Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 02

Ushaali Level 810 Stories100 Comments100 Stories500 Comments
February 22, 2016 5 Mins Read
9 Comments

ް… މާދަމާ އަންބަކު ގޮވައިގެން އެކަނި އުޅެންވެސް ޖެހިދާނެެ….މީހާދަ ނުވިސްނޭ ކުއްޖެކޭ ދޯ” ކައިރީގައި ކޮފީތަށި ހިފައިގެން އިށިން ޒޯހަންގެ ކޮލުގައި ވިކަލާމުން ރާކީ ބުނެލިއެވެ. “އަވަސްކޮށްބަލަ ދެން….ދޮންތަބެ މިއަދު އަންނަ ދުވަސްމީ… މިއަދު ދޮންތަބެ މަންމަ ވަރަށް ހާލުބޮޑު ދުވަހެއް… ލައިއްކޮ ބުނި  ހުކުރަށްދާނީ ކާފައާއެކު ނޫނޭ….މިއަދު ދާނީ ކުޑަބެއާއި އެއްކޮށޭ….” ރާކީ ކޮޓަރިން ނިކުންނަމުން ޒޯހަންއަށް ބަލާލަމުން ވާހަކަދެއްކިއެވެ.

 

ރޭގަނޑުގެ ވަގުތެވެ. ހަބަރު ބަލަން އިން ނޫރީ ކައިރީގައި ޝިޔާރާ ކާންހެދިފައި ހުރި ވާހަކަ ބުނުމުން ތެދުވެގެން ގޮސް ދަރިންނާއެކު ބައިވެރިވިއެވެ. ލައިލްއަށް ކާންދޭން މިއަދު ލަތާއަށް ޖެހުނީ ނޫރާ ނީޔާވުމުގެ ހިތާމައިގާ ރާކީ ރޯވަރުންނެވެ. ނޫރާގެ އަމިއްލަ ދަރިފުޅު އާރިކް ހިތާމަ ނުކުރާ ވަރަށް ރާކީ ރޯންޖެހުނު ސަބަބަކީ ނޫރާގެ ފަރާތުން ރާކީއަށް ލޯބި ލިބިފައިވަނީ އޭގެ އިންތިހާއަށް ކަމަށް ވާތީއެވެ. އާރިކްގެ އެތައް އާދެހަކަށް ބަތް ސަމުސަލެއް އަނގައަށްލި ރާކީ ކޮށިއަރާ ކެއްސާ ގަތުމުން ލަތާ ބަދިގޭގައި އުޅުނު ޝިޔާރާއަށް ގޮވާލުމަށްފަހު އައިސް ނޫން ފެންތައްޓެއް ދިއްކޮށްލުމަށް އެދުނެވެ. މީގެ ދެދުވަހެއް ކުރިން ޒޯހަންގެ ކޮޓަރިއަށް ވަދެ ހުއްޓާ ބަވާލިފަހުން ޝިޔާރާ ބަލަނީީ ޒޯހަން ކުރިމައްޗަށް ވީހާވެސް ނާރާވޭތޯއެވެ. ފެންތަށި ހިފައިގެން ގޮސް ރާކީ ކައިރީގައި ބެހެއްޓުމަށްފަހު އެނބުރި ދަމުން ޝިޔާރާ އިސްޖަހާލައިގެން ކާން އިން ޒޯހަންއަށް ވަގުވަގަށް ބަލާލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޒޯހަންގެ މޫނު ފެނުމާއެކު ޝިޔާރާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެންދިޔައެވެ. ޒޯހަން ބަލާލަން އުޅޭހެން ހީވުމުން އަވަސް ފިޔަވަޅުތަކެއްގައި ޝިޔާރާ ބަދިގެއަށް ދެމިގަތެވެ. މިފަހަރުވެސް ޒޯހަންއަށް ޝީޔާރާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. “މަންމާ.. އަޅުގަނޑު ޗުއްޓީ ހަމަޖެހިއްޖެ… އަޅުގަނޑަށް ހީވަނީ ރާކްއަށް މިރޭ އަޅުގަނޑުގެ އެހީ ވަރަށް ބޭނުންވާނެހެން… ފަސް ދުވަހު މަޑުކޮށްލާފައި ވަޒީފާއަށް ނިކުންނާނީ” ލަތާއާއި ވާހަކަ ދެއްކުމަށްފަހު އާރިކް ކައިރީގައި އިން ރާކީ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ލަތާގެ އުނގުގައި ކާން އިން ލައިލް ފައިބައިގެން ގޮސް ނޫރީގެ އުނގަށް އެރުމުން ނޫރީ ކާން އިން ތަށިން ސަމުސަލެއް ލައިލްއަށް ލަވާލިއެވެ. “ދަރިފުޅު އަނެއްކާ ކޮޓަރިއަށްތަ ވަންނަނީ ގޮސް” ކައިގެން ފެންތަށި ބޯލުމަށްފަހު އާފަލެއް ހިފައިގެން ތެދުވި ޒޯހަން ފެނި ނޫރީ ސުވާލު ކުރިއެވެ. “ދެން ކޮންތާކަށްދާނީ ބައްޕާ… މިދަނީ ސީރީޒް ބަލަން” ގޮނޑިން ތެދުވި ޒޯހަން އަލުން ގޮނޑީގައި އިށީނުމަށްފަހު ނޫރީއަށް ބަލާލިއެވެ. “ބައްޕައަށް ފެންނަނީ ބައްޕަގެ ވިޔަފާރިއާއި ދަރިފުޅު ހަވާލުވާން… އެނގޭނެ ދޮންބެއަށް ނުވާނެކަން… ދޮންބެ އެއީ ގާނޫނީ ވަކީލެއް…މަސައްކަތުގައި އުޅެނީ ނުލާހިކު ބުރަކޮށް… ދެން ހުރީ ދޮންތަ… ދޮންތަ ހުރި ހާލަތު ޒޯންއަށް ވެސް ފެންނާނެ.. ދެން ދޮންތަބެ އެއީ ފުލުސް އޮފީހުގެ ވެރިއެއް… ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ދޮންތަބެ އެއުޅެނީ ނޭވައެއްނުލާ… ހުރި މީހަކީ ދަރިފުޅު… ދަރިފުޅު މިކަމާއި ނުރުހުންވާނަމަ ބައްޕަގެ އެއްވެސް މައްސަލައެއް ނެތް… ދަރިފުޅު ވަޒީފާ އަދާކުރާނެ ތަނެއް ކަނޑައަޅާނީ ދަރިފުޅު އަމިއްލައަށް. ބައްޕައަށް އެނގޭ ވަޒީފާ އަދާ ނުކުރިޔަސް އުމުރުގައި އުފަލުގައި އުޅެވޭނެ ވަރަށް ޒޯންގެ އެކައުންޓްގައި ފައިސާ ހުންނާނެކަން… އެކަމަކު ފިރިހެންކުއްޖަކު އަމިއްލައަށް މަސައްކަތެއް ނުކޮށް  ހުރުމަކީ ބައްޕައަށް ރީތިގޮތެއް ނޫން. އަދި އެހެން ހުންނާކަށް ވެސް ބައްޕައަކަށް ނުފެނޭ. މީ ބައްޕަގެ ހިޔާލަކީ. ކީކޭ ދަރިފުޅު ބުނަނީ ” ބައްޕާ ތިކަމާ އަޅުގަނޑު އެއްވެސް ޝަކުވާއެއް ނެތް. އަޅުގަނޑު ވެސް ބޭނުންވަނީ ހަރުދަނާ މީހަކަށްވާން ދޮންބެއާއި ދޮންތަބެ ގޮތަށް. ބައްޕަ ލިޔުންތައް ނިންމަވާ. އަޅުގަނޑު ސޮއި ކުރާނަން. މިއަދުގެ ފަހުން ބައްޕަގެ ވިޔަފާރީގެ ވެރިޔަކީ އަޅުގަނޑު. ދޯ މަންމާ” ޒޯހަންގެ ޖަވާބުން ނޫރީ ވަރަށް ހިތްހަމަޖެހުނެވެ. ޒޯހަން އެއީ އެދެމަފިރިން ހިތްހަމަޖެހޭ ކަހަލަ ޒުވާނެކޭ ހިތަށް އެރިއެވެ. “މަންމަ ފަހުރުވެރިވަން އަބަދުވެސް މަންމަގެ ދަރިންނާ މެދު. މަންމަގެ ކޮންމެ ދަރިއަކަށް ވެސް އިތުބާރު ކުރަން. ދޮންބެ މެންނަށްވުރެ ޒޯން އުމުރުން ހަގަސް ހަމަ އެފެންވަރުގައި ޒޯން ވެސް މަސައްކަތް ކުރާނެ ކަމުގައި މަންމަ ޔަގީންކުރަން” ކައިފާ ހުރި ތަށިތައް ނަގަމުން ލަތާ ވާހަކަދެއްކިއެވެ. “މަންމާ އަދި އެއްވާހަކަ. ލައިއްކޮ ގޮވައިގެން އަޅުގަނޑު މިދަނީ. ލައިއްކޮ ނިދާނީ މިރޭ އަޅުގަނޑު ކޮޓަރީގައި. ދޮންތަ އޯކޭވާނެ” ނޫރީގެ އުނގުގައި އިން ލައިލް ނަގާ ކޮނޑަށް ލަމުން ޒޯހަން ހިނގައިގަތެވެ. “އާނ. އެކަމަކު އެސޮރު ހެދުން ބަދަލުނުކޮށް ނިދިޔަ ނުދެއްޗެ. މަންމަ މިދަނީ އިރުކޮޅަކުން” ލަތާ ވާހަކަދައްކަމުން ބަދިގެއަށް ވަނުމުން ނޫރީ ވެސް ތެދުވެގެން ގޮސް އަލުން ސޯފާގައި ޖައްސާލިއެވެ.

 

ވ.މެކާހިޔާއަށް އީދެއް އައިސްގެން އުޅޭ ހީވަނީ އެގޭ ގޯތި ތެރޭގައި އަޑުގަދަ ކަމުންނެވެ. ނޫރީގެ ކޮއްކޮ ސާރާއާއި ކުދިން އައިސްގެން އުޅޭތީ ދެއާއިލާ އެއްކޮށް ހަވީރު ސައެއް ބާއްވަނީއެވެ. އެހާމަކަން ބޮޑު ގޯތިތެރޭގައި ހިޔާކޮށްފައި ހުންނަ ހުސް ޖާގައިގާ ބޮޑު މޭޒެއް އަބަދުވެސް ހުރޭއެވެ. އެއްފަރާތުގައި ކާރުތައް ޕާކްކުރަން ހުންނަ ގަރާޖު ހުރިއިރު އަނެއް ފަރާތުގައި ހުންނަނީ ލަތާގެ މަސައްކަތުން ހައްދާފައިވާ އެތައް ވައްތަރުގެ މާގަހެވެ. އޭގެ ތެރޭގައި ފިނިފެންމާ ގަހެއް ވެސް ހުއްޓެވެ. އެކި ކުލަ ކުލައިގާ ހުރި ތަފާތު މާތަކުގެ އިތުރުން އެންމެން ލޮލުގައި އަޅައިގަންނާނެ އަނެއް ގަހަކީ ވަރުގަދަ ބޮޑު މިރުސް ގަހެވެ. އެގޭގަައި ކުއްޔަށް އުޅޭ މީހުންނަށް އެބަޔަށް ނުވަދެވޭނެހެން އެމީހުން ވަދެ ނިކުމެ ހަދަން ހަދާފައި ހުންނަ ދޮރާށި ހުންނަނީ ބިއްދޮށު ގޯޅިތެރޭގައެވެ. މައިގޭޓް ހުންނަނީ ބޮޑު މަގަށްވާގޮތަށެވެ. އެގޭޓުން ވަދެވެނީ ހަމައެކަނީ އެގޭ މީހުންނަށެވެ. އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަދެވެނީވެސް ގޯޅިތެރޭގައި ހުންނަ ދޮރުންނެވެ. ގޭ ކޮންމެ ފްލޯއަކަށް ވަކިން ލިފްޓް ހުރުމުން އެއްވެސް މީހެއް މިހާތަނަށް ޝަކުވާއެއް ކޮށްފައެއް ނުވެއެވެ.

މިހާރުގެ އޮފީހުގެ ވެރިޔާ އަހުމަދު ޒޯހަން ނޫރީ ސަޔަށް އައުން ލަސްވެގެން އެންމެން ޝަކުވާ ކުރިއިރު އިބްރާހީމް އާއި ސާރާ ދެމެދު އިން ޝިފްނީ އިނީ އޭނާގެ ހިތުގެވެރިޔާ ލޮލަށް ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. އުމުރުން އެންމެ ދިހަ އަހަރުން ފެށިގެން ޝިފްނީ ވަނީ ޒޯހަން ދެކެ ލޯބިވެފައެވެ. އެކަން އެނގެނީ އެކަނި ޝިފްނީގެ އެކުވެރިޔާ ނަދުވާއަށެވެ. ޒޯހަން އަށް ވެސް އެކަން ވަނީ ސިއްރު ކުރެވިފައެވެ. ޝިފްނީ ހިތުން ޒޯހަން ވެސް ޝިފްނީއަށް ވަރަށް ގަޔާވެއެވެ. ކަޒިންސް ވީމަ ބުނަން ނުކެރެނީކަމަށް ހީކޮށް ހިތްހަމަ ޖައްސާލައިގެން ހުންނަނީ އިންތިޒާރަށް ކޮންމެސް ދުވަހަކުން ނިމުނެއް އަންނާނެ ކަމަށް ހީކޮށްފައެވެ. ޝިފްނީ އަކީ ހެޔޮވަރުގެ އިސްކޮޅެއް ލިބިފައިވާ މީހަކު ލޯބިން މަރުވާހާ ރީތި ކަމެއް ލިބިފައިވާ ދޮން އަންހެންކުއްޖެކެވެ. ތުންފަތް ކައިރީގައި ވައަތްފަރާތުގައިވާ ބޮޑު ކަޅުތިލަ ޝިފްނީގެ ރީތިކަން ފުރިހަމަކޮށްދެއެވެ. ހީލާއިރު ދެފަރާތު ކޮލަށް އެޅޭ އަޑިކޮޅު ހިތްތައް މޮޔަކޮށްލާހާވެއެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި ވެސް ބުރުގާ އަޅާފައި ހުރީ މަންމަ ސާރާގެ އެދުމުގައި ކޮޅުފައިން ނުޖަހަންވެގެންނެވެ. ފިނިފެންމާ ކުލައިގެ ޝޯލް ތެރެއިން ފާޅުވާން ހުރި ތުނި މޫނު ފެނިފައި ބަލާލި ކޮންމެ މީހަކަށް ތައުރީފް ކޮށްލެވޭނެކަން ޔަގީނެވެ. މަޑުމަޑު ޕިންކް ކުލައެއްގެ ލިޕް ގޮލޮސްއެއް ތުންފަތުގައި ހާކާލާފައި ހުރި އިރު ތުންފަތުގެ އޮމާން ކަމަށް ބަދަލެއް ނާދޭއެވެ. އެތުންފަތް ތަޅުވަމުން އެދަނީ ކަންފަތަށް ޖަހާލެވިިފައިވާ ހެޑްސެޓުން އިވެމުންދާ ލަވަޔާއި އެއްވަރަށެވެ. ޝިފްނީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ކުރިމަތީގައި އިން ޝަޒަންގެ ހަށިގަނޑުގައި އޮޅުލައިގަތް ޒޯހަން ފެނިފައެވެ. ޝިފްނީ ގައިގާވެސް އެވަރަށް ބައްދާލާނެ ނަމައޭ އެވަގުތު ހިތަށް އެރިއެވެ. ޒޯހަން އަށް ޝިފްނީ ފެންނަން އިރުކޮޅެއް ނެގުމުން އިނީ ފޫހިވެފައެވެ. ޒޯހަން ބަލާލުމާއެކު ތުން އަނބުރާލި ގޮތުން ހިނިއައެވެ. ޒޯހަން ޝަޒަން އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން މޭޒުމަތީގައި ހުރި ތަށިން ހަނޑުލު ގުޅައެއް ނަގާ މޫނު އަނބުރާލައިގެން އިން ޝިފްނީ މޫނުގައި ޖެހިއެވެ. ވީތަދުން ޝިފްނީ އެނބުރުމާއެކު ނޭފަތު ކޮޅުގައި ކޮންމެސް ވަރަކަށް ހޭކިފައި ހުރި ގުޅައިގެ ކުނޑި ފެނުމުން ޒޯހަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އަޅެ މަންމާ. ބަލާބާ ޒޯން ކުރި ކަންތައް… ދެން ހެދިކާ ވަސް ދުވާނީ…” އަތުގައި އޮތް ފޯނު މޭޒުމަތީގައި ބާއްވަމުން ސާރާގެ މޫނު ޝިފްނީގެ މޫނާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ. ސާރާ ހީލުމަށްފަހު ޓިޝޫއަކުން ވަރަށް ލޯބިން ޝިފްނީގެ ނޭފަތް ފޮހެލަދިނެވެ. އަދި ސާރާގެ ނޭފަތް ޝިފްނީގެ ނޭފަތާއި ކައިރިކޮށްލުމަށްފަހު ހެދިކާ ވަސް ނުދުވައޭ ބުނެ ޝިފްނީގެ މޫނުގައި ފިރުމާލިއެވެ. “ބޭބީގަނޑު” ޝަޒަން ޝިފްނީއާއި ދިމާކޮށްލުމުން ޒޯހަން ވެސް އެއްބައިވެލިއެވެ. އާއިލާގެ ބޮޑެތި މީހުންތައް ދުނިޔޭގެ އެކި ވާހަކަތައް ދައްކަމުން ދިޔައިރު ކުދިވެރިންގެ ވާހަކައިގާ ރާކީ އާއި އާރިކް ވެސް ބައިވެރިވަމުން ދިޔައެވެ. ކުޑަކުޑަ ލައިލް މާގަސްތައް ކައިރީގައި ދެކޮޅަށް ދުވެދުވެ ހުރިއިރު ރާކީގެ ކަޅި އިރުކޮޅަކާ އެދިމާލަށް ވެސް އެއްލައެވެ.

 

ދުވަހުގެ މެންދުރު ވަގުތު އޮފީހުގައި އުޅުމަށްފަހު ޒޯހަން ތިރިއަށް ފޭބީ ކާން ހެދެނު ވާހަކަ ލަތާ ގުޅާފައި ބުނުމުންނެވެ. ދޮރުން ވަދެގެން އައި ޒޯހަން ހުއްޓުން އެރީ ޒޯހަން އަށް ފުރަގަސްދީގެން ހުރި ޝިޔާރާ އާއި ވާހަކަދައްކަން ހުރި ލަތާ ޝިޔާރާ ބުރަކަށީގައި ފިރުމާލިތަން ފެނުމުންނެވެ. “ދަރިފުޅު އައީތަ. އާދޭ ކާން. މަންމަ މިއަންނަނީ ބައްޕަ ގޮވައިގެން” ލަތާ ވާހަކަދެއްކީ ޒޯހަންއާއި ކަން ޝިޔާރާއަށް އެނގުމާއެކު ބާރަށް ހިނގާފައި ގޮސް ބަދިގެއަށް ވަނެވެ. އަދި ވަގުވަގަށް ބޯދިއްކޮށްލުމަށްފަހު މޭޒު ކައިރީގައި ހިމޭނުން ފޯނާއި ކުޅެން އިން ޒޯހަންއަށް ބަލަމުން ދިޔައެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ފަޓްލޫނުގައި ހިމަ ޓައީއެއް އަޅާފައި ހުރިއިރު ޒޯހަންގެ ފުރިހަމަކަން އިންތިހާއެވެ. ޒޯހަންގެ މޫނު ފެނުމާއެކު ޝިޔާރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޒޯހަން އައިސްގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޝިޔާރާގެ ހިތުން ވަނީ ޖާގަ ހޯދާފައެވެ. ފޯނަށް ބަލަން އިން ޒޯހަން ހީލިތަން ފެނުމުން ޝިޔާރާއަށް ވެސް ހީލެވުނީ އިހުތިޔާރަކާއި ނުލައެވެ. ކުއްލިއަކަށް ޝިޔާރާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އެތެރެއަށް ވަދެ ފާރުގައި ލެގިލުމަށްފަހު މޭގައި އަތް އަޅާލިއެވެ. މިކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ ސާހިބު މީހާގެ ދަރިއަށް ސިއްރުން ބެލުން މީ އަނެއްކާ ފާފައެއް ނޫންބާވައެވެ؟ ޒޯހަން ކަހަލަ އިއްޒަތްތެރި ބޭފުޅެއް ޝިޔާރާއަށް ހައްގުބާވައެވެ؟ ޒޯހަން ދެކެ ލޯބިވުން އެއީ ޝިޔާރާއަށް ކުރެވުނު ވަރަށް ބޮޑު ކުށެކެވެ. ޒޯހަން އަކީ ޝިޔާއާއި އެކަށީގެންވާ މީހެއް ނޫނެވެ. ޒޯހަން ހިނގި މަގަކުންވެސް ޝިޔާރާއަށް ނުހިނގޭނޭ އަމިއްލަ ހިތަށް އަރަމުން ދިޔައެވެ. ޒޯހަންއާއި ދޭތެރޭ ޝިޔާރާގެ ހިތުގައި ލޯބި އުފެދުމުގެ ކުރިން ހުއްޓުވަން މަސައްކަތް ނުކުރެވުނީތީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ޝިޔާރާއަށް ޔަގީންވާ އެކައްޗެއް އެބައޮތެވެ. ޒޯހަން އަކީ ޝިޔާރާގެ ހަޔާތަށް ގެންނަން ބޭނުންވާ ކަހަލަ ޒުވާނެކެވެ. ހިތާމައަކީ ދުވަހަކުވެސް ޒޯހަން ޝިޔާރާއަށް ނިލުބޭނެ ކަމެވެ. ޒޯހަންގެ މީހަކަށް ޝިޔާރާއަށް ދުވަހަކު ވެސް ނުވާނެ ސަބަބުތައް ވަރަށް ގިނައެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އުނދުން ކައިރިއަށް ޖެހިލީ ބޭރުގައި މެންދުރު ކެއުމަށް އެންމެން ހަމަވިކަން އެނގުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދޭނަން ހިތާ ޖާނާ..! 15 ވަނަ ބައި

Next

ތިޔަ ލޯބީގައި ހިތްވަނީ.. ދިވާނާވެފާ…!

Next
February 22, 2016

ތިޔަ ލޯބީގައި ހިތްވަނީ.. ދިވާނާވެފާ…!

Previews
February 21, 2016

ދޭނަން ހިތާ ޖާނާ..! 15 ވަނަ ބައި

9 Comments!

  1. Ushaali says:
    February 22, 2016 at 12:52 am

    here is new episode… enjoy…. gudnit….??

  2. liu says:
    February 22, 2016 at 1:00 am

    Nukiyan.. ekmves reethi..cutie pie cutie pie cutie cutie pie.. you knw me..

  3. Nicky says:
    February 22, 2016 at 7:42 am

    Nyc…bt haadha ehn kahala nan thakekeyy….olhey….v undhagu nan thakeh…

  4. ilaaf says:
    February 22, 2016 at 7:54 am

    Name ehgoiy kamun olheny.. vaanuvaaa neyngey noori akaa nooraayakaa.??????

  5. saaaaa says:
    February 22, 2016 at 8:48 am

    Vvvvvv olhun bodu vaahakaeh vaanuvaaeh hama neygey

  6. rayaan says:
    February 22, 2016 at 12:54 pm

    Gamaarun thakeh shadhadheh thi thankolheh visnayn kiyabala eyrah ingene dhw vanuaa ?
    Story hama habeyssss

  7. naax says:
    February 22, 2016 at 1:12 pm

    Heevanee mi vaahaka varah eethi vaanehen konirakun next part up kuranee

  8. Ily says:
    February 22, 2016 at 3:39 pm

    Aslu dho v kiyahithva vahaka ☺☺☺☺

  9. Ily says:
    February 22, 2016 at 8:49 pm

    Ushaali next part up kohlabala avahah
    Kiyahithun keth madhuvefa mi hure

Comments are closed.

Next Episodeފުންއަސަރު 03←


All Right Reserved!