ތި ސޫރަ ނޫން 42
* “ލެޓްސް ގޯ.. ދައްތަ އެބައުޅޭ ތަނެއްގައި ނުވެސް އިށީނދެވިގެން މިއާ ނާންނަނީސް.. ކައްކާލިވަރުން އަވަށަކަށް ކާންދޭން ޖާފަތެއް ތައްޔާރުކުރީހެން ވެސް ހީވެދާނެ..” ޝަފްވާން ބުނެލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި މިއަލް ބަލަން ހުރުމުން ޝަފްވާން ބުމަ ހިއްލާލިއެވެ. ހިތާދެކޮޅަށް މިއަލް ސައިކަލަށް އެރީ މި ވާނީ މިޝަލްގެ ރޭވުމަކަށް ކަން އެނގޭތީއެވެ. *
“ކީއްކުރަން މިތަނަށް ބަލާ އައީ..؟ ދޮންބެ ނޫނީ ތިއްތިއަށް ފެނުނުނަމަޔޯ..؟” މިއަލް އަހާލީ މަޑުންނެވެ. އެހެން މީހުންނަށް ސިއްރުން ލާން އަންނަން އަދި ބަލާ ދާން ވަކި ތަނެއް މިޝަލް ކަނޑައަޅާފައިވާތީއެވެ.
“ދެން ހިތަށް އެރީ މިއާއަށް ފަސޭހަކޮށްދޭނީއޭ.. ވަރުބަލިވެފައެއްނު މިހާރުވެސް ތިހުރީ.. އަދިވެސް ނުވޭތަ އެންމެން ކައިރީ ބުނާކަށް.. މަ ވާހަކަ ދައްކަފާނަމޭ އަހޫ އާ..” ދުއްވަމުން ޝަފްވާން ބުނެލިއެވެ. މިއަލް މަޑުމަޑުން އޭނާގެ ބުރަކަށީގައި ޖަހާލާފައި ނޫނެކޭ ބުންޏެވެ. ވާހަކަދައްކާއިރު މިޝަލްއަށް ނޭނގި މީހުންގެ ގައިގައި ޖަހާލާ ހެދޭކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. މިވަގުތަށް އޭނާ މިޝަލްގެ އުޅުން ނަކަލުކުރަން އެބަޖެހެއެވެ.
“މިއާ ބޭނުންގޮތެއް.. އާދޭ ވަންނަން..” ޕާކު ކޮށްފައި ޝަފްވާން މިއަލްގެ އަތުގައި ހިފާލިއެވެ. އަދި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ދޮރުމައްޗަށް އެރޭއިރަށް ކާއެއްޗެހީގެ ވަސްގަނޑު އައިސް ނޭފަތް ބުޑުގައި އެނބުރިގަތެވެ.
“މިއަލް.. އަވަހަށް އާދޭ އިށީންނަން.. ޝައްޔާން..؟ ޝައްޔާން..!!” ތައްޓަށް ބަތް އަޅަން ހުރެފައި ސިފްރާ ބާރަށް ގޮވާލިއެވެ. އިރުކޮޅަކުން އިސްތަށިގަނޑު ރަނގަޅުކުރަމުން ޝައްޔާން ކޮޓަރިން ނިކުމެގެން އައެވެ. އޭނާގެ އަތުގައި ގަލަމަކާއި ފޮތެއް އޮތެވެ. މިއަލް ފެނުމާއެކު އޭނާ ހިނިތުންވުމެއް ބަދަލުކުރިއެވެ.
އިށީނދެފައި މިއަލް އަވަހަށް މިޝަލްއަށް މެސެޖް ކުރިއެވެ. މިވާނުވާ ނޭނގިގެންނެވެ.
“ޕިސްޕިސް.. މީނަ ވެސް ނުކުރާނެ ކުރަން ބުނާ ކަމެއް..” ބޭރުގައި މަޑުކޮށްކޮށް ފައި ވާޅުވާވަރުވެފައި ހުރެ މިޝަލްއަށް ބުނެވުނެވެ. ޝަފްވާން އޭނާ ބަލާ ނައި ސަބަބު މި އެނގުނީއެވެ. އޭނާ އެ އެޕާޓްމެންޓަށް މިދަނީ ކަމަށް ބުނެ ފަނަރަވަރަކަށް މިނެޓްތެރޭ މިއަލް ގާތު ބޭރަށް ނިކުންނަން އެދުނެވެ. އަދި ކުޑަ އިރުކޮޅެއްތެރޭ އޭނާ ރާވާލި ރޭވުން ވެސް މިއަލް އާއި ހިއްސާކޮށްލިއެވެ.
“ވަރަށް މީރު ހުރިހާ އެއްޗެއް ވެސް.. މިއަށް މިހުރީ ލެމަން ޕިއުރީ އަޅާފަތަ..؟” މިއަލް އެއްސެވެ. ހައިރާންވެފައިވާ ހިނިތުންވުމަކާއެކު ސިފްރާ ބޯ ޖަހާލިއެވެ. އަދި އެއީ އޭނަގެ ސީކްރެޓް ރެސިޕީ ކަމަށް ބުނެ އެނގުނީ ކިހިނެއްތޯ އެއްސެވެ. މިއަލް ހީނލާފައި އޭނާގެ ދުލަށް އިހުސާސްވީ ކަމަށް ބުންޏެވެ.
އޭނާގެ ސިކުނޑިއަށް ލުއިވެފައިވާވަރު އެނގުނީ ދެނެވެ. މިހުރިހާ ދުވަހު ބޮލަށް ބަރުވެފައިވީ ހަމައެކަނި އެގްޒާމްތަކާ ހެދިއެއް ނޫނެވެ. ޝަފްވާން ނެތުމުންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭ އޭނާގެ ދިރިއުޅުމުގެ ބޮޑުބަޔަކަށް ޝަފްވާން ވެފައިވާ ކަމުގެ އިހުސާސް ކުރެވުނީ އަދި ކިރިޔާއެވެ. މިތަނުން ކުރެވެނީ ދެވަނަ ހިޔާވަހި ކަމެއްގެ އިހުސާސެވެ. ސިފްރާ އޭނައަށް އަޅާލައެވެ. ޝައްޔާން އޭނާ ބަލައިގަނެއެވެ. އެންމެ ފަހަށް އޭނަދެކެ ޝަފްވާން އެހާވަރަށް ލޯބިވެއެވެ. ފުރިހަމަ އާއިލާއެކެވެ. އޭނާ އަބަދުވެސް ބޭނުންވިފަދަ ގުޅުމެކެވެ.
“އެކަމަކު ކުރިން ދުވަހު ރެސްޓޯރެންޓަށް ދިޔައިރު މިއާއަކަށް ނޭނގުނު އެ ރައިސްއަށް އަސޭމިރުސް އަޅާފައި ހުރިކަމެއް ވެސް ދިމާ ކުރިމައްޗަށް ފެންނަން ހުރިއިރު..” ޝަފްވާން މަލާމާތް ކޮށްލިއެވެ. މިއަލް ކޮށިއެރިއެވެ. އުމުރު ދުވަހު ގޭގައި ކެއްކިއިރު އެވަރުގެ ކުޑަ ކަމެއް ވަކިކުރަން އޭނާއަށް ނޭނގި ނުހުންނާނެތީއެވެ. ދެން ހަނދާންވީ އެދުވަހު ޝަފްވާނާއެކު ކާން ދިޔައީ މިޝަލް ކަމެވެ.
“އެ ދެން ޝަފްވާނަށް އެނގޭތޯ ބަލާލީއޭ..” މިއަލް ދުރު ބަލާލަމުން ހީނލިއެވެ. ޝަފްވާންގެ މޫނަށް ވީހާވެސް ނުބަލާ ވޭތޯ އޭނާ ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
“އެބަ އަންނަން ސުޕާރީކޮޅެއް ގަނެލައިގެން.. ކުޑަކޮށް ބޯ އަނބުރާހެން ހީވޭ އެބަ..” ކައިގެން އެންމެން ކެރަމް ކުޅެން ރާވަން އިންދާ މިއަލް ބުނެލިއެވެ. ބޭރަށް ނިކުންނަން އޭނާއަށް އެއަށްވުރެ ރަނގަޅު އުޒުރެއް ނުފެނުނީއެވެ.
“އާރ ޔޫ އޯކޭ..؟ ގެއަށް ދާން ބޭނުމީތަ..؟ ހުން އައީތަ..؟ ހުރޭ އެބަ އަންނަން ވަރަށް އަވަހަށް އެ ގަނެގެން..” ހާސްކަމާއެކު ޝަފްވާން އައިގޮތަށް އައިސް އޭނާގެ ނިތްމަތީ އަތްޖައްސާލައިފިއެވެ. މިއަލްއަށް ހީވީ ގަޔަށް ފިނި ރާޅެއް ޖެހިހެންނެވެ. އެހާ ގާތުން ޝަފްވާންގެ މޫނު ފެނުމާއެކު އެހެން ދިމާއަކަށް ބަލާލަން އޭނާ ދެން ނުކުޅެދުނެވެ. ކަންބޮޑުވުން އެކުލެވޭ އެދެލޮލުން ފެންނަމުންދަނީ އޯގާތެރިކަމެވެ.
“ނޫނޭ.. ވަރަށް އަވަހަށް މި އަންނަނީ..” އެހެން ބުނެ އަތް ހޫރާލާފައި މިއަލް ނިކުތެވެ. ޝަފްވާނަށް އިތުރު ޚިޔާލެއް ކުރަން ފުރުސަތު ނުދީއެވެ.
މިޝަލް ބުނި ހެދުން ވިއްކާ ފިހާރައާ ހަމައަށް ދެވުނުއިރު އޭނާ ހުރީ ނޭވާ ކުރުވެފައެވެ. އޭރު މާސްކެއް އަޅައިގެން ހުރި މިޝަލް ހަނާ އަޅާލައިފިއެވެ. އަޅި ހެދުންކޮޅަކާއި ފަޔަށް ދޫ ކަޅު ޖިންސެއް ލައިގެން ‘އިސްތަށިގަނޑު’ ދޫކޮށްލައިގެން ހުރިއިރު ވަރަށް ރީއްޗެވެ.
މިއަލް އަވަހަށް ފިހާރައިގެ ޗޭންޖިންގ ރޫމަށް ގޮސް ރީނދޫ ހުޑީއަކާއި އެކުލައެއްގެ ޕޭންޓްސްއެއް ލާ މިޝަލްއާ ވައްތަރުވާނެ ގޮތަށް ތައްޔާރުވިއެވެ. އަދި އޭނާ ކިއަނާގެ ހަފްލާއަށް ލީ ހެދުން ކޮތަޅަކަށް ލާފައި މިޝަލް އަތަށް ދިނެވެ. މިހާރު މިއަލް ހީވަނީ މިޝަލް ހެންނެވެ. އަދި މިޝަލް ހީވަނީ މިއަލް ހެންނެވެ.
“އަން.. ޓޭކް އަ ޓެކްސީ ހޯމް..” މިއަލް އަތަށް މިޝަލް ރުފިޔާ ލައިދިނެވެ. އަދި މާސްކު ނަގާފައި މޫނު ރީތިތޯ އަހާލާފައި މިއަލްގެ ގައިގައި ބައްދާލިއެވެ. މިއަލް ވެސް އާނއެކޭ ބުނެ ހީނލާފައި މިޝަލްގެ ގައިގައި ހިފަހައްޓާލީ ނުހަނު ލޯބިންނެވެ. އޭނަޔާ ހެދި ދޮންތި އުފާވާތީ އެހިތަށް ވެސް ފިނިކަމެއް ލިބެއެވެ. މިޝަލް ނިކުންނަން ހިނގައިގަތެވެ.
“ތީތަ ސުޕާރި ގަންނަން މީހުން ދާ ތަނަކީ..؟”
ދެމީހުންނަށް ދެކޮޅަށް ހިނގައިނުގަނެވެނީސް އިވުނީ ޝަފްވާންގެ އަޑެވެ. ދެމީހުން ވެސް ދިޔައީ އެއްލިގެންނެވެ. ހުރެވުނީ ފުރަގަސްދީގެން ނަމަވެސް މޫނުމަތީ އޮތް މާސްކުގައި ހިފާ ބާރު ކޮށްލިއިރު މިއަލްގެ ހިތް ހީވީ މޭފަޅާލާފައި ފުންމާލަފާނެހެންނެވެ. މިޝަލްގެ ހާލަކީ ވެސް މިއެވެ. އޭނާ ނުތަނަވަސްވެފައި މިއަލްގެ މޫނަށް ބަލާލީ ހިނިތުންވުމެއް ވެރިކޮށްލަމުންނެވެ.
“ޕާރޓީ ހެދުން ވަރަށް އުނދަގޫ.. އެހެންވެ ހިތަށް އެރީ އަންނަމުން ބަދަލު ކޮށްލާނީއޭ..” މިޝަލް އަވަސްއަވަހަށް އަތުގައި އޮތް ކޮތަޅު ދައްކާލިއެވެ. ރޭވިގޮތަށް ސީން ނުދިޔަ ނަމަވެސް ވާހަކަ ކުރިއަށް ގެންދިޔައީ ހަމަ އޭނާ ރޭވި ޑައިލޮގަށެވެ.
“ކުރިން ބުނެލިނަމަ.. އައި ވޮޒް ވޮރިޑް. ގިވް ދެޓް ޓު މީ..” ޝަފްވާން ކޮތަޅު އަތުލިއެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ މިއަލްއެވެ. ނަމަވެސް ޝަފްވާންގެ ނަޒަރުން މި ފެނުނީ އަތިރިމަތިން ދިމާވާ އެއްކަލަ ކޮފީ ދޭ މިޝީއެވެ.
“އޭ.. މިޝީ ދޯ..؟؟ ހާދަ ދުވަހެއް ވެއްޖެޔޭ ނުފެންނަތާ..” ޝަފްވާން ހަނދާންވެގެން ގޮވާލިއެވެ. އަދި ހީނލީ އިހްތިރާމީ ގޮތަކަށެވެ.
ވާނުވާގައި މިއަލްއަށް ބަލާލަވުނީ މިޝަލްއަށެވެ. ޝަފްވާން އެކިޔަނީ ކީކޭބާއެވެ.
“އޭން.. ޝަފްވާނަށް ވެސް މިޝަލް އިނގޭތަ..؟؟؟” ދުލުގައި ދަތް އަޅާލާފައި މިޝަލް މަސްނޫއީ ހިނިގަނޑެއް ޖަހާލިއެވެ. ހުރިހާ ވާހަކައެއް ހިއްސާކުރިއިރު އޭނާ މިއަލްއަށް މިބައި ކިޔާދޭކަށް ހަނދާނެއް ނެތެވެ.
“މިޝަލް އާއި އަހަރެން ވެސް ދިމާވީ ބީޗުން.. ޝީ ގޭވް މީ ކޮފީ ޓޫ.. އޭނާގެ ބައްޕަ ހިންގާނެ އެތާ ކޮފީޝޮޕެއް.. މިޝީ އިޓްސް ސޯ ނައިސް ޓު ސީ ޔޫ..” މިޝަލް ކުރުކޮށް ކިޔާލަދިނެވެ. ފަހުމުވާނެ ގޮތަކަށެވެ. މިއަލްއަށް މުޅިން ނޭނގުނު ނަމަވެސް ހިނިތުންވެފައި އަތް ހޫރާލިއެވެ.
“އެއޮއް ގުޅަނީ ދައްތަ.. އާދޭ ކުޅެން ދާން..” ޝަފްވާން މިޝަލްގެ އަތުގައި ހިއްޕެވެ. މިއަލްގެ ހިތަށް ތޫނު ތަދެއް ވީހެން ހީވިއެވެ.
“ޝުއަރ.. ކޮންތާކަށް މިދަނީ..؟” މިޝަލް އެއްސެވެ. އޭނާ ހިތުން ކުޅެން މި އުޅެނީ ބާސްކެޓް ބޯޅަ ނޫނީ ބޯލިންގ ފަދަ ކުޅިވަރެކެވެ.
“ގެއަށެއްނު..؟” ޝަފްވާން ބުމަ އަރުވާލިއެވެ.
“އޯހް.. ކޯޗެއްތަ ކުޅެނީ..؟” ޚިޔާލެއް ފިކުރެއް ނެތި މިޝަލް އަހާލިއެވެ. އެ އަޑު އިވި މިއަލް ބޯ ކަހާލާފައި މެސެޖެއް ލިޔަން ފެށިއެވެ. ފޯނަށް ނޮޓިފިކޭޝަނެއް ލިބުމާއެކު މިޝަލް އެއަށް ބަލާލިއެވެ. އެހެނަސް ވަގުތުން ނަގާ ބަލާކަށް ނުކެރުނެވެ. ޝަފްވާނަށް ކިރިޔާވެސް ޝައްކެއް ވެދާނެކަމަށް ޓަކައެވެ.
“ބަލަގަ ކެރަމްއެއްނު..؟ ހަމަ އަސްލަށް ވެސް އޯކޭތަ..؟ ބޭނުމިއްޔާ އެހެން ރެއަކު ވެސް ކުޅެވިދާނެއޭ. ދައްތަ ވެސް ނުބުނާނެ އެއްޗެއް.. މިއާ ބަލިވެއްޖެއްޔާ އެންމެން ވެސް ކިހާ ދެރަވާނެ..” ޝަފްވާން އިހުނަށްވުރެ ބޮޑަށް ކަންބޮޑުވިއެވެ.
“ނޯ އައިމް ޕާރފެކްޓްލީ ފައިން.. އޭޒް ހެލްދީ އޭޒް އަ ހޯސް.. ލެޓްސް ގޯ..” މިޝަލް މާޗުކުރާ މީހެއް ފަދައިން ހިނގައިގަތުމާއެކު ދެގުނައަށް އަޖައިބުވެފައި ޝަފްވާން ގޮސް އޭނާ ހުއްޓުވިއެވެ.
“ބޮލުގެ ރިހުން ދިޔައީތަ..؟” މިޝަލްގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލާލަމުން ޝަފްވާން އަހާލީ ލަސްލަހުންނެވެ. މިޝަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ބަލާލީ މިއަލްއަށެވެ. އޭރު ނިތްމަތީ ޖަހާލާފައި މިއަލް ދުރު ބަލާލަނީއެވެ.
“ސުޕާރީ ބޭނުމޭ ބުނީމަ އެތިކޮޅެއް ދީފިން.. މިހާރު ނޯސިއާ ގޮސްދާނެ..” މިއަލް އަވަސްއަވަހަށް ބުނެލީ އެހީވުމުގެ ގޮތުންނެވެ. މިޝަލް އެއްބަސްވީ ސިކުންތެއް ވެސް ލަސް ނުކޮށެވެ. އަދި ޝަފްވާންގެ އަތުގައި ހިފަމުން ދާން ހިނގައިގަތީ މިއަލްއަށް ހީލާފައެވެ.
***********
އަހުނަފާއި ތަނާ ތިބީ ތަނާމެންގެ ގޭގައެވެ. ސިޓިންގރޫމުގައި ތަނާގެ މަންމަ ޓީވީއިން އަތޮޅު ފުޓުބޯޅަ މެޗެއް އިނެވެ. ދޭތެރެދޭތެރެއިން އެރަށު ޓީމަށް ގޯލެއް ނުޖެހިގެން ޕިސްޕިސް ކިޔާލާ އަޑު އިވެއެވެ. އެހާވަރަށް ސާބަސްވެސް ދެއެވެ. އަހުނަފާ ތަނާ އާއި ދެމީހުން ތިބީ ކްލޭއިން ތަފާތު އެއްޗެހި ހަދާށެވެ. ދެމީހުން ވެސް ހަދަމުން ދިޔައީ ދެ މަޝްރޫމެވެ. ތަނާގެ ރަތް މަޝްރޫމް ނުހަނު ރީއްޗެވެ. އެއާ ޚިލާފަށް އަހުނަފްގެ ފެހި މަޝްރޫމު ސައިޒުން ބޮޑެވެ. އަދި ބައްޓަންތައް އެއްވަރެއް ވެސް ނޫނެވެ. އޭނާ އަތުން ހުދު ކްލޭ ހުސްވެގެން ތަނާގެ ކްލޭގަނޑުން ބައެއް ވަގަށް ނެގިއެވެ.
“އަދިވެސް ޝަފްވާނާ ވާހަކައެއް ނުދައްކަންތަ..؟” މަޖާ ވާހަކަތައް ދައްކަމުން ގޮސް ތަނާ މައުޟޫ ބަދަލުކޮށްލިއެވެ. ގަސްތުގައެވެ. ޝަފްވާން ނެތުމުން އަހުނަފް ދެރަވާނެކަން އެނގޭތީ އޭނާ ވެސް ހުންނަނީ ދެރަވެފައެވެ.
“އޭނަގެ ވާހަކަ ބާއްވާ.. މަގޭ ކޮއްކޮ ހިތުގައި ޖައްސާ މީހަކާ މަ ނޫޅެން ވާހަކަ ދައްކާ ހިތަކުން..” އަހުނަފް ބުނެލީ ފަރުވާކުޑަ ރާގަކަށެވެ. މަޝްރޫމް ދުރަށް ޖައްސާލާފައި ތަނާ އަހުނަފްގެ އަތްމަތީ އަތް ބާއްވާލިއެވެ.
“ޔޫ ޑޯންޓް ހޭވް ޓު ލައި ޓު މީ.. ކޮންމެ ވާހަކައެއް ކިޔާދިނަސް ތަނޫ އަޑުއަހާނެކަން އެނގެއެއްނު..؟” ލޯތްބާއެކު އެ އަތުގައި ފިރުމާލަމުން ތަނާ ބުނެލިއެވެ. އަހުނަފް ތަނާގެ މޫނަށް ނަޒަރު ބަދަލުކޮށްލިއެވެ. އެ ލޮލަށް ބަލަން އިނދެފައި އަހުނަފަށް އެންމެފަހުން ހީނލެވުނެވެ. ބަލިގަބޫލު ކުރާފަދަ ގޮތަކަށެވެ.
“ޝަފްވާން ދެން.. ކަޑަ ކަމެއް ކުރާނެއެކޭ ހިތެއް ނުބުނޭ.. އެހެންވެ އެހާ ރުޅި އާދެވުނީ.. އޭނަގެ ތަބީއަތާ ޚިލާފު އަޑެއް އެރީމަ އަދި މަށަށް ވަގުތުން އެކިއުސް ކުރެވުނީމަ..” އަހުނަފް ތެދު ހާމަކުރިއެވެ. ތަނާ ބޯ ޖަހާލަމުން ކުރިއަށް ގެންދަން އެދުނެވެ.
“މަ ބޭނުން ވާހަކަ ދައްކަން.. އެކަމަކު ހަގީގަތް ނޭނގެނީސް ނޫޅެން އެއްވެސް ކަމެއް ކުރާކަށް.. އެލް ނޫނީ އޭނަގެ ތެރެއިން އެކަކު އައިސް މަ ގާތު ތެދު ބުނީމަ ދެން އޯކޭ..” އޭނާ ކަމެއް ނުކޮށް އިން ސަބަބު ވެސް އަހުނަފް ހިއްސާ ކުރިއެވެ.
“ދެޓްސް ނޮޓް އަ ބޭޑް އައިޑިޔާ.. އެކަމަކު މާގިނަ ދުވަސް ވަންޏާ އަހޫ އަމިއްލައަށް ރީޗް އައުޓް އިނގޭ.. ރަނގަޅު ރަހުމަތްތެރިންނަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނަސީބު.. އެންޑްް މައި ގަޓް ޓެލްސް މީ ޝަފްވާން އިޒް ދެޓް ފްރެންޑް ޓު ޔޫ އެންޑް ޔޫ އާރ ދެޓް ފްރެންޑް ޓު ޝަފްވާން.. ހަނދާންކުރައްޗޭ އެއީ ހަމައެކަނި އަހޫގެ އެކުވެރިއެއް ނޫންކަން.. އަހޫ މަންމަ ވެސް ކިހާ މިސްވާނެ.. އިންނުގެ ދެވަނަ ބޭބެ އެއީ.. އެންޑް ލެޓްސް ބީ ރިއަލް.. ޔޫ ކާންޓް ލިވް ވިތްއައުޓް ހިމް އީދަރ.. އެއަށްވުރެ ގާތް ބައެއް ތީ..” ތަނާ ބުނެލިއެވެ. އަހުނަފް ބޯ ޖަހާލީ އެއްބަސްވަމުންނެވެ.
“އަސްލު ނޭނގޭ މަގޭ އެންމެ ބޮޑު ރައިވަލް އާއި އަހުނަފްގެ ގުޅުން ރަނގަޅު ކުރެވޭތޯ މި އުޅެވެނީ ކީއްވެކަމެއް ވެސް.. ބޮޑު މޮޔައެއް އެއީ..” ތަނާ ކުއްލިއަކަށް ތުން އަނބުރާލިއެވެ. ހަގީގަތުގައި އަހުނަފްގެ އަނތްބާއި ޖެހިގެން މިއުޅޭ މައްސަލައިގެ ސަބަބުން އޭނާ ވާން ޖެހޭނީ އުފަލެވެ. އަހުނަފް ބާރު ހިނިގަނޑެއް ޖަހާލިއެވެ.
“އޯކޭ ޖޭބޮތްކާ.. ތި ބުނި ކަންކަމާމެދު ވިސްނާލާނަން..” އަހުނަފް ތަނާގެ އަތުގައި ހިފާލިއެވެ. “އެންޑް ތޭންކްސް.. ޔޫ އާރ އޯލްވޭޒް ހިއަރ ވެން އައި ނީޑް ޔޫ.. ވަރަށް ބޮޑަށް ސޮރީ ރުޅީގައި ތަނޫއަށް އިގްނޯ ކޮށްލެވުނީމަ.. އައިލް ޓްރައި ޓު ބީ ބެޓަރ.. ވަރަށް ބޮޑަށް ލޯބިވޭ..” އެ އަތުގައި ބޮސްދެމުން އަހުނަފް ބުނެލިއެވެ. އަރައިގަތް ލޯބިން އަހުނަފްގެ ގައިގައި ދަތްއަޅައިގަންނަން ތަނާ ބޭނުންވިއެވެ.
“އައި ލަވް ޔޫ.. ދެންވެސް ތި ރީއްޗަށް މަޝްރޫމް ހަދާބަލަ.. ބޮޑު މޮޔަ އެއްޗެއް ވައްތަރު ޖަހަނީ..” ތަނާ އިޝާރާތް ކޮށްލިއެވެ. އަހުނަފް އޭނާގެ މަޝްރޫމަށް ބަލާލިއެވެ. ނަމަވެސް އޭނާއަށް އެ މަޝްރޫމްއިން އައިބެއް ނުފެނުނެވެ. ދެލޯ ހަނިކޮށްލަމުން އޭނާ ތަނާއަށް ބަލާލީ އޭނާގެ މަޝްރޫމް ރީތިވެގެން ތަނާ އުޅެނީކަމަށް ދައުވާ ކުރަމުންނެވެ. ދެލޯ އަނބުރާލާފައި ތަނާ ވެސް އެއްޗެހި ކިޔަންފެށިއެވެ.
“މަޝްރޫމަށް ދިވެހިން ކިޔަނީ ކީކޭކަން އިނގޭތަ..؟” އެ ޒުވާބުން މޮޅުނުވެދާނޭ ހީވެގެން އަހުނަފް ބޭނުންކޮށްލީ އޭނާގެ އެންމެ ފަހު ކާޑެވެ. ނުހަނު ބޮޑަށް ހިނިތުންވެލާފައި ތަނާ އަހުނަފާއި ކުރިމަތިލިއެވެ.
“ހަންޑި…ކުޑަ…” ކާމިޔާބުގެ ރާގަކަށް ތަނާ ކޮންމެ އަކުރެއް ވެސް ކިޔާލީ ލަސްލަހުންނެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކައަށް ކަންފަތް ދީގެން އިން ތަނާގެ މަންމައަށް ވެސް ހުނުން ކޮންޓްރޯލް ކުރަން ދަތިވިއެވެ. އަހުނަފް އަނގަ ހުތްވެގެން މަޝްރޫމް އަލުން ހަދަން އުޅެގަތެވެ. އެހެނަސް ތަނާ އޭނާ ހުއްޓުވިއެވެ.
“އައި ވޮޒް ޖޯކިންގ.. ދިސް މަޝްރޫމް ސްކްރީމްސް ދަ ނޭމް އަހުނަފް.. އިޓްސް ޕާރފެކްޓް ދަ ވޭ އިޓް އިޒް.. އަލުން ހަދާނެ ކަމެއް ނެތް.. ދިސް އިޒް މައިން.. ތަނޫ ކޮޓަރީގަ އިނގޭ މިއެއްޗެހި ބަހައްޓާނީ..” ތަނާ ބުނެލިއެވެ.
ހިތަށް ލިބުނު ފިނިކަމުން އަހުނަފް ބޯ ޖަހާލިއެވެ. އެހެން ކްލޭގަނޑެއް ނެގުމުގެ މަސައްކަތުގައި މަޝްއޫލުވި ތަނާއަށް ބަލަހައްޓައިގެން އަހުނަފަށް އިނދެވުނީ ގެއްލިފައެވެ. މިހާ ފުރިހަމަ އަންހެންކުއްޖަކު ލިބެން އޭނާއަށް ކުރެވުނީ ކީއްކަމާމެދު ސުވާލު އުފައްދަމުންނެވެ. ތަނާއަކީ އޭނަގެ ދެލޮލެވެ. ހިތުގެ ވިންދެވެ. ތަނާގެ ބަދަލުގައި އޭނާ ބަލައިގަންނާނެ އެހެން މީހަކު ނުވެއެވެ. ތަނާގެ ތުންފަތްމަތީ ދުވެލާފައިވާ ހިނިތުންވުން ފެނި އަހުނަފަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނިތުންވުން އަބަދުގެ އަބަދަށް ދެމެހެއްޓޭތޯ ކުރެވެން އޮތްހާ ކަމެއް އޭނާ ކުރާނެއެވެ. ތަނާއަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދެވޭތޯ އޭނާ ކޮންމެ ދުވަހަކު ޚިޔާލުކުރެއެވެ. ތަނާއާ ނުލާ އޭނާގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ.
“ގޯޑް އައި ލަވް ދިސް ގަރލް ސޯ މަޗް..”
ހިތާހިތުން އެހެން ބުނެލަމުން އަހުނަފް ކުރިމަތީ އޮތް ޓެބްލެޓްގެ ސްކްރީނަށް ބަލާލިއެވެ. ދެން ހަދަން އޮތީ އަސްދޫންޏެކެވެ. ރީނދޫ ކްލޭއިން ހެދުނު ގޮތަކަށް އަސްދޫނީގެ ހަށިގަނޑު ހަދާފައި އޭތީގެ ލޯ ހަދަންވެގެން އަހުނަފް ހޯދާލީ އޭނާ ތަނާއަށް ނޭނގި ނެގި ހުދު ކްލޭގަނޑެވެ. އެ ފެންނަން ނެތުމުން ވަރަށް ނުވާކަމަށް ހެދިފައި އަހުނަފް އެ ހޯދަން ފެށީ ތަނާއަށް ޝައްކެއް ނުވާނެހެންނެވެ.
އޭރު އަހުނަފަށް ސިއްރުން އެނބުރި އެ ކްލޭގަނޑު ނަގާ ފޮރުވައިގެން އިން ތަނާގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއް ދުވެލާފައިވިއެވެ.
************
މިއަލް ނެގި ކާރު ގޮސް މަޑުކޮށްލީ މިޝަލްގެ އެޕާޓްމެންޓް ކުރިމައްޗަށެވެ. ޝުކުރު އަދާކޮށްފައި މިއަލް ފޭބިއެވެ. އޭނާ ހުރީ ޖައްސާލަން ބޭނުންވެފައެވެ. މިޝަލް އަންނަންދެން ނިދާލަން ގަސްތުކޮށްފައި ގަޑި ބަލާލި އިރު ދިހައެއް ޖަހަނީއެވެ. ބާރަ ޖެހުމުގެ ކުރިން ގެއަށް އަންނަން އެދިފައި މިއަލް ތަޅުދަނޑި ޖަހާލިއެވެ.
“ލީ——ން..!”
ދެލޯ މަރާލާފައި ފުންނޭވާއެއް ލާން މިއަލްއަށް މަޖުބޫރުވިއެވެ. ކަމަކަށް ފަހު ކަމެކެވެ. އޭނާ މިކަމަށް އެއްބަސްވީ މިފަދަ ދަނޑިވަޅުތައް އައިސްދާނެކަން އެނގިހުރެއެވެ. ނޭނގުނީ ކިހާ ބޮލުގައި ރިއްސާފަދަ ކަމަކަށް މިކަން ވެދާނެކަމެވެ.
އެނބުރި ބަލާލިއިރު ކޮތަޅެއް ހިފައިގެން މިއޮއް އަންނަނީ ޔައުލާނެވެ. ދަތްޕިލަ ސޭލް އަޅުވާފައި ވީއިރު އޭނާ އައީ ވެސް އުފަލުން ސްކިޕް ކުރަމުން ކަހަލަ ގޮތަކަށެވެ. ޔައުލާން މިހާބޮޑަށް ހިނިތުންވެގެން ހުރި މަންޒަރު މިފެނުނީ އަލަށެވެ. ހުސްވެސް މިޝަލްއަށް ޚާއްސަ ކަންކަމެވެ. އަނގަނަގައިގެން މިއަލްއަށް ބަލަން ހުރެވުނީ ވެސް އެހެންވެއެވެ. ޔައުލާންގެ ހިނިތުންވުން އެހާ ރީތިއިރު މިޝަލް އެ ޖާދޫގައި ނުޖެހުނީ ކިހިނެއްބާއޭ މިއަލް ހިތަށް އެރިއެވެ.
“މިއައީ ކޭކްޕޮޕްސް ހިފައިގެން.. ބަނޑުހައިވެފަ ދޯ ތިހުރީ..؟” ޔައުލާން އައިގޮތަށް އައިސް އޭނާގެ ކޮނޑުގައި ބޮނޑިއެއް އަޅައިފިއެވެ. މަޑަކުންނެއް ވެސް ނޫނެވެ. މިޝަލްއާއެކު ހުންނައިރު ޔައުލާންގެ މިޒާޖަށް މިއަންނަނީ ބޮޑެތި އުފާވެރި ބަދަލުތަކެކެވެ. ދެދަތްޕިލަ ޖައްސާ ފިއްތާލަމުން މިއަލް ބޯ ޖަހާލިއެވެ. ދެބަނޑަށް ކައިގެން އައިސްފައި އޭނަ މި ކާނީ ވެސް ކިހިނެއް ހެއްޔެވެ.؟ އަނެއްކާ މިޖެހުނީ މިޝަލްއަށް ވެގެން އެކްޓުކުރާށެވެ.
“ލެޓްސް ވޮޗް އަ މޫވީ.. އެބަ އުޅޭ ސެވެން ލައިސް ޔޫ ޓޯލްޑް (ޚިޔާލީ ނަމެއް) ގެ ދެވަނަ ބައި ނެރެގެން..” ޔައުލާން ސޯފާއަށް ވެއްޓިގަތެވެ.
މިއަލް ގޮސް އިށީނީ އޭނަޔާއި ދެފޫޓުވަރު ދުރުގައެވެ. ފަތްޖަހާފައި އޮތް ބްލޭންކެޓް ފަތުރާލަމުން ޔައުލާން ބަލާލީ ފާޑަކަށެވެ. އެހެންޏާ އޭނަޔާއި ޖެހިފިތިގެން ނޫނީ ފިލްމެއް ނުބެލޭ މިޝަލް މިރޭ ހީވަނީ އޭނަޔަށް އެލާޖިކްވާހެން އުޅޭހެން ވިއްޔާއެވެ. ނަމަވެސް މިޝަލް ހިތްއެދޭ ގޮތަށް ކަންކުރުމުގެ ފުރުސަތު ދެމުން ޔައުލާން އެއްޗެކޭ ނުބުންޏެވެ. ގެނައި ދަބަހުން ޔައުލާން ލެޕްޓޮޕް ނެގިއެވެ.
“އެބަ އަންނަން..” ފާޚާނާއަށް ދިޔުމުގެ ބަހަނާގައި މިއަލް ގޮސް މިޝަލްއަށް ގުޅިއެވެ.
“ވަޓް..؟؟؟” އެޕާޓްމެންޓްގެ ބެލްކަންޏަށް ނިކުންނަމުން މިޝަލްއަށް ބުނެވުނީ ހައިރާންކަމާއެކުއެވެ. އަމިއްލަ ފޯނު ބަލާލިއިރު ޔައުލާން ދަމުން އޭނާއަށް މެސެޖަކުން އަންގާފައި ވެސް އޮތެވެ. އޭނާ އަވަސް އަރުވާލައިގެން އުޅުނުވަރުން އެ ނުފެނުނީއެވެ. ދެން ހެދޭނެ އިތުރުގޮތެއް ނެތެވެ.
“މިރެއަށް އެކަނި ހުރެލާ.. ދޮންތި ދާނަން ދެވޭހާ އަވަހަކަށް.. އެބަ ކިޔާ އަދި މޮނޮޕޮލީ ކުޅެން ވެސް..” ބޮލުގައި ހިފަހައްޓާލަމުން މިޝަލް ބުނެލިއެވެ. މިހާރު ބޯ ހާސްވެއްޖެއެވެ. އޭނައަށް ވިސްނާލެވުނެވެ.
އޭނާގެ ދިރިއުޅުން ދެން ކުރިއަށް ދާނީ މިފަދައިން ހެއްޔެވެ.؟ އޭނާގެ ރޭވުމުގެ ނަތީޖާ، މި ކުރި ބުރަ މަސައްކަތާއި އަމިއްލަ އިޚްތިޔާރުގައި ދޫކޮށްލި ހުރިހާ ކަމެއްގެ އަގަކަށް ފުދޭހެއްޔެވެ.؟ މިޝަލްއަށް ދެލޯ މަރާލެވުނެވެ. ފަހަކަށް އައިސް މި ހެދުނީ ބޮޑު ގޯހެއްކަމަށް އަމިއްލަ ޟަމީރު ބުނެދޭވަރުން އޭނާއަށް އަބަދު ހުރެވެނީ ފިކުރެއްގައެވެ. ހަމަޖެހިލައިގެން ހުންނަން އޭނާއަށް އެންމެ ސިކުންތެއް ވެސް ނުލިބެއެވެ. އަބަދުވެސް މުޅި ކުއްޖާ ހުންނަނީ ހާސްކަމެއް ތެރޭ ގައިދުވެފައެވެ.
“ކާކު..؟” ހީނލާފައި އިށީންނަން ތަން ދައްކަމުން ޝަފްވާން އެއްސެވެ. އޭރު ޝައްޔާން ބޮޑު ފޮތީގައި ޖަހަން ފަރިވެލަނީއެވެ. އޭނާގެ ދެލޯ ހަނިވެ ދެބުމަ ކައިރިވެފައި ވާއިރު އަނގައިގެ ކަނަކުން ދޫ ބޭރަށް ނިކުމެފައި އޮތެވެ.
“އެލް..” ޚިޔާލުގެ ތެރޭ ހުރެފައި މިޝަލްއަށް ބުނެވުނީ ކީކޭކަން ވެސް ނޭނގުނެވެ.
ޝަފްވާން މިޝަލްއަށް ބަލާލީ އެހެން ނަޒަރަކުންނެވެ. ފަހަކަށް އައިސް މިއަލްއަށް މިވަނީ ކިހިނެއް ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ބޮޑު ތަފާތެއް އައިސްފައި ވާކަން އެނގުނު ނަމަވެސް އޭނާ ބެލީ އެކަމަށް ކަނު ލޮލެއް ދެވޭތޯއެވެ. ނަމަވެސް މިހާރު ކަން ވަމުންދާ ގޮތުން އޭނާއަށް ވެސް ނޭނގޭ ކަމަށް ހަދާލައިގެން ހުންނަން ދަތިވާވަރު ވެއްޖެއެވެ.
“އައި މީން ޔުއެލް.. ދޮންބެ ބުނެގެން… ކިއާނާގެ ކަމަކު..” ރޭކާލުމާއެކު މިޝަލް އަވަހަށް ބުނި ނަން ބަދަލު ކޮށްލިއެވެ. އޭނާގެ ހިތުން މިދެވުނީ ވަރަށް ތޫނުފިލި މޮޅު ޖަވާބެކެވެ. އެހެންނަމަވެސް ޝަފްވާންގެ ޝައްކުގެ ލޯ އޭނާގެ މޫނުން ދުރެއް ނުވިއެވެ. ކިއަނާގެ ނަން ނުބައިކޮށް ކިޔުން އެކަންޏެއް ނޫނެވެ. އޭގެއިތުރުން ކިއަނާއަށް “އާނާ”ގެ ނަން ނޫން ނަމަކުން މިއަލް މުޚާތަބު ކޮށްފައިވީ ދުވަހެއް ނޭނގެއެވެ.
ފިލްމު ކުރިއަށް ދިޔައިރު މިއަލް ހީވަނީ އުސް ފަރުބަދައަކުން ތިރިއަށް ފުންމާލަން ބޭނުންވެފައި އިންހެންނެވެ. އޭނާގެ އަތުގެ ނިޔަފަތިތަކާއި ކުޅެން އިން ޔައުލާނަށް މިކަމެއް ނޭނގެއެވެ. އޭނާ އިނީ ވަރަށް ވެފައި ފިލްމު ބަލާށެވެ. މިއަލްއަށް ފިލްމަށް ސަމާލުކަމެއް ނުދެވުނެވެ.
މިހާތަނަށް ޔައުލާނަށް އެންމެ ކަމުދަނީ ފިނިއަސް ކަމާއި އޭނާއަށް އެންމެ ކަމުދަނީ ކޮން ޝަޚުސިއްޔަތެއްތޯ އެހުމުން އެއަށް ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ. އަޅައިގަނެފައި ކައިލްއޭ ބުނުމާއެކު ޔައުލާން އޭނާއަށް ބަލާލި ނަޒަރުން އަނގަޔަށް ހޮޑު ނައީ ކިރިޔާއެވެ. އެންމެ ފުރަތަމަ ދިހަ މިނެޓުތެރޭ ކައިލް ދުނިޔެ ދޫކުރިކަމާއި ކައިލްއަކީ ފުރަތަމަ ބައިގައި އުޅޭ ނުބައިބައި މީހާކަން ހަނދާން ކޮށްދިނުމާއެކު މިއަލްއަށް ޖަހާލެވުނީ ނުތަނަވަސްކަމުން ފުރިގެންވީ ހިނިގަނޑެކެވެ. އަދި ނާއުންމީދުވެފައި ބަލާލެވުނީ ގަޑިއަށެވެ. ދިހައެއް ޖަހަނީއެވެ. މިޝަލް އަވަހަށް ގެއަށް ފޯރާތޯ މިއީ އޭނާ ދުއާކުރާ ހަވަނަ ފަހަރެވެ.
ކޭކްޕޮޕްއެއް ކައިފައި އަތް ފުހެލަން ޓިޝޫއެއް ދަމާލަން އުޅެނިކޮށް މިއަލް އަތުން ޓިޝޫފޮށި ވެއްޓުނެވެ. އެ ނަގަން މިއަލް ގުދުވި ވަގުތާއި ޔައުލާން އަވަހަށް އެ ނަގައިދޭން އަތް ދިމާކޮށްލި ވަގުތާއި ވީ އެއް ވަގުތަކަށެވެ. ޔައުލާން އަތް ބާއްވާލީ މިއަލްގެ އަތް މަތީގައެވެ. އެއީ އޮޅުމަކުން ވީ ކަމެއް ނުވަތަ ގަސްދުގައި ކުރި އަމަލެއް ކަމެއް ނޭނގުނެވެ. މާބޮޑު ކަމަކަށް ނުހަދާ މިއަލް އެ ނަގަން އުޅެނިކޮށް ޔައުލާން އަތަށް ބާރެއް ލުމާއެކު އޭނާއަށް އަތް ހިއްލައެއްނުލެވުނެވެ. ވާނުވާގައި އޭނާ އިސްއުފުލާލިއިރު ޔައުލާން ހުރީ ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އިއްތިފާގަކުން ފިލްމުން ވެސް އެވަގުތު އަންނަން ފެށީ ލޯބީގެ ލަވައެކެވެ. ޕިޔާނޯ އާއި ވަޔޮލިންގެ ލަސް ރާގުން ވައިގައި ހިފާލީ މަސްތުކަމެކެވެ.
މިއަލް އެއްބުމަ އަރުވާލުމާއެކު ޔައުލާންގެ ތުންފަތްމަތީ ދުވެލީ ލާނެތް ހީނލުމެކެވެ. ބަލަބަލާ ހުއްޓާ ޔައުލާން މަޑުމަޑުން އޭނައާ ގާތަށް އަންނަން ފެށިއެވެ. ވާން މިއުޅޭ ގޮތް ރޭކާލީ ދެނެވެ.
“އޯހް ޝިޓް..” މިއަލްގެ މުޅި ހަށިގަނޑު ދަލުން ފެންވެރުނެވެ. ބުދެއްހެން އިނދެ ހަދާނެ ގޮތެއް ނޭނގިފައި މިއަލްއަށް ހިންދިރުވާލަން ވެސް ދަތިވިއެވެ. އަތް ތުރުތުރުލާން ފެށުމާއެކު ހެދުމުގެ ފަސްބައި އަތަށް ބޮނޑި ކޮށްލެވުނެވެ. އޭރު ޔައުލާން އޭނާއާ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެއްޖެއެވެ.
ޔައުލާން މިއަލްގެ ދަތްދޮޅީގައި ހިފަހައްޓާލީ އެއް އަތުންނެވެ. ނުހަނު ފަރުވާތެރިކަމާއެކީގައެވެ. އެ އަތުން މިއަލްގެ އިސްއުފުލާލާފައި އޭނާގެ ދެލޮލަށް ވަކިވަކިން ބަލާލި ޔައުލާންގެ ލޮލުން މިއަލްއަށް ފެނުނީ ތެދުވެރިކަމެވެ. އޯގާތެރިކަމާއި ލޯތްބެވެ. ޔައުލާން މަޑުމަޑުން ލޯ މަރާލުމާއެކު އޭނާގެ ހިތުގެ ތެޅުން ދިހަގުނައަށް އިތުރުވިއެވެ. ހަދާނެ އިތުރުގޮތެއް ނޭނގުމާއެކު މިއަލްއަށް ވެސް ލޯ މަރާލެވުނެވެ.
“ސޮރީ ދޮންތީ….” ހިތާހިތުން މިއަލްއަށް ބުނެވުނެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.





i thought miadhu nugenes dheny kamah.. v ufaavejje 🤗🩷🩷 v nice mi part next ge inthizaaruga
ahaha so sorry, i was busy doing some assignments😭
Thankyou sm dearr💕
ahunaf and thanaa made 4 each other xx
when next yoon?
Yess frr! Thankyou sm j💕
Next insha allah 9th Feb vaa Monday ga!
Me first today
Mishal hama asluves guraidhoo ah gendhanbee ey..mihaaru maa machah kanthah gossi…
If I was the author,mihaaru mishal hunnaanee guraidhoo ga 😂
Yoon pls no no no mishal come 🏡
Yeahh asluvx😭 Hahah
Thankyouu sm Raajiha!💕
OMG IS MIAL GOING TO KISS YAULAAN?? 😳 THIS GOT SOO INTERESTING PLZ I CANY EIT TO READ THE NEXT PART TOON
IS SHE?? 🥹 Hahaha thankyou sm ❄️!! 💕
shafvan vx Yaulaan vx vrh bf material
neynge choose kiraani kaakukameh
varah reethi story
Gavaidhun com nukirias kiyan ingey
Aww ahahah Im so happy to hear you like them🥹
Thankyouu sm joonie’s baby💕
Haha gavaidhun comment nukuriyas as long as you’re having a good time here, I’m more than happy!!
v.salhi mi baa
thee kaaku … ? 🤨
saabas kaley menah 😂😂😂
bunan vaahaka eh?
yoon ge aslu firimeehaa mee ma
mi vee mubaaraathakah hadhaan
thankyou sm dear💕
I love this story 🫶🏻 dhen vaane goy engen keimadhuvefa meeny yoon avahah genesladheythi
aww thankyou💕🥹 Yess insha allah 9th Feb ga!
Masha allah varah reethi mi bai
Thanu & Ahu enme cutest 💌
El plx dont kiss Yuel
Shafwaanah Mishal kan angaba
Thankyouu sm siu! 💕
Hahah yess siu ge favourite ge baeh aissi enme fahun
Lets see dhww!
Nooo konthanakun thi ninmaaly yoon..😭
43 vana bai kon dhuvahakun..? Lysm<3
hahahah🥹 (i did it on purpose)
Part 43 9th Feb vaa Monday ga!
Lym and Thankyou sm springbloom💕
v salhi queen
u look v pretty i saw yu yesterday
Idhaan hama moya Vefa dhw
thankyou sm idhaan💕 oh is that so😭
I think shafwaan will find out it’s not actually mial in the next part
AAHHHH CAN’T WAITTT!!!!!
mishal pls understand yaulaan’s love 😭
lysm queen💕
when next?
Oohh nice guess lets see dhww!! 🥹 Yeah mishal pleaase
Thankyouu sm Hamnerrr, Lym dear!💕
next part insha allah Monday, 9th Feb ga
Yooooonnn alhey kon hisaabakun thi ninmaalee. I can’t wait for the next part. Heyo nuvaane Yuel ah bunedheeba eii El kan cuz yuel vrh molhu dhw aslu secrets discover kuran. And also Yuel and El gaaii nukurahchey.
Yoon your the best. Cant wait for the next part…..
Lyyyyy <3
Heeheee 🥹 yeess haha lets see dhw!
aww thankyou sm your fan!🥹💕Lym dearr
edhemeehun kiss nukurache 😭😭😭
cant wait for the next episode yoon
Lysm and gud day
Dhwww. Eyrun ahhh neyngey bunedheykah ves vrh awkward vaane 😭
🥹 WELL… Let’s see shall we?
Haha Thankyou sm eekuflower💕
Lym💕 you too have a great day!
Yoon reethi vma pretty privilegeaa hure dhw story popular vany mi😂
aharun mi dhuvahaku yoon fenunu baeh nun…aharen mi reader eh 2020 feshigen 🥲
Vaahaka reethi veema kiyeni… Meehaku reethi viyas vaahaka reethi veytha..? Talent aa burasorra yaa thafaathu @anonymous
Yoon aku v reethi kujjakah vedhaane aan ekamaku aharemen gina meehun mi vaahaka kiyani vaahaka kamudhaathi
yaa thee thedhalah ves vedhaane yoon eya v reethi koodhei.
vaahaka v furihama ehenve alhuga es kiyani yoon ah angaali hama
all i hope for is that my stories are loved by those who genuinely enjoy reading them💕 Each comment holds high value in my heart. i look forward to reading them and i appreciate every single one. I hope everyone continues keeping the comment section a place full of kindness and respect towards each other as it’s always been😊
Thankyou sm Asma and Kaainaath for the kind words!💕
And a lot of thanks to anonymous as well🥹💕 it really warms my heart that you’re looking out for me!
Hey don’t take it wrongly.. I’m not a Yoon hater. I’m just saying facts mitha ulhey boys ge vhk hunna gothun.. she might be a minor dho.. so be respectful
Mi part ves varah reethi. Someone please send mishal to guraidhoo. She is obsessed shafwaan ah. Pis pis mishal thihaavarah meehundheke loabi vaakah nuvaane. Aww ahunaf and thanaa so cute. Mial sorry dhonthi ey ebunee keevve ba? Curiously waiting for next part???
Thankyouu Miss jennie🥹💕 Hahahah yeah atp we should really send her off
So glad you enjoyed, Lets see dhww ehn buny keehvegen kan!
Comment nukuriyas gavaaidhun alhugandu vhk kiyan..can’t wait for the next part..💕
Kobaa