Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 04

Ushaali Level 810 Stories100 Comments100 Stories500 Comments
February 26, 2016 5 Mins Read
12 Comments

ެ. ބަދިގެ ތެރޭ ލައިޓް އަލިގަދަ ކޮށްލާފައި ހުރިނަމަ އެމީހެއްގެ މޫނު ވަރަށް ރީތިކޮށް ޒޯހަންއަށް ފެންނާނެއެވެ. އެކޮޓަރިއާއި ދިމާލަށް ބަލަން އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ޒޯހަން ކޮޓަރިއަށް ވަނީ ލަތާ ކައިރީގައި މިވާހަކަތައް ދައްކަން ހިތު އަޅައިގެން ހުރެއެވެ.

ފަތިސްނަމާދު ކޮށްގެން ލަތާ ބަދިގެއަށް ވަންއިރު ޔަޝްމީ ރޮށި ފިހަން ހުރިއިރު ޝިޔާރާ ޒިންކު ކައިރީގައި މަސައްކަތެއްގައި ހުއްޓެވެ. “މަންމަ ހީކުރީ ދަރފުޅު ރޭގައި ބަނޑުގައި ރިއްސާތީ އުޅުނީމަ މިއަދު ތަންކޮޅެއް ލަހުންކަމަށް ހޭލާނީ… މަންމަ ހުރީ ވަރަށް ފަތިހާ ބަދިގެއަށް ވަންނަން ކަމަށް… އެކަމަކު މަންމަ ލަސްވީ. ނަމާދު ކުރިންތަ؟ ލަތާގެ އެންމެ ރަނގަޅު ތަންކޮޅަކީ އެއީއެވެ. ނަމާދު މަތިން އަބަދުވެސް ދަރިންނަށް ހަނދާންކޮށްދޭނެއެވެ. “ނޭރުނޭ ނަމާދަށް. އޭރުގަ އެވަރަށް ބަނޑުގަ ރިއްސީ ނަމާދު ޗުއްޓީ ލިބެން ވެގެން” ދޭފަތުން ރޮށި ފޮރޮޅާލަމުން ޔަޝްމީ ލަތާއަށް ބަލާލަމުން ބުނެލިއެވެ. “އެހެންތަ.. އެހެންވިއްޔާ ދަރިފުޅު ދާންވީނުން އަރާމުކޮށްލަން. މަންމަ ރިހަކޮޅު ކައްކާނަން” ލަތާ ކުރިއަށް ޖެހިލާ ޔަޝްމީ އަތުން ދޭފަތް އަތުލަން އުޅުމުން ޔަޝްމީ އެގޮތަށް އެއްބަހެއް ނުވިއެވެ. “ނޫން މަންމާ..އަޅުގަނޑުގެ އެއްވެސް ތަނަކަށް މިވަގުތު ނުރިއްސާ. އެހެންނޫނަސް މިއަދު މަންމަ ރޯދައެއްނު. މަންމަ ރެސްޓް ކުރޭ. އަޅުގަނޑު ހުއްޓާ މަންމަވެސް އަދި ދޮންތަވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެ” ޔަޝްމީގެ ކޮލުގައި ފިރުމާލުމަށްފަހު ބަދިގެ އިން ނިކުންނަން ހިނގައިގަތް ލަތާއަށް ސިހުމެއް ލިބުނީ ކުރިމަތީގައި އައިސް ހުއްޓުނު ޒޯހަން ފެނިފައެވެ. “މަަންމާ ކޮފީއެއް” ޒޯހަންގެ އަޑު އިވުމާއެކު އުނދުން ކައިރީގައި ހުރި ޝިޔާރާ ސިއްސައިގެން ގޮސް އަތުގައި އޮތް ދަޅުކެނޑި ވެއްޓި ފައިތިލަ މަތީގައި ޖެހުނެވެ. އެއަޑަށް ލަތާ އެނބުރި ބަލާލުމަށްފަހު ތިރިވެ ފައިގާ ފިރުމަމުންދިޔަ ޝިޔާރާ ކައިރިއަށް ދަމުން ޒޯހަން ކައިރީގައި ކޮފީ ކޮޓަރިއަށް ފޮނުވާނެ ކަމުގައި ބުނެލިއެވެ. މިފަހަރު ވެސް ޒޯހަންއަށް ޝިޔާރާގެ މޫނު ފެނުމުގައި ކުރިއެރުމެއް ނުލިބުނެވެ. ޒޯހަންއަށް ޝިޔާރާއަށް ބަލާލެވުނީ ފާޑަކަށެވެ. ރޭގައި ރޮއެ މީހަކީ އެއީއޭ ޒޯހަންގެ ހަވަނަ ހިއްސު ބުނެލި ކަހަލައެވެ.

ހެނދުނުގެ ނާސްތާއަށް ހުރިހާ ކުދިން މޭޒު ކައިރިއަށް ޖަމާވެފައި ތިއްބެވެ. ހަމައެކަނީ މަދީ ލައިލްއެވެ. އިރުކޮޅަކުން ޒޯހަންގެ ކޮޓަރިން ދެލޯ ފޮހެމުން ނިކުތް ލައިލް ފެނުމުން ޔަޝްމީ އެސޮރު ގޮވައިގެން އެމީހުންގެ ބަޔަށް އެރީ ލައިލް ރީތިކޮށްލުމަށެވެ. ސުފުރާ މަތީގައި މާގިނަ ވާހަކަތަކެއް ދެއްކުމެއް ނެތި އެމީހަކު އެމީހެއްގެ މަންޒިލަށްދާން ދަތުރު ފެށިއެވެ. މޭޒު ކައިރިން ހުރިހާ މީހުން ހުސްވިއިރު ޒޯހަން ނުގޮސް އިނުމުން ލަތާ ސުވާލު ކުރިއެވެ. “އޮފީސް ބޮޑުމީހާ އެންމެ ރަނގަޅެއްނު ލަހުން ދިޔަސް” ލަސްލަހުން ބޮމުން ދިޔަ ކޮފީތަށި އަނގަޔާއި ދުރުކޮށްލަމުން ޒޯހަން ވާހަކަދެއްކިއެވެ. “ނޫން. ވަގުތަށް ކަމޭހިތަންވާނެ ކިތަންމެ މަތީ މަގާމެއްގައި ހުރި ކަމުގައި ވިޔަސް” ލަތާ ކުޑަކޮށް ނުރުހުންވި ކަމަށް ހަދާފައި ބުނެލިއެވެ. “މިދަނީ މަންމާ. އަސްލު މަންމަ ކައިރީގައި އެއްޗެއް އހަލާން އުޅުނީ” ޒޯހަން ބުންޏެވެ. ‘އަހާބަލަ” ގަޔާވެފައި ލަތާ ޒޯހަމް ކައިރީގައި ގޮނޑީގައި އިށީނެވެ.

“އެއީ ކާކުގެ ކޮޓަރިއެއް މަންމާ” ރޭގައި ޝިޔާރާ ވަން ކޮޓަރި ދައްކާލަމުން ޒޯހަން ލަތާއާއި ސުވާލުކުރިއެވެ. “އެއީ… އެއީ މަންމަ ބުނީމެއްނު މިގޭގައި އުޅޭނޭ މަންމައަށް އަތްގާތްކޮށްދޭން އުޅޭ ދިވެހި ކުއްޖެއް. އެއީ އެކުއްޖާގެ ކޮޓަރި. ކިހިނެއްވީ ޒޯން؟” ރޭގައިވި ހުރިހާ ކަމެއް ޒޯހަން ލަތާއަށް ކިޔާދިނެވެ. “އަސްލު ދަރިފުޅާ އެއީ ވަރަށް ނިކަމެތި އަންހެންކުއްޖެއް. އާންމުކޮށް އޭނަ ނިދާނީ މިގެއަކު ވެސް ނޫން. ފަތިހު އަންނަ ގޮތަށް ރޭގަނޑު ބޮޑުބައެއްދާ ފަހުން އޭނަ މިގެއިން އޭނަ ދިރިއުޅޭ ގެއަށް ދާނީ. ބައެއް ރޭރޭ އެހެން މަޑުކޮށްލިއަސް ވަރަށް ރޭނުކުރާނެ މިގޭގަ. ރޭގައި ކަމެއް ދިމާވީކަމަށް އެވާނީ. ދެން މިގޭގައި ހޭދަވާ ވަގުތުތަކު ލިބޭ ހުސްވަގުތުގައި ރެސްޓްކޮށްލާ ނަމާދުކޮށް ހަދަން މަންމަ ދިން ކޮޓަރި އެއީ. ވަރަށް ހިތްހެޔޮވާނެ” ޝިޔާރާ އާއި ބެހޭ ގޮތުން ލަތާއަށް އެނގޭ މިންވަރު ޒޯހަންއަށް ކިޔާލަދިނެވެ.

ރޭގަނޑު އެގާރަ ޖެހީއެވެ. އާދައިގެ މަތިން މިރޭ ވެސް ޝިޔާރާ މަގުމަތީގައި ބާރަށް ހިނގާފައި އެދަނީ އެގާރަ ގަޑި ފަނަރަ ވުމުގެ ކުރިން ނިދާ ކޮޓަރިއަށް ވަދެވޭތޯއެވެ. އެންމެ މިނިޓެއް ލަސްވިޔަސް ޝިޔާރާއަށް އޮތް ގޮތެއް ހިޔާލަށް ވެސް ނުގެނޭވޭނެއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ބާރު ކުރަމުން ގޮސް އެގާރަ ގަޑި ފަނަރަވާން އެންމެ މިނިޓަކަށް ހުއްޓާ ޝިޔާރާއަށް ކޮޓަރިއަށް ވަދެވުނެވެ. މެކާހިޔާއާއި މާދުރުނޫން ހިސާބެއްގައި ހުންނަ އެކޮޓަރިއަކީ ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ ކުޑަ ކޮޓަރިއެކެވެ. އެތަނުގެ ތެރޭގައި ކައްކާ ކެވޭ ގޮތަށް ހުރިއިރު ނިދާބައި ހުންނަނީ މަތީން ޑެކް އަޅާފައެވެ. މައްޗަށް އަރާ ލައިޓް ޖައްސާލުމާއެކު ޝިޔާރާއަށް ފެނުނީ އެމޫނަކަށް އޭނަ އެންމެ ނަފްރަތުކުރާ މީހާގެ މޫނެވެ. ކޮޓަރިން މީހަކު އުޅޭހެން ހީވެގެން ބަކުރު ބޯހިއްލާލާ ތެދުވެލިއެވެ. “އާދެވިއްޖެދޯ. ދޫނި ނައިސްގެން މަ މިހާރު ހަލާކުވަނީ މި. ކޮބާ ލާރިކޮޅު. އަވަހަށްދީ” އެއްލެމުން އެއްލެމުން ކުރިއަށް އައި ބަކުރު ފެނިފައި ވެސް ޝިޔާރާ ހުރީ މޭނުބައި ކޮށްފައެވެ. މުށުތެރޭގައި ހުރި ފަސް ސަތޭކަ ރުފިޔާގެ ހަގަނޑު ބަކުރާއި ދިމާލަށް ހުރާލީ ޝިޔާރާއި ހަމައަށް ބަކުރު އަޔަނުދިނުމަށެވެ. އެއީ މިރޭ ޝިޔާރާ އަށް މެކާހިޔާއިން ލިބުނު ފައިސާއެވެ. މީ ކޮންމެ ފަހަރެއްގެ ވެސް އާދައެވެ. ޝިޔާރާ ބޭނުންކޮށްލަން ލިބެނީ އެންމެ އެއްހާސް ރުފިޔާއެވެ. އެއީ ވެސް ލަތާ ލޯބިން ޝިޔާރާއަށް ވަކިން ދޭ ލާރިއެވެ. ނުލަފާ ވައްތަރަކަށް ހީލުމަށްފަހު ބަކުރު ޝިޔާރާ ފުރަގަހަށް އެނބުރުނު ގަޑީގައި ބައްދައިގަނެ ތިރީގައި އަޅާފައި އޮތް ބަކުރު ނިދާ ތުނި ގޮދަޑި މައްޗަށް ވައްޓާލިއެވެ. މާސިންގާ ފިރިހެނެއްގެ ކުރިމަތީގައި ބާރެއް ނެތް ނިކަމެތި އަންހެނަކަށް ދެއްކޭނީ ކޮން ގަދަކަމެއް ހެއްޔެވެ؟ މަގުމައްޗަށް އިވޭ ވަރަށް ކިތަންމެ ހަޅެއްލަވަން ބޭނުމަސް މިއަދު ޝިޔާރާއަކީ އެބާރު ވެސް އޮތް މީހެއް ނޫނެވެ. ބަކުރު ކުރިމަތީގައި ޝިޔާރާ ގަދަހަދާ ކޮންމެ ފަހަރަކު އެނިކަމެތި ހަށިގަނޑު ތަހައްމަލް ކުރަންޖެހޭ ވޭން މާބޮޑެވެ. ޝިޔާރާގެ ހަށިގަނޑުގައިވާ ހުރިހާ އަންނައުނު ތައް ގަޔާ ވަކި ކޮށްލިއިރު ވެސް ރުޔުން ނޫން ކަމެއް ނުކުރެވުނެވެ. މީ އަލަށްވާ ކަމެއް ނޫނެވެ. ކޮންމެ ރެއެއްގެ ވެސް ހަމަ އާދައެވެ. ޝިޔާރާގެ ދިރުއުޅުމާއި މިގޮތަށް ބަކުރު ކުޅޭތާ މިހާރު އަށް މަސް ވާން ކައިރިވަނީއެވެ. އެތަންމަތީގައި އެނިކަމެތި ހަށިގަނޑުގެ ބޭނުން އެތައް ގޮތަކަށް ބަކުރު ހިފިއެވެ. ބަކުރު ބޭނުންވަރަކަށް އެދުން ފުއްދުމާއެކު އެވަރުބަލި ކަންމަތީގައި އޮވެ ނިދީއެވެ. ނިކަމެތި ޝިޔާރާއަށް ދުއްވައިގަނެވުނީ ފާހާނާއާއިވީ ދިމާލަށެވެ. މާގަނޑު ދަށުގައި އިނދެ ގައިގެ އެތަން މިތާ އަތްހާކަމުން ދަނީ ބަކުރުގެ މުޑުދާރު އަނގަ ޖެހުނު ތަންތަން ސާފުކުރުމަށެވެ. ޝިޔާރާ ބޭނުންވަނީ މުޅި ހަށިގަނޑު ހަން ނޮޅާލާށޭވެ. އެހާ ވެސް ބާރަށް ހަށިގަނޑުގައި އަތް ހާކަމުން ދިޔައެވެ. އެވަގުތު ސައިބޯނި ހުސްވެފައި ހުރުމުގެ ސަބަބުން ހެދުން ދޮންނަން ބޭނުންކުރާ އޯމޯވެސް ހަށިގަނޑުގައި ހޭކުނު އަދަަދެއް ބުނަންވެސް ނޭނގއެވެ. ފާހާނާގެ ފެންމާގަނޑު ދަށުގައި ބަރާބަރު ދެގަޑީރު ހޭދަކުރުމަށްފަހު ޝިޔާރާ ނިކުމެ ފާރުގެ އެއްކައިރީގައި އޮޅާލާފައި ބަހައްޓާފައި ހުރި ކުނާ ނަގާ ފަތުރާލިއެވެ. ތުނި ބާލީހެއް ބޯދަށަށްލުމަށްފަހު އޮށޯވެލީ ދެލޮލަށް ބަރުވެފައިވި ނިދިގަނޑު ފިލުވާލުމަށެވެ. އެހެން އޮވެ އަނެއްފަރާތު ނިދާފައި އޮތް ބަކުރަށް ބަލާލީ ކަޅި އަޅާލައިގެންނެވެ. ޝިޔާރާ ފާފަވެރި ނުވާނަމަ މިހާރު އެއިންސާނާ އޮންނާނީ ބިމުން ހަފޫޓް އަޑީގައެވެ. ރުޅިވެރިކަމާއެކު ބަކުރަށް އަމާޒުވެފައި ހުރި ޝިޔާރާގެ ދެލޮލުން ކުއްލިއަކަށް ފެނުނީ ކަރުނަ ފައިބައިގަތް މަންޒަރެވެ. އިސާހިތަކު ގިސްލެވެން ވެސް ފެށިއެވެ. ނަމަވެސް އެމަންޒަރުު ދެކޭނެ މީހެއް މިދުނިޔޭގައި އެބަހުރި ބާވައެވެ؟ މިނޫން ގޮތެއް ޝިޔާރާއަށް ހަމަ ނެތީބާވައެވެ؟ މިއަނިޔާވެރިޔާގެ ކިބައިން ޝިޔާރާ ސަލާމަތްވާނީ ކޮންދުވަހަކުންބާވައެވެ؟ ޒޯހަންގެ މޫނު ޝިޔާރާގެ ލޯކުރިމައްޗަށް ސިފަވުމާއެކު މާބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ކުރުގެޅިލާފައި އޮތް ހަށިގަނޑުމަތިން ފެން ފުހަން ގެންގުޅޭ ތުވާލި އަޅާލުމަށްފަހު ޝިޔާރާ ދެލޯމަރާލީ ހެއްދެވި ފަރާތަށް ވަކީލު ކުރަމުންނެވެ.

ޝިޔާރާ ހަނދާން ހުންނަން ފެށިއްސުރެ ފެށިގެން އެންމެ ކައިރީގައި ވިއްދާލާފައި ހުންނަނީ އަބަދުވެސް ބަކުރެވެ. ބަކުރަކީ ޝިޔާރާގެ ބައްޕަ އުމުރު ފުރާގެ މީހެކެވެ. ނުލަފާ އަންހެނެއް އަތުން ބަކުރު ޝިޔާރާ ގަތީ އެއަންހެނާ ބުނި ވަރަކަށް ލާރި ދީފައެވެ. އޭރުގަވެސް ބަކުރު ހުންނަނީ ޝިޔާރާއާއި ފާޑަކަށް އަޅައިގަނެފައެވެ. އުމުރުން އެންމެ އަށާރަ އަހަރުވީ ދުވަސް އެއީ ޝިޔާރާގެ ހަޔާތުގައި އައި އެންމެ ހިތާމަވެރި އެއްދުވަހެވެ. ހުރިހާ އުއްމީދުތައް ވިއްސި ވިހާލިވި ދުވަހެވެ. ބަކުރުގެ އަތް ދަށުގައި މުޅި އުމުރަށް ގައިދުވި ދުވަހެވެ. މައިންބަފައިން މަތިން އެންމެ ހަނދާންވި ދުވަހެވެ. ނަމަވެސް އޭނާއަށް އޭނާ މައިންބަފައިންވީ ތަނެއް ވެސް ނޭނގެއެވެ. އެނުލަފާ ފިރިހެނާގެ އަތްދަށުން ސަލާމަތްކުރައްވާތޯ ޝިޔާރާ އަށް މާތްﷲ ށް ދެންނެވުނު އަދަދެއް ވެސް ނޭނގެއެވެ. އެކުވެރި ހާލާ އެއީ މިދުނިޔޭގައި ހުރި ޝިޔާރާގެ ހަގީގަތް އެނގޭ ހަމައެކަނި އިންސާނާއެވެ. ޝިޔާރާގެ ހިތަށް ހަމަޖެހުމެއް ލިބެނީ ހާލާގެ ފަރާތުންނެވެ. ހާލާގެ އަބަދުގެވެސް ނަސޭހަތަކީ ލޯބިވާ މީހަކު ލިބުމާއެކު އަވަހަށް މާލެއިން ފުރައިގެން އެހެންތަނަކަށް ދިޔުމެވެ. ނަމަވެސް ހިތާމައަކީ ޝިޔާރާގެ ލޯބި ބޭނުންވާ އިންސާނަކު މިދުނިޔޭގައި ނެތް ކަމެވެެ. ޝިޔާރާ ފަދަ ނުކުޅެދޭ ވާހަކަނުދެއްކޭ މަންމަނެއްގެ ލޯބި އެއްވެސް ޝަރުތަކާއި ނުލާ ގަބޫލުކުރާނެ ފަރާތެއް މިދުނިޔޭގައި ވޭބާވައެވެ؟ ފަތިސްނަމާދުގެ ބަންގީގެ އަޑު ޝިޔާރާގެ ކަންފަތުގައި ޖެހުނީވެސް ނުނިދި ދެފަރާތަށް ފުރޮޅި ފުރޮޅި އޮށްވައެވެ. އަވަސްއަވަހަށް ތެދުވެ ފާހާނާއަށް ވަނީ ބަކުރު ހޭލުމުގެ ކުރިން އެގެއިން ނިކުމެގެން މެކާހިޔާއަށް ދިއުމަށެވެ. ސަބަބަކީ ބަކުރު ދެލޯ ހުޅުވާލުމާއެކު ދެން ފެންނާނީ މަކުނެއްހެން ޝިޔާރާގެ ހަށިގަނޑުގައި ތައްލާފައިވާ އޮށްވައެވެެ. ފަތިސްނަމާދު ވެސް ނުކޮށް ހަމައެކަނި ވުލޫ ކޮށްގެން ގެއިން ނިކުމެ ބާރު ސްޕީޑުގައި މަގުމަތީގައި ހިނގާފައި ދިޔައީ މެކާހިޔާއަށް ގޮސް ނަމާދުކޮށްލާށެވެ. ގޭދޮރާށިން އެތެރެއަށް ވަދެވަދެ ހުރި ޝިޔާރާގެ އަތުގައި މީހަކު ހިފާ ދަމާ ގަތުމުން ސިހިފައި އެނބުރުނެވެ. ނުލަފާ ގޮތަކަށް ކުރިމަތީގައި ހީލައިގެން ހުރީ ބަކުރެވެ. ޝިޔާރާއަށް ބަލަހައްޓައިގެން ހީގަނެގެން ހުރި ބަކުރުގެ ހަޑި ދަތްޕިލާ ރަތްއަރާފައި ހުރިއިރު ދެދަތް ދޭތެރޭގައި ކޮބަޑި ހެދިފައި ހުއްޓެވެ. އަދި ބައެއް ދަތްތަކުން ލޮނދިލާފައި ހުރުމުގެ ސަބަބުން ތުންފަތުގެ ދެފަރާތުން އޮލަ ހެދި އަނގައިން ނުބައި ވަސްވެސް ޝިޔާރާއަށް ދުވިއެވެ. “ދޫނީ..މިއަދު މާބާރަށް ފިލައިގެން ތިއައީ ކީއްވެ؟ އެނގެއެއްނު މިގަޑީގައި ދޫނި ގައިގާ ބައްދާލަން ބޭނުންވާ ވަރު” ޝިޔާރާގެ އަތުން ދޫނުކޮށް ހުރެ ބަކުރު ވާހަކަދެއްކިއެވެ. ތިރިއަށް ބަލަހައްޓައިގެން ޝިޔާރާ ހުރީ ބަކުރުގެ އަނގައިގެ ތެރެ ފެނި މޭނުބައި ކުރާތީއެވެ. “ހަޑި މީހާގަނޑު…މީ މަށާ ޖެހިފައި ހުރި ބޮޑު ބައްޔެއް” ހިތާ ހިތުން ޝިޔާރާ ހަޅޭއްލަވަމުން ދިޔައެވެ. ސިޓިންގްރޫމަށް ވަދެވޭ މައިދޮރަށް ތަޅުދަނޑި ޖަހާލި އަޑު އިވުމާއެކު ޝިޔާރާ ތެޅިގަނެފައި ބަކުރު މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއެވެ. އަދި ދުވަމުން ގެއަށް ވަދެގެންދިޔަ ބާރުމިނުގައި މީހެއްގެ ގައިގާ ޖެހި ޝިޔާރާގެ ހަށިގަނޑު ބެލެންސް ނުކުރެވި ތިރިއަށް ވެއްޓުނެވެ. އެންމެ ފުރަތަމަ ވެސް  ޝިޔާރާގެ ލޮލުގައި އަޅާގަތީ ކަޅާއި ހުދުކުލައިގެ ޓެނިހެވެ. ޓެނިހުން ފެށިގެން މައްޗަށް ޝިޔާރާ ކަޅި ހިންގާލިއެވެ. ހަމަ އެކުލައިގެ ދިގު ޓްރެކްޝޫޓާއި އަތްދިގު ޓީޝާޓްގައި ޒޯހަންގެ ހިތްގައިމުކަން ހާދަހާ ރީއްޗެވެ. ޒޯހަން އާއި ޝިޔާރާގެ ހަތަރުކަޅި ބައްދަލުވުމާއެކު ޝިޔާރާގެ ދެލޯ ހިނދުކޮޅަކަށް ޒޯހަންގެ ލޮލަށް ހުއްޓުނެވެ. ދެވަނަ ސިކުންތުގައި ޝިޔާރާގެ ހިތް މައްޗަށް ވިސްނުން ގަދަ ކުރުމަށްފަހު ތެދުވެ ޝިޔާރާއަށް ދީފައި ހުންނަ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. “އޫޕްސް…. ސޮރީ…” ޝިޔާރާއާއި ދިމާލަށް އަތް ދިއެްކޮށްލި ޒޯހަން ބުނެލިއެވެ. ޝިޔާރާގެ އެއްވެސް ހަބަރެއް ނުވުމުން ޒޯހަންވެސް ގެއިން ނިކުންނަން ހިނގައިގަތް އިރު އެމޫނު ކޮންމެސް ތަނަކުން ފެނުނު ހަނދާނެއް ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ތަޖުރިބާ

Next

އިންތިޒާރު ކުރި ލޯބި (8)

Next
February 26, 2016

އިންތިޒާރު ކުރި ލޯބި (8)

Previews
February 25, 2016

ތަޖުރިބާ

12 Comments!

  1. Ushaali says:
    February 26, 2016 at 12:24 am

    here is new episode….
    baeh kiyuntherinnah vahakaige beynun koffa huri names thah olheythee kudako kiyaala dheynan
    zohan dad – nooree
    zohan mom – lathaa
    zohan bro – aruham and yashmee is aruham wife
    zohan sis – raakee. Arik is her hux and lyle is kid
    zohan best frnd – shazan
    shifnee is shazan sister
    saara and ibrahim is shazan and shifnee ge parents
    saaraa akee zohange dad nooree ge ehbandu ehbafa kokko
    shiyara akee egey maid.
    ithurah olhun nufilaa kameh ovejje nama commnt ga fahaga kohdheche.

  2. Ily says:
    February 26, 2016 at 12:31 am

    Omg v reethi????
    Ekam up kuraleh hadha lahey
    Thankolheh avahah up kohlabala….pls

  3. Rifa says:
    February 26, 2016 at 12:48 am

    Thanks a lot ushaali. Aslu heeves nukuran ushaali list kohlaane kamah. Now I’m feeling guilty ?? anyways vaahaka vvvv salhi. Miadhuge bai heevey maa kuruhenves vedhaane maa kiyaahithun ineema kamahves anyway waiting for the next part. Vaguthu vaanama plzz update the next part ASAP ingey. Love u dear and keep up the good work.??
    Ps: if u felt bad about my comment for part 3 telling u to list the characters I’m very sorry. I honestly had doubts with the names of zohans parents n was too lazy to re-read the part one to clarify my doubts.. ?

  4. Aimsithu says:
    February 26, 2016 at 2:43 am

    Ahahha….Story varah habbu… heeves nukuraa fadha gotheh shiyara ah mi vany…

  5. Ram says:
    February 26, 2016 at 3:51 am

    V v v reethi.ekamu Chen oyye part v a vaha kiyya hiyyvey.

  6. naax says:
    February 26, 2016 at 8:46 am

    Wow varah v salhi igey thankolheh avahah up kohdheebala plx plxxxx

  7. naa says:
    February 26, 2016 at 10:09 am

    Avaha up kohlaba plx

  8. I says:
    February 26, 2016 at 12:02 pm

    Dhen bakuraaa shiyaara ulheny indhegentha.mibuni merry kohgentha

  9. Ram says:
    February 27, 2016 at 11:25 am

    Ushaali . haadha lahuney thi up kuranee. Vvvvvvvvvvv EBA inthizaaar kurevey ane parts.

  10. Nicky says:
    February 28, 2016 at 7:56 pm

    Alhe…haadha goahey dhw e meehaa gandu…nyc stry

  11. Aanaa says:
    March 1, 2016 at 10:18 pm

    Keeve lathaa kiyaane?? Lanka meeheh tha?

  12. hichki says:
    August 3, 2016 at 11:33 am

    this is a vvv nice story

Comments are closed.

Next Episodeފުންއަސަރު 05←


All Right Reserved!