Skip to content
އެސްފިޔަ

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 11

“އިދީ މީ ކޮން ކުއްޖެއް؟” އަލިޝްކާ އަހައިލިއެވެ. “މިއީ ލަޔާޝާ… މިގޭގަ ގެސްޓުރޫމްގަ ބަހައްޓައިލަން ގެނައި ކުއްޖެއް..” އައިދަން ހަމަޖެހިލަމުން ބުންޏެވެ. “ލަޔާޝާއޭ؟؟ ޔާޝް؟؟”  އަލިޝްކާ ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ. ލަޔާޝާއާއި ދިމާލަށް ރަނގަޅަށް ބަލައިލިއިރު އަލިޝްކާގެ ދެލޯ ފެންކަޅިވެއްޖެއެވެ. އޭނަގެ ވޮލެޓްގައި އަބަދުހެން އޮންނަ ފޮޓޯގަނޑު ނެގުމަށްފަހު ބަލައިލިއެވެ. އަލިޝްކާގެ ހަރަކާތްތަކުން ނަގާނެ މާނައެއް ނޭނގިފައި ލަޔާޝާއަށް ހުރި ތަނުގައި ހުރެވުނެވެ.

***ޕާޓް 11***

އަލިޝްކާއަށް އަދި ވެސް ހުރެވުނީ ކުރިމަތިން ފެންނަމުން ދަނީ ހަގީގަތެއް ކަމާއި މެދު ސުވާލު އުފެދިފައެވެ. އެތައް އަހަރެއް ވަންދެން ގެއްލިގެން އުޅުނު ކޮއްކޮ އެހުރީ އޭނަގެ ކުރިމަތީގައި ބޮޑުވެފައެވެ. އަލިޝްކާއަށް އެހާ ފަސޭހައިން ލަޔާޝާ ފާހަގަ ކުރަން އެނގުނީ ލަޔާޝާގެ ވާއަތު ލޯ ކައިރީ އިން ކުޑަކުޑަ ހަނދުފަޅިއެއް ފަދަ ލަފު ފެނުމުންނެވެ. “އިދީ.. އިދީ މީ ޔާޝްއޭ..” ފެންކަޅިވެފައިވި ދެލޮލާއެކު ލަޔާޝާގެ މޫނު އޭނަގެ އަތު ތެރެއަށްލަމުން އަލިޝްކާ ބުންޏެވެ. އަލިޝްކާ އާއި ލަޔާޝާގެ މޫނު މަތިން ކުޑަ ވައްތަރު ކަމެއް ހުއްޓެވެ. “ތީ ކާކު؟” ލަޔާޝާ މަޑުމަޑުން އަހައިލިއެވެ. އޭރު އޭނަގެ ހިތް ދިޔައީ ޑަންޑަންލާފައި ތެޅެމުންނެވެ. ލަޔާޝާގެ ސުވާލުން އަލިޝްކާގެ ދެލޮލުގެ ތެރޭގައި ހައްޔަރުވެފައިވި ކަރުނަތައް ފައިބައިގަތެވެ. “ޔާޝް މީ ދޮންތިއޭ.. އައިމް ސޯ ސޮރީ.. ޔާޝް-” ރޮވިފައި ހުރެ އަލިޝްކާ ބުނަން އުޅުނު ޖުމުލަ މެދުކެނޑުނީ ލަޔާޝާ ދުރުވެލުމުންނެވެ. ލަޔާޝާގެ ހަރަކާތުން އަލިޝްކާގެ ހިތުގައި މީހަކު ހިފައި ފިއްތައިލި ފަދަ އިހްސާސެއް ކުރެވުނެވެ.

ލަޔާޝާ އިސްޖަހައިލައިގެން ހުރެ އޭނަގެ އިހްސާސްތައް ހަމައަކަށް އަޅުވައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ދައް…ދައްތައަށް ތިއުޅެނީ އޮޅިގެން.. އަޅުގަނޑުގެ އާއިލާއެއް ނުހުންނާނެ..” ލަޔާޝާގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ. އޭނަގެ އަމިއްލަ އާއިލާއެއް އޮންނަ ކަމަކަށް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ސަބަބަކީ އާއިލާއަކަށް ބޭނުންވީ ވަގުތު އޭނައަށް އާއިލާއިން ދިނީ ދޯކާއެވެ. ތުއްތު ކުއްޖެއްގެ ގޮތުގައި ވަނިކޮށް އަނިޔާވެރި ޖަނަވާރުންތަކެއްގެ ތެރެއަށް އެއްލައިލީއެވެ. “ޔާޝް ތިހެން ތިބުނަނީ މަންމައާ ހެދި ދޯ؟ އިޓް ވޮޒެންޓް އަވާރ ފޯލްޓް.. މަންމަ އެހެން ހެދިކަން ބައްޕައަކަށް ވެސް ނޭނގެ.. ބައްޕައަށް އެނގުނީމަ މަންމަ ވަރި ކުރީ.. ޔާޝް ހޯދަން ވަރަށް މަސައްކަތް ކުރި…” ރޮވިފައި ހުރެ އަލިޝްކާ ކިޔައިދިނެވެ. ވާނުވާގައި ހުރި މާކިން މިއީ އާއިލާގެ ތެރޭގައި އޮތް ކަމެއްކަން އެނގުމުން އެތަނުން ނިކުތެވެ. ނޭނގި ނަމަވެސް އޭނައަށް ލަޔާޝާ އޭނަގެ އާއިލާ ގާތަށް ގެންދެވުނީތީވެ ހިތްހަމަޖެހުނެވެ. އައިދަން ސޯފާގައި އިށީނުމަށްފަހު މާޒީގެ އެ ކަޅު ސަފުހާތައް ލަޔާޝާގެ ކުރިމަތީ ހުޅުވައިލިއެވެ.

***12 އަހަރު ކުރި***

ދުވަސް ފެށުނީއްސުރެ ވެހެމުން ދިޔަ ވާރެ ހުއްޓާނުލައެވެ. ތުނިތުނިކޮށްލުމަށްފަހު އަނެއްކާ ބޯކޮށްލައެވެ. ސިޓިންރޫމް ސޯފާގައި މައުސޫމު ގޮތަކަށް ދެފައި ވަށްކޮށްލައިގެން، ޗިޕްސްކާން ފަސް އަހަރުގެ ލަޔާޝާ އިނެވެ. އެވަގުތު ނުވަ އަހަރުގެ އައިދަން އައިސް ރިމޯޓު ލަޔާޝާގެ އަތުން އަތުލުމަށްފަހު ޗެނަލް ބަދަލުކޮށްލިއެވެ. “ދޮންބޭ ޔާޝް ކާރޓޫން ބަލަންށޭ އިނީ.. ދީ..” ތުންއޫކޮށްލަމުން ލަޔާޝާ ބުންޏެވެ. “ޕިސް ދޭބަލަ އެހެން އެއްޗަކާ އެއްކޮށް ކުޅެން.. ދާން އުޅޭ ނުރޮއެ އެހެންނޫނީ މަންމަ ކައިރީ ބުނާނަން..” ބާލީހަކުން ލަޔާޝާގެ ގައިގާ ޖަހަމުން އައިދަން ބުންޏެވެ. ލަޔާޝާ ރުޅިއައިސްގެން އަތުގައި އޮތް ޗިޕްސް ދަޅު އައިދަންގެ ބޮލަށް އަޅައިލިއެވެ. އެވަގުތުވީ ޒަހާ ކޮޓަރިން ނިކުތް ވަގުތަށްށެވެ.

މުޅި ސިޓިންރޫމަށް ޗިޕްސް އެޅިފައިވީ ތަން ފެނުމުން ޒަހާ ގާތަށް އައީ އަލިފާން ރުޅިއެކެވެ. “ބޮޑުވެއްޖެ އުނދަގުލެއްނުން ލަޔާޝާ.. މީހަކަށް ޖެއްސުމެއް ނޫނީ ނުކުރަން ކަލެޔަކަށް ނޭނގެދޯ… އެ ލިވާޒުގެ ކަންތަކޭ މީ.. މަ އޭރު ވެސް ބުނިން އެހެން ދަރިއަކު ބޭނުމެއްނޫނޭ.. ހުރެބަލަ ނިކަން ހޭއަރުވާލާނަން..” ދަތްކުނޑިވިކައިލަމުން އެހެން ބުނެ، ލަޔާޝާގެ ހިކަނދިމަސްގަނޑުގައި ހިފުމަށްފަހު ބޭރަށް ގެންދަން ފެށިއެވެ. “މަންމީ ޔާޝް ނޫނޭ ފެށީ.. މަންމީ ދޮންބެ-” ލަޔާޝާގެ ބަސްތަކަށް ހުއްޓުމެއް އައީ ޒަހާ ލަޔާޝާގެ އަނގަމަތީ ހިފައި ގަތުމުންނެވެ. “ކަލޭ އަނގަ މައިތިރިކޮށްގެން ހުރެބަލަ.. ކަލޭ ދޮންބެ އެއީ!! އޭނަ ބުނާ ކަމެއް ކަލޭ ޖެހޭނެ ކުރަން.. އަދި މަގޭ އައިދަންގެ ބޮލަށް ޗިޕްސް އަޅާފިއެއްނުން.. ހަމަ މިހާރު މިތަން ސާފުކުރޭ.. މިތަން ސާފުކުރާށޭ!!” ލަޔާޝާގެ ކޮލަށް ފިއްތައިލުމަށްފަހު ފިހިގަނޑުން ލަޔާޝާގެ ކޮނޑުގައި ޖަހައިލަމުން ޒަހާ ބުންޏެވެ. ރޮވިފައި ހުރެ ލަޔާޝާ އެތަން ސާފު ކުރިއެވެ. އެތަން ސާފުކޮށް ނިމުމުން ޒަހާ ބާރު ހިނގުމުގައި ލަޔާޝާ ގޮވައިގެން ބޭރަށް ނިކުތެވެ.

އައިދަން އެއީ މާ ބޮޑު ކަމަކަށް ހެދުމެއް ނެތި ޓީވީ ބަލަން އިނެވެ. އޭނައަށް އެއީ އައު މަންޒަރުތަކެއް ނޫނެވެ. އެގޭގައި ލަޔާޝާ އާއި މެދު ރަނގަޅަށް ކަންތައް ކުރާނީ ލިވާޒް އާއި އަލިޝްކާ އެކަންޏެވެ. އަލިޝްކާ ރޯގާ ޖެހިގެން އުޅޭތީ ޑޮކްޓަރަށް ދައްކައިލުމަށްފަހު އިރުކޮޅެއް ފަހުން ލިވާޒް ގެއަށް ވަނެވެ. ގޭތެރޭއިން އިހްސާސްވި އާދަޔާ ހިލާފު ހަމަހިމޭންކަމުން ލިވާޒްއަށް އުނދަގޫވިއެވެ. “އިދީ ކޮބާ މަންމައާ ޔާޝް؟” ލިވާޒް ސުވާލުކޮށްލިއެވެ. “ބޭރަށް ދިޔައީ..” ހަމަޖެހިލަމުން އައިދަން ޖަވާބުދިނެވެ. އެހާ ވިއްސާރަ އިރު ލަޔާޝާ ގޮވައިގެން ޒަހާ ބޭރަށް ދިޔުމުން ލިވާޒް ހައިރާންވިއެވެ. ފޯނުން ޒަހާއަށް ގުޅުމުން ވެސް ޖަވާބެއް ނުލިބުނެވެ. ހާސްވެގެން ލިވާޒް ދެކޮޅަށް ހިނގަން ފެށިއެވެ.

ޒަހާ ހުރީ ކަޅުކުލައިގެ ދިގު ކޯޓެއްލައިގެން އޭގެ ކޯރިން މޫނު ނިވާކޮށްގެންނެވެ. ލަޔާޝާއަށް ވާރޭން ހިމާޔަތް ވާނެ ގޮތެއް ނުދީ ހުރުމުން ކުޑަކުޑަ ލަޔާޝާގެ ހަށިގަނޑަށް ވާރޭ ކަނިތަކުގެ ހަމަލާ ދިޔައީ އަމާޒުވަމުންނެވެ. “މަންމީ ޔާޝްއަށް ފިނިވަނީ” ލަޔާޝާ ރޮމުން ކިޔަމުން ދިޔައެވެ. ލަޔާޝާ ރޯން ފެށުމުން ޒަހާ ގާތަށް ރުޅިއައެވެ. “ދޫ ދަމައިނުގަންނަނީސް ހުއްޓާލާ.. ނޫނީ އެތާ މޫދަށް އެއްލާލާފަ ދާނީ..” ލަޔާޝާގެ ކުޑަ އަތަށް ފިތައިލަމުން ޒަހާ ބުންޏެވެ. އެއާއެކު ބިރުން ލަޔާޝާ ތުންފިއްތައިލިއެވެ. ފަޅު އިމާރާތްތަކެއް ހުރި ދިމާލަށް ދިޔުމަށްފަހު ޒަހާ މީހަކަށް ގުޅައިލިއެވެ. ކުޑައިރުކޮޅެއްފަހުން ބޭރު ތަންތާގައި އުޅޭ ފަދަ މުޅި ހަށިގަނޑުގައި ފާޑު ފާޑުގެ ޓެޓޫ ޖަހާފައި ހުރި މީހެއް އެތާ ހުއްޓުނެވެ. “ނައިންޓީ ކޭ އެންޑް ޝީޒް އޯލް ޔުއާރސް.. އައި ޑޯންޓް ކެއާ ވަޓް ޔޫ ޑޫ ޓު ހާރ ޖަސްޓް ކީޕް ހާރ އައުޓް އޮފް މައި ސައިޓް..” ޒަހާ އެމީހައާ ވާހަކަ ދެއްކިއެވެ.

އޭރު ތުރުތުރު އަޅަމުން ދިޔަ ލަޔާޝާ ހުރީ ޒަހާގެ ފަހަތަށް ވަދެ ފިލައެވެ. މަޑުމަޑުން އޭނައަށް ދިޔައީ ގިސްލެވެމުންނެވެ. އެމީހާ ސޫޓް ކޭހެއް ދިނުމުން ޒަހާ އޭނަގެ ފަހަތުގައި ފިލާ ހުރި ލަޔާޝާ އެމީހައާއި ދިމާލަށް ކޮށްޕައިލިއެވެ. ލަޔާޝާގެ ކުޑަކުޑަ ސިކުނޑިއަށްވަމުން ދަނީ ކީއްކަން ދެނެގަންނަން އުނދަގޫވީ ނަމަވެސް، ޒަހާ ދާން ފެށުމުން އެދިމާލަށް ދުއްވައި ގަންނަން އެކުއްޖާ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަމަށް ހުރަސް އެޅީ އެ ބޭރު މީހާއެވެ. “ނޯ ނޯ ސްވީޓީ ޔުއާރ އޯލް މައިން ނައު.. ކަމް ހިއާރ..” އޭނަ ލަޔާޝާއާ އެއްވަރަށް ތިރިވުމަށްފަހު ލަޔާޝާ އުރައިލިއެވެ. “އިފް ޔޫ ޑޯންޓް ސްޓޮޕް ކްރައިން އައި ވިލް ހޭވް ޓު ސެޑޭޓް ޔޫ ލިޓްލްވަން.. އިޒް ދެޓް ވަޓް ޔޫ ވާންޓް؟” އެމީހަ ޖީބުން ނެގި ސިރިންޖުގެ ކަށި ދަޅައަޅައިލިއެވެ. ލަޔާޝާ ދެ ފަރާތަށް ބޯހޫރަމުން، ރޮމުން މަންމައަށް ގޮވާ ހަޅޭއްލެވި އިރު ވެސް ފަސް އެނބުރި ބަލައިލުމެއްނެތި ޒަހާ ދިޔައެވެ.

****މިހާރު****

އައިދަންއާއި އަލިޝްކާގެ ވާހަކަ ނިމުނު އިރު ދެމީހުންނަށް ވެސް ތިބީ ރޮވިފައެވެ. ލަޔާޝާ މޫނުމަތީ އަތް އަޅައިގެން ސޯފާގައި އިން އިރު އޭނައަށް ދެވުނީ ގިސްލެވެމުންނެވެ. އެއީ އޭނައަށް އަބަދުމެ ފެންނަމުން ދިޔަ ހުވަފެނެކެވެ. މަންމައޭ ކިޔާ ގޮވި އިރު އަންހެނެއް އޭނަ ދޫކޮށްލާފަ ދާ ތަނެވެ. އެ ފިރެހެންމީހާގެ ނުރައްކާތެރި މަޑުމައިތިރި ބަސްތަކެވެ. އޭނައަށް އެއީ ހަގީގަތެއްކަން އެނގުނީ އެމީހުން ކިޔައިދިނީމައެވެ. “މަންމަ ގެއަށް އައިސް ބުނީ ފްރެންޑެއްގެ ގޭގަ ޔާޝް ބައިންދާފަ އައީ ކަމަށް.. ދެން ބައްޕަ ވެސް ގުޅި މަންމަގެ އެކިޔާ ފްރެންޑްއަކަށް.. ޝީ ސެއިޑް ޔާޝް ހުއްޓޭ.. ދޮންތަމެނަށް ނުބައެއް އުޅޭކަން އެނގުނީ ޔާޝް ނުފެންނަތާ ތިން ދުވަސް ވާން އުޅެނިކޮށް.. މަންމަ ކައިރީ ބައްޕަ އަހަން ފެށީމަ ޝީ ސްނެޕްޑް.. ހުރިހާ އެއްޗެއް ކިޔައިދިނީ.. އެކަމަކު މަންމައަކަށް ވެސް ނޭނގެ މަންމަ ޔާޝް ވިއްކައިލީ ކާކަށް ކަމެއް.. ބައްޕަ އެދުވަހު މަންމަ ވަރިކޮށްފަ ޕޮލިހަށް އެންގީ.. މަންމަ މިހާރު ވެސް ވީ ޖަލުގެ ތޭރިތަކުގެ ފަހަތުގަ..” އަލިޝްކާ ކިޔައިދިނެވެ.

ލަޔާޝާއަށް ރޮވުނީ އޭނަގެ ބަދު ނަސީބުކަން ހިތަށް އެރުމުންނެވެ. “ވައި މީ ކީއްވެ އެންމެން އަހަރެންދެކެ ރުޅި އަންނަނީ.. ކީއްވެ މަންމަ އެހެން ހެދީ؟ މައި ލައިފް ވޯޒް ހެލް އިން ދެއާރ.. އައި ގޮޓް ބީޓެން.. އެންޑް ރޭ** އޯ..ވާރ އެންޑް އޯވާރ..” ލަޔާޝާ ރޮމުން ބުނި ވާހަކައިން އަލިޝްކާގެ ހިތްވިރިގެން ދިޔައެވެ. އައިދަންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައިރު އޭނައަށް އިތުރަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އިތުރަށް ކެތްނުކުރެވުމުން ލަޔާޝާގެ ގައިގައި އަލިޝްކާ ބައްދައިލިއެވެ. ލަޔާޝާ އާއި ކައިރިވާން އައިދަން ކިތަންމެ ބޭނުންވި ނަމަވެސް ކުޑައިރު ކަންތައް ކުރެވުނު ގޮތް ހިތަށް އަރައި އައިދަންއަށް ލަޔާޝާއާއި ކައިރިވާކަށް ނުކެރުނެވެ. “އައިމް ސޯ ސޮރީ.. ޔާޝް އިޓްސް ނޮޓް ޔުއާރ ފޯލްޓް އެހެން ނުވިސްނައްޗޭ.. ބައްޕަ އޭގެ ފަހުން ޔާޝް ހޯދަން ހާދަ މަސައްކަތެއް ކުރިއޭ.. ބައްޕަ ނިޔާވިފަހުން ޔާޝްގެ ދޮންބެ ވެސް ޔާޝް ހޯދަން ވަރަށް މަސައްކަތްކުރި..” އަލިޝްކާ ލަޔާޝާގެ ބޮލުގައި ފިރުމަމުން ބުންޏެވެ.

“ބައްޕަ ނިޔާވީ؟” ލަޔާޝާ ފެންކަޅިވެފައިވި ދެލޮލަކާއިއެކު އަހައިލިއެވެ. އަލިޝްކާ މަޑުމަޑުން ބޯޖަހައިލިއެވެ. “އައިމް ސޮރީ ޔާޝް.. ފަހުން ދޮންބެ ވަރަށް ދެރަވި.. ދޮންބެ ހާދަ މަސައކަތެއް ކުރީމޭ ޔާޝް ހޯދަން.. އަބަދު ވެސް ދޮންބެ މަސައްކަތް ކުރިން ޔާޝް ހޯދަން.. ދޮންބެއަށް ފީލް ވީ މަންމަ ޔާޝްއަށް އެހެން އިރު އެއްވެސް ކަމެއް ނުކޮށް ބަލަން އިނދެވުނީމަ އިޓްސް މައި ފޯލްޓްއޭ.. އައި ޝުޑް ހެވް ޑަން ސަމްތިން އައިމް ސޮރީ..” ލަޔާޝާ ފައި ކައިރީ ކުޑަކަކޫ މައްޗަށް ތިރިވަމުން އައިދަން ރޮވިފައި ބުނެލިއެވެ. އޭރު އައިދަންގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. ލަޔާޝާ ރޮވިފައި އިނދެފައި ވެސް އައިދަންގެ އަތުގައި ހިފައިލިއެވެ. “އިޓްސް އޯކޭ ދޮންބޭ.. ޔޫވާރ ޖަސްޓް އަ ކިޑް..” ލަޔާޝާ މަޑުމަޑުން ބުންޏެވެ. އެހާ ދުވަސް ފަހުން ލަޔާޝާގެ އަޑުން ދޮންބެއޭ ކިޔަ ގޮވައިލުމުން އައިދަންގެ ހިތަށް ފިނިކަން އިހްސާސްވިއެވެ. “ކީއްވެ މަންމަ ޔާޝްދެކެ ރުޅިއަންނަނީ؟” ލަޔާޝާ ހަމަޖެހިލަމުން ސުވާލުކޮށްލިއެވެ. އޭރު ވެސް ލަޔާޝާ އޮތީ އަލިޝްކާގެ ކޮނޑު މަތީ ބޯއަޅައިލައިގެންނެވެ.

“ޔާޝް ދެން އެކަމާ ނުވިސްނާ.. އެއީ މަންމައެއް ނޫން.. އެއްވެސް މަންމައަކަށް ދަރިޔަކާ ދޭތެރޭ އެކަހަލަ ކަމެއް ކުރާކަށް ނުކެރޭނެ..” އައިދަން ލަޔާޝާގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. “ޕްލީޒް ބުނެބަ އޭރުން ނުވިސްނާނަން.. ޔާޝްއަށް މަންމަ ރުޅި އަންނަވަރުގެ ކަމެއް ކުރެވުނީތަ؟” ލަޔާޝާ އަހައިލިއެވެ. އަލިޝްކާ ފުންނޭވާއެއް ދޫކޮށްލިއެވެ. “މަންމަ ބައްޕައަށްވުރެ އެއިޓް އިޔާޒް ކުޑަ ވާނެ.. މާމަމެން މަންމަގެ އުޅުން ހުރި ގޮތުން ބައްޕައާ ދެވީ.. ދެން މަންމަ ބޭނުންނުވީ-” އަލިޝްކާ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުވީ އައިދަން އޭނަގެ އަތުގައި ވިކައިގަތުމުންނެވެ. “މިހާރު ވާ ވަރަށް ރޮވިއްޖެއެއްނުންދޯ.. ހިނގާ ޔާޝްގެ ރޫމް ބަލައިލަން ދާން..” އައިދަން ތެދުވަމުން ބުންޏެވެ. އަލިޝްކާ ވެސް އެ ވާހަކަ ދެއްކުމެއްނެތި ލަޔާޝާގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ކޮޓަރިއާއި ދިމާލަށް ހިނގައި ގަތެވެ. އައިދަންމެން ކިތަންމެ ފޮރުވަން އުޅުނަސް އަމިއްލަ މަންމަ އޭނަ ބޭނުންނުވާކަން ލަޔާޝާއަށް އެނގެއެވެ.

މަންދަމު އަލިވެ ފަތިސްވާން ކައިރި ވަނީއެވެ. ތިން ގަޑި ބައިގައި ފޯނު އެލާރމްވާން ފެށުމުން މައިރީންއަށް ހޭލެވުނެވެ. އެއީ ކައިލްގެ ކަމެއްކަން އެނގުމުން ދަތްކުނޑިވިކައިލައިގެން ދެފައިވަށްކޮށްގެން މައިރީން އެލާރމް ނުނިއްވާ، އަރާމުކޮށް ނިދާލާފައި އޮތް ކައިލްއަށް ބަލަން އިނެވެ. “ފޯނު އެލާރމައްލި މީހާ މިއޮންނަނީ އަރާމުގައި ހުވަފެން ބަލަން.. ރޭގަ ރަނގަޅަށް ނިދުނީކީ ވެސް ނޫނޭ މި ފިރެހެނާ ގުގުރިދަމާވަރުން.. ބާލީހަކުން ސަފޮކޭޓްކޮށްލަންވީ..” ދަތްކުނޑިވިކައިލަމުން މައިރީން އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. މީހަކު ވާހަކަ ދައްކާ އަޑުއިވުމުން ކައިލް ދެލޯ އުނގުޅައިލުމަށްފަހު ހުޅުވައިލިއެވެ. އެއާއެކު އޭނައަށް ހަޅޭއްލަވައިގަނެވުނެވެ.

މައިރީން އިސްތަށިގަނޑު ހާވާލައިގެން އިން އިރު އޭނަގެ މޫނަށް އިސްތަށިތަށް އެޅިފައި ހުރުމުން ބިރުވެރި ފާޑު ޖަހައެވެ. ކައިލް ހަޅޭއްލަވައިގަތުމުން މައިރީން ހަޅޭއްލަވައިގަނެފައި ކައިލްގެ ހަށިގަނޑުގައި ބައްދާލިއެވެ. ގަންނާކުރި ބިރުން މައިރީންގެ އަތް އޭނަގެ ހަށިގަނޑުން ނެއްޓޭތޯ ކައިލް ތެޅިގަތެވެ. އޭރު އޭނަގެ ހިތް ދިޔައީ ރޯމަހެއް ފެނުން ނެގުމުން ތެޅޭހާ ބާރަށް ތެޅެމުންނެވެ. މައިރީން ހީކުރީ އޭނަގެ ފަހަތުގައި އެއްޗެއް ހުރުމުން ކައިލް ހަޅޭއްލަވައިގަތީ ކަމަށްށެވެ. “ކައިލް.. ކައިލް ކޯއްޗެއް ހުރީ..” ބިރުން މައިރީން އަހައިލިއެވެ. މައިރީންގެ އަޑުއިވުމުން ކައިލްގެ ހަޅޭކުގެ އަޑު ހުއްޓުނެވެ. “ޔޫ ލިޓްލް.. ކިރިޔާއޭ މަށަށް ހާޓް އެޓޭކެއް ނުޖެހުނީ..” މައިރީންގެ ކޮނޑުގައި ހިފައި އެނދުމައްޗަށް ވައްޓައިލަމުން ކައިލް ބުންޏެވެ. އޭރު ކައިލް ދިޔައީ ފުންކޮށް ނޭވާލަމުންނެވެ. މޫނު މަތީ އަތް އުނގުޅައިލުމަށްފަހު އޭނަ މޭގައި އަތް ޖައްސައިލިއެވެ. އޭރު ވެސް އޭނަގެ ހިތުގެ ތެޅުން މަޑުނުވެއެވެ. “ދެން އެހެން އަނދިރީގަ ނީންނާތި..” ކަޅިއަޅައިލަމުން ކައިލް ބުންޏެވެ.

ވީ ގޮތް އެނގުމުން މައިރީން ހޭން ފެށިއެވެ. “އިންނާނަން އެހެން އަދި ވެސް… ފޯނުގަޑު ތިން މިނެޓުން ތިން މިނެޓުން އެލާމަށްލާފަ އަރާމުގަ ނިދާފަ އޮންނަންޏާ ވާނީ ތިހެން… ބޭފުޅާ ގުގުރިދަމާވަރުން ވެސް ނިދެނީކީ ނޫނޭ…” މައިރީން ބުންޏެވެ. މައިރީން އެހެން ހެދީ ކީއްވެގެންކަން އެނގުމުން ކައިލް ލޯއަޅައިލިއެވެ. އެއްމިޔަކަނުން ހީލަމުން މައިރީންގެ ހަށިގަނޑު މައްޗަށް ވެއްޓިގަތެވެ. “މްމް ދެން ކަންފަތްދޮށުގަ ގުގުރިދަމާނީ.. އޭރުން ވަރަށް ރީއްޗަށް ނިދޭނެއެއްނުން ދޯ..” މައިރީންގެ ކަންފަތްދޮށުގައި ބޮސްދެމުން ކައިލް ބުންޏެވެ. “ދެން ނޯ ކައިލްލް.. ތެދުވަންވީ.. ދިގު ބަރު މީހެއް މައި ގައިމަތީގަ އޮތީމަ މައިއަކަށް ނުނިދޭނޭ..” ކައިލްގެ އިސްތަށިކޮޅަށް ދަމައިލަމުން މައިރީން ބުންޏެވެ. “އަހަރެން ބިރުގަނުވައިލީމަ އެކަމުގެ އަދަބު މިދެނީ.. ދެން ތިރީސް މިނެޓަށް ކެތްކޮށްލާ.. ނަމާދަށް ގޮވީމަ އަހަރެން ދާނަން..” ހިނިއައިސްފައި ހުރެ ކައިލް ބުންޏެވެ. މައިރީން ރުޅިގަދަވެގެން އެތަކެއް އެއްޗެކޭ ކީ އިރު ވެސް ކައިލް ކަހާތާ ހިރުވާ ނުލިއެވެ. އެންމެފަހުން ދެމީހުނަށް އެހެން އޮވެގެން ނިދުނެވެ.

ކައިލްއަށް ހޭލެވުނީ ފަތިސް ނަމާދުގެ ވަގުތަށް ފޯނު އެލާރމްވާން ފެށުމުންނެވެ. އެލާރމްވި ކަމެއް ނޭނގި ކައިލް އެލާރމް ކަނޑައިލުމަށްފަހު އެނދުމަތީ ތެދުވެ އިށީނެވެ. ލޯ އުނގުޅައިލުމަށްފަހު އޭނަ މައިރީން އާއި ދިމައިލަށް ބަލައިލިއެވެ. ފެންވަރައިލައިގެން ވުޟޫކޮށްގެން އައިސް ކައިލް އެނދުމަތީ އިށީނެވެ. މައިރީންއަށް ނިދުނީ އޭނަ ދެކެ ރުޅިގަދަވެގެން އެތަކެއް އެއްޗެކޭ ކިޔާފައެވެ. އެހެންކަމުން ގޮވީމަ ވެސް ރުޅިގަދަވާނެކަން ކައިލްއަށް އެނގެއެވެ. އެނދު ކައިރީ ހުރި މޭޒުގައި ހުރި ފެންފުޅި ފެނުމުން ކައިލްގެ ބޮލަށް މޮޅު ހިޔާލެއްއައެވެ. އެއްމިޔަކަނުން ހީލައިގެން އިނދެ އަތަށް ފެންގޮއްޓެއް އަޅައިލުމަށްފަހު އައޫޒު ކިޔައި މަޑުމަޑުން މައިރީންގެ މޫނަށް ބުރުވަން ފެށިއެވެ. “މިނީ އަވަހަށް ހޭލާ.. ރުޅި ނާންނައްޗޭ އެނގޭ.. ރުޅި އެއީ ޝައިތާނާގެ އަމަލެއް.. އަވަހަށް ފަތިސް ނަމާދަށް ހޭލާ.. ﷲ އަކްބަރު..” މައިރީން އެސްފިޔަތައް ތަޅުވައިލި ތަން ފެނި ކައިލް ކިޔައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (24)

  1. Eyesher

    Omg… Kailllll… 🤣🤣🤣🤣🤣
    Can’t wait for the next ep…

    1. Maash
      Eyesher

      Hehe Kail dhww.. Next ep Insha Allah Thursday ga💜🦋

  2. Thiththi

    Yaash ah hageegaiy en’gunee dhoa! Miee varah asaru kuraa kahala bayeh! Mi 3 beynge bai kiyaafa rovey eba!! Dhen vaane gotheh en’geyne iregge inthizaaruga hama! Kuree vaahakaiga ran’galhu kuran buni kankan ran’galhu koffa hutta fennaathi varah ufaavey

    1. Maash
      Thiththi

      Yes yaash ge hageegai engijje mihaaru.. vrh dhera vaagothakah mi Bai miothy dhww.. Insha Allah dhen oii Bai Thursday ga.. shukuriyya thiththi dhen vx ragalhu kuran jehey bayeh iniyya bunahchey eyrun maash ah vx ragalhu kohlan engeyny💜🦋

  3. Shiu

    Mi part vx varah Reethi Masha Allah…
    Oooh, I Knew Layaasha was Yaash from the very start, 😅 Ekamaku dhw Zahaa vx haadha nulafaey, emme 5 aharuge kuda kujjakah ehn hedhi iru hithey mikiyaa gunavan nethee kanneynge dhw Adhi amilla dhari ah 🥲,pis pis 🤬😒 Naseebeh e nubai meeha gandu jalah leekan vx, Layaasha kujjah bappa aaa vx dhimaa nuvi 🥲
    Kail aaa Mai haadha majaley dhw 🤣 There Koalhun gandu makes my day, hehehe 😅 Kail thi kurany moya kameh, thee alifaanah patrol elhun fadha kameh, 😂 I can Imagine Mai ge reaction, Lmao🤣😂 Haadha majaley Ekamaku Kail E kiyaa echehi 🤣
    When Next??? Curiously waiting for the next part.. Appreciate your hard work 🥰💗
    Lysm Maash🫶🏻🥰

    1. Maash
      Shiu

      Thankyou bodukoh darll.. vrh ufaa vejje mi part reethi Kan engunyma.. haha congrats on guessing 💜 zahaa aslahvx vrh goas dhw.. emme kudavegen insaanaka medhu kankura gothakah vx noon eyna layaasha aa medhu kanthah kury.. yeah layaasha ah bappa a meet vx nuvi.. ekam naseebakun dhombe aa dhontha ah bahdhalu vejje..
      Hehe Kail men dhen majaa vaane ehnun.. abadhu koalhey 2 bulha eii.. ragalhah vx alifaanah dharualhany ehnun Kail e.. mai heylaafa rola kaalaany kanneyge😭
      Next part Insha Allah Thursday ga.. thanks again darll.. love you moreeee 💜🦋

  4. Your fav bab

    Alhe zahaa akee insaaneh thr? Layaa ah ehen hadhaigen nuvaane ehnu😭😭😭
    But now she’s reunited with her sis and bro😌!
    Mai men adhives bodeh nuvey dhw, yaarabbi!
    Hehe.. Kail ge logic haadha sense make kureyey dhw😹 bro reechah loabin mai ah govai fiyya thedhu vedhaane kanne bodaa nuhaaka! Ekm bro just splashed water all over her face😂😂
    Waiting to see her reaction!
    When next?
    Ly💗

    1. Maash
      Your fav bab

      Insaaniyyathukan huri meeheh amilla dhariyakah eheneh nahadhaane ehnun.. yeah she is..
      Kail he boluga ekan sense make kurey.. rugya kuranynun e rulhi aisdhaane nethy😭.. next part ga ingeyne her reaction..
      Next part Insha Allah Thursday ga.. love you moreeee 💜🦋

  5. cutieeeeeeeeee

    kail is sooo funnyyy
    heehee bandah thadhu vejje
    curiously waiting for next partt

    1. Maash
      cutieeeeeeeeee

      Kail is always funny hehe😭😭
      Next part Insha Allah Thursday ga.. 💜🦋

  6. Rana Lathyf

    AHAHAHAH OMG!! I LIVE LAUGH & DIE FOR MAIREEN & KAIL GE SCENES. MI KAIL DHWWWW

    1. Maash
      Rana Lathyf

      Thanks a lot darll.. adhi vx Kail and mai ge majaa scenes annaane hehe😭

  7. 💜💜💜

    Heyyy Maash ✨
    Ma sha Allah 💜💜

    Your stories made me so emotional. May Allah ﷻ bless you immensely for your hard work. I truly appreciate your hard work, patience, confidence — everything. I’m so, so grateful to our beloved author 🤍

    Hearing Lash’s life completely melted my heart. I broke down into tears… I really cried after hearing her story. Subhanallah. In sha Allah 💜
    I’m so relieved and happy that she is now back with her family safely. I truly wish she meets her father in Jannah 🤍🤲

    And Dhunya & Yaadhin… I really like them both, though they’re trying for a baby a little late. Still, may Allah grant them what’s best at the best time 💜

    Honestly, this is one of the best stories in the world — truly unforgettable ✨
    When is the next one, sis? 💜👌

    Lysm 💜💜💜
    TC of yourself
    Byeeeee 🌸
    💜💜💜

    1. 💜💜💜
      💜💜💜

      Sry so sry Lash is Yaash so sorry A typing mistake

    2. Maash
      💜💜💜

      Hii darlll..
      Awww thankyouuu sooo muchhhhh… For Ur kind wordsss.. it made my day for sure..
      Yes yaash had a terrible childhood Insha Allah everything will be better from now on.. let’s wait and see how her story continues dhw..
      Dhunya and Yaadhin ge thankolheh dhen oii baiga fennaane.. Yaadhin ge Kuda massala eh huryma baby nulibigen ulheny.. let’s see how it works out dhww..
      Awww thankyouuu soo much.. I’m so happy U think that way.. I’m trying my best to make it better.. next part Insha Allah Thursday ga..
      Love you so much darll..
      Tc💜🦋

    3. Maash
      💜💜💜

      💜🦋

  8. Shimmer

    Hey 🦋
    How are you???
    Vvv reethi mi part ves … Loved it 💜😊
    Zahaa is such a bad mother… Such ppl doesn’t even deserve to be called as mother😡
    I feel so bad for layaashaa 😭
    Kail and mai dhw🤣🤣…. I want see more their moments (romance also 😉😅)
    Curiously waiting for the past
    Love you and take care sissy💜

    1. Maash
      Shimmer

      Hey shimmerr..
      I’m doing fine.. I hope Ur doing well..
      Thankyou so muchh I’m happy U liked itt..
      Agreed with U.. zaha is the worst.. I feel bad for her too.. but she reunited with her siblings so it’s ok dhw..
      Hehe Kail menge Bai annaane adhi vx don’t worry..
      Next part Insha Allah Thursday ga.. love you more darll💜🦋

  9. Anonymous

    rude b**chy author who writes the worse story
    maash ah vanayeh dhen yaa emme hadi vaahaka liyaa bain 1 vana

    1. Maash
      Anonymous

      “Only those who cannot express themselves intelligently would resort to such crude substitutions in vocabulary.” Aron Warner. If you think using bunch of curse words makes you cooler, it does not.. it only shows how immature u are..💜🦋

    2. Shimmer
      Anonymous

      Of you this is worse story so Mr/Ms/Mrs whatever you are stop reading this … Why you are spending your precious time on such a bad story ?? Huh 😡😡😡😡 or are you having a lot of free time to waste ???
      Or did the author go to you pleading to read the story ??
      If you can’t appreciate someone’s hardwork then at least don’t disrespect it ….
      How will you feel if I do the same to your work in which you are giving your 100%???
      I’m not saying you should love it, there are stories which I also don’t like but I respect their work ??? Do you have any idea how this could impact on someone’s mental health???
      I’m sorry if my words hurt you but I don’t regret my words ..
      Even if you hate it just learn to respect it

  10. Anonymous

    cringe writer

    1. Mi'Eeee
      Anonymous

      True Guys!!! “A person couldn’t be known by just hearing or seeing…The painful ,The sorrows they take We will know when it’s tricky to figure out “

  11. Maash

    Hey guys please don’t let this comment section turn to an argument like the previous one.. some people are just looking for attention in comment section just ignore them Okey.. and please be respectful towards eachother don’t drop to their level💜🦋

Comments are closed.