Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް އެދޭހާ ކަމެއް.. (24 ވަނަބައި)

Anya Level 310 Stories100 Login
January 7, 2026 12 Mins Read
8 Comments

“މިވަގުތަށް ގޮސްލީ. ޖޫލީ.. ދަނީ އެނގޭ” ރިއާން ޖޫލިޔާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ.

***********

ޒީވާމެންގެ ގެއިން އެނބުރި އައިސް ގެއަށް ވަނުމަށް ތައްޔާރުވެލި ޝައިނާއަށް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ދޮރުގެ ކުރިމަތީގައި ބާއްވައިފައިވާ މާބޮނޑިއާއި އަސްދޫނީގެ އިތުރުން ކަޕްކޭކް ފެނުނެވެ. ތަފާތަކީ އެހެން ދުވަސްދުވަހާ ހިލާފަށް މިއަދުގެ މާބޮނޑީގައިވާ ރީނދޫ ފިނިފެންމާތަކުގެ ފިޔަތަކުގެ ކޮޅުގައި ރަތް ކުލައެއް ހުރުމެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ޝައިނާ އެ ހިފައިގެން އެތެރެއަށްވަނެވެ.

“އަނެއްކާވެސް؟” ސޯފާގައި އޮށޯވެގެން އޮތް ޝިމާންއަށް ޝައިނާގެ އަތުގައިހުރި ސާމާނުތައް ފެނި އަހައިލެވުނެވެ. ޝައިނާ  ބޯ ޖަހައިލަމުން ޝިމާންގާތު ވަކިން ހުރި ގޮނޑީގައި އިށީނެވެ. އެދުވަހުގެ ނޯޓު ކިޔަން އިންްދައި ކުއްލިއަކަށްް ޝިމާންގެ އަޑު އިވުނެވެ.

“ޔެލޯ ރޯޒަސް ވިތް ރެޑް ޓިޕްސް.. ފްރެންޑްޝިޕް ޓަރނިންގް ޓު ލަވް” ޝިމާން ފަރުވާތެރިކަމާއެކު މާބޮނޑިއަށް ބަލައިލަމުން ބުންޏެވެ.

“ވަޓް؟ ޝިމާންއަށް ތި ހުރިހާ އެއްޗެއް އެނގެނީ ކިހިނެއް” ޝައިނާ މާބޮނޑި ޖަހައިގަތެވެ. އޭނާއަށްވެސް މަލާ ބެހޭގޮތުން ނޭނގޭ މައުލޫމާތެއް ޝިމާނަށް އެނގެނީ ކިހިނެއްހެއްޔެވެ؟

“އަހަރެންގެވެސް ގަރލްފްރެންޑެއް ހުރެޔޭ.. މަލާގުޅޭ ހޯމްވޯކް ހަދާނެއެއްނު. ގަބޫލު ނުކުރަންޏާ ގޫގުލް ކުރޭ” ޝިމާން އާދައިގެ ގޮތަކަށް ބުނެލިއެވެ. ބަދަލުގައި ޝިމާންއަށް ލޯ އަޅައިލުމަށްފަހު ޝައިނާގޮސް ކޮޓަރިއަށް ވަނެވެ. މިހާރު އެކޮޓަރީގެ ޑްރެސިންގްޓޭބަލާއި، އޭނާ ފަހަން ބޭނުންކުރާ މޭޒުމަތި ފުރައިލެވިފައިވަނީ ކޮންމެ ދުވަހަކު އޭނާއަށް ލިބެމުންދާ މަލުގެ ގުލްދަސްތާތަކުންނެވެ.

ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަލަމާރިން ދަމައިލި ކުޑަ ވަތްގަނޑަށް އަސްދޫނި ލިއެވެ. އެވަގުތު އެ ވަތްގަނޑުގައިހުރި ނޯޓުތަކަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ. އެންމެ ފުރަތަމަ ދުވަސް ފިޔަވައި ދެން ކޮންމެ ދުވަހަކުވެސް ލިބިފައިވަނީ ކުރުކުރު މާނަފުން ނޯޓުތަކެކެވެ. ޝައިނާ ހެވިފައި އިނދެ އެ ނޯޓުތައް ކިޔައި ނިންމައިލިއިރު އޭނާއަށް ރާހިލްގެ މޮޔަކަމާމެދު ވިސްނައި ހެވުނެވެ. ވަކިން ހާއްސަކޮށް އެއިން ކޮންމެ ނޯޓެއްގައި “ފްރެންޑް” އެ ލަފްޒު ބޭނުންކޮށްފައިވާ މަޖާޒީ ގޮތްފެނި ހީނލެވުނެވެ. ނަމަވެސް އެގޮތުގައި މާ ގިނައިރު ކުރުމެއްނެތި ނޯޓުތައް ކަބަޑަށްލައި ދޮރު ލެއްޕުމަށްފަހު އޭނާގެ ދުވަހާއިގެން ކުރިއަށް ދިޔައެވެ.

************

ނިދިފައި އޮތް ރިއާންއަށް ސިއްސައިގެންގޮސް ހޭލެވުނީ ބާލީސް ދަށުގައިއޮތް ފޯނު ރިންގުވާން ފެށުމުންނެވެ. “އެޗް.އާރް.މޯޑު”ގެ ނަމުން ސޭވް ކުރެވިފައިވާ ނަންބަރު ފެނި ފޫހިކަމާއެކު ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް ނިދުމުގެ ތެރެއަށް ފީނައިގަންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ހުއްޓުމެއްނެތި އަންނަމުންދިޔަ ކޯލުގެ ސަބަބުން އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

“ކީކޭ މޯޑު؟” ރިއާން ރުންކުރު ކަމާއެކު ފޯނަށް ޖަވާބުދިނެވެ.

“ރިއާން އޮފީހަށް ނާންނާތީ” އެކޮޅުން އިވުނު ޖަވާބާއެކު ރިއާންއަށް ފޫހިގޮތަކަށް ކަޅި އަނބުރައިލެވުނެވެ.

“އަޖައިބެއް ނުވާނެތަ؟ މަގޭ އޮފީހަކަށް މަ ނުގޮސްގެން މަ ވަޒީފާ ދީފަ ހުންނަ މީހަކު މަށަށް ގުޅާކަށް ނުޖެހޭނެއޭ. އެޗް.އާރެއް ނޫން ކޮންމެ މީހަކަސް” ރިއާން ހިތްހަމަ ނުޖެހިފައި ހަޅޭއްލަވައިގަތެވެ.

“ރިއާން.. ތި ހީވަނީ އަދި ގޯސްކޮށް. އަހަރެންނަށް ވެގެންވަންޏާ ރިއާން އަހަރެއް ވަންދެން އޮފީހަށް ނައިސް ހުއްޓަސް ހާލު ބަލާލަން ނޫނީ ނުގުޅާނަން. އަންނާށެކޭވެސް ނުބުނާނަން.. އެކަމަކު މިހާރު ހަފްތާއެއް ވީ.. އެކަކަށްވެސް ރިއާންއާ ގުޅޭ ގޮތެއް ނުވޭ.. ރިއާންގެ ސޮއި ހޯދަންހުރި ބައިވަރު ލިޔުންތައް ހުރީ ޕެންޑިންގްގަ.. މުވައްޒަފުން އައިސް ކޮށަނީ އަހަރެންގެ ބޮލުގަ” މޯޑު މަސައްކަތްކުރީ ރިއާންއަށް ވިސްނައިދެވޭތޯއެވެ.

“ބަލަ އަހަރެން ހަފްތާއެއް އޮފީހަށް ނުގޮސް ހުއްޓޭ ކިޔާފަ ވިޔަފާރި ހުއްޓެންޏާ އަހަރެން ކުރި ހުރިހާ މަސައްކަތެއް ބޭކާރެއްނު؟ ވެރިއެއްގެ ގޮތުގަ އަހަރެން ފެއިލްވީނު؟” ރިއާން އެނދުން ތެދުވެ ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ކިޗަން އައިލެންޑް މަތީގައި ބޭއްވި ފޯނު ސްޕީކަރަށްލުމަށްފަހު އުނަގަނޑުން ފައިބައިފައިވާ ޖީންސު އަރުވައިލިއެވެ. މީގެ ހަފްތާއެއްކުރިން ހެޔޮވަރަށް ހުރި އެ ޖީންސު މިހާރު ރިއާންގެ އުނަގަނޑުގައި ހަރުލަނީ ކިރިޔަކިރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އުނަގަނޑުން ތިރިއަށް ސޮއްސާލައިފާނެ ހެނެވެ.

“އެހެނެއް ނޫން ރިއާން.. ހުރިހާ ސްޓާފުންނަކީވެސް އިންޑަސްޓްރީ ލެވެލްގަ އެންމެ ޓްރެއިންޑް އެންމެ ރަނގަޅު ސްޓާފުން.. ރިއާން ނެތަސް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ… އެކަމަކު..”

“އެކަމަކު ކީއްވީ؟ މައްސަލައަކީ ކޮބާ؟” ރިއާން އައިސް-އަލަމާރިން ނެގި އާފަލުގައި ދަތް އަަޅައިލުމަށްފަހު އަތުގައި އޮތް ސިނގިރޭޓު ރޯ ކޮށްލިއެވެ.

“ރިއާން.. މައްސަލައަކީ ރިއާން މިތަނަށް އައިފަހުން އެއް މެނޭޖްމެންޓް ލޭޔަރ އެއްކޮށް ދުއްވާލާފަ ގިނަ ކަންކަން ރިއާންގެ ސީދާ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ހަމަޖެއްސީމަ.. މައްސަލައަކީ އިތުރު އެއްވެސް މީހަކަށް އިތުބާރު ކުރަން ބޭނުންނުވާތީ.. އެކަން ރިއާން އެގޮތަށް ހަމަ ޖެއްސިއިރު މިކަން މިހެން ވާނެކަމަށް ވިސްނާ ނުލެވުނީ ކަމަށްވެދާނެ.. ރިއާން އަހަރެއްވަންދެން ޗުއްޓީއެއް އަދި ސަލާމެއް ނުނަގާ ހަފްތާއަކު ހަތްދުވަސް މަސައްކަތްކުރީމަ ކުރިން އެކަކަށްވެސް އެކަން ފާހަގަ ނުވީ.. ސްޓާފުންނަށް އެ ދަތިތައް ދިމާނުވީ.. މީގެކުރިން ރިއާން ރާއްޖެއިން ބޭރުގަ ހުއްޓަސް މެއިލްއިންް ކޮންޓެކްޓް ކުރެވޭ. އެކަމު މި ހަފްތާ އެއްކޮށް މެއިލްވެސް އޮފްލައިންގަ. އަހަރެން މިހާރު އެބަ ކަންބޮޑުވޭ. ރިއާން އޯކޭތަ؟” މޯޑު އަހައިލިއެވެ.

“ހޫމް އަހަރެން ރަނގަޅޭ.. ކޮންމެހެން އަރޖެންޓް އެއްޗަކިއްޔާ މެއިލް ކޮށްލާ. އަހަރެން އީ ސިގްނެޗަރ ދޭނަން…” ރިއާން ފޯނު ކަނޑައިލިއެވެ. އެއަށްފަހު އަލުން އަނބުރާގޮސް ކޮޓަރީގެ އެނދުމައްޗަށް ވެއްޓިގަތެވެ.

އެ ކޮޓަރީގެ ތަރުތީބުވަނީ ގެއްލިފައެވެ. އެނދުގެ ބާލީސްތަކާއި ބެޑުޝީޓުތައް އެގޮތް މިގޮތަށް އެނދުމައްޗާއި ބިންމަތީގައި ހޫރާލެވިފައި ހުއްޓެވެ. އެނދާ އިންވެގެންހުރި ސައިޑް ކަބަޑުގެ މަތީގައި ހުސްކުރި ކޮފީއާގެން ހިކިފައިވާ ޖޯޑުތައް ފުނިޖެހިފައިވާއިރު ބިންމަތި ފުރާލެވިފައިވަނީ ހުސްކޮށްފައިވާ ލުއިކާނާ ޕެކެޓުތަކުންނާއި ސިނގިރޭޓް ފިލްޓަރުތަކުން އަދި ކައިފައިވާ އާފަލުތަކުގެ ކަރުގަނޑުތަކުންނެވެ. އެ ކޮޓަރި ފެނުނު މީހަކަށް އެއީ އިންސާނަކު ދިރިއުޅޭ ތަނެއްބާއޭ ސުވާލު އުފެދޭ ދަރަޖައަށް ކޮޓަރީގެ ހާލަތުވަނީ ވެއްޓިފައެވެ. ވަކިން ހާއްސަކޮށް އެއީ ރިއާންފަދަ ޝަހްސުހުރި “ބޭފުޅެެއް” އުޅޭ ތަނެއް ކަމުގައި ބުނެފިނަމަ ގަބޫލުކުރާނެ އެކަކުވެސް ނުހުންނާނެކަން ގައިމެވެ. ނަމަވެސް އެތަނުގެ ހާލަތަކަށް ރިއާންގެ ފަރުވާލެއް ނެތް ކަހަލައެވެ. ފަހަރެއްގައި އެކޮޓަރިއަށްވުރެން ބޮޑަށް އޭނާގެ ހަޔާތަށް ލޮޅުން އަންނަމުންދާކަމުގެ އިހުސާސް އޭނާއަށް ކުރެވެނީ ކަމުގައި ވެދާނެއެވެ. އެއީ ކީއްވެގެން ކުރެވޭ އިހުސާސެއްކަމެއް އޭނާއަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ޒީވާއާއެކު ހިނގައިދިޔަ ކުރިމަތިލުމުގައި ޒީވާގެ ފަރާތުން އިވުނު ބަސްތަކަށްފަހު އޭނާއަށް ދިރިއުޅުން ކުރިއަށް ގެންދަން އުނދަގޫވެފައިވާކަމެވެ. މަސައްކަތަށް ސަމާލުކަންދޭން އުނދަގޫވެފައިވާ ކަމެވެ. އޭނާގެ ސިކުނޑީގައި އެއްވެސް ކަމަކާމެދު ވިސްނާނެހާ ހިތްވަރު ނެތް ކަހަލައެވެ. ފިކުރު ކުރަމުންދާކަމުގެ ނިޝާންތައް އިހަށްވުރެން އަނަރޫފަވެފައިވާ އޭނާގެ ހަށިގަނޑުންވެސް ފެންނަން ހުއްޓެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި ފަރުވާކުޑަކޮށްލެވިފައިވާ ތުނބުޅީގެ ސަބަބުން މީހާގެ ސިފަވަނީ ގެއްލިފައެވެ.

ބޮލުގައި އުފެދިފައިވާ ގަދަ ރިހުމަށް ކެތްކުރަމުން ރިއާން ފޯނު ނަގައި އޭގައިވާ ނަންބަރަކަށް މެސެޖުކުރުމަށް ތައްޔާރުވިއެވެ. ހިނދުކޮޅަކަށްވިޔަސް ސިކުނޑީގައިވާ ހިޔާލުތަކުން ދުރުވެ އެހެން ދުނިޔެއަކަށް ނޭވާލާން ނަފްސު ގޮވަމުން ދިޔަކަހަލައެވެ. ނަމަވެސް އޭނާގެ ޟަމީރު އެކަމާ އެއްބަހެއް ނުވިއެވެ. މާޒީގައި ހެޑުނު ގޯސް ތަކުރާރު ކުރާކަށް ބޭނުމެއް ނުވިއެވެ. އެކަމާ މިހާ ދުރަށް އާދެވިފައިވަނިކޮށް ޝައިތާނާގެ ބަހަށް އިޖާބަދީ އަލުން އެމަގު ހިޔާރުކުރާކަށް  ބޭނުމެއް ނުވިއެވެ. އެހެންކަމުން އެނަންބަރު ފޯނުން ޑިލީޓް ކޮށްލުމަށްފަހު ބޯމަތީގައި ބާލީސް އަޅައިގެން އޮށޯތެވެ.

***********

އެޕަރޓްމެންޓްގެ ބެލް ރިންގުވާން ފެށުމާއެކު ޝައިނާ އަވަސް ފިޔަވަޅުތަކެއްގައިގޮސް ދޮރުހުޅުވައިލިއެވެ. ބޭރުގައިހުރި ރާހިލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އެތެރެއަށް ވަނުމަށް އިޝާރާތް ކުރިއެވެ.

“ޒީ ބުނެގެން އިޝީއާ ދެމީހުންގެ ހެދުން ބަލާ… މިގަޑީގަ ބްރޭކަށް އަންނާނެކަން އެނގޭތީ މި އައީ” ރާހިލް ކަރުގައި އޮތް ޓައި ދޫކޮށްލަމުން ވާހަކަދެއްކިއެވެ.

“ޔެސް ޔެސް.. ހަމަ ނުކުންނަަން އުޅެނިކޮށް ތިއައީ.. އާދޭ” ޝައިނާ ރާހިލްއާއެކު ގޮސް ކޮޓަރިއަށް ވަނެވެ. އަދި ފަހާފޮށި ކައިރީގައިހުރި ކޮތަޅެއް ނަގައި ރާހިލްއަށް އެ ދިއްކޮށްލިއެވެ. އޭރު ރާހިލް ހުރީ ޝައިނާގެ ކޮޓަރީގެ އެތަން މިތަނުގައި ބަހައްޓައިފައިވާ ޓުކުރި ތަކުގައިހުރި ފިނިފެންމާތަކަށް ބަލަން ހެވިފައެވެ.

“ރާހިލްގެ މާބަގީޗާއަށް މަރުހަބާ! ހަމަ ތެދެއް ރާހިލް. ދެން މިކަންތައް ހުއްޓަން ވެއްޖެއެއްނު.” ޝައިނާގެ ވާހަކައަށް ރާހިލް ސަމާލުކަން ދޭހެނެއް ހިއެއް ނުވެއެވެ.

“ރީއްޗެއް ނޫންތަ؟” ރާހިލް ކޮތަޅުގައި ހިފަމުން ޝައިނާއަށް ހިނިތުން ވެލިއެވެ. ޝައިނާ ދެފަރާތަށް ބޯ ހޫރައިލީ ރާހިލްއަށް ވިސްނައިދޭން އުޅުމަކީ ބޭކާރު ކަމެއްކަން އެނގުމުންނެވެ. އޭނާ ރާހިލްއާއެކު އެގެއިން ނުކުތުމަށް ހިނގައިގަތެވެ.

“އަހަރެން ގެންގޮސްދީފާނަން. ކާރުގަ މި އައީ. އެހާ ދުރަކު ނޫން ޕާކުވެސް ކުރީ” މަގުމައްޗަށް ނުކުމެވުމާއެކު ރާހިލް ޝައިނާގާތު ބުންޏެވެ. ޝައިނާ އެކަމާ އެއްބަސްވީ ޝިމާން ސައިކަލުގައި ގޮސްވުމުގެ ސަބަބުން އޭނާ ދާން ޖެހޭނީ ހިނގައިފައި ކަމަށްވާތީއެވެ.

ކާރުގައި ދެމީހުން އެންމެ ފުރަތަމަ މިސްރާބުޖެހީ ޒީވާމެން އުޅޭ ހޮސްޕިޓަލާ ދިމާލަށެވެ. އެ ހޮސްޕިޓަލްހުރި ހިސާބާ ގާތްވުމުން ޝައިނާ ޒީވާއަށް ފޯނުކުރީ އެކޮތަޅު ބަލައި ނުކުތުމަށެވެ. ހައިރާންކަމެއް ލިބުނީ ޒީވާއާއެކު އައިދަންވެސް ނުކުތުމުންނެވެ. އެދެމީހުން ޝައިނާ އިން ފަރާތުގެ ލޯގަނޑާއި ކައިރިވެލި ވަގުތު ރާހިލް އެ ލޯގަނޑު ތިރިކޮށްލައިދިނެވެ.

“އިޝީގެ ހެދުންވެސް އޮންނާނެދޯ… އައިދަން ޝައިއަށް ގޮވާލަން ބޭނުންވާތީ މި ގެނައީ.. ޝައި މަތިން މާބޮޑަށް މިސްވީއޯ..” ޒީވާ ޝައިނާ ދިން ކޮތަޅުގައި ހިފަމުން ބުންޏެވެ.

“އަޅޭ ދެޓްސް ސޯ ސްވީ–” ޝައިނާގެ ވާހަކަ ފުރިހަމަ ނުކުރެވެންދެން ރާހިލް ކާރުގެ ބިއްލޫރިގަނޑު މައްޗަށް ކަހައިލަމުން ކާރު ދުއްވައިލިއެވެ.

“ރިއަލީ ރާހިލް؟ ވާހަކައިގެ މެދުތެރެއިން ތިހެން ހަދާކަށް ނުވާނެއްނު” ޝައިނާ ބުންޏެވެ.

“ފަހަތުގަ ޓްރެފިކް އޮތީމަ” ރާހިލްގެ ވާހަކަ ޔަގީން ކުރުމަށްޓަކައި ޝައިނާ ފަހަތް ބަލައިލިއެވެ. އެތަނުގައި އެންމެ ދެރަ މިނުން ކާރެއްވެސް ނެތެވެ. ސައިކަލުތަކަށް ދެވޭނެހާ ހުސްޖާގަ މަގުގެ އެއް ފަޅީގައި އޮތްވެސްމެއެވެ. “އެހެންނޫނަސް. އަހަރެން ޝައިނާ ސަލާމަތް ކޮށްދިނީތީ ޝުކުރު އަދާކޮށްބަލަ… ޝައިނާ ކޮންމެހެން އޭނާއަށް ނައިސްވާކަށް ނުޖެހޭނެ. ހީ އިޒް ނޮޓް އިވަން ޔޯ ޓައިޕް” ރާހިލްގެ ވާހަކައަށް ޝައިނާގެ ސަމާލުކަން ހުއްޓުނެވެ.

“ރާހިލްއަށް ކިހިނެއް އެނގެނީ އެއީ އަހަރެންގެ ޓައިޕް ކަމެއް ނޫން ކަމެއް؟” ޝައިނާ ބުންޏެވެ.

“ހީ އިޒް ނަތިންގް ލައިކް މީ.. ސޯ ހީ އިޒް އޮބްވިއަސްލީ ނޮޓް ޔޯ ޓައިޕް” ޝައިނާގެ ބަސްހުއްޓުނެވެ. ރާހިލްގެ ޖަވާބަށް ދޭނެ ރައްދަކާމެދު ވިސްނާކަށްވެސް ނޭނގުނެވެ.

“ހާދަ ފޮންޏެކޭ ދޯ ތި ވަނީ.. ތިއީ ހީވާ ގޮތް… ރާހިލް އެތައް ގޮތަކުން އައިދަންއާ އެއްގޮތް” ޝައިނާ ބުންޏެވެ.

“މިސާލަކަށް؟” ރާހިލް ސުވާލު ކުރިއެވެ.

“ފުރަތަމަ ކަމަކަށް ތި ދެމީހުނަކީވެސް ފްލަރޓްކުރުމުގަ އަރާތިބި ދެމީހުން” ޝައިނާ ބުންޏެވެ.

“އައި އޭމް އަ ޗޭންޖްޑް މޭން އޯކޭ؟ މަޑުކޮށްބަ ތިބުނީ އައިދަން ޝައިނާއާ ފްލަރޓް ކުރެޔޭތަ؟” ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ.

“ސާބަހޭ.. އަހަރެން އައިދަންއަކާ ތި ހީކުރާހާ ގާތެއް ނޫނޭ. މި ކިޔަނީ ބާބެކިޔު އޮތް ދުވަހުގެ ވާހަކަ. ދެން ހެޔޮ. މާދަމާ ކޮންމެހެންވެސް ރިއާން ގެންނައްޗޭ.. ނޫނިއްޔާ އިޝްކޮގެ ޕްލޭން ފަނި ވާނެ.” ޝައިނާ ބުންޏެވެ.

“މި އިޝީވެސް ހާދަ ހެއްވައޭ ދޯ.. އަދި ކިރިޔާ އެޑަލްޓަކަށްވީ އެކަމަކު މިހާރުވެސް އަހަރުމެން އެންމެންގެ ތެރޭގަ އެ ބޮސީވަނީ އޭނަ” ރާހިލް ބުންޏެވެ. އޭރު އެމީހުނަށް އާރް.އެލްގެ ބިލްޑިންގްއާ ހިސާބަށް އާދެވިއްޖެއެވެ.

“އިޝީގެ ދޮންތަގެ ވެޑިންގޭ.. އިޝީ މަޖާކުރަން ބަހައްޓަބަލަ.. ކީއްވެ މިތަނަށް ކާރު ތި ވައްދަނީ؟” އާރް.އެލްގެ ޕާކިންގް ޒޯނަށް ރާހިލްގެ ކާރު ވައްދަން ފެށުމާއެކު ޝައިނާ ސުވާލު ކުރިއެވެ.

“ރިއާން އުޅޭތޯ ބަލާލަން ވަދެލަން މި ދަނީ..” ރާހިލް ބުންޏެވެ. އޭނާއަށް ރިއާންގެ ފޯނަށް ނުގުޅޭތާ ހަފްތާއެއްވުމާ ގާތްވަނީއެވެ.

ކާރު ޕާކުކޮށްލުމަށްފަހު ދެމީހުން އެކުގައި އާރް.އެލް އިމާރާތަށްވަނުމަށް ހިނގައިގަތެވެ. ޝައިނާ އޭނާ މަސައްކަތްކުރާ ފަންގިފިލާއަށް ދިޔުމަށް އަވަސްވެގަތްއިރު ރާހިލް ދިޔައީ ރިއާންގެ ކެބިން ހުންނަ ފަންގިފިލާއަށެވެ.

“ހައި ނީމް…ރިއާން އުޅޭތަ؟” ކެބިންގެ ބޭރުގައި އިން ރިއާންގެ އެސިސްޓެންޓްގާތު ރާހިލް އަހައިލިއެވެ. އެކުއްޖާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ.

“ރިއާން އައިމަ ބުނާތި އަހަރެން އެތެރޭގަ އެބަ އިނޭ” ރާހިލް ކެބިންގެ ދޮރު އެތެރެއަށް ކޮށްޕައިލަމުން ބުންޏެވެ.

“ސަރ މިހަފްތާގަ އޮފީހަކަށް ނުދުރުވޭ” ނީމްގެ ޖަވާބާއެކު ރާހިލްގެ ފިޔަަވަޅުތައް މަޑު ޖެހިލިއެވެ.

“ވަޓް؟ ރިއާން؟ އޮފީހަށް ނާދޭ؟ ޔަގީންތަ؟” ރާހިލްއަކަށް ގަބޫލެއް ނުކުރެވުނެވެ. ހަށިގަނޑުގަ ނޭވާ ހިނގާހާ ހިނދަކު ރިއާން އޮފީހަށް ނައިސް ނުހުންނާނެއެވެ.

“ލައްބަ.. ކުރީދުވަހު އަޅުގަނޑު ގުޅާލީމަ މެސެޖްކުރި ޑޫ ނޮޓް ޑިސްޓަރބް ޖަހާފަ” ނީމް އިތުރަށް އޮޅުން ފިލުވައިދިނެވެ.

“އޯކޭ.. އަހަރެން ގުޅާލާނަން” ރާހިލް ފޯނުނަގައި ރިއާންގެ ނަންބަރަށް ގުޅައިލަމުން ބުންޏެވެ. އަށެއްކަ ފަހަރު ގުޅުނު އިރުވެސް ރިއާންގެ ފޯނަކުން ޖަވާބެއް ނުދެއެވެ. ރާހިލްގެ ސިކުނޑީގައި ސުވާލުތައް ފުނި ޖެހެމުން ދިޔައެވެ. ކައިވެންޏަށް މިހާ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިއާން މި ގެއްލުނީ ކޮންތާކަށް ހެއްޔެވެ. ޗުއްޓީއަކަށް ރިސޯޓަކަށް ދިޔައީބާއެވެ. ހިތާހިތުން ރިއާން ރާއްޖޭގަ ހުރިތޯ ދުއާކުރަމުން ރާހިލް ކާރުގައި މިސްރާބުޖެހީ ރިއާން އުޅޭ އެޕްރޓްމެންޓަށް ދިޔުމަށެވެ.

ވިއްސަކަށް މިނެޓުފަހުން ރާހިލް ހުރީ ރިއާން އުޅޭ އެޕަރޓްމެންޓްގެ ދޮރުމަތީގައެވެ. ވޮލެޓުގައިވާ ކީކާޑު ނަގައި ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ހިނގައިގަތެވެ. މައިދޮރު ނިވައިވާނެހެން ހުރި ތަނބުގެ ބިއްދޮށުން ނުކުމެވުނު ވަގުތު އެތަން އޮތް ހާލަތު ފެނި ރާހިލްގެ ދެލޯ ނިތްކުރިއަށް ނޭރީ ހަމަ ކިރިޔާއެވެ. ސޯފާގެ މައްޗަށް އެއްލައިލެވިފައިވާ ރަޖަލާއި، ކޮފީމޭޒުމަތީގައި ހުސްކޮށްފައިހުރި ރެޑްބުލްދަޅުތަކާއި، ސިނގިރޭޓު ފޮށިތައް ފެނި މިއީ ހަމަ ރިއާން ދިރިއުޅޭ ތަންބާއޭ  ހިތަށް އެރިއެވެ. ރިއާންގެ ހާލާމެދު ކަންބޮޑުވެފައިހުރެ ރާހިލްގޮސް ރިއާން ނިދާ ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށިއެވެ.

“ރިއާން.. އޭތް.. ދޮރު ހުޅުވަބަލަ.. ރިއާން… ރިއާން..” ދެތިން ފަހަރަކު ގޮވައިލުމުންވެސް ޖަވާބެއް ނުލިބުމުން ރާހިލް ތަންކޮޅެއް ބާރަށް ދޮރުގައި ތަޅައިގަތެވެ. އިރުކޮޅެއް ފަހުން ރިއާން ނިދި މޫނަކާއެކު ދޮރު ހުޅުވައިލިއެވެ. ދެލޯ ކުޑަކޮށްލަމުން ކުރިމަތީގައިހުރި ރާހިލްއަށް ބަަލައިލިއިރު ރިއާންއަށް ކޮޅަށް ހުރުންވެސް ދަތިކަމަކަށް ވެފައިވާ ކަހަލައެވެ.

އެއްވެސް ހަމައެއްނެތި ދެފަރާތައް ކިރިލަ ކިރިލާހުރި ރިއާންފެނި ރާހިލްގެ ނިތަށް ރޫތައް ގިނަވިއެވެ. ރިއާން ކޮށްޕައިލުމަށްފަހު ތެޅިތެޅިއޮތް ހިތަކާއެކު އެކޮޓަރީގެ ތެރެއަށް ވަދެގަތީ އޭނާގެ ހިތް އެ ބިރުގަންނަފަދަ މަންޒަރެއް އެތަނުން ނުފެންނާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރީގެ ހާލަތުފެނި އޭނާގެ ހިތުގައިވި ވަހުމުތައް އިތުރަށް ފުންވިއެވެ.

“ވަޓް ދަ ހެލް ރާހިލް! ނުވެއްޓުނީ ކިރިޔާއޭ!” ރާހިލް ކޮށްޕައިލުމުގެ ސަބަބުން އަރި އަޅައިލި ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ކިހިނެއްވީ؟ ހަފްތާއެއްވަންދެން މިތާ އޮވެ ކީއް ތިކުރަނީ؟ ރިއާން… އަހަރެންނަށް މި ހީކުރެވޭ ކަންތަކަކީ ދޮގެކޭ ބުނޭ” ރާހިލްގެ ވާހަކަ ރިއާންއަކަށް ފަހުމެއް ނުވިއެވެ. “ކޮންކަމެއްތަ؟” އޭނާ އަހައިލިއެވެ.

“ރިއާން.. އަރ ޔޫ ބެކް ޓު ޔޯރ އޯލްޑް ހެބިޓްސް. ޑިޑް… ޑިޑް ޔޫ ރީލާޕްސް؟” ރާހިލްއަށް ހިންދިރުވައިލެވުނެވެ. ޒީވާއާ ކައިވެނިކުރުމަށް އެހާ ގާތްވެފައި އޮއްވައި ރިއާންގެ ފަރާތުން އެކަހަލަ ކަމެެއް ފެނިދާނެތީ އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. ރިއާންއަށް ދެންވެސް ރާހިލް ބުނި އެއްޗެއް ފަހުމްވީ އިރުކޮޅެއް ފަހުންނެވެ. ހަމައެއާއެކު އޭނާގެ ނިދިވެސް ފިލައިދިޔައެވެ. ވަގުތުން ރާހިލްގެ ވާހަކައާމެދު ހިތްހަމަ ނުޖެހުނެވެ.

“ވަޓް؟ ނޫން!! ރާހިލް ތިކަހަލަ އެއްޗެއް ހިތަށްވެސް އަރަންވީ ކީއްވެ؟ އައި ހޭވް ބީން ކްލީން ފޯ ސިކްސް.. އައި މީން.. ސެވެން ޑޭމްންޑް އިޔަރސް މޭން. އަދިވެސް އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟” ރިއާންގެ އަޑުގައިވާ ސާބިތުކަމުން އޭނާއަށް ރިއާން އެ ހެދީ ތެދުކަން ޔަގީން ވިއެވެ.

“އޯކޭ އޯކޭ ސޮރީ.. އަހަރެން އަސްލު ހާސްވީ.. ގެއަށް އައިއިރު މިހެން އޮތީމަ.. ކޮޓަރިވެސް.. ދެންމެ ތި އޮފީހަށް ވަދެލިއިރަށް ނީމް ބުނީ ރިއާން އޮފީހަށް ނާންނަތާ ހަފްތާއެއްވީއޭ..” ރާހިލް ބުންޏެވެ.

“އަޖައިބެއް ދޯ.. އެހެންތާކު ވަޒީފާގަ އުޅުނަސް ކޮންމެހެންވެސް އާރް.އެލްއަށް ވަންނަން ޖެހޭދޯ” ރިއާން ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.

“ކީއްކުރާނީ؟ ހިތް އޮތީ އެތަނުގައޭ..” ރާހިލް ހުވަފެނީ ރާގެއްގައި ބުންޏެވެ.

“ހިތޭ ތި ކިޔަނީ އެ އޮފީހުގަ އުޅޭ ފަސްފޫޓޫ ފަސް އިންޗީގެ ރުޅިގަދަ ‘ސަންތި’ އަކަށްތަ؟” ރިއާން އައިސްއަލަމާރި ހުޅުވައިލުމަށްފަހު އާފަލެއް ނަގައިގެން ބެލްކަންޏަށް ނުކުމެ ސިނގިރޭޓެއް ރޯކޮށްލިއެވެ. ރާހިލްއަށް އެކަމުން ލިބިގެންދިޔަ ހައިރާންކަން ސިއްރެއް ނުކުރެވުނެވެ. ރާހިލް ރިއާންގާތަށް ގޮސް ބެލްކަނީގެ ރެއިލިންގްގައި ބުރަކަށި ޖައްސައިލިއެވެ. ރިއާންގެ އެއްއަތުގައި އޮތް އާފަލާއި އަނެއް އަތުގައި އޮތް ސިނގިރޭޓަށް ބަލައިލަމުން ނިތްއަރުވައިލީ ކޮންފަދަ ކަމެއްހޭ އަހައިލާ މޭރުމަކުންނެވެ.

“އޭން އެޕަލް އަ ޑޭ.. ކީޕްސް ދަ ޑޮކްޓަރ އަވޭ” ރިއާން އަތުގައި އޮތް އާފަލު ރާހިލްއަށް ދައްކައިލިއެވެ. އަދި އެތެރެއަށް ދަމައިލި ސިނގިރޭޓުގެ ދުންތައް ބޭރުކޮށްލަމުން އާފަލުގައި ދަތް އަޅައިލިއެވެ.

“މުޅި ގެ ފުރާ މި އޮތީ ރިއާން ހުސްކޮށްފަހުރި ލުއިކާނާއާއި ދަޅާއި ސިނގިރޭޓު ފޮށިތައް.. ބަޓް ޝުއަރ.. އެން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ ރައިޓް؟” ރާހިލް ދެފަރާތައް ބޯ ހޫރައިލިއެވެ. ރިއާންގެ ފަރާތުން އެެއްވެސް ރައްދެއް ނުލިބުނެވެ.

“ބުނަން.. ތިހެން އަނގައިން ނުބުނެ ހުރެގެން އަހަރެންނަށް އެއްވެސް ކަމެއް ފޮރުވޭނޭ ހީނުކުރައްޗޭ.. އަހަރެން ރިއާން ދަންނަން ފެށީ އިއްޔެއަކު މިއަދަކު ނޫން.. އަހަރެންނަށް އެނގޭ އެއްކަމަކީ ރިއާންއަކީ ސާފުތާހިރު މީހެއްކަން. އަހަރެންނަށްވެސް ދެންމެ ގޯސް މާނައަކުން ވިސްނުނީ އެހެންވެ. މިއީ ރިއާންގެ އަސްލު ސިފައެއް ނޫން.. ރިއާން ނިކަން އަމިއްލަ ލޮލުން ދެކިބަލަ މިތަން އޮތް ގޮތް. ހުދު އަމިއްލަ މީހާ ހުރިގޮތް.. ރިއާން އެންމެ ފަހުން ފެންވެރި ދުވަހެއް ހަނދާން އެބަހުރިތަ؟ ޕްރޮޕަރ މީލްއެއް ކެއި ދުވަހެއް ހަނދާން އެބަހުރިތަ؟”

“ހުކުރު ދުވަހުގެރޭ ބައްޕަމެން ގޭގަ ނިދާފަ.. ހޮނިހިރު ދުވަހު މެންދުރު ފެންވަރައިން ކައިގެން އައީ” ރިއާންގެ ޖަވާބު އިވުމާއެކު ރާހިލް ހިމޭންވިއެވެ.

“އެގޭގަ ކަމެއް ހިނގީތަ؟” ރާހިލް ފުން ވިސްނުމަކަށްފަހު އަހައިލިއެވެ.

“ނޫން.. ބުނަމާ ދެން މިދުވަސްކޮޅު އަހަރެން ކުޑަ ކަންތައްގަނޑަކާ ޑީލް ކުރަނީއޭ އޯކޭ؟” ރިއާން އެވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނުވިއެވެ.

“ދެން މިއީތަ ތި ޑީލް ކުރާ ގޮތަކީ؟ ކަމޯން ރިއާން މި ދެން ޓީނޭޖް އުމުރެއް ނޫނެއްނު.. ތިއީ އަދި ކޮންމެ ކަމަކަށްވިޔަސް ނިކަން އަހަރެންނާވެސް ހިއްސާ ކުރެވޭނެއެއްނު.. ޕުޓް އޮން އަ ސްމައިލް އެންޑް ގެޓް އައުޓް ދެއަރ.. ލިވް..ލާފް..ލަވް” ރާހިލް އޭނާގެ އުފާވެރި ރާގުގައި ބުނެލިއެވެ.

“ލައިފް އިޒް ނޮޓް އޯލް ސަންޝައިން އެންޑް ރެއިންބޯޒް ބްރަދަރ” ރިއާން ރައްދުގައި ބުނެލިއެވެ.

“އިފް އިޓްސް ރެއިނިންގް ބީ ދަ ސަންޝައިން އެންޑް މޭކް އަ ރެއިންބޯ” ރާހިލް ރިއާންގެ ކޮނޑުގައި ޖަހައިލަމުން ބުންޏެވެ. ރިއާން ބުމަ އަރުވައިލުމަށްފަހު ރާހިލްއަށް ބަލައިލިއެވެ.

“ގެޓް އައުޓް.. އައި ޑޯންޓް ވޮނަ ޑިސްކަސް ރެއިންބޯޒް ވިތް ޔޫ” ރިއާން ބޯ ހޫރައިލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.”އައިމް ބީންގް ސީރިއަސް. އައި ޑޯންޓް ހޭވް މޫޑް ފޯރ ކޮމްޕެނީ ސޯ ކުރަން އައި ތަހުގީގް ނިމުނީ ކަމަށްވަންޏާ ދޭ.. ގަބޫލު ނުކުރެވެންޏާ އޯކޭ ގެ ބަލާ ފާސް ކުރިޔަސް.. އަހަރެންގެ މައްސަލައެއް ނެތް. އެކައްޗެއްވެސް ނުފެންނާނެ” ރިއާން ސިޓިންގްރޫމްގައި ހުރި ސޯފާއަށް ވެއްޓިގަތުމަށްފަހު ދެލޯ މަރައިލިއެވެ. ބޮލާއި މޭގައި ހިފައިފައިވާ ރިހުން ކަނޑުވައިލުމަށްޓަކައި އަނެއްކާވެސް ނިދީގެ ތެރެއަށް ފީނައިގަތުމަށް ތައްޔާރުވެލިއެވެ.

“ނޫނޭ.. އަހަރެން އަސްލު އުޅުނީ ކަމަކު ކިޔަންވެގެން.. މާދަމައަށް ކަމެއް ރާވާފަ އެބައޮތްތަ؟” ރާހިލް ވަކިންހުރި ގޮނޑީގައި އިށީންނަމުން ސުވާލު ކުރިއެވެ.

“އައި ސްވެއަރ ރާހިލް! ދެން އިތުރަށް އަހަރެންގާތު އެންމެ ފަހަރަކުވެސް ޒީވާގެ ވެޑިންގްގެ ކަމަކު ކީއްޔާ އައިލް–” ރިއާން ލޯ މަރައިގެން އޮވެ ބުނި ޖުމްލަ ފުރިހަމަ ނުކުރެވެނީސް ރާހިލް ވާހަކަދެއްކިއެވެ.

“ޒީގެ ބްރައިޑަލް ޝަވަރ މާދަމާ އޮންނާތީވެ ހަވީރު އައިސްދޭށޭ ބުނަންވެގެން” ރިއާންއަށް ދެލޯ ހުޅުވައިލެވުނެވެ. އަދި ތެދުވެ ގޮނޑީގައި އިށީނުމަށްފަހު ރާހިލްއާ ކުރިމަތިލިއެވެ.

“ރާހިލް މޮޔަވީތަ؟ ތި ކަންކަމުގަ އުޅެނީ ހުސް އަންހެންވެރިންނޭ” ރިއާން ބުންޏެވެ.

“އަހަންނަށްވެސް އެނގެޔޭ.. ދެން އެކަމަކު އަހަރެންގާތު އެމީހުން ބުނެފި ފޮޓޯ ނަގާދޭން ދާން. އަހަރެން އެކަނިވެފަ ހުންނާކަށާ ބޭނުމެއް ނޫނޭ މޭން. މާދަމާ ޖައްސާލަދީބަ އަހަރެން ގުޅީމަ.” ރާހިލް އެދުނެވެ.

“ކޮންމެވެސް އެހެން މީހަކަށް ގުޅާ.. އަހަރެން ބިޒީ.. އަހަރެންނަކަށް ނުވާނެ ތިކަހަލަ ކޫސަނި ކަންކަމެއް.. އެހެންްނޫނަސް ރާހިލްގެ ކޮއްކޮއެއް ކައިވެނި ކުރާތީއޭ ކިޔާފަ އަހަރެން ދެން މިވީ ތި ހުރިހާ ކަމެއްގަ އުޅެންތަ؟ އަދި އެވެސް ރާހިލް އަހަރެންނަށް އިތުބާރު ނުކުރާކަން މިއަދު އެނގުމަށްފަހު” ރިއާން އަނެއްކާވެސް ރަޖާ އަޅަމުން ސޯފާގައި އޮށޯތެވެ.

“އަހަރެން ކިޔައިދީފިންދޯ އަހަރެންނަށް އެހެން ހީކުރެވުނު ސަބަބު. މާދަމާ އައިމަ ރިއާންއަށް އެނގޭނެ ހަގީގަތުގަ އަހަރެން ރިއާންއަށް އިތުބާރު ކުރަނީ ކިހާ މިންވަރަކަށްކަން. ސޯ އައި ވިލް ބީ އެކްސްޕެކްޓިންގް ޔޫ.. އެންޑް ޔާ.. އައުމުގެ ކުރިން ޓޭކް އަ ފަ*ންގް ޝަވަރ” ރާހިލް ގޮނޑިން ތެދުވެ ރިއާންގެ ރަޖަލަށް ދަމައިގަތެވެ.

“ދާށޭ..” ރާހިލް ދެއްކި ވާހަކައިގެ ސަބަބުން ރިއާންގެ ބޮލަށް އުނދަގޫވާންވފެށިއެވެ.

“އަހަރެން ނޫޅެމޭ މި މީދާ ކޮށްޓެއް ކަހަލަތާކު އިންނާކަށް…. ހަނދާންކޮށް މާދަމާ ފަހެއް ޖަހާއިރަށް ގެއަށް އަންނާތި. އަހަރެން ގުޅާނަން.” ރާހިލް އެޕަރޓްމެންޓްގެ ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ. “އަހަރެންނަށް ފެނޭ މި ސިނގިރޭޓުގެ ކަންތައްގަނޑުވެސް ރިއާން މަދުކުރަން. ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ” ބިންމަތީގައިހުރި ސިނގިރޭޓު ފިލްޓަރުތަކަށް ބަލައިލަމުން އޭނާ އިތުރު ކޮށްލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އެތަނުން ނުކުތެވެ.

***********

ހަމަޖެހިފައިވާ ގޮތުގެ މަތިން ޒީވާގެ “ބްރައިޑަލް ޝަވަރ” ގެ އިންތިޒާމުތައް ގޭގައި ކުރިއަށް ގެންދެވުނެވެ. ޖާގައިގެ ގޮތުން އެންމެ ތަނަވަހީ ރާހިލްގެ ކޮޓަރި ކަމުގައިވާތީ އެކަމަށްޓަކައި ތައްޔާރު ކުރުމަށް ނިންމީ އެ ކޮޓަރިއެވެ. ކިންގްސައިޒް އެނދުގައި ހުދު ބެޑްޝީޓެެއް އެޅުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ފުއްޕާފައިވާ ހަންތައް އެނދުމައްޗަށް އުކައިލިއެވެ. އަދި ބައެއް ހަންތަކަށް ހީލިއަމް އެޅުމަށްފަހު އެނދާ ދިމާލުން މައްޗަށް ދޫކޮށްލިއެވެ. ސީލިންގުގައި މައިތިރިވެފައިވާ ހަންތަކުގައި އައްސައިފައިވާ ރަންކުލައިގެ ރިބަންތައް އެނދަށްވުރެ ދެފޫޓެއްހާ މައްޗަށް ވެޔޮތަކެއްހެން ފައިބައިފައިވެއެވެ.

“ރާހިލް.. އަދިވެސް ރިއާންއަށް ނުގުޅެނީތަ؟” އެތަން ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅުނު ޝައިނާ ރާހިލްގާތަށް ޖެހިލަމުން އަހައިލިއެވެ. އޭރު ރާހިލް އުޅުނީ އެނދުގެ ކުރިމައްޗަށް ވާގޮތަށް ބެހެއްޓިފައިވާ ޓްރައިޕޮޑްގައި ކެމެރާ ސެޓް ކުރުމުގައެވެ.

“ވަރަށް ގުޅައިފިން. އަދި ނުނަގާ.. އަދި ދެތިން ފަހަރަކު ގުޅަން މަސައްކަތްކޮށްފަ ދާނީ އޭނަ ބަލާ” ރާހިލް ބުންޏެވެ.

“އަޅޭ.. ދެން ތި ބުނާހާ ވަގުތެއްވެސް ނެތް.. ކޭކުވެސް އެ އައީ މިހާރު.. އައިޝްއާއި ނާނިއާ.. ދޭބަ ކޭކު ބަލާ ތިރިއަށް.. ދަމުން އިޝީގާތު ބުނެލައްޗޭ ޒީ ގޮވައިގެން އަންނާށޭ” ޝައިނާ އެތަނުގައި އުޅުނު ދެކުދިންނަށް އިރުޝާދު ދިނެވެ. އެއީ ޒީވާއާ އެއްކޮށް ނަރުހުންގެ ގޮތުގައި މަސައްކަތްކުރާ ޒީވާގެ ގާތް ދެ އެކުވެރިންނެވެ. ޝައިނާއާ މާބޮޑު ގުޅުމެއްނެތް ދެކުދިން ކަމުގައި ވިޔަސް ފެނިދެނިވެ އުޅޭ ދެކުދިން ކަމުގައި ވާތީ އެދުވަހުގެ އުފަލުގައި އެދެކުދިންވެސް ބައިވެރިކުރުމަށް ޝައިނާ ނިންމީއެވެ.

ކޭކު ހިފައިގެން އައިތާ ގިނައިރެއްނުވެ ޒީވާއާއި އިޝްވާވެސް އެތަނަށް އަތުވެެއްޖެއެވެ. އެއާއެކު އެތަނުގައި ތިބި އެންމެން އެކުގައި “ސަރޕްރައިޒް” އޭ ގޮވައިލިއެވެ.

“އަހަހަހަ. ތެންކްޔޫ ގައިޒް.. މި ހެދުން ލެއްވި ހިސާބުންވެސް އެނގިއްޖެ މިކަހަލަ ކޮންމެސް ކަމެއްގަކަން މީ” ޒީވާގެ މޫނުމަތިން ހީކުރިވަރު އުފާވެރިކަމެއް ނުފެނުން ނަމަވެސް އޭނާ ހިނިތުންވެލިއެވެ.

“ދެން ޒީ.. ތި ބޮޑާހާކަން ނުހުރެ އާދެބަލަ. ފޮޓޯ ނަގަން ފެށީމަ ޒީއަށްވެސް މަޖާ ވާނޭ” ޝައިނާ ޒީވާގެ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. ތަނުގެ ސެޓް-އަޕްއާ ގުޅޭނެހެން ޒީވާ ލައިފައިވާ މަޑު ފިޔާތޮށިކުލައިގެ ވިދާ ހެދުމުގެ ސަބަބުން އެ ބޮޑު އެނދުގެ މެދަށް އަރައި އިށީންނުން ވީ ހީކުރިވަރަށްވުރެ އުނދަގޫ ކަމަކަށެވެ. ނަަމަވެސް އެ ހަތަރު ކުދިންގެ އެހީއާއެކު ޒީވާ އެނދުގެ މެދުގައި ބައިންދައިލެވުނެވެ. ޒީވާ ފިޔަވައި ދެން ތިބި ހުރިހާ އަންހެން ކުދިންވެސް ތިބީ ހުދުކުލައިގެ ހެދުމުގައެވެ.

“ފަށަންވީ ދޯ” ޒީވާ ހަމަޖެހިލުމާއެކު ރާހިލް ކެމެރާގެ ކައިރިއަށް ޖެހިލަމުން އަހައިލިއެވެ. އެވަގުތު އިޝްވާ ދުވެލައިފައިގޮސް ރާހިލް ގާތު ހުއްޓުނެވެ.

“ދޮންބޭ.. ރިއާންބެ ކޮބާ؟ ރިއާންބެ ނައިއްޔާ އިޝީގެ ޕްލޭން އެއްކޮށް ފްލޮޕް” އިޝްވާ ހާސްވެފައި އަހައިލިއެވެ.

“އަދިވެސް ހަބަރެއް ނުވެގެން މި އުޅެނީ.. މަޑުކުރޭ މެސެޖެއް ކޮށްލާނަން” ރާހިލްގެ ޖަވާބަށް ބޯ ޖަހައިލުމަށްފަހު އިޝްވާ ގޮސް އަނެއްކާވެސް ޒީވާމެންގާތު މަޑުކޮށްލިއެވެ.

“ޔަގީން ރިއާންއަށް މި ގުޅާވަރު ނޭނގިގެން ނޫންކަން ފޯނު ނުނަގާ ތި ހުންނަނީ.. އަހަރެން މި ދަނީ ރިއާން ބަލާ”

ފޯނުން ފެންނަމުންދިޔަ ރާހިލްގެ މެސެޖަށް ބަލަން އޮތް ރިއާން ފޫހިކަމާއެކު އެނދުން ތެދުވިއެވެ. ރިއާންއަށް ވިސްނައިލެވުނެވެ. އޭނާއަކީ އެތަކެއް މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ ޒިންމާ ކޮނޑު އަޅައިގެން ދިރިއުޅެމުންދާ ޒުވާނެކެވެ. ގޭގެ ހަތަރުފާރު ތެރޭ ބަންދުވެގެން އުޅުމުގެ އިޙްތިޔާރެއް އޭނާއަކަށް ނެތެވެ. އޭނާ ކިތަންމެ ފަސްޖެހުނު ކަމުގައިވިޔަސް ކޮންމެވެސް ދުވަހަކުން ޒީވާއާވެސް ކުރިމަތިލާން ޖެހޭނެއެވެ. އަނެއްކޮޅުން ރާހިލް ކިޔަން ފެށިކަމެއް ހުއްޓާނުލާނެކަން އޭނާއަށް އެނގެއެވެ. ކޮންމެއަކަސް އެގެ އެ އޮތް ހާލަތުގައި އަނެއްކާވެސް ރާހިލް އެގެއަށް އައިސް އިތުރު ވާހަކަތަކެއް ދައްކާނެ ފުރުސަތު ދިނުމަށްވުރެން އޭނާ އަމިއްލައަށް އެ ބުނާ ތަނަކަށް ދިޔުންވެސް މާރަނގަޅެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތުވާލި ހަރުގައި އޮތް ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން އެންމެ އަވަހަށް އަތުޖެހުނު ގަމީހާއި ސޯޓު ގަޔަށް މަހައިލިއެވެ. އެއީ ގަޔަށްދޫކޮށްހުރި އިސްތިރިކުރަން ނުޖެހޭ ޒާތުގެ ހުދު ކެޝުއަލް ގަމީހަކާއި ބެއިޖް ކުލައެއްގެ ސޯޓެކެވެ. އެއަށްފަހު އަލަމާރީގެ ތެރެއިން އޭނާގެ އަތުކުރީ ގަޑިތައް ލައިފައިހުރި ވަތްގަނޑު ހުޅުވައިލުމަށްފަހު އާންމުކޮށް އަޅައި އުޅޭ ރަނާއި ރިހީގެ ކުލަތައް ހިމެނޭ ރޮލެކްސް ގަޑި އަތަށް ހެޔޮވަރު ކޮށްލިއެވެ. އޭނާއަކީ ގަޑި އެޅުމުގައި ފާޑުވެރި ޒުވާނެކެވެ. ކިތަންމެ އާދައިގެ ހެދުމެއްގައި ހުރި ނަމަވެސް އޭނާގެ އަތުކުރީގައިވާ ގަޑި އެ ހައިބަތުގެ ރަމްޒަކަށް ފުދޭނެއެވެ. ރިއާން ފަރުވާތެރި ކަމާއެކު އެ ވަތްގަނޑު އަލުން ތަޅުލުމަށްފަހު މޭޒުމަތީގައި އޮތް އަވިއައިނާއި ތަޅުދަނޑި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި އެޕަރޓްމެންޓުން ނުކުތެވެ. ބައިގަޑިއެއްހާއިރު ތެރޭ އޭނާއަށް ރާހިލްމެންގެ ގެއާ ހިސާބަށް ވާސިލް ވެވުނެވެ. ދެފަހަަރަކު ދޮރުގައި ޓަކިޖަހައިލުމުން އެތެރެއަށް ވަނުމަށް ގޮވައިލި އަޑު އިވުނެވެ. ނަމަވެސް އެތެރެއަށް ވަތްވަގުތު ވާފިޔާއާއެކު ބޮޑު ގޮނޑީގައި އިން ޝީރީންފެނި ރިއާންއަށް ހައިރާންކަމެއް ލިބުނެވެ.

“ރިއާން.. ޝީރީން ބަލާތަ ތި އައީ؟” ވާފިޔާއަށް ރިއާން ފެނުމާއެކު ގޮވައިލިއެވެ.

“ނޫނޭ… ދައްތަ މިގޭގަ ކީއްކުރަނީ؟” ރިއާން ގޮނޑި ކައިރިއަށް ހުއްޓިލަމުން ޝީރީންގާތު އެއްސެވެ.

“މިއީ ހަމަ މިގޭ ކުދިންކޮޅު ދެކިލަންވެގެން.. ދަރިފުޅު ކަމަކުތަ ތި އައީ؟” ޝީރީން އަހައިލިއެވެ.

“ރާހިލް ގުޅީމަ.. އެބަ އުޅޭތަ؟” ރިއާން އަހައިލިއެވެ.

“އާނ އެންމެން އެބައުޅޭ ފާޑެއްގެ ފުއްޕާހަންތަކެއް އެލުވައިގެން އެ ކޮޓަރީގަ.. ނިކަން ބަލާލަން ދޭބަލަ” ވާފިޔާ ހެވިފައި އިނދެ ބުންޏެވެ. ރިއާން ބޯ ޖަހައިލަމުން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

“އެސޮރު އަދިވެސް ޝީރީންއަށް މަންމަ ކިޔާކަށް އެއްބަހެއް ނުވޭދޯ” ވާފިޔާ ރިއާން ދިޔުމުން ބުންޏެވެ.

“އާނ.. އަހަރެންވެސް މާ ވަރަކުން އެކަމަކާ ނޫޅެން.. ރިޔާޒަށް ހެދުނު ގޯސްވިއްޔަ..” ޝީރީން ހިނިތުންވެފައި ބުނެލި ނަމަވެސް އެ އަޑުގައިވަނީ މާޔޫސްކަމެވެ.

“ދެން މާބޮޑަށް ފިކުރު ނުކުރޭ.. އަދި ހުރިހާކަމެއް ވިސްނޭނެ… މި ހިތަށް އަރަނީ މިއަދު އަނެއްކާ ވާނީ ކިހިނެއްބާއޭ” ވާފިޔާ ހިތްވަރު ދިނެވެ.

“ވާފިޔާ ކަންބޮޑުނނުވޭ.. އަހަރެން މި ވާހަކަ ނާންގާ މަޑުކުރަން ބުނީވެސް ރިއާންއާ ވާހަކަ ދެއްކެންދެން… ކުރީ ދުވަހަކު ބުނެފި ދެން ތިމަންނަ އިންނާނެ މީހަކު ހޯދިޔަސް ވަރިހަމައޭ.. އެހެންނޫނަސް.. ޒީވާގެ ކަމެއްގަ ރިއާން ދެކޮޅު ހަދާނެހެން ހިއެއް ނުވޭ.” ޝީރީން ބުންޏެވެ.

—————

“ކޮބާ އާދެވޭ ވަރު ވެެއްޖެ ދޯ” ކެމެރާ ހިފައިގެންހުރި ރާހިލްއަށް ކޮޓަރީގެ ދޮރުހުޅުވައިލި ރިއާންފެނި އަހައިލިއެވެ. ރިއާން ވަކި ރައްދެއް ދިނުމެއްނެތި އައިސް ރާހިލްގާތު ހުއްޓިލަމުން އެނދުމަތީ އިށީނދެތިބި މީހުނަށް ބަލައިލިއެވެ. ހުރިހާ ކުދިންގެ މެދުގައި އިން ޒީވާފެނި އޭނާގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރައިލުން ދަތިވިއެވެ. މަޑު ފިޔާތޮށިކުލައިގެ ހެދުން އެނދުމަތީގައި ފަތުރައިލައިގެން އަތްމަތީގައި ކޭކު ބަހައްޓައިލައިގެން އިން އިރު ޒީވާ ހީވަނީ ގަނޑުވަރެއްގައި އިން ރަސްދަރިކަނބަލެއް ހެނެވެ.

“އަދިވެސް ފޮޓޯ ނަގާ ނުނިމޭތަ؟ މިހާރު މި ކޭކު ކާހިތުން ހުރެވެނީކީ ނޫން” ދިހަވަރަކަށް މިނެޓަށްފަހު ޒީވާ ބޮޑާހާކަން ފެށިއެވެ.

“ނޫނޭ.. މި ނިމުނީ.. ދެން ހުރީ ޒީ ވަކިން ނަގަން ޖެހޭ ފޮޓޯތައް” ރާހިލް ބުންޏެވެ. އެ އަޑަށް ޒީވާގާތު އިން ޝައިނާ ފުންމައިގެން އައިސް ކެމެރާ އަތުލިއެވެ.

“ނިމުނީއޭ؟؟ ކޮބާ.. ދައްކަބަ ފޮޓޯތައް..” ޝައިނާ ކެމެރާގައިހުރި ފޮޓޯތައް ބަލަން ފެށިއެވެ.

“އެ ތެދެއް ދައްކަބަ.. މެޑަމްގެ އެޕްރޫވަލް ބޭނުންވާނެބއެއްނު” ރިއާން ދިމާކުރުމުގެ ރާގެއްގައި ރާހިލްއަށް ކިރިޔާ އިވޭވަރަށް ބުނެލިއެވެ. އޭރު ޒީވާގާތު ދެންތިބި ތިންމީހުންވެސް އައިސް އެ ފޮޓޯތައް ބަލަން ފަށައިފިއެވެ. ވަކި ހިސާބަކުން އެވަގުތު ނެގުނު ފޮޓޯތައް ހުސްވެ ތަން ތައްޔާރުކުރި ވަގުތު ކެމެރާ ޓެސްޓުކުރަން ނެގި ފޮޓޯތައް ފެންނަން ފެށިއެވެ. އޭގެ ތެރޭގައި ޝައިނާ އެކަނި ހިމެނޭހެން އެކި ކަންކަމުގައި އުޅެނިކޮށް ނަގައިފައިވާ ގިނަ ފޮޓޯތައް ފެނި އިޝްވާގެ އިތުރުން ދެންތިބި ދެކުދިންނަށްވެސް ޝައިނާއާ ދިމާލަށް ބަލައިލެވުނެވެ.

“ކިހިނެއްވީ؟ ފޮޓޯތައް ހަޑީތަ؟ ދެން އަޅެ އަހަރެންވެސް ބަލަން ބޭނުން އެކަމަކު މި ހެދުންގަނޑާއެކު އެނދުން ފައިބަންވެސް އެހާ އުނދަގޫ” ޒީވާ ހެދުމުގައި ހިފަހައްޓައިލަމުން ފައިބަން އުޅުނު ވަގުތު ރާހިލް އެކަން މަނާކުރިއެވެ.

“އިހަށް މަޑުކުރޭ. ނޫނިއްޔާ އަނެއްކާ ފަހުންވެސް ފޮޓޯ ނަގަންވީމަ އިށީންނަން ޖެހޭނީ.. ހިނގާދޯ ނިންމާލަން ޒީ ގެ ސޯލޯ ފޮޓޯތައްވެސް” ރާހިލް ޝައިނާގެ އަތުން ކެމެރާ ޖަހައިގަތުމަށްފަހު ޓްރައިޕޮޑްގައި ސެޓުކޮށްލިއެވެ.  ހުޅުވައިލެވިފައިވާ ޝައިނާގެ ފޮޓޯފެނި ރާހިލްއަށް ޝައިނާއާ ދިމާލަށް ބަލައިލެވުނީ އޭނާ ކުރަން އުޅުނު ވައްކަމެއް ފަޅާއެރި ފަދައިންނެވެ. އިސާހިތަކު ގަތްލަދުން  ބޯ ކަހައިލެވުނެވެ.

“އަޅޭ.. ބަލާބަ ޒީ ރީތިކަން މާޝާﷲ.. މިހާރު ވެޑިންގްބޑޭގަ ޒީ ބަލާލާ ހިތުން ހުރެވެނީކީވެސް ނޫން” ޒީވާއާ އެކުގައި މަސައްކަތްކުރާ ރަހްމަތްތެރިންގެ ތެރެއިން އެކަކު ބުންޏެވެ. ރިއާންއަށް އެ އަޑު އިވުމާއެކު އޭނާގެ ބޮލުގައި ރިއްސައިލިއެވެ.

“އަހަރެން މިހިރީ ބޭރުގަ.. ތިކަން ނިންމާލާފަ އާދޭ އިނގޭ” ރާހިލްގެ ކޮނޑުގައި ޖަހައިލަމުން ރިއާން ބުންޏެވެ. އޭނާ އެތަނުގައި ހުންނަން ބޭނުން ނުވީއެވެ.

“އޭ މަޑުކޮށްބަލަ. އަހަރެން މިތާ އެކަނި ނުހުންނަން ވެގެން ދޯ ރިއާންގާތު އަންނާށޭ ބުނީވެސް” ރާހިލް އެކަމަށް ހުރަސް އެޅިއެވެ. ރިއާންއަަށް ދަތްކުނޑި ވިކައިލެވުނު ނަމަވެސް އޭނާ އެތަނުގައި މަޑުކުރަން ނިންމިއެވެ.

“އޯ ނޯ.. ދޮންތިގެ ޓިއާރާ.. ރިއާންބޭ.. މި ޓިއާރާ ދިއްކޮށްލަން ދޭބަ..” އިޝްވާ މޭޒުމަތީގައިހުރި ކޮތަޅުން ނެގި ރީތި ތާޖެއް ރިއާންގެ އަތަށް ދިއްކޮށްލިއެވެ. އޭރު ދެން އުޅުނު އެންމެންވެސް އުޅުނީ އިޝްވާއާއެކު އެކޮތަޅުން ކޮންމެވެސް އެއްޗެހިތަކެއް ހޭވުމުގައެވެ. އެހެންކަމުން ރިއާން އެއީ މާބޮޑު ކަމަކަށް ނަހަދައި ޒީވާ އިން އެނދާ ގާތްވެލަމުން އެ ތާޖު ދިއްކޮށްލިއެވެ. ނަމަވެސް ޒީވާ އިނީ އެ ކިންގް ސައިޒް އެނދުގެ މެދުގައިކަމުން އެ ތާޖުގައި ހިފުމަށް އަތެއް ނުފޯރިއެވެ.

ޒީވާއަށް އަތުގައިހުރި ކޭކުގެ ސަބަބުން ތާޖުގައި ނުހިފޭނެކަން އެނގުނެވެ. އޭނާ އިސްޖަހައިލަމުން ބޯ އަރިކޮށްލީ އޭތި ބޮލުގައި އަޅުވައިދޭން ރިއާންއަށް އިޝާރާތްކުރަމުންނެވެ. އެއާއެކު ރިއާންގެ އެއްކަކޫ އެނދުގައި އަޅުވައިލަމުން ޒީވާއާ ގާތަށް ޖެހިލިއެވެ. ފަރުވާތެރިކަމާއެކު އެ ތާޖު ޒީވާގެ ބޮލުގައި އަޅުވައިދިނެވެ. ނަމަވެސް ދެން ކަންތައް ވެގެން ދިޔައީ އެދެމީހުންވެސް އުއްމީދުނުކުރާ ފަދަ ގޮތަކަށެވެ. ބޯމައްޗަށް އޮހިގެން އައި ފިޔާތޮށި ފިނިފެންމަލުގެ ފިޔަތަކާއިއެކު ދެމީހުންގެ މޫނަށް އެޅިގެން ދިޔަ ކެމެރާގެ ފްލޭޝްގެ ސަބަބުން އެދެމީހުނަށްވެސް ސިހުން ލިބިގެން ދިޔައެވެ.

“ސަރޕްރައިޒް” އެންމެން އެކުގައި ގޮވައިލި އަޑުއިވުނެވެ. ޒީވާއާއި ރިއާން ސުވާލު އުފެދިފައި އެމީހުނަށް ބަލަހައްޓައިގެން ތިއްބެވެ.

“ވަޓް؟” ރިއާން އިސްތަށިގަނޑުގައި ހަރުލައިފައިވާ މަލުގެ ފިޔަތައް ފޮޅައިލިއެވެ.

“ދޮންތީ.. މި ރިއާންބެއޭ މިއީ” އިޝްވާ އުފާވެފައި ބުންޏެވެ.

“އަހަރެންނަށްވެސް އެނގެޔޭ މިއީ ރިއާންކަން” ޒީވާ ހުރި އަދިވެސް ވާނުވާގައެވެ.

“އޯ ގޯޑް. ޕިސް އެހެނެއް ނޫނޭ މި ބުނީ..ވބްރައިޑް ޓު ބީ.. ގްރޫމް ޓު ބީ” އިޝްވާ އެއްފަހަރު ރިއާންއަށް އަނެއްފަހަރު ޒީވާއަށް އިޝާރަތްކުރަމުން ބުންޏެވެ. އެއާއެކު ޒީވާއާއި ރިއާންއަށް ސިހިފައި އެކަކުއަނެކަކާ ދިމާލަށް ބަލައިލެވުނެވެ.

 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anya

Level 310 Stories100 Login

A writer wishing to chase away at least a tiny bit of your worries with words and spark a smile on your face. Thank you for being my superpower!

Other Articles

Previous

ލޯބީގެ ހިތިކަން..3&2

Next

ނޭނގި ޔާރު ވަކިވީ 4 ވަނަ ބައި

Next
January 7, 2026

ނޭނގި ޔާރު ވަކިވީ 4 ވަނަ ބައި

Previews
January 7, 2026

ލޯބީގެ ހިތިކަން..3&2

8 Comments!

  1. Oreo gurll says:
    January 7, 2026 at 2:13 pm

    OMGGGG so excited to knw whats gona happen nextt. Im so happy honestly ehaa avahah episodes up kohdheythee. kuda dhuvas kolheh thereyga you’ve become one of my top fav authorss! I rlly appreciate ingey ur hard work. and dont get demotivated cux not many comments. js wanna say abadhu vx kiyamey ur story.. even if i dont comment. so keep it up!
    and raahil and shai is js the best couple.. love how u describe their lovely moments!!
    im dying to knw whats gona be raain and zeeva ge reactionsss. wowwwwww..<3

    1. Rana Lathyf says:
      January 7, 2026 at 2:59 pm

      Thankyouu sm it’s totally okeii hama. Glad you love it❤️

  2. Reem says:
    January 7, 2026 at 4:43 pm

    Oh woww. The ending was hama unexpected.😍
    Love this story. Can’t wait for the next part! When is next?

    1. Rana Lathyf says:
      January 8, 2026 at 5:42 pm

      Thankyouuu. Next part will submit tonight Insha Allah❤️

  3. K says:
    January 7, 2026 at 9:05 pm

    Ahhhhhhhhhhh soooo good i badly wanna read the next part…. when up kuraaneee

    1. Rana Lathyf says:
      January 8, 2026 at 5:43 pm

      Awww TYSM mirey up kohlaaanan next part😘

  4. Jnnn🌼 says:
    January 8, 2026 at 3:21 pm

    Girlll this toooo gooood MA 🔥
    I’m dying to read the next partt
    Can u plz upload it asap😍
    Luv u💌

    1. Rana Lathyf says:
      January 8, 2026 at 5:45 pm

      Thankyouuu. Next part mi submit kohlanee. Lym🥹❤️

Comments are closed.

Next Episodeހިތް އެދޭހާ ކަމެއް.. (25 ވަނަބައި)←


All Right Reserved!