ތި ސޫރަ ނޫން 28
* ޒިދުޔާ އިނީ ލެޕްޓޮޕް ހިފައިގެންނެވެ. އެންމެފަހުގެ އެސައިންމެންޓް ނިންމަނީއެވެ. އެ ފޮނުވަން ޖެހެނީ އެގާރަ ޖެހުމުގެ ކުރިން ކަމަށް ވާއިރު އޭރު ގަޑިން ދިހަގަޑި ސާޅީސް ވަނީއެވެ. މަސައްކަތްތައް ނިންމުން ލަސްކުރުމަކީ ޒިދުޔާގެ އާދައެކެވެ. ސަބަބެއް ނެތެވެ. “އެއީ މިލީންއެއް ނޫންތަ.؟” ފޯނަށް އައި މެސެޖް ކިޔާލަމުން ޒިދުޔާ ބުމަ އަރުވާލިއެވެ. އައިޒަކްގެ މެސެޖެކެވެ. ކުޑަދުވަހުން ފެށިގެން އެ އެންމެން ތައުލީމު ހާސިލުކުރީ އެއް ސްކޫލަކު ކަމުގައިވާތީ ޖީޝަމް އާއި ޒިދުޔާއަށް ވެސް އެއީ ކާކުކަން އެނގެއެވެ. އަދި އައިޒަކްގެ ހިތުގައި އެ ޒަމާނުގައި މިލީންއަށް ދެވިފައިވާ ދަރަޖަ ވެސް އޭނާއަށް އެނގެއެވެ. *
“ނޫން. ވައްތަރުދޯ. މަށާއި ޖީ ވެސް އެ ވާހަކަ ދައްކައިފިން. އެހާ ރީތިވީމަ ކަންނޭނގެ. ވައްތަރު މީހުން ވެސް އުޅޭނެތާ. ކީކޭތަ ކިޔަނީ.؟ އާނ ޑޮޕްލްގޭންގާރސް. އަހަރެމެންގެ އެޕާޓްމެންޓްގައި ވެސް އެބަ އުޅޭ މިލީން އާއި ވަރަށް ވައްތަރު ކުއްޖެއް. އޭ އަހަރުމެން މިޝަލް ގާތު އެ ވާހަކަ ބުނާކަށް ވެސް ހަނދާނެއް ނެތް. ދެން އެވާހަކަ ފަހުން ބުނާނީއޯ ދޯ.؟ އިޒް އޮޅުވާނުލައްޗޭ އެއީ މިއަލް. މިލީން ނަމަ އަހަންނަށް އިނގޭނެ. ފޮނިކަމާއި ބޮޑާކަމުގެ ކަންފުޅެއް ވެސް މިއަލްގެ ނެތް. އެއަށްވުރެ ރަނގަޅު ކުއްޖެއް މިލީން އާއި އެއްގޮތް ކުރާނެކަމެއް ނެތް. ސްކޫލް ދުވަސްވަރު އެ މިލީން ފްލާޓް ކޮށްފައި އިޒްގެ ހިތްހަލާކުކޮށްލީ ފާޑެއްގެ ލަވަކިޔުންތެރިޔަކަށް ޓަކައި. އޭގެ ފަހުން ވެސް މިލީން އިޒް އާއި ކިހާ ފްލާޓެއް ކުރި. މީހެއްގެ ހައްގަކަށް ވެހުރެ ވެސް. މަށާ ޖީ ގާތު ނުބުންޏަސް ތިދެމީހުން ގައިގޯޅިވެ އުޅުންތަން މަށަށް ފެނޭ. ތި ގުޅުން ސީރިއަސް ހަރުފަތަކަށް ނުދިޔަސް އުޅުން ގޮތް އިޒް ނުބުންޏަސް އިނގޭ. އަދި އޭނަ އެހެން އުޅެނީ ހަމައެކަނި އިޒް އާއި އެކީގައި ނޫންކަން ވެސް އިނގޭ. މިއަލް އެހެންނެއް ނުވާނެ. އެއީ އަދި ޖެހިގެން އޮތް ރަށުން އައިސް އުޅޭ ކުއްޖެއް. ސިފައިން މިއަލް އާއި އެއްގޮތް ވުމީ އޭނަގެ ނަސީބުކަމެއް ބަދުނަސީބުކަމެއް ނޭނގެ. މަށަށް މިލީންގެ މޫނު ލިބުނިއްޔާ އެ އަންދާލީސްކަން ގައިމު. އޭނަދެކެ މަ ހާދަ ރުޅިއެއް އާދެއޭ. އޭ އަދި އެހެން ބުނާކަށް ވެސް ނުވާނެ ދޯ މިލީން މަރުވީވެސް އެހެންވިއްޔަ. ފަހަކަށް އައިސް އެއްކަލަ ލަވަކިޔާ ގޮލަޔާ ދިމާއަށް މީހުން އެއްޗެހި ފަށެއް އެބަ ކިޔާލައެއްނު މިލީންގެ މަރު އޭނަގެ ބޮލުގައި އަޅުވަމުން. މީހަކު އަޖައިބު ފަހެ ނުވާނެތަ އަޅެ ސޫސައިޑޭ ކިޔާކަށް. އެވަރަށް މީހުންގަނޑު ހަޅޭއްލަވާއިރު މިލީން ނުނިކުތީ ގަސްތުގަޔޯ. އަމިއްލައަށް މަރުވަންވެގެންނޯ. އޭނަގެ ރައްޓެހިން ގާތު ބްރޭކްއަޕްއަށް ފަހު އެވަރަށް ރޮއެފަ އެޒާތުގެ އެއްޗެހި ކިޔާފަ އޮތީމަ އެގުރޫޕްގަނޑު ފަތުރާލައިގެން އުޅޭ ވާހަކަތަކެއް. ހީވަނީ މަރުވީ މިލީން އެކަނި ހެން ވިއްޔާ. މަރުވި އެހެން މީހުންގެ ވާހަކަ ނުދައްކާތީ މަށަށް ވަރަށް ހެއްވާ. ލަވަކިޔާ ސޮރަށް ވެސް ރަނގަޅު ވަގުތު ފާއިތުވުމުގެ ކުރިން މިލީން އާއި ވަކިވިކަން ވެސް. ޝީ ވޯޒް އަ ރޫޑް ޑިސްލޯޔަލް ބި*.. އަނގައިން އެލަވަކިޔާ މީހާދެކެ އެހާ ލޯބިވެޔޭ ކީއިރުވެސް އޭނާ އުޅޭ… އުޅުނު ގޮތް އެހުރީ. އެކަން ރިއަލައިޒް ނުވީ އިޒްއަށް އެކަނި. އެހެންވެ ޖަޒުބާތުގަ ޖެހިގެން އިޒް މިއަލްއަށް މިލީންއާއި މެދު ކަންތައް ކުރިގޮތަށް ކަންތައް ނުކުރާތި. ޝީ އިޒް ނޮޓް ދެޓް ޗީޕް. އޭނަޔާއި ހިތާވިޔަސް މަށަށް ހެޔޮ. އެކަމަކު އެއީ ތަފާތު ކުއްޖެއް. އެކަން ހަނދާނުގައި ބަހައްޓާތި. ތިދެމީހުންގެ މެދުގައި ކަމެއް ހިނގާ މައްސަލަ ޖެހިއްޖެއްޔާ މަ ބޭނުމެއް ނޫން ވަކި މީހެއްގެ ފަޅި ނަގާކަށް. ތި ދެމީހުން ވެސް ތީ މިހާރު މަގޭ އެކުވެރިން. އެ ނުހާ އާއި ފިރުޝާން ވެސް ރައްޓެހިވީއިރު މައްސަލަ ޖެހިގެން ދެމީހުންނަށް އެހީވެވޭތޯ އަހަރެން ކުރި މަސައްކަތް ނޭނގޭނެ އެކަކަށް ވެސް. ހުވާ ހާދަ ސްޓްރެސް ވެފައޭ ހުރީ. އެހެންވެ ކުރީ ބައިގައި މި ބުނީ އިނގޭ.” މެސެޖް ކުރުމުގައި ވެސް ޒިދުޔާގެ އަނގަ އެހާ ގަދަކަން ދައްކުވައިދިނީ ޕެރެގްރާފެއްހާ ދިގުކޮށް ލިޔެ އައިޒަކަށް ފޮނުވާލި މެސެޖެވެ. ކުރިން ހިނގާފައިވީ ކަންކަމާއި ކުރި މަގުގައި ހިނގާފާނެ ކަންކަމަށް އިޝާރާތްކޮށް އޭނާ ލިޔުނު ބޮޑު މަޒުމޫނަށް އައިޒަކް ޖަވާބު ދިނީ ސާދާ “އޯކޭ” އަކުންނެވެ. ޒިދުޔާ އެސައިންމެންޓް ނިންމަން އެނބުރިލިއިރު ގަޑިން ފަންސާސް ހިނގާ ބޮޑުވަނީއެވެ. ތެޅިގަނެފައި ފަހު ތަންކޮޅު ނިންމަން އޭނާ އަތްމަތި އަވަސްކޮށްލިއެވެ.
ޖެހިގެން އައި ދުވަހު ހަވީރު އަތަށް އެޅިއިރު އިޒާގެ ދެފައި އެއްތާކު ނުޖެހެއެވެ. މައިޒާނީ ޕާރކުގައި ސިފައިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކަށް ގެންދާނެ ވާހަކަ އަހުނަފް ބުނިފަހުން ފޯރިގަނޑެއް އަރައިގެން އޭނާ އެ ވާހަކަ އިއުލާންކުރާތާ ކިތަންމެ އިރެކެވެ. ކްލާހެއް ކެންސަލްވެގެން މިއަލް ވެސް އަވަހަށް ގެއަށް އައި ދުވަހަކާއި ދިމާވިކަން ނަސީބެވެ. އަރާމުކުރަން ވަގުތެއް ނުލިބި މިއަލް ވެސް ތާޒާވެލައިގެން ތައްޔާރުވާންފެށީ ކުޑަކުޑަ އިޒާގެ އަމުރަށެވެ.
މުށިކުލައިގެ ކަރާއި ކޮނޑަށް ތަންކޮޅެއް ބޮޑުކޮށް ހުރި ޓޮޕަކާއި އެކީ ތަންކޮޅެއް ގަދަ މުށިކުލައެއްގެ ދިގު ސްކާޓެއް ލާފައި މިއަލް ފެށީ ފުނާ އަޅާށެވެ. ރާޅުބާނި އިސްތަށިގަނޑު ބޮޑު ހުޅިއަކަށް ހިއްލާލާފައި ދެފަރާތަށް އިސްތަށިކޮޅެއް ވެސް ވައްޓާލިއެވެ. ލޭޔަރޑް ރަންފަށަކާއި އަތުގައި ގަޑިއަކާއެކީ ކެވެލިކޮޅެއް ވެސް މިއަލް އެޅިއެވެ. ނަވާލް އެފަދަ ކިތަންމެ އެއްޗެއް ހޯދައިދޭ ނަމަވެސް އެތަކެތި މިއަލް ބޭނުންކުރަންފެށީ ވަރަށް ފަހަކަށް އައިހެވެ. ކުޑަކޮށް މޭކަޕް ކޮށްލުމަށް ފަހު ތުންފަތުގައި ލިޕްގްލޮސްއެއް ޖައްސާލަމުން މިއަލް ސެންޓު ބުރުވާލިއެވެ. އަދި އެނދުގައި އިށީނދެލަމުން ސަފީނާގެ ފޮޓޯގަނޑު ނެގިއެވެ. އަދި ގާތުގައި އެ ބާއްވާލަމުން ގިޓާރ ނަގައިގެން މަޑުމަޑުން ކުޅެންފެށިއެވެ. ހިތްގައިމު ރާގެއް ލަސްލަހުން ކުޅެމުން އޭނާ ދިޔައެވެ.
އޭނައަށް އެވަރަށް މި ތައްޔާރުވެވެނީ ކީއްވެގެންކަން އަމިއްލައަށް ވެސް އެނގެއެވެ. އެކަން އިހުސާސް ވީ ނަމަވެސް ދުލުން އަމިއްލަ ޟަމީރަށް ވެސް އެއްބަސްވާން މިއަލް ނޭދެނީއެވެ. އޭނާ ލޯބިވާ އެންމެން އޭނާ ދޫކޮށް ދާތީއެވެ. މަންމައަށް ފަހު މާމައެވެ. މިހާރުވެސް އޭނާ މިހުރީ ލޯބިވާ ފަރާތްތަކާއި ދުރަށް އައިހެވެ. އެ ހަޔާތަށް އިތުރު ފަރާތެއް އައިސް އެމީހަކާއި ވަކިނުވެވޭވަރު ވާއިރަށް އެފަރާތް ގެއްލިދާނެކަމުގެ ބިރު މިއަލްގެ ހިތުން ފިލައިގެން ނުދަނީއެވެ. އޭރުން އޭނާ ހަދާނީ ކިހިނެތްހެއްޔެވެ.؟ ހިތްހަލާކުވާން އެކަކު ވެސް ނޭދޭނެއެވެ. ހާއްސަކޮށް އެފަދަ ކަމެއް ތަކުރާރުކޮށް ތަޖުރިބާ ކުރެވިފައިވާ ފަރާތްތައް އަމުދުން ނޭދޭނެއެވެ.
ނިކުތްއިރު އަހުނަފް އާއި ތަނާ އިނީ ސައިބޯށެވެ. ކުޑަކުޑަ އިޒާއަށް ސްޓޯބެރީކޮޅެއް ކާންދެވޭތޯ އިން ހައިފާ ވެސް އިނީ ތައްޔާރު ވެގެންނެވެ. ނަވާޒު ބައިވެރިވާން ބޭނުންވި ނަމަވެސް ޓެސްޓް ޕޭޕަރުތައް ނިންމަން ޖެހޭތީ ސްކޫލްގައި ތާށިވި ވާހަކަ ހައިފާ އެންމެންނާއި ހިއްސާ ކޮށްލިއެވެ.
“ޝަފްވާނު ކޮބައިތަ.؟” ހައިފާ އެއްސެވެ. އެހެންޏާ މިފަދަ ކޮންމެ ކަމެއްގައި ޝަފްވާން އެއާއިލާ އާއެކީ ބައިވެރިވާން އަންނާތީއެވެ.
“އަހަރެމެން ނިކުންނަންދެން އެބައިން ބޭރުގައި.” އަހުނަފަށް ރަނގަޅަށް އެހެން ބުނެ ނުނިމެނީސް ހައިފާގެ އިތުރުން ތަނާ ވެސް އޭނާގެ ގައިގައި ބޮނޑިއެއް އަޅައިފިއެވެ. އަނގަޔަށް ލައިގެން އިން ބަޖިޔަލާއެކީގައި ވެސް އަހުނަފްގެ އަނގައިން އާހެއް ބޭރުވެގެން ދިޔައެވެ. ހަމަ އެސިކުންތުގައި އެއްލިފައި ދެމީހުންނަށް ވަކިވަކިން ބަލާލީ ތިމަންނަ ކުރީ ކީއްހޭ އަހާލާ ފަދައިންނެވެ.
“މީ އިންނުއަށްވުރެ ވެސް ކުޑަ ކުއްޖެއް ކަންނޭނގެ.” ހައިފާ ފުންނޭވާއެއް ދޫކޮށްލީ ބޯހޫރަމުންނެވެ.
“އަޅުގަނޑު ވެސް އެއްބަސް. ތިތަނުން ސްޓޯބެރީއެއް ނަގާ އަހޫއަށް ކަންނޭނގެ ލަވާ ކާންދޭންވީ. ނޫނޭވާ ނެޕީ ވެސް ޖައްސުވަންވީ މީނަގެ..” ތަނާ ވެސް އެއްބަސްވެލީ ކުދި ކިޔަމުންނެވެ. އަހުނަފް އަދިވެސް އިނީ އޭނާ ކުށްވެރިވީ ސަބަބު ނޭނގިގެންނެވެ. ބުނި ކުރު ޖުމްލައަކާ ހުރެ އޭނާ އެންމެ ލޯބިވާ ދެ އަންހެނުންގެ ކިބައިން ދެ ބޮނޑީގެ ވޭން ތަހަންމަލު ކުރަން ޖެހިއްޖެއެވެ.
“އެލް ދޭބަލަ އޭނަ ކައިރީ ސައިބޯން އަންނާށޭ ބުނަން. އަޖައިބެއް ކަހަލަ ދަރިއެއްނު މަށަށް ލިބިފައި މިހުރީ.. އެންމެ ގާތް އެކުވެރިޔާ ގެނެސް ސައިފޮދެއް ވެސް ނުދީ ބޭރުގައި ބައިންދަން.” ހައިފާ ބުނެލިއެވެ. އިޒާ ގާތަށް ވެސް ހިނިއައިސްގެން ހޭންފެށިއެވެ. ރަނގަޅަށް ވާނުވާ ނޭނގުނުކަމުގައި ވިޔަސް އަހުނަފަށް ކުދިކިޔަން ފެށުމުން އެކުއްޖާއަށް ވެސް މަޖާވީއެވެ.
“ތެދެކޭ އަހުނަފް. ކޮބާތަ ޔޯ ސެންސް އޮފް… މެހެމާންދާރީ..؟” އަލަށް މާނަ ދަސްވީ ދިވެހިބަހެއް ތަނާ ބޭނުންކޮށްލިއެވެ. އަހުނަފް ވަގުތުން އަނގަ ސަކަރާތްވެގެން ބޯ ކަހަންފެށިއެވެ. ތަނާއަށް ހުއްޓުމެއްނެތި މަލާމާތްކުރަނިކޮށް މިއަދު ލަނޑެއް އެ ލިބުނީ އޭނައަށެވެ.
ހިނިއައިސްފައި މިއަލް ބޭރަށް ނިކުތެވެ. ދޮރާށި ހުޅުވާ ބޭރަށް ބޯދިއްކޮށްލި މިއަލްއަށް އިތުރަށް ހޯދާކަށް ނުޖެހުނެވެ. ސީދާ ގޭ ބޭރުގައި ޕާރކު ކޮށްލާފައިވާ ކާރުގައި ކޮންމެވެސް ލަވައަކަށް ބޯހަލުވަން އިން ޝަފްވާން ފެނިއްޖެއެވެ. އެއާއެކު ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. މިއަލްއަށް ހާއްސަކޮށް ޝަފްވާންގެ އިތުރު ހިއްސެއް ހުންނަނީ ކަންނޭނގެއެވެ. ގޮވާވެސް ނުލަނީސް އޭނާއަށް ފެނުމުންނެވެ. ޝަފްވާންގެ ތުންފަތުގައި ދެމިލި ހިނިތުންވުމުގެ ސަބަބުން މިއަލްއަށް ވެސް ހިނިތުންވެވުނެވެ. ނަމަވެސް އެކަން އަވަހަށް ފޮރުވާލީ ޝަފްވާނަށް ނުދެއްކުމަށެވެ. އަދި ސައިބޯން އަންނަން އެދުނެވެ. ހުރެވުނީ ބިމަށް ބަލަހައްޓައިގެންކަން އިހުސާސްވާވަރަށްވުރެ މިއަލް ހުރީ ފިނިވެފައެވެ.
ޝަފްވާން އައެވެ. އަދި މިއަލް އާއި ދާދި ގާތުގައި ހުއްޓުނެވެ. މިއަލް އެތެރެއަށް ވަންނަން ފައި ހިއްލާލިތަނާ ޝަފްވާންގެ މޫނަށް ބަލާލެވުނެވެ. ގަދަނޫކުލައިގެ ދެލޮލުގައި ޖެހި އޭނާ ހައްޔަރުވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އެދެލޮލަށް ގެއްލިފައި މިއަލްއަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭނގުނެވެ.
“ތިއަށް އަރައިގެންތަ ދަނީ.؟ ތީ ބިގްފުޓްތަ.؟” މިއަލްއަށް ބަލަން ހުރެ ޝަފްވާން އިޝާރާތްކޮށްލީ އޭނާ އަރައިގެން ހުރި ފައިވާނަށެވެ. އަވަސްކުރުމުގެ ނިޔަތުގައި އޭނާ ނިކުތީ ނަވާޒުގެ ފައިވާނަށް އަރައިގެންނެވެ. މިއަލްއަށް ހެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ. ދޮރާށި ހުޅުވަމުން މިއަލް އެތެރެއަށް ހިނގައިގަތީ ވަންނަން ތަން ދައްކަމުންނެވެ. ޝަފްވާން ފަހަތުން ގޮސް މިއަލްގެ ފައިވާނަށް އަރަން ފެށިއެވެ. ޖެއްސުމަށެވެ. ދެތިން ބުރަކު އަރިއަޅާލި ނަމަވެސް މިއަލް ނުވެއްޓި ބެލެންސް ކުރިއެވެ. ދެތިން ފަހަރަކު ޝަފްވާން ކުޑަކޮށް ފަހަތަށް ކޮއްޕާލާފައި އެކި އަރިއަރިއަށް ވެސް މިއަލް ހިނގަން ޖެހުނެވެ. އެންމެފަހުން ޝަފްވާންގެ ކިބައިން ސަލާމަތްވާން މިއަލް ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. ކޮށީގައި ތިބި ދޫނިތައް ވެސް ލަވަކިޔަންފެށީ މާހައުލު އިތުރަށް ފޯރިގަދަ ކޮށްލުމަށް ޓަކައި ކަންނޭނގެއެވެ. ގެއާއި އަރާ ހަމަވެ ހުއްޓާ ޝަފްވާން އެރިލެއް ބާރުކަމުން މިއަލް ވެއްޓެންދިޔައެވެެ.
ޝަފްވާނަށް މިއަލް ހިފެހެއްޓުނީ ކިރިޔާއެވެ. ފަހަތުން އެ އުނަގަނޑުގައި އަތްވަށާލިގޮތަށް ގެނެސް ގަޔާލާ ފިއްތާލެވުނީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ. އޭނާ އެހެން ހެދީ ނިކަން ބަލައިގެން ނަމަވެސް މިއަލް ވެއްޓިއްޖެއެވެ. ދެލޯ މަރާ ފިއްތާލައިގެން ހުރި މިއަލްއަށް ލޯހުޅުވާލެވުނުއިރު ވެސް ހިތް ދިޔައީ ޑަންޑަންލާފައި ތެޅެމުންނެވެ. އޭނާގެ އުނަގަނޑުގައި ވަށާލެވިފައިވާ އަތަށް އިތުރަށް ބާރުވީކަމުގެ އިހުސާސް ކުރެވުނު ހިނދު ޝަފްވާން ރަނގަޅަށް ގައިގައި ފަހަތުން ބައްދާލައިފިއެވެ. އޭނާގެ ދަތްދޮޅި މިއަލްގެ ކޮނޑުގައި ޖައްސާލިކަން އިހުސާސްވެ ގައިން ހީބިހި ނަގައިގަތެވެ.
“ހަމަ އެތެރެއަށް ދާންވީތަ..؟” ފުދޭވަރަކަށް ލަސްލަހުން އެހެން އަހާލިއިރު ޝަފްވާންގެ އަޑު އިހުނަށްވުރެ ފުންހެން މިއަލްއަށް ހީވިއެވެ.
“މިއާ..؟” ޖަވާބެއް ނައުމުން ޝަފްވާން ގޮވާލީ މިއަލްއާ ވީ ފަރާތަށް އެނބުރިލަމުންނެވެ. ހުރަހެއް ނެތި ޝަފްވާންގެ ހޫނު ނޭވާތައް ކަނދުރާގައި ބީހެން ފެށުމުން މިއަލްއަށް ލޯމަރާލެވުނެވެ.
މިއަލްގެ ހަރަކާތްތަކަށް ބަލަންހުރެ ޝަފްވާން މަޑުމަޑުން ހީނލިއެވެ. އެ މައުސޫމް ލޯބި އަންހެންކުއްޖާ އޭނާ ބޭނުމެވެ. މުޅި އުމުރަށެވެ. އިހުނަށްވުރެ ބާރަށް ބައްދާލާފައި އޭނާ މިއަލްގެ ގައިން ދޫކޮށްލީ ދޫކުރާ ހިތަކުންނެއް ނޫނެވެ. މިއަލްއަށް ބަލާލާފައި ޝަފްވާން ހީނލިއެވެ. އަދި ގެއަށް ވަންނަން ދޮރު ހުޅުވާލަދިނެވެ.
މިއަލް ހިނގައިގަތްތަނާ އަނެއްކާވެސް ނުވެއްޓުނީ ކިރިޔާއެވެ. ރަނގަޅަށް ބަލާލިއިރު ފައިވާން އޮތީ ވަދު ގޮސްފައެވެ. ދުލުގައި ދަތް އަޅާލަމުން އޭނާ ޝަފްވާނަށް ފައިވާން ދައްކާލިއެވެ. ބާރު ހިނިގަނޑެއް ޖަހާލާފައި ޝަފްވާން މިއަލް އަތުން އެ އަތުލިއެވެ. އަދި އޭނާ ވަދު ހަދައިދޭނަން ކަމުގައި ބުނެ މިއަލް އެތެރެއަށް ފޮނުވާލިއެވެ. ކޮންމެވެސް ގޮތަކުން އެ ފައިވާން ހަދާފައި ޝަފްވާން އެތެރެއަށް ވަނެވެ. ނަމަވެސް އެއީ ވަގުތީ ހައްލެއްކަން އޭނާއަށް އެނގެއެވެ. އަންނަން އުޅުނު ހިނިގަނޑު މަތަ ކުރަމުން ޝަފްވާން ހިނގައިގަތީ ނަވާޒު އެއަށް އަރާފައި ހިނގައިގަންނަ ވަގުތު ބިމަށް ގުޅައަކަށް ޖެހޭ ގޮތް ސިކުނޑީގައި ސިފަކުރެވުމުންނެވެ. އެކަމުން ވެސް އަންގައިދިނީ ޝަފްވާނާއި އެ އާއިލާ އާއި އޮތް ވަރުގަދަ ގުޅުމެވެ. ނަވާޒު އޭނާދެކެ ރުޅި ނާންނާނެކަން ޝަފްވާނަށް އެނގެއެވެ.
ޕާކަށް ދިޔުމާއެކު އިޒާ އުފަލުން މުޅި ތަނުގައި ދުވަނީއެވެ. ޝަފްވާނާއި މިއަލް ޕޮޕްކޯން ގަނެފައި އިޒާއަށް އެއްކޮތަޅު ދިނެވެ. އެކުއްޖާޔާ އެއްކޮށް ކުޅެކުޅެފައި ވަރުބަލިވެގެން ދެމީހުން ލެނގިލީ ސްލައިޑްގައެވެ. އޮލަ ވާހަކަ ފެށުނީ ދެނެވެ. ޝަފްވާން ހުއްޓުމެއް ނެތި ސުވާލު ކުރަމުން ދިޔައީ ގަޔާވެ ހުރެއެވެ. މިއަލްއާ ބެހޭގޮތުން އިތުރަށް ދަސްކުރަން އޭނާ ޝައުގުހުރި މިންވަރު އެކަމުން އެކަނި ވެސް އެނގުނެވެ. މިއަލް ވެސް ދިޔައީ ޖަވާބު ދެމުންނެވެ. ފުރަތަމަކޮޅު ބީރައްޓެހިކޮށް ވާހަކަ ދެކެވުނަސް އެފަރުދާ ކެހިގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ނުހަނު ގާތްކަމާއެކު ޝަފްވާނާ ވާހަކަދެއްކެން ފެށުނުއިރު މިއަލްއަށް ރޭކާވެސް ނުލިއެވެ. ހަޔާތުގެ އެކި ވާހަކަ ހިއްސާ ކުރަމުން ދިޔައިރު އެދެމެދުގައިވީ ގުޅުން ދިޔައީ ބަދަހިވަމުންނެވެ.
ޓީވީ އިން ކިޔަމުންދިޔަ އަށެއްގެ ޚަބަރު އަޑުއަހަން ނަވާލް އިނީ ބަސްހުސް ވެފައެވެ. އަލިފާނުގެ ހާދިސާ އަދިވެސް ނުހިނދެއެވެ. ދުނިޔެއަކީ ވަގުތީ ތަނެއްކަން އިހުސާސްވަނީ މިފަދަ ހިތާމަވެރި ކަންތައްތައް ހިނގުމުންނެވެ. ދުނިޔެއަށް އަލްވަދާއު ކިޔާނީ ކޮންއިރަކު ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ. ސޯފާގައި ލެނގިލާ ސީލިންގއަށް ބަލާލި ނަވާލްގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް އޭގެ މަގާމުން ދޫވިއެވެ. ގިސްލެވުނެވެ. ބޯހަރުކަންމަތީ އޭނާއަށް މި ކުރެވުނީ ކޮން ކަމެއް ހެއްޔެވެ.؟ މިޝްލާދެކެ އައި ރުޅި މިލީންއަށް ވެސް ބޭލުނީ ކީއްވެގެން ހެއްޔެވެ.؟ އޭނާ އެހެން ނުހެދިނަމަ މިލީން އާއި ބައްދަލު ކުރެވުނީހެވެ. ލޯބިވާ ދަރިފުޅަށް ހިތްފުރޭވަރަށް ލޯބި ދެވުނީހެވެ. އަދި މަންމައެއްގެ ލޯބިން އަނެއް ދެކުދިން މަހުރޫމު ކޮށް ނުލެވުނީހެވެ.
އެ މަންޒަރު ދެކެން ދޮރުކަނީގައި ލެނގިލައިގެން މިޝްލާ އިނީ ހިތްދަތިވެފައެވެ. އެ ދެލޮލުން އެންމެ ކަރުނައެއް ވެސް ނައެވެ. ރޮއިރޮއި މިހާރު އޭނާ ވަރުބަލިވެއްޖެއެވެ. ކަރުނަ ހުސްވަންދެން ރުޔަސް އޭނާގެ ފުރާނައިގެ އެއްބައިފަދަ އޭނާގެ މިލީން އަނބުރާ ދެނެއް ނާންނާނެއެވެ. އޭނާ މަޑުމަޑުން ހިނގާލާފައި ގޮސް ނަވާލްގެ ގާތު ސޯފާގައި އިށީނެވެ. އެއާއެކު ނަވާލް ސިހިފައި ބަލާލައިފިއެވެ. ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން މިޝްލާ ފެނި އޭނާ އެނބުރި ސޯފާގައި ލެނގިލައިފިއެވެ.
“އަހަރެން މިހުރީ އަޑު އަހަން ތައްޔާރަށް..” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ނަވާލް ވާހަކަ ދެއްކިއެވެ. އެދެމެދުގައިވީ ހަނގުރާމަތައް އެއްފަރާތަކަށް ޖައްސާފައި މިޝްލާ އެތަނަށް އައި ސަބަބު ބުނަން އޭނާ އެދުނެވެ. މި ވަގުތަކީ ޚާއްސަކޮށް މިޝްލާއަށް ދަތި ވަގުތަކަށް ވާނެކަން އެނގޭތީ ނަވާލް ޚިޔާރުކުރީ އެގޮތެވެ. ކިއަނާއާއެކު ރީއަލްވީ އެގޭގައި ކަމުން ދެމީހުންނަށް މިކަން ނިންމަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެއެވެ. މިޝްލާ އަޅައިގެން ހުރި ޝޯލް ރީތި ކޮށްލިއެވެ. އަދި ނަވާލާއި ކުރިމަތިލިއެވެ.
“މިއީ ޒައިހާން ނިޔާވުމުގެ ކުރިން އަހަރެންގެ ގާތު އެދުނު އެންމެ ފަހު ކަންތައް.. އޭނާގެ ފަހު ވަސިއްޔަތަކީ ނަވާލާއި އަހަރެން އެކުގައި މި ފޮތް ކިޔުން. މި ފޮތަކީ ކާކުގެ ކޮން ފޮތެއްކަމެއް ނޫނީ ޒާހު އަހަރެމެން ދެމީހުން މި ފޮތް ކިޔަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެ..” އަތްދަބަހުން އެ ފޮތް ނަގާ މިޝްލާ ދައްކާލިއެވެ. ކަޅު ބަނޑޭރިއެއްލާފައިވާ އެ ފޮތުން ދުވީ ވެސް އާސާރީ ވަހެކެވެ. އެ ފޮތަށް ބަލަން ހުރެފައި ނަވާލް އެ ފޮތް އަތުލައިފިއެވެ. އަދި ބޭރުގަނޑު ބަލާލިއެވެ. ކުޑަމިނުން ނަމެއް ނުވަތަ ސުރުޚީއެއް ނެތެވެ.
“މިޝްލާ ކިޔާ.. އަހަރެން އަޑު އަހާނަން..” ނަވާލް ސޯފާގައި ލެނގިލިއެވެ. މިލީންގެ މަރުގެ ވާހަކަ އެނގުމަށްފަހު ބޮލުގައި ނުފިލާ ރިހުމެއް ހުއްޓެވެ. މިޝްލާގެ ތުންފަތްމައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ނަވާލަކީ ދުވަހަކުވެސް ބޭނުންވެގެން ނުވަތަ އަމިއްލައަށް ފެނިގެން ފޮތެއްކީ މީހެއް ނޫނެވެ. ކުރީގެ ހަނދާންތައް އައިސް އޭނާ ވަށާލުމުގެ ކުރިން މިޝްލާ އޭނާގެ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި ފޮތް ހުޅުވާލީ ނުހަނު ބަލައިގެންނެވެ. ދުވަސްވީ ފޮތެއް ކަމުން ހީވަނީ ދެންމެދެންމޭން ހަލާކުވެދާނެހެންނެވެ.
ގަނޑަށް ވެސް ވަނީ ފާޑެއްގެ މުށިކުލައެއް އަރާފައެވެ. އެންމެ ފުރަތަމަ ސޮފްހާގެ އެންމެ މަތީގައި ވަނީ ތާރީޚެކެވެ. މިޝްލާ އެ ތާރީޚާއި މެދު ވިސްނާލިއެވެ. އެއީ ރީއަލް އުފަންވި ތާރީޚާއި ގާތް ތާރީޚެކެވެ. ލިޔެފައިވަނީ ތުނޑުފަލަ ދެލިގަދަ ގަލަމަކުންހެން ހީވެއެވެ.
“މިއަދަކީ އަހަރެންގެ ޒަމާންވީ ރަހުމަތްތެރިކަމަކަށް ނިމުމެއް އައި ދުވަހެވެ. ވާނީވެސް އެހެންނެވެ. ބަޔަކަށް ކުލަނެތް ހުވަފެންތަކެއް ދައްކާފައި ފުނޑުފުނޑުވީ އެމީހުން ކުރިމަގަށް ކުރި އުންމީދުތައް އެކަންޏެއް ނޫނެވެ. އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ހިތް ވެސް ހަލާކު ކޮށްލެވުނީއެވެ.”
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.





heehee balivejje ahunaf bai kiyaafa. 😂😂
dhuvasgadeh koffa fenun iru hama badhaleh nuve vrh furihama
Mi bai ves varah reethi dhen next bai ge inthizaaruga
Loveya yoon❤️
Hahah finally ahunaf ge scene ehh siu ah 🥹 Thankyou smm dear lym!!💕
CLOCK IT THANA LOL “SENSE OF MEHEMAANDHAARY” ALHUGA EDHUN KIRIYAA NUVETTUNY 🤣🤣🤣🤣🤣🤣 Ahu thanu coupel aissiya nuhee nudheveyneh episodegga varah salhi baeh mi hama kon irku dhen oih episode??..
hahahah omg!!😭 they’re a match made in heaven frr🥹 next part insha allah 13th Jan vaa tuesday ga! Thankyou smm dear 💕
reethi baeh mee
Thankyou sm mary tgc!! 💕
Loved this part 💗💗
Zaihaan ge diary tha e black book aky?
So curious.. pls dont tell me navaal aa mmishla medhah vany zaihaan ey😟
V.v.v.reethi keep it up
Love you yoonsis💗💗
Lets see dhww next parts ge therein more about the black book!! Thankyou smm Zuka Lym dear! 💕
Can’t wait for the next part vrh engen beynun e fothuge hageegai
Lots of love yoon
Tgc of youself
Yess, Lots of love back to you💕 You too tgc naa Thankyou smm!
Shafwaan haadha romantic ey maves beynun ekahala meeheh yoon
ahahahah 😭💕 Thankyouu sm dear tgc!
Vrh reethi mi baives. Masha allah 🫶🏼 Curiously waiting for next!
Thankyouu sm Rauu 💕 Tgc dear!!
Not one single boring episode i dk how u do it
cant wait <333whn nxt?
my friend told me to lyk all prts were osm<333
Aww so happy to hear that thankyou smm springbloom💕 Next insha allah 13th ga
a bigbiigg thanks to your friend asw!! 🥹
Mial gaathu buneba its ok eyh lowbiviyas..Shawfwaana gulhuvaba mishal ah eyna nudheythi
Biggest fan of urs…#teamyoon…..waiting for the next
I love you pretty girl
Yess dhww mial its okay to love!!😓 Hahahah lets see dhww!
Thankyouu sm zain lym dear💕
Kon dhemafiriyeh…? New characters tha….? As always this part is so nice
Love you so so sooo much yoon❤️❤️❤️
Mial ❎ Bigfoot ✅ Your witty humour is so funny
Kon dhemafiriyehbaa dhw😆 Lets see! Love you so so sooo much more dear thankyou sm!! 💕 HAHHAHA glad to know thatt tyy!
Mi part ves varah reethi shafwan and mial so cute. Keekey baa fothuga onnaanee? Curiously waiting for next part???
Aww Thankyouu sm Miss jennie!!💕 Lets see haha! Tgc dearr
Hey yoon I wanna tell you this
I am so proud of you… you write amazing stories. you have created such a friendly nice enviromment here for us readers. i feel like i can freely express myself& get the same amount of love back from you…. It is a great feelin. you treat us like we are more than readers…. i love your energy and you feel like a warm hug thru the screen… 🫂 We love you the way you are. i am happy you stayed the same way after the break…. each part keeps on making me curious and the details& effort u put in is just awesome..
This made my day sm better omg!🥹💕 Honestly, its all thanks to you readers for being so supportive and friendly! Not only do you all respect each other but you guys are also extremely united. I’m so happy you feel that way and i share the same exact feeling asw!! Receiving all those kind words from you guys brings me sm joy! Hearing this made me really happy. Thank you so so much Malaaha! 💕
Yoon pro story ah liyaan tha???
v.reethi part eh lysm
Nope haven’t thought about it. Pro stories really is a great opportunity and a boost of motivation for all authors, provided by esfiya site! 💕 Although its an ideal chance, i understand that there are many readers who arent able to read pro stories. Therefore, i have planned to continue writing normal koh and share my stories with everyone!
Thankyou sm oosh!! Lym dear💕
Varah habeys mi part ves queen
Thankyou sm idhaan 💕 Tgc!!
Hey Yoon,
Maasha allah mi part vx v.v reethi
Omg “WHERE IS YOUR SENSE OF…MEHUMAANDHAAREE ?!?!”
I am so tired of reading ahunaf n thanaa part 🤣🤣🤣🤣🤣🤣🤣🤣🤣
And shafwaaam haadha romantic ey dhw
But I don’t understand one thing tho
….mileen adhi mareh nuvay dhww…
Am I right?? Or wrong??
Hii! Thankyouu sm Raajiha 💕 Haha im so glad you enjoyed it.
Yes you’re right. Milyn adhi mareh nuvey. It’s explained it part 17th 😊
She’s currently living under a fake identity with the name Maryam Mishal Zahir.
Thankyou sm for sharing your doubts, tgc dear!! 💕
Varahves reethi part eh…Goodjob sis ly