ހިތް ކަލާއަށް އެދޭތީ 7
އިރުއޮއްސި އުޑުމަތި ރަތްކުލައިން ފެވެމުން ދިޔަ ވަގުތު ދުރުން ރަށުގެ ފެހިކަން ގަދަ މަލަމަތި ފެންނަން ފެށިއެވެ. ޒިޔާން ހަމަޖެހުމުގެ ފުން ނޭވާއެއްލިއެވެ. “ޒިޔާން، ބަލާބަލަ. އަހަރެންގެ ރަށް.” ޝިފާގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.
ބޯޓު ރަށުގެ ފަޅަށް ވަދެ ބަނދަރަށް ކައިރިކުރިއެވެ. ބަނދަރުމަތީގައި ޝިފާގެ އާއިލާ ތިބީ އެމީހުންގެ އިންތިޒާރުގައެވެ. ޝިފާ ބޯޓުން ފޭބި ގޮތަށް ގޮސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. އެ މަންޒަރު ފެނުމުން ޒިޔާންގެ ހިތަށް އުފާވެރިކަން ލިބުނެވެ. އޭނާ ބޭނުންވީ މި އުފާވެރިކަން އަބަދުގެ އަބަދަށް ދެމިގެންދިޔުމަށެވެ.
އެރޭ ޝިފާގެ ގޭގައި އޮތީ ވަރަށް އުފާވެރި މާހައުލެކެވެ. ޝިފާގެ ބައްޕަ ޒިޔާންއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ.
އެރޭގެ ވަގުތެވެ. ރަށުގެ ހަމަހިމޭން މާހައުލުން ޒިޔާންގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބުނެވެ. ޝިފާގެ ބައްޕަ ޒިޔާންއަށް ދިނީ ގޭގެ ފެންޑާ ކުރިމަތީގައި ހުރި ވަކި ކޮޓަރިއެކެވެ. ކެއުމަށްފަހު ޝިފާގެ އާއިލާ ނިދަން ވަނުމުން ޒިޔާން އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ހުރި ޖޯލީގައި ޖައްސާލިއެވެ.
ޒިޔާންގެ އަތުގައި އޮތީ ޝާކްގެ ހުރިހާ މައުލޫމާތެއް ހުރި މުހިންމު ޕެންޑްރައިވް އެވެ. އޭނާ އެއަށް ބަލަހައްޓައިގެން އިނދެ ފުން ވިސްނުމަކަށް ގެނބިފައި އިންދާ ކުއްލިއަކަށް ފަހަތުން މީހަކު އައިސް އަތްލިހެން ހީވެގެން ސިހިފައި ބަލާލިއެވެ. އެއީ ޝިފާއެވެ. “އަދިވެސް ނުނިދަނީތަ؟” ޝިފާ މަޑުމަޑުން އަހާލިއެވެ. އޭނާ އައިސް ޒިޔާންގެ ކައިރީގައި އިށީނދެލިއެވެ. ރޭގަނޑުގެ ހަނދުވަރުގެ އަލީގައި ޝިފާގެ މޫނު ފެންނަނީ ވަރަށް މައުސޫމްކޮށެވެ. “ނުނިދިގެން މި އިނީ. މާ ގިނަ ކަންތައްތަކާ ވިސްނޭތީ” ޒިޔާން ޕެންޑްރައިވް ޖީބަށް ލަމުން ބުންޏެވެ. “ތީ ކޮން އެއްޗެއްކަން މިހާރު އަހަންނަށް އެނގޭ” ޒިޔާން ޖީބަށްލީ ޕެންޑްރައިވް އަށް އިޝާރާތް ކުރަމުން ޝިފާ ބުނެލިއެވެ. “އެއީ ޒިޔާންގެ މިނިވަންކަން ދޯ؟” ޒިޔާން ފުން ނޭވާއެއްލިއެވެ. “ނޫން ޝިފާ. މިއީ އަހަރެމެން ދެމީހުންގެ މިނިވަންކަން. މީގައި ހުރީ ޝާކް ކޮށްފައިވާ ހުރިހާ ވައްކަމަކާއި އޭނާ މަރާލި މީހުންގެ ލިސްޓާއި އޭނާއަށް ވާގިވެރިވާ މީހުންގެ ހުރިހާ ސިއްރުތަކެއް. މީތި ފުލުހުންނާ ހަމައަށް ފޯރުކޮށްދެވިއްޖެނަމަ ޝާކްގެ ދުވަސް ދިޔައީ.”
ޝިފާ ޒިޔާންގެ ދެލޮލަށް ބަލާލިއެވެ. “ޒިޔާން އަށް އެނގޭތަ؟ އަހަރެން ރަށަށް އަންނަން ބޭނުންވީ ފިލާކަށް ނޫން. އަހަރެން ބޭނުންވީ ޒިޔާންއަށް ދައްކަން ބަޑިއާއި ވަޅިއާއި ބިރުދެއްކުމުގެ ބަދަލުގައި އަމާން ދިރިއުޅުމެއް ވެސް އޮންނަކަން. އަހަރެންގެ ބައްޕަމެންނަކީ އާދައިގެ މީހުން. އެކަމަކު އެމީހުން ކޮންމެ ރެއަކު ނިދަނީ އެއްވެސް ބިރެއް ނެތި ހަމަޖެހިލައިގެން. އަހަރެން ބޭނުންވަނީ ޒިޔާންއަށްވެސް އެ ހަމަޖެހުން ހޯދައިދޭން.” އެ މާހައުލުގައި ވަނީ އުންމީދާއި ލޯތްބެވެ.
ޖެހިގެން އައި ތިން ދުވަސް ވެގެންދިޔައީ ޒިޔާންގެ ދިރިއުޅުމުގައި އައި އެންމެ އަމާން އެންމެ އުފާވެރި ދުވަސްތަކަށެވެ. ރަށުގެ އަތިރިމަތީގައި އާއި ހަނދުވަރުގެ އަލީގައި ޝިފާއާއެކު ހޭދަކުރި ވަގުތުތަކުން ޒިޔާންގެ ހިތުގައިވާ ބިރުވެރިކަން މަޑުމަޑުން ފިލަމުން ދިޔައެވެ. އެމީހުންގެ މެދުގައި އޮތީ ހަމަހިމޭން ލޯތްބެކެވެ. މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް އެކަކު އަނެކަކަށް ބަލާލާ ބަލާލުމުންނާއި ހިނިތުންވުންތަކުން ހުރިހާ އެއްޗެއް ދިޔައީ ބުނެދެމުންނެވެ.
ޒިޔާން، ޝިފާގެ ބައްޕަގެ އޮޑި މަރާމާތު ކުރުމުގައި އެހީތެރިވެދެމުން ދިޔައިރު އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނާ ދުވަހަކުވެސް ތަޖުރިބާ ކޮށްފައިނުވާ ފަދަ އާއިލީ ލޯތްބެކެވެ. ނަމަވެސް ކޮންމެ ރެއަކު ނިދަން އޮށޯންނަމުން އޭނާ ޖީބުގައި އޮތް ޕެންޑްރައިވްގައި އޮތްތޯ ބަލައެވެ. އެއީ އޭނާގެ މިނިވަންވުމަށް އޮތް ހަމައެކަނި ފުރުސަތެވެ.
އަނެއްކޮޅުން މާލޭގައި ހުރި ޝާކް އޭނާގެ އޮފީހުގެ ބޮޑު ގޮނޑީގައި އިށީނދެލައިގެން ޒިޔާންގެ ފޮޓޯއަކަށް ބަލަހައްޓައިގެން އިނެވެ. ޝާކްގެ ލޮލުން ފެންނަނީ ނަފުރަތަށްވުރެ ބޮޑަށް އަމިއްލަ ދަރިއަކު ބޭވަފާތެރިވުމުން
ކުރެވޭ ކަހަލަ އިހުސާސްތަކެކެވެ. ޒިޔާން.. އަހަރެން ކަލެއަށް ހުރިހާ އެއްޗެއް ވެސް ދިނިން. ކަލެއަކީ މަގޭ އުފަން ދަރިއެއް ފަދަ ކުއްޖެއް. އެކަމަކު ކަލޭ ތި އިޚްތިޔާރު ކުރީ މަގޭ ނިމުން. ޝާކް މަޑުމަޑުން ބުނެލިއެވެ. މި ތިން ދުވަހު ކަލޭ އުފަލުގައި އުޅެލާ. އެއީ ކަލެއަށް އަހަރެން ދޭ އެންމެ ފަހުގެ ހަދިޔާ.
ހަތަރުވަނަ ދުވަހުގެ ފަތިހެވެ. ޒިޔާން އަށް ހޭލެވުނީ އޭނާގެ ފޯނަށް އައި މެސެޖެއްގެ ވައިބްރޭޝަން އަށެވެ.
ރަނގަޅަށް ލޯ ނުހުޅުވޭ ހާލު ފެނުނު މެސެޖުން އޭނާގެ މުޅި ނިދިވެސް ފިލައި ހީބިހިނަގައިގެންދިޔައެވެ. އެއީ ޝާކްގެ މެސެޖެކެވެ. އޭގައި ވަނީ އޭނާގެ ލައިވް ލޮކޭޝަނެވެ. އެ ލޮކޭޝަނުން ދައްކަނީ ޝިފާގެ ގޭގެ ސިޓިންރޫމެވެ. ޒިޔާން އަވަސް އަވަހަށް ތެދުވެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. މުޅި ގޭތެރެ އޮތީ ފަތިހުގެ ފަނޑު އަލިކަން ފެތުރިފައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ބޭރަށް ނިކުތްއިރު ސިޓިންގް ރޫމްގެ ސޯފާގައި މީހަކު އިށީނދެލައިގެން އިން މަންޒަރު ފެނި ޒިޔާން ގަނޑުވިއެވެ. އެއީ ހަމަ ޝާކް އެވެ. އޭނާ އިނީ ވަރަށް ހަމަޖެހިލާފައެވެ. އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތެވެ. އަދި އިތުރު މީހަކު ވެސްނެތެވެ. ހީވަނީ އަމިއްލަ ގޭގައި އަރާމުކޮށްލަން އިން މީހެއް ހެންނެވެ. “ޒިޔާން.. އާދޭ އިށީންނަން. ހީކުރީ އަހަރެން އަންނާނީ ސިފައިންނާއި ބަޑި ހިފައިގެން ކަލޭ ހޯދަން ކަމަށްތަ؟ ނޫން ދަރިފުޅާ. ދަރިއަކު ކުށެއް ކުރީމާ ބައްޕަ އަންނާނީ އަމިއްލައަށް އެކަން ރަނގަޅު ކުރުވަން.”
ޒިޔާން ގަނޑުވިއެވެ. އޭނާގެ ކުރިމަތީގައި އެއިނީ އޭނާ ދިރިއުޅުމުގެ ހުރިހާ އުކުޅެއް ދަސްކޮށްދިން މީހާއެވެ. އޭނާއަށް ކާންދީ ބޮޑުކުރި “ބައްޕަ” އެވެ.
ޝާކް… ކިހިނެއް މިތަނަށް…” ޒިޔާންގެ އަޑު ބޭރުވީ ކިރިޔާއެވެ.
“މި ރަށަކީ މަގޭ އަމިއްލަ ރަށެއް ކަހަލަ ތަނެއް. ހޯދަން މަށަށް އުނދަގުލެއް ނުވާނެކަން ކަލެއަށް އެނގޭނެ” ޝާކް ގޮނޑީގައި ލެގިލަމުން ބުންޏެވެ. “އިށީނދެބަލަ. އަހަރެމެން މިއަދު މި ވާހަކަ ނިންމަން އެބަޖެހޭ.”
ޒިޔާން ތުރުތުރުލާ ހާލު ޝާކްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އޭނާގެ ޖީބުގައި އޮތް ޕެންޑްރައިވް އޭނާއަށް އިހުސާސްވަނީ ބަރު ގަާގަނޑެއް ފަދައިންނެވެ. ޝާކް އައިޕެޑެއް ނަގައި މޭޒުމަތީގައި ބޭއްވިއެވެ. “ކަލޭގެ އަތުގައި ތިއޮތް ޕެންޑްރައިވްގައި ހުރި ހެކިތަކަކީ މަށަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް. އެކަމަކު ޒިޔާން… ކަލެއަށް ހީވޭތަ މަގޭ އަތުގައި ކަލެއާ ދެކޮޅަށް އެއްވެސް ހެއްކެއް ނޯންނާނެ ހެން؟” ވާހަކައިގެ ބާކީ ބައި ކުރިއަށް ގެންދިޔުމަށްޓަކައި ޝާކް ސޯފާއިން ތެދުވެޒިޔާން އަށް ފުރަގަސްދިނެވެ. “ހަނދާން އެބަހުރިތަ މީގެ ފަސް އަހަރު ކުރިން މާލޭގައި ހިނގި އެންމެ ބޮޑު މަރުގެ ހާދިސާ؟ އެދުވަހު ވަޅި ޖެހީ ކާކުކަން އެނގޭތަ؟ އެއީ ކަލޭ. އަހަރެން އެ ހެކިތައް ފޮރުވައިގެން މިއުޅެނީ ކަލޭ ސަލާމަތް ކުރަން. އެ އައިޕެޑްގަ އޮތް ވީޑިއޯ އަޅުވާ.” ޒިޔާން އަވަސް އަވަހަށް ޝާކް އެ ބުނާ ވީޑިއޯއެއް އެޅުވިއެވެ. ޒިޔާންގެ ބޮލަށް އެނބުރުން އަރައިގެންދިޔައެވެ. އޭނާ ޝާކްއަށްޓަކައި ކުރި ހުރިހާ ނުބައި ކަމެއް ޝާކް ވަނީ އޭނާއާ ދެކޮޅަށް އޮތް ހެއްކަކަށް ބަދަލުކޮށްފައެވެ. “އެކަމަކު އަހަރެން ބޭނުމެއް ނޫން މަގޭ އަތުން ބޮޑުކުރި ދަރިއަކު ކުޑަގޮޅިއަކަށް ފޮނުވާލާކަށް. އެހެންވީމާ އަހަރެން މިދެނީ އެންމެ ފަހުގެ ފުރުސަތު. ހިނގާ މި ހުރިހާ ކަމެއް ހަނދާން ނައްތާލާފަ އަހަންނާ އެކު މާލެދާން.”
ޝާކް… އަހަރެން މިހާރު މީި ކަޅޭ އެއް ނޫން” ޒިޔާން ދެލޯ މަރާލަމުން ބުންޏެވެ. “އަހަރެން ބޭނުމީ ޝިފާއާއެކު އާ ދިރިއުޅުމެއް ފަށަން. އަހަރެން ދެން ދުވަހަކުވެސް އެ އަނދިރި ދުނިޔެއަކަށް ނުދާނަން.” ޝާކް ވަރަށް ބާރަށް ހީނގަތެވެ.
“ޒިޔާން.. ކާކު އެއީ؟” ކުއްލިއަކަށް ޝިފާގެ އަޑު އިވުނެވެ.
“މިއީ ތަ އެ ނަރުސް ކުއްޖަކީ؟ ވަރަށް ރީތި. ކަލޭގެ ޓޭސްޓް ވަރަށް ބަރާބަރު.” ޝާކް ޝިފާއާ ދިމާލަށް ހިނގައިގަންނަން ފިޔަވަޅެއް އެޅި ވަގުތު ޒިޔާން ކުއްލިއަކަށް ތެދުވެ ޝާކްގެ ކުރިމަތީގައި ހުއްޓުނެވެ. “ޝާކް. އޭނަގެ ގައިގައި އަތްނުލާތި”
“އަހަރެން އަތެއް ނުލާނަން.” ޝާކް ހަމަޖެހިލާފައި ބުންޏެވެ. “އެކަމަކު މިހާރު އިޚްތިޔާރު ކުރަންވީ ވަގުތު ޖެހިއްޖެ. އަހަންނަކަށް މާ ގިނަ ވަގުތެއް ނެތް.”
މުޅި ގޭތެރެއަށް ވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. ޒިޔާންއަށް ހުރީ ގޮތް ހުސްވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



How did he ???
Eyna kihineh shifa ge geah dhiyaee??
Omg shifa maraalan tha eulheney?
What is ziyaan gonna do??
When is next??
Vaahaka nimumeema bonas episode eh genevidhaanetha?!?
Pleaseeee 🥺
Let’s see dhw. Tomorrow next part. 😊
Alheyy nimen vanee dho. Varah reethi vaahaka eh mee. Waiting for next episode
Yeah almost ending. Thank you so much 😊🫶🏻
You’re so good. Keep it up. Waiting for next part. 👏🏻
Thank you so much 😊🫶🏻
Alheyy…. Ziyan nudhehchey…
Let’s see dhw dhen vaa gotheh 😊