Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 40

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 3, 2026 11 Mins Read
25 Comments

* ޝަފްވާން ޝައްޔާނަށް ބަލާލީ ހިނިއައިސްހުރެއެވެ. އަދި ޝައްޔާނަށް މިއަލް ކަމުދޭތޯ އެއްސެވެ. ކުޑަކޮށް ހީނލާފައި ޝައްޔާން ބޯ ޖަހާލުމުން ޝަފްވާނަށް ނުހުރެވިގެން ހެވުނެވެ. ޝައްޔާން ވީ ހައްތަހާވެސް ރަތްކެވެ. އާ ކަމަކަށް ވުމުން އޭނާއަށް ހަދަންވީ ގޮތް ނޭނގެނީއެވެ. ސިފްރާ އޭނާއަށް ވެސް މިއަލް ވަރަށް ކަމުދާކަމަށް ބުންޏެވެ. ހިތަށް ލިބުނު ފިނިކަމާއެކު ޝަފްވާން ނުހަނު އުފާވިއެވެ. ކެއުން ކުރިއަށް ދިޔައީ އެންމެންގެ މެދުގައި ތަފާތު އެކި ވާހަކަ ދެކެވެމުންނެވެ. އަހުނަފް ގުޅަން ފެށުމާއެކު ޝަފްވާން ފޯނު ނެގިއެވެ. *

“އެލް ދައްތި ތައްޔާރެއް ނުވަންތަ..؟؟” އިޒާ ކޮޓަރިއަށް ވަނީ ކޮނޑުގައި ދަބަހެއް އަޅުވައިގެންނެވެ. މީހާއަށް ވުރެ ދަބަސް ބޮޑެވެ. ނިތްމަތީ އަތް ބާއްވާލައިގެން އޮވެ މިއަލް ހީނލެވޭތޯ ބެއްޔެވެ. ބޮލުގެ ރިހުންގަނޑު އަދިވެސް ނުދެއެވެ. އޭނާ ބޭސް ވެސް ކައިފިއެވެ.

“ކޮންތާކަށް ދާން އިންނު މާ ތިއްތިވެލައިގެން ތިހުރީ..؟” މިއަލް އެއްސެވެ.

“ފިޝް.. ފިޝިން ޓްރިޕް..” އިޒާ ބުނެލީ ދޮށި އެއްލާގޮތަށް ހަރަކާތް ކޮށްލަމުންނެވެ. އެއާއެކު ހައިފާ ވެސް ވަނެވެ. އޭނާ ހުރީ ކަކުލާ ހަމައަށް އަރާ ދަނބު ހެދުމަކާއެކު ކަޅު ޝޯލްއެއް އަޅައިގެންނެވެ. މިއަލް އޮތްގޮތް ފެނި ހައިފާ އަވަހަށް އެދިމާއަށް ދިޔައެވެ.

“ބޮލުގައި ރިއްސަނީތަ..؟ ދައްތައަށް އަންގާވެސް ނުލާ. އެހެންވެދޯ މެސެޖަށް ޖަވާބު ނުދިނީ..؟” ހައިފާ އެހެން ބުނުމާއެކު މިއަލް ވަރުދެރަގޮތަކަށް ފޯނަށް ބަލާލިއެވެ. އޭރު މިރޭ މަސްދަތުރެއް ދާން ނަވާޒު ރޭވި ވާހަކަ ބުނެ، އަށެއް ޖަހާއިރަށް ތައްޔާރުވާން އެދިފައި އޮތެވެ. މިއަލްގެ ނޭވާ އަވަސްވިއެވެ. އޭނާ ދާން ބޭނުންވިޔަސް ދާނީ ކިހިނެތް ހެއްޔެވެ.؟ ދޯންޏަށް އަރާކަށް އޭނާއަކަށް ނުކެރޭނެއެވެ. ޝަފްވާނާއެކު އެރިއިރު ކޮންމެވެސް ވަރަކަށް ބިރު ކެނޑުނަސް އަދި މުޅިން ރަނގަޅުވާން ދުވަސް ނަގާނެއެވެ. އެކީ ދާން ނަވާލެއް ވެސް ނެތެވެ.

“ބޭސް ކައިފިން.. އެކަމަކު އަދިވެސް ވަރަށް ބޮލުގަ ރިއްސާ.. ދައްތަމެން ގޮސްލާ އެލް ހުންނާނަން ގޭގައި..” މިއަލް ބުނެލިއެވެ. ހައިފާ ވަގުތުން ދެކޮޅު ހެދިއެވެ. މިއަލް އެކަނި ބާއްވާފައިދާން ނުކެރޭނެ ކަމަށް ބުނަމުންނެވެ. އޭނާ ނަވާޒަށް ގުޅިއެވެ. މިހާރު ވަނީ ދޯންޏަށް ލާރި ދައްކާ އެހެނިހެން އިންތިޒާމުތައް ހަމަޖައްސާފައި ކަމަށް ނަވާޒު ބުނުމުން ހައިފާއަށް ދެވަނަ ވިސްނުމެއްގެ ތެރެއަށް ދާން ޖެހުނެވެ.

“އެނދުގައި އޮވެގެން ވެސް މިހާރު މަސް ބޭނެނީތަ..؟” އާދައިގެ ކަޅު ސޯޓަކާއި ރަތް ޓީޝާޓެއް ލައިގެން އަހުނަފް ވަތްއިރު ބޮލުގައި ތޮތްޕެއް ވެސް އޮތެވެ. ތޮފީގެ ކަރުގައި އައްސާ ވާގަނޑު ދޫކަމުން މެއާ ހަމައަށް ފޯރައެވެ. އަވި ނެތްތަނުގައި އޭނާ ބޮލުގައި މި ތޮފި އަޅާ ބޭނުމެއް ނޭނގެއެވެ. ހަނދުވަރުން ސަލާމަތްވާން ތޯއްޗެކެވެ. އަހުނަފް ފަހަތުން ތަނާ ވެސް ވަނެވެ. އޭނާއަށް ވެސް ވަނީ ދަތުރުގައި ބައިވެރިވާން ދައުވަތު ދީފައެވެ. އަހުނަފާ ގުޅޭނެހެން ތަނާ ވެސް ލައިގެން ހުރީ ރަތް ޓީޝާޓަކާ ކަޅު ފްލެއަރ ހަރުވާޅެކެވެ. މިއަލް ތަންކޮޅެއް ބަލި ވާހަކަ ހައިފާ ބުނެލީ ދެރަވެފައެވެ.

“އެހެންވިއްޔާ އަހަރެން މަޑުކޮށްފާނަން..” ދޮރު ކައިރީ ހުއްޓެމުން ޝަފްވާން ބުނެލިއެވެ. އޭނާ ހުރީ އަތްދިގު ކަޅު ޖާރޒީއަކާއި އެކުލައިގެ ސޯޓެއް ލައިގެންނެވެ. ޖާރޒީ މެދުގައި ހުދުކުލައިން ހަތާވީސް އަޅާފައިވަނީ ބޮޑު އަކުރުންނެވެ. އަތުގައި ދޮށިތަކަކާއި ދަބަހެއް އޮތެވެ. އަހުނަފް ގުޅުމުން ކައިގެން އޭނާ އެގެއަށް އައީ ހަމަ ދެންމެއެވެ.

ޝަފްވާންގެ އަޑު ޖެހުމާއެކު ކުރިން ހިތަށް ލިބޭ ފިނިކަމުގެ ބަދަލުގައި މިފަހަރު މިއަލްގެ ހިތުގައި ދުވެލީ ނުބައި ނުތަނަވަސްކަމެކެވެ. އެ ނުތަނަވަސްކަން އިތުރުވަމުން ދިޔަވަރަކަށް އޭނާގެ ނޭވާއަށް ދަތިވަމުން ދިޔައެވެ. ބަނޑުގައި ވެސް ކުރިން ނެތް ތަދެއް އުފެދި މިއަލްއަށް އުނދަގޫވިއެވެ. މިޝަލް އާއި ވެވުނު އެއްބަސްވުން އޭނާގެ ހަނދާނުން އެންމެ ހިނދުކޮޅަކަށް ވެސް ފިލައިގެންނެއް ނުދެއެވެ. ކޮންމެ ބަހެއް އޭނާގެ ސިކުނޑީގައި ވަނީ ކަނޑާ ނެގިފައެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ.؟ ޝަފްވާނާއި އެކުގައި ހުންނަންވެއްޖެނަމަ އޭނަޔާއި ދުރުވާނީ ކިހިނެއް ހެއްޔެވެ.؟

“ނޫން..” މިއަލްއަށް ބުނެވުނީ ބޭނުންވި ވަރަށްވުރެ ވެސް ބާރަށެވެ. އެއާއެކު ކޮޓަރީގައި ތިބި އެންމެންގެ މޫނުމަތިން ފާޅުވީ ހައިރާންކަމެވެ. ވަކިން ޚާއްސަކޮށް ޝަފްވާން ހައިރާންވެ ބުމަ އަރުވާލިއެވެ. މިއަލް ދުވަހަކުވެސް އެހާ ބާރަށް ވާހަކަ ދައްކާފައި ނުވާތީއެވެ. މިއަލް އޭނާ އާއި ދިމާ ބަލާވެސް ނުލުމުން ޝަފްވާނަށް އުނދަގޫވިއެވެ.

އަހުނަފް ޝަފްވާނާއި ދިމާއަށް ބަލާލީ ފާޑަކަށެވެ. އެއްފަހަރު އެދިމާއަށް ނުބަލަން ނަދުރެއް ބުނެގެން އިން ފަދައިން އިން މިއަލްއަށް ބަލާލާފައި ވާނުވާގައި ހުރި ޝަފްވާނަށް އަލުން ނަޒަރު ބަދަލު ކޮށްލިއެވެ.

“ކަލޭ ކީއް ކުރީ..؟” އަހުނަފް އެހެން އަހާލިއިރު މީހާ ވަނީ މުޅިން ސީރިއަސްވެފައެވެ. ކުރިން އަހުނަފްގެ ފަރާތުން ނުފެންނަ ކަމެކެވެ.

“މަ ނުކުރަން ކަމެއް..” ހިސާބަކަށް އޮޅުން އަރާފައިހުރެ ޝަފްވާން މިއަލް ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އެކަން އެނގުމާއެކު މިއަލް އަވަހަށް ހުއްޓުމަށް އެދުނެވެ. އަތުން އިޝާރާތް ކޮށްލަމުންނެވެ. ގާތަށް އައުން މަނާ ކުރަމުންނެވެ.

މަންޒަރު ބަލަން ހުރެފައި ހައިފާ އިޒާ ގޮވައިގެން ނިކުތީ ބޭރަށެވެ. އެދެމެދުގައި ޖެހިފައިވާ މައްސަލައެއް އަމިއްލައަށް ހައްލު ކުރަން ފުރުސަތު ދިނުމަށެވެ.

ތަނާ ވެސް ދާން އަހުނަފްގެ އަތަށް ދަމާލިއެވެ. އެހެނަސް ހުރިތަނުން އަހުނަފް ގުޑާވެސް ނުލިއެވެ. އޭނާ އެންމެ ބިރުން އުޅުނު ކަންތައް އެވީއެވެ. މިއަލްއަކީ ކޮއްކޮއެއްކަން އެނގި ޝަފްވާންގެ ހިތުގައި މިއަލްއަށް ދެވިފައިވީ ދަރަޖަ އެނގުނު ދުވަހުން ފެށިގެން މިއަލްގެ ރައްކާތެރިކަމާމެދު އޭނާއަށް ފިކުރު ކުރެވެއެވެ. ބޭބެއެއް ފަދައިންނެވެ. ޝަފްވާނަކީ ގޯސް މީހެއް ނޫންކަން އެނގުނަސް ކަމެއް ވާނީ ބުނެފައި ނޫންކަން އޭނާ ދަނެއެވެ.

“މިއާ..” ޝަފްވާން ގޮވާލީ މަޑުމައިތިރިކަމާއެކުގައެވެ. މޫނު ނުދައްކަން މިއަލް އިސްޖަހާލުމާއެކު އިސްތަށިގަނޑު ވެއްޓި އޭނާ ފަރުދާ ކޮށްދިނެވެ. ލޮލަށް ގިނަވާންފެށި ކަރުނަތައް ވެސްމެއެވެ.

“އެކަނިވެލަން ބޭނުމީ.. މި ކޮޓަރިން ދޭ..” މިއަލްއަށް ބުނެވުނީ އެހެން އެކަންޏެވެ. އިތުރަށް ވާހަކަ ދައްކަން ހަދައިގެން އޭނާގެ އަޑު ކެނޑި ތުރުތުރުލާގޮތް ވެދާނެތީއެވެ. ޝަފްވާންގެ ހިތަށް ހީވީ ލޮޅުމެއް އެރިހެންނެވެ. އެ އަޑުގައިވީ ދުރުކަން ބަލައިގަންނަން ޝަފްވާނަށް ދަތިވިއެވެ. ގައިމުވެސް މިއަލް އެއިނީ ބޮޑު ކަމެއް ވެގެންކަން އޭނާއަށް އެނގެއެވެ.

“ވީ ގޮތް ބުނެދީފާނަންތަ އެޓްލީސްޓް..؟ މިއާ އެދެންޏާ މި ހުރިތަނުން އިންޗިއެއް ވެސް ކުރިއަކަށް ނުޖެހޭނަން.. އެކަމަކު ތިހެން ބުނާ ސަބަބު އެނގެން ބޭނުން.. ޔޫ ސައުންޑް ޑިފަރެންޓް.. ތިހާ ދުރުކޮށްލާ ގޮތަކަށް ކީއްވެ ތި ވާހަކަ ދައްކަނީ..؟”

ޝަފްވާންގެ އަޑުގައިވީ ހިތާމަވެރިކަން މިއަލްގެ ހިތް ކުދިކުދިކޮށްލިއެވެ. އޭނާއަށް މަޖުބޫރުވީ އަމިއްލަ އިހުސާސްތައް އެއްފަރާތް ކޮށްލާށެވެ. ފަސްލާ ފޮޮރުވާށެވެ.

“މިގަޑީ ޝަފްވާނާއި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. މިތަނުން ދޭ..” ހިތްވަރާއެކު މިއަލްއަށް ދެންވެސް ބުނެވުނީ އެހިސާބަށެވެ. ކަރުނަތައް އޮބަހައްޓަން މަސައްކަތް ކުރެވުނުވަރުން އޭނާގެ ނޭފަތުން ފެން އަންނަން ފެށިއެވެ. މިއަލް ނޭފަތް ދަމާލިއެވެ.

ޝަފްވާން ދެރަވިއެވެ. ހިތުގައި ޝަކުވާ އުފެދުނެވެ. މިއަލްއަށް މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެ ހެއްޔެވެ.؟ އޭނާއަށް ކަމެއް ކުރެވުނީ ހެއްޔެވެ.؟ މިހުރިހާ ދުވަހެއް އަމާންކަމާއެކު ކުރިއަށް ގޮސްފައި ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ.؟

“އަހަންނަށް ކީއްތަ ކުރެވުނީ.؟ އައިމް ރިއަލީ ސޮރީ.. މިއާ ހިތްހަމަނުޖެހޭ ކަމެއް ކުރެވިފަ އިނިއްޔާ މާފަށް އެދެން.. ޖެނުއިންލީ އައި އޭމް ސޯ ސޮރީ.. ފިއުޗަރގަ އެކަހަލަ ކަމެއް ނުކުރެވޭތޯ ބަލާނަން.. އައި ޕްރޮމިސް.. ޕްލީޒް ޓޯކް ޓު މީ..” ޝަފްވާންގެ އަޑު ކުރެހިގެންދިޔައެވެ. ތަނާއަށް އަހުނަފްގެ އަތުގައި ހިފާ ބާރުކޮށްލެވުނީ އޭނާ ވެސް ދެރަވެގެންނެވެ.

“ގެޓް އައުޓް.. ޕްލީޒް…” މިއަލްގެ އަޑު އައީ ފަނޑުކޮށެވެ. މިހުރިހާ ކަމެއް ކުރާހާ ހަކަތައެއް ނެތެެވެ. މިޝަލް ދިިރިހުރިކަމާ އެ އެއްބަސްވުމާމެދު ވިސްނާވިސްނާ އޭނާ ވަރުބަލިވެއްޖެއެވެ. އެއާއެކު މިއަލް ކުޑަކޮށް އަރި ވެސް އަޅާލިއެވެ. ޝަފްވާނަށް ކުރިއަށް ފިޔަވަޅެއް ނެގުނީ އިޚްތިޔާރުން ބޭރުގައެވެ. އޭރު އޭނާގެ އަތް މިއަލްގެ ސަލާމަތަށް ޓަކައި ދިއްކޮށްލެވިފައިވިއެވެ. އެއާއެކު ގާތަށް ނާންނާށޭ ބުނެ މިއަލްއަށް ރޮވިއްޖެއެވެ. ޝަފްވާން އިހުނަށްވުރެ ކަންބޮޑުވިއެވެ. ބޯ ހާސްވާވަރަށް މިކަން ގޮސްފިއެވެ.

އަހުނަފް ގޮސް ޝަފްވާނުގެ ކޮނޑުގައި ހިފާ ހުއްޓުވިއެވެ. ބުމަ ކައިރިވެ އަހުނަފްގެ މޫނުމަތިން ފެނުނީ ނުރުހުންވުމެވެ. އެ ކޮޓަރިން ނިކުތުމަށް އޭނާ އެދުނެވެ.

“މަސްދަތުރަށް ކަލޭ މިރޭ ނައިއްޔާ މަށަށް ރަނގަޅީ.. ތި ވެގެން އުޅޭގޮތެއް މަށަކަށް ވެސް ނޭނގެ އެކަމަކު ކަލޭ ވަރަށް ބޮޑު ކަމެއް ކޮށްފިކަން އެބަ އިނގޭ އެލް އުޅޭގޮތުން.. އައި ސްވެއަރ އިފް ޔޫ ޑިޑް އެނީތިން ޓު ހަރ.. އެއީ މަގޭ ކޮއްކޮކަން ކަލޭ ހަނދާން އެބަހުރިދޯ..؟” އަހުނަފްގެ އަޑުގައިވީ ދުވަހަކުވެސް ނުވާފަދަ ސީރިއަސްކަމެކެވެ.

ޝަފްވާނަށް ގަބޫލުކުރަން ދަތިވިއެވެ. މިރޭ ވައިގައި ހިފާފައި މިވަނީ ކޯޗެއް ހެއްޔެވެ.؟ އޭނާ ކަމެއް ނުކުރާކަމަށް ބުނެވޭކަށް ވެސް ނެތެވެ. ޚުދު އޭނާއަށް ވެސް މިއަލް ހިތްހަމަނުޖެހިގެން މިއުޅޭ ސަބަބު ނޭނގޭތީއެވެ. އޭނާއަށް ޖެހުނީ އެންމެފަހުން ކަރުއެލުވާލާފައި ނިކުންނަން ދާށެވެ.

“މެސެޖް ކުރިޔަސް ވެސް އޯކޭ.. މިއާގެ ވާހަކަ އަޑުއަހަން އަހަރެން ވެސް ތައްޔާރު.. އޭޒް ރެޑީ އޭޒް ޔޫ ވަރ ވެން ޔޫ ލިސެންޑް ޓު މީ..” ޝަފްވާން ފަސްއެނބުރި ބަލާލަމުން ބުނެލިއެވެ. “އެންޑް ސޮރީ.. އައި ރިއަލީ އޭމް..” ޝަފްވާން އިތުރު ކޮށްލިއެވެ. އަހުނަފް އޭނާގެ ކޮނޑުގައި ހިފާ ކޮޓަރިން ނެރުނެވެ. އަދި ގިރުވާނުގައި ހިފާ ފާރަށް ގަންނަވާލައިފިއެވެ. ތަނާ ދިޔައީ މިއަލް ގާތަށެވެ.

“އައި ޓްރަސްޓެޑް ޔޫ.. އެލްއަށް އެންމެ އެކަށީގެންވަނީ ކަލޭ ކަމަށް ގަބޫލު ކުރިން.. ކަލޭ ކީއް ކޮށްގެން އެލްއަށް އެވަރު ވެފައި އެހުރީ..؟” އަހުނަފް އެއްސެވެ. ޝަފްވާން ހިތްހަމަނުޖެހުނެވެ. ކަމުގެ ދެކޮޅު ނުބަލާ އޭނާއަށް ޝައްކުކުރަން ފެށުމުންނެވެ. ޚާއްސަކޮށް އެއީ އަހުނަފްގެ ފަރާތުން އުންމީދުކުރި ކަމަކަށް ނުވާތީއެވެ. އެ އަތް ފޮޅާލާފައި ޝަފްވާން އަހުނަފާއި ކުރިމަތިލިއެވެ.

“މަށަކަށް ވެސް ނޭނގެޔޭ.. ނޭނގެޔޭ..! ކިތައް ފަހަރު ބުނެގެން ކަލެއަށް އަޑު އިވޭނީ.. މަ ނުކުރަމޭ ކަމެއް.. ހީކުރީތަ ދެންމެ މަށަށް މިހާތަނަށް ކުރެވިފައިވީ ހުރިހާކަމަކާ މެދު ނުވިސްނޭ ކަމަށް..؟ މިއާގެ ރުޅި އަމާޒުވާން މަށަށް ނެތޭ ކަމެއް ކުރެވިފައެއް.. އެނގުމެއްގެ ތެރޭ..” ޝަފްވާން ބުނެލިއެވެ. އެހެނަސް އަހުނަފް ދެބުމަ މަގުލަސް ޖަހައިގެން ހުރިގޮތުން އޭނާ އެކަން ގަބޫލު ނުކުރާކަން ދޭހަވިއެވެ.

“ޔޫ ކިސްޑް ހަރ މޭން.. ދެން އިތުރަށް މަ ކިހިނެއްތަ ގަބޫލުކުރާނީ ކަލޭ ކަމެއް ނުކުރާކަމަށް.. ތެދަށް ބުނޭ.. ކަލޭ ކީއް ކުރީ..؟؟” އަހުނަފް އެއްސެވެ.

އަހުނަފް އުޅެމުން މި ދިޔަ ގޮތުން ޝަފްވާންގެ ރުޅިވެސް ގަދަވާން ފެށިއެވެ. ކުރިން ވެސް ރުޅިގަދަ މީހަކަށް ވުމުގެ އިތުރުން އޭނައަށް ނާއިންސާފުން ކަމެއް ވަންޏާ އަބަދުވެސް ރުޅިގަނޑު ގަދަވެގެން ދަނީ އާދަޔާޚިލާފު ގޮތަކަށެވެ. އެއާއެކު ޝަފްވާން ބުމަ ކައިރިކޮށްލަމުން ހީނލައިފިއެވެ.

“އެންޑް ޝީ ޓޭސްޓެޑް ގްރޭޓް. ކަލޭ ހީކު…..” ޝަފްވާނަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އަހުނަފް އަތްމުއްކަވާފައި އޭނާގެ މޫނުމަތީ ޖެހުމުންނެވެ. ވީ ތަދުން ޝަފްވާނަށް އަހުނަފްގެ ކޮނޑުގައި އަޅާ ދުރަށް ކޮއްޕާލެވުނެވެ. އޭރު ތުންފަތް ފެޅި ލޭ އަންނަމުން ދިޔައެވެ.

މިއަލްއަށް އެ މަންޒަރު ފެނި ހަޅޭއްލަވައިގަނެވުނެވެ. ޝަފްވާނަށް އަނިޔާއެއްވާން އޭނާ ނޭދެއެވެ. އެނދުން ފުންމާލައިގެން ގޮސް ދެވަނަ ފަހަރަށް ވެސް ޝަފްވާންގެ މޫނުމަތީ ޖަހަން އަތް މަޅާލި އަހުނަފާއި ދެމެދަށް ވަދެވުނީ ޝަފްވާންގެ ހިމާޔަތަށެވެ.

ކުއްލިއަކަށް މިއަލް އައުމާއެކު ޝަފްވާނަށް ވެސް ލިބިގެން ދިޔައީ ޝޮކެކެވެ. އަހުނަފްގެ ހޫނު ހަމަލާއިން މިއަލް ސަލާމަތް ކޮށްދިނުމަށް އޭނާއަށް މިއަލް އެއްފަރާތް ކޮށްލެވުނެވެ. ދެމީހުންނަށް ދެމީހުން ސަލާމަތް ކޮށްދޭން ހަރަކާތް ކުރެވުނީ އެއްފަހަރާއެވެ. ޝަފްވާން ގާތްވެލުމާއެކު ދުރުގައި ހުރުމަށް މިއަލްގެ ދުލުން ބޭރުވިއެވެ. މިއަލްގެ އުނަގަނޑުގައި ވަށާލެވުނު އޭނާގެ އަތް ވަކިކޮށްލެވުނުގޮތް ވެސް ޝަފްވާނަކަށް ނޭނގުނެވެ. އެ ޖުމްލައާއި އެކު އޭނާގެ ހިތަށް ހީވީ ތޫނު އެއްޗެހިތަކެއް އެއްފަހަރާ ހަރާލިހެންނެވެ.

“ނުބައި ގަޑިއެއްގައިތަ މިއާދެވުނީ..؟”

ތިން މީހުންގެ ސަމާލުކަން ދަމައިގަތީ ޔައުލާންގެ އަޑެވެ. އޭރު އެތަނުގައި ހިނގަމުންދިޔަ ހަމަނުޖެހުންގަނޑު ބަލަން ޔައުލާން ހުއްޓެވެ. އޭނާގެ ނަޒަރު ހުރީ ޝަފްވާނަށެވެ. އެ ބެލުމުގައި ނުރުހުމާއެކު ކުޑަ ހަސަދަވެރިކަމެއް ވެސް ވިއެވެ. ގަސްތަކު ނޫނެވެ. ޔައުލާނާއި ޖެހިގެން ބުމަ އަރުވާލައިގެން ހުރި ރީއަލް ފެނި މިއަލް ހައިރާންވިއެވެ. އޭނާ ގާތު އަންނަ ވާހަކަ ވެސް ނުބުނާތީއެވެ.

“ކިހިނެއް ވެގެން މި އުޅެނީ..؟ އެލްއަށް ކިހިނެއްވީ..؟” ރީއަލް ކުރިއަށް ޖެހިލީ އަހުނަފާއި ކޮޓަރިން ނިކުތް ތަނާއަށް ތައާރަފް ވެލަމުންނެވެ. އެއީ މިއަލްގެ ދޮންބެކަން އެނގުމާއެކު އަހުނަފް ހަށިގަނޑު ސީދާ ކޮށްލިއެވެ.

“ވެގެން އުޅޭގޮތެއް އަހާބަލަ މީނަ ކައިރިން.. އެލް ދުރަށް ދާށޭ ކިޔާނީ ކަމެއް ވީމައެއްނު..” އަހުނަފް އެހެން ބުނެލުމުން ރީއަލަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފާ ދަމައިގަތްހެންނެވެ. ކަރުނަ ފައިބަމުން ދިޔަ މިއަލްގެ ދެލޮލަށް ބަލާލާފައި ރީއަލަށް މިއަލް ގެނެސް މޭގައި ޖައްސާލެވުނު ގޮތެއް ވެސް ނޭނގުނެވެ. ޝަފްވާނާއި ދިމާއަށް އޭނާ އަމާޒުކޮށްލީ އަލިފާނުގެ ބެލުމެކެވެ. އެ ބެލުމުން ޝަފްވާން ރޮލާ ކާލަފާނެހެން ހީވިއެވެ. އަތް އިސްނުކުރެވުނީ ވެސް ހިތްވަރު ކުރެވުނު ވަރުންނެވެ. ވާނުވާ ރަނގަޅަށް ނޭނގި ރީއަލަކީ ތަޅާފޮޅާހަދާ މީހަކަށް ނުވުން އެއީ ޝަފްވާންގެ ނަސީބެވެ.

“ދޭ.. އެންޑް ޑޯންޓް ކަމް ހިއަރ ފޮރ އަ ވައިލް..” ދޮރާ ދިމާއަށް އިޝާރާތް ކުރަމުން އަހުނަފް އެހެން ބުނެލިއިރު އަޑު ތަންކޮޅެއް މަޑެވެ. އެއީ އޭނާއަށް ވެސް ބުނަން ފަސޭހަ ޖުމްލަތަކެއް ނޫނެވެ. ނަމަވެސް މިއަލްއަށް ޓަކައި އެހިތުގައި އުފެދިފައި ވަނީ އާދަޔާޚިލާފް ބިރެކެވެ. އެވަގުތު އެކުވެރިކަމުގެ މައްޗަށް އެ ބިރު ވަނީ ގަދަވެގަނެފައެވެ. ރަނގަޅަށް ވިސްނޭވަރަށްވުރެ ބޮޑަށް ރުޅި ވަނީ މުޅި ސިކުނޑި ހިސޯރުކޮށްފައެވެ.

އިސްއޮބާލާފައި ޝަފްވާން ހިނގައިގަތެވެ. ދިޔުމުގެ ކުރިން އޭނާއަށް މިއަލްގެ މޫނަށް ބަލާލެވުނެވެ. ހިތާމައިގެ ތަސްވީރެކެވެ. މޫނުމަތި ރަތްވެފައިވީއިރު ދެލޮލުން ކޯރުހަދާފައި ކަރުނަ ފައިބަނީއެވެ. ހިންދިރުވާލަން ވެސް ޝަފްވާނަށް ދަތިވިއެވެ. އަދި އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ. ކުރެވުނީ ކީއްކަން ވެސް ނޭނގޭ ހާލުގައެވެ. މިއަލްގެ ލޮލުން އަންނަމުންދިޔަ ކޮންމެ ކަރުނަ ތިއްކަކީ އޭނާގެ ހިތުގައި ލެވޭ ފުން ޒަޚަމަކަށްވިއެވެ. މިއަލްގެ މޫނަށް ބަލަން އޭނާ މާ ގިނައިރު ހުރެވުނުކަން އިހުސާސްވީ ރީއަލް ކަރުކެހިލުމުންނެވެ. މޮޅިވެރި ހިނގުމެއްގައި ޝަފްވާން ގެއިން ނިކުމެ ދޮރުލައްޕާލި އަޑު އިވުމާއެކު މިއަލްގެ ރުއިމުގެ އަޑު ފަޅައިގެން ދިޔައެވެ.

“އެލް..” ޔައުލާން ހާސްވެފައި ގޮސް މިއަލް އެނދުގައި ބޭންދިއެވެ. މިއަލްއަށް ހުއްޓުމެއް ނެތި ރޮވެނީއެވެ. ގިސްލަގިސްލާފައެވެ. ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. އޭނާގެ ކަނާތްފަޅީގައި އިށީނދެ ރީއަލް ކަންބޮޑުވެެގެން ބުރަކަށީގައި ފިރުމަން ފެށިއެވެ. އަދި މިއަލްގެ އިސްތަށިގަނޑު ވެސް އައްސައިދިނެވެ. ހުއްޓުމެއް ނެތި ވީގޮތް ކިޔާދިނުމަށް އެދެމުންނެވެ. ތަނާ ވެސް މިއަލްގެ އަތުގައި ހިފާލައިގެން އޭނާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ. އަތް އުރާލައިގެން ޔައުލާން ހުރިއިރު ކޮށްދޭނެކަމެއް ނޭނގިފައި އަހުނަފަށް ވެސް ހުންނަން ޖެހުނީ ބަލާށެވެ.

އެހެން ހުރެފައި ޔައުލާން މޭޒުމަތީ ހުރި ފެންފުޅި ދިއްކޮށްލީ މަތި ނަގަމުންނެވެ. މިއަލް ފެންފޮދެއް ބޯލިއެވެ. އެ ކޯވަރު ދިރުވާލެވުނީ އުނދަގުލުންނެވެ. ޝަފްވާންގެ ހިތަށް އެދެވުނު އަނިޔާ ހިތަށް އެރުމާއެކު އަނެއްކާ ވެސް މިއަލްއަށް ރޮވެން ފެށުނެވެ. ޝަފްވާނާ ދުރުވާން ބޭނުންވިޔަސް ދެންމެ ކަން ކުރެވުނު ގޮތަށް ކަން ނުކުރެވުނުނަމައޭ ހިތަށް އެރީ އެކަން ހިނގިތާ ފަސްމިނެޓް ވެސް ނުވަނީހެވެ. ނިތްމަތީ އަތްއެޅުނީ އަމިއްލަ ނަފްސުދެކެ އައި ރުޅިންނެވެ. އޭނާ އެއްބަސްވީ އަމިއްލަ ހިތްހަލާކުވާނެކަން އެނގިހުރެއެވެ. ނަމަވެސް މިހާ ވޭންއަޅާނެކަމަށް އަންދާޒާ ކުރެވިފައެއް ނެތެވެ. ވާހަކަ ފޮތްތަކުގައި ބަތަލުންނާއި ބަތަލާއިން އެވާ ދެރަ މިއަލްއަށް އިހުސާސް ކުރެވުނެވެ. ހިތް އޮންނަ ފަޅީގައި އަތް ބާއްވާލެވުނީ ހަގީގަތުގައި ވެސް ތޫނު ތަދެއް އިހުސާސް ކުރެވެން ފެށުމުންނެވެ.

މިއަލް ހަމައަކަށް އެޅުނީ އޭގެ ސަތާރަވަރަކަށް މިނެޓް ފަހުންނެވެ. މިއަލް ރުއިން ހުއްޓާލިތާ މާ ގިނައިރެއް ނުވަނީސް ހައިފާ ޓަކި ޖަހާލާފައި ވަނެވެ.

“ދައްތަމެން ދޭ.. އިންނު ވަރަށް ދާހިތުން ހުރީ..” މިއަލް އެދުނުއިރު އަޑުގައިވީ ކުރަކިކަމެވެ.

“އަޅުގަނޑުމެން މިގޭގައި ހުންނާނަން.. ހައިފާ ދައްތަ ދޯ ތިއީ.. މިއީ ރީއަލް..” ރީއަލް އަވަހަށް ހައިފާ އާއި ސަލާމްކުރިއެވެ. ހައިރާންވެފައި ހައިފާ ވެސް ސަލާމްކޮށްލިއެވެ. ނަވާޒުގެ ފަރާތުން ރީއަލް އަންނަ ވާހަކަ ނޭނގޭތީއެވެ. ހައިފާ ރީއަލަށް އަހުނަފް ވެސް ތައާރަފް ކޮށްދިނެވެ. ވަރުގަދައަށް ދެމީހުން ސަލާމް ކޮށްލައިފިއެވެ. ކުރިއްސުރެ ވެސް ދަންނަ ދެ ރަހުމަތްތެރިން ފަދައިންނެވެ. އަހުނަފް ތަނާ ގެނެސް ގާތްކޮށްލަމުން ތައާރަފް ކޮށްދިނީ އޭނާ އެންމެ ލޯބިވާ ކުއްޖާގެ ގޮތުގައެވެ. ތަނާގެ މޫނަށް ވެރިވި ރަތްކަމާއެކު އޭނާ އަހުނަފްގެ ގައިގައި ބޮނޑިއެއް އެޅިއެވެ. އަރައިގަތް ލޯބިން ހަދާނެގޮތެއް ނޭނގިގެންނެވެ. އޭނާވެސް ރީއަލާއި ސަލާމްކޮށްލިއެވެ.

“ވެގެން އުޅޭގޮތް ނޭނގުނަސް ވަރަށް ބޮޑަށް ޝުކުރިއްޔާ.. އަހަރެން ނެތްތަނުގައި އެލްއަށް އަޅާލީތީ.. ތެންކިއު ފޮރ ޓޭކިންގ ކެއަރ އޮފް ހަރ..” ރީއަލް ބުނެލީ ހަމައެކަނި އަހުނަފަށް އިވޭވަރަށެވެ. ރައްދުގައި އެއީ މާބޮޑުކަމެއް ނޫންކަމަށް އަހުނަފް ބުނީ މިއަލްއަކީ އޭނާގެ ވެސް ކޮއްކޮއެއް ކަމަށް ބުނަމުންނެވެ. އެ ޖުމްލައާއެކު ރީއަލްގެ ހިތަށް ހަމަޖެހުމެއް ވެރިވެގެން ދިޔައެވެ.

ނުދާން އުޅެއުޅެފައި ވެސް ހައިފާ އެންމެފަހުން ދިޔައެވެ. ދަމުން އޭނާ އަހުނަފް ގާތު އެދުނީ ވެގެން އުޅޭ ގޮތް އޭނާއަށް ކިޔާދިނުމަށެވެ. އަހުނަފާއި ތަނާ ދިޔައީ ރީއަލާއި ކުޑަ އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ހުރެފައެވެ. ނިންމުނީ ހައިފާމެން ދަތުރު ނިންމާފައި އަންނަންދެން ރީއަލާއި ޔައުލާން އެގޭގައި ހުންނަ ގޮތަށެވެ. މިއަލް އެކަނިނުވާނެކަން އެނގުމާއެކު ހައިފާ ދިޔައީ ހަމަޖެހިހުރެއެވެ.

“ޑޯންޓް އާސްކް މީ އަބައުޓް އިޓް..” ޔައުލާނާއި ރީއަލްގެ ނަޒަރު އޭނާއަށް ސީދާވެފައިވާތީ މިއަލް ބުނެލިއެވެ. ނުބުނަނީސް ދެމީހުން ކުރެއް ނުކުރާނެކަން އެނގޭތީއެވެ.

“ޝަފްވާން ނުކުރޭ ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް.. އެވަރު ބުނެދީފާނަން. އައި ޑޯންޓް ވޯންޓް ޓު ސޭ ދަ ރެސްޓް އެންޑް އައި ހޯޕް ބޯތް އޮފް ޔޫ ވިލް ރެސްޕެކްޓް މައި ޑެޒިޝަން..” މިއަލް އެހެން އެދުމާއެކު ދެމީހުންނަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. މިއަލްގެ ސިކުނޑި އެހެން ދިމާއަކަށް އަނބުރާލުމަށް ޓަކައި ރީއަލް އެމީހުން އައި ބޭނުން ހާމަކޮށްލިއެވެ. އޭނާ އާއި ކިއަނާގެ ވާހަކައެވެ.

“އަސްލު..؟؟” އުފާވެރިކަމުގެ އިހުސާސްތައް އައިސް މިއަލް ވަށާލައިފިއެވެ. ހިތަށް ތަދުވަމުން ދިޔަ ނަމަވެސް ލުޔެއް ލިބިގެން ދިޔައީ ރީއަލާއި ކިއަނާގެ ގުޅުން އާ ހަރުފަތަކަށް ދާން އުޅޭތީ ވީ އުފަލުންނެވެ. ޔައުލާން ވެސް އަތް ޖަހައިގަނެފައި މިއަލް އާއި ބައިވެރިވެ ވާހަކަ ދައްކަން ފެށިއެވެ. ދެންމެ ހިނގައިދިޔަ ޑްރާމާ އާއި މެދު ވިސްނަން ފުރުސަތު ނުދިނުމަށެވެ.

“އުމުރުން އެންމެ ސާދަވަރަކަށް އަހަރުގައި އާނާ ވަނީ ހުރިހާ ކަމެއް ޕްލޭންކޮށް ނިންމާފަ.. ވެޑިން ބާއްވާނެ ތަނާއި ގަޑިޔާ ކުލަޔާ އާނާ ލާނެ ހެދުމުގެ ޑިޒައިނާ އަނގޮޓި ހުންނަން ބޭނުންވާ ގޮތާ ކޭކުގެ ޑިޒައިން ވެސް.. އެކަހަލަ ބައިވަރު ޑްރޮވިންގްސްއާ ޕްލޭންތައް ހުންނާނެ.. ޑޯންޓް ވޮރީ.. އިހަކަށް ދުވަހު ވެސް ކީ ސީދާ އެ ގޮތަށޭ އަދިވެސް ބޭނުންވަނީ ވެޑިންއެއް ބާއްވަން..”

“އޯހް އަދި އޭރު އާނާ ކުރެހި ހުރިހާ ކުރެހުމެއްގައި ގްރޫމްއެއްގެ ގޮތުގައި ކުރަހާފަ ވެސް ހުންނާނީ ދޮންބެ..” މިއަލް ހިނިއައިސްފައި އެކަން ހާމަކޮށްލުމުން ރީއަލަށް ލިބިގެންދިޔަ ހައިރާންކަމާ އެއްވަރަށް އުފާވެސް ވިއެވެ. ކުޑައިރުއްސުރެ ވެސް ކިއަނާ މިދިޔައީ އޭނައަށް ކަޅިއަޅަމުންތާއެވެ.

“ދޭބަލަ ރަށަށް ގޮސްފަ އާނާމެންގެ ގެޔަށް.. އާނާގެ އަލަމާރީގެ އެންމެ ތިރީބައިގަ އިންނާނެ ނުލާ ބައެއް ހެދުންތައް އަޅާ ބައެއް. ޑޮނޭޓް ކުރުމުގެ ކުރިން އެ އެއްޗެހި ބާއްވާ ވަތްގަނޑުގެ އެންމެ ފުނުގަ އޮންނާނެ ފޮތެއް.. އޯލް ހަރ ޑްރީމްސް އާރ އިން ދެއަރ.. ސިއްރުން ކުރައްޗޭ.. އިޓްލް ބީ އަ ސަޕްރައިޒް..” މިއަލް ކިޔާދިނީ އަތުގެ އިޝާރާތްތަކާ އެކުގައެވެ. ރީއަލް ބޯ ޖަހާލިއެވެ.

ހައިފާއަށް ކިޔާދޭނީ ކިހިނެއް ކަމެއް އަހުނަފަކަށް ނޭނގުނެވެ. ނަމަވެސް ކުރުކޮށް ފޮނިކޮށް އޭނާ ބުނެދިނީ މިއަލް އާއި ޝަފްވާނާ ދޭތެރޭ މައްސަލައެއް ޖެހިގެން އުޅޭކަމެވެ. އަދި އިތުރު އެއްޗެއް އެނގިއްޖެނަމަ ހިއްސާ ކުރާނެ ކަމެވެ.  މަސް ދަތުރުގެ ފޯރި ވަނީ ކެނޑިފައެވެ. އަހުނަފް ދަތުރު ނިމެންދެން އަނގައިން ބުނެވެސް ނުލައެވެ. އޭނާ ކިރިޔާ ވެސް ވާހަކަދެއްކީ ތަނާއާއެވެ. އަހުނަފް އެކަނިވެލަން ބޭނުންވާކަން އެނގިގެން ތަނާ ވެސް ގިނަވަގުތު ހޭދަކުރީ އިޒާއާއެކުގައެވެ. ހައިފާ އާއި ނަވާޒު މަޖާކޮށްލެވޭތޯ އުޅުނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެެވެ.

**********

ގެއަށް ގޮސް ނިދުމުގެ ކުރިން ބައެއް ޕޭޕަރވޯކްތައް ނިންމާލުމަށް ޓަކައި ޔައުލާން އިނީ މޭޒުދޮށުގައެވެ. އެހެން އިނދެފައި މޯޅިއަކަށް ދެމިލާފައި އޭނާ ގުޅާލީ މިޝަލްއަށެވެ. އޭނާ އަދި ނުނިދާނެކަން އިނގޭތީއެވެ. ހެޔޮކޮށްވިއްޔާ މިހާރު އިންނާނީ ކޮންމެވެސް ފިލްމެއް ނުވަތަ ސީރީޒެއްގެ އަވައިގައި ޖެހިފައެވެ. ޔައުލާނަށް ހީވީ ހަމަ ރަނގަޅަށެވެ. މިޝަލް ފޯނު ނެގުމާއެކު ބަލަން ހުރި އެއްޗެއްގެ ޝަޚުސިއްޔަތުތައް ވާހަކަދައްކާ އަޑާއި ‘ސަސްޕެންސް’ އެކުލެވޭ ރާގުގަނޑެއްގެ އަޑު އިވެން ފެށިއެވެ.

“ހާއީ..! ކައިފިންތަ..؟ ކޯޗެއް ކެއީ..؟” ޔައުލާން އެއްފަހަރާ އަހާލިއެވެ. އަޑުން އެކަނިވެސް އޭނާ މިޝަލްދެކެ ލޯބިވާވަރާއި އަޅާލާވަރު ހާމަވެއެވެ.

“ބަތް ކެއީ މިރޭ. އަބަދު ރަމެން ކާތީ ޔުއެލްއެއްނު ޝަކުވާކޮށްފަ އެހެން އެއްޗެހި ގެނެސްދިނީ.. ތެންކިއު ފޮ ދަ ރެސިޕީ ބުކް.. މާދަން ބަލާނަން ގާރލިކް ރައިސް ހެދޭތޯ.. ނޫނީ ރިހައާ އެއްކޮށް ކާން ކައްކާނީ.. ޔުއެލް ކޯޗެއްތަ ކާން ބޭނުމީ..؟” މިޝަލް އެއްސެވެ. އެއާއެކު ޔައުލާން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހިފައިގެން ހުރި ގަލަން ވެސް ދޫކޮށްލާފައި އޭނާއަށް ހިނިގަނޑެއް ޖަހާލަމުން އަނގަމަތީ އަތް އެޅުނެވެ. މިޝަލް އޭނާ ބޭނުންވާ ގޮތް އެހުމުން ޔައުލާނަށް ލިބިގެންދިޔައީ އެހެން ކަހަލަ އުފަލެކެވެ.

“ހިނގާބަ ލީންގެ ގާރލިކް ރައިސް އިން ރަހަަ ބަލާލަން..” ޔައުލާން ބުނެލިއެވެ. ވިސްނާލާފައެވެ.

“އޯކޭ ގާރލިކް ރައިސް އިޓް އިޒް.. އިތުރު އެއްޗެއް ބޭނުން..؟ ބޯ އެއްޗެއް..؟ ދެން ޑްރިންކެއް ގަންނަނީ ދޯ..؟” މިޝަލް ޖުމްލަ ނިންމާލީ ވަރުބަލި ރާގަކަށެވެ. ހީވަނީ ދެންމެ ކައްކާ ނިންމާލައިގެން އިތުރު އެއްޗެއް ތައްޔާރުކުރާނެހާ ވަރު ނެތިގެން ބުނެލިހެންނެވެ. މޭޒުގައި ރަނގަޅަށް އަތް ވިދެލަމުން ޔައުލާން ފޯނު ކަންފަތާއި އިތުރަށް ކައިރި ކޮށްލިއެވެ.

“ބުނޭ ލީން ބޭނުން އެއްޗެއް.. އަންނަމުން ގެނެސްދޭނަން.. ޑޯންޓް ވޯކް ޓޫ ހާރޑް.. ލީން ކައްކާ އެއްޗެހި މީރުވެގެން ދެން ކޮންމެ ދުވަހަކު ތައްޔާރު ކޮށްދޭން ބުނެފިއްޔާޔޯ..؟” ޔައުލާން އެއްސެވެ. އެކޮޅުން މިޝަލް ހީނލި އަޑު އިވުނެވެ. އެ އަޑު ޔައުލާންގެ ކަންފަތާ ހަމައަށް ފޯރީ ލުއި މިޔުޒިކެއް ފަދައިންނެވެ. އެ ހުނުމުގެ އަޑަކީ އޭނާ އެންމެ އަހަން ބޭނުންވާ އަޑެވެ. ދުވަހަކު ފޫއްސެއް ނުވާނެއެވެ.

“ޔުއެލްލާނަަށް ވިޔަސް ކޮންމެ ދުވަަހަކު ކައްކައެއް ނުދެވޭނެ އިނގޭ.. އީޓިންގ ފުޑް ކުކްޑް ބައި މީ އިޒް އަ ޕްރިވިލެޖް އެެންޑް ޔޫ ޝުޑް ބީ ތޭންކްފުލް ފޯ އީވެން ގެޓިންގ ޓު ޓޭސްޓް އިޓް..” މިޝަލް ބުނެލީ ބޮޑާހާކާ ރާގަކަށެވެ.

“ތިކަން އިނގޭ އޭރުވެސް.. ހިތްހަރު..” ޔައުލާން އެހެން ބުނެލުމުން މިޝަލް އޭނާގެ ދިފާއުގައި ވާހަކަ ދައްކަން ފެށީ މިއީ ބަހުސެއް ފަދައިންނެވެ.

“ހޫން ހޫން ތިއަށްވުރެ ހިތްމަޑު ފުށްކޮޅެއް މިދުނިޔެ މައްޗަކު ވެސް ނޫޅޭނެ..” އެހެން ބުނުމާއެކު މިޝަލް ބަސް ހުއްޓިއްޖެއެވެ. އަމިއްލައަށް ވެސް އޭނާއަކީ އެހާވަރުގެ ރަނގަޅު މީހެއް ނޫންކަން ގަބޫލު ކުރާތީއެވެ. ޔައުލާން ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި އޭނާ މޮޅުވީކަމަށް ބުނެ އިތުރަށް މިޝަލްއަށް ޖެއްސުން ކުރަންފެށިއެވެ.

“ލީން ނުކައްކާ ދުވަސްދުވަހު ކައްކާނީ އަހަރެން.. ލޭޒީ ދުވަސް ދުވަހު ސަމްތިން ސިމްޕްލް ވިލް ޑޫ.. އެންޑް ދެމީހުން ބޭނުން ނުވަންޏާ ދެން… ވީ ކެން ގޯ އައުޓް އޯރ އޯޑަރ އިން..” ޔައުލާން ރާވާލީ ނިކަން ފުރިހަމައަށެވެ.

އެނދުމަތީ ދެފައި ވަށްކޮށްލައިގެން ވިސްނަން އިނދެފައި މިޝަލްއަށް ވެސް އެގޮތް ކަމުދިޔައެވެ. ނުހަނު މޮޅު ޚިޔާލެކެވެ. ދެވަަނަ ސިކުންތުގައި މިޝަލް ދެފަރާތަށް ބޯ ހޫރައިގަތެވެ. ދެމީހުން ވެގެން އަދި މި ރާވަނީ ކީއްވެގެން ހެއްޔެވެ.؟ ހީވަނީ އިނދެގެން އުޅޭ ދެމީހުންހެން ވިއްޔާއެވެ. ޔައުލާން އެގޭގައި ވަގުތު ހޭދަކުރިޔަސް ދާއިމީކޮށް އެގޭގައި އުޅެނީކީ ވެސް ނޫނެވެ. ކެއުމުގެ އިންތިޒާމުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވެނީ މި ކީއްވެ ހެއްޔެވެ.؟ މިޝަލްއަށް ނޭނގުނީ އޭނާގެ މޫނަށް ރަތްކުލަ ފާއްދާލާފައިވީކަމެވެ.

“ހަލޯ..؟” މިޝަލް އެއްޗެކޭ ނުބުނުމުން ޔައުލާން ދެތިން ފަހަރަކު ގޮވާލިއެވެ. ހޭވެރިކަން ވެރިވެ މިޝަލް އަވަހަށް އާނއެކޭ ބުންޏެވެ. މިޝަލްގެ އަޑު އިވުންލެއް މަޑުކަމުން ޔައުލާން ހާސްވިއެވެ.

“އާ ޔޫ އޯލްރައިޓް..؟ ކިހިނެއްވީ..؟” ޔައުލާން އަހާލީ ނުހަނު އަވަހަށެވެ. އެކަމުން މިޝަލް ކުޑަކޮށް ހާސްވިއެވެ. އޭނާއަށް ޔައުލާނަށް ސިއްރުން ކުރެވޭ އެއް ކަމެއް ވެސް ނެތެވެ.

“ނުވޭ ކަމެއް.. ކަންފަތް ސާފު ކުރަން ދޭބަލަ ބީރުބޯ..” މިޝަލް ބުނެލީ ބާރަށެވެ. މިހާ ދުވަސް ވީއިރު ޔައުލާންގެ ކަންފަތް ސަލާމަތުން ހުރީ ކިހިނަކުން ކަމާމެދު މިހާރު ސުވާލު އުފެދެއެވެ.

“އޭ މަގޭ ކަންފަތް ސާފުވާނެ.. ތި ކަންފަތުގައި މިހާރު އުޅޭނެ ކުރަފި ވެސް.. އެހާ ވެސް އަޑުނާހާ ބޯހަރު މީހެއް ތީ..” ޔައުލާން ބުނެލިއެވެ.

“އޯހް އިޒް ދެޓް ސޯ..؟ ހުރެބަލަ ނުވެސް ކައްކަދޭނަން ދެނެއް..! މި ގެއަށް ވެސް ނާންނާތި..!” މިޝަލް ކުދި ކިޔައިގަތެވެ.

“އަންނާނަން..! ކާން ވެސް ކާނަން.. ބާކީ އެންމެ އެތިކޮޅެއް ވެސް ނުބަހައްޓާނަން.. ލީންއަކަށް ވެސް ނުދޭނަން..!” ޔައުލާން ވަކި ދުލެއް ނުދިނެވެ. އަދި މިޝަލް ރައްދު ދިނުމުގެ ކުރިން އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“އައިމް އޯލްވޭޒް ތޭންކްފުލް ފޯ ޔޫ.. ކައްކާދިނަސް ނުކައްކާދިނަސް..” ޔައުލާން ބުނެލިއެވެ. ދެކޮލަށް ވައި އަރުވާލައިގެން އިނދެފައި މިޝަލްއަށް ކުޑަކޮށް ހިނިތުންވެވުނެވެ.

“ސޯ… ޑޫ އައި ގެޓް އަ ޓޭސްޓް..؟”

ޔައުލާން އެހެން އަހާލީ ތަންކޮޅެއް ލަސްލަހުންހެން މިޝަލްއަށް ހީވިއެވެ. ހުއްޓުން އަރާފައި އޭނާއަށް އިނދެވުނީއެވެ. ޖަވާބެއް ވެސްް ދޭން ނޭނގިފައެވެ. ޔައުލާންގެ އަޑުގައި ހީބިހި ހިލުވާލާ ފަދަ ގޮތެއް ހުއްޓެވެ. ހިތުގެ ހިނގުން އަވަސްވީހެން ހީވެ މިޝަލްއަށް ކުއްލިއަކަށް ފުންނޭވާއެއް ލެވުނެވެ.

“ދެން.. އޯކޭއޯ.. ދޯ..؟” މިޝަލް ބުނެލިއެވެ. އަދި ނިދަން ދަނީ ކަމަށް ބުނެލީ އަވަސްއަވަހަށެވެ. އެކޮޅުން ޔައުލާން އަނެއްކާ ވެސް މަޑުމަޑުން ހީނލި އަޑު އިވުނެވެ. ކުއްލިއަކަށް އެ ހީނލުމުގެ އަޑުން އޭނާގެ ހިތަށް ލޮޅުން އަރައިގެން ގޮސްފިއެވެ. އޭނާއަށް އަނެއްކާ ހާޓްއެޓޭކެއް ޖެހެނީ ނޫންބާއެވެ.؟

“އޯކޭ ގުޑްނައިޓް.. ވަރަށް ލޯބިވޭ..! ސީ ޔޫ ލީން..”

“ކީކޭ..؟” މިޝަލްއަށް އަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާގެ ދުލަށް ހަރަކާތް އައީ ޖާދުލަކުން ނޫންކަމެއް ނޭނގެއެވެ. ޔައުލާން އެހެން ބުނާ އަޑު އަދިވެސް އެއްފަހަރު އަހާލަން ބޭނުންވީއެވެ.

“ގުޑްނައިޓްއޭ..! ވަރަށް ބޮޑަށް ލޯބިވެޔޭ ތި މޮޔަގަނޑުދެކެ.. އަޅެ މީހަކު އަޖައިބެއް ނުވާނެތަ..” ޔައުލާން ޕިސްޕިސް ކިޔާލިއެވެ.

“ތި ގަމާރުގަނޑުދެކެ ވެސް ވަރަށް ލޯބިވޭ..! އޭ އަދި މަގޭ ކައްކާ އެއްޗެހި ކައިގެން ޕޮއިޒަން ވެގެން މަރުވިޔަސް ރުޅިނާންނައްޗޭ..” މިޝަލް ބުނެލިއެވެ. ޔައުލާން ހިނިގަނޑެއް ޖަހާލާފައި އޭނާ މިޝަލްދެކެ ރުޅި ނާދެވޭނެކަމަށް ބުންޏެވެ.

“ސީ ޔޫ..” މިޝަލް ފޯނު ކަނޑާލަން އަތް ހަަރަކާތް ކުރިއެވެ. ދެން އޭނާއަށް އެހެން ކަމެއް ފާހަގަވިއެވެ. އޭނާއަށް ގުޅައިގެން ހުރެފައި ބިޒީވެގެން ނޫނީ ޔައުލާން ދުވަހަކު ވެސް އިސްނަގައިގެން ފޯނު ކަނޑާލާފައި ނުވާކަމެވެ. އޭނާއަށް މި ވިސްނޭ ކަންކަމާހުރެ އަމިއްލަނަފްސަށް ކުދިކިޔަމުން މިޝަލް އެނދަށް ވެއްޓިގަތެވެ. އަދި މޫނުމަތީ ބާލީސް އެޅިއެވެ. އެހެން އޮވެފައި އޭނާ ތެދުވިއެވެ. ޝަފްވާންގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތް ރަނގަޅަށް ރާވާލާ މިއަލްއާ ހިއްސާކުރުމަށެވެ.

މިޝަލް އާއި ވާހަކަ ދައްކާލެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ވެރިވެ މުޅިން މޫޑު ރަނގަޅުވެފައި ޔައުލާން މަސައްކަތަށް އެނބުރިލީ އިތުރަށް މަސައްކަތް ކުރާހިތްވެ އިނދެއެވެ. އަލުން ގަލަން ނަގާ އަތުގައި އޮތް ގަނޑު ކިޔަމުން ދަނިކޮށް އޭނާގެ ސަމާލުކަން ދަމައިގަތީ ވައިބްރޭޓްވާން ފެށި ފޯނެވެ.

“ހަލޯ..؟ މީޓިންގއާ ބެހޭ ވާހަކައެއްތަ..؟” ފޯނު ނެގިގޮތަށް ޔައުލާން އަހާލިއެވެ.

“ހެލޯ.. ޔައުލާންގެ ނަންބަރުތަ މީ..؟” އެކޮޅުން އިވުނީ އޭނާގެ ދަށުން މަސައްކަތްކުރާ ސޮފްވާނުގެ އަޑެއް ނޫނެވެ. ބުމަ އަރުވާލާފައި ޔައުލާން ފޯނަށް ބަލާލިއެވެ. އެއާއެކު އޭނާގެ މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ. މީ ސޮފްވާނެއް ނޫނެވެ. ޝަފްވާނެވެ. މިޝަލް އާއި ޝަފްވާން ރައްޓެހިވެގެން އުޅުނު ދުވަސްވަރު ޔައުލާންގެ އަތުގައި ކޮންމެހެން ވެސް ޝަފްވާންގެ ނަންބަރު އޮންނަން ޖެހޭނެކަމަށް ބުނެ މިޝަލް ވަނީ އެ ސޭވްކޮށްފައެވެ. އެއް ދުވަހަކު ޝަފްވާން މިޝަލް ކޮބާތޯ ބަލަން އޭނާއަށް ގުޅިފަހުން އެ ގުޅީ އަލަށެވެ. ޝައުގުވެރިކަން އުފެދިގެން ޔައުލާން ގޮނޑީގައި ލެނގިލިއެވެ.

“މީ ޔައުލާން..” ޔައުލާން ދިނީ ކުރު ޖަވާބެކެވެ.

“ޑިޑް ޝީ ސޭ އެނީތިން..؟” ޝަފްވާންގެ އަޑުގައިވީ މާޔޫސްކަން ޔައުލާނަށް ފާހަގަވިއެވެ. އެއާއެކު އޭނާ ވެސް ކުޑަކޮށް ދެރަވާގޮތްވިއެވެ.

“އެލް ދޯ..” ޔައުލާން ފުން ނޭވާއެއް ލިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ހިތުގައި ޖަހާ ކޮންމެ ވިންދެއް

Next

ސަމާސާ ދެލީގެ …

Next
February 3, 2026

ސަމާސާ ދެލީގެ …

Previews
February 3, 2026

ހިތުގައި ޖަހާ ކޮންމެ ވިންދެއް

25 Comments!

  1. leenyy says:
    February 3, 2026 at 2:10 pm

    roveny..😥 ehen nuhadhaa yoon
    varah foohive mishal dheke.
    when next?

    1. yooon yooon says:
      February 4, 2026 at 1:43 pm

      😓hehehe!
      Next insha allah 5th Feb vaa Thursday ga
      Thankyou sm leenyy💕

  2. Anonymous says:
    February 3, 2026 at 2:12 pm

    heartbroken mial , frustrated/sad shafwaan & angry ahunaf ??.. whatta mixture of emotions. Perfectly described. Even I feel the pain in my heart. You re doing a great job yoon. Really want to read the next part..

    1. yooon yooon says:
      February 4, 2026 at 1:44 pm

      Aww thankyou sm dear thats so sweet of u to say!🥹💕
      Yess insha allah 5th Feb, Thursday ga next genesdheynan.

  3. Anonymous says:
    February 3, 2026 at 2:32 pm

    Mishal and Yaulaan haadha cute ey 😔 so sad she doesn’t realise she likes him and he likes hdr

    1. yooon yooon says:
      February 4, 2026 at 1:46 pm

      dhww 😭 Lets see lets see
      Thankyou sm dear!💕

  4. 123 says:
    February 3, 2026 at 2:33 pm

    💔💔💔

    1. yooon yooon says:
      February 4, 2026 at 1:46 pm

      😭😭😭

  5. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    February 3, 2026 at 2:54 pm

    Kobaa alhugaa ge vhk ah comment kohlla ballavaa

  6. Miss jennie says:
    February 3, 2026 at 3:55 pm

    Mi part ves varah reethi. Yaulaan aai vaahaka dhekki gadeega mishal blush vee keevve baa? Alhey mial heyonuvaane mishal ah takka ves thihen shafwaan ah nahadhabala. Curiously waiting for next part???

    1. yooon yooon says:
      February 4, 2026 at 1:47 pm

      Thankyouu sm Miss jennie💕 Mishal blushvy maybe she’s feeling something kanneynge dhw lets see 😭

  7. Reen says:
    February 3, 2026 at 5:20 pm

    mishal swears she is in love with shafwaan but she is NOTTT .. 😳😳 yoon falling in love process genesdhey goo varah reethi

    1. yooon yooon says:
      February 4, 2026 at 1:48 pm

      👀 lets see dhww! Haha thankyou sm Reen so happ to hear that😭💕

  8. mary says:
    February 3, 2026 at 5:20 pm

    v reethi

    1. yooon yooon says:
      February 4, 2026 at 1:48 pm

      Thankyou sm mary!💕

  9. kiyaa meeha says:
    February 3, 2026 at 5:21 pm

    midhal Yaulaan dheke thiyaha loabi vany nama shafwaan dhukolla..enmena ves faidhaa bodee e goy

    1. yooon yooon says:
      February 4, 2026 at 1:49 pm

      Yeah thats so true!😭 Thankyou sm Kihaa meeha💕

  10. zain says:
    February 3, 2026 at 5:22 pm

    ey varah dhera vejje mial part kiyaafa

    1. yooon yooon says:
      February 4, 2026 at 1:49 pm

      😓sorry guys! Thankyou zain 💕

  11. siu says:
    February 3, 2026 at 6:35 pm

    siu hee nukuran ahunaf rulhi aisdhaane kamah 😮
    Reeal aa kiana very cute ekamu mial mn v sad
    Next bai kiyaahithun meeni vrh

    1. yooon yooon says:
      February 4, 2026 at 1:50 pm

      Yess ahunaf rulhi ves aissi dhw 😭
      haha Thankyouu sm siu 💕

  12. limyafathimath66 says:
    February 3, 2026 at 6:37 pm

    very dhera vefa yoons 😟 cant wait to read the next part
    Love you so much fav girl and author🩷🩷

    1. yooon yooon says:
      February 4, 2026 at 1:51 pm

      sorrryy😭 haha next 5th Feb vaa thursday ga!
      thankyou sm limyafathimath66 💕 Lym dear

  13. springbloom says:
    February 3, 2026 at 6:38 pm

    did not expect that
    waiting 4 the next
    lyyy<333

    1. yooon yooon says:
      February 4, 2026 at 1:51 pm

      Thankyouu sm springbloom, Lym dearr!💕🥹

Comments are closed.

Next Episodeތި ސޫރަ ނޫން 41←


All Right Reserved!