ތި ސޫރަ ނޫން 30
* “އެކަމަކު ތިކަމަށް އަހަރެން ވެސް އެއްބަސްވަން.. އެކަމް މިގޭގައި ހުންނާކަށް ބޭނުމެއް ނޫން. ނަވާލަށް މީހުންގެ ބަސް ރައްދުވާން ބޭނުމެއް ނޫން..” މިޝްލާ ހާމަކުރީ ހަގީގަތެވެ. އޭނާއޭ ކިޔައިގެން ކޮންމެ އެއްޗެކޭ ކިޔަސް ނަވާލޭ ކިޔައިގެން އަޑުއަރަން އޭނާ ނޭދެއެވެ. ނަވާލް ކުޑަކޮށް ހިނިތުންވެލިއެވެ. “އެންމެ ރަނގަޅު.. ތި ނިންމުން ބަދަލުވެއްޖެނަމަ މިލްރީޝް ވޭލީ އަބަދުވެސް މިޝްލާއަށް މަރުހަބާ ކިޔާނެ..” ނަވާލް ބުނެލިއެވެ. މިޝްލާ ކުޑަކޮށް ހީނލާފައި ބޭރަށް ނިކުތެވެ. މިޝްލާ ލައިދޭންދާން ހިތް ގޮވިޔަސް އެކަމަށް މިޝްލާ ދެކޮޅުހަދާނެކަން މިއީ ރޭގަނޑު ފަދައިން ނަވާލަށް އެނގެއެވެ. މިޝްލާ ނިކުމެގެން ދަންދެން ދޮރާއި ދިމާއަށް ބަލަން ނަވާލަށް އިނދެވުނެވެ.*
މަސައްކަތުން ލިބުނު ބްރޭކް ގަޑީގައި މިޝަލް ސެޓިސްފައިޑް ފިހާރައަށް ވަންނަން ދިޔައިރު ފިހާރައިގެ ނަންބޯޑު ހަލާކު ވެގެން ބަޔަކު މަސައްކަތް ކުރަނީއެވެ. އެކަކު ހަރުގަނޑަކަށް އަރައިގެން ހުރިއިރު އަނެކަކު ތިރީގައި ހަދަންވީ ގޮތް ކިޔައިދެމުންދިޔައެވެ. މިޝަލް އޮރެންޖް ޖޫސްޕެކެޓަކާއި ޗިޕްސް ޕެކެޓެއް ނެގީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. ހުދު ގަމީހުގައި ދަލުގެ އަސަރު ކޮންމެވެސްވަރަކަށް ފެންނަން ހުރިއިރު ނިތްކުރީގައިވެސް މުތީތަކެއް ފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ. ފައިސާ ދައްކާފައި ނިިކުތްއިރު މަސައްކަތް ކުރަން ތިބި މީހުން މިހާރު ފެންނާކަށް ނެތެވެ. އަޅައިގެން ހުރި މާސްކު މިޝަލް ނައްޓާލީ ދެފަރާތް ރަނގަޅަށް ބަލާލުމަށް ފަހުގައެވެ. މެންދުރު ނަމާދަށް ބަންގި ގޮވިތާ އިރުކޮޅެއް ފަސްކަމުން މަގުމަތިން ވެސް މީހަކު ހިނގާބިނގާވެ އުޅޭތަނެއް ނުފެނެއެވެ. އެއީ ވެސް ނަސީބެކޭ ހިތަށް އެރިއެވެ. ފިހާރަ ކުރިމަތީ ހިޔާދީފައިވާ ތަންކޮޅެއްގައި އިން ޖޯއްޔެއްގައި އިށީނދެ މިޝަލް ޗިޕްސް ޕެކެޓް ކަނޑާލިއެވެ. އަދި ފޯނުން ޓިކްޓޮކް ބަލަމުން ކާންފެށިއެވެ.
ބަލަމުންދިޔަ ޓިކްޓޮކަށް އޭނާގެ ސަމާލުކަން ނުދެވުނީ ޚިޔާލަށް އަރާ ފައިބަންފެށި ކަންކަމުންނެވެ. މިޝްލާ މިކޮޅުގައި އުޅެންޏާ ނަވާލާއި ރީއަލްއަށް އޭނާގެ މަރުގެ ޚަބަރު ވާނީ ލިބިފައެވެ. ވީމާ އެ މީހުންގެ ކުރިމައްޗަށް އަރާ އޭނާއަކީ ކާކުކަން ބުނެދެވޭކަށް ގައިމުވެސް ނެތެވެ. މަޑުކޮށްބަލާށެވެ. އެންމެން މިތާ އުޅޭއިރު މިއަލް ކޮބާހެއްޔެވެ.؟ އެކުއްޖާ ނުފެންނަނީ ކީއްވެގެންހެއްޔެވެ.؟ އެއްމާބަނޑު ދެކުދިންގެ ދެމެދުގައިވާ ގުޅުމަކީ އާދަޔާޚިލާފް ގުޅުމެކޭ ކިޔާއަޑު އޭނާ ވެސް އަހައެވެ. އެހެންވިއްޔާ މިއަލްއަށް އޭނާ ފެނި އޭނާއަކީ ކާކުކަން އެނގިއްޖެނަމަ އޭނާ ގަބޫލު ކުރާނެހެއްޔެވެ.؟ އޭނާދެކެ ލޯބިވާނެ ހެއްޔެވެ.؟ މިޝަލްގެ ހިތުގައި އެފަދަ ސުވާލުތައް ދައުރުވާން ފެށުމުން އިހުސާސްވީ އޭނާގެ އެކަނިވެރިކަމެވެ. ލޯބިވާނެ ފަރާތެއް އޭނާވެސް ބޭނުމެވެ. ހަމައެއާއެކު ޝަފްވާނުގެ ސޫރަ އައިސް ސިކުނޑީގައި ޓަކިދޭންފެށިއެވެ. އިންސްޓަގްރާމުން ޝަފްވާނުގެ އައިޑީ ކުޑަކޮށް ހާވާލީ އާ ކަމެއް ފެނޭތޯއެވެ. އެހެންނަމަވެސް އާ އެއްޗެއް ނެތެވެ. ޝަފްވާން އާދަޔާޚިލާފަށް ސޯޝަލް މީޑިޔާ އާއި ދުރު ދުވަސްކޮޅެކެވެ. ސަބަބަކީ ކޮބައިކަން ހޯދަން ބޭނުންވިޔަސް އޭނާއަށް އެކަން ވަކި އިނގޭނީ ކިހިނެތް ހެއްޔެވެ.؟
އޭނާ ކައި ނިމިނިމި އިންދާ އެދިމާއަށް މީހަކު އަންނަނިކޮށް ފެނުނެވެ. މިޝަލް މާބޮޑަށް އަޅައެއް ނުއްޔެވެ. ބިދޭސީ މީހަކަށް އޭނާގެ މޫނު ފެނުނަސް ވާނީ ކިހިނެއް ހެއްޔެވެ.؟
ވީޑިޔޯ ކޯލެއްގައި އެދިމާއަށް އައި ތިރީސް ހަތް އަހަރުގެ އަރުޖުނަށް ޖޯލީގައި އޮތް މިޝަލް ފެނި ހައިރާންވިއެވެ. އެހެންޏާ ގަވައިދުން މި ފިހާރައަށް އަންނަ ރީއަލްގެ ކޮއްކޮ މިއަލް ނުފެންނަތާ ކޮން ދުވަހެއް ހެއްޔެވެ.؟ މިއަލްއާމެދު އޭނާ ދެކެނީ ކޮއްކޮއެއް ފަދައިންނެވެ. ރީއަލްއެކޭ އެއްފަދައިން އެހާ ހިތްހެޔޮވެފައި މަޑުމައިތިރި ޚުލްގުހެޔޮ ކުއްޖެކެވެ. ވާހަކަދައްކަމުން އަރުޖުން ހިނގައިގަތީ ކޯލު ނިންމާފައި ހާލުއަހުވާލު އަހާލަން ގަސްތުކޮށްގެންނެވެ.
އަރުޖުން ކެމެރާ ބަދަލުކޮށްލާފައި ފިހާރައިގެ ނަންބޯޑު ހަލާކުވެފައި ހުރިވަރު ދައްކާލިއެވެ. ކޯލުގެ އަނެއް ކޮޅުގައި ހުރި ޔައުލާން އެއަށް ބަލާލައިފިއެވެ. ނަމަވެސް އޭނާގެ ލޮލުގައި ނަން ބޯޑަށް ވުރެ ކުރިން އަޅައިގަތީ ޖޯލީގައި އޮތް މިޝަލްއެވެ. ނަންބޯޑަށް ހަދަންވީ ގޮތް ކިޔައިދީދީ ހުރި ޔައުލާންގެ ޖުމްލަ ބުރިވިއެވެ. ދެލޯ ތަންމިނަށް ހުޅުވާލާފައި އޭނާއަށް ފޯނު މޫނާއި ކައިރިކޮށްލެވުނީ ޔަގީން ކުރަން ބޭނުންވި ވަރުންނެވެ.
“މިއީ އަނޭ އަރުޖުން.. ތަންކޮޅެއް ކައިރިއަށް ޖެހިލާފަ ބޯޑު ދައްކާލަބަލަ..” ސީދަލަށް ބުނާކަށް ޔައުލާނަކަށް ނުކެރުނެވެ. މިހިނގާ ކަމުގެ ކުޑަވެސް ޝައްކެއް ނެތި އަރުޖުން ވެރިޔާގެ ބަހަށް ބޯ ލެނބިއެވެ. ތަންކޮޅެއް ކައިރިއަށް ޖެހިލާފައި އޭނާ ފޯނު މަތި ކޮށްލި ކޮށްލީނުން މިޝަލް ފްރޭމުން ބޭރުވެ މިހާރު ފެންނަނީ އުޑުގެ ބޮޑު ބަޔަކާއި ފިހާރައިގެ ނަންބޯޑު އެކަންޏެވެ.
“ނޫނޭ އަރުޖުން މިހާރަކު ނުފެނޭ.. ތަންކޮޅެއް ފޯނު ތިރިކޮށްލަބަލަ..” ޔައުލާންގެ އިރުޝާދާއި އެއްގޮތަށް އަރުޖުން ފޯނު ތިރި ކޮށްލިއެވެ. އެވަރުން ވެސް ސާފުކަމާއެކު ޗިޕްސް ކަމުން ދިޔަ އަންހެންކުއްޖާ ޔައުލާނަށް ފެންނަގޮތެއް ނުވިއެވެ. މާސްކު ނާޅާ ހުރުމުން ވަކިކުރަން މާ ފަސޭހައެއް ނޫނެވެ. މަންޒަރު ވެސް ފުސްވެ އިރުއިރުކޮޅާ ހުއްޓެމުން ދިޔައީ ފޯނުގެ ނޫނީ އިންޓަނެޓުގެ މައްސަލައިން ކަމެއް ނޭނގެއެވެ. ދެލޯ ހަނިކޮށްލައިގެން ހުރެފައި ޔައުލާން ބޭނުންވީ ތަންކޮޅެއް ކައިރިން ފެނިލުމެވެ. އޭރުން އޭނާއަށް ޔަގީންކުރެވިގެން ދާނެއެވެ. މިކަމަށް ސަމާލުކަން ދީގެން ޔައުލާން ވިސްނުންތެރިކަމާއެކު ކޯލު ރިކޯޑު ކުރަންފެށިއެވެ.
އަރުޖުން ބޯކަހާލާފައި ފޯނު ތިރި ކުރިއެވެ. ހިތް އަވަސްވެފައި ޔައުލާނަށް އޮފީސްތެރޭ ދެކޮޅު ދެކޮޅަށް ހިނގެން ފެށުނެވެ. ކޮންމެ ސިކުންތެއް ވެސް މާ ދިގުލައިގެންދާހެން ހީވާން ފެށިއެވެ. ލައިގެން ހުރި ނޫ ގަމީސް ފަޅާލާފައި ހިތް ނުކުމެދާނެހާ ބާރަށް ހިތް ތެޅެމުންދިޔައެވެ. އެއް އިނގިލީގެ ނިޔަފަތި ހަފަމުން އަރުޖުނަށް ހަދަންވީ ގޮތް ކިޔައިދެމުން ދިޔަ ޔައުލާންގެ ބޮލަށް އެންމެފަހުން ރަނގަޅު ޚިޔާލެއް ސަވާރުވިއެވެ.
“އަރުޖުން.. ތީނދަ ޖޯލި ކައިރިން އެ ދިޔައީ ބޮނޑެއްތަ..؟” ޔައުލާން އެހެން ބުނެލީ އެންމެ ފަހު ދަތުރުގައި އަރުޖުން ބޮނޑުދެކެ ނަފްރަތު ކުރާވަރު ދަސްވެފައިވާތީއެވެ. މުވައްޒަފުން މަދުވެގެން ކުރި މަޝްވަރާގެ ތެރެއިން އިތުރަށް އެނގިގެންދިޔަ ކަމެކެވެ. ރަށުގައި މަސައްކަތް ކުރާތާ ފަނަރަ އަހަރު ވީއިރު ވެސް އަރުޖުނަށް އަރައިނުގަނެފައިވަނީ ބޮނޑުދެކެ ގަންނަ ބިރުން ކަމަށް ރީއަލް އޭނާއަށް ކިޔައިދީފައިވީކަން އެއީ ނަސީބެކޭ ޔައުލާން ހިތަށް އެރިއެވެ.
އަރުޖުންގެ މޫނަށް ވެރިވެގަތް ފަކުރުގެ ކުލަވަރާއެކު އޭނާ ފަހަތަށް ދެތިން ފިޔަވަޅު ނެގިއެވެ. އަދި އެ ދިމާއަށް ދާން ދެކޮޅު ހެދުމުން ޔައުލާނަށް ނިތްކުރިމަތީ އަތް އަޅާލެވުނެވެ.
“ހަމަ ސަހާދެއް..! ދައްކާލަބަލަ..! ފިހާރައިގެ ތެރެއަށް ބޮނޑު ވަދެއްޖެއްޔާ އަރުޖުންއަށް މާ ދެރައެއް ނޫންތަ..؟ ތަންކޮޅެއް ދުރުގައި ހުއްޓަސް ހެވޭ.. އާނ ޒޫމް ކޮށްލަބަލަ..” ޔައުލާން ބެލީ ކޮންމެ ގޮތެއް ހަދާފައިވެސް އަރުޖުން އެއްބަސް ކުރެވޭތޯއެވެ. އެންމެފަހުން ހަތިޔާރު ބަހައްޓާފައި އަރުޖުން ޖެހިލުންކަމާއެކު ޖޯއްޔާއި ދިމާއަށް ފިޔަވަޅު އަޅަން ފެށިއިރު ވެސް ކިރިޔާ އެއްޗެއް ފެންނައިރަށް ދުރަށް ދުއްވައިގަންނަން އޭނާ ހުރީ ތައްޔާރަށްކަން އެނގެއެވެ.
ކައިރިއަށް މީހަކު އަންނަން ފެށުމުން ކަންފަތުން އެއަރޕޮޑްސް ނައްޓާލާފައި މިޝަލް ބަލާލިއެވެ. އޭރު އޭނަޔާއި ދިމާއަށް ބިރެއް ފެނިގެން އަންނަހެން އެ ބިދޭސީ މީހާ އެބަ އާދެއެވެ. އޭނާ ބަލަން ހުރީ ތިރިއަށް ކަމުން މިޝަލް ވެސް ބިރުގަންނަން ނެގީ ހިނދުކޮޅެކެވެ. އެ ބެލުމަކީ ކޮންކަހަލަ ބެލުމެއް ކަން އޭނާ ވެސް ދަނެއެވެ. އަނެއްކާ އެތާ އެއްޗެއް އޮތީ ހެއްޔެވެ.؟ މިޝަލް ދެފައި ހިއްލާލާފައި ތިރި ބަލާލިއެވެ. އަރުޖުން އޭރު ހިރެމުން ކަހަލަގޮތަކަށް އެބަ އާދެއެވެ.
މިޝަލް މަޑުމަޑުން ތެދުވިއެވެ. އަދި އިނގިލިތަކުގެ ކޮޅު ޖައްސަމުން ހިނގާފައި ގޮސް އަރުޖުންގެ ކުރިމަތީ ހުއްޓުނެވެ. “މިތާ އެއްޗެއް އޮތީތަ..؟” މިޝަލްއަށް އެހުނީ އިޚްތިޔާރަކާއި ނުލައެވެ. އަރުޖުން ހިންދިރުވާލިއެވެ. އޭނާ ހިތުން މިއަލް ވެސް ބިރުގަތީއެވެ. އެހެންޏާ ބޭބެއޭ ކިޔާ ގޮވާލާ މިއަލްގެ ވާހަކަދެއްކުމާއި ރާގު ތަފާތުހެން އަރުޖުނަށް ހީވިއެވެ. ނަމަވެސް އެހުރިހާ ކަމަކަށްވުރެ އެތަނުގައި އޮތް ބޮނޑުގެ ބިރު މާ ބޮޑެވެ. މިޝަލް ވެސް ބިރުގަތުމުން އަރުޖުންގެ ހިތްވަރު އެލިއްޖެއެވެ. އަދި ކެމެރާ ބަދަލުކޮށްލާ ޔައުލާނާއި ކުރިމަތިލިއެވެ.
ނޭވާ ހިފަހައްޓާލައިގެން ހުއްޓާ މަންޒަރު ބަދަލުވިއެވެ. ރޮވެން އުޅޭކަހަލަ ގޮތަކަށް ހުރި އަރުޖުންގެ މޫނު ކުއްލިއަކަށް ފެނުމުން ޔައުލާން ވެސް ދިޔައީ ސިހިގެންނެވެ. ހިތްއަވަސްވެފައި ހުރެ އޭނާ ފުންނޭވާއެއް ދޫކޮށްލީ ނަފްސު ހަމައަކަށް އެޅުވުމަށެވެ. ނާފަހެ ކެމެރާ ބަދަލުކުރަން އޭނާއަށް ބުނެވިއްޖެ ހެއްޔެވެ.؟
“ބޮސް އަހަރެން ބިރުގަންނަނީ..” އެހެން ބުނެ އަރުޖުންގެ ދުލުން ބޮނޑުގެ ނަން ބޭރުވާއިރަށް އެއްލިފައި މިޝަލް އަވަހަށް އަރުޖުންގެ ނިވަލަށް ވަނެވެ. އޭނާ ވެސް ބޮނޑުދެކެ ނުހަނު ބޮޑަށް ނަފްރަތު ކުރެއެވެ. ކުޑައިރު ޔައުލާނާއެކު ގަސްދޮށެއް ކައިރީ ކުޅެން ހުއްޓާ ބޮނޑެއް އޭނާގެ ބޮލަށް ފުންމާލުމުގެ ނަތީޖާއެވެ. އަރުޖުންގެ ފަހަތުގައި ހުރެގެން ބޮނޑު ފެނޭތޯ ކަޅިއުކަމުން ދިޔައިރު މިޝަލްގެ އަތްފައި ފިނިވެއްޖެއެވެ. އޭރު އަރުޖުނަށް ފޯނުގައި ހިފެހެއްޓިފައި ހުރިގޮތުން ސީދާ އަމާޒުވީ މިޝަލްގެ މޫނަށެވެ.
ހަދާނެގޮތް ހުސްވެގެން އެނބުރެމުން ދިޔަ ޔައުލާނަށް ހީވީ ވަގުތު ވެސް ހުއްޓުނު ހެންނެވެ. އެދެލޮލަށް ކަރުނަތައް ގިނަވާން ނެގީ ސިކުންތުކޮޅެކެވެ. ހިތަށް ވެރިވި ތަފާތު ޝުއޫރުތައް އޮބަހައްޓަން އޭނާ ނުކުޅެދުނެވެ. ރޭޒަރުން އެޅިފައިވާ ވާތު ބުމައިގައި ކުޑަ މަލަންކޮޅެއް އަޅާފައިވާއިރު އެ ރީތި ވަށް މޫނު ފެންނަން ހުރީ ހަނދެއްހާ ރީތިކޮށެވެ. ކުރިއަށްވުރެ ހިކިފައި ހުރިހެން ހީވިޔަސް އެއީ ހަމަ މިލީންއެވެ. ތުންފަތްމަތީގައި ޗިޕްސް ކުނޑި ތަތްލަވާފައިވީއިރު އެދެލޮލުން ފެންނަނީ ސިހުމެވެ.
“ލީން..”
ފޯނުން އިވުނު އަޑާއެކު މިޝަލްއަށް ލިބުނު ސިހުން ދެގުނަވިއެވެ. އަވަސްއަވަހަށް އަރުޖުންގެ ފޯނަށް ބަލާލެވުނުއިރު ސްކްރީނުން ފެންނަންހުރީ ޔައުލާންގެ މޫނެވެ. އެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތަކުން މިޝަލް ގަނޑުވިއެވެ. މިއޮތީ ރަނގަޅަށް ވެސް ފަޅާއަރާފައެވެ. ދެން އޮޅުވައެއްނުލެވޭނެކަން އެނގުމާއެކު މިޝަލްގެ ހިތަށް ވެރިވީ ގޮތްނޭނގޭ ބިރެކެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ.؟
އަރުޖުން އާއި ދެމީހުން ހަރަކާތެއް ކޮށްލަން ނޭނގިފައި ތިއްބާ އައިނައި ތަނެއް ނޭނގި ޖޯލި ދޮށުން ފުންމައިގަތީ ބޮޑުސިންގާ ބޮނޑެކެވެ. ދެމީހުން ކަރުބުޑުން ހަޅޭއްލަވައިގަނެ ނަގޫޖެހިތާ ބޯޖަހާފައި ދުއްވައިގަތެވެ. އެއާއެކު ފޯނުގައި ހުރި ޔައުލާނަށް ވެސް ހާޓްއެޓޭކެއް ނުލިބުނީ ކިރިޔާއެވެ. ފަޔަށް ބާރުލާފައި ތެޅެމުން ފޮޅެމުން ދުވަމުން ދިޔަ އަރުޖުންގެ ސަބަބުން ކޯލުން ތަނެއް ދޮރެއް ނުފެނެއެވެ. ހާސްކަމާއެކު ޔައުލާން އަރުޖުނަށް ގޮވާ ވެގެން މިއުޅޭ ގޮތް އޮޅުންފިލާތޯ އުޅެންފެށިއެވެ.
“ބޮސް ބޮނޑެއް..! ވަރަށް ބޮޑު ބޮނޑެއް..” އަރުޖުން ހެސްކިޔާފައި ދުވަމުން ދިޔައިރު ފަހަތުގައި އެހާ ބިރުން ދުވަމުން ދިޔަ މިޝަލް ޔައުލާނަށް ފެނުނެވެ. އޭނާ އަރުޖުނަށް ގޮވަމުން ދިޔައީ އެކަނި ކޮށްލާފައި ނުދިޔުމަށެވެ. ބިރުން ގޮސް މިޝަލްއަށް ހީވަނީ ރޮވިދާނެހެންނެވެ.
“އަރުޖުން މަޑުކޮށްބަލަ..! އޭތި ނޫޅެއޭ އަރުޖުން ކާލާކަށް.. މިހާރު ނުވެސް އާދެއެއްނު..” ޅަކުއްޖެއް ހައްލާލާ ފަދައިން ޔައުލާނަށް ޖެހުނީ ވާހަކަ ދައްކާށެވެ. އޭނާ އެހެން ބުނީ އެތަނުގައި ބޮނޑެއް އޮންނާނެ ކަމަކަށް ވެސް ނޫނެވެ. ނަމަވެސް ކަންވީގޮތް ބަލާބަލާށެވެ. ސަމާސާ ވިހަވުމަކީ މިއީ ހެއްޔެވެ.
ދެމީހުން އަދިވެސް ތަނެއް ދޮރެއް ނުބަލާ ދުވަނީއެވެ. މަންޒަރު ކިރިޔާވެސް ސާފުވީ ވަގުތު ޔައުލާނަށް ފެނުނީ ދުއްވާފައި އައި ސައިކަލެއްގައި މިޝަލް ޖެހުނު ތަނެވެ. ޔައުލާންގެ އަނގައިން ފިސް ހަޅޭކެއް ބޭރުވިއެވެ. މޭޒުގައި ހިފާ ބާރުކޮށްލެވުނުގޮތުން އިނގިލިތަކަށް ތަދުވި ނަމަވެސް އެކަން އިހުސާސްވާވަރަށްވުރެ ބޮޑަށް ޔައުލާންގެ ސަމާލުކަންވީ ފޯނަށް ހުއްޓިފައެވެ.
އަރުޖުން ވެސް ސިހިފައި ފަހަތް ބަލާލިއެވެ. އޭރު ސައިކަލު ދުއްވަން އިން ޒުވާނާ އާއި މިޝަލް ދުރުގައި ވެއްޓިފައި އޮތެވެ. “ބޮސް އިހަކަށް މަޑުކޮށްލަދެއްވާ.. އަޅުގަނޑު އެމްބިއުލާންސަށް ގުޅަނީ..!!” އެހެން ބުނެ ޔައުލާނަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އަރުޖުން ފޯނު ކަނޑާލައިފިއެވެ. އެއާއެކު ޔައުލާންގެ ދުލުން ތިން ހަތަރު ބަސް އެއްފަހަރާ ބޭރުވިއެވެ. އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އަވަހަށް ޔައުލާން ގުޅީ މިމްރާހަށެވެ.
“ގެސް ވަޓް އައި ފައުންޑް މިންމި..”
މިޝަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރެވެންދެން އަރުޖުން އިނެވެ. ކަންބޮޑުވެފައެވެ. އޭނާއަށް އެންމެފަހުން ވިސްނުނީ ރީއަލަށް އެންގުމަށެވެ. ‘މިއަލް’އަށް މިފަދަ ހާލަތެއް މެދުވެރިވީއިރު އޭނާއަށް ގަބެއްހެން ކަމެއް ނުކޮށް އިނދެވުނީތީ އަމިއްލަ ނަފްސަށް އަޑުލަމުން އަރުޖުން އަވަހަށް ފޯނު ނެގިއެވެ. އަދި ރީއަލްގެ ނަންބަރަށް ޑައިލްކޮށްލީ ‘މިއަލް’ އަވަހަށް ރަނގަޅުވާނެކަމަށް އުންމީދު ކުރަމުންނެވެ.
ކިއަނާ ގޮވައިގެން މިލްރީޝްވޭލީއަށް އައިސް ރީއަލް އާއި ދެމީހުން ތިބީ ފިލްމެއް ބަލާށެވެ. އެމީހުން ގާތު ނަވާލް ވެސް އިނެވެ. ކުރީގެ މަޖާ ދިވެހި ފިލްމެއް އަޅުވައިގެން ތިބިއިރު އިރުއިރުކޮޅާ ސިޓިންގރޫމްގައި ގުގުމާލައިގެން ދަނީ ކިއަނާގެ ބާރު ހުނުމުގެ އަޑުންނެވެ. އެހާވެސް މަޖަލީއެވެ. ރީއަލާއި ނަވާލް ގާތަށް ވެސް ބޮޑަށް ހިނިއަންނަމުން މިދަނީ ކިއަނާގެ ހުނުމާ ހެދިހުރެއެވެ. ފޯނު ރިންގު ވާންފެށުމާއެކު ރީއަލް ގުޅަނީ ކާކުތޯ ބަލާލާފައި ބޯހޫރާލިއެވެ. އުމުރުން ދޮށްޓަސް މި އަރުޖުން ދުވަހަކު ބޮޑު ނުވާނެކަމަށް ބުނަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރެވިފައިވާތީ އެދެމެދުގައި ވަނީ ވަރަށް ގާތް ގުޅުމެކެވެ. މިހާރުވެސް އެ ގުޅަނީ ކޮންމެވެސް ކޫސަނި ސުވާލެއް ކުރަން ކަމަށް ބުނެ ރީއަލް ސޯފާއިން ތެދުވެ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.
އެކޮޅުން އަރުޖުން ބުނެލި ވާހަކައިން ރީއަލަށް ހީވީ ފައިން ވާގި ދޫވިހެންނެވެ. އަޑުގެނެތްތަނަށް ކީކޭހޭ އަހާލެވުނުއިރު ކިއަނާ އާއި ނަވާލް ވެސް ފަހަތަށް ބަލާލައިފިއެވެ. އަވަހަށް ފޯނު ބާއްވާފައި ރީއަލް ވަގުތުން ކޮޓަރިއަށް ދިޔައެވެ. ކިއަނާ ވެސް ހާސްވެފައި ރީއަލްގެ ފަހަތުން ދާން ތެދުވިއެވެ. އެހެންނަމަވެސް ކޮޓަރިއަށް ވަތްކަމެއް ނޭނގި ރީއަލް ގަމީހެއް ލައިގެން ނިކުމެއްޖެއެވެ.
“ދަރިފުޅާ ކިހިނެއްވީތަ..؟” ރީއަލްގެ ތަބީއަތަށް މިއައި ބަދަލުގެ ސަބަބުން ނަވާލު އެއްސެވެ. ކިއަނާވެސް ރީއަލްގެ މޫނަށް ބަލާލިއެވެ.
“އެލް.. އެލް އެކްސިޑެންޓެއް ވެގެން އެބަ އުޅޭ.. މިރަށުގަޔޯ ހުރީވެސް..” ރީއަލްގެ އަޑު އައި ތުރުތުރަކާއެކުއެވެ. ކިއަނާ އާއި ނަވާލްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ހަމައެއާއެކު ހާސްކަން އައިސް ދެމީހުން ވެސް ވަށާލިއެވެ.
“އެކަމަކު އެލް އެއީ ނުބުނެ އަންނަ ކަހަލަ ކުއްޖެއް ނޫނެއްނު..؟ ސަޕްރައިޒެއް ދޭންބާ އަނެއްކާ..” ނަވާލަށް ވިސްނާލެވުނެވެ. މިއަލް ކުރާނެހެން ހީވާ ފަދަ ކަމަކަށް ނުވާތީއެވެ. ނަމަވެސް އޭނާގެ ސިކުނޑި ހީވަނީ މަސައްކަތްކުރުން ހުއްޓާލާފައި ވާހެންނެވެ. ކިއަނާ އަވަހަށް ފައިވާނަށް އަރަން ފެށިއިރު އެ ދެލޯ ފުރިއްޖެއެވެ. އެކްސިޑެންޓްގެ ސީރިއަސްކަން ހާމަވެފައި ނުވާތީ ކިއަނާއަށް ސިފަވަމުން ދިޔައީ ލޭކޯރެއްގެ މެދުގައި ހަރަކާތެއް ނެތިފައި މިއަލް އޮތްތަނެވެ. ނަވާލު ވެސް އަވަހަށް ސައިކަލަށް އަރާ ތަޅުދަނޑި އަނބުރާލިއިރު އެ ހިތް ދިޔައީ ޑަންޑަންލާފައި ތެޅެމުންނެވެ. މިލީން ފަދައިން މިއަލް ވެސް އޭނާ ދޫކޮށް ދަނީ ހެއްޔެވެ.؟
މައިޒާނީ ޕާރކުގައި ނެގި ފޮޓޯތަކަށް ބަލަން މިއަލް އެނދުގައި ބަންޑުން އޮތެވެ. އެންމެން އެކުގައި ނެގި ފޮޓޯތަކާއިއެކު ޝަފްވާނާއި އޭނާ ވަކިން ނެގި ފޮޓޯއެއް އޮތެވެ. އެ ފޮޓޯއަށް ބަލަން މިއަލްއަށް އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގުނެވެ. ދެމީހުންނަށް ނުހަނު ގިނައިން ވާހަކަދެއްކުނުއިރު އެ ފޮޓޯ ނެގިފައިވަނީ ޝަފްވާން މަޖާ އެއްޗެކޭ ކިޔާ އޭނާ ހެއްވާލި ވަގުތުގައެވެ. ސީސޯއެއް ކައިރީ ހުއްޓިލައިގެން ދެމީހުން ތިބިއިރު މިއަލް ހުރީ އަތުގައި އިން އައިސްކޯނު ހިފައިގެން ހެވިފައި ދުރަށް ބަލަހައްޓައިގެންނެވެ. ވަށައިގެން އެތައް ކަމެއް ހިނގަމުން ދިޔަ ނަމަވެސް ޝަފްވާންގެ ދެލޯ ހުއްޓިފައި ވަނީ މިއަލްގެ މޫނަށެވެ. މިއަލްގެ ހިނިތުންވުމަށް މޮޔައެއްހެން ގެއްލިފައި ހުރި ޝަފްވާންގެ ތުންފަތުގައި ވެސް ވަނީ އެންމެ ރީތި ހިނިތުންވުމެވެ. ފޮޓޯ ނެގިފައި ވަނީ އިރުއޮއްސެން ދިޔަ ވަގުތު ކަމުން އުޑުމަތި ވެސް އެހާ ރީއްޗެވެ. ރަން ގަޑިއިރުކަމުން އިރުގެ އޮރެންޖް އަލި އެޅިފައިވާ އެ މޫނުތަކުން ތަފާތު ވިދުމެއް ފެންނަމުން ދިޔައެވެ.
ޝަފްވާންގެ މޫނަށް ބަލަން އޮވެ މިއަލްއަށް ހީނލެވުނެވެ. ޝަފްވާންދެކެ ލޯބިވެވިގެން ދިޔައީ ނޭނގި ހުއްޓައެވެ. ޝަފްވާންގެ ހަރަކާތްތަކުންނާއި އަދާތަކުން ދައްކުވައިދެނީ އެ އިހުސާސް ކުރެވެމުން ދިޔައީ އޭނާއަށް އެކަނި ނޫންކަމެވެ. ޒާތްޒާތަށް ހެވެމުން ދިޔައިރު ވެސް މިއަލްއަށް ރޭކައެއްނުއްޔެވެ.
“ސްޓެއަރިންގ އެޓް ސަމްތިން..؟” ކަންފަތް ބުޑުގައި އިވިގެން ދިޔަ ވައި އަޑުން މިއަލްގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ތެޅިގަނެފައި ތެދުވެ މިއަލް ވަށައިގެން ހޯދާލިއެވެ. އޭނާގެ ކަންފަތާއި ދިމާއަށް ގުދުވެގެން އޮތް އަހުނަފާއި އޭނާ ކައިރީ ހުރި ތަނާގެ ހިނިގަނޑު ފަޅައިގެން ދިޔައީ އެއްފަހަރާއެވެ. ރަކިވެގެން މިއަލްއަށް ވެސް ހެވިއްޖެއެވެ. އިތުރަށް އެ ހަގީގަތަށް ފުރަގަސްދިނުމުގެ ބޭނުމެއް ނެތެވެ. އެ ހިތުގައިވަނީ ކީކޭކަން އެދެމީހުންނަށް ވެސް އިނގޭކަން ގައިމެވެ.
“މަ އޭރުވެސް ބުނީމެއްނު..” ތަނާ ހުރީ ނިކަން ބޮޑަށް ހިނިތުންވެލައިގެންނެވެ. އޭނާއަށް މިއަލް އާއި ޝަފްވާން ނުހަނު ބޮޑަށް ގުޅެއެވެ. އަހުނަފް ހެވިފައި ހުރި ނަމަވެސް އެ ހިތުގެ ކަނެއްގައި ނޭނގޭ ބިރެއްވިއެވެ. އެންމެ ގާތް އެކުވެރިޔާ އާއި ކޮއްކޮއެވެ. ސިކުނޑިއަށް ބޮނޑިވަމުން ދިޔަ ނޭދެވޭ ޚިޔާލުތައް ދުރަށް ޖައްސާލާފައި މިވަގުތުކޮޅުގެ އުފާވެރިކަމުގައި ބައިވެރިވެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
އެކުގައި ވަގުތުކޮޅެއް ހޭދަކޮށްފައި އަހުނަފާއި ތަނާ ދިޔުމުން މިއަލް އުއްޑުން އޮށޯވެލިއެވެ. އެެހެން އޮއްވާ އޭނާގެ ހަނދާނަށް ދެން އައީ ޝަފްވާން ވޮލެޓަކުން ވައްކަން ކުރި ހަނދާނެވެ. އެދެމެދުގައި ހިނގާ ކުދިކުދި ވަގުތުކޮޅުތަކުގެ ސަބަބުން އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާހެން ހިޔެއް ނުވެއެވެ. އެ ވާހަކަ އަހަން އުޅެފައި ވެސް އެކަން ހަނދާނުން ކައްސާލައިގެން ދަނީ އޭނާ ސިހުރެއްގައި ޖެހިފައި ވާ ފަދައިންނެވެ. އެ ރީތި ލޮލާއި ހީނލުމަށް ބަލަން އޭނާއަށް އަބަދުހެން ހުރެވެނީ ގެއްލިފައި ކަހަލަ ގޮތަކަށެވެ. ޝަފްވާން އެފަދަ ކަމެއް ކުރަން ޖެހުނީ ކީއްވެގެންކަމާމެދު މިއަލްއަށް ވިސްނެން ފެށިއެވެ. އެ ޚިޔާލުތަކުގެ ތެރޭގައި އޮއްވާ މިއަލް ސިހުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.





hee nimigen comment kollaanan (me 1st)
Hemun lolun fen ves aissi 😂😂
i knew mishal bust vaane kan ekamaku mihaa majaavaane kamah hieh nukuran
Arujun ves dho😂 bondu dheke birun.. mishal ves evaru hama
v.v.v reethi mi part ves
Love you yoonsis💗
manje 23 minute vandhen heyn iny?
v rythi mi bai ves yoon ly
Haha I’m so glad it gave you a good laugh💕 Thankyou sm zuka! Lym dear 💕
Thankyouu sm hubba lym dear!💕
Mi part ves varah reethi. Emme bust nuvaanvi meehaa ah dho emme furathama ves milyn bust vee. Mishla menna kannenge dhen milyn bust vaanee. Navaal and mishla alhe safeena ge dairy kihaa nimmalabala pls. Curiously waiting for next part???
Mi part vx v v reethi ingay Yoon..
Oh no,milyn bust vee dhw..alhey why would she so something like that?!?
And shafwaaam ah milyn Maru nuvaakan engijjeyaa vaanvee kihineh baa??
Mishla ah anekka vaanvee kihineh baa?!?
Mial ah vaanvee kihineh baa??
Most importantly,yaulaan ah
Pls pls tomorrow next part genesdhechey
V v nice part MA!!!!
ly Yoon!!
Thankyouu sm Miss jennie!💕 Yeah dhw enme furathamaves yaulaan ah bust vy. Lets seee safeena ge diary aa behey info eh ingeythw in the upcoming partss!😊
Thankkyou sm Raajiha!!💕 Lets find out the answers to your questions in the remaining parts! aww haha, next part Friday, 16th Jan ga😊💕 Lym dearr!
I knew yaulaan mishal hodhaane kan ekamaku mi faharuves olhigendhw fenuny 😭🩷🩷 hyvany hama fate hn.. pls gulhuvahchey e dhekudhin yaulaan kihaa loibbeh vey eba mishal dheke 😢 Mial Shafvaan ah. okay plx yoon. Navaal aa mishalaa avahah maama ge diary kiyaaba eyga othy koacheh kan engen beynunvegen mi hureveny.
yess haha hama accidentally fenuny. Lets see lets see!! Thankyou sm ramu!💕
Which team do you guys support in Golden futsal challenge 2026? Anyways mi part ves Vrh reethi yoon you are a talented author keep it up gurll between I am so sorry yoon ge baiga Golden ge vhk ahaa levunyma 😭…. YOU ARE ON TOP AUTHOR LIST GA… ❤️ WISHING YOU SUCCESS IN THE FUTURE… ALWAYS MY FAV AUTHOR 😘☺️❤️
I APPRECIATE YOUR HARD WORK GURLL ☺️
SO PROUD OF YOU CURIOUSLY WAITING FOR THE NEXT PART WHEN’S NEXT?? I HOPE ONE DAY I CAN MEET YOU 😩☺️ TALK KOHLAN I THINK I SAW YOU
#TEAMYOON
LYYY SO SO SO MUCH AND TC MY LOVELY
aww thankyou sm for the kind words RaYeRn 💕🥹 it means a lot and it made me so happy to hear that! I feel really appreciated tysm again!😊
Next part insha allah 16th Jan vaa Friday ga.
aw haha thats so sweet.💕 ohh you saw me is that so
Ly so so so much more💕 you too tgc dear!
Hello yoon v salhi mi part
enme beynunvi kanthah e vy.. mishal bust vy 🥂🥳
when next? Take vare
Hii dear! Thankyou sm ahru!💕 haha yess enme fahun bustvy
Next part 16th Jan, Friday ga insha allah. You too tgc!!
Yoon single oa emmenney 🥳🥳🥳🥳
ey huvaa tha ??
I should ask her out ehenma! Hooru pary akoa!
Kaley thee kaaku magey nan nagaagen?
Alhe fahe ekujjaa single veema thioh araa foarieh dhw emmen
I forgot what I was tryna say 😭🤣
noon mae ahaany
dhn vaany kihineh baaey hithah arany
when next yoon?
this part vs vrh reethi
Lets see dhww!🥹 Next part Friday, 16th Jan ga insha allah
Thankyouu sm dear! 💕
OMGGGG i thought thursday ga kamah next SO HAPPYYY
yoon abadhu ves best surprises dheny. My sister just told me yoon insta ga miadhu upkuraane vhk bunefa oi kamah… i dont use insta sorry.. enoony follow eh jahaalees😟 Next kiyaahithun nuves nidheyne mirey LYSMMM❤️❤️
I’m so happy to hear that🥹💕 Lym dear, Thankyouu sm izaako!
Yess i did share it insta ga and last part ge comments ga vx😊 haha its okay your support is more than enough!
i could picture shafvaan aa mial ge photo😍😍😍they need to be endgame
Ly yoony tc and when next?
I’m so glad to hear that! Thankyou sm dear, Lym and Tgc!💕 Next on 16th Jan Friday insha allah
Vvv reethi baeh mi ves💛⭐
Your stories leave me speaxhless hama
Yaulaannah inguny dhen what’s she gonna do
Lyvm 🫶🏻💛
Thankyouu sm Yash💕🥹 thats so sweet of you to say! Lets see dhww Mishal dhen kuraany kon kameh kan. Lymm dear💕
Ey Yoon ulheney burugaa alhaigen tha?
she does wear burga..I am a girl and i think she looks beautiful & gorgeous..(not ina weird way) masha allah💗
30th ves ehaa rythi.. dhen oih baige inthizaaruga
Thankyouu sm rui💕 aww ty thats so sweet🥹
Why is everyone acting like this. yoon single iyyey kiyaafa.. she’s out of your league boys🫠 she’s not jsut pretty but her heart and soul is pretty too.. humble kind and talks nicely.. yoon libeyni vrh lucky meehakah
try kureveyneh emmenahvx…😉 i agree wit u yoon libeynee lucky golayaka
Damm yaulaan ah enmefahun fenunydhww…cant believe it
mileen ovey dhen molhuvejjehnu emmenah olhuvaalaagen ulhemun
Ahunaf miss you (thanaa alhugadu kaalan naanaathi thanaa dheke es vrh loabive)
Ly yoon😂❤️
Yess enme fahun miothy fenifa🥹 Hahaha that made me laughh!😭
Thankyou sm sumy, Lym dear💕
Ty for the kind words everyone, I appreciate you guys sm💕🥹 Hope everyone has a good day!
u hav a good day too yoon. salam❤️😉
Ey kail hama hith kee dhw?
Ekn hadhaan kuraathi yoon is only MINE😝
Omggg yoon i thought u were never going to come back
I missed u sooooo muchh I use to read all ur stories my fav one was fiyafai
Yoon break eh negi thaa year eh fahun mi site ah vadhun huhtaali
I got busy with studies and life
Dhen miadhu neygey keeveh kameh but I found myself scrolling through here
I umm actually fell from my bed when I saw u had started writing again 🤣
I’m just saurr happy that ur backk
And I have started reading ur stories again
Can’t wait for the next ep
Lysm♥️♥️♥️