Skip to content
އެސްފިޔަ

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 12

ކައިލްއަށް ހޭލެވުނީ ފަތިސް ނަމާދުގެ ވަގުތަށް ފޯނު އެލާރމްވާން ފެށުމުންނެވެ. އެލާރމްވި ކަމެއް ނޭނގި ކައިލް އެލާރމް ކަނޑައިލުމަށްފަހު އެނދުމަތީ ތެދުވެ އިށީނެވެ. ލޯ އުނގުޅައިލުމަށްފަހު އޭނަ މައިރީން އާއި ދިމައިލަށް ބަލައިލިއެވެ. ފެންވަރައިލައިގެން ވުޟޫކޮށްގެން އައިސް ކައިލް އެނދުމަތީ އިށީނެވެ. މައިރީންއަށް ނިދުނީ އޭނަ ދެކެ ރުޅިގަދަވެގެން އެތަކެއް އެއްޗެކޭ ކިޔާފައެވެ. އެހެންކަމުން ގޮވީމަ ވެސް ރުޅިގަދަވާނެކަން ކައިލްއަށް އެނގެއެވެ. އެނދު ކައިރީ ހުރި މޭޒުގައި ހުރި ފެންފުޅި ފެނުމުން ކައިލްގެ ބޮލަށް މޮޅު ހިޔާލެއްއައެވެ. އެއްމިޔަކަނުން ހީލައިގެން އިނދެ އަތަށް ފެންގޮއްޓެއް އަޅައިލުމަށްފަހު އައޫޒު ކިޔައި މަޑުމަޑުން މައިރީންގެ މޫނަށް ބުރުވަން ފެށިއެވެ. “މިނީ އަވަހަށް ހޭލާ.. ރުޅި ނާންނައްޗޭ އެނގޭ.. ރުޅި އެއީ ޝައިތާނާގެ އަމަލެއް.. އަވަހަށް ފަތިސް ނަމާދަށް ހޭލާ.. ﷲ އަކްބަރު..” މައިރީން އެސްފިޔަތައް ތަޅުވައިލި ތަން ފެނި ކައިލް ކިޔައިލިއެވެ.

***ޕާޓް 12***

މޫނަށް ފެންތިކީގެ އަސަރުކުރުމުން މައިރީން ސިހިފައި ލޯހުޅުވައިލިއެވެ. އޭނަގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ފެންފުޅި ހިފައިގެން އިން ކައިލްއެވެ. އޭރު ވެސް ކައިލް ދިޔައީ އައޫޒު ކިޔާފައި މައިރީންގެ މޫނަށް ފެން ބުރުވަމުންނެވެ. “ވަޓް އިން ދި ހެލް އާރ ޔޫ ޑޫއިން..” ދެލޯ ކުޑަކޮށްލަމުން މައިރީން އަހައިލިއެވެ. “މިނީ ރުޅިނާދޭ ތޯ ރުގްޔާ ކުރަނީނުން..” ކައިލް މައުސޫމު ގޮތަކަށް ބުނެލިއެވެ. އޭރު އޭނަ އިނީ އެތެރެއިން ހީލަ ހީލައެވެ. އެހެން އިނދެފައި އަނެއްކައި ވެސް ފެންފޮދެއް މައިރީންގެ މޫނަށް ބުރުވައިލިއެވެ. މިއަދު އޭނަގެ ދުވަސް ދިޔައީކަން ކައިލްއަށް އެނގެއެވެ. “ކައިލްގަނޑާ އައިމް ގޮއިން ޓު ކިލް ޔޫ..” ހަޅޭއްލަވައިގަންނަމުން މައިރީން ބާލީހެއް ކައިލްއާއި ދިމާލަށް އެއްލިއެވެ.

ކައިލް ހެމުން ބާލީހުން ރެކިގަނެފައި، މައިރީންގެ ކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ. “އަހަރެން މީ ކިހާ ރަނގަޅު ހަޒްބެންޑެއްތަ؟ ފަތިސް ނަމާދަށޭ މި ގޮވީ.. ދެން އެހެން ފެންބުރުވައިލީމަ ޝައިތާނާ ވެސް ދާނެ.. އަނެއްކާ ވަރަށް ރިފްރެޝިންވާނެ.. އަވަހަށް ދޭ އިނގޭ ނަމާދުކޮށްލަން.. އަހަރެން މިދަނީ މިސްކިތަށް… ރުޅި ގަދަވެގެން ތެދުވީމަ ނިދިކޮޅު ގޮސްފަ ހުންނާނީ.. އަވަހަށް ބަސްއަހައިގެން ނަމާދު ކުރޭ އިނގޭ.. ލަވް ޔޫ މައި ލިޓްލް ގޮބްލިން…” މައިރީންގެ ކޮލަށް ދޮނެއް ދެމުން ލާނެތް ގޮތަކަށް ކައިލް ބުންޏެވެ. ކައިލް ކުޅިފަސްބައި އަނބުރައިލި ގޮތުން މައިރީން ހުރީ ހަމަ ކޮސްވެފައެވެ. ކައިލް ދިޔުމުން ދޮރާއި ދިމާލަށް ލޯއަޅައިލާފައި ވުޟޫކުރަން ފާހަނައަށް ވަނެވެ.

އަޅިކުލައިގައި ހުރި ފަރުދާ އިން ރަން ކުލައިގެ އަލި ފަޑު ގޮތަކަށް ކޮޓަރިތެރެއަށް އެޅެމުން ދިޔައެވެ. އޭސީގެ ފިނިކަން ސޯޅައަށްލާފައިވީ އިރު ވެސް އެނދުމަތީ އޮތް ރުކައިންގެ ހަށިގަނޑު ވަނީ ދަލުން ތަތްތެޅިފައެވެ. މެރިފައިވި ދެލޮލުގެ ކަޅި ދިޔައީ ދެފަރާތަށް ހަރަކާތް ކުރަމުންނެވެ. އެނދުމަތީ އޮތް ނޫކުލައިގެ ރަޖާގަނޑުގައި ދެއަތުން ހިފައިގެން އޮތް އިރު އިނގިލިކޮޅުތަކުން ހުދުކުލައަރައެވެ. އެނދުމައްޗަށް ހީވަނީ ނަގޫރޯޅީއެއް އަރާފައިވިހެންނެވެ. ބާލީސްތައް މުށިތަށް މަތީ އޮތް އިރު، ފުރޮޅުމުގެ ސަބަބުން ބެޑްޝީޓްވަނީ ރޫޖެހިފައެވެ. ރުކައިން ދިޔައީ ނޭވާ ނުލެވިގެން އުޅޭ ފަދައިން ތެޅެމުންނެވެ. އެވަގުތު ލީލާ އެ ކޮޓަރިއަށް ވަނެވެ. ރުކައިން އޮތް ހާލު ފެނި ލީލާގެ ހިތުގައި މީހަކު ވިކައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ދަރިފުޅާ ރުކައިން.. ހޭލަބަލަ.. ހުވަފެނެއް ފެނިގެންނޭ ތިއުޅެނީ.. ރުކައިން.. އެއޮއް ވަޒީފާއަށް ދާ ގަޑި ޖެހެނީ އަވަހަށް ހޭލާ..” ރުކައިންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ލީލާ ކިޔަމުން ދިޔައެވެ.

ސިހިފައި ހޭލެވޭ ފަދައިން ކުއްލިއަކަށް ރުކައިން ކޮޅަށް ޖެހުނެވެ. ފުންކޮށް ނޭވާ ލާން މަސައްކަތް ކުރަމުން ދިޔައިރު، ރުކައިންގެ ނިތްކުރިމަތީ ދާތިކިތައް ވިދަމުން ދިޔައެވެ. ލީލާ އަވަސް އަވަހަށް އެނދު ކައިރީ ހުރި ކުޑަ މޭޒުގައި ހުރި ފެންފުޅި ނެގުމަށް ފަހު ފެންތައްޓަކަށް އަޅައި ރުކައިންގެ ތުންފަތުގައި ޖެއްސިއެވެ. ކަރުހިތްކާ ގަނެފައިވީ ފަދައަކުން އެއްނޭވާއިން ރުކައިން އެ ފެންތަށިބޯލިއެވެ. އެ ކުޑަ މޭޒުގައިވި ދަމާ ކަބަޑު ހުޅުވައިލުމަށްފަހު ރުކައިން ގަވައިދުން ކާންޖެހޭ ބޭސް ލީލާ ނެގިއެވެ. އެ އައު ބޭސް ކާޑު ފެނި ލީލާގެ މެޔަށް ހޫނު ފެންއެއްޗެއް އަޅައިލި ފަދަ އިހްސާސެއްވިއެވެ.

“ރުކައިން ދަރިފުޅާ ބޭސް ނުކަނީތަ މިހާރު؟” ލީލާ މަޑުމައިތިރިކަމާއެކު އަހައިލިއެވެ. “ނޫނޭ.. އިއްޔެ ހަމަ ބޭސް ކާޑު ހުސްވީމަ އާ ކާޑެއް ނަގާފަ ތިއޮތީ..” ރުކައިން ހަމަޖެހިލަމުން ބުންޏެވެ. ލީލާ އިތުރު ސުވާލެއް ކުރުމެއްނެތި ބޭސްކާޑުން ބޭސް ގުޅައެއް ނެގުމަށްފަހު، ރުކައިންގެ އަތުތެރެއަށްލިއެވެ. ލީލާ ބަލަން ހުރުމުން ރުކައިން އެއްޗެކޭ ބުނުމެއްނެތި އެ ބޭސް ގުޅަ އަނގަޔަށްލިއެވެ. “މަންމާ މިދަނީ ފެންވަރަން.. މިއަދު ކުޅިމަހާ ރޮއްޓާ ހަދާލެވިދާނެތަ؟ ވަރަށް ކާ ހިތްވޭ އެބަ..” ލީލާ އެތަނުން ފޮނުވައިލުމުގެ ގޮތުން ރުކައިން ބުންޏެވެ. ލީލާ ބޯޖަހައިލުމަށްފަހު އެތަނުން ނިކުތެވެ. ތުވާލި ހިފައިގެން ފާހަނައަށް ރުކައިން ވަނެވެ. ކޮލުގެ އެއްފަރާތުގައި ފޮރުވާލާފައިވި ބޭސްގުޅަ ފާހަނަތެރެއަށް ވައްޓައިލުމަށްފަހު ފްލަޝްކޮށްލިއެވެ.

ރުކައިން ބަލައިލީ ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ ސޫރައަށްށެވެ. ފުރަތަމަ ފަހަރަށް އެ ބޭސްތަކުގެ ހަގީގަތާއި މެދު ޝައުގުވެރިކަން އުފެދުނެވެ. ފެންވަރާ ނިމުމުން އުނަގަނޑުގައި ތުވާލި އޮޅައިލުމަށްފަހު ރުކައިން ފާހަނައިން ނިކުތެވެ. އޭރު އޭނަގެ ކަޅު ދެލިކޮޅެއް ފަދަ އިސްތަށިކޮޅުން ޖަހަމުން ދިޔަ ފެންތިކިތައް އޭނަގެ ބައިމަތިފުޅާ ހަށިގަނޑުން ތިރިއަށް ދަތުރު ކުރަމުން ދިޔައެވެ. ފުލުސް ޔުނީފޯރމްލުމަށްފަހު އޭނައަށް ގަވައިދުން ކާން ދީފައި ހުންނަ ބޭސްކާޑެއް ޖީބަށްލިއެވެ. އިސްތަށިކޮޅުގައި ޖެލްކޮޅެއްލުމަށްފަހު ފުނާއަޅައިލައިގެން ކޮޓަރިން ނިކުތެވެ.

ކޮޓަރީގައި އެނބުރެމުން ދިޔަ ފަންކަލަށް ބަލަން ކިންގު ސައިޒް އެނދުމަތީގައި އޮތް ޔާދިންގެ މޫނުގައި ވަނީ ހުސްކަމެވެ. ބަލައިލާ ކޮންމެ މީހަކަށް ވެސް އޭނަ އެއޮތީ ބޮޑު ފިކުރެއްގައިކަން އެނގޭނެކަން ޔަގީނެވެ. ލޯގަނޑު ކުރިމަތީގައި ދުންޔާ ނަރުސް ޔުނީފޯރމް ލައިގެން ހޮސްޕިޓަލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އޭނަގެ ކަޅި އިރުއިރުކޮޅާ ޔާދިން އާއި ދިމާލަށް ދަތުރުކުރެއެވެ. “ދިން މިހާރު ޖޮބަށް ނުދާތާ ހަފްތާއެއް މިވަނީ.. ތިހެން އުޅޭކަށް ނުވާނެއެއްނުން.. އަބަދު ވިސްނަންޏާ ދިން ބަލިވެދާނެ.. ޖޮބަށް ނުދިޔަޔަސް ބޭރަށް ނިކުމެލަންވީނުން؟” އެނދުގެ މަގަތުގައި އިށީންނަމުން، ޔާދިންގެ އަތްމަތީ އަތް ބާއްވައިލަމުން ދުންޔާ ބުންޏެވެ. “އަހަރެން އޯކޭއޭ ދޫނި.. އަހަރެންނާ މެދު ތިހާ ވަރަށް ނުވިސްނާ.. މިއީ ދޫނިއާ މެދު ކަންތައް ކުރެވުނު ގޮތުގެ ހިތި ސަޒާ..” ހިންދިރުވައިލަމުން ޔާދިން ބުންޏެވެ.

އޭނަގެ އަޑުގައިވި ހިތްދަތިކަން ދުންޔާއަކަށް ސިއްރެއް ނުވިއެވެ. “ދިން ތިހެން ނުބުނޭ.. އެއީ ޕާސްޓް މިހާރު ދިން އަހަންނަށް ނުލާހިކު ރަނގަޅު.. ދުނިޔެމަތީ އުޅޭއިރު އިމްތިހާނު ޖައްސަވާނެ.. މިއީ ވެސް އިމްތިހާނެއް.. ކެތްތެރިކަމުގެ މޭވާ ވަރަށް ފޮނިވާނެ..” ދުންޔާ ޔާދިންއަށް ނަސޭހަތްދިނެވެ. ޔާދިންގެ ނިތަށް ބޮސްދީފައި މޭޒުމަތީގައި އޮތް އަތް ދަބަސް ކޮނޑުގައި އަޅުވައިލައިގެން ދުންޔާ ކޮޓަރިން ނިކުތެވެ.

ދުންޔާގެ ލޯތްބާއި އޯގަތެރިކަން އެކުލެވިގެންވި ޖުމުލަތަކާއި އަމަލުތަކުން ޔާދިންގެ ހިތުގައިވި ޒަހަމްތަކުގެ ބޭސް އެޅުނު ފަދައެވެ. “އައި ރިއަލީ ޑޯންޓް ޑިސާރވް ހާރ.. އައިމް ޖަސްޓް އަ މެސް..” ޔާދިން މަޑުމަޑުން ބުނެލިއެވެ. އޭރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. “އަހަރެންނަށް ކުރިން އެހެން ނުހެދުންނަމަ މިހެނެއް ނުވީސް ކަންނޭނގެ.. ދިސް އިޒް މައި ފޯލްޓް..” ނިތްމަތީ އަތް ބާއްވައިލަމުން ޔާދިން ބުންޏެވެ. ދެލޯމަރައިލުމާއެކު އެ ކަރުނަތިކިތައް ލޮލުގެ ކަނުން ރޮނގަކަށް ވެއްޓުނެވެ.

ހެނދުނުގެ ވަގުތު ނަމަވެސް ނަދީހް ހުރި ތަނަށް އިރުގެ އެއްވެސް އަސަރެއް ނުކުރެއެވެ. އޭނަ ހުރީ އެއްކޮށް ބަންދުވެފައެވެ. ކުޑަދޮރެއް ލޮލުކޮޅަށް ވެސް ނުފެނެއެވެ. ބޮޑު ދޮރުގައި އެތެރެއިންނާއި ބޭރުން ފަސް ހަތަރު ތަޅުލާފައި ހުއްޓެވެ. ފާރުގައި ބޮލުގެ ފުއްކިބަ ޖައްސައިގެން އިން އިރު ނަދީހްގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އޭނަގެ ވާއަތުގެ ބަދަލުގައި މިހާރު ވަނީ ބެންޑޭޖުގަނޑެއް އައްސާލެވިފައެވެ. ޝިޔާންގެ އިންތިޒާރުގައި ހުރެ ހުރެ އޭނަ މިހާރު ވަރުބަލިވެއްޖެއެވެ. ގޮތް ނޭނގޭ ހޫޑީލައިގެން އުޅޭ ޒުވާނާއަކީ ކާކު ކަމެއް އަދި އަދަށް ވެސް އޭނައަކަށް ނޭނގެއެވެ.

ބޮޑުދޮރުގެ ތަޅަށް ތަޅުދަނޑި ވައްދައިލި އަޑުއިވުމުން ނަދީހް ދިޔައީ ސިއްސައިގެންނެވެ. އޭނަގެ ހަށިގަނޑު ވަގުތުން ރޫރޫ އަޅައިލިއެވެ. ބޮޑު ފިރެހެނަކަށްވި ނަމަވެސް އޭނަ އެހުރީ ބިރުން ފިތްކަނޑައިގެންދާ ހާލުގައިކަން ބަލާލާ ކޮންމެ މީހަކަށް އެނގޭނެއެވެ. ދޮރު ހުޅުވައިލުމަށްފަހު ހޫޑީލައިގެން ހުރި ޒުވާނާ އެތެރެއަށްވަނެވެ. ނަދީހު ފެނުމުން ނުލަފާ ގޮތަކަށް ހީލިއެވެ. “ކޮބާ އަދިވެސް އަތަށް ތަދުވޭތަ؟” އޭނަގެ ލޮލުން ނުރައްކާތެރި ކަމުގެ ދަޅަ އަޅަމުން ދިޔައެވެ. ނަދީހު އެއްޗެކޭ ބުނުމެއްނެތި ބިރުން އަތް ފޮރުވައިލިއެވެ. އެއާއެކު އެ ޒުވާނާގެ ބިރުވެރި ހުނުމުގެ އަޑު އެތާ ގުގުމައިލިއެވެ. “މިއައީ ބޭސް އަޅަންށޭ.. ތިހާ ފިނޑިވާކަށް ނުވޭނުން އަދި..” ފްސްޓްއެއިޑް ބޮކްސް ހިފައިގެން ކުޑަކަކޫ މައްޗަށް ތިރިވެލަމުން މަލާމާތުގެ ރާގަކަށް އެޒުވާނާ ބުންޏެވެ. އެ ޒުވާނާގެ ބުނުމަށް ބިރުން ހުރި ނަމަވެސް، ނަދީހު އަތް ދިނެވެ.

އެ ޒުވާނާގެ ހަރަކާތްތައް އަވަހެވެ. ހީވަނީ އަބަދު ވެސް ކުރާ ކަމެއް ހެންނެވެ. ބެންޑޭޖުގަނޑު ނައްޓާލުމަށްފަހު ކަޅުކުލައިގެ ފުޅިއެއްގައި ހުރި ކަޅުކުލައިގެ ދިޔާ އެއްޗެއް ނަދީހްގެ އަތުގެ ކުޑަ ހުޅަށް އަޅައިލިއެވެ. ބެޓަޑިން ސޮލިޔުޝަން ނަދީހްގެ އަނދާފައިވި ހަންގަނޑަށް އިހުސާސްވުމާއެކު ނަގައިގެން ދިޔަ ދިލައާއެކު އޭނަ ހަޅޭއްލަވައިގަތެވެ. އެ ޒުވާނާ ނަދީހްގެ ހަޅޭކަށް ބެލުމެއްނެތި ކަފަކޮޅުތަކުގެ އެހީގައި އެތަން ސާފުކޮށްލުމަށްފަހު އަލުން ބެންޑޭޖްކޮށްލިއެވެ. އޭރު ނަދީހުގެ މުޅި ހަށިގަނޑު ވަނީ ދާ ހިތްލާ ފޯވެފައެވެ. ނަގަމުން ދިޔަ ދިލައިން އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ.

“އަހަރެން ދޫކޮށްލާ.. ހެޔޮނުވާނެ.. ހާދަ ތަދެއްވެޔޭ.. ކަލެޔަށް ކޮން ކަމެއްތަ މަ މީހަކާ ބެހުނަސް.. ކަލޭ ވެސް ބޭނުމިއްޔާ ހަމަ ޖޮއިން ވާންވީއޭ.. މަ ދޫކޮށްބަލަ.. މަ ކަލެޔަށް ކީއްތަ ކުރީ..” ނަދީހު ހަޅޭއްލަވައިގަތެވެ. “ހޫމްމްމް.. ކަލޭ މަށަށް ކީއްތަ ކުރީ؟؟.. މަ މި ދައްކާ ފޮޓޮޔަށް ރަނގަޅަށް ބަލާލައްޗެ..” ފަސްޓްއެއިޑް ބޮކްސް ލައްޕައިލުމަށްފަހު އެ ޒުވާނާގެ ޖީބުން ފޮޓޯގަނޑެއް ނެގިއެވެ. އެ ފޮޓޯގައިވަނީ ބުރުގާ އަޅާފައި ހުރި އަންހެންކުއްޖެކެވެ. އުމުރުން ވިއްސާއި ބާވީހާއި ދެމެދުގެ އެކުއްޖާ ހިނިތުންވެލާފައި ހުރި އިރު އެ މޫނަށް އާދަޔާހިލާފު އަލިކަމެއްވެރިވެފައިވެއެވެ.

“ކަލެޔަށް އެނގޭތަ މިއީ ކާކުކަން؟” އެ ޒުވާނާ ސުވާލުކޮށްލިއެވެ. “އެންމެ ފަހުން މަށަށް ސަޅިވި ގޮލަޔެއް ތީ.. އެކަމަކު ވަރަށް ގޮތްދޫނުކުރޭ.. މަ ވާހަކަ ދައްކާ އިރު ހީވަނީ ފާރަކާ ވާހަކަ ދެއްކޭހެން.. އަނގަ ހުޅުވަނީކީއެއް ނޫން.. ނޭނގެ މިހާރު ކޮންތާކު ކަމެއް ވީކީއެއް.. ކިހިނެތްވީތަ؟” ނަދީހު އަހައިލިއެވެ. “ކަލޭ ކޮންއިރަކު މި ކުއްޖަޔާ ބެހުނީ؟” އެ ޒުވާނާގެ އަޑުގައިވީ ތަފާތު މަޑުމައިތިރި ކަމެކެވެ. “އެ މަންޖެ ކޮލެޖުން ގްރެޖުއޭޓްވި ރޭ ކަންނޭނގެ އެއީ.. އެރޭ ކިހިނެތް ކަމެއް ނުކޮށް ހުންނާނީ؟ ރީތިވެލައިގެން ހުރި ގޮތުން ހީވަނީ އުޑުން ބިމަށް ތިރިކޮށްލާގެން ހުރި ޕަރީއެއްހެން ވިއްޔާ..” ނަދީހު ހިނިއައިސްފައި ބުންޏެވެ.

ނަދީހުގެ ޖުމުލަތަކުން އެ ޒުވާނާގެ ގާތަށް ރުޅިއައުން ނޫން ކަމެއް ނުވިއެވެ. ނަދީހުގެ މޫނަށް ބެޓަޑިން ސޮލިޔުޝަން ޖެހުމަށްފަހު، ނަދީހުގެ މޫނުމަތީ ގޮށްމުށުން އޭނަ ޖެހިއެވެ. “އެ އަންހެންކުއްޖާއަކީ މަގޭ ވާން އުޅުނު އަންހެނުން.. ކަލޭ އޭނަގެ އިއްފަތްތެރިކަން ވެއްޔާލާ މޮޑެލީ އެރޭ އަހަރެން އޭނަ ކައިރީ އިންނަން އަހާ އޭނަ އާބަސް ދިނުމަށްފަހު ގެޔަށް ދިޔަ މަގުމަތީ.. ކަލެޔާ ހުރެ އޭނަ އަމިއްލައަށް އަތުގަ ވަޅިއަޅާ ދަންޖެހުނީ.. އޭނަގެ މަރު އެޅޭނީ ހަމަ ކަލޭގެ ބޮލުގަ.. މިހާރު މަ މިކަންތައް ކުރަނީ ކީއްވެކަން ކަލެޔަށް އެނގިއްޖޭނުން..” ނަދީހުގެ ހަށިގަނޑުގައި ކޮޅުފައިން ތަޅަމުން އެ ޒުވާނާ ހަޅޭއްލަވައިގަތެވެ. ރުޅިއައިސްފައި ހުރި ވަރުން އޭނަގެ ހަށިގަނޑަށް އާދަޔާހިލާފު ބާރުގަނޑެއް އަރާފައިވެއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެން ނަދީހު ހޭނެތުނެވެ. އެ ޒުވާނާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައީ ނަދީހުގެ ހަށިގަނޑުގެ ހަރަކާތް ހުއްޓުމުންނެވެ. އެތަނުން ނިކުތުމަށްފަހު އެތަން ރަނގަޅަށް ތަޅުލިއެވެ. ސިޑި ކައިރީ ހުއްޓުނު އިރު އެ ޒުވާނާގެ ދެލޯ ފުސްވެގެން ދިޔައީ އޭނަގެ ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނަކުގެ ސަބަބުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (20)

  1. 😶‍🌫️Raajiha 😶‍🌫️

    V.reethi
    When is next?!?

    1. Maash
      😶‍🌫️Raajiha 😶‍🌫️

      Thankyou so much Raajiha.. next part Insha Allah Monday ga💜🦋

  2. Shiu

    Mi part vx varah Reethi Masha Allah..
    Kail just wait till you get home, Mai Mihaaru vx neynge molhu plan eh kuran nufashaa kameh, hehehe 😂 I think E beys thakakee Rukain memory loss kuran vegen kaan dhey beys thakeh hen.. E beys thah nukanya Rukain ge Memory’s anburaa annaane baa?? 🤔 I feel bad for Dhunya and Yaadhin, Yaadhin amilla nafsu kuhveri koggen nuvaanennu,😔 Nadheeh R**e kolli anhen kujjaa akee kaakuba?? 🧐 Hoodie guy akee kaakukan engen Keh Madhu😩 Visna Visna vx hoodie guy aaa E anhen kujjaa akee kaaku kameh eggothakah vx neyngun, 😭
    When Next??? Curiously waiting for the next part… Appreciate your hard work 🥰💗
    Lysm Maash 💜

    1. Maash
      Shiu

      Thankyou so much shiu.. I’m happy U liked it.. haha yageenehnun.. neynge mifaharu hadhaalaane gothehvx.. let’s see dhw beys thakuge hageegai.. vrh avahah engeyne.. aww same I feel bad for them too.. e buneenun hoodie laigen huri guy ge fiancé ey😭.. adhi ingeyne darl..kehtherivey😭.. hoodie laagen huri meeha aa u all met.. next part Insha Allah Monday ga.. aww thankss.. I appreciate Ur comment a lot.. love you more darl💜🦋

    2. Faaa
      Shiu

      Hoodie laigen ehuree mai ge stepbro I think

    3. Maash
      Shiu

      Hehe that’s a nice guess let’s see dhw Faaa

  3. Thiththi

    Shazaa eh noon sazaa! Shazaa akee meeru vahah kiyaa echcheh kamah en’gifa othee! Kithanme avadhinethi ulhemun liyunas akuru thakaa filithah hamakuran faruvaa bahattaathi! Ehen noonee bunan ulhey ethi noon ehen echcheh buneveythan aisfaane! Vaahaka hama varah shauquveri adhi kuriyah midhaa goiy!

    1. |@&+~~*
      Thiththi

      Yeah you r right. Shazaa akee maamelaameleege meeruvas.
      You have to use sazaa. Hope you will not repeat this mistake later.
      Thank you!

    2. Maash
      |@&+~~*

      Ehen dhw.. vrh bodah shukuriyya ragalhu goi bunedhevvima.. dhen faharakun ragalhu kohlaanan.. shukuriyya 💜🦋

    3. Maash
      Thiththi

      Oh no ehentha? Alhugadah Hama ehgothakah vx neygun eii dhe baheh kameh.. dhen faharakun ragalhu kohlaanan Insha allah.. aslu avahah liyuneema jehifa in mistake eh noon eii.. alhugadah Hama neyguny eii 2 baheh kan.. vrh bodah sorry.. adhi vrh bodah shukuriyya ragalhu goi bunedhehvi thi.. thiththi ge faraathun vrh neygey ehchehi dhasvey eba.. vhk shauguveri Kan enguneema vrh ufaa vejje 💜🦋

    4. Thiththi
      Thiththi

      Mithankolhu balaabala! ” sidi kairee huhtunu iru e zuvaanaage dheloa fusvegen dhiyaee eynage dhelolah jamaavegen dhiya karuthakuge sababunneve.” Karuna liyunu iru kobai noonaai e akuruge fili!! Ehenve bunee akuru thakaai filithah hamakuran samaaluvaan

    5. Maash
      Thiththi

      Alhey sorry miadhu mal’e dhaan jehunyma avaskohlevuny recheck kurumuga.. ragalhu kohlaafin mihaaru.. dhen faharakun ekanthah balaanan💜🦋

  4. Your fav bab

    Kail get ready to get cooked and boiled😹😹
    Neyge mi faharu mai kollane vareh ves😂
    So now rukain is avoiding those medicines dhw? Is he dreaming about his past? Then leelaa ah viyas memory loss pills dheykah nuvaanu!!! ( well I think, that’s memory loss pills hen )
    I feel so bad for Yaadhin!! 😭 he’s still regretting dhw? but don’t he dare take a reckless step that’ll hurt dhunya!!
    Oh so e hoodie laigen huri soru is avenging his to be wife dhw! Well nadheeh deserves to be tortured like that IMO!
    When next?
    Loved this part sm… Ly💗

  5. Bruh

    Very nice 👍

    1. Maash
      Bruh

      Thanks bruh💜🦋

  6. Maash

    Let’s see Mai kuraa kameh hehe.. yeah seems like he is avoiding the medicines.. Hama vedhaane gotheh thi ee..
    Aww same I feel bad for him too.. let’s see what he’ll do dhww..
    Yeaa he is taking revenge for his wife.. frr he deserve it.. next part Insha Allah Monday ga.. love you more darll💜🦋

  7. Merrr

    By chance, u a kpop stan??

    1. Maash
      Merrr

      Not really😭 but I do like kdramas

  8. Me

    When next dude??

    1. Maash
      Me

      I’m sorry kuda koh las vedhaane dhen oii Bai.. I was really busy.. Insha Allah will try maadhama kommes iraku upload kohlan💜🦋

Comments are closed.