އިންތިޒާރު ކުރި ލޯބި (3)
އިމްތިހާނު ނިމޭ ދުވަހުގެ ރެއަށް ކެތްތެރިވުން ވީ ބޮޑު ވޭނަކަށްށެވެ. ނަމަވެސް ކެތް ކުރަން މަޖުބޫރެވެ. ހުރިހާ ކަމެއް ވެސް ވާނީ ޤުދުރަތުން ރޭވިފައިވާ ވަގުތުގައެވެ. އެއީ އަހަރެން ގަބޫލް ކުރާ ގޮތެވެ. މިވަގުތު ބުނާށޭ ކިޔައިގެން ތެޅިފޮޅުނަސް އިޔާވެސް ވަކި ރެއަކާއި ތަނެއް އެ ހަމަޖެއްސީ އޭގައި ކޮންމެވެސް މުހިންމު މަޤްސަދެއް އޮތުމުން ކަން އަހަންނަށް ޔަގީނެވެ. އިމްތިހާން ނިމޭ ދުވަސް ކައިރި ވަމުން އައި ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ވެސް އައީ އަވަސް ވަމުންނެވެ. އިޔާ ބުނަން އެއުޅެނީ ކޮންފަދަ ވާހަކައެއް ބާވައެވެ؟
އެންމެ ފަހު އިމްތިހާނުގެ ދުވަސް އައިސް ޖެހިއްޖެއެވެ. އިމްތިހާން އޮތީ ހެނދުނު ގަޑީގައެވެ. އަހަރެން އިމްތިހާނަށް ދިޔައީ ވަރަށް ތައްޔާރު ވެގެންނެވެ. ވަރަށް ހަމަޖެހިލައިން އިމްތިހާނު ނިންމާލެވުނެވެ. ރަނގަޅު ނަތީޖާ އަކަށް އިންތިޒާރު ކުރަމުންނެވެ. އިމްތިހާން ނިންމާލުމަށްފަހު ގެއަށް ގޮސް އިތުރު ކަމެއް ނުކޮށް އަހަންނަށް ފެށުނީ މިއޮއްހާ ދުވަހު ކެތް ކުރި އިންތިޒާރުގެ ފަހު ވަގުތުތައް ގުނާށެވެ. މިރޭ ލާނެ ހެދުމަކާއި އަރާނެ ފައިވާނެއް ގަންނަން ބާޒާރު ކޮއްލަން ނިކުމެލީމެވެ. އިޔާ ކުރިމައްޗަށް އަހަރެން މިދަނީ ވަރަށް ގިނަ ދުވަސް ކޮއްލާފައި ކަމުން ވަރަށް ނަލަ ހެދިލަން ބޭނުންވިއެވެ. ވަރަށް ނަލަ ކަކުލާ ހިސާބަށް އަންނަ ރަތް މިޑީއެއް ގަތީމެވެ. ހެދުމާއި އެކު އަރާނެ ކްރީމް ކުލައިގެ ބޫޓަކާއި ހަމަ އެކުލައިގެ ކްލަޗްއެއްވެސް ގަތީމެވެ. ގެއަށް ނާދެވެނީސް އިޔާ މެސެޖު ކޮއްލިއެވެ. ހިތް ތެޅިގަތީ ތިހެނެއް ނޫނެވެ. ފޯނު އަންލޮކް ކުރަމުން، ” އަނެއްކާ މިރޭގެ ޕްލޭން ކެންސަލްވީބާ؟ ” ހިތާ ހިތާ ކިޔާލެވުނެވެ.
” ހެއި ބިޔުޓިފުލް! އައި ނޯ ޔޫ ހޭވް ވެއިޓަޑް ފޯ ދިސް ޑޭ ސޯ ލޯންގ. އައި ޖަސްޓް ވޯންޓެޑް ޓު ޓެލް ޔޫ ދެޓް އައި ވިލް ބީ ވެއިޓިންގ ފޯ ޔޫ ޝާޕް އެޓް ނައިން އިންފްރަންޓް އޮފް ޔޯރ ޑޯރ! އޯކެއި؟ ” އިޔާ ލިޔެފައި އޮތެވެ. މިއީ އަބަދުވެސް އަހަރެމެން މެސެޖު ކުރާ ގޮތެވެ. ލޮބުވެތި އިބާރާތްތައް ބޭނުން ކުރަމެވެ. ނަމަވެސް މި މެސެޖު އެހާ ތަފާތުހެން ހީވީ ކީއްވެބާވައެވެ؟ ރޭގަނޑު ގަޑިން 7:30 ވީ އަހަރެން ފާހާނައިގައި ފެންވަރަން ހުއްޓައެވެ. ފެންވަރައިގެން ނިކުމެ ހެއާރ ޑްރައިކޮށް އަހަރެންގެ ދިގު އިސްތަށިގަނޑު އަޔަން ކޮއްލީމެވެ. ރަތް ކުލައިގެ ހެދުން ގަޔަށް ލުމަށްފަހު މޭކަޕް ކޮއްލުމަށް އަވަސްވެގަތީމެވެ. އަހަރެންގެ ކަޅުކަން ގަދަ ބުމައިގެ ކުލަ އިތުރަށް ގަދަ ކޮއްލަން ކަޅުކުލަ ޖައްސާލީމެވެ. އެސްފިޔަތަކުގެ ކުލަގަދަ ކޮއްލަން މަސްކަރާ އަޅާލުމައްފަހު ލޮލުގެ މަތީގައި އައިލައިން އަޅާލީމެވެ. އެސްފިޔަތަށް ދެތިން ފަހަރު ތަޅުވާލުމަށްފަހު ރަނގަޅަށް ބަލާލެވުނެވެ. މިއީ ހަމަ އަހަރެން ބާވައެވެ؟ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް މަޑު ރަތް ކުލަ ތުންފަތުގައި ޖައްސާލީމެވެ. ކަރުގައި އެޅި ރިހި ފަށުފުލުގައި އޮތީ ރަތް ކުލައިގެ ކުޑަ ހިތެކެވެ. ފައިވާނަށް އަރާ ހިނގައިނުގަނެވެނީސް އިޔާ ގުޅައިފިއެވެ.
” ހަލޯ އިޔާ، އައިމް ރެޑީ! ޖަސްޓް ގިވް މީ އަ ފިޔު ސެކަންޑްސް. ” އަހަރެން ބުނެލީމެވެ.
” ޔަރ ޝުއަރ ބޭބީ. ” އޭ އިޔާ ބުނެލުމަށް ފަހު ފޯން ކަނޑާލިއެވެ.
ދޮރުމައްޗަށް ނިކުއިން އިރުވެސް އަހަރެންގެ ހިތުގައި ދިޔައީ ވަރަށް ބާރަށް ވިންދު ޖަހަމުންނެވެ. އޭރު އަހަރެންގެ އިންތިޒާރުގައި އިޔާ ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެން ހުއްޓެވެ. އަހަރެން ނިކުތުމުން އިޔާމެންގޭ ކާރުގައި އަހަރުމެން މިސްރާބު ޖެހީ ބްލޫ ބޭ އަށެވެ. ޑްރައިވަރ އަހަރުމެން އާޓިފިޝަލް ބީޗްގައި ބްލޫ ބޭ އިންނަ ދިމާލަށް ބޭލުމުން، އަހަރުމެން މަޑުމަޑުން ހިނގާލައިފައި ދިޔައީ ބްލޫ ބޭއަށެވެ. ބްލޫ ބޭއަށް ދިޔަ އިރު އެތަން ވަނީ އެއްކޮއް ފުރިފައެވެ. ހުސްތަނެއް އިންތޯ ބެލުމަށް ވަށާ ލޯހިންގަމުން ދަނިކޮށް ވެއިޓަރަކު އައިސް މައްޗަށް އެރުމަށް ދައުވަތު ދިނެވެ. ދެމީހުން މައްޗަށް އެރި އިރު އެތަނުގެ މެދުގައި ބަހައްޓާފައިއިން ހަމައެކަނި މޭޒު އެއީ އަހަރުމެނަށް ކަމަށް ވެއިޓަރ ބުނެލިއެވެ. އަހަރެން ހައިރާން ވިއެވެ. ނަމަވެސް މިއީ އިޔާގެ ކަމެކޭ ހިތަށް އެރުމުން އެހާ ބޮޑު ކަމަކަށް ނުހަދަމެވެ. މުޅި ތަން ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރި ކޮއްލެވިފައެވެ. ހީވަނީ ދެ ލޯބިވެރިންނަށް މަރުޙަބާ ކިޔަން ތައްޔާރު ކޮއްފައި އޮތް ތަނެއްހެންނެވެ.
ހަތަރު ތަނބުގައި ވެސް ހުސް ފިނިފެންމަލެވެ. ނެޓްފޮތީގެ ރީތި ޑިޒައިންތަކުން އެހެން ހުސް ޖާގަތައް ވަނީ ފަޅުފިލުވާލެވިފައެވެ. އަހަރެމެންގެ މޭޒުގައި އޮތީ ރަތްކުލަ އާއި ހުދުކުލައިގެ ގޮޅިޖެހި ފޮތިގަނޑެއް އަޅާފައެވެ. މޭޒުގައި ބަހައްޓާފައި ހުރި މާ ޓުކުރީގައިވެސް ހުރީ ހުސް އަސްލު ފިނިފެން މަލެވެ. ތިރި ނުފެންނަ ވަރަށް އޮތީ ރަތް ފުއްޕާހަމުން ފުރާލެވިފައެވެ. މިތަނަށް އައިއްސުރެން އިޔާޒުގެ ކަމަކީ އަހަންނަށް ބެލުމެވެ. އިޔާ ހަމަ ކަޅި ޖަހާ ނުލާ ބަލަނީއެވެ. އަހަރެން ލަދު ގަންނާނެ ވަރު އިޔާ އަށް ހަމަ ނޭނގެނީ ބާވައެވެ؟
ހަމަހިމޭންކަން ފޫދުއްވާލުމަށް އަހަރެން އިސް ނަގާ ވާހަކަ ދައްކަން ފެށީމެވެ.
” އިޔާ…… ” އަހަންނަށް ބުނެވުނީ ހަމަ އެކަނި އެހިސާބަށެވެ.
އިޔާޒު އަހަރެން ގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލުމަށްފަހު ބުންޏެވެ. ” ޝްޝްޝް ބޭބީ! ލެޓް މީ ލުކް އެޓް ޔޫ ޓުނައިޓް އަންޓިލް އައިމް ސެޓިސްފައިޑް. ” އަހަރެން އިނީ ލަދުން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ. އިޔާގެ ތޫނު ދެލޮލުން ކަޅި ޖަހާ ނުލާ އެބަލަނީ ހަމަ އަހަންނަށެވެ. އަހަރެންނަށް ލަދުން ގޮސް އިސްޖަހާލެވުނެވެ.
އަނެއްކާވެސް އިޔާ ބުންޏެވެ. ” ތިމްގެ ތި ރީތިކަން އަހަންނަށް ކުރިން ދުވަހަކުވެސް ނުފެނުނީ ކީއްވެ؟ ” އަހަރެންނަށް ރަކި ހިނިތުންވުމެއް ދެވުނެވެ.
ނަމަވެސް ދޭނެ ޖަވާބެއް ނޭނގިފައި އަހަންނަށް އިނދެވުނެވެ. ކުރިމަތީ އެއިނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާކަން ޔަގީނެވެ. ނަމަވެސް ކުރިންވާހަކަ ދައްކާ، ސަކަރާތް ޖަހާ އުޅުންހެން އުޅެން މިއަދު އަހަރެންގެ ދޫ ހަރަކާތް ނުކުރީ ކީއްވެބާއެވެ؟ ހަމަހިމޭންކަން ނެތިދިޔައީ އިޔާ އަނެއްކާވެސް ވާހަކަ ދައްކަން ފެށުމުންނެވެ.
” ހުމްމްމްމްމް…. އަސްލު މިތަނަށް ތިމް މިގެނައީ ތިމް އިންތިހާއަށް ހިތާމަ ކުރާނެ ކަހަލަ ޙަބަރެއް ދޭން ވެގެން. ” އިޔާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮއްލުމަށްފަހު، އަހަންނަށް ފުން ނަޒަރެއް ދެމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެންގެ ހާޓް ބީޓްގެ އަޑު އިވޭހާ ބާރަށް އެބަ ހިތް ތެޅެއެވެ.
” އަހަރެން މިއުޅެނީ އަންނަ މަސް ފެށޭ ހިސާބުގަ މެލޭޝިއާއަށް ކިޔަވަން ފުރަން. އަހަރެން މި ދަނީ 4 އަހަރު ދުވަހުގެ ކޯހަކަށް! މިކޮޅަށް ދެން އަންނާނީ އެއްކޮށް ކޯސް ނިންމާފައި. އެހެން ނޫނީ ކޯސް މާ ދިގުލުން އެކަށީގެންވޭ. ” އިޔާ ފައްޗަކަށް އަމުނާލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާ ބާރު ކޮއްލިއެވެ.
އެއްކޮށް އަޑުއަހާ ނިމުން އިރު އަހަރެންގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހުއްދައަކާއި ނުލާ ކޯތާފަތް މައްޗަށް އޮހިގަތެވެ. އަހަރެންގެ ކިތަންމެ ޝަކުވާއެއް އޮތެވެ. އަހަރެން ކައިރީ ނާހާ އެހާ ބޮޑު ނިންމުމެއް ނިންމީ ކީއްވެތޯއެވެ؟ އަހަރެން މީ އިޔާއަށް އެއްވެސް މީހެއް ނޫން ހެއްޔެވެ؟ އަހަރެންގެ ހިތުގެ ވިންދުތަކާއި އިޔާ ބޭނުން ވީމަ، ބޭނުން ގޮތަކަށް ކުޅެލާފައި، އަހަރެން އިޔާއަށް އެންމެ ބޭނުން ވީ ދުވަހު، އިޔާ އަހަރެން އުޅޭ ފަސްގަނޑު ނޫން އެހެން ފަސްގަނޑަކަށް ދާން ވިސްނީ ކީއްވެ ބާއެވެ؟ ހުރިހާ ޝަކުވާއެއް ދިރުވާލީމެވެ. އިޔާ އަހަރެން ދެކެ ލޯބިވޭ ބާވައެވެ؟ ނުވަތަ އަހަރެން އިޔާ ދެކެ މިވާ ލޯބި އިޔާއަށް އިހުސާސް ވޭބާވައެވެ؟ މީހުން ބުނާތީ އަހަމެވެ. ހަޤީޤީ ލޮތްބަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އަހަރެން މިތަނުން މިރޭ ދާނީ އިޔާ އަހަރެންދެކެ ލޯބި ވާކަން ނުވަތަ ނޫންކަން ޔަޤީން ކޮއްފައެވެ. އިޔާ ކަރުނަތައް ޓިޝޫ އަކުން ފޮހެލަދިނެވެ. އަދި ނުރުއިމަށް ނަސޭހަތްތެރިވެ 4 އަހަރަކީ މާ ގިނަ ދުވަހެއް ނޫން ކަމަށާއި ވަރަށް އަވަހަށް އަންނާނެ ކަމަށް ވައުދުވިއެވެ.
ވެއިޓަރު މެނޫ ހިފައިން އައުމުން އަހަރުމެންނަށް ބްލޫ ބޭގެ ނާސި ގޮރެންގ އާއި ޗޮކްލެޓް މިލްކް ޝޭކް މާ މީރު ވާހަކަ އަޑު އިވިފައި އޮތުމުން އެއަށް އޯޑަރު ދިނީމެވެ. ވެއިޓަރ ފެން އަޅައިދީފާ ދިއުމުން އަހަރެން އިޔާއާ ސުވާލު ކުރީމެވެ.
” އެހާ ހިތާމަވެރި ހަބަރެއް ދޭން ގެނައިއިރު މިތަން ކީއްވެ އެހާ ޒީނަތްތެރި ކޮއްލާފަ މިއޮތީ؟ ކީއްވެ މިތަން އެއްކޮށް ފަޅުކޮށް އޮވެފައި އަހަރުމެންނަށް މި މޭޒު ޙައްސަވީ؟ ” އަހަރެން އިޔާއާ ސުވާލުކޮއަލީމެވެ.
އިޔާ އަހަންނަށް މައުނަވީ ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.



Yayyy.. Me 1st
heheh 🙂
Really nice… i like this a lot.. waitingggggg
Thankyou so much Marsha 🙂
Me second. ..it’s really nice thing that you upload the parts so quickly….we don’t have to wait…I hope it goes like this…nice work…. I would love it a little bit longer… 🙂
Aww In Sha Allah next tine 🙂
Thiyahen hadhan vaane thoa enme interesting hisaaba gossa nimaaly
Waiting f the next part
Plx plx vara avaha aneibai
Yes In Sha Allah varah avahah genes dhevytho balaanan 🙂
Aharen ahanna thaureef kuraathy dhen vaahaka varah hadi.
Heheheh Hurihaa kudhinge taste eh gotheh nuvaanehnu, ehbayakah vaahaka reethi vaane, aneh bayakah hadivaane. Ehen kamun Ufalaai eku thi comment balaigenfin 🙂 Thankyou
Hey vvv nyc story eh….gd luck
Thankyou Twnkl Str 🙂
Thanxxx….vvvv reethi…I like it a lot…kon irakun tha nxt prt….wating for the nxt prt ey gey…keep it up
Heheh gonna update soon In Sha Allah. Within few hours, Thankyou so much Mari Dear 🙂
Konme meehakuves amilla nafsah thaureef kuraaane..especially whn u prepare urself for a special occasion..its nothin hadi sul..dont u praise urself?? Hehe i dont think so..anyway da story is nice n i like da way u hv tryd to make it as real as possible..gud work @hath..
Thankyou Dear Faz 🙂
V nyc stry eh….nxt prt kn irakun?
Thankyou Nicky. Its already uploaded dear 🙂
nice stry ey hnn hiivey 🙂
Thankyou 🙂