Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…(4)

nukko Level 110 Stories100 Comments
February 26, 2016 7 Mins Read
40 Comments

ލޮލުން ކަރުނަ ފައިބަން ފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ” ޝުކުރިއްޔާ މާދު.. ވަރަށް ބޮޑަށް ޝު..ޝުކުރިއްޔާ.. އަ…އަހަރެންނަކީ ކޮން ސި….ސިފައެއްގައި ހުރި ކާ..ކާކު..ކަން ހަ..ހަނދާން…ކޮ…ކޮށްދިނީތީ.. އަހަރެން..” އަހަރެންގެ ވާހަކަ ނުނިމެނީސް މާދު ފޯން ކަނޑާލިއެވެ. އަހަރެން ބާރަކަށް ރޯން ފެށުނެވެ. އަވަސް އަވަހަށް ބާލީސް ނަގައި މޫނުގައި ޖައްސާ ބާރުކޮށްލީ ރުއިމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ.  ފަތިހު ފަތިސް ނަމާދު ބަންގި ގޮވީ ވެސް އަހަރެން އެހެން އޮއްވައެވެ. ފަހާނާ އަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓިލީމެވެ. ގިނައިރު ރުޔުމުގެ ސަބަބުން ލޯހުރީ ރަތްވެ ދުޅަވެފަ އެވެ. މޫނު ވެސް ހުރީ ދުޅަވެފައެވެ. އޭރުވެސް އަހަރެންގެ ބޮލުތެރޭގައި މާދުގެ އެ ވިހަގަދަ ޖުމުލަ ތަށް އެނބުރެމުން ދިޔައެވެ.

ވަރަށް ހިތްވަރުކޮށްލާފައި ކަރުނަތަށް ކޮންޓްރޯލް ކުރީމެވެ. އަދި ނަމާދު ކޮށްގެން ނަޝް އަށް ގުޅާފައި ވަރަށް އަވަހަށް ބައްދަލު ކޮށްލަން ބޭނުން ވާހަކަ ބުނީމެވެ. ” ރީ.. އަޑަށް ކިހިނެއްވެފަ؟ ކިހިނެއްވީ…؟ މިހާ ހެނދުނާ..؟ އޯކޭ 9 ޖަހާއިރު އާދޭ ބީޗަށް…” އަހަރެންގެ ފަރާތުން ޖަވާބެއްނުލިބޭނެކަން އެނގޭތީ ނަޝް އަންނަންވީ ތަންބުނެފައި ފޯން ބޭއްވިއެވެ. އަހަރެން ލޯދުޅަވެފައި ހުރިކަން ފާޅުނުވާނެހެން މޭކަޕް ކޮށްލީމެވެ. އެ ގަޑީގައި އަހަރެންގެ އެހީތެރިއަކަށްވީ އަހަރެންގެ ނަންބަރު އައިނެވެ. އައިނު އަޅައިގެން ނިކުމެ މަންމަ މެންނާއެކު އަހަރެން ހެނދުނުގެ ސައި ނިންމާލީމެވެ. އަދި ނަޝްކައިރިއަށް 9 ޖަހާއިރު ދާވާހަކަ ބުނީމެވެ. “ދަރިފުޅާ އެކަމް ހާދަ ހެނދުނަކާ ތި ދަނީ.. އެހެންނާވެސް ދެކުދިން ކިޔަވަނީ ހަވީރު ނޫނީ ރޭގަނޑު ވިއްޔާ..” މަންމަ ގެ އެސުވާލުން އެންމެންގެ ސަމާލުކަން  އަހަންނަށް ހުއްޓުނެވެ. ” އާނ އެއީ ނަޝް މިއަދު ހަވީރު ބިޒީވީމަ.. ދެން މިރޭ އަވަހަށް ނިދަންވާނޭނުން.. މާދަން އެބަ ޖެހޭ 45 6 ކަށް ޔުނިވާރސިޓީ އަށްދާން.. ” އަހަރެން ކުޑަ ކުޑަ ދޮގެއް ހަދާލީމެވެ. ދެން އަހަރެން ދިޔައީ ރެޑީ ވެލާށެވެ. ޖޭޒްމިން ކަޅު ހަރުވާޅަކާއި ކަޅާއި ރަތް ކުލައިގެ އަތްދިގު ޓީޝާޓެއްލާފައި ކަޅު ބުރުގާ އެއް އަޅާލީމެވެ.

9 ޖަހަން ދިހަ މިނެޓަށް ވީ ތަނާ އަހަރެން ގެއިން ނިކުތީމެވެ. މަންމަ ގެ ލޮލުގައި އަނދުން އެޅުވުމަށް އަހަރެން ނިކުތީ ދަބަހާއި ދެތިން ފައިލު ހިފައިގެންނެވެ. ގެ ހުންނަނީ އާރޓިފިޝަލް ބީޗާ ނުހަނު ކައިރީގައި ކަމުން ދެތިން މިނިޓުން އެތަނަށް ދެވުނެވެ. ޗުއްޓީ ދުވަހެއްކަމަކު އެތާ ވަރަށް މީހުން މަދެވެ. އަހަރެން ދިޔައިރު ނަޝް އެތާ ހުރި ހިލަ ގޮނޑި އެއްގައި އިށީނދެލައިގެން އިނެވެ. އަހަރެން ވެސް ގޮސް އެ ގޮނޑީގައި އިށީނީމެވެ. “ކިހިނެއްވީ؟؟.. ” ނަޝް އަހާލިއެވެ. އަހަރެން އަޅައިގެން ހުރި އައިނު ނަގައިފައި ފުން ނޭވާ އެއްލީމެވެ. އަދި ހުރިހާ ވާހަކަ އެއް ކިޔައިދިނީމެވެ. ” އަހަރެން ހީނުކުރަން މާދު އެހާ ގޯސް ވާނެކަމަކަށް.. ބީ ސްޓްރޯންގް.. އެކަހަލަ ފިރިހެނުން ވެސް އުޅޭނެ… އަޅާ ނުލާ.. ޓްރއި ޓު ފޮގެޓް ހިމް” ނަޝް ބުންޏެވެ. ” ކިހިނެއް އަޅާނުލެވޭނީ.؟؟ ކިހިނެއް ހަނދާން ނައްތާ ލެވޭނީ؟؟ އަހަހަރެން ހީކުރީ މާދުވެސް އަހަރެން ދެކެ ލޯބިވާ ކަމަށް… އެކަމަކު ނޫން… ބަޓް… ” “އެޓްލީސްޓް ޓްރައި” ނަޝް ހިތްވަރު ލައިދެމުން ދިޔައެވެ. އަހަރެން އެކުވެރިޔާގެ ބަސް ގަބޫލުކުރަން ބޭނުމެވެ. އެކަމް އެއީ އެހާ ފަސޭހަ ކަމެއެއްނޫނެވެ. މާދު ގެ ހަނދާން ތަށް އަހަރެން ހަނދާނުން ފިލުވާލާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އެ ފޮނި ފޮނި ބަސް ތަކާ އެ ކުރި ހާ ވައުދުތަށް ހިތުން ފޮހެލާނީ ފަހެ ކިހިނެއް ހެއްޔެވެ؟ “ވި..ލް.. ވިލް ޓްރައި..” އަހަރެން ވަރަށް އުނދަގުލުން ބުނެލީމެވެ. ލޮލުން އައިސް ހުރި ކަރުނަތަށް އަހަރެން ފޮހެލީ  އެ ހަނދާން ތަށް މަތިން ހަނދާން ކޮށް ނުރޯނެ ކަމަށް ވައުދުވަމުންނެވެ.ނަޝް އާ އެވާހަކަތަށް ހިއްސާކޮށްލެވުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުނެވެ.

ގެޔަށް އައީ އެތާ އިރުގަނޑެއް ވަންދެން އިނދެފައެވެ. އޭރު ގަޑިން 30 11 ވީ އެވެ. އަހަރެން ފެންވަރާލައިގެން ލެޕް ހިފައިގެން އެނދަށް އެރީމެވެ. އަދި ހުޅުވާލީމެވެ. ޑެސްކްޓޮޕް ގެ ފޮޓޯ އަކަށް އިނީ މާދުގެ ފޮޓޯއެކެވެ. އިރު އޮއްސުނުގަޑިގައި އިރަށް ބަލަހައްޓައިގެން ހިނިތުންވެގެންނެވެ. ރޭބަން އައިނުން އެ ދެލޯ ފޮރުވާލާފައި ވެއެވެ.އިރުގެ ދަޅަ އެޅިފައި ވުމުން އެ މޫނު ވަކިން ރީތި ކަމަށް ދައްކައެވެ. އަހަންނަށް ބޭ އިހުތިޔާރުގައި އެ ފޮޓޯގައި އަތް ހާކާލެވުނެވެ. ލޮލުން ކަރުނަ އައީ އިހުތިޔާރަކާ ނުލައެވެ. ނަމަވެސް އަވަހަށް މީހާ ހަމައަކަށް އަޅުވާލީމެވެ. ބަންގި ގޮވުމުން އަހަރެން ނަމާދުކޮށްލައިގެން އެސައިމެންޓް ހަދަން އިނދެފައި ކާން ނިކުތީމެވެ. ކައިގެން އަހަރެން ޖައްސާލީ ރޭގަވެސް ނުނިދުމުގެ ސަބަބުން ބޮލަށް ބަރުވެފައި ހުރުމުގެ އިހުސާސް ކުރެވޭތީއެވެ. ލެޕުން ރީތި ލަވަ އެއްޖަހާލީމެވެ. ނަމަވެސް އެ ލަވައިގައި ކިޔާ އެއްޗެހިން އިތުރަށް މާދުގެ ހިޔާލު ތަށް އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ.

” ވަކިވެ ދިޔަޔަސް.. އަދު މި ދުނިޔޭން.. ސޫރަ ތިޔަ މިހިތުން ނުދާނޭ.. ތިޔަ ހަނދާން ތަށް.. އާވެ އާލާ.. މިހިތުގާ އަބަދަށް މެ ވާނޭ.”

“އެކަނި ވެރި ވީ ހަޔާތުން.. ދެން ތި ލޯތްބެއް ނުލިބޭނެޔޭ.. ބިކަވެ ނިކަމެތި ވިއްޔެ އަހަރެން..ހމމ މމ…”

” ކަރުނަތަށް ވޭނީ އޮހޭނޭ..”

“ތަދުތަކާ ވޭނާ އުދާހުގެ ކަށިތަކުން މިންޖެއްނެތޭ…. އަދު މަގޭ މަޖުބޫރު ހާލަތު ވެސް ދެކޭނެ ލޮލެއް ނެތޭ..”

މަދަދު ވެރި ވާނޭ ފަރާތެއް ހަމަ ކަލާ ނޫނީ ނެތޭ… އަދި ތިބާ ނޫން ޔާރަކަށް ހިތް ދޭކަށެއް ބޭނުން ނެތޭ…”

އަބަދުވެސް ތިޔަ ސޫރަ ނޫނީ ހިތް ދެކެން ބޭނުން ނެތޭ….. ބަދުނަސީބުގެ ހިޔަނި އެޅޫމުން ދެން ކެތެއް މިހިތަށް ނުވާނޭ..”

“ހަށިގަނޑާއި ފުރާނަ ވަކވެވި ނެތި ފަނާ ވެ ދިޔަސް ހެވޭ… ކަށިވެ ފީ ވެއްޔަށް ވެ ދިޔަޔަސް ލޯބި އަހަރެން ވާނަމޭ…

” ލޯބިވެތި  ތިޔަ ސޫރަ އަހަރެން ހިތު ތެރޭ ފޮރުވާނަމޭ.. ލޯބިވާގެ ހިޔާލުތަށް މިހިތުން ފިލާނެ ގޮތެއްނެތޭ…. ހިތުތެރޭ ވާ ވިންދު ކެނޑުނަސް ލޯބި ތިޔަ ނިމުމެއްނެތޭ.. ހިތުގެ ތިޔައީ ސާފު ލޮތްބޭ ފަނޑުވެގެން ދުވަހަކު ނުދާނޭ..”

” ހާދަ ފޮނި އުއްމީދު ތަކަކުން ހިތް މަގޭ ފުރިފާ ވިޔޭ ހާދަ ހާ އެކުގާ ކަލާޔާ  ދިރިއުޅެމް އުޅެން ބޭނުން ވިޔޭ..”

—— ———- ———— ———- ————

ދުވަސް ތަށް ފާއިތުވަމުން ގޮސް އަހަރެންގެ ކޯސް ނިމިއްޖެއެވެ. އަހަންނާއި ނަޝް އަށްވެސް ފަހުރުވެރި ކާމިޔާބެއްލިބުނެވެ. އަހަރެން ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. ނަމަވެސް ނަޝް ދިޔައީ އޭނާގެ ރަށަށެވެ. އަހަރެން ކިތަންމެ ހިނިތުންވެގެން އުފަލުގައި އުޅެން މަސައްކަތް ކުރިޔަސް މާދުގެ ހިޔާލުތަކުން އަހަންނަށް އުނދަގޫ ކުރަމުން ދެއެވެ. ފަހުންވެސް އަހަރެން މާދު އާއި ގުޅޭތޯ އުޅުނީމެވެ. ނަމަވެސް އެކަމެއް ކާމިޔާބެއްނުވިއެވެ.. އަބަދުވެސް މާދުގެ ހަނދާން އާވެ އެވެ. އެ ހަނދާން ތަށް އަބަދުވެސް އަހަރެންގެ ސިކުނޑީގައި ވެއެވެ.

“ލޯބިމަވީ ބޭކާރޭވީ…ހަޔާތް މަގޭ ބަރުބާދޭ ވީ… އޭރު އެހާ އޯގާވީތީ… މިހާރު މިހިތަށް ތަދުމިވަނީ… ނިމުން ނުވާ ހިތި ކަރުނައިގާ…ބަޔާން ނުކުރެވޭ ހާލެއްގާ…. އުފާ ތަކާ އަދު މާދުރުގާ.. މޮޅީގެ ފޭރާން ލެވިމިދަނީ…”

“އެ ހަނދާން ތަށް މިހިތުން ނުފިލާނޭ ދިޔަކަސް ކަށިތަށް އެކު ވެއްޔާ.. އެ އުފާތަށް އަލަކުން ނުލިބޭނޭ ލިބުނަސް ދުނިޔޭން ރަން ރިއްސާ…..”

އަހަރެން ރަށަށް ދިޔައީ އޭ.ޑީ.ކޭ ގައި މަސައްކަތް ކުރަން ފެށިތާ 1 އަހަރު ވީފަހުންނެވެ.

*********** *********** ************ *********** **********

އަހަންނަށް މާޒީގެ ހިތި ދުވަސްތަކުން ނިކުމެވުނީ ފޯން އެލާރމް ވި އަޑަށެވެ. އޭރު ގަޑިން 30 4 ވެއްޖެއެވެ. ލެޕް ޓޮޕް އަށް ބަލާލިއިރު ލަވަޖެހި ގޮތަށް ލެޕް އިނެވެ. އޭރު އަންނަމުން ދިޔަ ލަވައަކުން އަހަންނަށް ހީލެވުނެވެ.

“އައިމް ސޯ ސިކް އޮފް ދެޓް ސޭމް އޯލްޑް ލަވް.. ދެޓް ޝިޓް އިޓް ޓީއާރޒް މީ އަޕް.. އައިމް ސޯ ސިކް އޮފް ދެޓް ސޭމް އޯލްޑް ލަވް…. މައި ބޮޑީޒް ހޭޑް އިނަފް…”

އަހަރެން ނަމާދު ކޮށްލައިގެން ޖައްސާލީމެވެ. ދެން ހޭލެވުނީ ލައިނާ ދޮރުގައި ތަޅާ އަޑަށެވެ. އޭރު ގަޑިން ހެނދުނު 8 ޖަހައިފި އެވެ. ސައިބޮއިގެން އަހަރެން ލައިނާ އާއި ލުޔޫނާ ގޮވައިގެން އަތިރި މައްޗަށް ނިކުތީމެވެ. އަތިރި މަތީގެވެލިގަނޑު މަތީ ކުޅޭ އެއްޗެހި ހުރި ބަކެޓް ބަހައްޓާފައި ލުޔޫނާ ދެފައި ދަމާ ލާފައި އިށީނެވެ. ލައިނާ އޭރު ހިރުނދު މާ ތަކެއް ހޮވަން އުޅުނެވެ. އަހަރެން ވެސް  ކައިރި ކުޑަކޮށް ފަޅާފައި ހުރި އަބާޔާ އާއެކު ދެފައި ވައްކޮށްލާފައި ވެލިގަނޑުއި އިށީނީމެވެ. އޭރު ލުޔޫނާ ވެސް ލައިނާ ކައިރިއަށް ގޮސް ހުއްޓެވެ. “އިނާ.. ޔޫންކޮ އަށް  ބަލައްޗޭ…” އަހަރެން ލައިނާ އަށް ގޮވާ ފައި ބުނެލީމެވެ.

” ދޮނާ .. ދޮނާ… މި ޕޭޕާރ ދީބަލާށޯ ދޮނާ އަތަށް.. އެ ބޭބެ ބުނީ..” ލުޔޫނާ ދުވަމުން ދުވަމުން އައިސް ބުނެލިއެވެ. އަހަރެން ލުޔޫނާ ދެއްކި ދިމާލަށް ބަލާލީމެވެ. އޭރު މާދު އަހަންނަށް ބަލަހައްޓައިގެން ހުއްޓެވެ. “ޔޫންކޮ ދޭ ކުޅެން..” އަހަރެން  ލުޔޫނާ ފޮނުވާލީމެވެ. އަދި އެ ކަރުދާސް  ކޮޅޫ ހުޅުވާލީމެވެ. އެއީ މަޑު ފިޔާތޮށި ކުލައެއްގެ ކަރުދާސް ކޮޅެކެވެ. “ޕްލީޒް ފޮރގިވް މީ….  🙁 ” އެ ކަރުދާސް ކޮޅުގައި ހަމައެކަނި އިނީ އެހެންނެވެ. އަހަރެން ދެން ބަލާލިއިރު ވެސް މާދު ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެންނެވެ.  އަހަރެން އޭނަގެ ލޯތްބަށް އާދޭސް ކުރި ދުވަސް ތަކުގެ ހަނދާން ވުމާއެކު ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް އަހަރެން މޫނުން އެކަން ނުދެއްކޭތޯ ބެލީމެވެ. އަދި މާދު އާ ދިމާލަށް ބަލަހައްޓައިގެން ހުރެ އެ ކަރުދާސް ކޮޅު ވީދާލީމެވެ. އޭރުވެސް ހިތުގައި ވޭން އަޅަމުން ދިޔައެވެ. އޭނާ އަށް މައާފް ކުރާށޭ ބުނެ ހިތުގެ ކަނަކުން ގޮވަމުން ދިޔައެވެ. އޭރު އަހަރެން ލޮލުތެރޭ ހިފަހައްޓައިގެން ހުރި  ކަރުނަތަށް އޮހެން ފެށިއެވެ. އަހަރެން އެ ވީދާލުމަށް ފަހު އުކާލީމެވެ. އަދި ކަރުނަ ތަށް ފޮހެލާފައި ލުޔޫނާ އާއި ލައިނާ ގޮވައިގެން ދާން ހިނގައިގަތީމެވެ. އަދި ދަމުން އަހަރެން މާދު އަށް ބަލާލީމެވެ.  އޭރު އޭނާގެ ލޮލުން ވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.  ލޮލުން އެތަށް ވާހަކަ އެއް ބުނެދޭން އުޅޭ ކަހަލަ އެވެ.

”ދޮނާ ލޮލުން ކީއްވެ ފެން އަންނަނީ..؟ ދޮނާ ރޮނީތަ؟”  ލުޔޫނާ އަހާލިއެވެ. “ނޫން ޔޫންކޯ….  ވަރަށް ހޫނު ގަދަ އޭނުން ދޯ އެހެންވެ.. ދޮނާ ކީއްވެ ރޯންވީ..؟” ހިނިތުން ވުމަކާ އެކު އަހަރެން ބުނެލީމެވެ. ގެޔަށް ދިޔައިރު ދޮންބެ ދައްތަ މެންދުރު ކައްކަން ބަދިގޭގައި އުޅެއެވެ. ” މަންމީ.. އިނގޭތަ؟ ޖައިލަމް ބޭބެ ގޭގަ އުޅޭ އަނެއް ބޭބެ ދިން ޕިންކް ޕޭޕާ އެއް ޔޫންކޮ އަތަށް.. ބުނީ ދޮނާ އަތަށް ދޭށޭ… ޔޫންކޮ ދިނިން ދޮނާ އަތަށް..” ލުޔޫނާ ދިޔަގޮތަކަށް ގޮސް މާދު ދިން ކަރުދާސް ކޮޅުގެ ވާހަކަ ބުންޏެވެ. އަދި ދުއްވައިގަނެގެން ގޮސް ކޮޓަރި އަށްވަނެވެ. ފިޔާ ކޮށަން ހުރި ދޮންބެ ދައްތަ ބަލާލީ އެ ތެދެއްހޭ އަހާލާ ފަދަ ގޮތަކަށެވެ. އަހަރެން ބޯ ޖަހާލީމެވެ. ލުޔޫނާ އެހެން ބުނި އިރު ދޮންބެ ބޭރުން އައިސް ގެޔަށް ވަންނަނީ އެވެ. އެ އަޑު ދޮންބެ އަށް ރީތިކޮށް އިވުނެވެ. “ރިއާ… ޔޫންކޮ އެ ބުނީ ތެދެއްތަ؟” ދޮންބެ އަހާލިއެވެ.. ދޮންބެ ގެ އަޑު އިވުމާ އެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތް ބަލާލަމުން އިށީނދެ އިން ގޮނޑިން ތެދުވީމެވެ. އަހަރެން އިސް ޖަހައިގެން ހުރެ ބޯ ޖަހާލީމެވެ. “ކީކޭ އޭގަ އޮތީ.. ރީ ދަންނަން ތަ މާދު؟” ދޮންބެ އަހާލިއެވެ. އަހަރެން ދޮންބެ ދައްތަ އަށް ބަލާލީ ހެލްޕް މީ އޭ ބުނާ އުސޫލުންނެވެ. ” ޝާމިލް… މަ ކިޔައިދޭނަން ހުރިހާ ވާހަކަ އެއް… އިށީނދެ ބަލަ މިތާ..” ދޮންބެ ދައްތަ ގޮނޑި ދައްކަމުން ބުންޏޭވެ. “އެކަމް ދޮންބެ ނުވާ ނެ މި ވާހަކަ ކިޔައިދިނީމަ ގޮސް މާދު އާ ދިމާ ލަށް އެއްވެސް އެއްޗެކޭ ބުނެގެން.. ޕްރޮމިސް މީ…” އަހަރެން މަޑު މަޑުން ބުނެލީމެވެ. ދޮންބެ އޯކޭ އޭބުނެލިއެވެ. އަހަރެން އެ ވާހަކަ ތަށް ކިޔައިދޭށޭ ބުނެ ކޮޓަރި އަށް ދިޔައީ އަނެއްކާ އެވާހަކަ ތަށް އަޑުއަހާނެ ހާ ހިތްވަރު އަހަރެންގެ ގައިގާ ނެތުމުންނެވެ.

ކޮޓަރި އަށް ވަދެ އެނދުމަތީ އޮތް ލެޕް ނެގީމެވެ. އަދި ‘ޕާރސަނަލް’ ބައި ހުޅުވާފައި ‘ހައިޑް’ ކޮށްފައި ހުރި މާދުގެ ފޮޓޯތައް ބަލަން ފެށީމެވެ. އެންމެ ފަހުން އަހަރެން ލެޕް ޝަޓްޑައުން ކޮށްލީމެވެ. އެބަލާނެހާ ހިތްވަރު އަހަރެންގެ ގައިގައި ނެތުމުންނެވެ. “ރިއާ.. ރިއާ.. ކީއްވެތަ ހިތަށް ނުވިސްނައި ދެނީ.. މާދު އެއީ އެހެން މީހެއްގެ ހައްގެއް.. އޭނަ މިހާރުވެސް އެ އާދޭސް ކުރަނީ ހަމަ ޓައިމް ޕާސް އަކަށް ބޭނުން ވީމަ.. އޭނަ ނުވާނެ ލޯތްބެއް..” ހިތާ ހިތުން ވާހަކަ ދައްކަން އިންދާ ސިއްސައިގެން ދިޔައީ ދޮރުގައި ޓަކި ޖެހި އަޑަށެވެ. އަހަރެން މޫނު ފޮހެލާފައި ގޮސް ދޮރު ހުޅުވީމެވެ. ދޮރުމަތީ ހުރީ ދޮންބެ އާއި ދޮންބެ ދައްތަ އެވެ. ” ރީ.. ދޮންބެ ނެތިން ރީގެ ޕާސަނަލް ލައިފް އަށް ވަންނާކަށް.. އެކަމް ދޮންބެ އަށް ހީވާ އެއްޗެއް ބުނަންތަ..؟ އޭނަ ބަދަލު ވެއްޖެ ކަންނޭނގެ… އަސްލު މިފަހަރު އައި ފަހުން ވަރަށް ދޮންބެ އާވެސް ވާހަކަ ދައްކާ… އޭނަ ކުރިން އެހާ ނަމާދެއްވެސް ނުކުރޭ… އެކަމް މިހާރު އޭނަ ނަމާދު ވެސް ކުރޭ.. ކޮންމެ ވަގުތަކު ދާނެ މިސްކިތަށް…” “އޭނަ ސިނގެރޭޓް ވެސް ބުޔުން ހުއްޓާލައިފި.. ޖައިލަމް ކީ އެހެން..” ދޮންބެ ދައްތަ ވާހަކަ އިތުރު ކޮށްލިއެވެ. ޖައިލަމް އުޅެނީ ދޮންބެ ދައްތަ ތިމާގެ ކުއްޖަކާ ކައިވެނި ކޮށްގެންނެވެ. މާދު އެއީ ޖައިލަމް ގެ ކޮއްކޮއެވެ. ” އެކަމް ވެސް ދޮންބޭ.. އޭނަ އަހަންނާ އޭރުވެސް ރައްޓެހި ވީ ލޯބިންނެއް ނޫން.. ޓައިމް ޕާސް އަކަށް.. ނޭނގޭނުން މިހާރުވެސް އޭނަ ސިންގަލް ވީމަ ކަމެއް އެއުޅެނީ..” އަހަރެން ބުނެލީމެވެ. 3 މީހުން ވާހަކައިގަ ތިއްބާ ސަލާމް ގޮވާ އަޑުއިވިގެން ނުކުމީ އަހަންނެވެ. “ޝާމިލް އެބަ އުޅޭތަ…؟” ދޮރުމަތީ ހުރި 23 ވަރަކަށް އަހަރުގެ ޒުވާނާ އަހާލިއެވެ. އަހަރެން އާނއިކޭ ބުނެ ދޮންބެ އަށް ގޮވަން ވަނީމެވެ. ” އޭ ރަޒީން.. އާދޭ އާދޭ.. ” ދޮންބެ ނިކުމި ގޮތަށް ބުނެލިއެވެ. އަހަންނަށް އެނގުނު ގޮތުގައި ރަޒީން އަކީ ދޮންބެ އާއެކު އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒިފެކެވެ.

” މިއަންނަ ހަފްތާ މިއުޅެނީ ދަތުރެއް ދާން ރާވައިގެން.. އެކަމް ގްރޫޕް ވަރަށް ކުޑަ.. ޝާމިލް މެން ވެސް ހިނގާބަލަ ދާން..” ދޮންބެ ވަގުތުން އެއްބަސް ވިއެވެ. އަހަންނަށް ނޭނގުނު ކަމަކީ ދޮންބެ އާއި ދޮންބެ ދައްތަ އާ ވެގެން މޮޅޫ ރޭވުމެއް ރޭވިކަމެވެ. ” މަންމީ.. ކޮއްކޮ ނިދި އަންނަނީ..” ކޮޓަރީގައި ކުޅެން އިން ލުޔޫނާ ނިކުމެ ބުނެލިއެވެ. ” ރީ ދޭބަލަ ޔޫންކޮ ނިންދަވާލަން..” ދޮންބެ ބުނެލިއެވެ. އަހަރެން ލުޔޫނާ އުރާލައިގެން ދޮންބެ މެން ކޮޓަރި އަށް ވަނީމެވެ.

“އޭ ރަޒީން..އެބަ ޖެހޭ ވަރަށް ބޮޑު ކަމެއްކޮށްދެން… ”  ރިއާ ކޮޓަރިއަށް ވަނުމާ އެކު ޝާމިލް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ރަޒީން ކޮންކަމެއްހޭ އެހުމުން ރިއާ އާއި މާދުގެ ވާހަކަ ކިޔައިދިނެވެ. އަދި ބުންޏެވެ. “ކައެ ވަރަށް މޮޅުވާނެ އެކްޓް ކުރަން.. ކައެ ވީ ރިއާގެ ބީ.އެފް އަށް ވާން.. މިހާރު މަ ބޭނުން ޔަގީން ކުރަން މާދު ރިއާދެކެ ލޯބިވޭތޯ… ނޫނީ އޭނަ ފޭކް ހަދަނީ ތޯ؟….” “މަ އެއްބަސް.. ތިކަން ކޮށް ދެވިދާނެ އެކަމް ރިއާ އަށް ވެސް ތިކަން ކިޔައިދީ.. އޭރުން ދޯ ފަސޭހަ ވާނީ…” ރަޒީން ބުންޏެވެ. އެވަގުތު ވީ ރިއާ ކޮޓަރިން ނިކުމެގެން އައި ވަގުތަށެވެ. ރަޒީން ރިއާ އަށް ގޮވާ ފައި ގެނެސް އެވާހަކަ ކިޔައިދިނެވެ. ރިއާ ފުރަތަމަ ދެކޮޅުހެދި ނަމަވެސް ފަހުން އެކަމާ އެއްބަސް ވިއެވެ.

އަހަރެން އެރަށަށް ދިޔަތާ 3 ދުވަސް ވި އިރު ވެސް މާދުގެ އާދޭސް ތަކަކަށް ބަދަލެއްނާދެއެވެ. މަގަކުން ފެނިއްޖެ ނަމަ ދެކޮޅުބަލާފައި އައިސް އަތުގަ ހިފާ ފާނެއެވެ. އައިލަވްޔޫ ޖަހާފައި އެތަށް ކާޑެއް ފޮނުވާނެއެވެ. ދުވާލެއްގެ މައްޗަށް އެތަކެއް މާ ބޮނޑި އެއްލިބެއެވެ. ސޮރީ އޭ އޭނަގެ ދުލުންނާއި ފޮނުވާ ކާޑު ތަކުން ބުނި އަދަދެއް ނޭނގެއެވެ.

ހަވީރުގެ ވަގުތެވެ. އަހަރެން ޖޯލިފަތީގައި ޖައްސާލައިގެން އޮތީ ލުޔޫނާ އާއި ލައިނާ ރީތިވެގެން ނިކުންނަދެނެވެ. ދެކުދިން ގޮވައިގެން  ދޮންބެ ދައްތަ އާއެކު ދޮންބެ ދައްތަގެ މަންމަ ގެޔަށް ދާށެވެ. އެހެން އޮއްވާ ނުދަންނަ ނަންބަރަކުން ގުޅައިފިއެވެ. އަހަރެން  ފޯން ނެގީ އެއީ ކާކު ތޯ ބެލުމަށެވެ.

(ނުނިމޭ….)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nukko

Level 110 Stories100 Comments

Other Articles

Previous

އިންތިޒާރު ކުރި ލޯބި (8)

Next

ކުރަމުން ތިދާހާ ގޯނާ 17..

Next
February 26, 2016

ކުރަމުން ތިދާހާ ގޯނާ 17..

Previews
February 26, 2016

އިންތިޒާރު ކުރި ލޯބި (8)

40 Comments!

  1. nukko says:
    February 26, 2016 at 12:13 pm

    hey guys.. heres the 4 vana bai.. huriaa kudhinnah vs mi part rythi vaane kamah ummeedhu kuran.. enjoy!! 😀 🙂

    1. Aisha says:
      February 26, 2016 at 1:09 pm

      Haadha kurey… Whn next part???? Bt v reethi ingey…❤️❤️ Inthizaaruga myni next part ah….????

    2. nukko says:
      February 26, 2016 at 1:29 pm

      sry aisha.. mi part kuru dww.. dhn oii bai dhiguvaane kanneynge… hehhe thnk u.. nxt part tmrw in shaa allah.. 😀 😀 😀

  2. Ily says:
    February 26, 2016 at 12:30 pm

    V reethi????

    1. nukko says:
      February 26, 2016 at 1:31 pm

      thnk yew…. :* 😀 😀

  3. naax says:
    February 26, 2016 at 12:34 pm

    He me first dho varah reethi ingey

    1. nukko says:
      February 26, 2016 at 1:32 pm

      hehe thnk u… 😀 🙂

  4. Maishu says:
    February 26, 2016 at 12:44 pm

    Just wow… waiting 4 next part….
    ??

    1. nukko says:
      February 26, 2016 at 1:35 pm

      aww..thnk u 😉 🙂 🙂

  5. twnkl str says:
    February 26, 2016 at 12:55 pm

    Vnyc stwry..kyp it up

    1. nukko says:
      February 26, 2016 at 2:08 pm

      thnk u… ill try my bst.. 🙂 😀

  6. Niz says:
    February 26, 2016 at 1:13 pm

    Vvvv reethi mi part vx…mee mi situn eeme kiyaa hithun kiyaa eh vaahaka….ur the bst nukkoh dear..whn nxt part waiting..for nxt part..mis u nukkoh…

    1. nukko says:
      February 26, 2016 at 2:10 pm

      awww… so swyt.. thnk u so much niz… nxt part madhah in sha allah inge 😀 😀 miss u too

  7. maluudxxx says:
    February 26, 2016 at 1:18 pm

    Nukko…mukkko…hehege…mi part haadha kurey..any ves v v v v nice…keeep it up ingey.nukko mukko…willl miss u nukko
    Mukko
    Hehehehehe

    1. nukko says:
      February 26, 2016 at 2:12 pm

      thnk u.. mukko o.. hahaha… will miss u too.. malu gandaa. haha.. tc n thnks 😀 😀 😀

  8. Maalu says:
    February 26, 2016 at 1:29 pm

    Wowwwwwwwww vrh vrh vrh reethi…. 😀 😀 love this stry alottttttttttttt…….. ♥♥♥♥♥
    When is the next part?????
    WAITING…….. 🙂 🙂 😉

    1. nukko says:
      February 26, 2016 at 2:27 pm

      thnks mal…. aww… nxt part tmrww

  9. raaz says:
    February 26, 2016 at 2:08 pm

    haadha reehchey…. v kiyaa hih vey mi story…. nukkooo avahah up koh dhehchey….. waiting for the next part….

    1. nukko says:
      February 26, 2016 at 2:35 pm

      thnk u.. labba aneh part tmrw… thnks.. 🙂 😀

  10. Aimsithu says:
    February 26, 2016 at 2:28 pm

    Nice… ehaaa avahah maafu kuraane kameh nei …

    1. nukko says:
      February 26, 2016 at 2:51 pm

      thnku.. dw aimsithu… n keep readin hehe thnks 😀

  11. nash says:
    February 26, 2016 at 2:44 pm

    Song ehkoh nuliye gulheybai liyelyma ragalhuvaane kahneyge.

    1. nukko says:
      February 26, 2016 at 2:55 pm

      thnks… will try dhn liya stries thakuga,, thnk u fr the cmnt 🙂

  12. Nicky says:
    February 26, 2016 at 2:55 pm

    V v reethi mi prt vx….bt thankolheh kuru hn heeveyy….maa kiyaa hithun othyma v gothakah vaany dhw….maa bodah lavaiige baii onnany…sng ge kuda thankolheh genaiima nyc vaane….gud luk…

    1. nukko says:
      February 26, 2016 at 3:22 pm

      thnk u nicky.. owh.. ill try to improve ekn ingey.. thnks fr readin.. n ya mi part kuda koh kuru vaane… sry fr tht..thnk u 😀 😀 😀

  13. Thukko says:
    February 26, 2016 at 2:57 pm

    V Rythi n Enme rythi vy thukko ge favourite song “soora” ves story ga himanaafa othy ma u r the best n i luv the story????

    1. nukko says:
      February 26, 2016 at 3:25 pm

      thnk u thukko..aww aslu tha.. hehe im happy thukko ah rythi v ma.. thnks.. 😀 😀

  14. ina says:
    February 26, 2016 at 5:02 pm

    Wowwwww nukko v v v v v salhi salhi salhi mi prt vx..yayyy ina mee ry ge kokky dhw..hehehe…..gud gud…..is tht maadhu gandu ry dhahthi ah distrb kuran feshy dhw..huh..vrh foohivey..hehehe….nxt prt kn irakunthr???avahah up kohdhehchey ingey..hehehe…missssss u alotttt…

    1. nukko says:
      February 26, 2016 at 5:20 pm

      hey ina.. haha yaa thts u 😛 thnk u….. ya anekka maadhu aiyyey dw.. aadheys kuran 😉 😉 ina sav kurachey ina ge dhathi 😛 hhehhe miss u mreeee n maadhan aneh part… keep waitin n thnks a lot….tvgc

  15. ina says:
    February 26, 2016 at 5:04 pm

    *pis

  16. Ryn says:
    February 26, 2016 at 7:44 pm

    aathaaaa nukkkoooo… salhi kamaaa….. n tht maadhu dhww.. haadha hyvey he did tht fr a reasn hn… hehe lts see dhw wht happns.. waitin n waitin… gud lck.. tc miss u 😉 😉

    1. nukko says:
      February 26, 2016 at 7:51 pm

      chanks.. heheh dhn in bai kiyaalaany dw.. hehehhe thnk u fr the swyt swyt cmnt.. tvgc n miss u mre. 😀 😀 😀

  17. nausheenn says:
    February 27, 2016 at 1:09 am

    wow nukko…haaadha reeeeehchey mi part ves?vr vr kiyaalaa hithun meenee…. n maadhu ah kihinehbaa vegen eulhenee dho? next part avahah up kohdhehchey nukkooooooooo….good luck☺

    1. nukko says:
      February 28, 2016 at 5:22 pm

      thkn u.. ya dww kihinw vegn dw e ulhnyy 😛 hehhe thnk u 😀

  18. ixan says:
    February 27, 2016 at 10:34 am

    hey cndrella. story ix as nice always. bt varah bodu mistakeh ebain. ei story ge vaki hisaabakun ebain nazariyyaathu chnge vefa. story start kohfa iny furathama nazariyyaathu (aharen) in dhw? so ithuru nazariyyaatheh use eh nukureveyne. ask frm ur dhivehi teacher ingey dear. good luck. 🙂 tvgc. keep smiling.

    1. nukko says:
      February 28, 2016 at 5:24 pm

      hey ixan.. 😛 … hehe thnks.. ya nukko av vs v fahun ebai get v.. sorry fr tht.. dhen liyaa story ehga ebai rangalhu kohllaaanan ingey.. thnk u so much fr telling me.. keep readin… 😀 😀 😀

  19. Aliyah Mikael says:
    February 27, 2016 at 9:49 pm

    I love that song same old love. And this story is awesome. 🙂 x

    1. nukko says:
      February 28, 2016 at 5:27 pm

      ya salhi dw e lava.. hehe n thnkyeww.. 😀 😀

  20. Nunnu says:
    March 2, 2016 at 1:15 am

    I lik dis story
    Maadhu ah eha avahaa forgiv nukuraathi

    1. nukko says:
      March 6, 2016 at 10:10 pm

      Thnks… 🙂

Comments are closed.

Next Episodeއެކުގަ ނިމިގެން ދިޔުން ބޭނުމޭ..(5)←


All Right Reserved!