Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 14

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 14, 2026 3 Mins Read
11 Comments

އެޒިކިއެލްގެ ވާހަކަ އިވި މިކްޔާގެ ހިތަށް ފިނިވިއެވެ. “ތޭންކްސް…” މިކްޔާ ހިނިތުންވެލަމުން ޝުކުރު އަދާ ކުރިއެވެ. “ހެހެ. ވެލްކަމް. ދެން ހިނގާ ގެއަށް. އަހަރެން މިކްޔާ ގެއަށް ގެންގޮސް ދޭނަން” ވެލިގަނޑުމަތިން ތެދުވެ، ވެލިތައް ފޮޅާލަމުން އެޒިކިއެލް ބުނެލިއެވެ.

(14 ވަނަ ބައި)

“ބައުލްބީގެ ހަނދާނުގަތަ މިއަދު މާ ހެޔޮ ވީތި؟ މިއަދު މިއީ ކޮން ދުހެއްތަ އަނެއްކާ؟ ބައުލްބީގެ އުފަން ދުވަސްތަ؟” އަނގަމަތީގައި އަތް އަޅާލަމުން މިކްޔާ ބުނެލިއެވެ. “އަނެއްކާ. ޕިސް ޕިސް. ކިތޭ ހެޔޮ އެދިގެން އުޅުނަސް މީނަ ޖެހޭނެ މަށަށް މަލާމާތެއް ކޮއްލަން. އެހެންނޫނީ ހަމަ އުނދަގޫވަނީ ދޯ؟” ބޯހޫރުވާލަމުން އެޒިކިއެލް ބުންޏެވެ.

“އާނ. އަތްފައި ކަހާފަ. ބޮލުގެ އިސްތަށި ފައިބާފަ. ދަތްހީލި ކަރުވާފަ. ލޯލިތައް ކޮޅަށް ޖެހިފަ. ނޭނގެ ވާގޮތެއް ބުނަންވެސް” މައުސޫމް ގޮތަކަށް މިކްޔާ ބުނެލިއެވެ. މިކްޔާގެ މައުސޫމް ކަމުގެ ތެރޭގައި ގެނބެން އުޅޭހެން ހީވާން ފެށުމުން އެޒިކިއެލް ހިނގައިގަތެވެ. “ދެން އަންނަންވީނުން؟” ފަހަތަށް އެނބުރިލާފައި އެޒިކިއެލް ބުނެލިއެވެ. ހީލަމުން މިކްޔާ ހިނގައިގަތެވެ.

ބޭރުގައި އުޅިފައި ގެއަށް ވައިން ރަޝާގެ މޫނުމަތީގައިވީ ފޫހިކަމެވެ. “ތިޔަ ގުޅުއްވި ނަންބަރ މިވަގުތު ވަނީ ނިއްވާލާފަ-” މިފަހަރުވެސް ލިބުނީ ހަމަ އެޖަވާބެވެ. “ޕިސް. މި ދާއިޔަލް ކޮންތާކަށް ވަދެގެންތަ މިއުޅެނީ؟” ދާއިޔަލްގެ ޙަބަރެއް ދަބަރެއް ނެތުމުން ރަޝާ ހުރީ ރުޅި އައިސްފައެވެ.

“ދަރިފުޅާ؟” މެދު އުމުރުގެ އަންހެނަކު ގޮވާލި އަޑު އިވުމުން ރަޝާ އިސް އުފުލާ ބަލައިލިއެވެ. ސޯފާ ކައިރީގައި އިން ފުރޮޅުލީ ގޮނޑީގައި އިން އަންހެން މީހާއަކީ 50 ގެ އަހަރުތައް ގުނަމުން ދާ މީހެކެވެ. ކަޅު ކުލައިގެ ހެދުމަކާއި އެކު ބޮޑު ވަށް ބުރުގަލެއް އަޅައިގެން އިން އޭނާގެ މޫނުމަތީގައިވީ އެކަނިވެރިކަމެވެ. އޭނާ ލައިގެން ހުރި ހެދުމުގައި ހޮޑުހެން ހީވާ ކަހަލަ އެއްޗެއް ވެސް ހުއްޓެވެ. އެއްފަޅި ވާގި ނެތިފައި އިން ރީޝާއަކީ ރަޝާގެ މަންމައެވެ.

“ހޫމް. މިހާރު ކިހިނެތްވީ؟” ފޫހި ރާގެއްގައި ރަޝާ އަހައިލިއެވެ. “ދަރިފުޅާ. މަނ.. މަންމަ މީނީ ވަރަށް ހައިވެފަ…” އެހެން ބުނެވުނު އިރު ރީޝާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. “ކީއްކުރަން؟؟؟ ކާނެ ކަމެއް ނެތް” ފޫހި ރާގެއްގައި ރަޝާ ބުންޏެވެ.

“ދަރިފުޅާ… ހެޔޮނުވާނެ… މަންމަ ނުކައި އިންނަތާ މިހާރު 2 ދުވަސް ވަނީއޭ…” ރޮވިފައިވާ ހާލުގައި ރީޝާ ބުނެލިއެވެ. “ހޫނނ. ދެން ކާން ދޭބަލަ އިމްރާން ގާތަށް. އެއީނުން ހުރިހާ ވެސް މީހަކީ” ކަޅި އަޅައިލަމުން ރަޝާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލިއެވެ. އައު ދުވަހަކަށް ދުނިޔެ ތައްޔާރު ވާން ފެށިއެވެ. އިރު އެރި އިރުވެސް ދާއިޔަލް އޮތީ ހޭލާއެވެ. އޭނާގެ ޙިޔާލުގައި ވީ ލަޝްކާއެވެ. ލަޝްކާ އުޅުނު ހާލު ހިތައް އަރާފައި ހަމަ ހިތުގައި ރިހެނީއެވެ. ލަޝްކާ އުޅެ ބޮޑުވީ ކޮން ހާލެއްގައި ހެއްޔެވެ؟ އެހީވާނެ އެއްވެސް އާރެެއް ޔާރެއް ނެތެވެ. މަންމައާއި ބައްޕަ ދުނިޔޭގައި ހުރެ ޔަތީމު ހާލުގައިވީ ބަދުނަސީބު ވެރިއެކެވެ. ނަމަވެސް ދެން އެހެނެއް ނުވާނެއެވެ. ދެން ލަޝްކާ ހުންނާނީ ދާއިޔަލްގެ ރައްކާތެރި ކަމުގައެވެ.

އެނދުގައި ކުރުގެޅިލައިގެން އޮތް ލަޝްކާގެ ދެލޯ މަރާ ބާރު ކޮއްލައިގެން އޮތް އިރު އެއްއަތުން ކަރުގައި ފިރުމަމުން ދިޔައެވެ. އިރު އިރު ކޮޅުން ހިކިކޮށް ކެއްސާލާއިރު ކެއްސާލާ އިރަށް އޭނާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ކުރެހިލައެވެ.

ދޮރު ހުޅުވާލާފައި ވައިން ދާއިޔަލްއަށް ލަޝްކާ އޮތް ގޮތް ފެނި ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލަޝްކާ ގާތުގައި އިށީނެވެ. “ލަޝް؟؟؟ ކިހިނެތްވީ؟؟ ބަލީތަ؟” ލަޝްކާ ގާތުގައި އިށީނދެލަމުން ދާއިޔަލް ވާހަކަ ދައްކާލިއެވެ. ލަޝްކާގެ ނިތުގައި އަތް ޖައްސާލީ އިރު ކަމަކު ދާކަށް ނެތެވެ. ލަޝްކާ އޮތީ ހުމާ ފިހި ފިހިއެވެ.

“ލަޝް؟؟؟ ތިއޮތީ ހުން އައިސްފައެއްނުން؟ ކީއްވެ ގޮވާވެސް ނުލާ؟؟؟” ދާއިޔަލްގެ އަޑުގައިވީ ހާސްކަމާއި ކަންބޮޑުވުން ލަޝްކާ އަށް އިހުސާސްވެސް ވިއެވެ. ނަމަވެސް ފާއިތުވެ ދިޔަ ހަތް އަހަރުވެސް އޭނާ ބަލިވާ ކޮންމެ ފަހަރަކުވެސް އުޅުނީ އެކަންޏެވެ. މިހާރު އޭނާ އެކަމަށް ހޭނިފައިވާ ފަދައެވެ.

“ލަޝް…؟” ދާއިޔަލް އަނެއްކާވެސް ވަރަށް ލޯބިން ގޮވައިލިއެވެ. ނަމަވެސް ވާހަކަ ދެއްކޭ ވަރަށް ވުރެ ލަޝްކާގެ ކަރުގައި އަޅަމުން ދިޔަ ވޭން މާބޮޑެވެ. ލަޝްކާ ކެއްސާލުމާއި އެކު އެސުވާލުގެ ޖަވާބު ދާއިޔަލް އަށް ލިބުން ފަދައެވެ.

ދުވެފައި ގޮސް ދާއިޔަލް ވަނީ ފާހާނާއަށެވެ. “ބާތް ޓަބް” އަށް ފެން އަޅާފައި އައިސް އަލަމާރިން ގެނައި ގަނޑުފެންތައް އޭގެ ތެރެއަށް ލިޔެވެ. އަދި ހަލުވި ކަމާއި އެކު ގޮސް ހޫނުކޮށް މައިލޯ ތައްޓެއް ގިރާލަ ދިނެވެ.

“ލަޝް.. ހިނގާ ފާހަނަޔަށް. މިހާރު ތިއޮތީ ހުން އައިސް ރަތްވެފަ” ލަޝްކާ އަތްދަނޑިމައްޗަށް ލަމުން ދާއިޔަލް ބުނެލިއެވެ. ލަޝްކާގެ ހަށިގަނޑު ބާތް ޓަބް އަށް ލުމުން ވީ ފިނިން ލަޝްކާ ކުކުރައިލިއެވެ. “ލަޝް… ބަސް އަހާ. އޭރަށް އަވަހަށް ރަނގަޅުވާނީ” ޖީބުގައި އޮތް ޕެނަޑޯލް ކާޑު ނަގަމުން ދާއިޔަލް ބުނެލިއެވެ.

(ނުނިމޭ)

ފަނަރަވަނަބައިގެ ތެރެއިން:

“ދަރިފުޅާ. ދުނިޔެއަކީ އިމްތިހާނެއް. ދުނިޔޭގަ މިކަހަލަ ކިތައްމެ ކަމެއްވާނެ. ކެއްތެރިވާން ވާނެ. މާތް ﷲ ވޮޑިގެންވަނީ ކެއްތެރިންނާއި އެކު. ކެއްކުރަންވާނެ. އަމިއްލައަށް މަރުވުން އެއީ ހައްލެއް ނޫން. އެއީ އަމިއްލަ ނަފްސަށް ދެވޭ އިތުރު އަނިޔާއެއް. ވިސްނާލަބަލަ ދަރިފުޅާ އާޙިރަތާއި މެދު…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް

Next

ހިތް އެދޭހާ ކަމެއް.. (27 ވަނަބައި)

Next
January 15, 2026

ހިތް އެދޭހާ ކަމެއް.. (27 ވަނަބައި)

Previews
January 14, 2026

ކިޔުންތެރިންގެ ސަމާލުކަމަށް

11 Comments!

  1. Miss jennie says:
    January 14, 2026 at 11:35 pm

    Mi part ves varah reethi. Mikiya and ezikiel so cute. Rashaa they thihaa aniyaa veri nuvebala pls. Rashaa imraan ge nan ebunee keevvebaa? Dhaaiyal lashka dheke haadha loabiveyey dhw. Curiously waiting for next part??

  2. Your fav bab says:
    January 15, 2026 at 10:31 am

    Hey shier!!
    How’s you?
    Mi part ves hama best!
    Rasha omg! She’s so cruel! Hmm.. What’s with imran here? Maybe lash’s her step sis? Well kk idk!
    Awn dhaaiyal! that’s the kind of man every girl needs😁💗 and lash’s so lucky!
    When next?
    Ly

  3. shihaamaa ali shihaamaa ali says:
    January 15, 2026 at 11:12 am

    Assalaamu alaikum kiyuntherin…
    Budha dhuvahun feshign komme dhuvahaku bayeh genessdheyne vaahaka alhugandu kiyuntherin gaathuga bunelin.. namavess hithaamayaai eku bunelan othy alhugandu kuda break eh nagaa vaahaka.. angaara dhuvahun feshigen alhugandu miulheny varah bodah balive.. mi bai lass v vess alhugandu hospital ga othumun.. due to the injections and iv’s i got my hands has been very swollen that lifting the laptop has become very hard for me.. i will start uploading as soon as i’m well in sha allah.. keep me in your duas 🫶🏻

    1. Your fav bab says:
      January 15, 2026 at 11:21 am

      GWS shierr!
      May allah gives you a speed recovery
      And don’t you stress yourself just focus on your health too!
      I’ll wait till ur perfectly fine🙂

    2. 🖤🥀 says:
      January 15, 2026 at 1:36 pm

      So sorry to Hear that Schi_Her🤍🥀My Beloved Author..Who ‘s Making A sunshine in Ur Tales I reaLly like Ur stories… It’s so sad that Ur taking a Break.. Shafakillah 🫶🤍May Allah vains away all Ur pains… Inshallah 🖤🥀 You ‘ll be Fine soon as possible!!

  4. Shaba_73 says:
    January 15, 2026 at 1:04 pm

    I AM SO SAD TO HEAR THAT 😢😭
    EVERYTHING WILL BE FINE INSHA ALLAH ☝🏻❤️
    SHAFAKALLAH . MAY ALLAH BLESS YOU A SPEEDY RECOVERY AND COME BACK EVEN STRONGER THAN EVER ❤️ AND IT’S OK TO TAKE A BREAK.. YOU HAVE TO FOCUS ON YOUR HEALTH TOO! WE ALL READER’S ARE WITH YOU! AND WE ALL READER’S ARE WAITING TO SEE YOU BACK IN A GOOD HEALTH.. I’ll BE WAITING TO SEE YOU SOON IA ☝🏻❤️
    TAKE CARE OF YOUR SELF LYSM ❤️☺️
    BYE ❤️✌️

    1. 🖤🥀 says:
      January 16, 2026 at 9:11 pm

      Shafakillah is for Gurl & Shakallah is For Boyyy…Dude 😎

  5. Shaba_73 says:
    January 17, 2026 at 8:01 am

    SHAFAKILLAH*

  6. Shaba_73 says:
    January 17, 2026 at 8:04 am

    Schiher is wrong shiherr is correct dude 😬😒

    1. 🖤🥀 says:
      January 26, 2026 at 12:31 pm

      Sorry, 😔 A typing mistake Thx for telling Ma’am..

  7. Shira says:
    January 24, 2026 at 7:50 pm

    Shafakillah🖤

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 13←


All Right Reserved!