކާރު އައިސް ނޫވިލާގޭ ދޮރުމައްޗަށް އައިސް ހުއްޓިލިމުން ތިން މީހުން އަވަސް އަވަހަށް ކާރަށް އެރިއިރު ގަޑިން ހަތްގަޑި ސާޅީސް ވަނީއެވެ. އެ ގެ އިންނަނީ ހެންވޭރުގަ ކަމުން އައިރީން މެންނަށް އެހިސާބަށް ދެވުނު އިރު އަށްގަޑި ދިހައެއް ވަނީއެވެ. ނީމް މިފްޒާލް ގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަދެގެން ދިޔައިރު އެ ދެމީހުންގެ ފަސްފަހަތުން ވަދެގެން އައި އައިލީން އާއި އައިރީން އަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔައެވެ.

ކޯކު ތައްޓެއް ހިފައިގެން މިޝަލް ކައިރީގާ ހުރި އިޒްޔަން ގެ ނަޒަރު އެއްލި ކަޅިއަކުން އެތެރެއަށް ވެދެގެން އައި އައިރީން ފެނުމުން އިޒްޔަން އަށް ކަޅި ޖަހާލަން ވެސް ނޭނގުނު ފަދައެވެ. އެ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އިޒްޔަން ކައިރީގާ މީޝަލް ހުރިކަން ވެސް ހަނދާނެއް ނެތެވެ. އިޒްޔަން ބަލަހައްޓައިގެން ހުރި ދިމާއަށް މީޝަލް ބަލާލުމާއިއެކު އެ ހިތުގައި ރިއްސާލީ އިޒްޔަން ގެ ނަޒަރު ހުރީ ދާދި ދެންމެ އަކު ވަދެގެން އައި ދެ އަންހެން ކުދިންގެ ތެރެއިން ކުއްޖަކަށްކަން އިނގުމުންނެވެ. ” ޔާން .. ކޯއްޗަކަށް ތި ބަލަނީ ؟ ” އިޒްޔަން އެ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތަށް ހުރުމުން އެންމެ ފަހުން މީޝަލް އަށް އުނދަގޫ ވެގެންނެވެ. އިޒްޔަން އެހެން އަންހެން ކުއްޖަކާ ދިމާއަށް ބަލާކަށް އެ ހިތެއް ނޭދެއެވެ. އޭނާގެ ހިތުގައި އިޒްޔަން އަށްޓަކައި ލޯބި އުފެދިގެން ދިޔައީ ކިހިނެތް ކޮން އިރަކު ކަމެއް ހުދު މިޝަލް އަކަށްވެސް ނޭގެއެވެ. އިޒްޔަން ގެ ނަޒަރު ހުރީ ކާކަށް ކަން ވަރަށް ރަނގަޅަށް މިޝަލް އަށް އިނގެއެވެ. އިޒްޔަން ލޯބިވަނީ އެ އަންހެން ކުއްޖާ ދެކެ ކަން ވެސް އޭނައަށް އިނގެއެވެ. އެވަގުތު ދުވަހަކުވެސް މީހަކާއި މެދު ހަސަދަ ވެރި ނުވާ މިޝަލް ގެ ހިތުގައި ނަފްރަތުގެ އަލިފާން ރޯވެގެން ދިޔައެވެ. އިޒްޔަން ހާސިލް ކުރުމަށްޓަކައި އެ ހިތުގައި މޮޅު ޕްލޭނެއް ރާވާލިއެވެ.މިޝަލް ޝައިތޯނާގެ ވަސްވާހުގައި ހަމަ ރަނގަޅަށްވެސް ޖެހިގެން ދިޔައެވެ. .މިޝަލް ގެ އަޑަށް ސިއްސައިގެން ދިޔަ އިޒްޔަން ގެ އަތުގައި ހުރި ކޯކި ތަށިވެސް ބަނޑުން ނުވީ ހަމަ ކިރިޔާއެވެ. ހީލަމުން އެއްޗެއް ނޫނޭ ބުނުމަށްފަހު އިޒްޔަން އިރުކޮޅަކުން އެބަ އަންނަމޭ ކިޔާފައި ކޯކު ތަށިތައް ހުރި މޭޒާއި ދިމާއަށް ހިނގައިގަތެވެ.

މޭޒެއް ކައިރީގާ އިށީނދެގެން އިން އައިރީން އެތަން މިތަނަށް ކަޅި ހިންގަމުން ދިޔައީ ކޮންމެހެން އެ ޕާޓީ ތެރެއިން އިޒްޔަން ފެންނާނެ ކަމަކަށް ނޫނެވެ. އިޒްޔަން އާއި ދިމާއަށްބަލަހައްޓައިގެން އިންދާ އައިރީން ސިހުނީ އޭނަ އާއި ދިމާއަށް ސްޕޮޓް ލައިޓް އަޅުވާލުމުންނެވެ” މިރޭ މި ހާއްސަ ހަފްލާގައި .. މި ސްޓޭޖް ފަޅު ފިލުވަ ދޭނީ އަޅުގަނޑު ގެ އޮފީހުގެ އެންމެ ޒިންމާދާރު އެއް މުއައްޒަފެއް ކަމަށްވާ މިފްޒާލް ގެ ކޮއްކޮ އައިރީން .. ” އޭރު އައިރީން ދެލޯ ބޮޑުވެފާ އިން އިރު މިފްޒާލް ހިނިތުންވެލަމުން އަވަހަށް ދާށޭ ބުނުމުން އައިރީން މަޑު މަޑުން ކޮޅަށް ތެދުވިއިރު އެންމެން ގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރުމުން ހިނގަންވެސް އުނދަގޫ ވަމުން ދިޔައެވެ. ހާއްސަކޮށް އިޒްޔަން ގެ ނަޒަރު އޭނައަށް ހުއްޓިފައި ހުރިކަން އިނގުމުން އައިރީން ގެ ދެފައި އޮޅޭ ގޮތްވިއެވެ.

ސްޓޭޖަށް އަރާ މައިކް ކައިރިއަށް ހުއްޓިލިމަށްފަހު އެތާ ތަންކޮޅެއް ދުރުގައި ސްޓޭޖް މަތީގައި ތިބި މީހުން ކައިރިއަށް ގޮސް ގިޓައެއް ދެވިދާނެތޯ އަހާލިއެވެ. ގިޓާ ހިފައިގެން އައިސް އައިރީން އެތާ ބައިންދާފައި އިން ގޮނޑީގައި އިށީނދެލަމުން ހަމަ ޖެހިލިއިރު އެންމެން ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އައިރީން ލަވަ ކިޔާ އަޑު އަހާލާ ހިތުންނެވެ. ފުންނޭވައެއް ދޫކޮއްލަމުން އައިރީން ގިޓާ ގެ ނަރުތަކުން ރީތި ރާގެއް އަޅުވާލަމުން ލަވަ ކިޔަން ފެށިއެވެ.

ތިޔަ ހިތް އަދު ނަސީބުގައި ނެތް އިރު ..

ކީއްވެބާ އިންތިޒާރު ކުރެވެންވީ..

ކީއްވެހޭ ލޯބި ދެން މަށަށް ވެވެނީ ..

ކީއްވެހޭ ހިތް އެކީ މިހެން ދެވުނީ ..

ލޯބި ވިޔަކަސް ކުރީގަ ނުބުނީމާ ..

ލޯބި އަލަކުން ނެތޭ ލިބޭކަށް އަދު ..

މާ ކުރިން އިންތިޒާރު ކުރިޔަސް ދެން ..

މާނަ ނެތް އިންތިޒާރަކަށް ވީމާ ..

ތިޔަ ހިތް އަދު ނަސީބުގައި ނެތް އިރު ..

****

އެހިސާބަށް ކިޔުމަށް ފަހު އައިރީން ދެލޯ ހުޅުވާލަމުން ކައިރި ކައިރީގައި ތިބި މިޝަލް އާއި އިޒްޔަން އާއި ދެމީހުންނަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެ ރީތި ދެލޮލުގައި ކަރުނަތަށް ވިދަމުން ދިޔައެވެ. އެ ހިތަށް އެންމެ ބޮޑަށް ތަދުވެގެން ދިޔައީ މިޝަލް އިޒްޔަން ގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތުމުންނެވެ. އެ ދެމީހުންނާއި ނަޒަރު ވަކި ކޮށްނުލާ އިނދެ އައިރީން ލަވައިގެ ބާކީ ބައި ކިޔަން ފެށިއެވެ.

ކީއްވެބާއޭ މަށަށް މިތަން ފެނުނީ ..

މާ ކުރިން މަރުވި ނަމަ ކިހާ ހެޔޮ ހޭ ..

ހިތް ބުނޭ ހައްގެކޭ މަގޭ ތިއައީ ..

ހިތްވަރާއެކު ހިނގާށެ ކުރިއަށް ދާން ..

ދުނިޔެއަށް ގިނަވެފައި ހުރީ އެހެނަސް ..

ނުނިމި އޮތް އިންތިޒާރަކުން ތާއޭ ..

ލޯބި ނުވެވުނު ނަމަ ކިހާ ހެޔޮ ހޭ ..

ދުނިޔެއިން ވަކިވި ނަމަ ކިހާ ހެޔޮ ހޭ ..

* * *

މިހިސާބަށް ކިޔުމަށްފަހު އައިރީން އަނެއް ކާވެސް ލަވަ ކިޔުން ހުއްޓާލީ ލޮލުން ފޭދިގެން ކަރުނަތިއްކެއް ކޯތާފަތް މަތީގައި ދެމިގެން ދިޔައެވެ. އިޒްޔަން ގެ ހާލަކީވެސް އެއީ އެވެ. އައިރީން ގެ ލޮލުން ވެއްޓުނު ކަރުނަތިކި ކިތަންމެ ހާވެސް ރަނގަޅަކަށް އިޒްޔަން އަށް ފެނުނެވެ. އިޒްޔަން ގެ ދެލޯ ވެސް ބޭއިޙްތިޔާރުގައި ފެން ކަޅި ވަމުން ދިޔައެވެ.

* * *

ގެންދިޔަސް ދެން މަގޭ މެޔާ ޖިސްމާ ..

ހިތުގަ ވީ ތިޔަ ނަމޭ ފުރާލާފާ ..

ތިޔަ ލޯތްބޭ މަގޭ ހިތުން އެދެނީ ..

ދުނިޔޭންވެސް މަށާ އެކީ ވާށޭ ..

މިލްކެކޭ މީ ކަލާގެ އަންނާށޭ ..

ހެޔޮހިތުން ލޯބިވެސް މަށަށް ދޭށޭ ..

މާ ކުރިން އިންތިޒުގާ ވީމޭ ..

އަބަދުވެސް އިންތިޒާރު ކުރެވޭނޭ …

ލޯބި ދަސްވެއްޖެޔޭ މަށަށްވެސް އަދު ..

* * * *

ހިތް މަގޭ އިޙްތިޔާރުގައި ވޭހޭ..

ބާރު މިހިތަށް ނުފޯރުވޭ ނޫންހޭ ..

ބަސް ނެތޭ ބަލަ އެހުން މަގޭ ހިތެއް ..

ހާލަކީ މީ އަހާނުލާނަންހޭ ..

ކީއްވެހޭ ދެން މަށަށް މިހެން މިވަނީ ..

ތިޔަ ހިޔާލެއް ހިތުން ފިލާ ނުދަނީ ..

މީ ކުށެއް ކަން މަށަށް އެނގޭ އިރުގައި ..

ކީއްވެހޭ އިންތިޒާރު ކުރެވެންވީ ..

ތިޔަ ހިތް އަދު ނަސީބުގައި ނެތް އިރު ..

ކީއްވެބާ އިންތިޒާރު ކުރެވެންވީ..

ކެތް ކުރަން ހާދަހާ މަވެސް އެދެމޭ ..

ލޯބިވާވަރު ބުނަން މަވެސް އެދެމޭ ..

ލޯބިވާވަރު ދުލުން ތިހެން ނުބުނޭ ..

* * * *

ލަވަ ކިޔާ ނިންމާލުމާއިއެކު އެންމެވެސް އައިރީން ލަވަ ކީލެއް ރީތި ކަމުން އަތް ޖަހަން ފެށިއެވެ. އައިރީން ވެސް ލޮލުން ފޭދުނު ކަރުނަތިކި ފުހެލަމުން ފޭކް ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރި ކުރުވައިގެން ސްޓޭޖުން ފައިބައިގެން ގޮސް ކުރިން ވެސް އިން މޭޒު ކައިރިއަށް ހުއްޓިލިއެވެ. އަދި މިފްޒާލް ކައިރީގައި ގެއަށް ދާނީ ކޮން އިރަކުން ތޯ އަހާލީ އެތާ މަޑު ކުރަން އިތުރަށް ބޭނުންނުވުމުންނެވެ. ” އަދި އިރުކޮޅަކު މަޑު ކޮއްލާފަ ދާނީ .. ” މިފްޒާލް ގެ މި ޖަވާބުން އައިރީން ހިތްހަމަ ނުޖެހުނެއް ކަމަކު މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލިއެވެ.ނީމް ފެންތައްޓެއް ބަލައި ދާން ވެގެން އައިރީން އޭނައާއި އެއްކޮށް އައުމަށް ބުނުމުން ނީމް އާއި އެއްކޮށް އައިރީން ހިނގައިގަތެވެ.

ވިހަ ހިނިތުން ވުމަކާއިކެ ކޯކު ތައްޓަކަށް ޑްރަގްސް އަޅާލަމުން މިޝަލް އެ ތަށި ރަނގަޅަށް ގިރާލިއެވެ. އަދި އެތާ ހުރި ވޭޓަރަކަށް ގޮވާ ގެނެސް އެ ތަށި ދީފައި އިޒްޔަން  އާއި ދިމާއަށް އިނގިލި ދިއްކޮއްލަމުން އެހެރަ މީހާ އަތަށް ދޭށޭ ބުނުމަށްފަހު މިޝަލް އޭނާގެ ބައްޕަ ކައިރިއަށް ގޮސް ހުއްޓިލިއެވެ. ނަމަވެސް ތަޤްދީރު މިޝަލް އަކާއި އެއްބައެއް ނުވިއެވެ. ވެއިޓަރު މީހާއަށް ފެނުނީ އިޒްޔަން ގެ ކުރިމައްޗަށް މަޑު ކޮއްލި އައިރީން އެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

ފުންއަސަރު 07

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 44

Next
March 3, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 44

Previews
March 3, 2016

ފުންއަސަރު 07

35 Comments!

  1. lai says:
    March 3, 2016 at 8:13 pm

    hei all .. here is the nxt part .. n i’m really very srry fr late update .. exam nimunyma avas avahah liyalaafa mi up kohly .. so mistakes vess huredhaane .. do tell me the mistakes ingey .. hope u all will like this part too .. 🙂

  2. twnkl str says:
    March 3, 2016 at 8:34 pm

    Nyc…..when nxt prt

    1. lai says:
      March 4, 2016 at 2:08 pm

      Thanks twnkl str ?☺.. nxt part sundayga up kohdheynan.. insha allah ☺?

  3. Aimsithu says:
    March 3, 2016 at 8:39 pm

    Asluves varah bodah las vejje dho…vvaahakaige kanthah gandu handhaan ves nethey haa dhuvas vejje.. ekam vaahaka kiyan feshumun kureege baii handhaan vi.. vaahaka varah ves reethi. .. ekam anehhbaii thankolheh avahah up kohllaanan dho

    1. lai says:
      March 4, 2016 at 2:10 pm

      Thanks aimsithu .. yah dhw .. i knw .. yah aneh bai iraadha kurehviyya sundayga .. v dhigukoh up kohdhrynan ???

  4. ina says:
    March 3, 2016 at 8:51 pm

    Wowwwwww lailathuuuuuu…vrh vrh nyc mi prt…… n vrh vrh happy vejje mi stry up vyma…bt mi prt kiyaafa hama rovijje…:-S..hehehe…mishal dhn haadha goaheydhw. huh……I hate hr….hehehe…..mee THURSDAY dhw…:-P..hahahaha….whn is nxt prt????miss u kuda n bodukoh…hehe

    1. lai says:
      March 4, 2016 at 2:15 pm

      Thanks inaaaaaaaaa .. pis inaadhu dhw ? hehehehe saabas .. hama asluvess rovuntha? ?.. hmm v goas hehehe .. uhun my hama strday ?hehehe nxt part sundayga .. miss u too bodu n kudakoh .. hehehe ????☺

  5. Maalu says:
    March 3, 2016 at 9:02 pm

    Wowww wow wowwwwwww
    ♥♥♥♥ vrh vrh vrh vrh reethiiiiii….. laiiiiii u r the best
    😀 🙂 😀 waiting for th next part………. miss u alotttttttttt tvgc

    1. lai says:
      March 4, 2016 at 2:16 pm

      Thanks thanks thanks mal .. hehehe saabas .. miss u alot too .. tgc ????

  6. girl says:
    March 3, 2016 at 9:11 pm

    nyc

    1. lai says:
      March 4, 2016 at 2:17 pm

      Thanks girl ☺??

  7. sheyn says:
    March 3, 2016 at 10:50 pm

    alhey haadha laheh kohlaafa thi up kury..kurin vx onnaany ryn gaathu my sheyn ge favourit stry ey bunefa..v v v v inthixaaru koh fin..plx lai nxt part avas kohla

    1. handi ganduvaru kalhu sheyn says:
      March 3, 2016 at 10:54 pm

      Adhi dhw shryn ah riithi stwry eh mi fenunii

    2. lai says:
      March 4, 2016 at 2:22 pm

      I’m very srry sheyn .. aslu tha .. thanks sheyn .. nxt part sundayga up kohdhynan iraadhakurehviyya ☺?????

  8. haha says:
    March 3, 2016 at 10:55 pm

    Adhi dhw sheyn ah reethi vaahaka eh mi fenunii

  9. Ninni says:
    March 4, 2016 at 8:10 am

    Awlheyy Aireen ah ehn nuhadhabr dhw.. dhn Izyan r aireen gulhuvr..
    Ninni yah hama rovihje story kiyaagr.. ehr vx asarugadhr..
    Whn txt part???

    1. lai says:
      March 4, 2016 at 2:23 pm

      Hehe thanks ninni .. ix n ryn gulheyne v avahah .. nxt part sundayga ???

    2. Ninni says:
      March 5, 2016 at 2:39 pm

      Kiyaa hithun mihaaru ninni lolah nidhivx naadhey.. hehe ??

  10. Ryn says:
    March 4, 2016 at 9:34 am

    alheyyy laithuuu… ryn ah ehn nahadhabaa ???… n tht mishal or wht evr haadha gwhey hama ixx hwdhan knme fadha kameh vx khfaane dhw huh.. vrh foohi ve… bt laithuu ryn r ixx gulheyne dhw… hehehe moya ryn bt stil avahah e dhemyhun gulhuvanchey mi mishal gandu ah landeh dhyfa ? anyways vrh miss v mi stry mathin n vrh salhi mi prt… vrh happy vx vehje kiyunyma… n haan i luv tht sng.. thiya hiyy adhu nasybugaa neii iru kyhvebaa inthixaaru kureven v ???? kyhvehey lwbi dhn mashah vevuny… ? n vrh gulhey situation r vx e lava… i dnt knw wht to say hama habeys… gulhabeys hehehe… gd lck waitin eagrly fr the nxt prt.. luv n miss.. tc ???❤❤

    1. lai says:
      March 4, 2016 at 2:28 pm

      Hehe srry rynuu ..neynge hama mishal ah ingeyny hehehe .. yah ryn aa ix gulhuvaanamy .. nee n shine gulhenyaa ix aa ryn vess gulheyne hehehehehehe … yah varugadha landeh dheynan ?.. hehehe .. thanks rynuu .. thanks alott .. me 2 .. its one of my fav hehe .. once again thanks thanks . .. nxt prt sundayga up kohdheynan … luv n miss u too .. tgc ???????☺

  11. sheyn says:
    March 4, 2016 at 12:06 pm

    ehkala han di ganduvaru kalhu kamana gandu nubehey kameh vx noovey

    1. Cat says:
      March 4, 2016 at 12:38 pm

      Sheynge noveytha ladheh hayaatheh. Myhege dhariakaa dhimaalah thihaa hadikoh vaahaka dhahkamun dhaairu i m pretty sure kamana dheravaanekann. Kamana sheyn aa dhimaalah ehchekeyyy nubunyeyy kiyaafa sheyn ah hithu hurihaa ehcheh nukiyeyne dhw. U shld be bannd frm this site. Thikahala myhun ehvx myhakah rangalhu gotheh vaakag neydheyne. Thy dhehkun therikamun furifa oi myneh. Sheyn enme faharaku vx visnaalintha eyna aa dhimaalah handi ganduvaru kalhu kamana kiyaa iru eyna hithah araane ehcheh. Ehn nunas sheyn ah eyna fenigntha thi kalhey thikiyaniii. Mamii mi site ge admin nama sheyn thi nann beynun kiraa ekakahvx cmmnt nukureveygoi hadhaaniii. Sheyn ge manma aa bappa menn sheyn ah dhaskohdhiny myhunnah malaamaikoh firahsaara kurantha. Sheyn thy kihaa varehge myheh kameh mashakah neyge. Ekamakuvx thankolheh visnaalaignn myhunnaa dhimaalah ehchehi bunihyaa rangalhy. Dhn mi cmmnt kiyaa y do u care eyy none of ur business eyy ehnun bunaany. Mee too just hate people like yu. N get lost from this site.

  12. grl says:
    March 4, 2016 at 12:52 pm

    Kihaa bodu kameh tha mi..mi kalhu sheyn gandu mi moya kuhjjeh kanneynge

  13. understand says:
    March 4, 2016 at 2:59 pm

    sheyn gaathu nubunaanan vaahaka kiyun huhtaalaashey…sheyn beynun stry kiyan vy hama …. but stry kiyaafa comment kuraa goi kamaku nudhey …thihaa reethi kohves comment kurevudhaane… myhun naa dhimaala kalhey kiyaakah nuvaane …kn meh myhakuves dheravaane … sheyn aa dhimaalah myhaku kalhey sheyn hadi ey buny ma dheravaane ….. so plx dnt comment like this ….nd I cant stop u I know … anyways sheyn ah reethi stry kiyanvy… I hope u understand ….

  14. Liu says:
    March 4, 2016 at 4:36 pm

    Lai haada dhuvahaku intixaaaru kuruvaafieeeeee.sun day ah count down kuran fasaifin mihaaru.;-):p vaahaka hama vvvvvvvvv reeethi.luv dis stry and u sooooo muchhhhh.♥♡

  15. Inaash says:
    March 4, 2016 at 6:53 pm

    Liushaa dhw

    1. Liu says:
      March 5, 2016 at 12:13 pm

      Hnnmm.inaa myy vaaahaka ah comment kuraathaneh!:-) p

    2. Ssss says:
      March 5, 2016 at 12:17 pm

      Kon inaash akaa liushaaehtha?

  16. Thukko says:
    March 4, 2016 at 9:32 pm

    Nyc story waiting 4 another part

  17. Sheyn says:
    March 5, 2016 at 12:15 pm

    Vaaahaka vvvv hadi

  18. imaash says:
    March 6, 2016 at 3:24 am

    liushaa mah ingey mee vaahaka ah comment kuraa thaneh kan..ekamu thy dhn bodu varu geey

  19. Sweat girl says:
    March 6, 2016 at 8:26 am

    Imaash aa nubehey kameh noovey dho. E ee liushaa aa inaash aaa 2myhunge kameh dho

  20. inaash says:
    March 6, 2016 at 8:39 am

    thy kaaku thr???inaash jahanvegen ulhenikoh jehuny ye imaash

  21. Sweat girl says:
    March 6, 2016 at 9:48 am

    Hmmm.inaash dho can u guess who I am?inaaash aaa vvvvvv close kuhjehmee.lai stry up kurany konirakun.waitin curiously♥♡

  22. Sweat girl says:
    March 6, 2016 at 8:16 pm

    Lai stry kobaaaa?promisss broke kohlyyy dhooo.vaahaka kiaaa hithun hurevenyy kunooon.hope u will up dha stry very sooon………

Comments are closed.

Next Episodeލޯބިން އެކީގަ ވާނަމޭ.. (12)←


All Right Reserved!