Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރުـ16

__devil__09 Level 210 Stories100 Login
December 25, 2025 2 Mins Read
0 Comments

*”ހީވަނީ އެއީ ދޮންބެގެ ބިޓު ހެން. ކޮންތާކުތޯ. ކީއްކުރަނީހޯ. ކިހިނެއްހޯ. ދެން އެކަހަލަ މިކަހަލަ ސުވާލު.” ފޫހި ގޮތަކައް މިޝްޔާ ކިޔައިދިނެވެ. މިޝްޔާގެ ވާހަކަ އަޑުއަހައިފައި އަހަރެން ވެސް ހާނިޔާ ދެކެ ވަރަށް ބޮޑައް ފޫހިވިއެވެ.*

އަހަރެން އުޅުނީ ގެއައް ގޮއްސައި ނާއިމްއައް މެސެޖުކޮއް ހާނިޔާގެ ވާހަކަ އަހާށެވެ. ކަންދިމާކުރިގޮތުން އަހަރެންނައް ފޯނުގައި އަތްލާނެ ވަގުތެއް ނުލިބުނެވެ.

“ދޮންބެ ބުނީ ޒީވާ ރުޅިއައިސްދާނެތީއޭ ބުނީ. އެހާގިނަ ދުވަސް ފަހުން ދެމީހުން އަނެއްކާ ވާހަކަ ދައްކަން ފެށީމަ މައްސަލަޖެހެން ބޭނުން ނުވިއޭ. އެހާ ކަރމް ކޮއް ހުރިހާކަމެއް ދާތީ ކަމަށްވާނީ. ޒީވާ ދެން ދޮންބެ އައް ވާހަކަ ދައްކާލާ އެކަމާ.” ޖެހިގެން އައި ދުވަހު މިޝްޔާ އަހަރެންކައިރި އައް އައެވެ.

“ހީމް. ނާއިމް ކައިރީ ބުނާތި އަހަރެން ވާހަކަ ދައްކަން ބޭނުންވާ ވާހަކަ. މިޝްޔާ އައް މިހުރިހާ ކަމެއް އެނގުނީ ކިހިނެއް؟ ނާއިމް ބުނީތަ؟” އަހަރެން އަހައިލީއެވެ.

“ދޮންބެ އުޅުނީ އެންމެންނައް ސިއްރުކޮށްގެން އެހިސާބުން އެކަން ނިންމާލަން. އަޔާން ބޭބެ އަކައް ވެސް ނޭނގެ. އަހަރެންނައް އިނގުނީ ދައްތަގެ ފޯނުން ފެނުނީމަ. ޔޫނުސް ދައްތަގެ ފޯނު ހިފައިގެން އުޅެނިކޮށް އަހަރެން ހަވާލީ.”

އެދުވަހު ނާއިމް އާއި ދިމާވި އެވެ. ނާއިމް ހުރީ އަހަރެން ދައްކާނެ ވާހަކަ އަކައް ތައްޔާރުވެގެން ފަދަ އެވެ.

“ސޮރީ ނުބުނެވުނީމަ. ޒީވާ ރުޅިއަންނާނެކަން އިނގޭތީ ނުބުނީ. އަހަރެން ބޭނުމެއްނޫން ޒީވާ އަހަރެން ދެކެ ރުޅިއަންނާކައް. އަހަރެން ހާނިޔާ އަކައް ރިޕްލައި އެއްވެސް ނުދެން. އޭނަ އަމިއްލަ އައް މަތިންބައިން ޖެހިގެން މެސެޖުކުރީ. އަހަރެން މިހާރު އިންނާނީ ހާނިޔާ ބްލޮކް ވެސް ކޮއްފަ. އެކަންވީތާވެސް ދުވަސްކޮޅެއް ވާނެ.” އަހަރެން ހަމަ ފެނުމާއި އެކު ނާއިމް ވާހަކަ ދައްކަން ފެށި އެވެ. އަހަރެން ބުނަން އުޅޭ އެއްޗެއް އަޑު އެހުމެއްވެސް ނެތި އެވެ. އޭނާ ކިޔާނެ އެއްޗެއް ކިޔަންދެން އަހަރެން މަޑުކުރީމެވެ.

“އަހަރެން ނުބުނަމެއްނު ނާއީ ދެކެ ރުޅިއައިސްފައޭ މިއިނީ. ނާއީ ދެކެ ރުޅިއެއް ނާންނާނެ. ހާނިޔާ މެސެޖުކުރީ ހަމައެކަނި ނާއީ އަކައް ވެސް ނޫނެއްނު. އިޓްސް އޯކޭ އޭ. ނާއީގެ މައްސަލައެއް ނޫނޭ އެއީ.” އަހަރެން ބުނީމެވެ.

ހާނިޔާ އެގޮތެއް އެތައް ފިރިހެން ކުދިންނަކަށް މެސެޖު ކުރި އެވެ. އަދި ބައެއް ކުދިންނެއް ފޮޓޯ ވެސް ފޮނުވި އެވެ.

“އަހަރެން ހީކުރި ޒީވާ ހުންނާނީ ވަރަށް ރުޅި އައިސްފަ ކަމައް.” ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ނާއިމް ބުންޏެވެ. އޭނާގެ ތުންފަތް މަތީގައި ކުޑަ ހިނިތުންވުމެއް ކުޅެލިއެވެ.

“އަހަރެން ބޭނުމީ ސްކްރީން ޝޮޓް ތައް.” އަހަރެން ވަރަށް ސީދާކޮށް އަހަރެން ބޭނުންނި ކަންތައް ބުނީމެވެ.

“މިޝްޔާ އަހަރެންނައް ނޭނގި ބަލިކަން އެނގިގެން، މިޝްޔާ ދެކެ ރުޅި އައިސްގެން ޑިލީޓް ކޮށްލެވުނީ. ހަނދާނެއް ނެތް ސްކްރީން ޝޮޓް އެއް ނަގާކަށް ވެސް. ސޮރީ.”

“އޯހ. އޯކޭ އެހެންވީރު. އަހަރެން ނާއިމްއައް ޓްރަސްޓް ކުރަމޭ.”

ކޮންމެވެސް ގޮތަކުން ހާނިޔާ އައް އޭނާ ކުރިކަންތައް އަހަރެންނަށް އިނގޭ ކަން އިނގުނެވެ. އޭނާ ރުޅިއައީ އަހަރެންދެކެ އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ރީމާލް… ހަތަރު ވަނަބައި (އެހަށިގަނޑުގައި ހުރީ އެންމެ ފަސްޕޮއިންޓް ލޭ)

Next

ލޯބި-18

Next
December 25, 2025

ލޯބި-18

Previews
December 25, 2025

ރީމާލް… ހަތަރު ވަނަބައި (އެހަށިގަނޑުގައި ހުރީ އެންމެ ފަސްޕޮއިންޓް ލޭ)



All Right Reserved!