Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 43

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 9, 2026 11 Mins Read
44 Comments

* މަޑުމަޑުން އޭނާގެ މޫނުގައި ހިފަހައްޓާލާފައި އޭނާގެ ދެލޮލަށް ވަކިވަކިން ބަލާލި ޔައުލާންގެ ލޮލުން މިއަލްއަށް ފެނުނީ ތެދުވެރިކަމާއި އޯގާތެރިކަމާއި ލޯތްބެވެ. ޔައުލާން މަޑުމަޑުން ލޯ މަރާލުމާއެކު އޭނާގެ ހިތުގެ ތެޅުން ދިހަގުނައަށް އިތުރުވިއެވެ. ހަދާނެ އިތުރުގޮތެއް ނޭނގުމާއެކު މިއަލްއަށް ވެސް ލޯ މަރާލެވުނެވެ. “ސޮރީ ދޮންތީ….” ހިތާހިތުން މިއަލްއަށް ބުނެވުނެވެ. *

އަދި ބާރު ހަޅޭކަކާއެކު މިއަލް ޔައުލާން ދުރަށް ކޮއްޕާލިއެވެ. ޔައުލާން ސޯފާއިން ބޭރަށް ވެއްޓުނެވެ. ބެލެންސް ނުކުރެވިގެންނެވެ. ވެއްޓި ޖެހުނުކަމެއް ނޭނގި އޭނާ ތެޅިގަނެފައި ތެދުވިއެވެ. ފަހަތަށް ފިރުކެމުން ގޮސް މިއަލް މަތަވީ ސޯފާގެ ކަނުގައި ޖެހިފައެވެ. އޭނާ ބްލޭންކެޓް މެޔާލާ ބޮނޑިކޮށްލިއެވެ.

“އައިމް ސޮރީ..!!” ޔައުލާން އަވަހަށް ދެ އަތް އުފުލާލާފައި ބުންޏެވެ. އަދި ދެވަނަ ފަހަރު ވިސްނާލާ ގޮތަކަށް ހުރެފައި އޭނާ ބުމަ ކައިރިކޮށްލައިފިއެވެ.

“އެކްޗުއަލީ ޔޫ ނޯ ވަޓް..؟ އައިމް ނޮޓް ސޮރީ…” ޔައުލާން އައިސް ކުޑަކަކޫ ޖަހައިގެން މިއަލްގެ ކުރިމަތީ އިށީނެވެ. އޭނާއަށް މި ހިތްވަރު ކުއްލިއަކަށް މި ލިބުނީ ކިހިނެއްކަމާމެދު ވިސްނޭވަރަށްވުރެ ޔައުލާން ހުރީ އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން ބޭނުންވެފައެވެ. އޭނާ ސޯފާގެ އަތްގަނޑުގައި ހިފަހައްޓާލީ ދިޔުމުގެ މަގު ބަންދު ކުރުމުގެ ގޮތުންނެވެ.

“ލީން ތި ކުރަނީ ބޭކާރު ކަމެއް. މާފްކުރޭ މިހާ ދުވަހު ތި ކުރި ބުރަ މަސައްކަތަށް މިކަހަލަ އެއްޗެއް ބުނަން ޖެހުނީތީ. އެކަމަކު މީ ތެދު.. މިހާރު އެއްފަހަރު ބުނެވިއްޖެ.. އެކަމަކު އަދިވެސް ބުނާނަން. ވިސްނެންދެން ކިޔާނަން.. އަމިއްލަ މީހާދެކެ ސަތޭކަ އިންސައްތައިން ލޯބި ނުވާ މީހެއްގެ ފުލުން ދުވުމަކީ ބޭކާރުކަމެއް. ކިރިޔާވެސް ކާމިޔާބީގެ އުންމީދު އޮތްނަމަ ތިކަން ޖަސްޓިފައި ކުރެވިދާނެ.. އެކަމަކު ޝަފްވާން ލޯބިވަނީ އެލް ދެކެ.. ހަމައެކަނި އެލް ދެކެ..”

“އޭނާ އަހަންނަށް އަލަތަށް ގުޅާފަ އެރޭ ވީ ކީއްކަން ބުނެދޭން ކުރިހާ އާދޭސްތައް އެނގޭތަ..؟ ކުރެވުނީ ކީއްކަން ނޭނގޭ ހާލު ވެސް އޭނަ ހުރީ އެލްގެ ފައިބުޑަށް ވެއްޓިގަނެ އާދޭސްކުރަން ވެސް ތައްޔާރަށް.. އެލް ހިތްހަމަޖައްސައިދޭން ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން އޭނާ ހުރީ ރެޑީގަ.. ރީއަލް އާއި އަހުނަފް ރުއްސަން ވެސް.. ގައިން ބައެއް ގުރުބާންކުރާ ހިސާބަށް އޭނަ ދިޔަ.. ފޯނު މެދުވެރިކޮށް ލީން އާއިވަކިވީ މީހެއް އެއީ.. ވިސްނާލަބަލަ.. އަސްލަށް ވެސް ލޯބިވަންޏާ އެމީހަކަށް ކޮށްދެވެން ހުރި ހުރިހާ ކޮށްދޭނެ.. ޝަފްވާން ވެސް ހަގީގަތުގައި ލޯބިވާ މީހަކަށް ޓަކައި ދާނެ މިންތައް އެހުރީ.. އެކަމަށް އިގްނޯކުރަމުން އަބަދަކު ނޫޅެވޭނެ.. އަމިއްލައަށް ޚިޔާލީ ސައިބޯނިބޮތްކެއް ތެރޭ އުފާވެރިކަން ބިނާކުރިޔަސް ރިއާލިޓީ އަބަދުވެސް ބުނެދޭނީ އެކައްޗެއް. އަސްލު އެނގޭ ދުވަހަކުން ގެރެންޓީއާއެކު މި ބުނަނީ.. ހީ ވިލް ޗޫޒް އެލް.. ހީ ވިލް އޯލްވޭސް ޗޫޒް އެލް.. އޭނާގެ ހަގީގީ ލޯތްބަކީ އެއީ.. ހަޔާތުގެ ބައިވެރިއަކަށް ހަދަން ބޭނުންވާ ފަރާތަކީ ވެސް އެއީ.. ދަ ފެކްޓް ދެޓް ޔޫ ކޭމް ބެކް ފްރޮމް ދަ ޑެޑް ވިލް އޮންލީ ޝޮކް ހިމް އެންޑް މޭކް ހިމް އަ ލިޓްލް ރިލީވްޑް އިފް އެނީތިންގ.. އެކަމް އޭނާ ބޭނުމެއް ނުވާނެ އަލުން ގުޅޭކަށް..”

“އަދި ވިސްނާލަބަލަ.. އެއީ ލީންގެ ކޮއްކޮއޭ.. އެނގޭތަ އެންމެ ފުރަތަމަވެސް މިރަށަށް އައިސް އޭނާ ލީން އާއި ބައްދަލުކުރެވޭކަމަށް ހީކޮށް އުފާވެފައި ހުރި މިންވަރު..؟ ހަޔާތް އެއްކޮށް ވަކިން ވެއަތު ކުރެވުނަސް އެ ގުޅުން ސްކްރެޗް އިން ބަދަހިކުރަން އޭނަ ހުރީ ނުހަނު ބޭނުންވެފަ.. ޝީ ވޯޒް ހާރޓްބްރޯކެން ޓު ހިއަރ ދެޓް ޔޫ ޕާސްޑް އަވޭ.. ތި އަތުލައިގަނެވެނީ ލީންދެކެ އިންތިހާއަށް ލޯބިވާ ކޮއްކޮގެ ލޯބި ވެސްމެ.. ނުބުންޏަސް އަހުނަފް ކިޔާދިން ވާހަކަތަކުން ސިކުނޑިއެއް ހުރި މީހަކަށް އެނގޭނެ މިއަލް ޝަފްވާންދެކެ ލޯބިވާކަން.. ކުރިން ނުކުރެވޭ ބީރައްޓެހި އިހުސާސަކަށް ވީމަ އެލްއަށް ހެޒިޓޭޓް ކުރެވޭނެކަން އަހަންނަށް ވެސް އެނގޭ.. އައި ނޯ ހައު ޝީ ފީލްސް..”

“ބޭނުންތަ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމީހުން ދުރުކުރުވަން..؟ އެހާ އަމިއްލައެދުން ބޮޑުތަ..؟ އެއްފަހަރުވެސް މިކަމާ ދޭތެރޭ ފުންކޮށް ވިސްނާލަބަލަ.. އައިމް ޓެލިންގ ޔޫ ނައު.. އެހާ ވެސް ބޮޑަށް ލީންދެކެ ލޯބިވާނެ މީހުން އެބަ ތިބި.. ނަވާލްބެ.. ރީއަލް.. އެލް.. މިއްތަ.. މައި މަމް އެންޑް ޑޭޑް….. އެންޑް މީ.. އިފް ނޮޓް މީ، ދެން ސަމްވަން އެލްސް……. ލީން އަޅެ އަހަންނަށް ޓަކައި ވެސް ވިސްނާލަބަލަ.. މިރޭ ހުއްޓާނުލައިފިއްޔާ އަހަރެން މިއްތައަށް ކިޔާދޭނަން މި ހުރިހާ ވާހަކައެއް. ވަރަށް ގިނަ ދުވަހު ލީންއަށް ޓަކައި ކެތްކޮށްލައިގެން ހުރެވިއްޖެ.. ހަޔާތުގެ އަގުހުރި ދުވަސްތައް މިފަދައިން ލީން ބޭކާރުކުރާތަން ދެކޭކަށް ދެން ބޭނުމެއް ނޫން..”

ވާހަކަ ކުރިއަށް ގެންދިޔަވަރަކަށް ޔައުލާން ގާތަށް އައީ ރުޅިވެސް އަންނަމުންނެވެ. އޭނާއަށް އިންކާރުކޮށް ދުރަށް ކޮއްޕާލީމައެއް ނޫނެވެ. ފެށި ވާހަކައިގެ ސަބަބުން އޭނާ އެކަމުގެ މަތިން ވެސް މުޅިން ހަނދާން ނެތިއްޖެއެވެ. އޭނާގެ ހިތަށް ތަދުވަނީ މިޝަލްއަށް ނުވިސްނޭތީއެވެ. ދައްކާ ވާހަކަ ގަބޫލު ނުކުރާތީއެވެ. ބިއްލޫރި ކޮޅެއްހާ ސާފުކޮށް ހަގީގަތް ފެންނަން އޮއްވާ ވެސް ނުފެންނަކަމަށް ހެދޭތީއެވެ. އަޑުއަހަން މިއަލް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެއަށް ޝަފްވާންގެ ވާހަކަ އައުމާއެކު އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހަމައެހާ އަވަހަށް ފެންކަޅިވެސް ވިއެވެ. ޝަފްވާން ހަގީގަތުގައި ވެސް އޭނާދެކެ އެވަރަށް ލޯބިވޭ ހެއްޔެވެ.؟ އޭނާ ލޯބިވަނީ މިޝަލް ދެކެއެއް ނޫން ހެއްޔެވެ.؟

“އަދި……..” ވާހަކަ ދައްކަދައްކާ ހުރެފައި ޔައުލާން ހުއްޓާލިއެވެ. އޭނާ މެދުކަނޑާލީ ސަބަބު ނޭނގި މިއަލް ބޯ އަރިކޮށްލިއެވެ.

“އެންޑް ޔޫ އާރ ނޮޓް ލީން…” ޔައުލާން އެހެން ބުނުމާއެކު މިއަލްގެ އަނގަ ހުޅުވުނެވެ. އަމިއްލަ ނަފްސު ދިފާއު ކުރަން ބަހެއް ބުނަން ވެސް ހަނދާން ނެތުނެވެ. ޔައުލާން ހިތާމަވެރިގޮތަކަށް ހީނލިއެވެ. ދެން ފެނުނީ އޭނާ ހިމޭންކަމާއެކު ސޯފާގައި އިށީން ތަނެވެ.

“އައިމް ސޮރީ..” ފަޅާއަރައިފިކަން އެނގުމުން މިއަލް ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ.

“އަހަރެން އެލް ކުށްވެރިއެއް ނުކުރާނަން.. މިވާނުވާ ކިޔާދީ..” ހީކުރިގޮތާ ޚިލާފަށް ޔައުލާން ރުޅި އިސްނުކޮށް އެދުނީ މަޑުމަޑުންނެވެ. އެއީ މިއަލްކަން އެނގޭއިރަށް ޔައުލާނަށް އެއީ މިޝަލްގެ ރޭވުމެއް ކަން ފަހުމުވީއެވެ. އެހާވެސް ބޮޑަށް އޭނާ މިޝަލް ދަނެއެވެ. ވެދިޔަ ކަންތަކާމެދު އޭނާ ކުޑަކޮށް ލަދުވެސް ގަތެވެ. މިޝަލްކަމަށް ހިތާ މިއީ އެެދެމެދުގައި މިފަދަ ކަމެއް ހިނގާ ދެވަނަ ފަހަރެވެ.

މިއަލް އިސްޖަހާލިއެވެ. އަދި އެއްފަހަރު މައާފަށް އެދުނެވެ. ޔައުލާނަށް ފެށިގެން ހުރިހާ ވާހަކައެއް ކިޔާދޭން އިރުކޮޅެއް ނެގިއެވެ.

ވާހަކަ ނިމުމުން ޔައުލާން ދުރު ބަލާލިއެވެ. މިޝަލް މި ދަރަޖައަށް ވެއްޓިގަނެފާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ. މިޝަލް ދެން ކުރާނީ ކޮންކަމެއް ކަން ލަފާކޮށްލަން އޭނާއަށް ވެސް ދައްޗެވެ. އޭނާއަށް ގެއަށް އައުން މަނާކޮށް ފާއިތުވީ މަސްތަކުގެ ތެރޭ މިޝަލް މާ ދުރުވެގެން އުޅުނީ ކީއްވެގެންކަން މި އެނގުނީ އަދި ކިރިޔާއެވެ. އެކަކު އަނެކަކު ސިފަޖެހިގެން ދާތީ މިމްރާހަށް ވެސް ހީވާނީ ގެއަށް ވަދެނިކުމެ އުޅެނީ ހަމައެކަނި މިއަލް ކަމަށް ވިއްޔާއެވެ. އޭނާ ގާތު މިއަލް އާއި ދިމާވި ވާހަކަ އާއި ގުޅުން ބަދަހިކުރަން ބޭނުންވާ ވާހަކަ ހިއްސާކުރިޔަސް މިޝަލް މިހެން ހަދާނެކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. ޔައުލާނަށް ބޯ ހޫރާލެވުނެވެ.

“އެލް ބޭނުންތަ އަހަރެން އެލްއަށް މާފްކުރަން..؟” މިއަލް އާއި ވީކޮޅަށް އެނބުރިލަމުން ޔައުލާން އެއްސެވެ. މިއަލް އަވަހަށް ބޯ ޖަހާލިއެވެ. ދޮގު ހަދައިގެން އުޅެން ޖެހޭތީ ހަގީގަތުގައި އޭނާ ހިތްބިރުގަނެ ދެރަވާތާ ކޮން ދުވަހެއް ހެއްޔެވެ.؟ ފަޅާއަރާފާނެތީ އެވަރަށް ހާސްވެއެވެ.

“އެލް ވީ ލީންގެ ބަދަލުގައި އަހަންނަށް އެހީވާން.. އަހަރެން އެލްއަށް އެލްގެ ލޯބި ހޯދައިދޭނަން އިރާދަކުރެއްވިއްޔާ.. ކޮންމެ މީހަކަށް ވެސް މިކަމުން ލިބޭނީ މޮޅެއް.. ޝަފްވާނަށާއި އެލްގެ ގުޅުމަށް.. ލީންގެ ހެޔޮ ވިސްނުމަށް.. އަދި މިކަން ކުރުމުގައި ހަޔާތް ހުސްކޮށްނުލުމަށް.. ފޯ މީ.. މައި ޕީސް އޮފް މައިންޑް. އަދި އެލްއާއި އެލްގެ މުޅި އާއިލާއަށް ވެސް ގްރެޖުއަލީ ލިބިގެންދާނީ ބޮޑު ހަމަޖެހުމެއް.. ކައިންޑް އޮފް އަންރިލޭޓެޑް ބަޓް މިންމިގެ ކޮނޑުންވެސް އުފުލޭ ބުރައެއް.. ދެކޮޅު ހަދަން މަސައްކަތް ނުކުރާތި.. އައި ނޯ މިތާ ތި އިންނަނީ ލީންގެ ހައްގުގަކަން.. އެލް ޝަފްވާން ދެކެ ލޯބިވާކަން ވެސް އެނގޭ.. ހިއަރސް ދި ޕްލޭން…”

ޔައުލާން އޭނާގެ ރޭވުން ކިޔައިދެމުން ދިޔައިރު މިއަލް އިނީ ކަނުލާ އަޑުއަހާށެވެ. އެއަށްފަހު އޭނާ މިއަލްއަށް ނަސޭހަތް ވެސް ލައިދިނެވެ. މިޝަލް އޭނާގެ ނަފްސުގެ ކިބައިން ސަލާމަތް ކޮށްދިނުމަށެވެ. މިއަލް ވިސްނަން އިނދެފައި އެއްބަސްވިއެވެ. އަދި އޭނާ މިކަމަށް އެއްބަސްވީ ޝަފްވާނާއި މިޝަލް މާ ގުޅޭކަމަށް ހީކޮށް ކަމާއި ޔައުލާން ވެސް މިޝަލްއަށް އެހީވާން ނިންމުމުން ކަމުގައި ބުންޏެވެ.

“އައިމް ސޮރީ.. މަގޭ މިސްޓޭކެއް އެއީ. އަހަންނަށް ވެސް އެންމެ ފުރަތަމަ ލީންއާ އެއްބަސް ނުވެވުނުނަމަ މިކަން މިހާ ދުރަކަށް ނުދިޔައީސް ކަންނޭނގެ..” ޔައުލާން އިސްޖަހާލިއެވެ.

ޔައުލާންގެ ވާހަކައިން މިއަލްއަށް އަސަރުކުރިއެވެ. ޝަފްވާންގެ ކިބައިން ދެން މާފަށް އެދޭނީ ކިހިނެއް ހެއްޔެވެ.؟ ޝަފްވާން އޭނާއަށް މައާފް ކުރާނެކަމެއް ވެސް ނޭނގެއެވެ. އެހާ ބޮޑު އޮޅުވާލުމެއްގެ ތެރޭ އޭނާ ބަހައްޓާފައިވާތީއެވެ. މިކަމުގެ ނަތީޖާ ކޮންމެގޮތަކަށް ނިކުތް ނަމަވެސް އޭނާ އެ ގަބޫލުކުރާނެއެވެ. މިޝަލްއަށް ޓަކައެވެ. އޭނާއަށް ޓަކައެވެ. ޔައުލާނަށް ޓަކައެވެ. ޝަފްވާނަށް ޓަކައެވެ. އަދި އެންމެންގެ ހަމަޖެހުމަށް ޓަކައި ވެސްމެއެވެ.

ނިދަން އެރި ޝަފްވާނަށް ވިސްނެމުން ދިޔައީ މިއަލް އާއި ދޭތެރޭގައެވެ. ބައެއްފަހަރު މިހުރެވެނީ މުޅިން އެހެން މީހެއް ގާތުގައޭ ވެސް އޭނާއަށް ހީވެއެވެ. އޭނާއަށް މި ވަގުތު ހޭދަކުރެވެނީ މިއަލްގެ ހަންގަނޑު އަޅައިގެން ހުރި ޖިންނިއަކާއި ނޫންބާއޭ ހިތަށް އެރުމާއެކު ކުޑަކޮށް ބިރުގަންނަގޮތްވިއެވެ. ރަޖާގަނޑު މައްޗަށް ދަމާލަމުން އޭނާ ވަގު ކަޅިއެއް މުޅި ކޮޓަރިއަށް އެއްލިއެވެ. ނޫކުލައިގެ ނިދާބޮކީގެ އަލީގައި އެކައްޗެއް ވެސް ފެންނަވަރެއް ނުވިއެވެ. ނިތްމަތީ އަތް ބާއްވައިގެން އޮވެފައި ޝަފްވާން ފުރޮޅިލިއެވެ.

އަހުނަފް ނެތްކަމުގެ ފަޅުކަން އިހުސާސްވާން ފެށީ ދެނެވެ. ނިދުމުގެ ކުރިން އޭނާ އަހުނަފަށް މެސެޖެއް ކޮށްލީ ކޮފީއަކަށް ދާން އެދިފައެވެ. ކިތަންމެ ރުޅިއައިސްފައި ހުއްޓަސް އަހުނަފް ނައިސް ނުހުންނާނެކަން ޝަފްވާނަށް އެނގެއެވެ. އޭނާގެ ސިކުނޑީގައި އުފެދިގެން މިއުޅޭ ހައިޖާނުގަނޑު ހިއްސާކުރަން އެންމެ ގާތް އެކުވެރިޔާ އޭނާ ބޭނުމެވެ.

**************

“ހަލޯ..؟” ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އެގްރިމެންޓެއް ކިޔަން އިން ޔައުލާން ގޮވާލީ ފޯނުގެ އެކޮޅުން ޝަފްވާން ވާހަކަ ދެއްކުމުންނެވެ. މިއީ އެދެމީހުން ރީއްޗަށް ވާހަކަ ދައްކާ ދެވަނަ ފަހަރެވެ.

“އޭ..! އެއްޗެއް ދޭންވެގެންނޭ މި ގުޅީ..” ޔައުލާން ބުނެލިއެވެ. އެއީ ކޯޗެއްތޯ ޝަފްވާން އަހާލުމުން ޔައުލާންގެ ތުންފަތްމަތީ ހިނިތުންވުމެއް ދުވެލިއެވެ.

“މި ކޮންމެވެސް ތަނަކުން މަށަށް ލިބުނު ރިވަރޑް ކޫޕަނެއް.. ދެމީހަކަށް ސަންސެޓް ބަލާލަން ދާން ފުރުސަތެއް.. މުޅިން ހިލޭ.. ވަން އަވަރ.. ބުރާސްފަތި ދުވަހު ފަހެއް ޖަހާއިރަށް.. މަގޭ ނެތް ގެންދާނެ މީހެއް. އެހެންވެ ހިތަށް އެރީ ކަލޭ އެލް ގޮވައިގެން ދާން ބޭނުން ވެދާނެއޭ..” ޔައުލާން ރާގު ބެހެއްޓީ އާދައިގެ އެކުވެރި ގޮތަކަށެވެ.

“ރިއަލީ..؟ ތޭންކްސް މޭން.. އެކަމަކު މިގަޑީ ނެތް ދެވޭކަށް.. ކޮފީއެއްގަ މީނީ.. ނިމިގެން އެގާރަ ޖަހާކަށް ހާއިރަށް ކައިރިކޮށްލާނަން އިނގޭ..” ފޯނު ބާއްވަމުން ޝަފްވާން ބަލާލީ ކުރިމަތީ އިން އަހުނަފަށެވެ. ޓީލް ގްރީން ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެން އިން އަހުނަފް ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.

“މަށާއި މިއާ މިހާރު ކޫލް.. އަދިވެސް މަގޭ ކައިރީ އެދުވަހު ވީގޮތެއް ނުބުނޭ.. އެކަމް ކަލޭ ހީކުރިފަދަ އެއްވެސް ކަމެއް އަހަރެމެންގެ މެދުގައި ނުހިނގާ.. މަ މީ އެހާ ނުބައި މީހެއް ނޫން.. ދުވަހަކު ޚިޔާލު ވެސް ކޮށްފައެއް ނޯންނާނެ މިއާއަށް ދެރައެއް ދޭކަށް.. އޭނާދެކެ އެއަށްވުރެ ބޮޑަށް ލޯބިވޭ..” ވަރަށް ސީދާކޮށް ޝަފްވާން ބުނެލިއެވެ.

“އާނ.. ދުވަސްކޮޅެއް ވެއްޖެ ކަލޭގެ ފޯލްޓެއް ނެތްކަން އެނގޭތާ ވެސް.. ސޮރީ މަށަށް އެގޮތަށް ދެކޮޅު ނުބަލާ ބަވާލެވުނީތީ..” ހެދުނު ގޯހަށް އަހުނަފް މާފަށް އެދުމުން ޝަފްވާން އޭނާއަށް މައާފް ދިނެވެ. އޭނާ މިތަނަށް ގެނައި އަސްލު ސަބަބު ބުނެދޭން އަހުނަފް އެދުނީ ހަމައެކަނި މާފަށް އެދެންވެގެން ޝަފްވާން އޭނާ ނުގެންނާނެކަން އެނގޭތީއެވެ. ވާހަކަ ފެށުމުގެ ކުރިން ކޮފީ ނިމިގެން އޭނާ ޔައުލާންގެ އޮފީހުން ގެއަށް ލައިދޭން ޝަފްވާން އެދުނެވެ.

“މިއާ ވަރަށް ޗޭންޖްހެން މަށަށް ހީވަނީ.. ބުނެދޭން ނޭނގޭ ކަހަލަ ޗޭންޖެއް.. ޝީ އިޒް ނޮޓް އެކްޓިންގ ލައިކް ހަރސެލްފް..” ޝަފްވާން އޭނާގެ ފިކުރުތައް ހިއްސާކުރިއެވެ. އަހުނަފް ދަތްދޮޅީގައި އަތް ވިދެލީ ހައިރާންކަން މަތީގައެވެ.

“ޗޭންޖެކޭ..؟ އެލް ކުރިއެކޭ ވެސް އެއްފަދަ.. މިހާރު ތަންކޮޅެއް މަޑުން އިންނަކަން. ހީވޭ ބޮޑު ވިސްނުމެއްގެ ތެރޭގައި އިންނަހެން ވެސް.. އެނޫންކަމެއް ނެތް..” އަހުނަފް ވިސްނާލި ނަމަވެސް ޝަފްވާން އެބުނާފަދަ ތަފާތެއް ފާހަގައެއް ނުވިއެވެ. އޭނަޔާ މިޝަލް ބައްދަލެއް ނުވޭތާއެވެ.

“މަށަކަށް ވެސް ސީދަލަށް ބުނެދޭކަށް ނޭނގެ.. އެކަމަކު މަށަށް އެނގޭ ބޮޑެތި ބަދަލުތަކެއް އައިސްގެން އުޅޭކަން.. ގަބޫލެއް ނުކުރެވޭ މީހަކު އެއްރެއިން ބަދަލުވެދާނެ ކަމަކަށް.. އިޓްސް ރިއަލީ ކްރީޕީ.. ކަލޭ ކަންތަކޭ މީ.. މިއާމެން ރަށަށް ދިޔައިރު ފާޑެއްގެ ހަންޑި ބިޓެކޭ ކީމަ އޭތި މަގޭ ފުލުގައި ޖެއްސީ ކަންނޭނގެ..” ބޮލުގެ އިސްތަށިގަނޑަށް ދަމައިގަނެފައި ޝަފްވާން ޝަކުވާ ކުރަންފެށިއެވެ.

“އޭތް..!!” ވައިއަޑަކުން ގޮވާލި އަހުނަފްގެ ކިބައިން ފެނުނީ ބިރާއި ސިހުމެވެ. އޭނާގެ މޫނުމައްޗަށް މިއައި ކުއްލި ބަދަލުން ޝަފްވާން ވެސް ޖެހިލުންވިއެވެ. އަދި ބުމައަރުވާލީ ކިހިނެއްވީތޯ އަހާ ފަދައިންނެވެ.

“ކަލޭގެ.. ކަލޭގެ ފަހަތުގައި އެހުރީ ކާކު..؟؟” އަހުނަފްގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. ޝަފްވާނަށް ހީވީ މީހަކު އޭނާގެ ފުއްޕާމޭގައި ހިފާ ފިތާލިހެންނެވެ. ނޭވާ ހުއްޓުމާއެކު އޭނާއަށް ލަސްލަހުން ފަހަތަށް ބަލާލެވުނެވެ. ދެލޯ ބޮޑުކޮށްލައިގެންނެވެ. ނަމަވެސް ފަހަތުގައި ހުރީ ކެފޭގައި ބަހައްޓާފައި އިން ގަސްމުށްޓެކެވެ.

އެއްޗެހި ކިޔައިގަންނަން ތައްޔާރަށްހުރެ ޝަފްވާން އެނބުރުނެވެ. ދެން އޭނާއަށް މަރުހަބާ ކީ އަހުނަފް އޭނާގެ މޫނަށް ޖެހި އަތްގޮށްޓެއްގެ ފެނެވެ. ވަގުތުން ޕޫސް ކިޔާފައި ޝަފްވާން ޓިޝޫއެއް ދަމައިގަނެ މޫނު ފޮހެން ފެށިއެވެ.

“ނޫނޭވާ ރަނގަޅަށް ވެސް އަވަލާފައި ތިހުރީ.. މިޖެހީ ފެން. އަވަހަށް ހިނގާ ފަންޑިތަ ހައްދަން.. އިރާދަކުރެއްވިއްޔާ ތިކަމުން ކޮއިފުޅު ސަލާމަތްވާނެ. އަން މިއޮތީ ތަވީދެއް…” އެހެން ބުނެ އަހުނަފް އަތުގައި އަޅާފައި އޮތް ޕެކިންކޮޅު ނަގާ ޝަފްވާންގެ އަތުގައި އެޅުވިއެވެ. އަދި މޭޒުމަތީ ހުރި ފެންފުޅި އާއި ދެ ބިއްލޫރި ތަށީގެ އިތުރުން ސޯސްފުޅިތައް ވަށް ބުރަކަށް އަތުރާ ކިޔެވެލި ކިޔަވާ ފަދައިން އަހުނަފް ދެލޯ މަރައިގެން ތުންތަޅުވަން ފެށުމާއެކު ޝަފްވާން އަހުނަފްގެ އަތް ފޮޅުވާލީ ހެމުންނެވެ. ސަމާސާގަނޑަކަށްފަހު ދެމީހުން ވާހަކައިގެން ކުރިއަށް ދާންފެށިއެވެ.

*********

“އެލްއާ މި ހެދުން ވަރަށް ގުޅޭނެ.. މި ހެދުން ރީތިތަ..؟” ކަނޑުނޫކުލައިގެ ދިގު ހެދުމެއް ގެނެސް މިއަލްގެ ގައިގައި މިޝްލާ ޖައްސާލީ މިންތައް ހެޔޮވަރުވާނެތޯ ބެލުމަށެވެ.

މިޝްލާ އާއި މިއަލް ތިބީ ހެދުން ވިއްކާ ފިހާރައެއްގައެވެ. ވޭތުވެ ދިޔަ ދުވަސްކޮޅު މިޝްލާ ކޮންމެ ދުވަހަކުވެސް އޭނާއަށް ކޮންމެވެސް ދައުވަތެއް ދީގެން ގެނެއެވެ. އެކުގައި ކާންވިޔަސް އަތިރިމައްޗަށް ދާން ވިޔަސް ނުވަތަ ފިލްމެއް ބަލާލަންވިޔަސް ވެސް ހެވެވެ. އެދެމެދުގައި އޮތް ގުޅުން ގާތްވާން ފެށީ ދެނެވެ. މިއަލްއަށް މިޝަލް އާއި ޝަފްވާނާއި މެދު ފިކުރުކުރުން ހުއްޓާލެވެނީ ވެސް އެއާހެދިއެވެ. އުފާވާން ބޭނުންވިޔަސް ޝަފްވާނަށް އެހާބޮޑު ދެރައެއް ދީފައި އޭނާއަށް އުފާވުމުގެ ފުރުސަތު އެބައޮތްހޭ ހިތަށް އަރާ ކޮންމެފަހަރަކު މިއަލްގެ ހިނިތުންވުން ފަނޑުވެއެވެ.

“ޔެސް ދެން މަންމައަށް މި ޝޯލް.. އެއްކަލަ ބްލެކް ހެދުމާ ވަރަށް ގުޅޭނެ.. މޭބީ ދެން ފޮޓޯ ނަގަން ދާނީ..؟ އާނާ ހުރިނަމަ ވަރަށް ފޯރިގަދަވީސް.. ދޮންބެ ވެސް އާނާ ގޮވައިގެން ރަށަށް ދިޔައީވިއްޔަ..” މިއަލް ބުނެލިއެވެ. މިއަލްގެ ޚިޔާލު ކަމުގޮސްގެން މިޝްލާ ބޯ ޖަހާލިއެވެ.

“އާނ.. މަންމަ ވަރަށް އުފާވެ ދޮންބެއަށް އާނާ ކަހަލަ ކުއްޖަކު ލިބުނީމަ.. އަދި ދަރިފުޅުގެ އެކުވެރިއަކަށް އާނާ ކަހަލަ ކުއްޖަކު ހުރީތީ.. ބޮޑު އަނގައެއް އެއީ.. ގާތުގައި ހުރިއްޔާ ފޫއްސެއް ނުވާނެ.. އާނާ އެހާވަރަށް ވާހަކަދައްކާއިރު ވެސް ވާހަކަ ހުހެއް ނުވޭ.. ކޮންމެވެސް ތަނަކުން ވާހަކައެއް ނެރިގެން އައިސް ދައްކާނެ..”

“އެއާ ޚިލާފަށް ލީން ވަރަށް އެހެން ކުދިންނާ ގާތް ނުވާނެ.. މިބުނީ ބައިވަރު އެކުވެރިން ހުއްޓަސް އެއިން އެއްވެސް ކުއްޖަކާ އެހާ ކްލޯޒްއެއް ނުވާނެ.. އަބަދުވެސް ޔުއެލް ގާތުގަ ޖައްސާފަ ހުންނާނީ.. އެލްއަށް އިނގޭތަ ޒާހުބެ އެއްދުވަހު ލީން އެންމެ ލޯބިވަނީ ކާކުތޯ ބަލަން ސުވާލެއް ކުރީ.. މުޅި ދުނިޔެއަށް އޭލިއަންތަކެއް އެރިއްޔޯ.. ދެން ލީންއަށް ސަލާމަތް ކުރެވެން އޮތީ އެންމެ މީހެކޯ.. އެހެންވެއްޖެނަމަ ސަލާމަތް ކުރާނީ ކާކު ހެއްޔޯ.. އެންްމެ ސިކުންތެއް ތެރޭ ލީން ބުނީ ތިމަންނަ ތިމަންނަގެ ޔުއެލްލާން ގޮވައިގެން ފިލާނީއޯ.. އޭރު ގޭގަ ޔުއެލް ނުވެސް ނެތް ކޭމްޕަށް ގޮސް ހުރީމަ.. ޒާހުބެ އާއި މަންމަ އެކަނި ހުރީ.. މަންމަމެން ދެމީހުން ކުރެ އެކަކުވެސް ނުނަގާ ލީން ނައްޓާލީ ޔައުލާން ގޮވައިގެން..” ކުރީގެ ހަނދާނެއް ކޮށްލަމުން މިޝްލާ ބުނެލިއެވެ. ޔައުލާން އެނބުރި އައިސް މިލީންގެ ޖަވާބާމެދު ފަޚުރުވެރިވެފައި އިން މަންޒަރު ލޯ ކުރިމައްޗަށް އަދިވެސް ފެންނަ ކަހަލައެވެ. ދެމީހުން ސޯފާއަށް ފެތިގަނެގެން ހިނިއައިސްފައި އިން މަތި ހަނދާންވެ މިޝްލާގެ ދެލޯ ފުސްވާން އުޅުނެވެ.

“ދެން..؟” މިއަލް އަހާލީ މިޝަލްގެ މާޒީއާ ބެހޭގޮތުން ޝައުގުވެރިވެފައެވެ.

“ދެން.. ލީން އަބަދުވެސް ވަރަށް ލޯބިވާނެ ޔުއެލްދެކެ.. ސްކޫލުގަ ކޮންމެވެސް އިންޓަރހައުސް މުބާރާތެއްގަ ކުޅެގެން ޔުއެލް ފައި ބިނދިގެން އެކުއްޖާ ހުރީ ރޮއިރޮއި ހަލާކުވެފަ.. ބަލާ މީހަކަށް ހީވެދާނެ ލީންގެ ފަޔޭ ބިންދައިގެން ގޮސްފަ އޮތީ.. ހޮސްޕިޓަލުން ވެސް ނުދާން ބޮޑާހާކައިގެން ޒާހުބެ ވަރަށް ކިޔައިގެން ގެއަށް ވެސް ގެންދެވުނީ.. އެދެމީހުން ދުރުކުރުމަކީ ވަރަށް އުނދަގޫކަމެއް.. ކުޑައިރުވެސް ދެން އެހާ އެއްކޮށް އުޅެވުނީމަ ކަންނޭނގެ އެއީ އަސްލު.. ލީންގެ ނަން އައިސްފިއްޔާ ޔައުލާންގެ ނަން ނައިސް ނުދާނެ.. އެހާވެސް ގާތްވާނެ.. ލީންއާ ބެހޭ ވާހަކައެއް ނުކިޔާދެވޭނެ ޔުއެލްގެ ވާހަކަ ނުގެނެސް..” މިލީންގެ ވާހަކައާ އެއްވަރަކަށް ޔައުލާންގެ ވާހަކަ ކިޔާދެވޭކަން އިހުސާސްވެ މިޝްލާ ހިނިގަނޑެއް ޖަހާލިއެވެ. މިއަލްއަށް ވެސް ލުއިކޮށް ހިނިތުންވެވުނެވެ. އެހާ އަވަހަށް އެ ހިނިތުންވުން ފުހެވިގެން ވެސް ދިޔައެވެ. މިޝަލް މަރުނުވާކަން މިތަނުން އެނގެނީ ހަމައެކަނި އޭނާއަށް ކަމަށްވާތީއެވެ.

“ބައްޕަ އެލްއަށް ގުޅާތަ..؟” މިޝްލާ އެއްސެވެ. މިއަލް ލޮލުގެ ހިމަކޮޅުން މިޝްލާގެ މޫނަށް ބަލާލީ ދިރާސާކުރާ ފަދަ ގޮތަކަށެވެ.

“ބައްޕަ ގުޅާނެ ކޮންމެ ދުވަހަކުހެން.. މަންމައަކަށް ނުގުޅާތަ..؟” މިއަލް އެއްސެވެ. މިޝްލާ އަވަހަށް ކަރުކެހިލާފައި ޝޯލް ރަނގަޅު ކޮށްލައިފިއެވެ.

“ބައްޕަ ދެން މަންމައަކަށް ނުގުޅާނެއެއްނު.. އެލް ނޫނީ ދޮންބެ ކަމެއް ވެއްޖެއްޔާ ގުޅާނެއޭ..” މިޝްލާ ބުނެލިއެވެ.

“ބައްޕަ ގާތު ބުނާނަން އިނގޭ މަންމައަށް ވެސް ގުޅާލަން.. މަންމަ އަބަދު އެކަނި ގޭގަ ތި އިންނަނީ.. ފޫހިވާނެއެއްނު.. އާދެބަލަ ދުވާލުގަޑީ ނަވާޒުބެ މެންގެ ގެއަށް.. ނޫނީ ބައްޕަ އާއި މަންމަ ފްރެންޑް ނޫނީތަ..؟” މިއަލް ނިންމާލީ ސުވާލަކުންނެވެ. ހަމަ ގަސްތުގައެވެ. ރީއަލްގެ ޕާޓީގައި އޭނާއަށް ވަނީ ވާހަކަ ފޮތްތަކުން ވެސް ފެންނަ އެތަންމެ ސީންއެއް ނަވާލާއި މިޝްލާގެ ފަރާތުން ފެނިފައެެވެ. އެކަމާ ހުރެ ފަހުން އޭނައަށް ރީއަލް ގުޅި ފަހަރަކު ދެމީހުން ވަނީ މިޝްލާ އާއި ނަވާލްގެ ވާހަކަ ދައްކާފައެވެ. މަންމައާ ބައްޕަ ވަރިވާން ޖެހުނު ސަބަބު އަހަން ނުކެރިގެން ދެމީހުންގެ ޚިޔާލުތައް މިސްރާބު ޖަހާފައިވަނީ އަލުން ނަވާލާއި މިޝްލާ ގުޅުވުމަށެވެ.

“އުހޫން. މަންމަ އޯކޭޔޭ.. ބައްޕަ އާއި މަންމަ ފްރެންޑޭ.. އެލް ކޮން ވާހަކައެއްތަ ތި ދައްކަނީ.. ޕިސްޕިސް ހާދަ ލާނެތް ކުއްޖެކޭ މީ..” މިޝްލާ މިއަލްގެ ކޮނޑުގައި ޖަހާލާފައި ގެނެސް ގާތްކޮށްލިއެވެ.

ފިހާރައިން ނިކުމެގެން ދެމައިން ދިޔައީ ނަވާޒުމެން ގެއަށެވެ. އިޒާއަށް ހަވީރުގެ ސައިދިނީ މިޝްލާއެވެ. ނުހަނު ވެފައި އިޒާ މިޝްލާ އަތުން ސޭންޑްވިޗް ކާން އިނެވެ. ހައިފާ އާއި މިޝްލާއާއެކު ވާހަކަދައްކަން އިނދެފައި އޭނާ ކޮޓަރިއަށް ދިޔައީ ޔައުލާން މެސެޖް ކުރުމުންނެވެ.

އަށްގަޑި ބައިގައި ނަވާޒުމެންގެ ގެއަށް ޔައުލާން ދިޔައީ މިއަލް ބަލައެވެ. އޭނާ ގޮސް ގުޅިތާ މިނެޓެއް ވެސް ނުވަނީސް މިއަލް ނިކުތެވެ. ފެންވަރާ ތާޒާވެލައިގެން މިއަލް ހުރީ ފަޔަށް ދޫ ޖިންސަކާއި މަޑުނޫކުލައިގެ އަތްދިގު ހެދުމެއް ލައިގެންނެވެ. ރޭގަނޑު ކަމުން އެތަނަށް ވެރިވެފައިވަނީ ނަވާޒުމެންގެ ގޭދޮށުގައި ހުރި ހޮޅިދަނޑީގެ އައްޔާއިި ޔައުލާންގެ ކާރުގެ އަލިކަން އެކަންޏެވެ.

“ކޮބާ..؟؟” ކާރު ދުއްވާލަމުން ޔައުލާން އެއްސެވެ. އޭނާގެ ރޭވުން ކިޔާދިނުމަށް ފަހު މިއަލްއަށް ފުރިހަމަ ކުރަން ހަވާލުކުރި ކަމާ ބެހޭގޮތުންނެވެ.

“މިއަދު ތިއްތި އާއި ތަނޫ ވާހަކަ ދައްކަނިކޮށް އަޑުއެހިން.. ޝަފްވާނާއި ތިއްތި އޯކޭވެއްޖެ މިހާރު.. ޝަފްވާނަށް ނޯޓިސް ކުރެވިއްޖެ އެއީ އަހަރެން ނޫންކަމާ އެއީ ދޮންތިކަން.. ނޯ ވެއިޓް.. ޝަފްވާނަކަށް އަދި ނޭނގެ ދޮންތިކަމެއް.. ހީ ތިންކްސް ދެޓް އިޓްސް މީ އެންޑް އައިމް އެކްޓިންގ ވިއަރޑް.. އެ ވާހަކަ ދައްކަން ވެގެން ދެމީހުން ކޮފީއަކަށް ދިޔައީ.. މާބޮޑު ކަމެއް ދެން ނެތް ކުރާކަށް.. ޝަފްވާނަށް ވިސްނެންޏާ އަމިއްލައަކަށް ދެނެގަންނާނެ އެއީ ދޮންތިކަން.. ސަމްހައު..” ޔަގީންކަމާއެކު މިއަލް ބުނެލިއެވެ.

“ތެންކިއު އެއްބަސްވީތީ.. އެލްއާ ނުލާ މިކަން ފުރިހަމައެއް ނުވާނެ..” ޔައުލާން ޝުކުރު އަދާކުރުމުން މިއަލް ހީނލާފައި ބޯ ހޫރާލިއެވެ. އެރޭ އޭނަޔާ ޔައުލާން ވާވަރަށް ރާވާލުމަށްފަހު މިޝަލް އައުމުގެ ކުރިން ޔައުލާން ގެއަށް ދިޔައެވެ. މިޝަލް އައުމުން މިއަލް ގެއަށް ގޮސް އެރޭ ހަމަނިންޖެއް ނުލިބުނެވެ. ހަމަ ރޮވެނީއެވެ. ޝަފްވާން ބުނި ކޮންމެ ޖުމްލައެއް އޭނާގެ ކަންފަތްބުޑުގައި ގުގުމަނީއެވެ. ޝަފްވާން ލޯބިވަނީ އޭނާދެކެއެވެ އޭނާއަށް ވެސް ރަނގަޅަށް ވިސްނާލެވުނުނަމައެވެ. އަމިއްލަ މޮޔަކަމަށް މަލާމާތްކުރަން ހެނދުނު ވަންދެން މިއަލްއަށް އޮވެވުނެވެ.

ޔައުލާން ދިޔައީ އެޕާޓްމެންޓް ޕެކޫނިއާ ފެމެލިއާ އަށެވެ. މިއަލް އާއި އަލީސާ ރަނގަޅަށް ބައްދަލު ކޮށްދޭން ބޭނުންވެފައި ހުރިވަރުންނެވެ.

“މާޝާ ﷲ.. ހަމަ ލީން ފަދަ.. މީ ޔުއެލް މަންމަ އިނގޭ.. ޕާޓީއިން ވެސް ދިމާވިއެއްނު. އަވަހަށް އާދޭ އިށީންނަން..” އަލީސާ މިއަލްއަށް މަރުހަބާކީ އުފާވެރި ހިނިތުންވުމަކާއި ކަރުނަވީ ދެލޮލުންނެވެ. އެވަރުން އެކަނިވެސް މިޝަލް ދެކެ އަލީސާ ވެސް ވާ ލޯބި ހާމަވިއެވެ. މިއަލް ވެސް ދެރަވިއެވެ. މިޝަލް އިޚްތިޔާރުކުރި ދިރިއުޅުމުގެ ސަބަބުންނެވެ.

“ރީއަލް ކޮން ދުވަހަކުންތަ ދެން އަންނަނީ..؟ އެކުއްޖާ ކައިރީ ބުނެބަލަ އާނާ ގޮވައިގެން ބަންދު ދުވަސްތަކުގައި މިކޮޅަށް އަންނާށޭ.. ޒާމިންބެ ލޯންޗު ހަމަޖައްސައިދީފާނެއޭ..” ކާން ހަދަމުން އަލީސާ ބުނެލިއެވެ. އަދި ރީއަލް ދިޔުމުން އޭނާ ފޫހިވެފައި ހުރި މިންވަރު ހާމަކޮށްލިއެވެ.

“މަންމައަށް މިހާރު ފެންނަނީ ހުސް ރީއަލް ދޯ..” ޔައުލާން ތުންދަމާލިއެވެ.

“މި ވެސް ބޮޑު ނުވާ ދަރިއެއް.. ލީން ނެތީމަ މިހާރު ސައުވީސް ގަޑިއިރު މަންމަ ގާތު ބޭބީވަނީ..” އަލީސާ ބުނެލިއެވެ. ދުވަސްވާވަރަކަށް އޭނާ ދަނީ މިލީންގެ ވާހަކަ ދެއްކުން އިތުރު ކުރަމުންނެވެ. ޔައުލާނަށް ހިތާމައެއް ދިނުމުގެ ނިޔަތަކު ނޫނެވެ. އޭނާއަށް މިލީން ވަކިވެދިޔަކަން އިހުސާސް ކޮށްދިނުމާއި މިލީންގެ ހަނދާންތަކާއެކު ދިރިއުޅުމައިގެން ކުރިއަށް ދާންޖެހޭނެކަން ދަސްކޮށްދޭން ވެގެންނެވެ. ޔައުލާން ހީނލީއެވެ.

އަލީސާ ކައްކާފައި ވަނީ ހުސް ދިވެހިވަންތަ ކެއުމެވެ. ހޫނު ގަރުދިޔަ އާއި ބަތް ތެލުލިފަތާއެކު މޮޑެލައިގެން ފިހުނު މަހާއެކު މިއަލްއަށް ނުހަނު މީރުކޮށް ކާލެވުނެވެ. އިރުކޮޅަކުން ގެއަށް އައި ޒާމިން ވެސް ކެއުމުގައި ބައިވެރިވިއެވެ. އޭނާއަށް ވެސް ވީ އަލީސާއަށް ވީވަރެވެ. ޒައިހާން ދުނިޔޭގައި ހުރިނަމަ މިއަލްދެކެ އިންތިހާއަށް ލޯބިވާނެކަމަށް ބުނެލީ އެ ހަނދާންތައް އައިސް އޭނައަށް އުނދަގޫކުރަން ފެށުމުންނެވެ.

“ލީން ވެސް މިއަލްދެކެ ނުލާހިކު ލޯބިވާނެ ކަންނޭނގޭ.. އެކަމަކު ޔައުލާނާއި ގާތްވަންޏާ ރުޅިއަންނާނެ.. ބޭބެގެ ދުރު ތިމާ ކުއްޖެއް އެއްފަހަރު މިގެއަށް އައިސް ޔައުލާނާއެކު ގޭމެއް ކުޅެން ފެށީ.. ލީންއަށް ކުޅެން ނޭނގޭ ގޭމެއް.. އެކަމާ ރުޅިއައިސްގެން ލީން އެކުއްޖާ ރޮއްވާވެސްލި..” ޒާމިން ހިނިއައިސްފައި ކިޔާދިނެވެ. އެ ހަނދާންވެގެން ޔައުލާން ވެސް ހޭންފެށިއެވެ. ބޮޑުވެގެން ވެސް އެކުއްޖާދެކެ މިލީން ނަފްރަތުކުރާވަރު ހަނދާންވެގެންނެވެ.

“މާދަން ހަވީރު އެދެމީހުން ދާނެ ސަންސެޓް ބަލަން.. އެމީހުން އެނބުރި އަންނަން ވާއިރަށް އަހަރެމެން ހުންނަން ޖެހޭނީ ތައްޔާރަށް..” ކައި ނިމިގެން ބަނޑު ހަމަޖައްސާލަން ޔައުލާނާއެކު މިއަލް އިނީ ސޯފާގައެވެ. އޭރު ނުވައެއް ޖަހަނީއެވެ. މިއަލް ބޯ ޖަހާލިއެވެ. އިރުކޮޅަކުން މިމްރާހުގެ ކޯލެއް ލިބުނެވެ. އެދެމީހުން ވާހަކަ ދައްކަން ފެށުމުން މިއަލް ފޯނު ނަގާ ބަލާލީ ޝަފްވާންގެ ފޮޓޯއަކަށެވެ. ޝަފްވާންގެ މޫނުގައި ފިރުމާލަމުން އޭނާއަށް މާފަށް އެދެވުނީ ވައި އަޑުންނެވެ.

************

ސަޕްރައިޒެއް އޮތްކަމަށް ބުނެ ބައްދަލުކުރަން ޝަފްވާން ދިން ދައުވަތު މިޝަލް ގަބޫލުކުރީ އުފަލާއެކުގައެވެ. ޑިއުޓީ ނިމުނީ ދެންމެކަމަށް ވިޔަސް ވެފައިވީ ވަރުބަލި އެއްފަރާތްކޮށްލަމުން މިޝަލް ތެދުވިއެވެ. ތައްޔާރުވާން ގޮސް އޭނާ ފައިތިލައާއި ހަމައަށް އަރާވަރުގެ ރަންކުލައެއްގެ ހެދުމެއް ލިއެވެ. ކުރީމަހުގެ މުސާރައަށް އެ ހެދުން ގަނެވުނުކަމީ ނަސީބެކެވެ. ގިނަ ދުވަސްތަކެއް ފަހުން ހެދުމެއް ލުމުން ކުޑަކޮށް އުނދަގޫ ވެސް ވިއެވެ. އޭނާގެ ‘އިސްތަށިގަނޑު’ ރީތިގޮތަކަށް ހަދާ ގަހަނާ ވެސް އެޅިއެވެ. ކޮންމެވެސް ވަރަކަށް މޭކަޕް ކޮށްލުމަށްފަހު ސެންޓް ޖަހާލައިގެން ގަޑި ބަލާލިއިރު ހަތަރުގަޑި ބައި ވަނީއެވެ.

އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އޭނާ ތިރިއަށް ފޭބިއިރު މީހަކު ބަލަން ހުރިކަމެއް ނޭނގުނެވެ. އޭރު ޝަފްވާން ހުރީ އަހުނަފްގެ ކާރުގައި ބަލާ އައިހެވެ. ކާރަށް އަރާ ސީޓްގައި މިޝަލް ހަމަޖެހިލިއެވެ. ނަމަވެސް ޝަފްވާންގެ ފަރާތުން ފެންނަމުން ދިޔައީ ނޭނގޭ ހަމަހިމޭންކަމެކެވެ.

“ކޮންތާކަށް މިދަނީ..؟ އަލަށް ދޯ ތި އަދި ސަޕްރައިޒެއް ދެނީ..؟ އެހެންޏާ އަބަދުވެސް ދާ ޑެސްޓިނޭޝަން ބުނަމެއްނު..؟” ޝަފްވާނާއި ގާތަށް ޖެހިލާފައި އޭނާގެ މުލައްދަނޑީގައި މިޝަލް ހިފާލިއެވެ.

އެއަތް ދުރުކޮށްލަމުން ޝަފްވާން ކާރުގެ ދޮރުފަތުގައި ލެނގިލާފައި މިޝަލްގެ މޫނަށް ބަލާލީ ކަމެއް ޔަގީންކުރަން އުޅޭފަދަ ގޮތަކަށެވެ. ޝަފްވާންގެ މި ނަޒަރުން ނަގަންވީ މާނައެއް ނޭނގިފައި މިޝަލް އަމިއްލަ ނަފްސަށް ބަލާލައިފިއެވެ. އަދި އެ ހެދުން ހަޑީތޯ އަހާލީ ހީލަމުންނެވެ.

“ވީ ނީޑް ޓު ޓޯކް..” ޝަފްވާން ބުނެލީ ހިތަށް އުނދަގޫވީވަރުންނެވެ. މިކަން ދިގުލައިގެންދާން އޭނާ ނޭދެއެވެ. ދެމީހުން ރީއްޗަށް ވާހަކަދައްކައިގެން މިކަންތައްގަނޑު ކޮޅެއްގައި ޖައްސާވަރު ވެއްޖެއެވެ. ކުރިން ވެސް ކޮރަލްކޯސްޓަށް ގޮސް ދިން ސަޕްރައިޒްގެ މަތިން ކުއްލިއަކަށް ހަނދާންނެތެންވީ ކިހިނެއް ހެއްޔެވެ.؟ އެރޭގެ ފުރިހަމަކަމާއި އޭނާ އުފާވި މިންވަރު ހިއްސާކުރި މަތިން މިއަލް ހަނދާން ނުވަނީ ހެއްޔެވެ.؟

“ދައްކަބަލަ..” ކުޑަކޮށް ހާސްވި ނަމަވެސް މިޝަލް ޚިޔާރުކުރީ އަޑުއެހުމެވެ. ޝަފްވާން ބޯ ހޫރުވާލިއެވެ. އަދި ގޮސްފައި އެވާހަކަ ދައްކާނީ ކަމަށް ބުންޏެވެ.

ދެމީހުން މަޑުކޮށްލީ ކޮރަލްކޯސްޓްގެ ފާލަން މަތީގައެވެ. ފަހެއް ޖަހަން އިރުކޮޅެއް އޮތުމާއެކުގައެވެ. އޮޔާވައި ހެޔޮވަރުވަރެއްގައި ހުރިއިރު އިރުގެ ރަން ދޯދިތައް ދިޔައީ ނޫ ސާލެއް ފަދަ ކަނޑުމަތީ ދަޅައަޅަމުންނެވެ. ހަވީރުގެ ފިނި ވައިރޯޅިތައް އައިސް ގައިގައި ބޮސްދީފައިދެއެވެ. ވަޔާއެކީ މޫނުމައްޗަށް ވެއްޓުނު ‘އިސްތަށިކޮޅު’ މިޝަލް ހައްޔަރު ކޮށްލިއެވެ.

“އަހަންނަށް އެދުވަހު ކުރެވުނީ ކޮން ކަމެއްކަން ބުނެދިނުމުން ފަށަމާ..؟” ހަށަން ބަނދެލައިގެން ޝަފްވާން ހުރީ މިޝަލް އާއި ތަންކޮޅެއް ދުރުގައެވެ. ގާތުގައި ހުންނައިރު އޭނާއަށް ނޭނގޭ އުނދަގުލެއް ވަނީއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 40

Next

އަބަދުވޭ ހިތުގާ މަގޭ 2 (26)

Next
February 9, 2026

އަބަދުވޭ ހިތުގާ މަގޭ 2 (26)

Previews
February 9, 2026

އެދިގެން ކަލާ ލިބޭތޯ 40

44 Comments!

  1. maryamneel🌸 says:
    February 9, 2026 at 2:45 pm

    yipee me first today. Hi yoon I’ve been a reader from 2023 😁.. first time reading and on going story of you. Thi soora noon is on my top 5 storys.. fiayafiy is no.1 🫶🏻
    I have always admired you’re work. You bring such beautiful stories to life with just you’re words 🫶🏻..
    I chave to say pls keep moving forwards and i hope every day is happy for you.. love u dear favourite author❤️…

    1. yooon yooon says:
      February 10, 2026 at 1:02 pm

      yess you first. Hii dear ohh really!🥹 I’m so happy to hear that you enjoyed reading them!
      Thankyou sm for the many kind words maryamneel🥹💕
      I wish the same for you! Lym dear💕

  2. Anonymous says:
    February 9, 2026 at 2:46 pm

    naseebeh..vhk kiyan fesheeru es neyva hifaattain hunnan jehuny mial aa Yaulaan kame kohfaane kama…varah reethi miadhuge bai

    1. yooon yooon says:
      February 10, 2026 at 1:04 pm

      HAHAHAH😭 Thankyouu sm dear💕

  3. zum says:
    February 9, 2026 at 2:47 pm

    Love the pace the story is going
    Beykaaru haasaru nulaa genesdheythy v shukurihya ❣️❣️

    1. yooon yooon says:
      February 10, 2026 at 1:04 pm

      yay I’m so glad you liked it!
      Thankyou sm zum!💕

  4. siu says:
    February 9, 2026 at 3:17 pm

    Varaahhh reethi 👏🏻👏🏻 Can’t wait for the next part
    Ahu and Shafwaan sulha veema vvv ufaeevejje

    1. yooon yooon says:
      February 10, 2026 at 1:06 pm

      Thaaannkyou sm siu💕
      Haha siu ahtakaa vx friend kuruvan jeheyne ehnu

  5. zuka💗 says:
    February 9, 2026 at 3:44 pm

    Shafwaan ah bust kuraathi mishal
    Mishla and Mial ge moments very precious
    this parts amazing as always
    Lysm💗💗

    1. yooon yooon says:
      February 10, 2026 at 1:06 pm

      Lets see dhww! So glad you liked it
      Thankyouu sm zuka, Lymm!💕

  6. mary says:
    February 9, 2026 at 3:44 pm

    v reethi

    1. yooon yooon says:
      February 10, 2026 at 1:07 pm

      Thankyou sm mary💕

  7. your fan says:
    February 9, 2026 at 4:33 pm

    Yesss mihaaru ves maa las vejje shafwaan ah ingen eii mial noon kan. Avahah dhen eii mishal kan bunedheefa shafwaan and mial gulhuvaba. Shafwan alhe mial ah maaf kurahchey plzzz plzzz. Yoon bunahchey shafwaan kairy truth inguneema mial ah maaf kurashey. Shafwaan ves kokko ah takaa konme fadha kameh kuraa hen mial ves kuraane eh noon hey adhi vaki khaassa koh mial and mileen bahdhalu vee ves varah fahunneh noon hey 😭
    Enme hini aee Naval and mishla ge relation kihineh thw and ehen suvaalu thah mial kureema and also Naval and mishla vrh cute 😉.
    Miadhu ves story kiyaalan libeyne kan inguneema neyngey website belunu vareh ves. Dhen enehkaa wednesday ah dhw inthizaaru kuran mi jehunee. And suvaaleh ingey… Mi story ehkoh liye nimunee tha yoon. And story ninmaafa vrh bodu break eh naganan tha?yoon ge story thah reethi kamun beynun vanee hama Masha Allah. Your my favourite author. Huvaa koffa mi buny mee adhi mihaa thanah kiyunu enme reethi vhk. Eh ves story eh ge inthizaaru ga adhi neii mi varah inthizaaru kuram jehi fa eh. Your the best and your my fav author ❤️. Your stories are absolutely different from others. Ehves author eh liyaa gothah vure maa unique yoon ge stories. Hama perfect Masha Allah.
    May Allah bless you abundantly and inspire you to reach even greater heights in your writing. Ameen! ❤️
    Lyysmmm <3

    1. yooon yooon says:
      February 10, 2026 at 1:12 pm

      Yess frr i agree w you! Oh okay yoon bunelaanan ingey shafwaan gaathu your fan ge message 🥹 Balama dhn shafwaan hadhaa goih dhww!
      Haha so glad you had a good laugh dear🥹
      Aww that’s so sweet of you 🥹💕 Reading this comment made so happy, really. I literally dk how to thankyou for the nice words! I really appreciate sm you dear. May allah bless you greatly asw! Ameen
      Lym dear🥹💕 Once again thanks alot your fan, literally smiling so big rn

    2. yooon yooon says:
      February 10, 2026 at 1:30 pm

      Yess Thi Soora Noon story is a fully written story. Story complete kohfa yoon upload kuran feshy cause eyrun i can bring it to you guys w no delay😊
      Mi story ninmaalaafa yoon alun site in fennaany dhen upload kuraa story liye nimunyma e story aa ekkoh insha allah. I’ve decided that story vx upload kuran fashan after i’m finished w writing! Cause story nuninmaa liyanyaa yoon busy vegen or kameh dhimaavegen story nuliyevidhaane. And i fully understand that it can be really frustrating for the readers to wait a long time story ge new parts thakah. So in answer to your question, yess there will be a break, duration not confirmed 😊 I’ll try my best to bring a story you guys can enjoy!!

  8. White rose White rose says:
    February 9, 2026 at 4:51 pm

    Shafwaan and ahunaf, heehee halaaku 🤣🤣
    Can’t wait for the time shafwaaan learns the truth and Mishal understands wht she’s doing is wrong
    Lysm yooon 🫶🏻🫶🏻

    1. yooon yooon says:
      February 10, 2026 at 1:13 pm

      AHAHAH so glad you enjoyed🥹
      Yesyes lets see dhww!
      Lym and Thankyouu sm White rose💕

  9. Zahra says:
    February 9, 2026 at 4:54 pm

    V reethi MA😊

    1. yooon yooon says:
      February 10, 2026 at 1:13 pm

      Thankyouu sm Zahra!💕

  10. Trkn says:
    February 9, 2026 at 5:57 pm

    Can anybody tell me the relation between yaulaan n mail?????😭

    1. Anonymous says:
      February 9, 2026 at 6:08 pm

      @Trkn Yaulaan eykee mial ge twin mileen/mishal ge childhood best friend
      Mial ge bahpa Navaal adhi Yaulaan ge bahpa Zaamin aky kureege friends.
      Yaulan aa mial dhimaavee vhk feshunu iru Yaulaan Navaal men house gai hunna gothah hamajehuneema.
      Mial aa Reeyal ge sister eh hunna kan engunee yaulaan ah mileen/mishal aa mial ge photo gadu fenuneemai..
      vaahakaige mi hisaaba ay irugai Mial aa Yaulaan aky rashun dhimaa vi irun feshigen gud friends

    2. Trkn says:
      February 9, 2026 at 6:23 pm

      Thnx a lot anonymous

    3. Trkn says:
      February 9, 2026 at 6:41 pm

      Btw does yaulaan know that they r twin?

    4. Anonymous says:
      February 9, 2026 at 8:33 pm

      Yes yaulan ah ingey mial and mishal (mial) twince kan

    5. yooon yooon says:
      February 10, 2026 at 1:16 pm

      couldn’t have explained it better myself, Tysm anoymous for helping Trkn with Trkn’s doubts!💕 have a good day you guys!

  11. juman says:
    February 9, 2026 at 6:04 pm

    wow mi bai v salhi keep it coming pretty girl❤️

    1. yooon yooon says:
      February 10, 2026 at 1:16 pm

      Thankyou sm juman💕

  12. Anonymous says:
    February 9, 2026 at 6:09 pm

    Very very nice this ep
    Nex ep when..?
    Ly yoon

    1. yooon yooon says:
      February 10, 2026 at 1:18 pm

      Thankyou sm dear💕
      Next part insha allah 11th Feb vaa Wednesday ga!
      Lym!!💕

  13. ahru says:
    February 9, 2026 at 6:14 pm

    Vrh lahun kuree part readu kury.. i was bunaane eche neyngufa Mial & Yaulaan geh almost kissed part kiyaafa. This part kiyaafa hama jehun varh nues igeyne i was so relived..
    Next part ge inthizaaruga igey hama

    I also have the samme question as your fan.. Roadha mas ga yoonge storys kiyaakah nulibeyneh tha..? I really want. Mihaaru liyamun dhanee yaa hw many storys are you writing…? and when will be the next..?

    1. yooon yooon says:
      February 10, 2026 at 1:36 pm

      Haha its okay glad you read it! Thankyou sm Ahru 💕
      HAHAH PHEW! 😭😭

      Thi Soora Noon nimeynee roadha mas thereyga kanneynge. After that, yoon currentlu liyamun midhaa story liye nimunyma upload kuraan fashaany. That story liye nimeyne ireh bunaakah neynge adhi. But insha allah i’ll try my best!
      I’m currently writing 4 other stories.

  14. ahru says:
    February 9, 2026 at 6:15 pm

    Mileen had been possesive obsess kuhjeh dho kurinnes
    LUV how u presented that btw

    1. yooon yooon says:
      February 10, 2026 at 1:38 pm

      Yess she’s been this way for a LONG time😭
      Thankyouu ahru, happy you liked it💕

  15. Nyyvaa says:
    February 9, 2026 at 6:58 pm

    Varah varah reethi
    when next.?
    💕💕

    1. yooon yooon says:
      February 10, 2026 at 1:39 pm

      Thankyouu sm Nyyvaa! 🥹💕
      Next insha allah 11th Feb vaa Wednesday ga

  16. Hamnerrr🎀 says:
    February 9, 2026 at 7:04 pm

    Team shafwaan and mial🙋

    1. yooon yooon says:
      February 10, 2026 at 1:40 pm

      (me too aslu😓)
      BUT WELL…..LETS SEE DHW!

    2. yooon yooon says:
      February 10, 2026 at 1:42 pm

      and thankyouu sm Hamnerrr!💕

  17. Miss jennie says:
    February 9, 2026 at 7:49 pm

    Mi part ves varah reethi. Yaulaan and mial ge plan akee mishal bust vun dhww? Shafwaan ehen eheema mishal bunaanee keekeybaa? Curiously waiting for next part???

    1. yooon yooon says:
      February 10, 2026 at 1:42 pm

      Thankyouu sm Miss jennie!💕Haha Yaulaan and Mial have cooked up something in secracy. Lets see dhww!

  18. rai says:
    February 10, 2026 at 5:32 am

    Mi part vec v reethi.
    Kon irakun next..
    Navaal and mishlaa dhoo. Cute couple 😅

    1. yooon yooon says:
      February 10, 2026 at 1:43 pm

      Thankyouu sm rai💕 Next part insha allah 11th Feb, Wednesday ga.
      Haha so glad you like them!

  19. Meeee says:
    February 11, 2026 at 12:32 pm

    Waiting for todays part 🥹…idk hw many times im checking the website 😭

  20. R@@jihà🧕 says:
    February 11, 2026 at 1:22 pm

    Kobaa

Comments are closed.

Next Episodeތި ސޫރަ ނޫން 44←


All Right Reserved!