Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 11

Ara
Ara Level 210 Stories100 Comments
January 24, 2026 3 Mins Read
5 Comments

ޒިޔާދާއި ޒިމާމްގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން މުޅި ގޭތެރެއަށް ފެތުރިގެން ދިޔައެވެ. ޒިޔާދު އޭނާގެ އޮފީހުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އޭނާގެ ސިކުނޑީގައި ވަނީ އިނާއަށް އޮތް ނަފްރަތެވެ.

“ބައްޕާ. އަހަރެން މިހާރު މީ ކުޑަކުއްޖެއް ނޫން.” ޒިމާމް އޮފީހަށް ވަދެ ޒިޔާދުގެ ކުރިމަތީގައި ހުއްޓުނެވެ. “އަހަރެން މި ވިޔަފާރިއަށާ މި އާއިލާއަށްޓަކައި ކުރި ހުރިހާ ކަމެއް ބައްޕައަށް އެނގޭނެ. ޒޭންގެ ކަންތައް ނިންމާލީވެސް އަހަރެން. އަހަރެންގެ ހަޔާތުގެ ނިންމުންތައް ނިންމާނީ ވެސް އަހަރެން އަމިއްލައަށް.”

“ކަލޭ ތިހިރީ ހަމަ ރަނގަޅަށް ވެސް އެ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިފައި” ޒިޔާދު ބާރަށް މޭޒުމަތީގައި އަތުން ޖެހިއެވެ. “އޭނަ ބޭނުންވަނީ އަހަރެމެން ދެބަފައިން ދުރުކުރަން. ކައިވެންޏަށް އެއްބަސްވީވެސް އެ ސަބަބަށްޓަކައި.”

“އަހަރެން އެކަން ޤަބޫލެއް ނުކުރާނަން.” ޒިމާމް ސާބިތުކަމާއެކު ބުންޏެވެ. “ބައްޕަ ޤަބޫލުނުވާނަމަ އަހަރެންގެ ހުރިހާ ބާރެއް ބޭނުންކޮށްގެންވެސް މި ކައިވެނި ކުރާނަން. އެކަމަކު ބައްޕަގެ ހުރިހާ ސިއްރުތަކެއް ރައްކާތެރިކޮށްދީގެން މިހުންނަނީ އަހަރެންކަން ހަނދާންކުރާތި.” ޒިޔާދު ހުއްޓުން އެރިއެވެ. ޒިމާމް އެ ދިނީ ނުސީދާ އިންޒާރެކެވެ. އޭނާގެ އަމިއްލަ ދަރިފުޅު އޭނާ އާއި ދެކޮޅަށް ތެދުވުމުން ޒިޔާދަށް މަޖުބޫރުވީ ގޮތް ދޫކުރާށެވެ.

“އެންމެ ރަނގަޅު” ޒިޔާދު ފުން ނޭވާއެއްލުމަށްފަހު ގޮނޑީގައި އިށީނދެލިއެވެ. “ދަރިފުޅު ތިހާ ބޭނުންވަންޏާ އަހަރެން ދެން ދައްކާނެ އިތުރު ވާހަކައެއް ނެތް. މާދަމާ ރޭ މިގޭގައި ބޮޑު ޕާޓީއެއް ބާއްވާނަން. އަދި ދަރިފުޅާއި އިނާގެ ކައިވެނި ރަސްމީކޮށް އިއުލާން ކުރާނަން.” ޒިމާމްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ޝުކުރިއްޔާ ބައްޕާ.”

ޒިމާމް އޮފީހުން ނިކުތުމާއެކު ޒިޔާދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ސެކިއުރިޓީ އޮފިސަރަށް ގޮވާލިއެވެ. “ޕާޓީގެ ހުރިހާ ކަމެއް ތައްޔާރުކުރޭ. އަދި ހަނދާންކުރާތި މި ޕާޓީއަކީ އެ އަންހެން ކުއްޖާގެ ދިރިއުޅުމުގެ އެންމެ ފަހު ރެއަށް ހަދަންވާނެ.”

ޕާޓީ އަށް މުޅި ގެ ވަނީ ކުލަ ބޮކިތަކުން ފަރިކޮށްލާފައެވެ. އިނާ ހުރީ ރަތްކުލައިގެ ދިގު ހެދުމެއްގައެވެ. އޭނާގެ ރީތިކަން ފެނިފައި ޕާޓީއަށް އައިސް ތިބި މީހުން ތިބީ އާޝޯޚުވެފައެވެ. ޒިމާމް ހުރީ ފަޚުރުވެރިކަމާއެކު އިނާގެ އަތުގައި ހިފާލައިގެންނެވެ.

ޒިޔާދު ސްޓޭޖަށް އެރިއެވެ. “އަޅުގަނޑުމެންގެ އާއިލާއަށް މިއީ ވަރަށް އުފާވެރި ވަގުތެއް. އަޅުގަނޑުގެ ދަރިފުޅު ޒިމާމް އާއި އިނާގެ ކައިވެނި މިރޭ އަޅުގަނޑު އިއުލާން ކުރަން.” ޒިޔާދު ހިނިތުންވެފައި ހުރެ ބުންޏެވެ. ނަމަވެސް އޭނާގެ ދެލޮލުން ފެންނަނީ ނުރައްކާތެރިކަމެވެ. އިނާ ޒިޔާދަށް ބަލާލިއެވެ. އޭނާއަށް އެ ހިނިތުންވުމުގެ ފަހަތުގައިވާ ނުރައްކާ އިހުސާސް ކުރެވުނެވެ. ނަމަވެސް އޭނާވެސް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ.

“ޒިމާމް. އަހަރެން މިރޭ ވަރަށް އުފާވެއްޖެ.” އިނާ މަޑުމަޑުން ބުންޏެވެ. “އެކަމަކު އަހަރެން ބޭނުންވަނީ މި އުފާވެރިކަން މުޅި އުމުރަށް ދެމިގެންދާން.”

ޕާޓީގެ ތެރެއިން ޒިޔާދުގެ އިޝާރާތަކަށް ސެކިއުރިޓީން ތައްޔާރުވަމުން ދިޔައެވެ. އިނާ އާއި ޒިމާމް އެކުގައި ކޭކު ފަޅަން ތައްޔާރުވެލިއެވެ. އެވަގުތު މުޅިގެއިން ކަރަންޓް ކެނޑުނެވެ. މުޅި ހޯލަށް ވެރިވީ ކަޅު އަނދިރިކަމެވެ. މެހެމާނުންނަށް ހާސްކަމާއި ސިހުން ވެރިވެގެން ދިޔައިރު ޒިޔާދުގެ ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. މިއީ އޭނާ ރޭވި ގޮތެވެ. މި އަނދިރިކަމުގެ ތެރޭގައި އިނާގެ ވަސްވެސް މި ދުނިޔެއިން ފޮހެލުމެވެ.

“ޒިމާމް.” އިނާ ބިރުން ޒިމާމްގެ އަތުގައި ބާރަށް ހިފާލިއެވެ. ނަމަވެސް އެވަގުތު ކޮންމެވެސް މީހަކު އިނާގެ އަތުގައި ހިފައި ދަމައިގަތެވެ. ޒިމާމްގެ އަތުން އިނާގެ އަތް ދޫވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“އިނާ؟ ކޮބައިތަ އިނާ؟” ޒިމާމް އަނދިރީގައި ތަންތަން ހޯދަމުން ހަޅޭއްލަވަން ފެށިއެވެ. އެވަގުތު އަނދިރިގަނޑުގެ ތެރެއިން ޒިޔާދު ފޮނުވި ދެ ސެކިއުރިޓީ ގާޑުން ބަޑި ތައްޔާރުކޮށްގެން އިނާ ހުރި ދިމާލަށް މިސްރާބު ޖެހިއެވެ. ނަމަވެސް އެމީހުންނަށް އިނާއާ ހަމައަށް ނުދެވިއުޅެނިކޮށް އަނދިރިކަމުގެ ތެރެއިން ވަރަށް ހަލުވި ހިޔަންޏެއް ފެނިގެން ދިޔައެވެ. ދެން އިވުނީ އެ ދެ ގާޑުން ބިންމައްޗަށް ވެއްޓުނު އަޑެވެ. އެއްވެސް މީހަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. އެ ހިޔަނި ވަރަށް ހުޝިޔާރުކަމާއެކު އިނާގެ އަތުގައި ހިފައިގެން ގޮސް ސްޓޭޖުގެ ފަހަތުގައި އޮތް ރައްކާތެރި ތަނަކަށް އޭނާ ގެންދިޔައެވެ. އިނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އެ މީހާގެ އަތުގެ ބާރާއި އޭނާގެ ހަށިގަނޑުން ދުވި ވަސް އިނާއަށް ވަރަށް ފަރިތައެވެ. އެއީ އޭނާ ދަންނަ މީހެކެވެ. ނަމަވެސް އެމީހަކު އެއްވެސް އެއްޗެއް ނުބުނެ އިނާ ބަހައްޓާފައި އަނދިރިގަނޑުގެ ތެރެއަށް ގެއްލުނީއެވެ.

ކުއްލިއަކަށް މުޅިތަނަށް އަލިވެގެންދިޔަ އެވެ. އެންމެންގެ ލޯތައް އަމާޒުވީ ސްޓޭޖު ކައިރީގައި ބިންމަތީގައި އޮތީ ޒިޔާދުގެ ދެ ސެކިއުރިޓީ ގާޑުންނެވެ. އެމީހުން އޮތީ ހޭނެތިފައެވެ. އެމީހުންގެ އަތުގައި އޮތީ ސައިލެންސަރު ހަރުކުރި ބަޑިތަކެވެ.

“މީ ކޮން ކަމެއް؟” ޒިމާމް ހައިރާންވެފައި ބަޑިތަކަށް ބަލާލިއެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ ސްޓޭޖުގެ އެއްކައިރީގައި ހުރި އިނާއަށެވެ. އިނާ ހުރީ ސަލާމަތުންނެވެ.

ޒިޔާދުގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. އޭނާގެ ރޭވުން ފޭލްވީ އެކަންޏެއް ނޫނެވެ. އޭނާގެ މީހުންނަށް ހަމަލާދިނީ ކާކުކަން އޭނާއަށް އޮޅުމެއް ނެތެވެ. ޒިޔާދު ވަށައިގެން ހޯދާލިއެވެ. އެވަގުތު ހޯލުގެ ދުރުގައި ހުރި ބޮޑު ދޮރުން މީހަކު ނިކުމެގެން ދިޔަ މަންޒަރު ޒިޔާދަށް ފެނުނެވެ. އެއީ ކަޅު ހޫޑީއެއް ލައިގެން ހުރި މީހެކެވެ. އޭނާގެ ހިނގުމާއި ހަށިގަނޑުގެ ބައްޓަން ޒޭން އާއި އެއްވެސް ތަފާތެއް ނެތެވެ.

ޒިޔާދުގެ އަތުގައި އިން ބިއްލޫރި ޖޫސްތަށި ބިންމައްޗަށް ވެއްޓި ތެޅުނެވެ. “އޭނަ… އޭނަ އަދިވެސް އެބައުޅޭ” ޒިޔާދު މަޑުމަޑުން ބުނެލިއެވެ.

ޒިމާމް ދުވެފައި ގޮސް އިނާގެ ގައިގައި ބައްދާލިއެވެ. “އިނާ.. އިނާ ރަނގަޅުތަ؟ ކިހިނެއްވީ؟”

އިނާ ޒިމާމަށް ބަލާލިއެވެ. “އަހަރެން ސަލާމަތްވީ ކޮންމެވެސް މީހެއްގެ އެހީގައި.” އިނާ މަޑުމަޑުން ބުންޏެވެ. “އެކަމަކު އެއީ ކާކުކަމެއް އަހަންނަކަށް ނޭނގޭ.”

ޒިމާމް އޭނާގެ ބައްޕައަށް ބަލާލިއެވެ. ބިންމަތީގައި އޮތް ބަޑިތަކާއި ޒިޔާދުގެ މޫނުމަތީގައި ހުރި ކުލަވަރުން ޒިމާމަށް ހުރިހާ އެއްޗެއް ވިސްނުނެވެ. އޭނާގެ ބައްޕަ އިނާ މަރާލަން އުޅުނުކަން އޭނާއަށް ޔަގީންވިއެވެ.

“ބައްޕާ” ޒިމާމްގެ އަޑުގައި ހުރީ ނަފްރަތެވެ. “މިރޭ އަހަރެމެންގެ ގުޅުން މުޅިން ކެނޑިއްޖެ. ބައްޕަ ތި ރޭވީ އަހަރެންގެ ވާން އުޅޭ އަނބިމީހާ މަރާލަން.” ޕާޓީގެ މެހެމާނުންގެ މެދުގައި ބޮޑު ހަލަބޮލިކަން އުފެދުނެވެ. ޒިޔާދުގެ ނަމާއި އަބުރު ވެއްޔާ މޮޑެވިގެން ދިޔައީ އެންމެންގެ ކުރިމަތީގައެވެ. ނަމަވެސް އެންމެ ބޮޑު ސުވާލަކީ އެ އަނދިރިކަމުގެ ތެރޭގައި އިނާ ސަލާމަތްކުރީ ކާކު ހެއްޔެވެ؟

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ތިޔައީ ހަނދޭ-7

Next

ތިޔައީ ހަނދޭ-8

Next
January 24, 2026

ތިޔައީ ހަނދޭ-8

Previews
January 24, 2026

ތިޔައީ ހަނދޭ-7

5 Comments!

  1. 😶‍🌫️Raajiha 😶‍🌫️ says:
    January 24, 2026 at 12:20 pm

    So Zayn mareh nuvay dhww???
    Omg what is happening 😮
    Hope zeyn zimaam ah forgive kuraanekan
    When is next??

    1. Ara Ara says:
      January 25, 2026 at 12:06 am

      Let’s see. Tomorrow next part 😊🫶🏻

  2. Anaa says:
    January 24, 2026 at 2:33 pm

    I love how zimam didn’t hesitate to choose Ina over his father. I’m so glad Ina is safe. But the mystery remains where is zayn hiding? Every part gets more intense. You’re absolutely killing it ❤️👏🏻

    1. Ara Ara says:
      January 25, 2026 at 12:10 am

      Thank you 🫶🏻 Comments like this keep me going 🥹🫶🏻

  3. Anonymous says:
    January 24, 2026 at 4:30 pm

    Zayn

Comments are closed.

Next Episodeބޮޑީގާޑު 12←


All Right Reserved!