ލޯބި-16
*”މިބުނީނު ނުކުންނާށޭ.” މިންހާ ހުރީ ވަރައް ރުޅިގަދަ ވެފަ އެވެ.*
“ވާހަކަ ދެއްކޭތޯ މަސައްކަތް ކޮއްބަލާ.” މަޔާން ވާހަކަ ދެއްކީ ކުރިމަތީހުރި ނާއިލް އަށެވެ.
“މާ ކިހިނެއްތަ ދެން ހަދަންވީ. އޭނާ ހޮސްޕިޓަލުގައި އޮތް އިރު ހޮސްޕިޓަލައް ދެވިއްޖެ. އޭގެފަހުން ގުޅެން އުޅިފިން ނަންބަރު އިނީ ބްލޮކް ކޮއްފަ. މެސެޖު ކުރަން އުޅުނިން. ހުރިހާ ތަނަކުން ބްލޮކް ކޮއްފަ އޭ ހުރީ.” ސިނގިރޭޓު ދަމާލުމަށްފަހު ދުންތައް ބޭރުކޮއްލަމުން ނާއިލް ބުންޏެވެ. “މައްސަލަ ހައްލު ވާނެކަމަށް މަ ކޮފީ ތަކައް ގެނެސް ވާހަކަ ދެއްކިޔަސް އެއްވެސް ކަމެއް ނުވާނެ. ކުރާކަމެއް ދެން ކައޭމެން ކުރޭ.”
“މިވީގޮތަކުން ހުރިހާ އެންމެންނައް އެބަ އަސަރުކުރޭ ދޯ. އަހަރުމެންނަށް ގޯހެއްހެދުނީއޭ. ކައޭ ބުނެބެ މަ ހަދަންވީ ގޮތެއް. މިންހާ މަށަކާ ވެސް ވާހަކަ އެއް ނުދައްކައޭ. ނުބެހި ހުންނާށޭ ބުނީ.” މަޔާން އޭނާގެ ކަންބޮޑުވުން ފާޅުކުރި އެވެ.
“ދެން އެހެންވީރު ހުރޭ އޭނަ އަމިއްލައައް ގޮތެއް ނިންމަންދެން.” ނާއިލް ބުނެލީ އަޅައިލުން ކުޑަ ގޮތަކަށެވެ.
“ކައޭ އަޅެ ހާދަ ކޫލް ވެފަ ތިބުނީ.” މަޔާން ހައިރާން ވެފައި ބުންޏެވެ.
“މަ ދެން ކީއްތަ ކުރަންވީ.”
“މިންނަ ކައިރީ ބުނިން ދޯ އެވާހަކަ ނުދައްކަށޭ. ދެން ނޭނގެ އެހެން މީހަކާ ވެސް ވާހަކަ ދައްކާނޭކަމެއް. އަދިވެސް ބުނާގޮތް ނުހަދާ އުޅޭ.” މިހެން ބުނެފައި ރަނާ ވަނީ ކޮޓަރި އަށެވެ.
“ކަލޭ ވެސް ވާހަކަ ދައްކަންޏާ ނުކުމޭ.” ރަނާ ހަމަ ވަނުމާއި އެކު މިންހާ ބުންޏެވެ.
“މިން ނިދާލާ އިހައް.”
“އަހަރެން ހަމަޖެހިގެން އުޅެން ކަލޭމެން ބޭނުމެއް ނުވެއެއްނު.” މިންހާ ރޯންފެށި އެވެ.
“ހަމަޖެހިލައިގެން އޮށޯވެލާ.” ރަނާ ވަރަށް ލޯބިން މިންހާ އެނދުގައި ބާއްވައި އޭނާގެ މަގަތުގައި އިށީނެވެ. މިންހާ މަޑުމަޑުން ގިސްލަމުން ދިޔަ އެވެ.
މިންހާ އައް ނިދެންދެން ރަނާ އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނުމަށް ފަހު ތެދުވީ މަޔާން އައް ގުޅުމަށެވެ.
ގުޅަނީ މައިހާ ކަމުން ފޯނަށް ޖަވާބު ނުދޭން ހުރެފައިވެސް ނާއިލް ފޯނު ނެގީ މިންހާ އައް ކަމެއްވީކަމައް ހީކޮށެވެ. އެހެން ނޫންނަމަ އެހާ ލަސް ގަޑިއެއްގައި މައިހާ ގުޅަންވީ ކީއްވެބާއެވެ.
“މިން އައް ކަމެއްވީތަ؟” ފޯނު ކަންފަތުގައި ޖައްސާއިލުމައިއެކު ނާއިލް އަހައިލި އެވެ.
“ނޫން. މިން އެބަ އޮތް ނިދާފަ.” މައިހާ ވާހަކަ ދެއްކީ އާދައިގެ ގޮތަކަށެވެ.
“ދެން އެހެންވީރު މިގަޑީ މަށަށް ގުޅީކީއްކުރަން؟” ނާއިލް ހިތްހަމަނުޖެހިފައި ބުންޏެވެ.
“ވަރަށް ބޮޑު ވާހަކައެއް ދައްކަން.”
“މިންގެ ވާހަކައެއް ނޫނީ މަ ބޭނުމެއްނޫން އަޑުއަހާކަށް.”
“ނާއިލް ވަރަށް މުހިންމު ވާހަކައެކޭ.” މައިހާ އާދޭހުގެ ރާގައް ބުންޏެވެ.
“ކިޔާބާލާ. މަށަކަށް ނެތް މާގިނަ ވަގުތެއް.”
“ނާއިލް މިން އާ ވާހަކަ ދައްކަބަލަ.”
“އަނެއްކާ. ބުނެފީމެއްނު ތި ވާހަކަ ދައްކާކައް ބޭނުމެއް ނޫނޭ.” ނާއިލް ބާރައް ބުނެލި އެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


